ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެން ފެށީ 2020ވަނަ އަހަރުގެ ތެރޭގައެވެ. މުޅި ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްފަދައިން ދިވެހި ރާއްޖޭގައި ވެސް މި ނާޒިކު ދަނޑިވަޅުގައި ނަފްސު އައްޑަނައަކަށް ހަދައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެ ބޮޑު ގުރުބާނީތަކެއް ވި، އަދި ވަމުން އަންނަ ބަޔަކީ ފްރަންޓްލަައިން މުވައްޒަފުންނެވެ.

މާލެގައި ކޮވިޑް އެންމެ ގަދައަށް ފެތުރެމުން ދިޔަ ދުވަސްވަރު ކޯލް ސެންޓަރުގަ އާއި، އެބިއުލޭންސްގައި ކޮވިޑަށް ފައްސިވާ ސީރިއަސް ޕޭޝަންޓުން ހޮސްޕިޓަލަށް ގެންދިއުމާއި، ކޮވިޑް ފެސިލިޓީތަކުގައި ފައްސިވެފައިވާ މީހުންނަށް އަޅާލުމުގެ އިތުރުން ސުންކުތައް ނެގުމުގަ އާއި ކޮވިޑުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ހުރިހާ ދިމާލެއްގައި ވެސް ފްރަންޓްލައިން މުވައްޒަފުން ދިޔައީ ރޭގަނޑުގެ ނިންޖާއި އާއިލީ ވަގުތު ތައްވެސް ނަގާލައި މަސައްކަތް ކުރަމުންނެވެ.

އެ ދުވަސްވަރު މީސް މީޑިއާގައި ފްރަންޓްލައިން މުވައްޒަފުންގެ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށް އެމީހުންގެ އަގު ވަޒަން ކުރަމުން ގެންދިޔައިރު ސަރުކާރުން ވަނީ އެފަރާތްތަކަށް ކޮންމެ މަހަކު ވެސް އެލަވަންސް އެއް ދޭން ނިންމާފައެވެ. މި ހަބަރާއި އެކު އެ މަސައްކަތްތެރިން އިތުރު ޖޯޝާއި ފޯރީގައި މަސައްކަތް ކުރަމުން ގެންދިޔައިރު މިއަދު މިވަނީ ހާލަތު މުޅިން ބަދަލުވެފައެވެ. ފްރަންޓްލައިން މަސައްކަތް ތެރިންގެ އަގު ވަޒަން ކުރާނެ ބަޔަކު ނުވިއިރު، އެ މީހުންގެ ހައްގުގައި ނިކުންނާނޭ ބަޔަކު ވެސް ނުވިއެވެ. ނުވިތާކަށް ސަރުކާރުން ވެސް އެ މަސައްކަތްތެރިންނަށް ދޭން ބުނި އުޖޫރައިގެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަނީއެވެ.

ހުޅުމާލޭ ކޮވިޑް-19 މެޑިކަލް ފެސިލިޓީ އަށް އެމްބިއުލައިންސު ގައި ބަލިމީހަކު ގެންނަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

”އަޅުގަނޑު މަސައްކަތް ކުރީ އެމްބިއުލާންސްގައި ކްރިޓިކަލް ޕޭޝަންޓުންނާއި އެކު މި އަހަރުގެ މެއި މަހުން ޖޫން އާއި ހަމައަށް. ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން އޮންނަނީ 9 ގަޑިއިރު އެކަމު ގިނަ ދުވަސްތަކުގަ ގެއަށް ދެވޭނީ 12 ނޫނީ 15 ގަޑިއިރު މަސައްކަތް ކޮށްފަ އެއީ ޕޭޝަންޓުން ގިނަކަމުން. ޖުމްލަ 24،000 ރުފިޔާ ވަރު ދޭން ބުނީ. އެލަވަންސް ޝީޓުތަކުގަ ވެސް ބަރާބަރަށް ސޮއި ކުރިން އެކަމު އެ ފައިސާ އަޅުގަނޑުމެންނަށް ދޭން އުޅޭ މަންޒަރެއް ނުފެނޭ“ ވަގުތު އަށް މައުލޫމާތު ދެމުން ފްރަންޓުލައިންގައި މަސައްކަތް ކުރި ބޭފުޅަކު ބުނެފައިވެއެވެ.

އެބޭފުޅާ އިތުރަށް ބުނެފައި ވަނީ މިކަމާއި ގުޅިގެން އެމަޖެންސީ މެޑިކަލް ސާވިސް (ނެޝަނަލް އެމްބިއުލާންސް ސާވިސް)ގެ ހެޑުގެ އިތުރުން އެޗްޕީއޭ އިން ކަނޑައަޅާފައި ހުރި އިންޗާޖާއި ވެސް ސުވާލު ކުރި ކަމަށެވެ. ނަމަވެސް، ކޮންމެ ފަހަރަކު ވެސް އެވާހަކަ އެހުމުން ވަރަށް ފޫހިވެފައި ހުންނަ ވައްތަރަށް ޕޭމަންޓު އަދިވެސް އޮތީ ޕެންޑިންގައި ކަމަށް ވިދާޅުވެ މި މައްސަލަ ހައްލު ކޮށްދޭން އެއްވެސް މަސައްކަތްތަކެއް ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ގިނަ ދުވަސްތަކެއް ފައްސިވެފައިވާ ޕޭޝަންޓުންނާއި އެކު މަސައްކަތް ކުރި ނަރުހަަކާއި ޑޮކްޓަރަކު ވެސް ބުނެފައި ވަނީ އެފަރާތްތަކަށް ފައިސާ ނުދޭ ކަމަށެވެ.

ހުޅުމާލޭ ކޮވިޑް-19 މެޑިކަލް ފެސިލިޓީ ގައި ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރި ވަނީ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

”މި ހިނގާ 2021ވަނަ އަހަރު އެއްްވެސް ފަރާތަކަށް އެލަވަންސް ލިބުނުކަމެއް އެނގިފައެއް ނެތް. އެލަވަންސް ޝީޓުގައި ސޮއިކުރިން. އެ ޝީޓުތަކުގެ ކޮޕީ ހުންނާނެ. ވަރަށް ބޭއިންސާފު ވެރިކޮށް މިކަން މިދަނީ“ އެބޭފުޅުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މި ފަރާތްތަކުން ބުނާ ގޮތުގައި މިކަމުން ހާމަވަނީ ”ނިއު ނޯމަލް“ އަށް ގައުމު ދިއުމާއި އެކު ފްރަންޓްލައިން މުވައްޒަފުން ބޭކާރުވިތަން ކަމަށާއި އެކަމަކު މާދަމާ ވެސް ކޮވިޑްގެ އިތުރު ރާޅެއް އަރައި ހާލަތު ބަދަލުވުމުން ނިކުންނަން ތިބޭނީ ހަމަ އެމީހުން ކަމަށެެވެ.

ފައިނޭމްސް މިނިސްޓްރީގެ ވެބްސައިޓުގައި ފްރަންޓްލައިން މުވައްޒަފުން ނެގީ ބޮޑު ރިސްކެއް ކަމަށް ހާމަކޮށް އެ ފަރާތްތަކަށް ދޭން ބުނި އެލަވަންސްތަކުގެ ތަފްސީލް ފެންނަން އެބަހުއްޓެވެ.

ކޮވިޑް-19 ޖެހިގެން ނިޔާވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ؛- ވަގުތު އިމޭޖަސް:-މުހައްމަދު އަފްޒަލް

• ”ލޯ ރިސްކް ކެޓަގަރީ" - މި ކެޓަގަރީގައި މަސައްކަތް ކުރާ މީހަކު ދުވާލަކު މަދުވެގެން 6 ގަޑިއިރު އީއޯސީގައި މަސައްކަތް ކުރަން ޖެހޭ. އުޖޫރަ - ދުވާލަކަށް 200ރ.

• "މީޑިއަމް ރިސްކް ކެޓަގަރީ“ - މި ކެޓަގަރީގައި މަސައްކަތް ކުރާ މީހުން ހައި-ރިސްކް ޕޭޝަންޓުންނާއި ޑައިރެކްޓުކޮށް މަސައްކަތް ކުރަންޖެހޭ. އުޖޫރަ - ދުވާލަކަށް 250ރ.

• "ހައި ރިސްކް ކެޓަގަރީ“ - މި ކެޓަގަރީގައި ހިމެނެނީ ކޮވިޑް-19 އަށްް ފައްސިވި ފަރާތްތަކާއި އެންމެ ކައިރިން މަސައްކަތް ކުރި ފަރާތްތައް. އުޖޫރަ - ދުވާލަކަށް 500ރ.

ޖުމްލަ 13،105 މީހަކު ފްރަންޓްލައިން މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރިއިރު އެ ފަރާތްތަކަށް މި މަހުގެ 1ގެ ނިޔަލަށް ޖުމްލަ 192.94 މިލިއަން ރުފިޔާ ދެވިފައިވާކަމަށް ފައިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ވެއެވެ. ނަމަވެސް، ފްރަންޓްލައިންގައި މަސައްކަތް ކުރި ހުރިހާ ފަރާތްތަކުން ވެސް ބުނަމުން އަންނަނީ މި އަހަރު އަދި އެލަވަންސް ލިބިފައި ނުވާ ކަމަށެވެ.

”ކޮވިޑްގެ ދުވަސްވަރު ފްރަންޓްލައިން އާއި ގުޅުނީ އެދުވަސްވަރު އަޅުގަނޑުމެންގެ ހިދުމަތް ގައުމަށް ބޭނުންވީމަ އާއި ފައިސާގެ ދަތިކަން ވެސް ހުރީމަ. އޭރު އަޅުގަނޑު ރާއްޖޭއިން ބޭރުގައި ކޯހެއް ހަދަން އުޅެފަ ޗުއްޓީ އަށް އައިސް މި މަސައްކަތް ފެށީ ގައުމަށް އަގުހުރި ހިދުމަތެއް ކޮށްދެމުން ކިޔަވަން ވެސް ލާރިކޮޅެއް އެއް ކުރަން. ކަންދިމާކުރި ގޮތުން ފައިސާގެ ދަތިކަން ކުރިމަތިވެ މިހާރު ނެތް ކޯސް ކުރިއަށް ގެންދެވޭކަށް. އަދިވެސް ނުދެވިފަ މިހުންނަނީ. ސަރުކާރުން އެލަވަންސް ޖަމާކޮށްދިނީމަ އަލުން ކޯސް ކުރިއަށް ގެންދެވޭނީ“ ވަގުތު އަށް މައުލޫމާތު ދެމުން އިތުރު ބޭފުޅަކު ބުނެފައިވެއެވެ.

ފްރަންޓްލައިން މުވައްޒަފުންގެ އުޖޫރަ އާއި ގުޅޭގޮތުން ”ވަގުތު“ އިން މައުލޫމާތު ސާފުކޮށްލަން އެޗްޕީއޭގެ މީޑިއާ އަށް ގުޅައިލުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

Covid 19
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްލަުގެ ހާލަތުގެ ތެރެއިން ފްރަންޓްލައިން މުވައްޒަފުން - ވަގުތު އިމޭޖްސް: އަހުމަދު އަލީ

ފްރަންޓްލައިން މަސައްކަތްތެރިން ކޮވިޑްގައި ކުރި ބުރަ މަސައްކަތުގެ ވާހަކަ ދައްކަމުން އެދުވަސްވަރު ޕަބްލިސިޓީ ހޯދަން ވެސް އެއްބަޔަކު އުޅުނެވެ. މިއަދު އެ މަސައްކަތް ތެރިންގެ ހައްގުގައި ނިކުންނަން ޖެހުނުއިރު އެ ފަރާތްތައް ކޮބާ ހެއްޔެވެ؟ އެތައް ހާސް މަސައްކަތްތެރިން އަމިއްލަ ނަފްސާއި އާއިލާ ވެސް ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލައި ކުރި އަގުހުރި ހިދުމަތުގެ އަގު ވަޒަން ކުރާ ގޮތަކީ މިއީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނާރސް

    2020 ގެ ލާރި ކޮޅުވެސް ނުލިބޭ އަދި.

    12
  2. ހުސޭނުބޭ

    އަސްލު ފައިސާކޮޅު ކާލުމަކީ މި ސަރުކާރުގައި ހިންގާ ކާމިޔާބު މަސްރޫޢުތަކުގެ ތެރެއިން 173 މަޝްރޫޢު

    14
  3. އަހުމަދު ނީޒް

    ޔެސް ބަޔަކު ދިރުވާލައިފި. މިކަން ތަހުޤީގު ކޮށް ހައްޤުވެރިންގެ ހައްޤު ހޯދާދީ އަނިޔާވެރިން ހިފާ ހައްޔަރު ކުރުމަށް ގޮވާލަން. އަޅުގނޑަށް އެނގޭ ކިތަންމެ ބަޔަކަށް 3 މަހުގެ ފައިސާ ނުދީ އެބަހުރި.

    11
  4. ފްރާޑާ އައިނު

    ބަލަ ޔާމީން އެކައުންޓް 100 މިލިޔަން ހުންނަންޖެހޭ ސަބަބް ބުނެދީބަލަ ؟؟؟؟؟

    2
    14
    • ރައްޔިތުމީހުން

      ތި ހުރިހާ ކަމެއްގެ ޖަވާބު ތަ.. އެ ސޮރު ހުރީ ތިކަމުގަ ބަންދުގައެއްނު..

      މިހާރު މި ހިނގާ ކަންކަން ނިކަން ބަލާލަބަލަ

  5. މަހީހީ.....

    ބޭއަދަބީ ބަސްބަހުން ވާހަކަ ދެއްކުމަކަށް ތާޢީދެއް ނުކުރަމެވެ. އެކަމަކުވެސް ތިއޮއް ޝުރުޚީ އެއް ފެނިފައި ބޭއިޚްތިޔާރުގައި ހީގަނެވިއްޖެ އެވެ. އެކަމަކު މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. މުޖުތަމަޢަށް ނުރަނގަޅު އަސަރު ކުރާނެ އެވެ.

    3
    2
  6. ހަސަން

    ދަރުބާރުގޭގަ މަސެތްކެތް ކުރާ އެކަކަށް ވެސް 5މަސްވީ އަދިވެސް ނުދޭ ބޭނުން ބަޔަކަށް ދެނީ

    4
    1
  7. މުޙައްމަދު

    ވަކި ބަޔަކަށް ދިނީ. ކޮންމެވެސް ބަޔަކު ލާރިގަނޑު ދިރުވާލައިފި.

    4
    1
  8. އަހުމަދު

    އެދިންބަޔަކަށްދިންޖކަންނޭގެ .. އެޚިދްމަތްދިން ރާއްޖެތެރޭގަި އެމަސައްކަތް ކުރިކަން އިގޭބަޔަކުނެތް .. ދިރުވާލީކަމެއް ކެއީ ކަމެއްނޭގެ..