އުމުރުން 54 އަހަރުގެ އިބްރާހިމް މޫސާ އާއި އޭނާގެ އަނބިމީހާ، އުމުރުން 50 އަހަރުގެ ޝާދިޔާ މޫސާ އާއި ދެ މީހުންނަކީ ވެސް އައްޑޫ ސިޓީގެ ހިތަދޫ ދެ މީހުންނެވެ. ތިން ކުދިންނާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އައި މި އާއިލާގެ ހަމަޖެހޭ ދިރިއުޅުން ގެއްލުނީ އިބްރާހިމްގެ ލޮލަށް އަރާފައިވާ މަސްކޮޅެއް ނެގުމަށް ކުރި އޮޕަރޭޝަނަށް ފަހުއެވެ. އެ ހިސާބުން އޭނާގެ ލޮލުގެ ފެނުން ގެއްލި މުޅި އާއިލާ އަށް ފުން ހިތާމައަކާ ކުރިމަތިލާން ޖެހުނެވެ.

މާލޭގައި ޕިކަޕް ދުއްވުމުގެ މަސައްކަތް ކުރި އިބްރާހިމްގެ ހަޔާތުގެ ބޮޑުބައި އާއިލާއަށްޓަކައި ގުރުބާން ކުރިއެވެ. އިބްރާހިމްގެ އާއިލާގެ ދިރިއުޅުން އެ ވޭތުކުރަމުން އައީ ލޯބިވާ އަނބިމީހާގެ އެހީގައެެވެ. ނަމަވެސް ޝާދިޔާއަށް ވެސް ސްޓްރޯކެއް ޖެހި އެއްފަޅި ވާގި ނެތުނު ހިސާބުން އެ އާއިލާގެ ކަންބޮޑުވުން ވީ އިތުރެވެ. އިބްރާހިމްގެ ދޮށީ ދަރިފުޅަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ވުމުން އެ އާއިލާ އަށް ދިރިއުޅުން ކަޑައްތުކުރުން ވެފައި ވަނީ ދަތި އުނދަގޫ ކަމަކަށެވެ.

ޝާދިޔާ އަށް ސްޓްރޯކެއް ޖެހުނު ފަހުން ފަސް ވަރަކަށް ފަހަރު އޭނާ އަށް ޝިފާއެއް ލިބޭތޯ އިންޑިއާ އަށް ވަނީ ގޮސްފައެވެ. ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ކުރި އެ ދަތުރުތަކުން ކޮންމެވެސް ވަރެއްގެ ރާހަތެއް އޭނާ އަށް ވަނީ ލިބިފައެވެ. ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނާ އެކު، މިފަދަ ދަތި ހާލުގައި އުޅެން ޖެހުނު ނަމަވެސް މި ދެމަފިރިންނަށް އެންސްޕާ އާއި އާސަންދައިގެ އެހީއެއް ނުލިބޭ ކަމަށް އިބްރާހިމް ވަނީ ބުނެފައެވެ.

" ނުލިބޭ އެހީއެއް. ޝާދިޔާ ބައިންދާނެ ފުރޮޅުލީ ގޮނޑި ވެސް ހޯދީ ބޭސް ފިހާރައެއްގެ ވެރި މީހާ ކައިރީ އާދޭސް ކޮށްގެން، ދިރިއުޅުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މިހާރު ނުކުރެވޭ. ކައިގެން ބޮއެގެން އުޅެވެނީ އާއިލާ މީހުންގެ އެހީތެރި ކަމާއެކު. އުމުރުން 18 އަހަރު ފުރިފައިވާ ކުއްޖާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް. ދެން ތިބެނީ 18 ނުފުރޭ ކުޑަ ދެކުދިން. މިހާރު ބޭނުމީ ޝާދިޔާ އަށް އަވަސް ޝިފާއެއް. އެކަން ކުރެވެން އޮތީ ކިރިޔާވެސް ރާއްޖެއިން ބޭރުން." އޭނާ ކިޔައިދިނެވެ.

މިހާރު އަނެއްކާވެސް ޝާދިޔާގެ ބޭސްފަރުވާ އަށް އިންޑިއާ އަށް ދާން ބޭނުންވެފައި ވާއިރު އެކަމަށް ބޭނުންވާ މާލީ ތަނަވަސްކަން އިބްރާހިމް އާއި އޭނާގެ އާއިލާގެ ކިބަޔަކު ނެތެވެ. އެހެންކަމުން މި ވަގުތު ޝާދިޔާ އަށް ވަނީ އާންމުންގެ ދީލަތި އެހީއެއްގެ ބޭނުން އިންތިހާ އަށް ޖެހިފައެވެ.

އިބްރާހިމް މޫސާ އާއި އޭނާގެ އާއިލާ އަށް އެހީތެރިވެލައްވާ، މިކަމާއި ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ނަމަ އޭނާގެ ފޯން ނަމްބަރު 7607740 އަށް ގުޅައިގެން މައުލޫމާތު ހޯދުމަކީ އޭނާގެ އިޚުލާސްތެރި އެދުމެކެވެ. ހަމައެހެންމެ ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ އިބްރާހިމް މޫސާގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓް ނަމްބަރު 7708387078101 އަށެވެ.

މާތް ﷲ ޝާދިޔާއަށް އަވަސް ޝިފާއެއް މިންވަރު ކުރަައްވާ މި ދަތި ހާލަތުގައި އާައިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަލީ

    ސަރުކާރުން ކެނެރީގޭ ސޮރު ބެލެހެއްޓުމަށްވުރެ މިފަދަ އާއިލާތައް ބެލެހެއްޓުން މާރަނގަޅުވާނެ.

    27
    2
  2. Anonymous

    މެޑަމް ފަޒޫ އަންހެނުންގެ ހައްގުގެ ވާހަކަ ދައްކާއިރު ކަމަނާ ހެދުންގަނެލަން ބޭރު ކަރަކަރަޔަށް ދަތުރުކުރާ ދަތުރެއްގެ ހަރަދު އެންމެ ފަހަރަކު ނަމަވެސް ރައްޔިތުމީހާޔަށް ދިނިއްޔާ ވާނީ ކީއް ކަމަނާ ނެނުތުމަށްފަހުވެސް ކަމަނާގެ ނަން މީހުން ހަދާންކުރާނެ އޭރުން. ޙެޔޮ ހަދާން ތައް އަބަދުވެސް މީހުން ޒިކުރާއެއްގެ ގޮތުގައި ދަމަހައްޓާނެ

    14
    3
  3. ގުޑުގުޑާދޫނި

    މެޑަމް ފަޒޫ އަންހެނުންގެ ހައްގުގެ ވާހަކަ ދައްކާއިރު ކަމަނާ ހެދުންގަނެލަން ބޭރު ކަރަކަރަޔަށް ދަތުރުކުރާ ދަތުރެއްގެ ހަރަދު އެންމެ ފަހަރަކު ނަމަވެސް ރައްޔިތުމީހާޔަށް ދިނިއްޔާ ވާނީ ކީއް ކަމަނާ ނެނުތުމަށްފަހުވެސް ކަމަނާގެ ނަން މީހުން ހަދާންކުރާނެ އޭރުން. ޙެޔޮ ހަދާން ތައް އަބަދުވެސް މީހުން ޒިކުރާއެއްގެ ގޮތުގައި ދަމަހައްޓާނެ

    8
    2
  4. ކަށްގަޑު ފުރޭތަ

    ޜ ޔާމީން ގެ ހާދާންވޭތާ ބޯން މެރޯ ހަދަން ކޮންމެ އަހަރަކު ކުދިން ފޮނުވިދޯ ކީއްވާނީބައިތުލްމާލުން ކުޑަ ހިއްސައެއް މިސަރުކާރުން ރައްޔިތު މީހާގެ ކަރުނަ ފޮހެލަން ހަރަދުކުރިއްޔާ

    12
    1
    • ކަތްދައިދީ

      ނުކުޅެދޭ މީހުނަށް ސަރުކާރުން ކޮންމެ މަހަކު ދެހާސް ރުފިޔާ ދޭކަމަށްވޭ. ކީއްވެބާ އެމީހުނަށް ނުލިބެނީ. ދެމަފިރިންނާ ދަރި ފުޅަށްވެސް ލިބޭނެތާ.

      3
      2
  5. ނުގުޑާ

    ސަލާންނުޖަހައި އަބުރުވެރި ރީތިދިރިއުޅުމެއް މިއަދުއުޅެވެންއެބައޮތެވެ. މާތްﷲމިންވަރުފުޅަށް ކެތްތެރިވެ، މީސްތަކުންނަށް އުނދަގޫނުވާނެދިރިއުޅުމަކަށް އަމާޒުސީދަންކުރަންޖެހެއެވެ. ކުޅެދޭ މަސައްކަތްކުރެވޭ މީހުންނަށްވެސް ހުރިހާބޭނުންތަކެއްނުފުއްދެއެވެ. އިސްރާފުނުކޮށް އިޤްތިޞާދު ކުރަންޖެހެއެވެ. އޭރުން މާތްﷲގެ ތަނަވަސްރަހުމަތާއި އަވައްޓެރިންނާއި މީސްތަކުންގެ އެހީތެރިކަމާއި ލޯތްބާއިއެކު ނުކުޅެދުންތެރިކަމާއިއެކުވެސް ކޮންމެރަށެއްގައިވެސް އުފާވެރިދިރިއުޅުމެއް އުޅެވިދާނެއެވެ. މާތްﷲ އަޅުގަނޑުމެންއެންމެނަށް ހެޔޮގޮތްމިންވަރުކުރައްވާށިއެވެ.

    4
    1
  6. ރަށުމީހާ

    މިފަދަނިކަމެތިން ހާލުގަޖެހި އަޅަމުންދާކަރުނަ ފުހެވޭތޯބެލުން ބޭކާރުޚަރަދަދު،
    ކުރުމާއި، ފޯރާފަރާތްތައް ހިތްހަމަޖެއްސުމަށްޚަރަދުކުރުމަށްވުރެ މާމުހިއްމު
    ބޭކާރުޚަރަދޭ މިބުނީ މޯލްޑިވިއަން އައިޑޮލްފަދަ ކުޅިވަރުތައްބޭއްވުމަށް ކުރާބޮޑުޚަރަދު ފޯރާފަރާތްތަކޭމިބުނީ ކެނެރީގޭ ސޮރު ބެލެހެއްޓުން ފަދަ ޚަރަދު ހެދުންގަނެލަން ބޭރުކަރަކަރަޔަށްކުރާ ދަތުރެއްގެ ޚަރަދު މިފަދަނިކަމެތި ހާލުގައިޖެހިފައިވާ ފަރާތަކަށް ދިނުމަކީ ﷲގެެ ރުއްސެވުން
    ލިބޭނެކަމެއް ބޭނުމީ ރީތިހެދުންތޯނޫނީ ހާލުގައިޖެހި ލޮލުންކަރުނައަޅަމުންދާ
    ފަރާތްތަކުގެ ކަރުނަފުހެދީ އެހީވުންތޯﷲގެރުއްސެވުންތޯމީގަޚިޔާލުކުރައްވާނީ
    ކޮންގޮތަކަށްތޯ މުސްލިމުން މުސްލިމުންގެގޮތުގައި ދިވެހިން ދިވެހިންގެގޮތުގައި ތިއްބެވުންރަގަޅީ މިޚަބަރުކިޔާފަ ވަރަށްއަސަރު ކޮށްފި
    ބޭނުމީވެވުނުއެހީއެއްވުމަށް ހާލުގައިޖެހިފައިވާ މިފަދަފަރާތްތަކުގެ ހާލުބަޔާންކޮށް އެފަރާތަކުއެދުން ހާސިލްކުރެއްވުމަށް ވަގުތުނޫހުން ދެއްވާ
    މަޢުލޫމާތަކީވެސް ވަރަށްބޮޑު އެހީއެއްކަމުގައި ދެކެން ތިފަދަބޮޑުކަމެއްކޮށް
    ދެއްވާތީ ފަށްފަށުން ވަގުތުނޫހަށްޝުކުރުދަންނަވަން ފުރިހަމަނޫސްވެރިކަމަކީ
    ނިކަމެތިންގެ އިހުސާސްތަށްވެސް އޭގައިހިމަނާއެއްޗެއްކަން ވަގުތުނޫހުންސާބިތުކޮށްދެއްވައިފި ޝުކުރިއްޔާ