ތިމާށެވި ހިމާޔަތް ކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމެވެ. ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކާ ގުޅިގެން އެންމެ ބޮޑަށް ވަކާލާތުކުރާ އެއްބަޔަކީ ވެސް މި ސަރުކާރުގެ ވެރިންނެވެ. ފާއިތުވި ތިން އަހަރުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރަން އެކި ގޮތް ގޮތަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ގިނަ ސަރަހައްދެއް ވަނީ، ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ކުޅިތަކާއި ޗަކަސް ބިންތައް ހިމެނެއެވެ.

ހިމާޔަތް ކުރެވުނު ތަަންތަން

އައްޑޫ ސިޓީ

 • ކުޑަ ކަނޑު (462.06 ހެކްޓަރު)
 • މާކިޅިއާއި ފެހެލެކިޅި (25.5 ހެކްޓަރު)،
 • މާފިށި ކުޅި (5.86 ހެކްޓަރު)
 • މަތިކިޅި (56.13 ހެކްޓަރު)
މީދޫ "މަތިކިޅި އެކޯ ގާޑެން" - ފޮޓޯ:- ވަގުތު އިމޭޭޖަސް / އިބްރާހިމް ޝާބިލް

ފުވައްމުލަށް

 • ފަރިކެޑެ ސަރަހައްދު (636.75 ހެކްޓަރު)

ކާށިދޫ

 • މޯލްޑިވްސް ވިކްޓްރީ ނައު އުރިފައިވާ ސަރަހައްދު (4.75 ހެކްޓަރު)

ހިމާޔަތް ކުރެވުނު ބައެއް ސަރަހައްދުތައް

 • ހދ.ކޭލަކުނު (235.54 ހެކްޓަރު)
 • ހދ. ނޭކުރެންދޫ ކުޅިފާ ޗަސްބިން (11.87 ހެކްޓަރު)
 • ހއ ބާރަށު ކުޅިފާ، ޗަސްބިން ސަރަހައްދު (50.77 ހެކްޓަރު)
 • ހއ ގައްލަންދޫ (252 ހެކްޓަރު)
 • ހއ ބިލެއްދޫ ތިލަ ސަރަހައްދު (4354 ހެކްޓަރު)
 • ހއ ކެލާ ކަނޑޫފާ (112 ހެކްޓަރު)
 • ހދ ފިނޭ ތިލަ (97.9 ހެކްޓަރު)
 • ހދ. އިންނަފުށި (1366 ހެކްޓަރު)
 • ނ. ބޮލިއްސަފަރު (954 ހެކްޓަރު)
 • ށ.ނާލާހުރާ (159 ހެކްޓަރު)
 • ނ. ފޮއްދިއްޕަރު ފިނޮޅާއި ފަޅު (322 ހެކްޓަރު)
 • ނ. ކެނދިކުޅުދޫ ކުޅި (512 ހެކްޓަރު)
 • ނ. އޮރިމަސް ތިލަ (46.9 ހެކްޓަރު)
 • ނ. ބޮޑުޅައިމެންދޫ (321 ހެކްޓަރު)
ހިމާޔަތްކުރި ތަންތަނުގެ ތެރެއިން ހއ.ކެލާ ޗަކަބިން

12 އަހަރަށް ފަހު ދިވެހިން ކޮޕަށް

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ބާއްވާ ދުނިޔޭގެ ފެންވަރުގެ ސަމިޓް ނުވަތަ ކޮޕް-26 ގައި މި އަހަރު ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. މިއީ 12 އަހަރުގެ މެދުކެނޑުމަށް ފަހު ރާއްޖެއިން ކޮޕް ސަމިޓްގައި ބައިވެރިވި ފަހަރެވެ. ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެންވަޔަރަމެންޓް މިނިސްޓަރު މަރިޔަމް ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮޕްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ކޮޕަށް ރާއްޖެއިން ތިން ކަމެއް ހުށަހެޅިއެވެ. އެއީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ ސެލްސިއަސް ގައި ހިފެހެއްޓުމަށާއި، ށްރަށުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރަން ބޭރު ގައުމުގެ އެހީތައް ހޯދުމުގެ އިތުރުން މޫސުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ބަދަލުތަކަށް ހުރިހާ ގައުމުތަކުން އެއްބަސްވުމެވެ.
ސަމިޓު ނިންމާލިއުރ ރާއްޖެއިން އެންމެ ބޭނުންވި ނަތީއްޖާއެއް ނުނެރެވުނެވެ. ނަމަވެސް 200 އެއްހާ ގައުމުން އެއްބަސްވުމެއް އެކުލަވައިލިއެވެ. އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި 1.5 ޑިގްރީ ސެކްސިއަސްގައި ހޫނުމިން ހިފެހެއްޓުމަށް އެކުލަވާލީ ޕެރިސް އެގްރީމެންޓުގައި ކަނޑައަޅާފައިވާ އަމާޒަށް ވަސީލުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާއި ބޯޓު ދެލިއަށް ބަރޯސާވުން ކުޑަކުރުން ހިމެނެއެވެ.
ކުނި ހުސް ކުރުން

"ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުން. މިހާރުވެސް ވަރަށް ގިނަ ރަށްރަށުގައި، ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތައިނުލެވި އެބަހުރި" މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، ހަތް މަސްދުވަހުގެ ތެރޭގައި ނަގައި ސާފުކުރުމަށް، ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ. ދާއިމީ ގޮތެއްގައި ހައްލުކުރުމަށްޓަކައި، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަސީލަތްތައް އަންނަނީ ތަރައްގީ ކުރަމުންނެވެ. އެ ދާއިރާއިން ކުރިއަށްއޮތް ތަނުގައި، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާއެކު ކުނި މެނޭޖްކޮށް، ކުނިން މަންފާ ހޯދޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ރާއްޖެއިން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލްއަގްވާމީ އެހީ ކަށަވަރުވެއްޖެ ނަމަ، އަޅުގަނޑުމެންގެ އަމާޒަކީ، 2030 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ، ކާބަން އެމިޝަންސް، ނެޓް ޒީރޯއަށް ހެދުން. ރައީސް ވިދާޅުވިއެވެ.

މި ތިން އަހަރުގެ ތެރޭގައި އެކި ރަށްތަކުގައި ޖަމާވެފައި ހުރި 29000 ހާސް ޓަނުގެ ކުނި ސަރުކާރުން ވަނީ ނައްތާލާފައެވެ.

ތިލަފުށި ކުނީގެ މައްސަލަ

ކުނީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ހާއްސަކޮށް ތިލަފުއްޓަކީ ކުނީގެ "ފަރުބަދަ" ތަކުން ފުރާލަފައި އޮންނަ ތަނެކެވެ. ކުނި އެންދުމުގެ ސަބަބުން މުޅި އެ ސަރަހައްދު ވަނީ ތަޣައްޔަރުވެފައެވެ.

ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެ ތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން، ރަނގަޅު ގޮތުގައި ކުނި މެނޭޖު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުން ވަރަށް ބޮޑަށް އަމާޒުހިފައިވާ ކަމެކެވެ. ދުން އެރުވުން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްއެބަދެއެވެ. ސަރުކާރުގެ އަމާޒަކީ ކުނި އެންދުން ހުއްޓުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ.

މިނިސްޓަރު ޝައުނާ އާއި މިނިސްޓަރު ނަސީމް ތިލަފުށީގައި. --- ފޮޓޯ އެންވަޔަރަމަންޓް މިނިސްޓްރީ

މިނިސްޓަރު ޝައުނާ ކުރިން ވިދާޅުވި ގޮތުގައި ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ މައްސަލައެއް ކަމަށްވާ އިރު، ތިލަފުށީގެ ދުމަކީ މާލެ އާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށާއި ޓޫރިސްޓުންނަށް އޭގެ ސަބަބުން އެތައް އުނގުލެއްވާ މައްސަލައެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލެ، ވޭސްޓް ޓްރާންސްފާ ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. އެ ސެންޓަރުތަކުން ތިލަފުއްޓަށް ކުނި ގެންދާއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އެކަމުގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނީގެ ވަސް ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްއެފްސީ ބޭނުންކުރުން ހުއްޓައިލި ފުރަތަމަ ގައުމު

ހައިޑްރޯކްލޯރޯފްލޯރޯ ކާބަންސް (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލި ތަރައްގީވަމުން އަންނަ ފުރަތަމަ ގައުމަށް ރާއްޖެވެގެން ދިޔައީ މި ސަރުކާރުގައެވެ. އޯޒޯން ފަށަލައަށް ގެއްލުންވާ މާއްދާތައް އުފެއްދުމާއި އިމްޕޯޓުކުރުން ހުއްޓުވަން 197 ގައުމަކުން ވަނީ އެއްބަސްވެފައިވާއިރު އެ އެއްބަސްވުމުގެ ދަށުން ގައުމުތަކުން ނިންމާފައި ވަނީ އެޗްސީއެފްސީ ގޭސް ބޭނުންކުރުން 2030 ވަނަ އަހަރު އަންނަންވާއިރަށް ހުއްޓާލުމަށެވެ.

ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް

އައްޑު ސިޓީ، ފުވައްމުލަކު ސިޓީ، ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޔުނެސްކޯއަށް ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ނިންމުމާ އެއްގޮތަށް މިދިޔަ އަހަރުގެ ތެރޭގައި އެ ދެ ސިޓީވަނީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައެވެ.

ފުވައްމުލަކު ކޮޑަ ކިޅި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭގެ އެންމެ ބޮޑު ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމުގައްޔާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވް މޮޑެލްއަކީ ތިމާވެށީގެ، އިޖްތިމާއީ އަދި އިގްތިސާދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވާތީއެވެ. އެ ދެ ސިޓީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިގްތިސާދީ ފައިދާ އިތުރުވުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. ބަޔޮސްފިޔާ ރިޒާވެއްގައި ހިމެނޭ ސަރަހައްދުތައް ބެހިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކޯ އޭރިޔާ، ބަފާޒޯން އަދި ޓްރާންޒިޝަނަލް ނުވަތަ މަލްޓި ޔޫޒް އޭރިޔާއެވެ.

އިތުރު އުސްއަލިތައް

ސިންގަލް ޔޫސް ޕްލާސްޓިކް ފޭޒް އައުޓް

 • ކުނީގެ ގޮތުގައި އެންމެ ގިނައިން ފާހަގަ ކުރެވޭ ސިންގަލް ޔޫސް ޕްލާސްޓިގެ ބާވަތްތައް ފޭޒްއައުޓް

ކަރަންޓަށް ނަގާ އަގުގެ ފަރަގުތައް ނައްތާލުން

 • ޑޮމެސްޓިުކް ކެޓަގަރީގެ 400 ޔުނިޓުން މަތީގެ ބޭންޑުތަުކަށް ރަށްރަށުން ނަގާ އަގުގެ ފަރަގު ނައްތާލުން
 • އަތޮޅުތަަކުގެ ބިޒްނަސް ކެޓަގަރީގެ ބޭންޑުތަަކުގެ އަގުގެ ތަފާތުތައް، އެއް ހަމަކުރެވުނު

ނެޓް މީޓަރިން ގަވާއިދު

 • ފާއިތުވި 6 މަސް ތެރޭގައި ރޯލްވަމުން އައިސް ޖަމާވެފައި ހުންނަ ކްރެޑިޓަށްވާ ފައިސާ، ތަންފީޒީ އިދާރާއިން ފާސްކޮށްދީފައިވާ އާންމު ޓެރިފް އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދޭ ފަރާތުން ހިދުމަތް ލިބިގަންނަ ފަރާތަށް ދޭންޖެހޭނެ ކަމަށް ކަނޑައެޅުން

ފެނާއި ނަރުދަމާގެ ހައްގު ކަށަވަރުުކޮށްދިނުން

 • ފެނާއި ނަރުދަމާގެ ގާނޫނު ތަސްދީގުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުުކުރުން ސަރުުކާރުތަުކަށް ލާޒިމުުކުރުން

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ނުވޭކަމެއް

  އެއްކަމެއްވެސް ހާސިލްނުވޭ

  17
 2. އިބްރާހިމް

  ދުނިޔެއިން ގަސްކެނޑުން ހުއްޓުވުގެ ގަރާރުގައި ރާއްޖޭގެ ތިން ރައީސުން ބައިވެރިވި ކޮންޓިންޖެންޓުން ސޮއިނުކުރީ އިންޑިއާއަށް އަޅުވެތިވެފައިވާތީތޯ؟

  13
 3. ސސ

  ތިމާވެއްޓޭ ކިޔާއިގެން ތަންތަން ބަޔޮސްފެއާ ހަދައިގެން ހިމާޔަތް ކޮށް އެތަންތަން ރައްޔިތުން ރިބެމުން ފައިދާވެސް ނުލިބި ރައްޔިތުންނަށް ބަލާވެރިކަން ގެއްލުން ލިބެނީ !

  13
  1
 4. ނާދިރާ

  ވަގު ޓްވީޓަދ އެކައުންޓެއްގެ ސަބަބުން ގައުމު ހަލާކުވި 3 އަހަރު

  12
 5. ޅަބޭ

  ތި ޝައުނާ އާއި ނަސީމު އަކީ މިވަގުތު ރާއްޖޭގަ ތިބި ތިމާވެށީގެ އެންމެ ބޮޑު ދެ ރޯނު އެދުރުން. އެދެމީހުން ތިމާވެށީގެ ޓިއުޝަން ނަގަނީ ރާއްޖޭގެ ތިމާވެށީގެ ބޮޑު އައްޕަ ކެނެރީގޭ ހާޖީ ނަޝީދު.

 6. ނައުޝާން

  ހާސިލުވީ ހުސްއަނގަތެޅުމާއި ދައުލަތުގެ ލާރިން އަގުބޮޑު ހޮޓެލްތަކުގަ ތިބެފަ މީރު ތަކެތިކައިފަ ގޮސް ރާއްޖެ އަޑިޔައް ހިނގައިދާނޭ ކިޔައިގެން ދެކެވޭ ދެކޮޅުނުޖެހޭ ވާހަކަތައް ފެތުރުން. ދެން ފައިސާ އިސްރާފުކުރުން.

 7. ރަފީގު

  ތިމަންނާމެން ރާއްޖޭގައި ތިމާވެށި ސަލާމަތްކުރަން ވިހަގޭސް ހުއްޓުވުމައް ފޮޑި ޖެހުން ހުއްޓުވާނެ ގާނޫނެއް ހަދާނަމޭ ބުނިނަމަ.

 8. ގަޑަގަޑަ

  ޅ.ފެލިވަރު ކައިރީ އަޑިއަށް ދިޔަ ބޯޓެއް ހިމާޔަތް ކޮއްފައޮއްވާ މި އުޅޭ މަސްސޫރު އައްޒަ ލަވައެއް ކުޅެން ބޯޓް ގަ ވާޖަހާގެން އެންމެ ފަހުން ބޯޓް ގަޑު ދިޔައީ އަޑިއަށް އަައްޒަމެން ކޮއްފިއްޔާ ކޮންމެ ކަމެއްވެސް އޯކޭވާނެ. ބްރޯގެ ކުދިންވިއްޔަ ދޯ؟؟

 9. ހުސެން

  އިބުރާހީމާއި ނަޟީދުގެ ޖީބު ބޮޑުވީ .ދެން ދިޔައީ އަޗާ ތަޅަން މަޟްހޫރުވާންވެގެން .ދުނިޔޭގެ މީހުންގެ ސަމާލުކަުންހޯދަން ޗަރުކޭސް ކުޅުނީ،ތިމާވެއްޓޭ ކިޔައިގެން ލިބޭ ފާއިސާ މަޅާލައި މިލިއަނަރުގެ ސާދާގަރުންނަށްބުން އެއީ އެމީހުން ހާސިލްކުރިކަމަކީ.ނިކަން ރީތި ނަންކިޔައި ސުރުހީ އަޅައިގެން ރައްޔިތުން ވާ ވައްދައިގެން ދުނިޔެ ވަށާ ބުރު ޖެހުން ނުން ކަމެއް އެބަވޭތަ.ރައްޔިތުން އަނގަޔާއި އަތާއި ދިމާނުވޭ.

 10. އަބްދޫ

  ތިމާވެށީގެ ދާއިރާއަކީ އެއްވެސް ކަމެއް ހާސިލް ވާނެ ދާއިރާއެއްނޫން. ދުވަހަކުވެސް ހާސިލްވާނެ ކަމެއްނެތް. ފަރުބަދަކަނޑައިގެން ހިލަކޮޅު ކޮޅު ހަދައިގެން ހިލަޔާ ހިލަ ވެލި ގެނެސްގެން ރާއްޖޭގަ ބޮޑު ފަރުބަދަ މިންވަރުގެ އިމާރާތް ހެދުމަކަށް ފަހަތަކަށް ނުޖެހެވޭނެ. ފަރުބަދައެއްކަނޑައިފިނަމަ އެންވައިރު މަންތަށް ގެއްލުންވާނެ އެހެންތަނެއްގަ ފަރުބަދައެއް ޖަހައިފިނަމަ އެންވައިރުމަންޓަށް ގެއްލުންވާނެ. އޮޔާއި ވައިގެ މިސްރާބް ބަދަލް ވެގެން އަންނާނެ. ދޯ މިއިން އެއްވެސް ކަމެއްނުކޮށް ވާކަށްނެތް.

 11. ބަލާބަ

  ވީކަމަކީ އެ ދިޔަބަޔަކުގެ ޢާއިލީ ކުންފުނިތަަކަށް ފައިދާވީ! ބަލާބަލަ ތިއިން އެކެއްގެ ވެސް ޢާއިލީ ކުންފުންޏެއް ނެތްތޯ ހަމަ ތިޔަމަސައްކަތްކުރާ ؟؟