ނ. ކުޑަފަރީ އަލީ ނިޒާރަށް މި ފަހުން ރަށު ތެރެއިން "ކަޅި" ވެސް ޖަހާ ނުލައި ބަލަން ހުރެވުނީ، އެ ރަށުގައި ވަރަށް ރީތިކޮށް ހަދަމުން އަންނަ އިމާރާތެއް ނިމުމަކާ ގާތަށް ދާތީއެވެ. އެއީ މީގެ ދެ ތިން، އަހަރު ކުރިން ނިޒާރަށް ފާހަގަ ކުރެވުނު ތަނެއް ނޫނެވެ. މިއީ ރަށުގެ ރައްޔިތުންގެ ޝަކުވާތަކަށް އެތައް ހައްލެއް ގެންނާނެ މަޝްރޫއެކެވެ. ކުޑަފަރީގައި މިކަހަލަ ކިތަންމެ މަޝްރޫއެއް ކުރިއަށް އެބަދެއެވެ. އެއީ އެ ރަށުގެ ރައްޔިތުންނަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

ކޮންމެ ވެރިކަމެއް އައި ކަމުގައި ވިޔަސް އާބާދީ ކުޑަ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ތިބެނީ ވަރަށް ބޮޑު މާޔޫސް ކަމެއްގައެވެ. ރިޔާސީ އިންތިހާބަކާ ދިމާކޮށް ސިޔާސީ ވެރިން ރަށް ރަށަށް އަރައި ބޮޑެތި ވައުދުތަކެއްވެއެވެ. ވެރިއެއްގެ ފަސް އަހަރުގެ ދައުރު ނިމޭ އިރު ވެސް ވައުދު ފުއްދޭ ތަނެއް ނާދެއެވެ. އާބާދީ މަދު ރަށްރަށަށް އެއްވެސް ކަމެއް ނުކޮށްދެއެވެ. އެހެންވެ ސަރުކާރުތަކާ މެދުގައި ބައެއް ރަށްރަށުގެ ރައްޔިތުން ތިބެނީ ވަރަށް ބޮޑަށް ފޫހިވެފައެވެ. އުންމީދެއް ނުކުރެއެވެ.

ކުޑަފަރީގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ވެރިކަމަށް ތިން އަހަރު ފުރުނު އިރު، އާބާދީ މަދު ރަށްތަކަށް މި ސަރުކާރުން ދޭ އަހަންމިއްޔަތު ކަން ކުޑައެއް ނޫނެވެ. އެއް ފަހަރާ ކިތަންމެ މަޝްރޫއެއް ކުރިއަށްދާ ގިނަ ރަށްތަކެއް އެބަވެއެވެ.

ނިޒާރަށް އެންމެ ބޮޑު އުފަލެއް ލިބެނީ ދިގު 50 އަހަރުގެ އިންތިޒާރެއް ކުރި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް އެ ރަށުގައި ގާއިމު ކުރެވޭތީއެވެ. އޭނާ އަށް އެ ފެނުނީ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތެވެ. އެ މަސައްކަތް ކުރަނީ އެމްޑަބްލިއުއެސްސީއިންނެވެ.

ކުޑަފަރީގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ.

ކުޑަފަރީގައި ފެނާއި ނަރުދަމާގެ މަޝްރޫއުގެ ދަށުން ހިމެނެނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތާއި 9.5 ކިލޯ މީޓަރގެ ދިގު ފެން ހޮޅިގެ މައިނެޓްވޯރކްގެ ހޮޅި ވަޅުލުމެވެ. މިފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބަހައްޓާނެ އެވެ. އަދި 169 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

ޅ. އޮޅުވެލިފުށީގައި ފެނާޢި ނަރުދަމާގެ މަސައްކަތް ކުރިއަށް ދަނީ.

ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން 8.1 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި ޕަންޕިން ސްޓޭޝަންތައް ގާއިމު ކުރާނެއެވެ. އަދި އެރަށުގައި 650 މީޓަރގެ ޕަމްޕިން ލައިން އެޅުމާއި، 1 ސީ އައުޓް ފޯލް ގާއިމް ކުރާނެއެވެ. ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެއެވެ.

ކުޑަފަރީގައި ހަމައެކަނި ގާއިމު ކުރަނީ ފެނާއި ނަރުދަމާގެ ނިޒާމެއް ނޫނެވެ. އެ ރަށުގައި އައުޓް ޑޯ ޖިމާއި ސްކޫލް ތަރައްގީ ކުރުމާއި ފެން ތާނގީތައް ބެހެއްޓުމާއި ކޭބަލް އަޕްގްރޭޑް ކުރުން ފަދަ ރައްޔިތުންނާ ގުޅުން ހުރި މުހިންމު މަޝްރޫއުތަކެއް ކުރިއަށް އެބަދެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނު އިރު، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރީ %30 ރަށުގައެވެ. ފަސް އަހަރުގެ ދައުރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށަކަށް ވަޑައިގެން ކުޑަކުދިންތަކެއް ކުޅޭ ތަން ބައްލަވާލައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"ދުނިޔޭގައި އުޅޭތާ ބައި ގަރުނު މި ވަނީ. ފެން ވަރާލަން މި ޖެހެނީ ތަޣައްރުވެފައިވާ ފެނުން. ބޯން ކަމުދާ ފެނެއް ނުލިބޭ. އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ރަށުގައި ނެތް. މިއީ ރައްޔިތުން އެންމެ ބޭނުންވާ އަސާސީ ހިދުމަތްތައް. ކޮންމެ ވެރިކަމެއް ނިމެނީ، ވާ ކަމެއް ނޯވޭ. އެކަމަކު، މި ވެރިކަމުގައި އަޅުގަނޑުމެންގެ އުންމީދުގެ ހުޅުކޮޅު ނިއްވައެއް ނުލި، ބޭނުންވާ ކަންތައް ފުރިހަމަ ވުމަށް ދެން މާ ގިނަ ދުވަހެއް ނެތް،" ނިޒާރު 48، ކިޔައި ދިނެވެ.

"އެކަން ހަގީގަތަކަށް ވާ ތަން އަޅުގަނޑުގެ ލޮލަށް މިހާރު އެބަ ފެނޭ،"

ސަރުކާރުގެ ތިން އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ރަށްރަށުގައި އެންމެ ބާރަށް ކުރިއަށްދާ އެއް މަޝްރޫއަކީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށްޓަކައި ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން 118 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ހުރިހާ ރަށެއްގައި އަމަލީ މަސައްކަތް އަދި ނުފެށުނަސް ޓެންޑާ ކުރުމާއި ސާވޭ ކުރުން ފަދަ ކަންކަން އެ ރަށްރަށުގައި ކުރިއަށް އެބަދެއެވެ. އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނުތައް ވެސް ބައެއް ރަށް ރަށަށް ވަނީ ފޯރައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރަށެއްގައި. --- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން ހުރިހާ މަސައްކަތެއް ނިންމާލުމެވެ.

ފެނާއި ނަރުދަމާގެ މަޝްރޫއު

  • އަމަލީ މަސައްކަތް ކުރިއަށް ދަނީ 56 ރަށެއްގައި
  • މަޝްރޫއު ހިންގަން ކޮންޓްރެކްޓަރާ ހަވާލު ކުރެވުނީ 62 ރަށެއްގައި
  • 23 ރަށެއްގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ

34 ރަށެއްގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުނިތަކުން!

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް މިދިޔަ މާޗް މަހުގެ ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް، އެސްއެމްސީ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑް، ޓްރިވޭނީ އިންޖިނިއަރިން އެންޑް އިންޑަސްޓްރީޒް ލިމިޓެޑް އަދި ވިޝްވަރާޖް އެންވައަރޮމެންޓް ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ޓެންޑަރިން މަރުހަލާ ކުރިއަށް ގޮސްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ދަށުންނެވެ.

ވ. ކެޔޮދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ދަނީ. ---

މި މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގޭ ބޮޑު ނުވަ އުމްރާނީ ތަރައްގީގެ މަޝްރޫއު ތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑަށް ފެތުރިފައިވާ މަޝްރޫއުއެވެ. މި މަޝްރޫއުގެ ފައިދާ ސީދާ ގޮތުން 34 ރަށެއްގެ 35،000 ރައްޔިތުންނަށް ކުރާނެކަމަށް ލަފާކުރެވެއެވެ.

ސޯޅަ އަތޮޅެއްގެ މައްޗަށް ބެހިފައިވާ މި މަޝްރޫއުގެ ސަބަބުން ދިވެހި ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް އިތުރަށް ފުރިހަމަ ވެގެންދާނެއެވެ. މި މަޝްރޫއު ވެސް ދެ އަހަރުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފައިފައެވެ.

މަޝްރޫއުގައި ހިމެނޭ މައިގަނޑު 3 ބަޔަކީ:

  • ވާރޭފެން ރައްކާކޮށް، ބޯން ކަމުދާ ފެނަށް ބަދަލުކުރުން
  • ލޮނު ފެން ޑީސެލިނޭޓްކޮށް ސަޕްލައިކުރުން
  • ނަޖިސް އެއްކޮށް، ރައްކާތެރިކަމާއިއެކު ނައްތާލުން

މި މަޝްރޫއުގެ ފައިދާތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ މި ރަށް ރަށުގައި ދިރިއުޅޭ ރައްޔިތުން ބޯ ފެން ގަތުމަށް ކުރާ ހޭދަ އެތައް ހަރަދެއް ކުޑަވެގެން ދާނެކަމެވެ. އެގޮތުން ފަސް މީހުން ދިރިއުޅޭ ގެއެއްގައި އެއް ލީޓަރުގެ ފެން ފުޅި ތިން ރުފިޔާ އަށް ބޯން ގަންނަ ނަމަ، މަހެއްގެ މައްޗަށް އާންމުކޮށް ބޯ ފެން ގަތުމަށް 450 ރުފިޔާ ހަރަދުކުރެވެއެވެ. އަދި އަހަރުގެ ނުވަ މަސް ދުވަހު މި ހަރަދު ކުރަންޖެހޭކަމަށް ބަލައިފިނަމަ މުޅި އަހަރުގެ ތެރޭގައި ކޮންމެ މަހަކު 337 ރުފިޔާ ހަރަދުކުރެވެއެވެ. ނަމަވެސް، ފެނުގެ ނިޒާމު ގާއިމު ކުރުމުން ގޭބިސީތަކުން ހަރަދު ކުރަން ޖެހޭ އަދަދު ބޮޑު ތަން ކުޑަވާނެއެވެ.

ބ. ކަމަދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ދަނީ.

ހޫނު ގަދަ ބައެއް ދުވަސްވަރާއި އިރުވައި މޫސުމުގައި ބައެއް ރަށްރަށުގެ ރައްޔިތުން ފެނަށް ޖެހިގެން ރިޕޯޓު ކުރެއެވެ. ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ) ގެ ރިކޯޑުތައް ދައްކާ ގޮތުން އާންމުކޮށް އަހަރެއްގެ މައްޗަށް ތިން މަސް ދުވަހު ބައެއް ރަށްތަކުން ފެނަށް ޖެހެއެވެ. ފެނުގެ ނިޒާމު ގާއިމުކުރެވުމާ އެކު، އިމަޖެންސީ ހާލަތްތަކުގައި ފެން ފޯރުކޮށްދޭން ކޮންމެހެން ނުޖެހޭނެއެވެ.

އެންޑީއެމްއޭގެ ރިކޯޑުތައް ދައްކާ ގޮތުގައި ރާއްޖޭގެ ރަށްތަކަށް އިމަޖެންސީ ހާލަތްތަކުގައި ރަށްތަކަށް ފެން ފޯރުކޮށްދިނުމަށްޓަކައި 1،000 ލީޓަރުގެ މަގުން 80 ޑޮލަރު (1،233ރ.) ހަރަދު ކުރެއެވެ. އެއީ ފަސް މީހުން އުޅޭ ގެއެއް ނަމަ، ދުވާލެއްގެ މައްޗަށް 20 ލީޓަރުގެ ފެން ބޭނުންވާ އިރު، ސަރުކާރުން މަހެއްގެ މައްޗަށް 925ރ. ހަރަދު ކުރަން ޖެހޭނެއެވެ. އެކަމަކު، މި މަޝްރޫއު ނިމުމާ އެކު، ސަރުކާރުން ކުރަން ޖެހޭ ހަރަދު ވެސް ކުޑަވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ހެން އަސާސީ ހިދުމަތްތައް ގާއިމު ކުރުމުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމީ ރައްޔިތުން ހިތްހަމަޖެހޭނެ ކަމެކެވެ. ރައްޔިތުން ބޭނުން ވަނީ އެ ހުރިހާ މަސައްކަތްތަކެއް ނިމި އޭގެ "ފޮނި މީރުކަން" ލިބުމެވެ. ކުޑަފަރީގައި ދިރިއުޅޭ ނިޒާރު މެން ކަހަލަ މީހުން ތިބީ އެ އުންމީދުގައެވެ. ނިޒާރަށް ގަބޫލު ކުރެވޭ ގޮތުގައި ސަރުކާރުން އެ ވައުދު ފުއްދާނެ ކަމާ މެދުގައި އެއްވެސް ޝައްކެއް މިހާރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ސަސު

    މަށަށް ހީވަނީ ވެރިކަމަށް އަންނަނީ ތި ހުރިހާ ކަމެއް ކޮށްދޭންހެން. ދެން ތިކަމާ އަޖައިބު ވާކަށް ނުޖެހޭ

    49
    3
    • ޙައްގުބަސް

      ވެރިކަމަށް ކޮންމެ ބަޔަކުވެސް އަންނަނީ ރައްޔިތުންނާ ގައުމާ ދީނުގެ ހެވާލާބަޔަށް މަސައްކަތްކުރަން! އެކަމަކު އެހެނެއްނޫންވަނީ!! ޖީބު ބޮޑުކުރަނީ!! މިވެރިން އަދި މާނުރައްކާ! ގައުމުވެސް ވިއްކަނީ! ދޮގުހަދަނީ އިންތިހާއަށް! އާބާދީ ބޮޑެތި ރަށްތަކަށްގޮސް ހުސްދޮގު ވާއުދުވަނީ!! އެގޮތުން އަބަދު ކިޔާނެ އައްޑޫ ތަރައްގީ ކުރާނެ ވާހަކަ!! އައްޑޫ ތަރައްގީއެއް ނުކުރާނެ!! ކޮންމެ ވޯޓަކާ ދިމާކޮށް އައްޑޫ ރައްޔިތުންގެ ބޮލަށް ޗިޕް ޖަހައިގެން ސިޔާސީ މަންފާ ހޯދުމަށްޓަކައި އަބަދުމެ ޖަހާ ސަކަރާތެއް އައްޑޫ ތަރައްގީއޭ ކިޔަައިގެން!! މައުމޫނުގެ ދިގު 30 އަހަރު ކުރީ އެކަން!! ކޮބާ ލިބުނު ތަރައްގީއަކީ އައްޑޫއަށް؟ ތި އަނދުނެއްގެ ޖެހިތިބެ އަހަރަމެން ކުޑައިރު އަހަރެމެންގެ މައިންބަފައިން ދިޔައީ ހޭބޯނާރާ ހަމަ މައުމޫނަށް ވޯޓް ދެމުން! އެއީ ދެން އަންނަ ދައުރެއްގަ ރަގަނޅުވާނެ ކަމުގެ އުންމީދުގަ! މިހާރު މައިން ބަފައިން އެމީހުންގެ އުމުރު ހުސްކޮށް އެވަނީ މިދުނިޔެ ދޫކޮށްފަ ތިޔަކިޔާ ތަރައްގީއެއް އެމީހުންގެ ލޮލަށް އައްޑޫއިން ނުފެނި!! މިހާރު އަހަރެމެންގެ އުމުރުން 45 އިން މައްޗަށް ދިޔައީ! ތިޔަ ތަރައްގީއެއް އަދިވެސް ނުފެނޭ!! އަހަރެމްނެގެ ދަރިންގެ އުމުރު އެއުޅެނީ 19 އަހަރުގަ! އެމީހުން މުސްކުޅިވެ އެހާލުގަ މިދުނިޔެ ދޫކޮށްދާއިރު ތިޔަބުނާ ތަރައްގީއެއް އެކުދިންނަށް ފެންނާނެބާއޭ މިހާރު އެބަ ހިތައްއަރާ!! މިސިޔާސީ މީހުން ކުރާހާވެސް ކަމަކީ ދޮގުތައް ހަދައިގެން ރައްޔިތުންގެ ބޮލަށް ސަވާރުވެގެން މަގާމުތަކަށް އައިސް އަމިއްލަ އަންބޮނޑި ބޮޑުކުރަނީ! ގައުމު ހަލާކު ކުރަނީ! މިހާރު މިއޮތީ އެކަމުގައި ޕީއެޗްޑީ ހާސިލުކުރަމުންދާ ސަރުކާރެއް! އަޅެ މިވަބާއިން އައްޑޫ ރައްޔިތުން ސަލާމަތްކުރައްވާނދޭވެ! އެމީހުން މިމަކަރުވެރިންގެ ވަކިތަކުން ސަލާމަތްކުރައްވާށި އާމީން!!

      25
      1
  2. ނޫ މެން

    އެްވެސް މުސްތަގުބަލެން ނެތް ކުދި ކުދި ރަށްތަކަށް ކުރާ ބެޭކާރު ހަރަދު ތަކެއް.މީ އެންވެސް ދުރު ވިސްނުމެން ގެންގުޅޭ ބައެންނޫން.

    45
    7
    • ވިސްނާ

      ބަލަ މައުމޫނު، އަންނި، ވަހީދު އަދި ޔާމީނު ކީއްވެތަ އެމީހުން ހުޅުމާލެޔަށް ނުގެނައީ. އެވެސް ދިވެހި ރައްޔިތުން. ނުޖެހޭ ތިބޭފުޅާ ބުރިޖުގަ ދުއްވާއިރު އެމީހުން ނަޖިސް ފެނުން ފެންވަރާކަށް. އިބޫ ރަނގަޅު. ލޯނު ނަގައިގެންވެސް ކޮށްފަ ބަހައްޓާތި

      8
      34
  3. ރަން ރީނދޫ

    ކުދި އާބާދީ ރަށްރަށުގެ ކަންކަން ކުރަނީ މެގަ ޕްރޮޖެކްޓް ނުހިންގޭނެތީ. ކުދި ރަށްރަށުގެ ރައްޔިތުން ގުނބޯ ހެއްދުން ކަމަކީ. ކުރާނެ ،ސޮއި ކޮށްފި،ސާވޭ ކުރަނީ ،މުޅިން މިވަރެއްގަ 3 އަހަރު މިދިޔައީ. 300 މީހުން ހަމަނުވާ ރަށެއްގަވެސް ފެނާ ނަރުދަމާ އަޅާ ނުނިމޭ 3 އަހަރުން. އުއްޗުވެސް ތިޔަށް ވުރެން އަވަހަށް 600 ކޮޓަރީގެ ރިޒޯޓް އެބަ އެކަށް ނިންމާ.

    37
    1
  4. މޮރިލް

    ތިނިންމަން ކިހާ ދުވަހެއް ތިކަމަށް ދާނެބާ ؟؟

    29
    1
  5. Anonymous

    އެއްކަލަ ހަޔާތްކުޑަ ފަރީދޯ މީ

    10
  6. ސަނަދުވެރިޔާ

    އެކަމަކު އަދުރޭމެން ސިޔާމުމެން ބުނަނީ އެއްވެސް ކަމެއް ކަމެއް ނުކުރެޔޭ

    5
    16
  7. Anonymous

    މިސަރުކާރުން މުޅިންވެސްހުރީ މެގަޕްރޮޖެކްޓް ހިންގުމަށް ބޮޑެތި އަދަދުތަކުން ބަޖެޓްގައި ފައިސާ ޖަހައިގެން ފައިސާ ނަގައި ކުދިރަށްތަކުގައި މާބޮޑު ހަރަދެއްނުކޮށް ކުދިކުދިދެތިން ކަމެއްކޮށްލާފައި. މެގަ ޕްރޮޖެކްޓް ހިންގުމުގެ ގާބިލުކަމެެއް މިސަރުކާރަކުނެތް.

    28
    3
  8. ޙަަަހަ

    ސަރުކާރުން ކަންކަން ކުރަން މަޖުބޫރުވަނީ ޒިންމާދާރު އިދިކޮޅުބަޔަކު ތިބީމަ ، މީގެ ކުރިން އިދިކޮޅުގައި ތިބެނީ ޒާތީ ކަންކަންކަމާއި ހަލަބޮލި ކުރުމުގެ ފިކުރު ގެންގުޅޭބައެއް ،

  9. ރާއްޖެތެރެ

    ކުދި ކުދި ރައްތަކުގެ މީހުން ބޮޑިތި ރައްށަ ބަދަލުކޮއްގެންނޫނީ ހައްލެއް ނުލިބޭނެ އާބާދީ މަދުވީމަ ހޮސްޕިޓަލެއްވެސް ނޭޅޭނެ.

  10. ހަސަން

    ކިތައްމެ ގިނަ ކަމެއް ކުރިޔަސް އަދި ނުކުރިޔަސް މިހާ ދީނާ ދުރު ބަޔަކަށް ވޯޓެއް ނުދެވޭނެ. އެއްމެ ކުޑަ މިނުން ވެސް ބަޖެޓުގަ އިސްލާމީ ކަންތަކައް ހުރި ބައި ކުޑަކުރީ.

  11. ނާހަމަ ތެދެއް

    ނޫސްތަކުން ފެންނަ އިރު ހީވަނީ އަހަރުމެންނަށް ބޭނުންވާ ހުރިހާ ކަމެއް ފުދުނީހެން

  12. ަމަ

    ާމައްސަލައަކީ އިންޑިއާއިން ގޮތްނޭގޭ އެއްބަސްވުންތައް ހަދައިގެން ލޯނުނަގައި ގައުމު އަޅުވެތިކުރާތީ

  13. ބޮޑުބެ

    ބޮޑެތި ހުރިހާ ރަށެއްގަ ފެނާ ނަރުދަމާ އަޅާނިއްމާފަހުރީ ދެން ޖެހޭނީ ކުދިރަށްތަކުގަ މަޝްރޫ ހިންގަން.

  14. ކަނބިލި

    އަޅުގަނޑުމީ ވަރަށް ގާތުން ޔާމީނުގެ ސަރުކާރުން ރާއްޖެތެރޭގެ ޞިއްޙީ ނިޒާމް ކުރިއަރުވަން ކިޔައިގެން ކުރިކަންތައް ދުށް މީހެއް. ހަމައެޔާއެކު މާލޭގެ ޞިއްޙީ ނިޒާމް ވެސް ކުރިއަރުވަން އުޅުނު ގޮތް ދުށްމީހެއް. ކުޑަ މިސާލެއް. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ކުރާށޭ ކިޔާފައި އިންޑިއާ ބަޔަކަށް 40 ވަރަކަށް މިލިއަން ދީފި. ވީކަމެއް ހަރާން. ދެން ހުޅުމާލޭ ހޮސްޕިޓަލުގައި ޒަމަނީ ފަރުވާ ދެވޭ ލެބެއް ގާއިމް ކުރާށޭ ކިޔާފައި ބަޔަކަށް 100 މިލިއަން ރުފިޔާ ދިން. ވީކަމެއް ހަރާން. އެކަމަކު ކޮވިޑް 19ގެ ދަތިހާލަތުގައިވެސް ރައީސް ސާލިހް އަތޮޅުތަކުގެ ޞިއްޙީ ނިޒާމް ކުރިއަރުވަމުން އެދަނީ ފަތުއަޑުކިޔާފައި.

  15. ގުދުގުދާބެއްޔާ

    ކަލޭ މެންނަށް ވައުދެއްވެސް ނޫން ފުއްދޭނީ! ކޮބައިތަ؟..މާލޭ ރައްޔިތުންނަށް ގެދޮރު ދިނުމަށް ވީ ވައުދު! ވޯޓެއް ނުދޭނަން! ހަދާން ކުރާތީ! ނޯ ވޯޓް ނޯ ގޯތި.