ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުން ވަނީ ހެޔޮ ވެރިކަމަކާ އެކީ ބޯހިޔާވަހިކަން ކަށަވަރުވާށެވެ. ގާނޫނުއަސާސީގައި ރައްޔިތުންނަށް ކަށަވަރުކޮށްދީފައި ހުރި ހައްގުތައް އޮބި އަޅައި ހިފަހައްޓާފައި އޮތުމަކަށް ބޭނުމެއް ނުވެއެވެ. ރައްޔިތުން އެދޭ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަން ބޭނުންވެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހެން އެކިއެކި މަޝްރޫއުތައް އެބަ ހިނގައެވެ. މި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ސިފަ ކުރާ ގޮތުގައި މި ތިން އަހަރަކީ އެއް ފަހަރާ އެންމެ ގިނަ މަޝްރޫއުތަކެއް އެކިއެކި ރަށްރަށުގައި ކުރިއަށްދާ ތިން އަހަރެވެ.
ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މީހުންނަށް ހިޔާވަހިކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތެވެ. އެފަދަ ބައެއް މަޝްރޫއުތައް ހިންގަން ކުންފުނިތަކާއި މީގެކުރިން ވެސް ވަނީ ހަވާލުކޮށްފައެވެ.
ސަރުކާރުގެ އަމާޒު: މާލޭގައި 15،000 ހައުސިން ޔުނިޓު!
ސަރުކާރުގެ އަމާޒަށް ބަލާއިރު، ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އުޅުމަށް އަމާޒު ހިފާފައެވެ. އޭގެ ތެރެއިން މިހާރު ވެސް 7،000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިއުލާން ކުރި ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ގާތްގަނޑަކަށް 25،000 އެއްހާ މީހުން ކުރިމަތިލި އިރު، އެ މަޝްރޫއުގެ ދަށުން އެޅި ފްލެޓުތަކުގެ އަދަދަކީ 6،720 އެވެ. އޭގެ ތެރެއިން 3،600 ފްލެޓު ލިބުނީ މާލެ ރައްޔިތުންނަށެވެ.
3،600 ފްލެޓް މާލޭގެ ރައްޔިތުންނަށް ލިބުމުން އެއީ މަދު އަދަދެއްކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ މީގެ ކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުވުމުން ފާހަގަކޮށް އެމީހުންނަށް އެކަން ކޮށްދެވޭނެ ޕްލޭނަކީ ކޮބައިތޯ އަސްލަމްއާ ސުވާލު ކުރައްވައިފައެވެ. އަދި އެކަން ތަންފީޒު ކުރެވޭނެ ތާރީހެއް އޮޅުން ފިލުއްވައި ދެއްވުމަށް ވެސް އީވާ އެދިވަޑައިގެންނެވިއެވެ.
އެކަމާއި ގުޅިގެން އަސްލަމް ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅޭ 11 މަޝްރޫއެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
ހުޅުމާލެ ފޭސް ދޭއްގައި 2000 ޔުނިޓު!
ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރު ވެފައިވާއިރު، މިވަގުތު އެންމެ ހަލުވި ކަމާއި އެކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ޕްރޮޖެކްޓްތައް ހިނގަމުން އަންނަނީ ހުޅުމާލޭގައެވެ.
އެގޮތުން މިދިޔަ މޭއި މަހުގެ 28 ވަނަ ދުވަހު ސަރުކާރުން ވަނީ ފޭސް ދޭއްގައި 2000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އަޝޯކާ ބިލްޑިންގ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އަޅަނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 ޔުނިޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 ޔުނިޓާއި ޔުނިޓް ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ 140 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ތިން އަހަރު ދުވަހުން ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދެވަނަ ފިޔަވަހީގައި އިތުރު 4000 ފްލެޓް!
ފަހަކަށް އައިސް ގިނަ ބަޔަކު ދިރިއުޅުން ބަދަލު ކުރަމުން އަންނަ ހުޅުމާލޭގައި ސަރުކާރުން އިސްކަމެއް ދީގެން ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓްތައް ހިންގަމުން އަންނައިރު، ސަރުކާރުން ބޭނުން ވަނީ ޖާގައިގެ ގޮތުން ތަނަވަސް ފްލެޓްތަކެއްގައި ރައްޔިތުން އުޅުމަށެވެ.
އެގޮތުން މީގެ ކުރިން 2000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާ ކުންފުންޏަކާއި އެކީ ސޮއި ކޮށްފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހުގައި ސަރުކާރުން ވަނީ ފޭސް ދޭއްގައި 4000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ބޮޑު ދެ ކުންފުންޏަކާ ދެމެދު އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ލޯން އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
މި މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތް މީގެކުރިން ހަވާލުކޮށްފައި ވަނީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރި އަދި ތިން ފާހަނާގެ 2،800 ޔުނިޓް އަދި ދެ ކޮޓަރި އަދި ދެ ފާހަނާގެ 1،200 ޔުނިޓެވެ. މި މަޝްރޫއަށް 227 މިލިއަން ޑޮލަރު ހަރަދު ކުރާނެކަން ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.
މާލެ ސަރަހައްދުގައި ކުރިއަށްދާ މަޝްރޫއުތައް:
ކައުންސިލް: 1،920 ހައުސިން ޔުނިޓް
އެފޯޑަބަލް- 4،440 ހައުސިން ޔުނިޓް
މިޑްރޭންޖް- 640 ހައުސިން ޔުނިޓް
ޖުމްލަ- 7،000
އެފޯޑަބަލް ހައުސިން އަކީ ބޮޑު އާމްދަނީއެއް ލިބޭ ތަނަވަސް މީހުންނަށް ހާއްސަ ކުރެވޭ ފްލެޓްތަކެކެވެ. މިޑްރޭންޖް ހައުސިން އަކީ މެދު ފަންތީގެ އާމްދަނީއެއް ލިބޭ މީހުންނަށް އަމާޒުކޮށްގެން ހަދާ ފްލެޓްތަކެކެވެ. އަދި ކައުންސިލް ހައުސިން އަކީ އެންމެ ނިކަމެތި މީހުންނަށް އަމާޒުކޮށްގެން ވަކި މުއްދަތަކަށް ކުއްޔަށްދޭ ފްލެޓުތަކެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލު ހޯދައިދީ، އަތްފޯރާފަށުގައި ގެދޮރުވެރިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް ބައެއް ރަށްތަކުގެ ބިން އަންނަ އަހަރު ހިއްކައިގެން އެ ތަންތަނުގައި ހައުސިން ޔުނިޓްތައް އަޅަން ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ.
އަތޮޅު ތެރޭގައި ވެސް ބޯހިޔާވަހިކަމުގެ ބޮޑެތި ޕްރޮޖެކްޓްތައް!
އަތޮޅު ތެރޭގައި ވެސް ބޯހިޔާވަހިކަމަކަށް ބޭނުންވެފައިވާ އެތައް އާއިލާއެއް އެބަތިބިއެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިޔާވަހިކަން ދިނުމަށް ހަމައެކަނި ފްލެޓު އަޅަންވީ މާލޭގައިތޯ ގިނަ ބަޔަކު ސުވާލު ކުރެއެވެ.
މި ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް ވަކި އަތޮޅެއް ވަކި ރަށެއް ނުބަލައެވެ. އެކަމަށް ބޭނުންވެފައި ތިބި ރައްޔިތުން ތިބޭ ރަށްތަކަށް އިސްނަގައިގެން ސަރުކާރުން އަންނަނީ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެމުންނެވެ.
އޭގެ މިސާލު މިހާރު ވެސް ބައެއް ރަށްތަކުން ފެނިގެންދެއެވެ. މިސާލަކަށް ބަލާނަމަ، ބ. ތުޅާދޫ، މ. ކޮޅުފުށި، ތ. ތިމަރަފުށި، ޅ. ނައިފަރުގައި އެ މަސައްކަތް ކުރިއަށް އެބަދެއެވެ. ބައެއް ރަށްތައް ހުރީ ގާތްގަނޑަކަށް އެ މަސައްކަތްތައް ނިމިފައެވެ. އަދި ބައެއް ރަށްތަކުގެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.
އަތޮޅު ތެރޭގައި ކުރިއަށްދާ މަޝްރޫއުތައް:
ބ. ތުޅާދޫ: ހައުސިން ޔުނިޓްތަކުގެ އަދަދު: 100
މ. ކޮޅުފުށި: ހައުސިން ޔުނިޓްތަކުގެ އަދަދު: 100
ތ. ތިމަރަފުށި: ހައުސިން ޔުނިޓްތަކުގެ އަދަދު: 100
ޅ. ނައިފަރު: ހައުސިން ޔުނިޓްތަކުގެ އަދަދު: 100
ޖުމްލަ- 400
މީގެ އިތުރުން އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށް އޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ ބަޖެޓްތަކުގައި ހިމަނައިގެން އަތޮޅު ތެރޭގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ. މާލޭގައި ގެދޮރު ބޭނުންވާ 17،000 އާއިލާ އެބަތިއްބެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެކުރިން އެ އާއިލާތަކަށް ހިތްހަމަޖެހުމެއް ގެނެސް ދިނުމެވެ.
ދެން މިިތަންތަނަށް ކުރިމަތި ލާން ހުޅުވާލާނީ ކޮން އިރަކުން
ހަމަގައި މުވެސް ލޮލަކަށް ނުފެނޭ، އަދިވެސް ފެންނަނީ ޔާމީން ވެރިކަމުގަ ހަދަން ފަށާފަ ނިމެމުންދާ ތަންތަން ހުޅު މާލޭންވެސް
ކޮންތާކުތަ އެމްޑީޕީ ސަރުކާރުން ފްލެޓު އެޅީ ހޯދާ ހޯދާ ނުފެނުނު ފަންނަން ހުރީ ކުރީގެ ސަރުކާރުގެ މަސައްކައްތަ
ކުރީގެ ސަރުކާރުން ފެޝިކަންތައް ދައްކައިގެން ރައްޔިތުން ވޯޓެއް ނުދޭނެ.
ތިޔަ ފްލެޓް ތަކަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ކަންތައް ކުރަންޖެހޭނެގޮތް އޮޅުންފިލުވައި ދެއްވާނަމަ ކިހާ ރަގަޅުވާނެތޯ.... ތިޔަ ފްލެޓް ތަކުގެ މަޢުލޫމާތު ހޯދުމަށް އާއްމު ރައްޔިތުން ގުޅަނީ އެޗް ޑީ ސީ އަށް އެފަރާތަކަށް އެނގިނުލައްވާ ތިޔައިން އެއްވެސް މަޢުލޫމާތެއް.. ޚަބަރުގައި ތިޔަ ވިދާޅުވާ ފްލެޓްތަކުގެ މަޢުލޫމާތު ލިޔުއްވާއިރު ކުރިމަތިލުމަށްޓަކައި ކަން ކުރަންޖެހޭނެގޮތާއި އަދި މަޢުލޫމާތު ސާފްކުރުމަށްޓައި ހަދަން ޖެހޭނެގޮތްވެސް ބަޔާން ކޮށްލަދެއްވުމަކީ ރައްޔިތުންގެ އެދުމެއް އިނގޭތޯ
ވެރިކަން ނިމެން 14 ދުވަހައްވީމަ ނުވެސް ހައްދަވާ މަޝްރޫތަކާއި އަދި ކުރީގެ ސަރުކާރުގެ ޕުރޮޖެކްޓުތަކައްދާންދެން ލިސްޓުކޮއްގެން ގެނެސް ރައްޔިތުންނައް ދައްކާނެކަން އަހަރެމެން ދެނެތިބީމެވެ.
ވަގުތުން ލާރި ނަގައިފި.
ޔާމީނު ނިންމާފައި ހުރި ތަންތަން ވެސް މިވީ އެމްޑީއެން އެމްޑީޕީ ޕްރޮޖެކްޓްތަކަށް. ރައްޔިތުންގެ ލޮލަށް އައިބު ނުގޮވާ. މި ސަރުކާރުން ހައުސިންގ އަށް އެއްވެސް ކަމެއް ކޮއްފައެއް ނެތް. ޕީ އާރ ސްޓަންޓް އިން އެކަނި ވޯޓެއް ނުލިބޭނެ.
މާލޭގަ އަޅާ ހަތްހާސްފްލެޓް އަޅަނީ ރިންގުރޯޑުވަށައިގެންނޯ އެހެންވެއަދި ނުފެންނަނީ ކުރީގަ މިސަރުކާރުގެ މިނިސްޓަރަކުވެސް ބުނެފައެބައޮތް މިސަރުކާރުން ހިންގާމަސްރޫއުއަކީ އަތްލެވޭނެ އެއްޗެއްނޫންކަމައް
ލޮލަށް ނުފެންނަ ޔުނިޓް
ދިވެހި ރައްޔިތުން 25 އަހަރަށް ދަރުވާލުމަށް ޖަހާ ދަންތުރަ ތިޔަ ފުލެޓަކީ! އަދި ވޯޓް ހޯދުމަށް.
ގޯތި ދިނީމާ ދަރިންގެ ދަރިންނަށް ތާހިރު ދިރިއުޅުމެއް އުޅެވޭނީ! އޭރުން އެމީހެއްގެ ފެންވަރުން އަމިއްޔަށް ގެދޮރު އިމާރާތް ކޮއްގެން އުފަލުގައި އުޅެވޭނެ!
ލޯން ތަން ތަނުން ނަގައިގެން ސޮއީ ކުރުން މިސަރުކާރައް މިތިން އަހަރުން ކުރެވުނީ ދެން ބާކީ މިއޮތް 2 އަހަރު އޮތީ އެލޯނުތައް ކައި ހުސްކުރުން.
ކައްޓަލަ ފައިބާހެން ބިމުގެ އަޑިއަށް ފައިބާ ފްލެޓްތަަކެއްތޯ މިސަރުކާރުން އަޅައިދެއްވަނީ؟ ލޮލަށް ނުފެންނާތީ މިހެން މިދެންނެވީ.
އަބަދުވެސް ކިޔާނެ މިވެނިކަމެއް ކުރަންއުޅޭވާހަކަ .އެއީ ކީއްކުރަންދައްކާވާހަކައެއް ފަށަިގެން ގެންގޮސްފަ ދައްކާފަ ބުނެބަލަ މިހުރީ 7000 ނިންމާފައޭ.
އެފޮޑަބަލް ހައުސިންގް އެއީ ކޮމާޝަލް ހުއުސިންގް. 2 މިލިޔަނުން މަތީއުލޭނީ. ނިކަމެތި މިހާއަށް މިލްކުވާ ގޮތަށް އެއީ މިޑްރޭންޖް 640. މާލޭ ރައްޔިތުންގެ ހައްގު ކޮބާ؟
ތިޔާ ޖައްވުގައި ހުރި ފުލެޓްތަކެއްބާ.ފެންނަން ނެތީމަ އަހާލެވުނީ.