ހުކުރު މިސްކިތުގެ މުންނާރު މާލޭ ސިޓީ ކައުންސިލްގެ ލޯގޯ އިން ގެއްލި، އާލޯގޯއެއް ކައުންސިލުން ތައާރަފް ކުރުމުން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ތާރީހާއި އާދަކާދަ މަތިން ހަނދާންވެ ލޮލުފިޔަ ނުޖެހިގެން އުޅޭ މަންޒަރު އެބަފެނެއެވެ. ރަނގަޅު ވާހަކައެކެވެ. މާލޭގެ ހުކުރު މިސްކިތާއި އެމިސްކިތުގެ މުންނާރަކީ މާލޭގައި ހުރި އެންމެ ތާރީހީ އެއްބިނާއެވެ. އެބިނާގެ ހަނދާންތައް އަބަދުގެ އަބަދަށް ރައްކާކޮށް، އެބިނާގެ ރަމްޒުތައް ތަންތަނުގައި ހަދައިގެން ތިބުން އެއީ ކުރަން އެންމެ ރަނގަޅު ކަމެކެވެ.

ނަމަވެސް މައްސަލައަކީ މާލޭ ސިޓީ ކައުންސިލްގެ ލޯގޯ އަށް ބަދަލެއް ގެނައުންތޯ ނުވަތަ މާލޭ ސިޓީ ކައުންސިލުން އެކަން ކުރުމުން މުޅި މަސައްކަތް ގޯސްވީތޯ ސުވާލު ކޮށްލަން ޖެހެއެވެ.

އެމްޑީޕީ އަކީ ތާރީހާއި އާދަކާދަ ހިމާޔަތް ކުރުމަށް ނުހަނު ގިނަ މަސައްކަތް ކުރާ ޕާޓީއެއް ކަމަށް އެޕާޓީން ބުނެއެވެ. ތާރީހާއި ސަގާފަތް ހިމާޔަތް ކުރަން މިސަރުކާރުގައި މިނިސްޓްރީއެއް ވެސް ހަދާފައި އެބަހުއްޓެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަޅުވަކަރު މިސްކިތް ހުރިތަން ބަދަލު ކުރަން ނިންމުމުން މިހާރު ސަރުކާރުގައި މިތިއްބެވި ބޭފުޅުން އުޅުއްވި ގޮތް ޔަގީނުން ވެސް ހަނދާނުން ފިލައިގެން ނުދާނެއެވެ.

މުންނާރު ލޯގޯ ބަދަލު ކުރި ވާހަކަ ދެއްކުމުގެ ކުރިން ދައްކަން ހުރި އެހެން ވާހަކަ ދައްކަވަން ހިންގަވާށެވެ.

2014 ވަނަ އަހަރު އޭރުގެ ސަރުކާރަށް ވެސް އެނގުމެއް ނެތި މާފަންނުގައި ހުންނަ 268 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަނޑިޔާރު މިސްކިތް މާލޭ ސިޓީ ކައުންސިލުން ތަޅާލިކަން އެއޮތީ ލިޔެކިޔުންތަކުން ފެންނާށެވެ. އެމްޑީޕީގެ ސްޕަމެޖޯރިޓީ އޮތް ކައުންސިލުން އެކަން ކުރިއިރު އެމަންޒަރު ފެނުނު މީހުން އަދިވެސް ދުނިޔޭގައި ގަދަވެ ސަލާމަތުން މިތިބީއެވެ. މާލޭގައި ހުރި އެންމެ ތާރީހީ އެއްމިސްކިތް ތަޅާލައި، އެވާހަކަ ވެސް ދެއްކުމެއް ނެތި، ތާރީހީ މިސްކިތުގެ ދިފާއުގައި މީހުން ދެއްކި ވާހަކައަށް ކަހާ ކަންފަތް ހިރުވާވެސް ނުލާ އޮތީ މިހާރު ވެރިކަމުގައި މިތިއްބެވި ބޭފުޅުންނެވެ.

ލޯގޯ ބަދަލު ކުރުމުން އެންމެ ބޮޑަށް ކަންބޮޑުވެ ވަޑައިގެންނެވި އެއްބޭފުޅަކީ މިނިސްޓަރު ޔުމްނާ މައުމޫނެވެ. އެހެންވީމާ އެކަމަނާ ކަންކޮށްފައި އޮތް ގޮތް ވެސް ބަލާލުން އެއީ ނެތް ކަމެއް ނޫނެވެ. ނަމަވެސް އެކަމަނާ ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުގައި ހުންނަވައިގެން ރަށްރަށުގެ ތާރީހީ އެތައް ހަޒާނާއެއް މާލެ ގެނެސް، ކަން ކުރެއްވި ގޮތުގެ ވާހަކަ ދެން މިއަދު ދެއްކުމުގެ ބޭނުމެއް ނެތެވެ.

އެމްއާރްއެމް އަށް ސޮއި ކުރުމުން މިހާރު ހެރިޓޭޖް މިނިސްޓްރީން ވަޒީފާ ކަށަވަރު ވެފައި ވަނީ ކިތައް މީހުންނަށްކަން އެނގޭނީ ދެން އަންނަ ސަރުކާރަކުން ކޮމިޝަނެއް ހަދައިގެން އެކަން ބެލުމުންނެވެ. ޔަގީނުން ވެސް އަދަދު މަދެއް ނުވާނެއެވެ.

ހެރިޓޭޖް މިނިސްޓްރީއަށް ފަސް ނައިބުންނާއި، ސްޓޭޓް މިނިސްޓަރަކާއި، އަދަދު ނޭނގޭ ވަރަށް އެގްޒެކެޓިވުން އައްޔަން ކުރައްވައިގެން ތިން އަހަރު ދުވަސްވީއިރު ކުރެވުނު މަސައްކަތް އަތުގެ އިނގިލިން ގުނާލެވޭ ވަރުވުމުން ހެރިޓޭޖް މިނިސްޓްރީއެއް ބަހައްޓަން ޖެހޭތޯ ރައްޔިތުން ސުވާލު ކުރާނެއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު އެންމެ ބޮޑު އެއްވައުދަކަށް އޮތީ ކަޅުވަކަރު މިސްކިތް މާލޭގައި ރޭވުމެވެ. އަހަރު ދުވަހުގެ މަސައްކަތުން އެކަން ފުރިހަމަ ކުރައްވައިފިއެވެ. މިލިއަނުން ހަރަދުކޮށްގެން ކުރި އެމަސައްކަތުން ހާސިލްވި ކަންކަމުގެ ވާހަކަ ދެއްކުން އިހަށް ބާއްވާށެވެ.

މިނިސްޓަރު ޔުމްނާ އެންމެ ފަހުރުވެރިކަމާއިއެކު މިވެރިކަމުގައި ފާހަގަ ކުރެއްވެވި އެއްކަމަކީ ރަސްރަނި ބަގީޗާގެ ނަން އަނެއްކާވެސް ސަލްޓަން ޕާކްގެ ނަމަށް ބަދަލު ކުރުމެވެ. ރާއްޖޭގެ އާދަކާދަ އާއި ސަގާފަތް ފެށިފައި އޮތީ 50 އަހަރު ކުރިންނެއް ނޫނެވެ. އެހެންކަމުން ބައި ގަރުނު ވަންދެން އެތަނަށް ސަލްޓަން ޕާކް ކިޔާފައިވާ ކަމަށް ބުނެ ނަން ބަދަލު ކުރުން އެއީ އާދަކާދަ އާއި ސަގާފަތައް ކުރެވޭ އިހްތިރާމެއް ނޫނެވެ. އޭގެ ބަދަލުގައި ދިވެހި ރީތި ނަމެއް ކިޔާފައި އޮތް ޕާކްގެ ނަން އެއީ ވަކި ސަރުކާރަކުން ކުރި ކަމަކަށް ވުމުން ބަދަލު ގެނައުން އެއީ ސަރުކާރުގެ ނުފުދުންތެރިކަމާއި، ނާގާބިލްކަމާއި، އާދަކާދަ އާއި ސަގާފަތައް ލޯބި ނެތް ކަމުގެ ދަލީލެކެވެ.

ކޮނުކޮނުހެން ގިނަވާނީ ފަހެވެ. އެހެންކަމުން ދެން މިއަދަށް މިވަރުން ފުއްދާލާނަމެވެ.

ނަމަވެސް ނިންމާލުމުގެ ކުރިން އަނެއްކާވެސް މުންނާރުގެ ލޯގޯގެ ވާހަކަ ހަނދާނަށް ގެންނަވާށެވެ. މިއަދު މާލޭ ސިޓީ ކައުންސިލްގެ ލޯގޯ އިން މުންނާރު ގެއްލިގެން ބަޔަކު ކަންބޮޑުވެގެން އެއުޅެނީ ތާރީހާއި ސަގާފަތާއި އާދަކާދަ ގެއްލޭތީއެއް ނޫނެވެ. އެކަން ވަރަށް ސާފެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތ

    ބޮޑު މިނިސްޓްރީ އެއް ހަދައިގެން ހަރާމުން ހަރާން ވާކަމެއް ލޫކަސް އާއި ނާޖިހު އަލާުއު މެން ކީއްތަ ތިޔަ ކުރަނީ ކުރިން މިމީހުން ކީ ފާޑު މިއޮތީ އަނގަޔަށް ވަދެފައި ކުރެވުނު ކަމެއް ނެތް އެންމެ ފޮތެއް ވެސް އަލަކަށް ނުނެރެވުނު ސަޅި ބައިސާ ކަނޑަށް ތާކިހާ އަޅައިގެން ޓީވީ އަށް އަރާ ތާރީޚް ވެސް އޮޅުވަނީ .... ބޭކާރު ޚަރަދު ކުރާ މިނިސްޓްރީ އެއް

    26
    1
  2. ފ

    ޔުމްނާ އަކީ އޭނާ އާއި މީހަކު ބައްދަލު ކުރިއަސް އެންމެ ކުޑަވެގެން ނޯޓެއް ވެސް ކޮށްލާ މީހެއް ނޫން އޭނާ އަށް ނޯޓް ކުރަން ނޭނގޭނަމަ މީހަކު ލައްވާ ވެސް ނޯޓް ކުރެވިދާނެދޯ ބޭފުޅޫކަން ބޮޑު ވެގެން ގޮސް ފަތަރާސީ ވެފައި

    19
  3. ދަރަނި ދަންތުރަ

    ތިޔަ މިނިސްޓްރީ ތިޔައީ ބޭނުން ތަނެއްނޫން ހުކުރު މިސްކިތާ މުއްނާރާ މެދުޒިޔާރަތް ބަލަހައްޓަނީ ސްޓެލްކޯ އިން ޔުމްނާ ހަމަ މުސާރަ ފަރިއްކުވުން ކުރާކަމަކީ

    20
  4. އޭއެމް

    ސިޓީކައުންސިލްގެ ލޯގޯބަދަލުކުރުމަކީ ވަރައްރަގަޅުކަމެއް ކުރީގެލޯގޯއިންދޭހަވަނީ ދީނައްފުރައްސާރަކުރާމަންޒަރު ސަބަބަކީ ހުކުރުމިސްކިތުމުންނާރު ކުނިއަޅާޑަސްޕިނަކައް ވުރެ ދަށުދަރަޖައަކަައް ލޯގޯއިންދޭހަވުން

    14
  5. އަހްމަދް

    ހާދަ ފާޑެއްގެ ސުރުހީ އެއް....

    5
    1
  6. އ

    ހުކުރު ދުވަހު ތިޔަ މިނިސްޓްރީ ދޮށުގައި ހާބުރި ރަޝީދު ލައްވާ ބެރެކި ލަވަ ކިއުއްވާ އަތް ޖަހަން ތިއްބާ ދުށިން އެތާނގެ ވެރިން މީ މިމީހުން ގަންނަ ސަކަރާތަކީ ކުދިންނާއި މައިންގެ ތެރޭގައި ކިޔަން އަޑުއަހަން ވެސް ލަދު ގަނޭ ހެހެ މީތޯ ލޫކަސް . އަލާއު . ނާޖިހު ސަރުކާޜުގެ ފައިސާ ތަޅާ ބުރުއްސުމަކީ މީތޯ ތިބޭފުޅުން އެބުނާ ތާރީޚް އަދި ސަގާފަތް ދިރުވުމަކީ ތިޔަ ބޭފުޅުންގެ މަސައްކަތް ހަމަ ޒީރޯ . އަންނި ވެސް ފާޑެެއްގެ ދެރަދުންނޭ ކިޔާފައި ރިފަރެންސެއް ނުދީ އޭނާ ހިތު ހުރި ވާހަކަ އެއް ލިޔެ ނެރެފި ކަލޭ މެން ކާހާތަން ހިރުވާ ވެސް ނުލާ ރޯ ބުހުތާން ދޮގު އޭގާ ހުރީ ހީވަނީ 1800 ގެ އަހަރުގައި އުފަންވި މީހަކަު ފެނިގެން ލިޔެފައި އޮތް ފޮތެއް ހެން

  7. ޖުމާ

    ނޫހުގެ އެޑިޓަރު ހިންހަމަ ނުޖެހޭ ގޮތަށް ލިޔުންތެރިކަމަށް ބިނާކުރުވަނިިވި ފާޑެއް ކިޔައިގެން އެ ކޮމެންޓް ނުޖެހުން އެއީ ދެރަކމެއް..

    2
    2
  8. ޖުރޭ

    ދިހަ އަހަރުގެ ހިދުމަތްކުރި އަޝްރަފު ބޭރުކޮށްފަ ދިވެހިބަހުގެ އެކެޑެމީއަށްވެސް ލީ އެންދެރިމާގޭގަ ބޮޑުވި ކުއްޖަކާ ތޯރިގުގެ ތިމާގެ ކުއްޖަކާ. ކޮންސަންޓަންޓަކީ އަޖޫޒުވެފަ ހުރި ބޮޑުބޭބެ.

  9. ޙަފު

    Sabahe ނަވަޒު

  10. އަހުމަދު

    މި ސަރުކާރަކީ ކިހާ ދީނަށް ލޯބި ކުރާ ބައެއް؟ ތި މިނިސްޓްރީ އުވާލަންވީ..

    6
    2
  11. ގލޅ

    މޑޕ އޭ މިކިޔާ މީހާ އަކަށް މުންނާރު ވާހަކަ ނުދެއްކޭނެ
    އެވެ އޭނާއަށް އެއީ އައްޗި ވާހަކައެކެވެ މުއްނާރުވެސް
    ހުކުރު މިސްކިތްވެސް ޕޕމ އިން ބަލަހައް ޓާނެއެވެ.