ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން ވެސް ޚިދުމަތްތަކަށް ބަރޯސާ ވާން ޖެހެނީ މެދު ރާއްޖޭގައި އޮތް ވެރިރަށް މާލެއަށެވެ. ރަށް އޮންނަ ސަރަހައްދުން ވެސް ބޭނުންވާ ސިއްޚީ ޚިދުމަތްތައް ނުލިބި އަންނަން ޖެހެނީ މާލެއަށެވެ. އެއީ ވަރަށް ބޮޑު ބުރައެކެވެ. މާލޭގައި އައިސް ކުލި ދައްކަން އެތައް ފައިސާއެއް ހޭދަކުރަން ޖެހެއެވެ. ކެއުން ބުއިމަށް އެތައް ފައިސާއެކެވެ. ސިއްޚީ ޚިދުމަތް ހޯދާފައި ރަށަށްދާ އިރު ޖީބުގައި އެއްވެސް އެއްޗެއް ނޯވެއެވެ.

ބައެއް ނިކަމެތި އާއިލާތަކުން، ބަލި ކުއްޖާ ނޫނީ ބަލި މީހާއަށް ފައިސާގެ އެހީ ހޯދަން ވެސް އެތައް ކަމެއް ކުރެއެވެ. މި ބޮޑު އިޖުތިމާއީ މައްސަލަ ހައްލު ކުރަން މަސައްކަތްތަކެއް ނުކޮށް އެތައް ޒަމާންތަކެއް ދިޔައީއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރު މި ވަނީ "މަރު ހާލަތަށް" ގޮސް އޮތް އަތޮޅުތެރޭގެ ސިއްޚީ ނިޒާމަށް "ދިރުމެއް" ގެނެސްފައެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

ރާއްޖޭގެ އެންމެ އުތުރުގެ ގިނަ ރަށްރަށް ބަރޯސާވެފައިވާ ހދ. ކުޅުދުއްފުށި ސިޓީގައި ރީޖަނަލް ހޮސްޕިޓަލްގެ ވެސް މީގެ ކުރީގައި "ރީޖަނަލް" ނަން ބޯޑު ޖަހާފައި އޮންނަ ކަމެވެ. މިއަދު އެ ކަން މާޒީވެއްޖެއެވެ. އެ ސަރަހައްދުގެ އެހެން ރަށްރަށުން މީގެ ކުރިން މާލެ އައިސް ހޯދާ އެތައް ޚިދުމަތެއް އެ ހޮސްޕިޓަލުން ލިބޭނެއެވެ. ހުވަދު އަތޮޅު އެކުހެން ބަރޯސާވާ ގދ. ތިނަދޫއާއި، މާލެ ނެގުމަށް ފަހު އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީން ވެސް ސިއްޚީ ގިނަ ޚިދުމަތްތައް މިހާރު ލިބެއެވެ.

ރައީސްގެ އަމާޒަކީ ފަސް ސަރަހައްދީ ހޮސްޕިޓަލް ތަރައްގީ ކުރުމެވެ. އެއީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް، އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް- ވަގުތު އިމޭޖަސް

ކުޅުދުއްފުށި ހޮސްޕިޓަލްގައި ގާއިމްކުރި ޚިދުމަތްތައް

 • ފިޒިއޯތެރީގެ ޚިދުމަތް ފުޅާ ކުރުން
 • މޭޖާ ސާޖަރީތައް ހެދުމުގެ ގާބިލްކަން
 • އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ
 • އެމްއާރުއައިގެ ޚިދުމަތް
 • ސިޓީ ސްކޭނިންގެ ޚިދުމަތް
 • ލެބޯރެޓަރީ އަޕްގްރޭޑްތައް
 • ކާޑިއެކް ޚިދުމަތް
 • ޕީސީއާރު ލެބް
 • ޕަލްމޮނޮލޮޖީއާއި ސްޕީޗް ތެރަޕީގެ ޚިދުމަތް
 • އޮކްސިޖަން ޕްލާންޓް
 • ސެންޓްރައިލް ސްޓެރައިލް ސާވިސަސް ޑިޕާޓްމަންޓްގެ ޚިދުމަތް
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް.

އުނގޫފާރު ހޮސްޕިޓަލްގައި ގާއިމް ކުރި ޚިދުމަތް

 • ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާ ކުރުން
 • މޭޖާ ސާޖަރީތައް
 • ސިޓީ ސްކޭންގެ ޚިދުމަތް
 • ލޮލުގެ ފަރުވާ
 • ސައިކޭޓްރިކް ޚިދުމަތް
 • އީއެންޓީ ޚިދުމަތް
ގަން ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ: އަބްދުﷲ މަޖީދު/ އިންސްޓަގްރާމް
ގަން ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ: އަބްދުލް މަޖީދު/ އިންސްޓަގްރާމް

ލ. ގަން ހޮސްޕިޓަލްގައި ގާއިމްކުރި ޚިދުމަތް

 • ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާ ކުރުން
 • މޭޖާ ސާޖަރީތައް
 • އީއެންޓީ ޚިދުމަތް
 • ލޮލުގެ ފަރުވާ
 • ފުޓުނީ އަދި ރޫޓް ކެނަލްގެ ޚިދުމަތް
 • ކޮވިޑް-19 ރީޖަނަލް އައިސީޔޫ ފެސިލިޓީ
 • ސިޓީ ސްކޭންގެ ޚިދުމަތް
 • ސައިކޭޓްރިކް ޚިދުމަތް
ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް.

ތިނަދޫ ހޮސްޕިޓަލްގައި ގާއިމްކުރި ޚިދުމަތް

 • ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާ ކުރުން
 • މޭޖާ ސާޖަރީތައް
 • އީއެންޓީ ޚިދުމަތް
 • ލޮލުގެ ފަރުވާ
 • ސިޓީއާއި މެމޯގްރަފީ ޚިދުމަތް
 • ކޮވިޑް-19 ރީޖަނަލް އައިސީޔޫ ފެސިލިޓީ
 • ސައިކޭޓްރިކް ޚިދުމަތް
އުކިއުޓޯރިއަލް ހޮސްޕިޓަލް؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލްަ

އައްޑޫ ހޮސްޕިޓަލްގައި ގާއިމްކުރި ޚިދުމަތްތައް

 • ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާ ކުރުން
 • މޭޖާ ސާޖަރީތައް
 • އީއެންޓީ ޚިދުމަތް
 • ލޮލުގެ ފަރުވާ
 • ކާޑިއޮލޮޖީގެ ޚިދުމަތް
 • ސްޕީޗް ތެރަޕީ
 • ސިޓީ ސްކޭންގެ ޚިދުމަތް
 • އެމްއާރުއައިގެ ޚިދުމަތް
 • ކޮވިޑް-19 ރީޖަނަލް އައިސީޔޫ ފެސިލިޓީ
 • އިންހައުސް ފާމަސީ ޚިދުމަތް
 • ލެބޯޓްރީގައި ހިސްޓޯޕްތޯލޮޖީގެ ޚިދުމަތް
 • އެކޯ ކާޑޮއޯގްރަފީގެ ޚިދުމަތް
 • ހޯލްޓަރ މޮނިޓަރިން
 • އީއެމްޖީ އަދި އީއީޖީގެ ޚިދުމަތް
 • ޒަމަނީ ފެންވަރުގެ ސީއެސްއެސްޑީއެއް
 • ބްރޮންކޯސްކޯޕީ
 • ކޮލޮނަސްކޯޕީ
 • އެންޑޮސްކޯޕީ
 • ސައިކޭޓްރިސްޓް ޚިދުމަތް
އެކުއަޓޯރިއަލް ހޮސްޕިޓަލް؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލްަ

އަތޮޅުތެރެއަށް ގެނެވުނު އެހެން ކުރިއެރުންތައް

 • ހއ، ށ، ނ، ރ، މ، ލ އަތޮޅުގައި މޯބައިލް ލެބޯރިޓަރީގެ ޚިދުމަތް ފަށާފައި
 • އަތޮޅު ހޮސްޕިޓަލްތަކަށް ދަތުގެ ފަރުވާ
 • ހދ. ކުޅުދުއްފުށި، ސ. ހިތަދޫ، ރ. އުނގޫފާރު، ލ. ގަން، ގދ. ތިނަދޫ، ނ. މަނަދޫ، އަދި ހއ. ދިއްދޫގައި ޑައިސިލިސް ޚިދުމަތް
 • ހުރިހާ އަތޮޅަކުން ތެލެސީމިއާ ކުދިންނަށް ފަރުވާ ދޭން ފެރިޓިން ޓެސްޓު ހެދުމުގެ އިންތިޒާމު
 • 117 އެމްބިއުލާންސް އަތޮޅުތަކަށް (41 ފޮނުވިފައި، 76 އޯޑަރުކޮށްފައި)
 • މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީ އައްޑޫ ހޮސްޕިޓަލްގައި
 • މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ކަކުލުހުޅު ބަދަލު ކުރުމުގެ ސާރަޖީ ކުޅުދުއްފުށި އަދި އައްޑޫ ހޮސްޕިޓަލްގައި

އަންނަ އަހަރުގެ ބަޖެޓް

 • ކުޅުދުއްފުށި - 236،722،751 ރުފިޔާ
 • އުނގޫފާރު - 170،570،756 ރުފިޔާ
 • ލ. ގަން - 160،940،967 ރުފިޔާ
 • ތިނަދޫ - 172،200،000 ރުފިޔާ
 • އައްޑޫ - 264،341،229 ރުފިޔާ
އުކިއުޓޯރިއަލް ހޮސްޕިޓަލް؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލްަ

ފަސް ހޮސްޕިޓަލަށް ބާރު

ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި، ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރަށް ތަރައްގީ ކުރާ ހޮސްޕިޓަލްތައް ހިންގުމުގެ ބާރު އެ ހޮސްޕިޓަލްުގެ ބޯޑަށް ދޫކޮށްލެވޭނެއެވެ.

އޭގެ ފަހުން ހެލްޓު މިނިސްޓްރީގެ ދައުރަކަށް އޮންނާނީ ފާރަވެރިވުމުގެ ދައުރެވެ. މިހާރު އޮންނަ މައްސަލައަކީ ހެލްތު މިނިސްޓްރީން ހިންގުމުގެ ދައުރު އޮވެ، ފާރަވެރިވުމުގެ ދައުރު ވެސް އޮތުމުން ހިންގާ ފަރާތުގެ އިހުމާލުތައް އެކަށޭނަ ގޮތެއްގައި ނުބެލެނީއެވެ. އެހެންވެ ދެން ހެލްތު މިނިސްޓްރީން ކުރާނެ ކަމަކީ، ހޮސްޕިޓަލްތައް ހިންގާ ބޯޑުތައް ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އުފުލާނީއެވެ.

މި ބަދަލުތަކާއެކު، އަތޮޅުތެރޭގެ ސިއްޚީ ނިޒާމަށް އެ އައި ދިރުމުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްހަމަޖެހުމެއް ވަނީ އައިސްފައެވެ. ޒަމާންތަކެއް ވަން ދެން މާލެއަށް ވެފައިވާ ބަރޯސާ ދެން ވާން ނުޖެހޭނެތީއެވެ. މާލެ އައިސް ކުލީ ކޮޓަރިތަކަށް ހޭދަކުރި އެތައް ފައިސާއެއް ރައްކާ ކުރަން ލިބުނީތީއެވެ. ކެއުން ބުއިމަށް އޭރު ކުރި ވަރަށް ޚަރަދުނުކޮށް ދިރިއުޅުމުގެ ޚަރަދު މެނޭޖް ކުރެވޭނެ ހާލަތަށް ގެނެވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މަބޭ

  އެމްއާރްއައި އަދި ސީޓީސްކޭންއަކީ މިސުކާރު ވެރިކަމުގެހުވާކުރިއިރުވެސް ލާރިދައްކާފަހުރިމެސިންތަކެއް މިވަރިކަމުގަ ހޯދަންއުޅުނުނަމަ އިންޑިޔާއަކުން ތިމެސިނަރީސް ހޯދިޔަކަނުދިނީސް މީވަރައްވާހަކަ

  26
  3
 2. ޖ

  ކޮންކަމެއްކުރެވުނީ މިސަރުކާރުން ސިއްހީޚިދުމައް ކުރިއަރުވަން

  26
  2
 3. ޙާލަތު

  ވަރަށް ތާހިރު ދޯ؟؟؟ ރައީސް ޔާމީން ދައުރުގަ ކުރެއްވި ހުރިހާ ކަމެއްގެ ކުރެޑިޓް ނަގާލިގޮތް!!! މިކަންކަމަށް ކީއްވެތަ ނުބުނީ ކުރީ ސަރުކާރާ ހެދިއޭ. ؟؟؟ ޢޭރަށް ގައިމު މި ސަރުކާރަށް ތެދެއް ހެދުން ކަމަށްވީސް.

  16
  4
 4. ނާހަމަ ތެދެއް

  އާދައިގެ ބޭހެއްވެސް ލިބެނީކީ ނޫން ރަށުން ބޯހަލާކު ޕްރޮމޯޓް ކުރުންވެސް ތީ ތަންފުކެއް ބޮޑުވަރު

  14
  2
 5. މުފައްކިރު

  ދީލާލުމާ ހަގީގަތް ފޮރުވުމާ މާލީ މަންފާ އަށް އޮޑި ދީލާލުމަކީ ލިބެމުންދާ ޝަރަފާ ފަޚުރާ ހޯދަމުންދާ ކުރިއެރުން ވަޅުޖެހި އުއްމީދުން ނާއުއްމީދަށް ބަދަލު ކުރުވާނެ ކަމެއް. ފޫހިކަމެއްނެތި ބަލަމުންދާ ކިޔަމުންދާ މީހުން ނަފުރަތުވުން ނޫން ކަމެއް ނުވާނެ.

  8
  1
 6. މާމީ

  ފައިސަލުގެ އަމިއްލަ ރަށުގެ ސިއްޙީހާލަތު ގޮސް ބަލާލަބަލަ ފޮނިނުކަޑާ

  17
  2
 7. އާޝޯހު

  އަތޮޅު ހޮސްޕިޓާތަކަށްލައިފައި ތިބި ތަނެއް ދޮރެއް ނުދަންނަ ސިޔާސީ ގަމާރު ބޭރު ކުރޭ! އެހެންނޫނީ ތިއިން އެއްވެސް ތަނެއް ރަނގަޅަކަށް ނުދާނެ

  15
  1
 8. ޙަަަހަ

  ލަދުހަޔާތެއް ނެތް ބަޔަކަށް ދެއްކިދާނެ ކޮންމެވާހަކައެއްވެސް

  6
  1
 9. ލޯބިވާ ވަޠަން

  ކިހާ ވަރެއް ދީގެންބާ މި އާޓިކަލް ޖެހީ ވަގުތު ނޫސް.

  6
  1
 10. ލައްޓި

  މުފައްކިރު އެބުނީ ވަރައްބޮޑު ތެދެއް މިހާރު މިކިޔާމީހެއްގެ ހައިސިއްޔަތުން ވަރައްބޮޑައް މިނޫސްދެކެ ފޫހިވެއްޖެ ބުނެލަން އޮތީ އަމިއްލައެދުމައްވިޔަސް ކުރަންވާނީ ކުރެވޭވަރުގެ ކަންތައް މަރުޙޫމް ނައިފަރު ދޮހޮއްގެ ލަވައެއްގަވެސް އޮންނާނެ ކިޔާފާ އެދޭނަމަ ލޯބިވާންވީވެސް ހިތައކުޅަދާނަމިން ވަރަކުންނޭ

  3
  1
 11. އަބްދޫ

  ހަމަ ގައިމުވެސް ތިޔަކަންތައްތަކެއް ތިނަދޫގަ ނެތް ލިސްޓް ހެދިދާނެ. މަރަންޖެހޭ މީހުންގެ ލިސްޓްވެސް އެމްޑީޕީ އިން ހެދިކަމަށް ސީއެންއެމް ނޫހުގަ ޖަހާފަ އޮތް އިލިސްޓުގަ ހިމެނޭ އަފްރާސީމްއަވަހާރަ ކޮށްލި . ލިސްތް ހަދާނެ ކަންވެސް ކުރާނެ.

 12. އެޓޯލް

  މި ސަރުކާރު މީ ހާދަ ކޮލެޓީ ސަރުކާރެކޭ! ބޭސް ފަރުވާގެ އުންސުރުތައް ހަމަ ކޮށްފި! ރައްޔިތުން ނިދާފަ އެއްނު ތިތިބީ! ލިސްޓް ބަލާބަލަ! ކިހާ ފައްކާ! މަގޭ ހަމަ ހޭނުނެތި ޑޮްކޓަރަށް ދައްކަން ނުޖެހުނީ ހަމަ ކިރިޔާ! ދޮގު ހެދުމުގެ އޮނަލިސްޓެއް މި ލާދީނީ ބައިގަނޑު ސަރުކާރަށް ދޭންފެނެޭ

  3
  1
 13. ވަރުދާ

  ޑައިލިސިސްގެ ހިދުމަތް ފުޅާކުރީ ޔާމީން ސަރުކާރުން. މި ސަރުކާރުން ކުރި ކަމެއް ކަމަށް ދައްކަން މޮޅު ލިސްޓް ނެރުނަކަސް ރައްޔިތުންނަަކަށް ނޯޅޭނެ.

 14. އަބޫބަކުރު

  އުނގޫފާރުގައި މިސަރުކާރުން އަލަށް ޤާއިމް ކުރިކަމަކީ ހަމައެކި ސީޓީ ސްކޭން އެކަނި. ދެން ލިސްޓްކޮށްފަ ހުރި ހުރިހާ ކަމަކީވެސް ޔާމީން ސަރުކާރުގަ މިތަނުން ދެމުން އައިޚިދުމަތްތައް، އޭގެތެރެއިން ބައެއް ޚިދުމަތްތައް މިސަރުކާރު އައިފަހުން ހުއްޓިފައޮތުމަށްފަހު އަލުން ފަށާފަ އެބަހުރި، ޔާމިން ވެރިކަމުގް ފަށާފަހުރި ޑައިލިސިސް ޚިދުމަތްވެސްވަނީ މިވަގުތު ހުއްޓުމަކަށް އައިސްފަ. އުނގޫފާރުން ޑައިލިސިސް ހެދިމީހުން މިހާރު ވަނީ މާލެއަށް ބަދަލުވާންޖެހިފަ. ޝުކުރިއްޔާ!

 15. ކޮއްޔާ

  ނިދާފަހޭލިއިރު އަތޮޅުސިއްހީ ނިޒާމު ފުރިހަމަވެ ނިމިފަ / ހިނދުކޮޅުގައި /

 16. ރަފީގު

  މިއާރޓިކަލްގަ ކުޅުދުއްފުށީ ރީޖެނަލް ހޮސްޕިޓަލްގައި ގާއިމްކުރިކަމަށް ލިޔުއްވާފަ އެއޮތް ވަރަށް މަދު ޚިދުމަތެއް ފިޔަވާ އެހެން ހުރިހާ ޚިދުމަތެއް 2018 ގެ ކުރިން ދެވެމުން އައީ، ވަރަށް ގިނަ މަޢުލޫމާތު ނުބައިކޮށް ލިޔުއްވާފައޮތް އާރޓިކަލްއެއްކަން ފާހަގަ ކުރަން.