ދުރުން ބަލާލަން ކިތަންމެހާ ވެސް ހިތްގައިމެވެ. އެކަމަކު ކައިރިއަށް ޖެހިލާ ވަރަކަށް ރީތި ގަދަ ފެހި ކުލައިގެ ފާރުތަކުގެ "އުނިކަން" ފެނެއެވެ. އެއީ ބައެއްގެ އިހުމާލެއްގެ ނަތީޖާއެވެ. ފަރުވާކުޑަކޮށް ކުރާ މަސައްކަތްތަކުގެ ކުޑަ މިސާލެކެވެ. އާންމު މީހަކު ލިބުނު ކުޑަ މަދު ފައިސާކޮޅަކުން އެޅި އިމާރާތެއް ނޫނެވެ. ދައުލަތުގެ ބަޖެޓުން ބަޔަކާ ހަވާލުކޮށްގެން ކުރި މަސައްކަތެކެވެ. ދެތިން މީހަކު އުޅެން ބިނާކުރި ކުޑަކުޑަ ކޮޓަރިއެއް ވެސް ނޫނެވެ. ގްރޭޑް އެކަކުން 12 އަށް މާލޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. ހާހެއްހާ ދަރިވަރުން ތައުލީމާއި ތަމްރީނަށް ހާޒިރުވާ މަރުކަޒުގެ ބިނާއެވެ.
ސެޕްޓެމްބަރު 19، 2013 ގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ހުޅުވި އިރު ވެސް އެ ތަނުގައި ރެނދު ލާފައި ހުއްޓެވެ. އޭރު ވެސް އެ އިމާރާތުގެ މަސައްކަތް ކުރި މީހުން އޭގެ ފެންވަރަށް ބެލި މިންވަރާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. "ބަަލަންވާ ވަރަށް ނުބަލައި ފަރުވާކުޑަކޮށްލާފައި އިމާރާތް ހެދީ،" މިހެން ބުނެލައިގެން މުދައްރިސުންނާއި، ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް ތިބެން ޖެހުނީއެވެ. ބަލައިލުމުން ވެސް އެއީ ފެންވަރު ދަށް ސާމާނު ބޭނުން ކޮށްގެން ކޮށްފައި އޮތް ކަމެކެވެ.
ބޮލަށް ވެއްޓޭ ހިސާބުގައި އޮތް އަރަބިއްޔާގެ އާ އިމާރާތް އަޅަން މާލާ ހައިރައިޒަންއާ ހަވާލު ކުރީ 29 މިލިއަން ރުފިޔާއަށެވެ. އިމާރާތުގެ ފައުންޑޭޝާން އެޅުމަށް ފަހު މާލާ ހައި ރައިޒިން ކުންފުނިން މަސައްކަތްތައް ހުއްޓާލީ ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބޮޑު ގެއްލުމެއްވާ ކަމަށް ބުނެއެވެ.
އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީން ހަތް ބުރީގެ އިމާރާތް އެޅުމަށް އެލްއެފް ކޮންސްޓްރަކްޝަންއާ ހަވާލު ކުރިއެވެ. މިހާރު އެ ފެންނަ އިމާރާތް ހެދީ އެ ކުންފުނިންނެވެ.
އޭގެ ފަހުން އަށް އަހަރު ވެސް ނުވެއެވެ. އިމާރާތުގެ ތަނބުތަކުން ފެންނަނީ ރެނދު ލަފާއި ހުއްޓައެވެ. ފެނުނީ އެންމެ ރެނދެއް ނޫނެވެ. ކޮންމެ ތަނބެއްގައި އެތައް ރެނދެކެވެ.
"ރެނދުނުލާ ތަނބެއް ނެތޭ،" އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ކޮންމެ ތަނބެއް ފެނިފައި ކައިރީ ހުރި ނޫސްވެރިއަކު ބުންޏެވެ.
ފުރަތަމަ ހުއްޓިލައިގެން ނޫސްވެރިން ތިބީ ސްކޫލްގެ އެސެމްބްލީ ގްރައުންޑްގައެވެ. އެ ދިމާއަށް ހުރި ތަނބުގައި 12 އަށް ވުރެ ގިނަ ރެނދު ހުއްޓެވެ. ރެނދު ލަފާއި ހުރީ ވެސް ކުޑަކޮށެއް ނޫނެވެ. އެއީ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާއެވެ. ހަވަނަ ފަންގިފިލާއާ ހަމައަށް ދެވުނު އިރު ވެސް ކޮންމެ ތަނބެއްގައި ރެނދު ފެނެއެވެ. ކުދިން އާންމުކޮށް ހިނގާ އުޅޭ ކޮރިޑޯގައި ހުރި ތަނބުތަކުން ވެސް މި ރެނދުތައް ފެނެއެވެ. ބައެއް ތަނބުތަކުގެ މަތިން ތިރިއަށް ރެނދު ލަފާއި ހުރެއެވެ.
"ދެންމެ ދެންމެ ވެއްޓިދާނެހެން ހިވޭ،" އެ ތަނުގެ މަންޒަރުތައް ނަގަމުން ހުރެ ފޮޓޯ ނޫސްވެރިޔަކު ބުންޏެވެ.
ނިމިދިޔަ ދައުރުގެ ޕީޓީއޭގެ ނައިބު ރައީސް، ޔޫސުފް އަބްދުﷲ ވިދާޅުވީ، އިމާރާތެއްގެ ބައިވަރު ތަނބުތަކެއްގައި ރެނދުލައި ގިނަ ދުވަސްވާނަމަ އެހެން ތަންތަނުގައި ވެސް ރެނދު ލުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އިމާރާތް އެ ހާލުގައި ހުންނައިރު، އަވިދޭ ގޮތަށް ހުރި ތަނބުތަކެއް ބޮޑުކޮށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރެނދުތައް ހުންނަތާ ފަސް ވަރަކަށް އަހަރުވެފައިވާއިރު، އަބަދު ވެސް ހައްލަކަށް އޮންނަނީ ކޮންމެ ވެސް ގޮތަކަށް ސިމެންތި ޖަހައި ބައްދާލުން ކަމަށެވެ.
"މިހާރު ތަންތަން ކޮޅު ނެއްޓިފައި އެހުރީ އަވި ވަންނަ ވަރަށް. އެތެރެއިން ދަގަނޑުތައް ވެސް ހުރީ ފެންނަން. ބައެއް ތަންތަން ވެއްޓެން ކައިރިވެފައި. އެތަން ފެންނަ ބެލެނިވެރި ބިރުން އެތިބީ އެމީޙުންގެ ދަރިންވެސް އެތަނަށް ގެންދަން ޖެހިލުންވާ ހިސާބުގައި" ޔޫސުފް ވިދާޅުވިއެވެ.
"ކުދިން ނިމޭ ގަޑީގައި ލައިން ހަދާފައި ތިބޭނީ އެސަރަހައްދުގައި. އެއި ގަޑިއެއްގައި ވެސް އެތަނުން އެތިކޮޅެއް ވެއްޓި ކަމެއް ވެއްޖެއްޔާ އެއީ ވަރަށް ނުރައްކާތެރި ކަމަކަށް ވާނީ. އެއީ އެހާ މަތިން އެންމެ ހިލަކޮޅެއް ވެއްޓުން ވެސް އެއީ ހިތަށް ވެސް ނުގަނެވޭނެ ކަހަލަ އަނިޔާއެއް ލިބިދާނެ ކަމެއް" އޭނާ ވިދާޅުވިއެވެ.
ބިރުވެރިކަމެއްގައި ނުތިބެވޭނެ، އަވަހަށް މަރާމާތުކޮށްދީ!
މި ހާލަތުގައި ސްކޫލުގެ އިމާރާތް ހުރިއިރު، ބެލެނިވެރިން ކުރާ ހިތާމައަކީ އެމީހުންގެ ދަރިންނަށް ރައްކާތެރި މާހައުލެއްގައި ނުކިޔެވިދާނެތީއެވެ. އެއީ ކޮންމެ ގޮތެއް ވިއަސް އެގޮތަށް އެތަން ހުރުމުން ކުދިންނަށް އެކަމާއި މެދު ވެސް ވިސްނޭނެތީއެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތް ރަނގަޅު ކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ވަނީ އެދިފައެވެ. ނަމަވެސް މިނިސްޓްރީގެ ޖަވާބަކުން ހިތްހަމައެއް ނުޖެހެއެވެ.
"އެތަން ތަޅައި މަރާމާތު ކުރަން ވަރަށް ގިނަ ދުވަސް ހޭދަވާނެ ކަމަށް. އެއީ ސްކޫލް ބަންދު ކުރަން ޖެހޭ ވަރު ކަމެއް ކަމަށް ބުނީ" ޔޫސުފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ ދަރިންގެ ކިޔެވުން ހުއްޓިގެން ނުވާނެއޭ. އެއީ ގާނޫނުން ލިބިގެންވާ ހައްގެކޭ".
އޭނާ ވިދާޅުވީ، އެތަން މަރާމާތު ކުރާނަމަ، ކުދިންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ދެވޭނެ ގޮތެއް ވެސް ވިސްނަން ޖެހޭ ކަމަށެވެ.
ދަރިވަރުން މަގުމަތިކޮށްލައިގެން ނުވާނެ
އަރަބިއްޔާ ސްކޫލު އިމާރާތުގެ ހާލަތު ފެނުމުން ހިތަށް އަރަނީ މީގެ 10 ނުވަތަ 12 ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ހާދިސާ ތަކުރާރު ވަނީ ބާވައެވެ.
މި ހާދިސާއަކީ އެންމެންނަށް އެނގޭނެ ހާދިސާއެއް ނޫނެވެ. ނަމަވެސް އެއީ ހިނގައި ދިޔަ ކަމެއް ކަމުން މިހާރު ބެލެނިވެރިން ތިބީ އެކަން ތަކުރާރު ވެދާނެ ކަމަށް ބިރުންކަން އޭނާ ފާހަގަ ކުރިއެވެ.
މީގެ ކުރިން އަރަބިއްޔާ ސްކޫލް ހުންނަނީ މަޖީދީ މަގުގައި މިހާރު ހަދާފައިވާ އަރަބިއްޔާ ފްލެޓް ހުންނަ ތަނުގައެވެ. އެއީ އޭރު ބޮޑު ސްކޫލެކެވެ. އެއިމާރާތް ތަޅާލައި އެތަނުގައި އަރަބިއްޔާ ފްލެޓް އަޅާފައިވަނީ އިމާރާތުގައި ބޮޑެތި ރެނދުތަކެއް ލައި ބާވެގެން ތަންތަންކޮޅު ވެއްޓޭތީއެވެ.
"ތަޅާލި ގޮތަށް އެތަނުން އެންމެން ނެރުނީ. ނެރުނު ގޮތަށް އެންމެން މަގުމަތި ކޮށްލީ ވަންނާނެ އެއްވެސް ތަނެއް ނުދައްކާ. ކުދިން ކިޔަވަން ވެސް އެއްވެސް ތަނަކަށް ނުގޮސް ގޭގައި ތިބީ. ވަރަށް ބޮޑު އިހާނެތި ކަމެއް އޭރު ވެސް ލިބިގެން ދިޔައީ" ޔޫސުފް ވިދާޅުވިއެވެ.
އޭރު ކުދިން އެތަނުން ނެރުމަށްފަހު، އެހެން ސްކޫލުތަކަށް ކުދިން ވަންނަން ކަމާބެހޭ އިދާރާތަކުން އެންގި ކަމަށާއި ނަމަވެސް އަރަބިއްޔާ ކުދިންނަކީ އެހެން ސްކޫލުތަކުގެ ކުދިން ކިޔަވަމުން އަންނަ މާއްދާތަކާއި މުޅިން ތަފާތަށް ގިނައިން ދީނީ މާއްދާތައް ކިޔަވަމުން އަންނަ ކުދިންކަމުން އިދާރާތަކުން ބުނި ގޮތަށް އެކަން ނުވެ، ކުދިން ގޭގައި މަޑު ކުރަން ޖެހުނު ކަމަށް އޭނާ ފާހަގަ ކުރިއެވެ.
މިއީ މާޒީގައި ހިނގާފައިވާ ކަމެއް ކަމުން، މިހާރު މާލޭގައި ހުރި އަރަބިއްޔާ ސްކޫލު އިމާރާތް މަރާމާތު ނުކޮށް އެތަން ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން ކުދިން ބޭރުކޮށްފާނެތީ ގިނަ ބަޔަކު ކަންބޮޑުވާ ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
އެހެންވެގެން ނުވާނެއެވެ. މިއީ ހާހެއްހާ ދަރިވަރުންގެ ހައްގެކެވެ. މިހާ ފަރުވާކުޑަކޮށް އިމާރާތްތައް ހަދައިގެން ނުވާނެއެވެ. ފަރުވާ ކުޑަކުރީތީވެ ވެސް ފިޔަވަޅު އަޅަން ޖެހެއެވެ. ދަރިވަރުންނަށް ގޮތެއް ނުހޯދައިދީ އިމާރާތުން ހަމައެކަނި ބޭރުކޮށްލައިގެން ވެސް ނުވާނެއެވެ. މާލެ ސްކޫލްތަކުން ޖާގަ ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވަރަށް އިންސާފުވެރި ހައްލެއް ދަރިވަރުންނަށް ދައްކައިދޭން އެބަ ޖެހެއެވެ.
ހެޔޮނުވާނެ މިސަރުކާރު ރަށްޔަތުންނަށް ގައްދާރު ނުވޭ ރުޅިނާރުވާ 4 އަހަރު ނުވަނިސް ފައިބަންޖެހިދާނެ.
ދަވްލަތުގެ ފައިސާއިން ކުރާ ކަރަދުތައް ބޭނުމެއްނެތި ކުރުމުއްދަތެއްގައި ހަލާކުވެގެން ދިއުމަކީ މަސައްކަތް ކުރުވިފަރާތާއި މަސައްކަތާއި ހަވާލުވެ ކުރުވިމީހުންގެ ބޮޑު އިހުމާލެއް މިކަން ބެލެންޖެހޭނެ
ވަކި މީހަކަށްޓަކައި ގައުމު ފުޑެނީ
މިކަން ކުރީ އެމްޑީޕީގެ އަންނި ސަރުކާރުން
މިތަން ނައްތާލަންވެސް މަސައްކަތް މިކުރަނީ އެބައިމީހުން
ނަޝީދު ސަރުކާރުން ތިތަން ނާޅަންވެސް ކިހާ މަސައްކަތެއް ކުރި. އަރަބިއްޔާ ކުރިން ހުރި ބިމުގަ ފްލެޓް އަޅަން ވީމާ އެތާ ހުރިގަސް ރާސް ލާފަ ކަނޑާލި. އެކަމަކު އަރަބިއްޔާ އަލަށް އަޅަން އޮތް ބިމުގަ ގަހެއް ހުރެގެން އެޅުން ލަސްކޮށް އެކަން ބޮޑުވެގެން އުޅުން ހަނދާން މަ އެބަހުރި
ޝުކުރިއްޔާ އޭރުގެ ވެރިން.
ގަދަބަސް ނުބުނެ ބާލުވާ
ވަގުތުން ވަގުތަށް އެހެން އިމާރާތަކަށް ކިޔެވުން ބަދަލުކުރޭ. ސިޔާސީ މީހުނަށް ވަގުތީ ތަން ހެދޭ އެހާމެ އަވަހަށް، އެކަމަކު އެތައް ސަތޭކަ ދަރިވަރުންނަށް ވީމަ ދަންމަންދަންމަން. ޢަދި ބުނެފިޔެއްނު ރިސްކެއްނެތޭ ކުދިންނަކަށް.
ބަސްބުނާ ހިނދުން ދުނިޔޭގެ ފެންވަރުގެ ބޮޑު "ރެޑް ޒޯން" އިމާރާތެއް އެންމެ ނިކަމެތި އިންސާނަކަށް އެބަހެދޭ. ބަޖެޓާ އަނެކެއްޗަކާ އަނެކެއްޗެކޭ ކިޔޭގެން ދަމާނެ ހާސަރެއް ނޯވޭ. އެތަން ހެދޭދެން ދުވާލަކަށް ތެެއްތިރީސް ހާސް ޚަރަދުކޮށްލުން ފެންމެޓާ
ހާހެއްހައި ދަރިވަރުންގެ މުޅި ކުރިމަގަށް ދާއމީ ގެއްލުމެއް ލިބުނަކަސް އެކުދިންގެ ޙައްގުތައް ރައްކާތެރި ކޮށްދޭންވީމާ ބަހަނާ ދައްކޭ އަޑުނާހޭ ބޯ ދަމޭގަންނަނީ މި ވެރިންނަށް ކަހެރުވަކެކޭ ވެސް ހީނުވޭ. ކިހޭބޮޑުވެއްޖެ ކަމެއް!
100 ޕަސެންޓް މުސްލިމް ގައުމެއްގަ ހުރި ހަމައެކަނި އަރަބި ބަސް ކިޔަވާދޭ އިމާރާތް ބަޔަކު މީހުންގެ އިހްމާލުން ހަލާކު ވާއިރު އެކަމާ ބަޔަކު ވާހަކަ ވެސް ނުދައްކަ އެވެ.
ދުނިޔޭގެ އެހެންތަންތާގައި ތިގޮތަށް އިމާރާތްކުރާ ކޮންސްޓްރަކްޓަރ ހައްޔަރުކޮށް އޭގެ ޒިންމާނަގަންޖެހޭ
ތިޔަސްކޫލް ބަދަލުކުރަންވީ ކުރީގެ އެމްއީއެސް ނުވަތަ އީފީއެސް ހިންގިއިމާރާތަށް
ކެނެރީގޭ ނަސީދު ޓާޓާއަށް ބިންދޭންވެގެން ތެލިފޮޅިގަނެގެން ކޮޅިޓީ ކޮންޕްރަމައުޒުކޮށްފައި ސްކޫލު ހެދީމާވީގޮތްމިއީ،
މިނިސްޓަރު ބުނާހެން ތީގަ ދަރިވަރުންނަށް އެއްވެސް ގެއްލުމެއް ވެފަ ނެތް ރެނދު ލާފައި ހުރީ ދައިވަރުންގެ ގަޔަކު ނޫން އިމާރާތުގެ ފާރުތަކުގަ އެހެންވީމަ ރަތްރޮނގު ދަމައިގެން ގޭގޭގެ ނުކުޅެދޭކުދިން ބަލަހައްޓަން ލައްކައިން ހަރަރު ކުރިޔަށް ސުކޫލުގަ ތިބީ ﷲ ގެ އިރާދަފުޅުން ހެޔޮހާލުގައި ތިބި ކުދިން ކޮޅެއް އެހެންވީމާ އެކުދިންނަށް ހަރަދުކުރުން އެއީ އެހާ މުހިއްމު ކަމެއްނޫން އެވެރިން ބުނާގޮތުން
ކީއްކުރާތަނެއްތަ؟ ތަޅާލަ!
ތިބާތީ ހާދަ އަމިއްލަ އެދުން ބޮޑުމީހެކޭދޯ. ތިފަދަ ބޭއަދަބީކޮށް ބަސްބުނާއިރު އެންމެފަހަރަކުވެސް ހިތަށް ނާރާތޯ އެއީ ކިތަށް ޒުވާޖީލުގެ މުސްތަގުބަލާ ގުޅިފައިވާ ތަންތަން ކަން....މިފަދައިން ބަސްބުނާ މީހުނަށް ފިޔަވަޅު އެޅެން ޖެހޭ
މިކަހަލަ މީހުންނަށް ކަމާބެހޭ ފަރާތްތަކުން ޤާނޫނީގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ! އަހަރެން ޕީޖީގެ މަޤާމުގައި ހުރިނަމަ ކަލޭގެ މައްޗަށް ދަޢުވާކުރާނަން! އަދި ކުރާނީވެސް ސީދާ ޓެރަރިޒަމްގެ ދަޢުވާ! އޭރުން އޮންނާނެ ތިޗޭ އަނގަ ފެންނަން! މިވާހަކަދައްކަނީ ޚުދު އަހުރެންނަކީ މިތަޖުރިބާކޮށްފައި ހުރިމީހެއް އަދި އަދާ ހަމަޔަށްވެސް ހަނދާންވޭ ދަރިވަރެއްގެ ޙައިސިއްޔަތުން އޭރު އެދިމާވި ހިތާމަވެރި ޙާދިޘާގެ މަތިން..
މިސަރކާރު ނަމުން ޒީރޯ ޓޮލެރެންސް. އެކަމް ހަތަރަސްފައިން ކަނީ ހަމަ ކާ މީހުން. 32 ރަށެއްގެ ފެނާ ނަރުދަމާ ކަންކަމަށް 150 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުކޮށްލި (އިލްޔާސް ލަބބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދިނީ) . ކޯޓުގައި މިހާރުވެސް އެމައްސަލަ ހިނގަމުންދަނީ. ހުރިހާ ގޮތަކުން ޝަރުތު ހަމަވާ ކުންފުނިތައް ބިޑު ކުރި މާ އަގުހެޔޮކޮށް ކުރަން. އެނގޭތީ މިބުނެލީ.. ނަންވަނީ ޔާމީން
ޢަޅެފަހެ މީހާދަ ޅަސޮރުމެނޭ ' އަރަބިއްޔާ ސްކޫލް ނޫނީ ރެންދެއްލީ ސްކޫލް އެއްނެތީބާ އަޅެ ތިމާއަށް އިމާރާތް ކުރުމުގެ އިލްމުން އެއްވެސް މިންވަރެއް ނުލިބި މިފަދަ ކޮސްގޮވުމަކީ ލިޔުނު މީހެއްގެ ނާޤާބިލްކަން
ކީއްވެތޯ ކޮންމެ ފަހަރަކު އަރަބިއްޔާ ސްކޫލަށް މިހެން ދިމާވަނީ؟ މީގެންވެސް މި އެނގެނީ ހަމައެކަނި ރާއްޖޭގައި ހުރި އަރަބި އިސްލާމީ ސްކޫލަށް ސަރުކާރުން ވެފައިވާ އިހުމާލެވެ. މީ ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑު އަރަބިއްޔާގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބުނެލަން މި ފަހަރަކު އަޅުގަނޑުމެން މިތިބީ ސްކޫލުން ނިކުމެގެން ދާކަހަލަ ގޮތަކަށް ނޫން.
ކަލޯ ތިޔައީ މަރާމާތަކުން ނިންމޭނެކަމެއް ނޫން.. ތި ތަން ޖެހޭނީ އަލުން ތަޅާލައި ވަރަށް ފެންވަރު ރަނގަޅުކޮއް ހަދަން.. ބޭރަށް ފެންނަ ގޮތަށް މަރާމާތަކުން ނިންމިޔަސް ތިޔަ ތަނުގެ ފެންވަރު ދަށްކަމުން ތިތަން ތިހިރީ ކޮންމެ ވަގުތަކުވެސް ވެއްޓޭނެފަދަ ގޮތަކަށް.. ދަރުމަވަންތަ ސްކޫލް އިމާރާތް ކުރަންވެސް ވަގުތީ އިމާރާތެއް ހަދާފަ ދިނީ.. އެހެންވީމާ އަރަބިއްޔާއަށްވެސް ލިބެންވާނެ.. ފަހަރުގައި އަރަބިއްޔާ ވެދާނެ ނައްތާލަން ބޭނުންވާ ސްކޫލަކަށްވެސް.. ވީ ޑޯންޓް ނޯ