ކޮވިޑް-19 ގެ ބަލިމަޑުކަން މި ކުޑަކުޑަ ރާއްޖެ ހިމެނޭހެން ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ގައުމަކަށް ވެސް ފޯރާފައިވެއެވެ. ކޮވިޑް ފެތުރުން ހުއްޓުވުމަށް ފުރަބަންދުކޮށް ބޮޑެތި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެކިއެކި ގައުމުތަކުގެ ސަރުކާރުތަކަށް މަޖުބޫރުވިއެވެ. މި ނުރައްކާތެރި ބަލިމަޑުކަން އެކިކަންކޮޅުތަކުގައި ފެތުރުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއްް ކޮށްފައިވަނީ ރާއްޖެ ފަދަ ކުދި ގައުމުތަކުގެ އިގްތިސާދަށާއި ވިޔަފާރިތަކަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ރާއްޖެ އަށް ކޮވިޑް-19 ގެ ރާޅު ބިންދާލުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތް މުޅިންހެން ހުއްޓިގެން ދިޔައެވެ. އޭގެ ސަބަބުން ރާއްޖޭގެ 90 އިންސައްތަ ރިސޯޓުތަކުން މުސާރަ ނުލިބޭ ގޮތަށް ނުވަތަ މުސާރައިން 15-20 ޕަސެންޓާ ދެމެދުގެ އަދަދަކަށް މުސާރަ ކުޑަކޮށް، މުވައްޒަފުން ގެއަށް ފޮނުވާލިއެވެ. ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް، މައުރޫފް ޒާކިރު އޭރު ލަފާ ކުރެއްވި ގޮތުގައި ނޯޕޭ ލީވްގައި 11،000 މަސައްކަތްތެރިން ތިއްބެވެ.

ކޮވިޑުގެ ސަބަބުން އަސަރު ކޮށްފައިވަނީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަކަށް ނޫނެވެ. އެހެނިހެން ވިޔަފާރިތަކުން ވެސް ހޯދަމުން އައި ފައިދާ ނުލިބި، ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެގެން ދިޔައެވެ. މީގެ ސަބަބުން ގޭބިސީތަކުން ލިބޭ އާމްދަނީ ދަށްވެގެން ދިޔައެވެ.

އާއިލާތަކަށް ފައިސާގެ ދަތިކަމާ ކުރިމަތިލާން ޖެހި، ދިރިއުޅުމަށް އުނދަގޫވިއެވެ. މިކަމަށް ހައްލެއް ހޯދައިދިނުމަށް ދިވެހި ސަރުކާރުން ވަނީ ކާޑުގެ ބާވަތްތައް ހިމެނޭހެން ޒަރޫރީ ކާބޯތަކެތީގެ އަގުތަށް ކޮންޓްރޯލްކޮށް، ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. މީގެ އިތުރުން ވަޒީފާ ގެއްލިފައިވާ މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާއި، ވިޔަފާރިތަކަށް ހާއްސަކޮށްގެން ލޯންތަކެއް ދޫކޮށްފައިވެއެވެ. އޭގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށައިފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެކުލަވާލި އިކޮނޮމިކް ރެސްޕޯންސް ޕެކޭޖުތަކުގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 2،086،833،827.00 ރުފިޔާގެ އެހީ ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

 • ބީއެމްއެލް އިން ދޫކުރި ކޮވިޑް-19 ރިކަވަރީ ލޯން: 709،212،848.00ރ.
 • އީއައިބީ ރިކަވަރީ ލޯން ސްކީމް (ފޭސް 1): 354،177،018.00ރ.
 • އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރި ކޮވިޑް ރިކަވަރީ ލޯން: 363،874،55.00ރ.
 • އިންކަމް ސަޕޯޓު އެލަވަންސް: 421،012،248.00ރ.
 • 2020 ގައި ކަރަންޓު ބިލުން ދިން ޑިސްކައުންޓް: 146،753،879.00ރ.
 • 2020 ގައި ފެން ބިލުން ދިން ޑިސްކައުންޓް: 25،903،281.00ރ.
 • 2021 ގައި ކަރަންޓު ބިލުން ދިން ޑިސްކައުންޓް: 51،200،000.00ރ.
 • 2021 ގައި ފެން ބިލުން ދިން ޑިސްކައުންޓް: 14،700،000.00ރ.

މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮވިޑް-19 އާ ގުޅުންހުރި ކަންކަމުގައި 3.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ އަދި އިޖުތިމާއީ ކަންކަމާއި، އިގްތިސާދީ ކަންކަމަށް ކުރި ހަރަދު ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރަށަކަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ސިއްހީ އަދި އިޖުތިމާއީ ކަންކަމުގައި 1.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އޭގެ ތެރޭގައި:

އިގްތިސާދީ ކަންކަމުގައި 1.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އޭގެ ތެރޭގައި:

 • ކޮވިޑް ރިލީފް ލޯންގެ ގޮތުގައި 1،153.5 މިލިއަން ރުފިޔާ
 • އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 420.9 މިލިއަން ރުފިޔާ
 • ޔުޓިލިޓީ ޑިސްކައުންޓްގެ ގޮތުގައި 169 މިލިއަން ރުފިޔާ

އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތަށް އެލަވަންސް ދީފައިވާއިރު، ޖުމްލަ 22،943 ފަރާތަކަށް 421،725،298 ރުފިޔާ ދެވިފައިވެއެވެ. އެލަވަންސް ހޯދުމަށް އެދި ޖުމްލަ 107،650 އެޕްލިކޭޝަނެއް ހުށަހަޅާފައިވާއިރު، އޭގެތެރެއިން 93،911 އެޕްލިކޭޝަނެއް އެޕްރޫވް ކުރެވިފައިވެއެވެ. އެގޮތުން:

 • ފުރަތަމަ ފިޔަވަހި: ހުށަހެޅުނު 17،864 އެޕްލިކޭޝަނެއްގެ ތެރެއިން 11،797 އެޕްލިކޭޝަން އެޕްރޫވް ކުރެވ،ި 48،725،298 ރުފިޔާ ހޭދަކޮށްފައިވެއެވެ.
 • ދެވަނަ ފިޔަވަހި: ހުށަހެޅުނު 43،719 އެޕްލިކޭޝަނެއްގެ ތެރެއިން 39،060 އެޕްލިކޭޝަން އެޕްރޫވް ކުރެވި، 170،632،998 ރުފިޔާ ހޭދަކޮށްފައިވެއެވެ.
 • ތިންވަނަ ފިޔަވަހި: ހުށަހެޅުނު 46،067 އެޕްލިކޭޝަނެއްގެ ތެރެއިން 43،084 އެޕްލިކޭޝަން އެޕްރޫވް ކުރެވި، 201،670،681 ރުފިޔާ ހޭދަކޮށްފައިވެއެވެ.

2020 ވަނަ އަހަރު އެކުލަވާލި އިކޮނޮމިކް ރެސްޕޯންސް ޕެކޭޖުގެ ތަފްސީލްތައް

31 މޭ 2021 ގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުގެ އެހީ:

 • 419 ވިޔަފާރިއަކަށް ޖުމުލަ 585،852،848 ރުފިޔާ ދެވިފައިވެއެވެ. އެއީ ޖުމުލަ 8،000،000 ޑޮލަރެވެ.

31 މޭ 2021 ގެ ނިޔަލަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުގެ އެހީގެ ގޮތުގައި ޖުމްލަ 363،874،553 ރުފިޔާ ހަދަރުކޮށްފައިވެއެވެ. އޭގެ ތެރެއިން:

 • 1،457 ވިޔަފާރިއަކަށް ޖުމުލަ 343،997،553 ރުފިޔާ
 • އަމިއްލަ މަސައްކަތް ކުރާ 664 ފަރާތަކަށް 19،877،000 ރުފިޔާ

މީގެ އިތުރުން 31 މޭ 2020ގެ ނިޔަލަށް އެސްޑީއެފްސީ މެދުވެރިކޮށް 112 ގެސްޓްހައުސް ވިޔަފާރިއަކަށް 22،056،231 ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 156 ރެސްޓޯރެންޓް ވިޔަފާރިއަކަށް 33،751،483 ރުފިޔާ ހޭދަކޮށްފައިވެއެވެ.

ކޮވިޑް-19 އިކޮނޮމިކް ރެސްޕޯންސް ޕެކޭޖުގެ ދަށުން 17 ޖޫން 2021ގެ ނިޔަލަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ޖުމުލަ 1.7 ބިލިއަން ރުފިޔާގެ އެހީ ދީފައިވެއެވެ. އޭގެ ތެރޭގައި:

 • ކޮވިޑް-19 ރިކަވަރީ ލޯން ސްކީމް -- 1،153.5 މިލިއަން ރުފިޔާ
 • އިންކަމް ސަޕޯޓް އެލަވަންސް -- 22،945 ފަރާތަކަށް ޖުމުލަ 420.9 މިލިއަން ރުފިޔާ
 • ކަރަންޓު ބިލުން ދީފައިވާ ޑިސްކައުންޓް -- 143.0 މިލިއަން ރުފިޔާ
 • ފެން ބިލުން ދީފައިވާ ޑިސްކައުންޓް -- 26.0 މިލިއަން ރުފިޔާ

މީގެ އިތުރުން ސަރުކާރުން ވަނީ ސަރުކާރުގެ ސްކީމްތަކުން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދައްކާނެ މުއްދަތު މާރޗް 2020 އިން ޑިސެމްބަރ 2020 އަށް ފަސްކޮށްދީފައެވެ. އަދި ބީއެމްއެލް އަދި އެސްޑީއެފްސީ މެދުވެރިކޮށް ނަގާފައިވާ ފަރާތްތަކުގެ ލޯނަށް އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރު ކޮށްދީފައިވެއެވެ. އެގޮތުން، ޖުމުލަ 12 މަހުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ.

ސަރުކާރުން ދޫކޮށްފައިވާ އިމާރާތްތަކާއި ބިންތަކަށް ޖޫން 2020 އިން ޑިސެމްބަރ 2020 ގައި ދައްކަންޖެހޭ ބިމު ކުލިން ޖޫން 2021 އިން ފެށިގެން ދެއްކުން ވަނީ ފަސްކޮށްފައެވެ. އޭގެ ތެރެއިން:

 • ފަސްކޮށްދޭ ކުލި 1 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން އަނބުރާ ދެއްކުމަށް
 • ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގައި ޖޫރިމަނާއާއި އިންޓްރެސްޓް ނުހިނގާ ގޮތަށް ވަނީ ހަމަޖައްސާފައި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވިޔަފާރިތަކަށާއި، އާންމުންނަށް ދީފައިވާ ލުއިތަކުގެ އިތުރުން ޓެކްސް ދައްކާ ފަރާތްތަކަށްވެސް ވަނީ ލުއިތަކެއް ދީފައިވެއެވެ. މި ލުއިތައް ދިނުމުގައި ހަމަޖައްސާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހެން ވިޔަފާރިތަކަށްވުރެ އިތުރަށް ލުއިވާނެ އުސޫލުތަކަށް ބަލައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ރަން ރީނދޫ

  އެހީއޭ ކިޔާފަ ޕާޓީ ކުދިންނަށް ދިން ލާރި.

  29
  1
 2. ދަންތުރަ

  ބޮޑު އިންޓްރެސްޓާއި އެކު ލޯނު ދިނުމަކީ އެހީޔެއްތޯ؟؟؟ އެއީ އިހްސާންތެރިކަމުގެ ނަމޫނާއެއްތޯ؟؟

  22
 3. ސަސް

  ތަފްސީލް ލިޔުމެއް. ގޯސް ކޮށް ކުރާ ކަން ކަން ގޮތަށް ރަގަޅު ކަން ކަން ވެސް ގެނެސް ދިނުން އެއީ ރަގަޅު ނޫސްވެރި ކަން

 4. Anonymous

  ފެން ބިލް އަދި ކަރަންޓް ބިލް ކޮވިޑް ކުރިން 3000 ދަށުގަ ތިޔަ އެހީއެއްދިން ފަހުން ބިލްތައް އަންނަނީ 5000 މަތިން ، ވަރަށް ބޮޑައް ސުކުރިއްޔާ ރައީސް ޝޯލިހް އަދި ކެނެރީ ބެއްޔާއައް.

  16
  1
 5. Anonymous

  އަމިއްލަ ޖީބުންބާ ދިނީ؟

  15
  1
 6. ކޮރަލް

  ވެރި ކަން ބަދަލު ވެ އެހީވި ފަރާތް ތަކުގެ ލިސްޓް ބަލާ އޮޑިޓް ކޮށްލީމަ ހަގީގަތް އެނގޭނެ އެވެ.

  12
 7. އޯކޭ

  ބަހައި ހުސްކޮއްފި

  11
 8. ދިވެހިލޭ

  ވަގުތު އޮންލައިން އަށް ވެސް ދީލަތި އެހީފުޅުތަކެއް ވާހެން ވަރަށް ހީވޭ.
  ދީލަތި، ހިންގުންތެރި، ނަޒާހަތްތެރި، ވަތަނީ، ޤައުމީ ސަރުކާރުން😜

  11
  2
 9. ލޫޓުވަނީއޭ

  ސަރުކާރުގެ ބަޖެޓުން ބޭކާރު ޚަރަދު ކޮށްގެން ރާއްޖެތެރޭގެ ކުދި ކުދި އާބާދީ ހުންނަ ރަށްރަށުގައި މިސަރުކާރުން އެކުރަނީ އެއީ ސީދާ ބޭކާރު ޚަރަދު ތަކޭ އެއިން އެއްވެސް އާމްދަނީއެއް ދައުލަތުގެ ބަޖެޓަށް ނުލިބެއޭ މީނުރައްކާތެރި ކަމެކޭ ގައުމު ބަންގުރޫޓްވެފައި އޮތްވާ ޒޫމް މެދުވެރިކޮށް ކުރެވެން ހުރި ކަންކަން ދައުލަތުގެ ބަޖެޓުން ވައްކަން ކުރަން ވެގެން ދަތުރު ތަކަށް އެތައް ސަތޭކަ މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ދައުލަތުގެ ބަޖެޓުން ވައްކަން ކޮށް ލޫޓުވާލަނީއޭ މީ ލުޓޭރޭންގެ ސަރުކާރެކޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ ލުޓޭރޭންނޭ

  12
 10. ނާދިރާ

  ބަލައިގެން މޑޕ މީހުންނަށް ބަހާލީ. މިކަންވެސް ތަޙުޤީޤު ކުރެވޭނެ ދެން އަންނަ ސަރުކާރެއްފ
  ގަ

  13
 11. އަލީ

  މަށަކަށް ނުލިބޭ މަވެސް އަމިއްލަ ވިޔަފާރިއެއް ކުރަން

 12. ސަފާ

  ދުނިޔޭގެވެސް ތަރައްގީގެ ބާނީ ކިރިޔާ މުޅިދުނިޔެއަށް މިފާޅުވީ! މީ ފަހުޒަމާނާ ކުރީ ޒަމާނުގެ އަޖައިބު ކުރުވަނިވި އަލާމާތެއް

 13. އަހްމަދު

  ތީގެބޮޑުބައި ނެގީމިނިސްޓަރު ލާރިކޮޅުދިނީވެސް ފައްޔާޒުއައް ބައިއަޅަން އެއްބަސްވިމީހުންނައް

 14. އަބްދޫ

  ގާނުނުއަސަސީގެ 97 ވަނަ މާއްދާއާއި ހިލާފަށް ދެމުންގެންދާ މި ފައިސާ ތަކުގެ ސަބަބުން އެމްޑީޕި އަށާއި ރައިސް ސާލިހަށް ފައިދާކުރޭ އެދެފަރާތަށް ސަޕޯޓް އިތުރުވޭ އަމިއްލަޔަށް ނާޖާއިޒް މަންފާ އެބަހޯދޭ.ދިވެހިގައުމަށް ލިބެމުންދަނީ ގެއްލުން ފައިދާއެއް ނުކުރޭ. ގިނަދަރަނި ނަގާ އެދަރަންޏަށް އިންޓަރެސްޓް ދޭންއެބަޖެހޭ ގައުމަށް ކިހާ ބޮޑުގެއްލުމެއް.