ބ. އޭދަފުށީ ބަނދަރު މަތީގައި ހުރި ޖޯއްޔެއްގައި އިށީނދެލައިގެން އިން އަހުމަދު މޫސަ އަށް ކުރިމަތިން ފެންނަ އެ މަގަކީ، މީގެ ދެ އަހަރު ކުރިން ނަމަ، ބޮޑު އުނދަގުލެކެވެ. ވާރޭ ވެހި ފެން ބޮޑުވެއްޖެ ނަމަ، އެ މަގުން ހިނގަން ކުޅަދާނަ އެއް ނޫނެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ވާރޭ ވެހުނަސް ހާލަތަކީ އެއީއެވެ. ވިއްސާރަ ދުވަހެއް ނަމަ ސައިކަލް، ކާރު، ބައިސްކަލް ފަދަ އުޅަނދުތަކުގައި އުޅެން ފިސާރި ބޮޑަށް ޖެހިލުންވެއެވެ.

މިއީ ހަމައެކަނި މި މަގުގެ ހާލަތެއް ނޫނެވެ. އޭދަފުށީގެ ގިނަ މަގުތަކުގެ ހާލަތު އޭރު އޮތީ މިކަހަލަ ގޮތަކަށެވެ. މީގެކުރިން އައި އެއްވެސް ސަރުކާރަކަށް އޭދަފުށީގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް ނުދެވުނެވެ. މޫސަ 37، އެކޭ އެއްގޮތަށް އޭދަފުށީ ރައްޔިތުން ވެސް ތިބީ މި މާޔޫސް ކަމުގައެވެ.

ރާއްޖޭގައި އޮންނަ ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ރަށްރަށަށް ގިނަ ވައުދުތަކެއްވެއެވެ. އެކަމަކު، އިންތިހާބު ނިމުމާ އެކު، އެ ވައުދުތައް ވަނީ ބިލާހަކަށެވެ. މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމާއި ސްކޫލްތައް އެޅުމާއި މިސްކިތް އެޅުމާއި ހައުސިން ޔުނިޓް އެޅުން ފަދަ އަސާސީ އެތައް ހިދުމަތްތަކުން ބައެއް ރަށް ރަށުގެ ރައްޔިތުން ވަނީ މަހްރޫމްވެފައެވެ. މި ހުރިހާ ކަމަކާ ހުރެ ރަށްރަށުގެ ބައެއް ރައްޔިތުންގެ އަބަދުވެސް ޝަކުވާއެއް އޮވެއެވެ.

އޭދަފުށީ ބަނދަރު ކައިރިން ތާރު އަޅައިގެން ހެދި މަގު. --- ފޮޓޯ: އޭދަފުށި ޓައިމްސް

އެއީ "ރައްޔިތުންނަށް ފޮނި ހުވަފެން" ދައްކައި ވައުދުތަކުން މާޔޫސްކޮށްލާ ކަމަށް ބުނެއެވެ.

އެކަމަކު، މޫސަ އަށް މިހާރު ފެންނަނީ އެހެން މަންޒަރެކެވެ؛

ރާއްޖޭގެ އެކި ރަށްރަށުގެ މަގުތަކުގައި ތާރު އަޅައި، ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. މި ތިން އަހަރުގެ ތެރޭގައި މި ވައުދު ފުއްދުމަށް މީގެ ކުރީ ސަރުކާރުތަކުން ނުކުރާ ބާރުމިނެއްގައި މަސައްކަތް ކުރިއަށް އެބަދެއެވެ. މިކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރާނެ އެއް ބަޔަކީ މި ރަށްރަށުގެ ރައްޔިތުންނެވެ. ދަތުރުފަތުރުގެ ނިޒާމު ފަސޭހަވުމަކީ އެ ރަށެއްގައި އުޅޭ ބަޔަކު އެންމެ ހިތްހަމަޖެހޭނެ ކަންތައްތަކެވެ.

ރަށްރަށުގެ މަގުތައް ހެދުމުގެ މަސައްކަތް މުޅިން ހެން ކުރަމުން ދަނީ އެމްޓީސީސީންނެވެ. މަގު ހެދުމުގެ މަސައްކަތް ކުރާ އިރު، އާންމުން ކުރާނެ މާ ބޮޑު ޝަކުވާއެއް ނޯވެއެވެ. އެއީ އެ ރަށެއްގެ މަގު ހަދަނީ ކައުންސިލާއި ރައްޔިތުންގެ މަޝްވަރާ އާއި ލަފާ ހޯދައިގެން ކަމަށްވާތީއެވެ. މީގެކުރިން ނަމަ، ފެންނާނީ މަގު ހަދާ ގޮތާ މެދުގައި ހިތްހަމަނުޖެހިގެން ރައްޔިތުން ނުކުމެ މަސައްކަތް ހުއްޓުވައި މަންޒަރެވެ. އެކަމަކު، އެއީ މިހާރު މާޒީއެވެ.

އޭދަފުށީގައި ތާރު އަޅައިގެން ހެދި މަގެއް. --- ފޮޓޯ: އޭދަފުށި ޓައިމްސް

މޫސަ ބުނި ގޮތުގައި، 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެމްޓީސީސީން ހަލުވިކަމާއެކު ހަދަން ފެށި މަގުތައް ކޮވިޑް-19 އާ ހެދި ކޮންމެވެސް ވަރަކަށް ހުއްޓުނު ނަމަވެސް، މިދިޔަ އަހަރު އެ މަސައްކަތް ވަރަށް ހަލުވިމިނެއްގައި ކުރިއަށް ގެންގޮސް މިހާރު އެ މަޝްރޫއު ގާތްގަނޑަކަށް ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް 38.4 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"މިއީ ހަގީގަތުގައި ރައްޔިތުންނަށް ލިބޭ އުފަލެއް. އެހެން ރަށްރަށުގެ މީހުން ތާރު އެޅި މަގުތަކުގައި ދުއްވާފައިދާ ގޮތަށް އޭދަފުށީ ރައްޔިތުން ވެސް ދެކެމުން އައި ހުވަފެނެއް މިއީ. މިއަދު އޭދަފުށީގެ ރައްޔިތުން ވެސް މޭގައި އަތް ޖަހާލާފައި އެ ބުނަނީ ތިމަންނަމެން ވެސް ދުއްވަނީ ތާރު އެޅި މަގުންނޭ،" މޫސަ ކިޔައި ދިނެވެ.

މޫސަ ބުނި ގޮތުގައި އޭދަފުށީގެ މަގުތަކުގައި ތާރު ނާޅާ އިރު، ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގައި މީހުންގެ ފުރާނަ އަށް ގެއްލުންވާ ހިސާބަށް ގޮސްފައިވެއެވެ. ވާރޭވެހޭ ދުވަހެއްގައި ނަމަ، ބޭރަށް ނުކުންނަ ހިތް ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.

އޭދަފުށީގައި ތާރު އަޅައިގެން ހެދި މަގެއް. --- ފޮޓޯ: އޭދަފުށީ ޓައިމްސް

"ގިނަ މަގުތަކުގައި އޮންނާނީ ޗަކަ ހެދިފައި. ކޮރެއް ޖަހައިގެން ނޫނީ، ފެން ގަނޑު މަތިން ފުންމާލައިގެން ނޫނީ ގިނަ ފަހަރު ސަލާމަތެއް ނުވާނެ. އެހެންވެ ރީތި، ޗާލު މަގުތަކެއް ބޭނުންވެފައި ހުއްޓައި މިކަން މިކޮށްދިނީ މި ވެރިކަމުގައި،" މޫސަ ބުންޏެވެ.

ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އަދަދު:

 • ނިމިފައި ހުރި ޕްރޮޖެކްޓްތަކުގެ އަދަދު: 673
 • އަމަލީ މަސައްކަތް ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އަދަދު: 491
 • ކޮންޓްރެކްޓް ކުރެވިފައިވާ ޕްރޮޖެކްޓްތަކުގެ އަދަދު: 143
 • އެހެނިހެން ސްޓޭޖްގައިވާ ޕްރޮޖެކްޓްތަކުގެ އަދަދު: 870
ދުވާފަރު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދަނީ. --- ފޮޓޯ: އެމްޓީސީސީ

ސަރުކާރުގެ މަޝްރޫއުތަކުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އެކި ރަށްރަށުގައި 135 ކިލޯ މީޓަރުގެ މަގު ހެދުން ކުރިއަށް އެބަދެއެވެ. ހަތަރު މަޝްރޫއެއް ނިމިފައިވާ އިރު، ހިނގަމުންދާ މަޝްރޫއުތަކުގެ އަދަދު 12 އަށް އަރައެވެ. ކޮންޓްރެކްޓް ކުރެވިފައި 10 މަޝްރޫއެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ތަފާސް ހިސާބުތައް:

 • 135 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ
 • މަގުހެދުން/ކޯޒްވޭގެ ހަތަރު މަޝްރޫއެއް ވަނީ ނިމިފައި
 • މަގުހެދުން/ކޯޒްވޭގެ 12 މަޝްރޫއެއް ހިނގަމުން އެބަދޭ
 • މަގުހެދުން/ކޯޒްވޭގެ 10 މަޝްރޫއެއް ކޮންޓްރެކްޓް ކުރެވިފައި
 • މަގުހެދުން/ކޯޒްވޭގެ 25 މަޝްރޫއެއް އެހެނިހެން ސްޓޭޖްގައި

ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން ގިނަ ރަށްރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަގުތު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުންފުނިން ހިންގާ މަގު ހެދުމުގެ މަޝްރޫއުތަކާއި އެހެނިހެން މަޝްރޫއުތައް ހަލުވިމިނެއްގައި ކުރިއަށް ދަނީ މުވައްޒަފުން އެ ކުންފުންޏާ ދޭތެރޭގައި ކުރާ އިތުބާރު ބޮޑުވީމަ ކަމަށެވެ. އެގޮތުން މަސައްކަތްތައް މިހާރަށް ވުރެ ބާރަށް ކުރެވޭނެ ކަމާއި މިކަމަށް ބޭނުން ވަނީ މެނޭޖްމަންޓްގެ ކުޑަ އެހީތެރިކަމެއް ކަން މުވައްޒަފުން ގަބޫލު ކުރި ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެކަމަށް ބަލާފައި އަޅުގަނޑުމެން ވަސީލަތްތައް އިތުރު ކުރުން. މުވައްޒަފުންނާއި އިކުއިޕްމަންޓްތައް އާ ކުރިން. ބޭނުންވާ ޓްރެއިނިންތައް އެބަ ދެން." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވެސް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ބޭނުމަކީ ރައްޔިތުންނާއި ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ކޮށްދެވެން ހުރި ކަމެއް ކޮށްދިނުމެވެ. "އެމްޓީސީސީގެ ވިސްނުމަކީ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ވިސްނުންފުޅު ކަމަށް އާޒިމް ވިދާޅުވިއެވެ.

ދުވާފަރު މަގު ހެދުމުގެ މަސައްކަތް ފަށަނީ. --- ފޮޓޯ: އެމްޓީސީސީ

"އަޅުގަނޑު ކައިރީގައި ރައީސް ވިދާޅުވެފައި އެބައޮތް ރަށްރަށުގެ މަޝްރޫއުތައް ކުރިއަށް ގެންދާ އިރު، ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލާ ގުޅިގެން މަސައްކަތް ކުރާށޭ. އަދި ކައުންސިލުން އެދޭ ކަންތައްތައް އެމްޓީސީސީގެ ބަޖެޓުން ކޮށްދެވޭ ކަމަށްވާ ނަމަ އެކަމެއް ކޮށްދިނުމަށް. ރަށަކުން ފައިބާ އިރުގައި ޕްރޮޖެކްޓާ ދޭތެރޭގައި ހިތްހަމަޖެހޭ ވަރަށް، އެމްޓީސީސީއާ ދޭތެރޭގައި ހިތްހަމަޖެހޭ ވަރަށް ބަޖެޓު ތެރެއިން ކޮށްދެވެން އޮތިއްޔާ ބަޖެޓު ތެރެއިން ކޮށްދެވެން އޮތިއްޔާ ކޮށްދީފައި، ހިތްހަމަޖެހޭ ވަރަށް ކޮށްދީފައި ފައިބައްޗޭ ރައީސް ވިދާޅުވެފައި އޮތީ،" މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނަވައި ފޯނުން ދެއްވި އިންޓަވިއުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި މަސައްކަތްތައް ބާރުވެގެން މިދަނީ ރައްޔިތުންނާ ކައުންސިލްތަކުގެ ވެސް މަސައްކަތުންނެވެ. އަދި ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ފަދަ ތަންތަނުގެ އެއްބާރުލުމާއި އެހީތެރިކަން ވެސް އެމްޓީސީސީ އަށް ލިބެމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެމްޓީސީސީން ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދަނީ ހަމަހަމަކަމާއެކީގައެވެ. އޭގައި ކުޑަ ނުވަތަ ބޮޑު މަޝްރޫއަކަށްވީމަ، ވަކި ގޮތެއް ހެދުމަކީ އެމްޓީސީސީގެ ސިޔާސަތެއް ނޫން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އޭގެ ނަތީޖާއަކަށް ވެގެން ދަނީ ހުރިހާ މަޝްރޫއުތަކެއް ހިނގަމުން ދިއުމާއި އެއްވެސް ޕްރޮޖެކްޓެއް ލަސް ނުވެ ކުރިއަށް ދިއުން،" އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން މިއަދު ތިބީ ހިތްހަމަޖެހިފައެވެ. އެއީ ކޮންމެ ރަށެއްގައި ހެން ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާތީއެވެ. މި މަޝްރޫއުތައް ފެނި ރައްޔިތުންގެ އުންމީދުތައް މާ މައްޗަށް ގޮސްފިއެވެ. އެމީހުން ބުނާ ގޮތުން ނަމަ، "ހުވަފެންތަކުގައި ކުލަ ޖެހެން ފެށީ އަދި ކިރިޔާ"އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޢެމް

  މަގަކަށް ފަހު މަގެެއް ހަދަމުން ގޮސް ތިތިބަ ރައްރަށާއި ހަމަޔަށް ދެވުނުއިރު ބަދަލްވި ވެރިއެއްތާ މިހާރު މަގުހަދާނީ !
  ކަހަބު ދުވެލީގައި ކަމެއް ކުރިއަސް ތިންއަހަރު ވާއިރު ތިވަރުނުވާންވީ ސަބަބެއް ނެތް!

  39
  10
  • ވާހަކަ

   ޤަބޫލު ކުރިޔަސް ނުކުރިޔަސް ފުރަތަމަ ތިން އަހަރުގަ އަތޮޅުތެރޭގަ އެންމެ ގިނަ ޕްރޮޖެކްޓް ހިންގީ ކި ސަރުކާރުން.. މާލޭ ބުތިޖާ މާލޭ ހުޅުމާލއެއާ މާލޭ 25 ބުރީގެ އިމާރާތާ މާލޭ އެެއަރޕޯޓް އަޅާތަން ނުފެންނާތީ ކަމެއް ނުކުރާކަމަށް ދައްކަނީ.. އެންމެންނަށްވެސް ފެންނަނީ މާލޭގަ ކަމެއް ކުރިއްޔާ ވިއްޔާ ދޯ؟؟ މާލޭގަ ވެސް އެންމެ ގިނަ ފުލެޓު އަޅާނި އެންމެ ބޮޑު ޕޯޓު ހަދާ އަދި އެންމެ ދިގު ބުރިޖު އަޅާނި ހަމަ މިވެރިން

   14
   34
 2. ބަޑަންޑޫ

  އަހަރުމެންނަށް ނޭގުނަސް ވަރަށް މަސައްކަތް އެބަކުރޭދޯ ނައިފަރު ސިޔާމުމެން އަބަދު ކިޔަނީ ސްލޯ ސަރުކާރޭ ކަމެއް ނުކުރާ ސަރުކާރޭ އަދި މިއިނގުނީ މަސައްކަތްކުރާވަރު

  26
  52
 3. ޢަދުރޭ

  100 މީހުން ހަމަނުވާ ރަށްރަށުގައިވެސް އެއާޕޯޓާ ނަރުދަމާ ޔާ މަގުތައް މި ހަދަނީ ހިތުން މާލޭ މީހުންނަށް ޖެއްސުމަށް ރިޔާސީ އިންތިޚާބުގައި ރާއްޖެތެރޭން ވޯޓު ހޯދަން. ބަލައްޗޭ ޗޮކުން ދުއްވާލާނަން .

  16
  5
  • ނިކަ

   ދެން މާލެއަށް އެޅިވަރު ކުޑައީހޭ؟؟ އަދިވެސް ހިތް ނުފުރެނީދޯ؟؟ މި ކ އަތޮޅުގަ އޮތްހާ ފަޅެއް ދޭއިރުވެސް.. ޖެހިގެން އޮތް ރަށްވެސް ކާލާފަ މިހާރު ފަހަރަކު ފަޅެއް ކާން ދިމާކޮށްގެން ތި އުޅެނީ.. ވާގޮތް ބަލަން ހުރޭ ތިޔަ ޗޮކެއް ވެސް ފެނިދާނެ

 4. އަދުރޭ

  މިސަރުކާރުން މާލޭގައި ކަމެއްކުރާތަން ނުފެނުނަސް ވަރަށް ގިނަ ކަންތައްތައް އެހެން ރަށްރަށުގައި ވަރަށް ބާރަށް ކުރިއަށް އެބަދޭ. މިއީ މާލެ ސަރުކާރެއްނޫން. މި ސަރުކާރުން މާލެ ނޫން ރަށްތަށްވެސް ތަރައްޤީކުރެވޭނެކަން ދައްކައިދީފި.

  10
  21
 5. އޭދަފުށީ މުހައްމަދު

  ތާރީކަށް ތެދުވެރިވުމުގެ ގޮތުން ދަންނަވަމެވެ. އޭދަފުށީގެ 17 މަދު ޒަމާނީ ފެންވަރަށް ހަދަން ފެށީ 2015 ވަނަ އަހަރު އެވެ. ރައީސް ޔާމީން ގެ ވެރިކަން ނިނުމު އިރު މަގުތަކުގެ 85 އިންސައްތަ ނުވަތަ ކާނުތަކާއި ޕޭމަންޓުތައް ހެދުމާއި މިހެން ގޮސް ތާރު އެޅުން ފިޔަވައި ހުރިހާ ކަމެއް އޮތީ ނިމިފައި. ތެދެއް. މި ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްގެން މަސައްކަތް ކުރިއަށްގެނދިޔައީ. އެކަމަކު އަދިވެސް މި މަސައްކަތް މުޅިން ނުނިމޭ. އެހެންވީމާ ހުރިހާ ކްރެޑިޓެއް ރައީސް ޔާމީނަށް.

  27
  6
 6. މޮރިލް

  100 އަމިއްލަ އަށް ކިޔައިގެން ހުރޭ // ތީ ޒީރޯ // ވޯޓުން ދަށްކާނަން / ފެންނާނެ އެތަން އިންޝާ ﷲ //

  25
  5
 7. އައްބެ

  ކުޅުދުއްފުށީގެ އެންމެ މަގެއްގައިވެސް މިވެރިކަމެއްގައި ތާރުކޮޅެއް ނޫނީ ސިމެންތިކޮޅެއް އަދި ނޭޅޭ. އަބަދު ބަޖެޓްކޮށްފައި އޮވޭ މަގުހަދާކަމަށް.

  17
  5
 8. ނަން

  މި ރަށު މަގު ވ ކަބަ ގައަމުވެސް