ދެ އަހަރު ޖަލުގައި އާއި ގޭބަންދުގައި ހޭދަކުރެއްވި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވުމުން އެމަނިކުފާނު ޔަގީންކަމާއެކު ދައްކަވާނެ އެއް ވާހަކައެއް ހިތުގައި އޮތެވެ. އެއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށެވެ. އަލިމަސް ކާނިވާ ސަރަހައްދުގައި ތިބި އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި އެމަނިކުފާނު ވަރަށް ރަނގަޅަށް ވެސް އެ ވާހަކަ ދައްކަވައި، މީޑީއާތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯއްދެވިއެވެ.

އެކަމަކު، އެއަށް ވުރެ ބޮޑަށް ދިވެހިންގެ ތެރެއިން ބަޔަކު ހައިރާންވެ އަންތަރީސްވާ ވަރުގެ ވާހަކައެއް ހުކުރު ދުވަހުގެރޭ އެމަނިކުފާނު ދެއްކެވީ ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައި ހުންނަވައެވެ. ނޫސްވެރިންނަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައްވައި ނޫސްވެރިންނަކީ އިންޑިއާގެ އެމްބަސީން ފައިސާ ނަގައިގެން ތިބޭ ބައެއް ކަމަށް ތުހުމަތު ކުރެއްވިއެވެ. ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް މިހާރު ނެތް ކަމަށް ވިދާޅުވެ، ނޫސްވެރިންނާ ދިމާލަށް "އުންޑަތައް" ފޮނުވާލެއްވިއެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އެމަނިކުފާނު ސަލާމަތްވީމަ، ނޫސްތަކުން އެމަނިކުފާނާ ދޭތެރޭގައި ދަނީ ހުކުމް ކުރަމުންނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިން "ބޭނުންވާ ކޮންމެ ވާހަކައެއް" ލިޔަން ޖާގަ ދެއްވި ކަމާއި މި ސަރުކާރުގައި އެ މަގުން އެކަން ނުހިނގާ ކަމަށް ވިދާޅުވިއެވެ. ނޫސްތައް ހުރީ "ސަރުކާރުގެ ޖީބު" ގައި ކަމަށް ވިދާޅުވުމަށް ފަހު އެ ވަރުން ވެސް ފުއްދާލީކީ ނޫނެވެ. ރާއްޖޭގެ ނޫސްވެރިންނާ މެދުގައި ކުރެއްވީ ސީރިއަސް ތުހުމަތެކެވެ.

"މިތަނުގައި ނެތް މިނިވަން ކަމެއް. މިތަނުގައި ނެތް ފްރީޑަމް އޮފް އެކްސްޕްރެޝަނެއް. މިތަނުގައި ނެތް މިނިވަން ޖާނަލިޒަމެއް. ދެން އެ ހުރިހާ ނޫސްވެރިން މިތަނުގައި ހުންނަ އިންޑިއާ އެމްބަސީން ފޮނުވާ ލާރިކޮޅު ނަގައިގެން އެމީހުން އެ ތިބެނީ. ނޫސްވެރިކަމުގެ މިނިވަންކަމެއް ރާއްޖެއަކު ނެތް،" މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެންނެވި ޔާމީން ވިދާޅުވިއެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ޔާމީން ބައިވެރިވެވަޑައިގަންނަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

އާ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރު ޔާމީނަކީ އެމަނިކުފާނުގެ ވެރިކަމުގައި ނޫސްވެރިންނަށް މާ ބޮޑު އިސްކަމެއް ދިން ރައީސެއް ނޫނެވެ. ނޫސްވެރިންނާ ގާތުން މަސައްކަތް ކުރެއްވި ލީޑަރެއް ނޫނެވެ. ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވެވީ "އަތުން ގުނާލެވޭ" މަދު އަދަދެއްގެ ނޫސްވެރިންގެ ބައްދަލުވުންތަކުންނެވެ. އެ ވެރިކަމަކީ ނޫސްވެރިންނަށް އެތައް ފިއްތުމަކާއި ގޮންޖެހުންތަކެއް ކުރިމަތި ކުރުވި ވެރިކަމެކެވެ. އެތައް ނޫސްވެރިންނެއް ހައްޔަރުކޮށް، ގިނަ މީޑިއާތަކެއް ބަންދު ކުރަން ޖެހި، އެތައް ނޫސްވެރިންނަކަށް ދައުވާ ކުރީ ވެސް ހަމަ އެ ވެރިކަމުގައެވެ.

މިނިވަން ނޫސްވެރިކަމަކީ ޔާމީން ދަންނަ އެއްޗެއް ވެސް ނޫނެވެ. އެކަމުގެ އެއް ހެއްކަކަށް ފުއްދެނީ އެމަނިކުފާނުގެ ވެރިކަމުގައި ފާސް ކުރި އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ ގާނޫނެވެ. އެ ގާނޫނުގެ ދަށުން އެތައް މީޑިއާއެއް ޖޫރިމަނާކޮށް، ފިޔަވަޅު އެޅީ ވެސް ހަމަ އެ ވެރިކަމުގައެވެ.

އެ ގާނޫނު ފާސްކޮށްފައި ވަނީ ރާއްޖޭގެ ނޫސްވެރިން އޮބަހައްޓަން ކަން ހަމަ ވިސްނޭ ކޮންމެ މީހަކު ގަބޫލު ކުރާނެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ދުނިޔޭގެ ހުރިހާ ގައުމުތަކެއް ހިމެނޭ ގޮތަށް އާންމު ކުރަމުންދާ ޕްރެެސް ފްރީޑަމް އިންޑެކްސްއަށް ބަލާއިރު، އެމަނިކުފާނުގެ ވެރިކަން ނިމުނު އިރު ނެރުނު ލިސްޓްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ. މިއީ ރާއްޖެ ލިސްޓުގެ މިހާ ފުލަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އެ ލިސްޓުގައި ރާއްޖެ އޮތީ 103 ވަނައިގައެވެ. އެއީ އަބުރުގެ ދައުވާކޮށް އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ކުރުމުގެ ނަތީޖާއެވެ.

ޔާމީންގެ ވެރިކަމުގައި ނޫސްވެރިން ކުރި މުޒާހަރާއެއް.

މަނިކުފާނު މިނިވަން ނޫސްވެރިކަމެއް ކުރުމަށް ރާއްޖޭގައި ޖާގަ ތި ދެއްވީ ނޫސްވެރިން "މަތަ"ކޮށްގެންތޯއެވެ؟ ނޫނީ ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތި ކުރުވީ"މިނިވަން މުއައްސަސާތަކުންނޭ، މަނިކުފާނެއް ނޫނޭ" ކިއާފައި ނިންމާލަންވީތޯއެވެ؟

ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމަށް "އަނދިރި" ދުވަސްތަކެއް!

  • އަބުރުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސް ކުރުން.
  • އަބުރުގެ ގާނޫނުގެ ދަށުން މީޑިއާތަކަށް ފިޔަވަޅު އެޅުން.
  • ހިޔާލުފާޅުކުރި ބްލޮގަރަކު އެއް އަހަރު ޖަލުގައި ބޭއްވުން.
  • ނޫސްވެރިންނަށް އެކިއެކި ދައުވާތައް ކުރުން.
  • މީޑިއާތައް ޖޫރިމަނާކޮށް ބިރު ދެއްކުން.
  • ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން "ހަވީރު" ނޫސް ބަންދު ކުރަން ޖެހުން.
  • ނޫސްވެރިކަމުގެ ހައްގު ހޯދަން ނޫސްވެރިން މަގުމައްޗަށް ނުކުތުން.
  • މީސްމީޑިއާގައި ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކުރާ މީހުން ރާއްޖެ ދޫކޮށް ދާން ޖެހުން.
  • ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނު.
  • ބްލޮގަ ޔާމީން ރަޝީދުގެ މަރު.
  • ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލުން.
  • ރައީސްގެ އަބުރާ ބެހިގެން ނޫސްތަކުގެ މައްސަލަ މީޑިއާ ކައުންސިލަށް ފޮނުވުން.

ރައީސް ޔާމީންގެ ސަރުކާރުގައި މިފަދަ ކިތަންމެ ކަމެއް ހިނގިއެވެ. ނޫސްވެރިން މަސައްކަތް ކުރަން ޖެހުނީ ބިރެއްގެ ތެރޭގައި ތިބެއެވެ. މުޒާހަރާ ކަވަރު ކުރަން އުޅޭ ނޫސްވެރިންނަށް ފުލުހުން ހަދަނީ އޭރަކު އަންނަ ކޮމާންޑަކާ އެއްގޮތަށެވެ. ނޫސްވެރިންނަށް ބެލުމެއް ނޯވެއެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިއަކަށް ފުލުހުން އަނިޔާ ކުރަނީ.

ހަމައެކަނި "ހަވީރު" ނޫސް ހުއްޓާލުމުން ވެސް 70 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެމީހުންގެ އާއިލާތައް ބިކަވިއެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް މީޑިއާ ބަންދުކޮށްފާނެ ކަމުގެ ބިރާއި ޖަލަށް ދާން ޖެހިދާނެ ކަމުގެ ބިރު ނޫސްވެރިންގެ ހިތުގައި އޮތެވެ. ހާއްސަކޮށް އަބުރުގެ ގާނޫނު އައުމާއެކު، އެ ބިރު ބޮޑުވީއެވެ.

މިއީ ނޫސްވެރިން ހަނދާނުން ނައްތާލައިގެން ތިބޭނެ ކަމެއް ނޫނެވެ.

އަބުރުގެ ގާނޫނުގެ ބިލް ފާސް ކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި އެޖެންޑާ ކުރުމާ އެކު، އަދި ފުރަތަމަ ކިއުން ނީއްވަނީސް ބިލް "ލޮލަށް" ނުފެންނާނެ ކަން އެނގޭތީ އެ ބިލު ހޯދަން ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުން ކައިރި އަށް ދުވި އެކަކީ އަޅުގަނޑެވެ. އެ ދުވަހު ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު އަޅުގަނޑު ކައިރީ ވިދާޅުވި ވާހަކަ އަދިވެސް ހަނދާނުން ކައްސާލައިގެން ނުދެއެވެ.

ނޫސްވެރިއަކު އުފުއްލާލައިގެން ގެންދަނީ.

"ކަލޭމެން ނޫސްވެރިން ދެން ބޭނުން ގޮތަކަށް ނޫޅެވޭނެ" ކަމަށާއި އޮތީ "ބިރުވެރިކަމުގައި ލިޔަން ތިބުން" ނޫނީ "ހުއްޓާލައިގެން ތިބުން" ކަމަށް ވިދާޅުވިއެވެ. ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން އަތްތިލަ ބަޑި ޖެއްސެވި ކުރީގެ ޕީޕީއެމް މަޖިލިސް މެމްބަރުން ހަމަ ޔަގީނުން ވެސް މި ވާހަކަތަކަށް އެއްބަސްވާނެއެވެ. އޭރު ވިސްނާފައި އޮތީ ނޫސްވެރިން އޮބަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ހުދު އެ މެމްބަރުން ވެސް ގަބޫލު ކުރައްވާނެއެވެ.

ކުރުކޮށް ބުނާ ނަމަ، ރާއްޖޭގައި އުފެދުނު ވެރިކަންތަކުގެ ތެރެއިން ރައީސް ޔާމީންގެ ވެރިކަމަކީ ނޫސްވެރިންނަށް އެންމެ ބޮޑު ގޮންޖެހުން އައި ވެރިކަމެވެ. އެ ހަގީގަތް ފޮރުވަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ކަމުގައި ވިޔަސް، އެކަމެއް ނުފޮރުވޭނެއެވެ.

ދެން އޮތީ މިއަދުގެ ހާލަތުގެ ވާހަކައެވެ؛

ރާއްޖޭގައި މިހާރު ވެސް މިނިވަން ކަމާއެކު، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އެބައޮތްތޯއެވެ؟

ކުރުކޮށް ދޭނެ ޖަވާބަކީ، އެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި އަދިވެސް ނެތް ކަމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަބުރުގެ ގާނޫނު އުވާލި ނަމަވެސް ނޫސްވެރިންނަށް ވެސް އެންމެ ފަހި ފުރުސަތުތަކެއް ފަހިވެފައެއް ނެތެވެ. ނޫސްވެރިންނަށް ބައެއް މުއައްސަސާތަކުގެ ބިރު ދެއްކުމާއި ނުފޫޒު ފޯރުވުން އިންތިހާ އަށް އެބައޮތެވެ.

ޗެނަލް 13 ގެ މުވައްޒަފުންނާއި އެހެން ޓީވީ ސްޓޭޝަނާއި އޮންލައިން ނޫސްތަކުގެ ނޫސްވެރިންނަށް އެތައް އުނދަގުލަކާއި ފިއްތުންތަކެއް މިހާރު ވެސް ކުރިމަތިވެއެވެ. މުޒާހަރާތައް މިނިވަންކަމާ އެކުގައި ކަވަރު ކުރުމުގެ ފުރުސަތެއް ނުލިބެއެވެ. ނޫސްވެރިން ވެސް ތިބެން ޖެހެނީ ފުލުހުން ބެހެއްޓި ހިސާބެއްގައެވެ. މުޒާހަރާރޫޅާލުމުގެ ތެރޭގައި ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ވެސް ފުލުހުން ހަމަލާދީފައި ހުރި ތަންތަން ފެނެއެވެ. ފުލުހުންގެ އަނިޔާތަކާ ހެދި އެތައް ނޫސްވެރިންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދޭން ވެސް ޖެހިފައި އެބަހުއްޓެވެ. އޭރެކޭ އެއްގޮތަށް މިއަދު ވެސް ނޫސްވެރިންނަށް އޮތީ ބިރުވެރިކަމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނޫސްވެރިންނަށް އަނިޔާ ކުރުމާ ދެކޮޅަށް ކުރި އިހުތިޖާޖެއް. --- ވަގުތު އިމޭޖަސް

ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް ފާޑު ކިޔަމުން އަންނަ ޗެނަލް 13 އިން ގެނެސްދިން "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން ޖެހުން އެކަމުގެ އެއް ހެއްކަކަށް ފުދެއެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ކަމަށް ބުނެ، ޗެނަލް 13 އިން އެ ޕްރޮގްރާމް ދެއްކުން ހުއްޓާލަން އެންގީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.އެ ޕްރޮގްރާމް އެންމެ ފަހުން "ހަޖަމް" އަށް ބަދަލު ކުރުމަކީ ހަމަ ޔަގީނުން ވެސް ފިއްތުންތަކެއް ކުރިމަތިވީމައެވެ.

މި ނިމުނީއެއް ނޫނެވެ؛ ޗެނަލް 13 އިން ގެނެސްދޭ ކޮންޓެންޓުތަކުގެ މައްސަލަ ވެސް އެ ބުނާ ކޮމިޝަނަކުން ކިތަންމެ ފަހަރަކު ބަލައި ފިޔަވަޅު އަޅައިފިއެވެ.

މި ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ނިންމި "އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް" އަކީ ވެސް ނޫސްވެރިންނަށް އޮތް ބިރެކެވެ. މި ބިލުގައި އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވިޔަސް، މަޖިލިހުން އެ ބިލް ބޭނުން ގޮތަކަށް ބައްޓަން ކުރުމުގެ ބިރު އެބައޮތެވެ. އެއީ ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ އެމްޑީޕީގެ ބައެއް މެމްބަރުން މީގެކުރިން ވަނީ ވަކިވަކި މީޑީއާތައް އުވާލަން ނުވަތަ ފިޔަވަޅު އަޅައި ދިނުމަށް މީސް މީޑިއާގައި ގޮވާލައްވައިފައެވެ. އެހެންވެ، މި ބިލް ބަދަލުކޮށް ނޫސްވެރިން އަނގައިގައި "ޓޭޕް" އެޅޭ ގޮތަށް ބިލް ބައްޓަން ކުރުމަކީ ހަމަ ވެދާނެ ކަމެކެވެ. ރައްޔިތުންނާއި ނޫސްވެރިން ހަމަ ޔަގީނުން ވެސް ތިބީ މަޖިލިހުގައި މި ޖަހާ ސަކަރާތެއް ބަލާށެވެ.

ނޫސްތަކުގައި ޝާއިއު ކުރާ ހަބަރުތަކާއި ރިޕޯޓުތަކާ ގުޅިގެން ނޫސްތަކަށް އަމާޒުކޮށް ފޮރިން މިނިސްޓްރީން ނެރޭ ނޫސް ބަޔާންތަކުން ވެސް މިކަންކަމަށް ފުދެއެވެ.

މި ހުރިހާ ކަމަކާ އެކީގައި ވެސް ޔަގީންވާ ކަމަކީ ނޫސްވެރިންނަށް އެންމެ ފުރިހަމަ މިނިވަންކަމާއި ރައްކާތެރިކަން އަދިވެސް ލިބިފައި ނެތް ކަމެވެ. އެކަމަށް މި ސަރުކާރުން އަދިވެސް މަސައްކަތް ކުރަން ޖެހޭ ކަމެވެ. ހަމައެގޮތަށް ޔާމީންގެ ވެރިކަމުގައި ނޫސްވެރިން ކުރިމަތިވި ދުއްތުރާ ވަކި ކުޑަ ނޫން ކަމެވެ. ނޫސްވެރިން ތިބެން ޖެހުނީ ބިރުވެރި މާހައުލެއްގައި އަނގައިގައި "ޓޭޕް" އަޅައިގެން ކަމެވެ. ލިއެވޭ އެއްޗަކުން ކިތަންމެ ބޮޑު ޖޫރިމަނާއެއް އައިސްދާނެ ކަމުގެ ބިރުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. Anonymous

    ނޫސްވެރިން ޝަކުވާ ކުރަން ދާނީ އިންޑިޔާ އެމްބަސީ އަށް. ވ.ސަލާމް.

    114
    7
  2. ވިސްނާލުމަށް އެދެމޭ

    ޖަލްސާ އަށްފަހު ހުރިހާ ނޫސްވެރިން ހަދާން އާކޮށް ވިސްނާ ފިކުރުހިންގަނީ ރޔާމީނާމެދު ރަ އްޔިތުންގެހިތް ކަޅު ކުރެވޭނީ ކީކޭ ކިޔަ އިގެންބާވަ އޭ. ރޔާމީންދެކެ ތިނޫސްވެރިން ކިތަ އްމއ ރުޅި އަޔަސް ހަގީގަތެ ބަދަލެނުވާނެ ރާ އްޖޭގަ ހިންގާ ބޮޑެތި މީޑިޔާތަ އް އިންޑިޔާ އެމްބަސީން ސިޓީ އުރަ ނުނަގާ ކަމަކަށް.. އެކަން ސާފުވޭ މި ހެޑްލަ އިން އެޅި ހުރިހާ ނޫހަކަށް ބަލާލުމުން..ތީގެ ގިނަ ނޫސްވެރިން ކަމުގެ ފާސް ކަރުގަ އަޅަ އިގެން ނޫސްވެރިން ކަމަށް ހެދިގެންތިބީ ވިޔަފާރި އަށް ނަފްސު ވިކިފަތިބިބަ އެއ. މީޑިޔާތަ އް ފަ އިސާ އަށް ނުހެ އްލި ގަ އުމީ ޒިންމާ އަދާކުރިނަމަ މިސަރުކާރު މިތިން އަހަރު ނިމެންދެން ނޯތީސް އިންޑިޔާގެ އެއ އްމެ ސިފަ އިންގެ މީހަކަށްވެސް އުތުރުތިލަފަޅާ ހަނިމާދޫ އަ އްޑޫ ލގަން މާފިލާފުށީގަ ނުތިބެވޭނެ..ރާޑަރު ހަރެ އްނުކުރެވޭނެ.. އެ އްބަސްވުން ފޮރުވަ އިގެން މާރިޔާ އަށް ފިލާނު އޮވެވޭނެ..

    108
    7
  3. Anonymous

    ޔާމީން ވެރިކަމުގައި ނޫސްވެރިންނަށް ފިއްތާލިއޭ ބުނާއިރު ، މިއަދު ނޫސްވެރިންނަށް މިނިވަންކަން ދީގެން ޤައުމަށް ރައްޔިތުން ވީ ފައިދާއެއް މޮޅެއް އެބައޮތްތޯ ، ރަށްރަށުގައި އުޅޭނިކަމެތިދިވެހިންގެ ވާހަކަ ދައްކަނީ ކިތަންނޫހުންތޯ ، ޤައުމުގެ ފޭރާން ތާޚިރުތޯ ، މީހުންނަށް މަލާމަތްކުރުމާއި ދޭތެރެޖެއްސުން ނެތްތޯ ، ކޮބާތޯ މިނިވަންކަމަކީ ، އެކަމަކު އޭރު ފިއްތާލިގޮތަށް ފިއްތާ ރަނގަޅު ނޫސްވެރިކަމެއް ޤާއިމްކުރަން މަޖުބޫރުކޮށް އެގޮތަށް ދިޔަ ނަމަ މިއަށްވުރެ ނޫސްވެރިން ޒިންމާދާރުވާނެކަން ޔަޤީން ، އޮތް އިންދާހިސާބުން ގަހުން މޭވާނުލިބިދާނެ ، ގަދަވަޔާ ކުޑަކުޑަ ގަސް ވެއްޓިވެއްޓިހުރެދާނެ ، އެކަމަކު މޭވާ އަންނާނެ

    90
    3
  4. މުހުމްމަދު

    ޗަންދާ ނޫސްވެރިކަން.

    89
    4
  5. އާވިމް

    "އެކަމުގެ އެއް ހެއްކަކަށް ފުއްދެނީ އެމަނިކުފާނުގެ ވެރިކަމުގައި ފާސް ކުރި އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅު ކުރުމުގެ ގާނޫނެވެ." މިނިވަން ކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށް ދެކޭބަޔަކަށް މިޤާނޫނޫ ނުބައިވާނެ. މީހުންގެ އަބުރާ އިއްޒަތް ހިމާޔަށް ކުރުމަކީ އިސްލާމީ ޝަރީޔަތުން އެއް މަސްދަރު. އެހެން ވީމަ މީދިޔާވެސް ޖާނަލިސްޓުންވެސް އުޅެންޖެހޭނީ ދީފަ އޮންނަ މިނިވަން ކަމެއްގެ ތެރޭގައި/

    99
    3
  6. ާައައްޑެ

    ދޮގުވާހަކައެއްބާ؟

    40
    3
  7. ތ

    ތެދެއް ބުނަންޠަ ހަވީރު ނޫސް ހުއްޓުވާލީ ސަރުކާރަކުން ނޫން.... ހޯމް މިނިސްޓްރީން ވަރަށް މަސައްކަތް ކުރި ހަވީރު ނޫހުގެ މަސްއޫލު ވެރިންގެ މެދުގައި ޖެހުނު މައްސަލަ ހައްލު ކުރާން ހަވީރު ނޫހަކީ ޒާހިރު ހުސައިންގެ މިލްކެއް ނޫން އެއީ މަޮނާޒާ ނައީމް އިބްރާހިމް ރަޝީދު މޫސާ އަދި ފާރޫގު ހަސަން މެންގެ ހިއްސާ އޮތް ވިޔަފާރިއެއް ޒާހިރު ހުސައިން އުޅުއްވީ ބޮޑު އަގުގައި އެވިއްކާލަން ވާއިލް ޒާހިރު ހުސައިން ހުރިހާ ނުބައި ބާ ކުޅުނީ ހޯމް މިނިސްޓްރީގައި އޮތް ބައްދަލު ވުމުގައި ތަކުރާރުކޮށް ސަރުކާރުން ބުނި ނޫސް އޮންނަ ބޭނުމޭ ކޯޓުން ބޭރުގައި ތިޔަ މައްސަލަ ހައްލު ކުރާށޭ ނަމަވެސް ވާއިލްގެ ހަރު ކަށިކަމުން އެހެންވީ އެއްބަސް ވުމެއް އޮތް އެއަށްބަސް ވުން ބާތިލެއް ނުވޭ މިއީ ހަގީގަތަކީ
    އެތައް ބައެއްގެ ވަޒީފާ ގެއްލުނީ ވާއިލްގެ ސަބަބުން މިކަން އެންމެ ރަނގަޅަށް ތަޖުރިބާކުރި މީހަކަށް މޫސާ ލަތިފު ވާނެ އެހެންވެ އޭނާ ވެސް މިހާރު ނޫހާ ދުރަށް ދިޔައި ވާއިލް މެންގެ މަކަރު

    81
    1
  8. އަލީ

    ރާއްޖޭގެ ވެރިކަމަށް އަންނަ ކޮންމެ މީހަކު މީޑިއާއާ ދެކޮޅުވެރިވުމުގެ ބަދަލުގައި މީޑިއާއާ ރަޙުމަތްތެރިވާން އެބަޖެހޭ. ކިތަންމެ ބިރެއް ދެއްކިޔަސް ކިތަންމެ ޖޫރިމަނާއެއް ކުރިޔަސް މީޑިއާ ދެމިއޮންނާނެ. ރަސްމީކޮށް ހިންގާ ނޫސްތައް އުވާލައިފިއްޔާ ދެން އުފެދޭނީ އުވާނުލެވޭނެ ނޫސްތައް. ބިދޭސީންގެ ނުފޫޒުގެ ދަށަށް ދިވެހި ނޫސްވެރިން ދާންޖެހޭނީ ދިވެހި ރާއްޖޭގެ ވެރިންނަށް ރައްޔިތުންނާ އެކު އެކުވެރިކޮށް އުޅެން ނޭނގޭތީ. ދުޝްމަނުކަން އެއްފަރާތްކޮށް އެކުވެރިކަން އިސްކުރާނަމަ ދިވެހި ނޫސްވެރިން ތިބޭނީ ދިވެހި ވެރިންނާއެކުގަ.

    3
    33
  9. ރަން ރީނދޫ

    މި ގޮތަށް ރައީސް ޔާމީނު ގެ އަބުރު ކަތިލަމުން އޭރު ވެސް ނޫސްވެރިން ދުވީ. މީހަކު ތަނަކުން ވެއްޓި މަރުވިޔަސް ،ޔާމީނު ބޮލުގައި މަރުގެ ޒިންމާ އަޅުވަމުން،ގައުމުގެ އަމާންކަން ނަގާލަމުން ދުވީ. ދެން އަހަރުމެން ސަލާމް ތިކަހަލަ ބަތާ ހަރާމީންނަށް.

    48
    5
  10. ޖާނޭ

    ތީ ހަމަ ތެދުވާހަކަ. ޖަލު ހުމެއް ނިއްމާލާފައި ނުކުންނައިރު، ކުރެވޭ އެކަނިވެރިކަމުގެ އިޙްސާސްތަކުގެ ސަބަބުން ތިޔަ ވިދާޅުވާ ކަންކަން ކަނދާނުން ކެހިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ތިޔަ އާޓީކަލް ވަރަށް ފުރިހަމައެވެ، ނަމަވެސް އަބުރާ ބެހުމަކީ މއދަނީ ހައްޤަށް އޮތް އޮތުން ބަދަލު ކުރަން ޖެހެއެވެ. އެއީ، އެކަމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. އަދި ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި އަބުރާ ބެހުމުގެ ނުބައިކަން ވަރަށް ބޮޑަށް ހާމަ ކުރައެްވާފައިވުމާއި، އަނހެންުނާއި ފިރިހެންުނުންގެ ޙައްޤުތަކުގެ ވާހަކަ އާއި ނަސްލަކުން ނުވަތަ ޢާއިލާ އަކަށް ނިސްބަތް ވުމުން އެއްވެސް މޮޑޫކަމެއް ނެތްކަމާއި ކުލައަކުން ނުވަތަ ފައިސާ އަކީ ﷲގެ ޙާޟުތުގައި ބުރަދަން ހުރިއެއްޗެއް ނޫން ކަމަށް ކަނޑައެޅިފައި އޮތް އިރު، އަބުރާ ބެހުމަކީ މަދަނީ ޙައްޤއްގެ ގޮތުގއި އޮތުމުން ވަރަށް ބޮޑަށް އިސްލާމީ އުސޫލާ ބީރައްޓެހި ކަން އެބައޮތެވެ.

    4
    23
  11. ރަގަޅު

    ނޫސްވެރިންގެ ގިނަ "ވެރިން" ތިމާމެންގެ އަމިއްލަ ނަފްސު ތަހުގީގުކޮށްލުން ރަނގަޅު: ނޫހުގައި އެއްޗެއް ލިޔަނީ އެކަމުން ލިބޭ ނުވަތަ ލިބެންއޮންނަ މާލީ މަންފާއަކަށް އިސްކަންދީގެންތޯ ނުވަތަ ރައްޔިތުންނަށް "ކުލަކުލަނުޖައްސާ" ހަގީގީ ތެދު މައުލޫމާތު ފޯރުކޮށްދޭންތޯ؟

    40
    2
  12. Anonymous

    ވަގުތު މީހުނަކައްވެސް ހަޖަމެއްނުވާނެ. ޔާމީން ވަރެއްނެތް ، ވަގުތުވެސް އޮތީ ނަޝީދައް ވިކިފަ.

    44
    4
  13. އަހުމަދު

    ދީނަށް ފުރައްސާރަ ކޮށް ރޯ ބުހުތާނު ދޮގު ހަބަރު ފަތުރާ ނޫސްވެރިންނާ މެދު ފިޔަވު އެޅުމަކީ ނޫސްވެރި ކަމުގެ ހައްގަށް އަރައި ގަތުންތޯ؟ ރ ޔާމީން ވެރިކަމުގަ ހިނގާފަ ހުރި ކަންތަށް ހައިލައިޓް ކުރި އިރު ދީނަށް ފުރައްސާރަ ކޮށް މު މުޖުތަމައުގަ ފިތުނަ އުފައްދަން ރިޕޯރޓް ތަށް ލިޔުނު ނޫސްވެރިން އެބަ ތިއްބޭ.. މި ރިޕޯރޓް ކިޔާލުމުން އިންޑިޔާ ދެކެ ބިރުގަނެފަ ވާވަރު ހާމަވެއްޖެ. ދިޔަރެސް ނޫހުގަ މަސައްކަތް ކުރާ އަޒާނަށް މި ސަރުކާރުން ޖައްސާ ދުއްތުރާ ތަކުގެ ވާހަކަ ލިޔަން ނުކެރުނީ އިންޑިޔާގެ ދެ ބިރުންތޯ؟ ރޔާމީން ދެއްކިވާހަކަ ތަކުގެ ތެދުކަން ހާމަ ވެއްޖި މި ރިޕޯރޓުން.. އިންޑިޔާގެ ތައްޕާހަޢް ނުވެއްޓުމަށް ވަގުތު ނޫހުގެ ނޫސްވެރިންނަށް ގޮވާލަން..

    44
    1
  14. ސަތޭކަ

    މުޅި ނޫސް ފުރެންދެން ސަރުކާރު ކުންފުނިތަކާއި ސަރުކާރަށް ފަންޑު ކުރާ މީހުންގެ އިސްތިހާރު އަދި އެވަރުން ނުފުދިގެން ސަރުކާރާއި މިގައުމުގައި ލެއްވިހާ ބައެއްގެ އެޑްވަޓޯރިއަލް ޖަހައިގެން ހިންގާ ނޫސްތަށް ކޮން މިނިވަނެއް ވާނީ؟ ނޫސްވެރިން ފިއްތަން މަވެސް ދެކޮޅު. އެކަމަކު މުސާރަ ނަގަން ގަނޑެއްގައި ޖާނަލިސްޓެކޭ މީ ނޫހެކޭ ޖަހައިގެން އުޅުނަކަސް އަދި ނޫސްވެރިއަކަށް ނުވަތަ ނޫހަކަށް ނުވާނެ.

    34
    1
  15. ކިޔުންތެރިއެއް

    މުޙައްމަދު ޔާމީން މެން އަދި ޅަވާނެ. "މިނިވަން" ނޫސްވެރިކަމާ "އަޅުވެތި" ނޫސްވެރިކަން އަދި ދަސްނުވަނީ. ދަސްވީމާ މިޒާތުގެ ވާހަކައެއް ނުދައްކާނެ.

    32
    2
  16. ހަސަން

    ހުރިހާވާހަކައެއް ދައްކާފައި ނިންމާލަމުން "އޭރެކޭ އެއްފަދައިން" މިހާރުވެސް އޮތީ ބިރުވެރިކަމޭ ބުނުން ދެކޮޅުނުޖެހޭ. ތެދެއް ޗެނަލް 13 ގެ މައްސަލަ ވަރަށް ޖެހޭ، އެމީހުންގެ ކޮންޓެންޓުތަކުގަ އިޖުތިމާއީ އާންމު މިންގަޑާ ހިލާފު ކިތަންމެ ކަމެއް ހުންނަކަން ގަބޫލުކުރަންޖެހޭ، ޔާމީނުގެ މިންގަނޑުންނަމަ ޗެނަލް 13 ބިލިއަނެއްހާ ރުފިޔާއިން ޖޫރިމަނާކޮށް އުވާލައިފީސް.

    8
    27
  17. ބަދަލުވަމުންދާ ސަޤާފަތް

    މިނިވަން ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި ދޮގު އިލްޒާމްތައް އަޅުވައި މީހުން ފަޟީހަތް ކުރުން ކަމަށް ދެކޭނަމަ ވަރަށްވެސް ދެރަ، ނޫސްވެރިކަމަކީ ޞައްޙަ މަޢުލޫމާތު ރީތި ގޮތުގައި ހާމަ ކޮށްދިނުން، ނޫސްވެރިކަމުގެ ޓެގް އަޅުވައިގެން ތިބެ މުޖުތަމަޢު ފަސާދަކޮށް މީސްތަކުންގެ އަބުރު ކަތިލުން އެއީ ބަލައިގަނެވޭނެ ނޫސްވެރިކަމެއްނޫން. އަދި ދުނިޔޭގެ އެއްވެސް ޤައުމެއްގައި އެގައުމުގެ މިނިވަންކަމާއި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ޚަބަރެއް ނުލިޔެވޭނެ، ކަނޑައެޅިގެން ފާޅުގައި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެތަށްކަމެއް ހިނގަމުންދާ އިރު ބައެއް ނޫސްތަކުން އެޚަބަރު ލިޔެ ގެނެސް ދީފައި ނުވާކަން ފާހަގަ ކުރެވެއެވެ. ނޫސްވެރިން ނަކީ ވަރަށް މުހިންމު ބައެއް ޒިންމާއެއް ބޮލުގައި އެޅިފައި ތިބިބައެއް، ވީމާ ޒިންމާދާރުކަމާއި އެކު ލިޔާނަމަ ކިޔާނެ އެއްޗެއް ނޯންނާނެއެވެ. ނޫސްވެރިން ނަކީ މީހުންގެ މައްޗަށް ޙުކުމްކުރަން ތިބޭ ބަޔަކަށް ވެއްޖެ ނަމަ އެއީ ރަގަޅު ގޮތުގައި ކުރެވޭ ނޫސްވެރިކަމަށް ނުވާނެއެވެ.

    19
  18. Anonymous

    މި އާޓިކަލްގައި ދޮގު މައުލޫމާތު އެބަހުތިކަނެ ޔަގީންވާތީ ބުނެލަން، ރ.ޔާމީނު ފަހަރެއްގައިވެސް ވިދާޅެއްނުވޭ ހުރިޔާ ނޫސް އެޖެންސީއަކަށް ހިންގަނީ އިންޑިއަން އެމްބަސީން ލާރިހޯދައިގެންނޭ، އެމަނިކިފާނު ބިދާޅުވީ އިންޑިއަން އެމްބަސީން ލާރިހޯދައިގެން މިގައުމުގައި ހިންގާ ނޫސް އެބަހުއްޓެވެ.

    34
    2
  19. ރަންނަމާރި 19

    ހަމަ ވިކިފަ ތިބި ބައެއް ތީ. ޔާމީނު ނޫން ކޮންމެ މީހަކު ބުންޏަސް. ތެދެއް ވާނީ ތެދައް. ދޮގު މައުލޫމާތު ފެތުރުން ނޫންކަމެއް ތިމީހުން ނުކެރޭ. 100.99% އަކީ ހަމަ ދޮގު. ވާހަކަ.

    32
    1
  20. Anonymous

    މި އާޓިކަލްގައި ދޮގު މައުލޫމާތު އެބަހުތިކަނެ ޔަގީންވާތީ ބުނެލަން، ރ.ޔާމީނު ފަހަރެއްގައިވެސް ވިދާޅެއްނުވޭ ހުރިޔާ ނޫސް އެޖެންސީއަކަށް ހިންގަނީ އިންޑިއަން އެމްބަސީން ލާރިހޯދައިގެންނޭ، އެމަނިކިފާނު ބިދާޅުވީ އިންޑިއަން އެމްބަސީން ލާރިހޯދައިގެން މިގައުމުގައި ހިންގާ ނޫސް އެބަހުއްޓެވެ. މިގޮތަށް ވިދާޅުވި ވާހަކައަކަށް ނުބުނެވޭނެ މިއީ ހުރިހާ ނޫސް އިދާރާތަކަށް އަމާޒުވާ ވާހަކައެކޭ. ނޫސްވެރިންނަށް އޮޅުންއަރާކަމަށްވަންޏާ އިތުރަށް ސާފުކޮއްލަން ވީޑިއޯ ބަލާލަން ވީނޫންތޯ؟؟ކިތަންމެވަރަކަށް ރައްޔިތުން އޮޅުވާލަން އުޅުނަސް ފުކެއް ބޮޑުވަރު.

    33
    1
  21. ހަލަމްގަން

    މުޅި ހަޔާތް އެހޭދަކޮށްލަނީ ދޮގާ މަކަރާ އޮޅުވާލުމާ ވައްކަން ކުރުމުގަ މީނަ ހީކުރަނީ އިއްޔެވީ ކަންތަކާ އިއްޔެ މީނަކުރިކަންތައް މިހާރު އަހަރުމެން ހަނދާންނެތިދާނެކަމަށް

    6
    27
  22. ފާއިޒް

    ކަލޭގެ ގަމާރުކަން ދޯ ރިލުވާނު އަދި ޔާމިންގެ ކަންތައް ހިނގީ ރައީސް ޔާމިން ވެރިކަމުގައެއް ނޫން ގަމާރާ..

    20
    6
    • ޢަލިބެއްޔާ

      ފާއިޒު ކަލޭ ހަމާގަތޯ ތިހުރީ ނޫނީ ޔާމީނު އަދީބު މެދުވެރި ކޮށް ބެހި ލާރި ލިބުނުނީތޯ.. ބަލަ ޔާމީނުގެ ވެރިކަމުގަ ރިލުވާނު ގެއްލިގެން ނޫސްވެރިން ޔާމީނާ ސުވާލު ކުރީމަ ޔާމީނު ދިން ޖަވާބު ހަނދާން ނެތުނީތޯ؟ ރިލުވާނުގެ ގާތިލުންކަމަށް ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފޮނުވާލީ ވެސް ޔާމީނުގެ ވެރިކަމުގައެވެ.ޔާމީނު ރަޝީދު މަރާލީވެސް ހަމަ ޔާމީނު ވެރިކަމުގަ ހުންނެވި ދުވަސްވަރުގަ

      3
      15
  23. Anonymous

    ޔާމީންގެ ވެރިކަމުގައި ނޫސްވެރިކަމަށް "އަނދިރި" ދުވަސްތަކެއް!

    އަބުރުގެ ގާނޫނުގެ ނަމުގައި ގާނޫނެއް ފާސް ކުރުން.
    އަބުރުގެ ގާނޫނުގެ ދަށުން މީޑިއާތަކަށް ފިޔަވަޅު އެޅުން.
    ހިޔާލުފާޅުކުރި ބްލޮގަރަކު އެއް އަހަރު ޖަލުގައި ބޭއްވުން.
    ނޫސްވެރިންނަށް އެކިއެކި ދައުވާތައް ކުރުން.
    މީޑިއާތައް ޖޫރިމަނާކޮށް ބިރު ދެއްކުން.
    ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން "ހަވީރު" ނޫސް ބަންދު ކުރަން ޖެހުން.
    ނޫސްވެރިކަމުގެ ހައްގު ހޯދަން ނޫސްވެރިން މަގުމައްޗަށް ނުކުތުން.
    މީސްމީޑިއާގައި ސަރުކާރާ ދެކޮޅަށް ހިޔާލު ފާޅުކުރާ މީހުން ރާއްޖެ ދޫކޮށް ދާން ޖެހުން.
    ނޫސްވެރިޔާ އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނު.
    ބްލޮގަ ޔާމީން ރަޝީދުގެ މަރު.
    ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލުން.
    ރައީސްގެ އަބުރާ ބެހިގެން ނޫސްތަކުގެ މައްސަލަ މީޑިއާ ކައުންސިލަށް ފޮނުވުން.
    މިއީ މިނިވަން ނޫސްވެރިކަން ހިނގުމަށް އެޅިފައިވާ ހުރަހެއްކަމުން މިފަދަ ކަންކަން ތަކުރާރު ވިޔަ ނުދެން ހުރިހާ ފަރާތްތަކަކުން މަސައްކަތްކުރުމަކީ މިޤައުމުގެ ރައްޔަތުން ގޮވާ ގޮވުމެކެވެ.

    3
    24
  24. Anonymous

    ދެން ކޮބައިތޯ މީޑިއާތަކުގައި ހުރި މައްސަލަތަކުގެ ވާހަކަ..

    22
  25. ހެހެހެކެކެ

    ބައެއް ނޫސްވެރިންނޭ މިކިޔާ މީހުންގެ ވާހަކަ އެއީ. ހުރިހާ ނޫސްވެރިންނެއް ނޫން... ނޫސްވެރިން ހީ ނުކުރާތި ތީ މަލާއިކަތުންނޭ... ތިވެސް އާދައިގެ ދެރަވަރު ބައެއް. އޮޅިގެން ނޫލޭތި.

    33
  26. ސައްފަތު

    ރައީސް ޔާމީންގެ މައްސަލަ ސްޕްރީމް ކޯޓުގައި ސާބިތު ނުވެ ނިމުނުނަމަވެސް ރައީސް ޔާމީނަކީ މިގައުމުގައި ވެރިކަން ކުރަން ފުދޭ މީހެއްނޫން. އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނާއި ސިޔާސީ މީހުންނަށް ދީފައިހުރި އަނިޔާއަށް ބަލައިފިނަމަ އެނގެނީ އަދިވެސް އެކަން އެމީހުންގެ ހިތްތަކުން ފިލައިގެން ނުދާކަން. އޭރު ޖަލަށް ލެވުނު ސިޔާސީ މީހުން ނުވަތަ އެމީހުންގެ ތެރެއން ބަޔަކު ޔާމީނާ ނުގުޅި މިގައުމުގެ ވެރިކަން ޔާމީނަށް ލިބޭނެ ގޮތެއް އޮތްކަމަކަށް ނުފެނެ.

    5
    34
  27. ބެދިބަދަންކޮ

    ޕޕޕ ގެ ބޮޓުންތައް ވަރަށް ބޮޑަށް ރުޅިއައިސްފި ހުރިހާ ބޮޓުންތައް މިއޮއް ކޮމެންޓުކޮށް ނަގަނީ އެމީހުންގެ ބޮސްގެ ދިފާއުގަ ބޮސްއަކީ ދޮގާ މަކަރާ އޮޅުވާލައިގެން އުޅޭމީހެއް

    2
    27
  28. މޮހޮރު

    ރަނގަޅައްވެސް ގިނަ ނޫސްވެރިން ތިބީ އިންޑިއާ ގުނގުގައި ތާށިވެފަ ޔާމީން ބުންޏަސް ތެދެއްވާނީ ތެދަކަށް،

    17
    1
  29. މަބޭ

    އޭރުސަރުކާރާ ދެކޮޅައްލިޔަމުންގެންދިޔަ ނޫސްތައް އަދި މީޑިޔާތަކު ގެބައެއްވެރިން މިހާރުތިބީ ސަރުކާރު އިސްމަގާގުތަކުގަ

    17
    1
  30. މީދޯ ޕީޕީ ކުދިން އެހެންކިޔާ ސަބަބަކީ!

    ނޫސްތަކުގައި ރައީސް ޔާމީނާއި އިދިކޮޅަށް ވާހަކަ ލިޔަނީ އިންޑިއާ އެމްބަސީން ފައިސާ ނަގައިގެންނޭ، ޕޕމ ޢާއްމު މެމްބަރުންގެ ގޮތުގައިތިބި، މަގޭ ބައެއް ގާތް މީހުންވެސް ބުނާތީ އަޑުއަހަމެވެ. އަދި ކިރިޔާ މިއެނގުނީ، އެމީހުން އެގޮތަށް ޤަބޫލުކުރާ ސަބަބު! އެމީހުންގެ ބޮލުތެރެއަށް އެކަން ވައްދައިދޭ ނުބައިބައި ބޮހަކީ ރައީސް ޔާމީނެވެ. ހަރުބަހެއްގައި އޮވެއެވެ. (ހަސަނަށް ހީވާނެޔޭ، ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެޔޭ). ރައީސް ޔާމީނަށްވެސް އެވަނީ ހަމަ ހަސަނަށްވެސް ވާގޮތެވެ.

    1
    17
  31. ސައްދު

    މިތާގަ ނޫސްވެރިންނޭ ކިޔާފަ ތިބެނީ ޕުރޮފެޝަނަލް ބަޔެއް ނޫން.. އެކަން ދެން ފަހަރަކުން ހައްލު ކޮއްލާނަން.

    16
  32. ރަގަޅުވާހަކަ

    ތިޔަ ހުރިހާ ވާހަކަ ލިއެ ނިންމާލިއިރު އިންޑިއާއިން މިގައުމުގެ މީޑިއާތަކަށް ފޯރުވާ އަސަރުގެ ވާހަކަ ނުލިއުނީ ނޫނީ އެމީހުން ބާރެއް ނުފޯރުވައޭ ސާފުކޮށް ލިއެލިނަމަ ވަރަށް ފުރިހަމަވީސް. އެއީ ނުހިނގާ ކަމެކޭ ނޫނީ ހިނގާ ކަމެކޭވެސް ނުލިއުނީ ކީއްވެބާ؟

    11
  33. އަންނިޚައި

    ގައުމަށް ގައްދާރުވި ނޫސްވެރިން..
    އަމިއްލަ ފޮށަގަނޑު ވިއްކާލި ނޫސްވެރިން...

  34. ޗޫސްޕީލޯ

    ކޮން ކަނޑުކޮހެއް ޤަބޫލުކުރާނީ.. ނޫސްތަކަކީ ޙަޤީޤަތް ހާމަކޮށްދީ އިންސާފު ހޯދަން އުފައްދާ އެއްޗެއްކަމަށް.

    ނޫސްވެރިކަމަކީ ވިޔަފާރިއެއް.. އެގަންނަން އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް އެމީހުން ލިޔުންތައް ވިއްކާނެ!

    އެހެންވެ ޤާނޫނެއް ބޭނުންވަނީ.. ނޫސްވެރިން ހިތައް އެރިހާ ގޮތަކަށް އުޅެވިޔަ ދީގެން ނުވާނެ!

    3 ޝަރުޢީ އަދި ޤާނޫނީ އިމުގެ ތެރެޔަށް އެމީހުން ޖެހޭނެ ވައްދަން އެއީ ކޮންމެ ސަރުކާރެއް އޮތަސް..

    ފިލްމުކުޅުމަކީ ރާއްޖޭގައި މަނާކަމެއް ނޫން! އެހެން ނަމަވެސް އޮރޔނ ފިލްމު ކުޅުމަކީ މަނާކަމެއް..

    ހަމަ މިގޮތަށް ނޫސްވެރިކަމަކީ ވެސް ހުއްދަ ކަމެއް.. ނަމަވެސް ފިތުނަ އުފައްދާ، ޤައުމުގެ މިނިވަންކަން ނަގާލަން އުޅެންޏާ.. ނޫސްވެރިކަމޭ ޖޫސްޕެޓީއޭ ކިޔާކަށް ދޫކޮށްލެވިގެން ނުވާނެ!

  35. Anonymous

    އިންޑިއާއެމްބަސީއިން ހިންގާނޫސްތައް

    10
  36. Anonymous

    ނޫސްވެރިންނޭ ކަލޭމެން އެބަޖެހޭ އިހްލާސްތެރިވާން ޔާމިން ދައުރުގެ ފަހުބައިގަ މިހާރުނޫހުން ވޜައްބޮޑައް ޔާމިން އާޖއްސަާލައިގެން އުޅުނު

    10
  37. އިބްރާހިމް

    ދަންނައޭޭ. އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރޭގައި އަބުރު ހިމެނެއެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައި މީހުންގެ އަބުރު ކަތިލުން ބަލައެއް ނުގަނެވޭނެއެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.

  38. ޥާރޭ

    ޔާމިން ހެދީރަނގަޅައް އިންޑިޔާ ލާރީގަ ޖެހިފަތިބި ބަޔަކު ނޫސަވެރިންގެ ގޮތުގަ އެބަހުރި.

  39. ސަޖާ

    އެމްޑީޕީ ވެރިކަމެއްގައި ހުރިހާ ނުބައެއް ރައްޔިތުންލައްވާ ނަޝީދު އަަޑީގައި އޮވެހައްދާނެ! އޭނަ ހުންނާނީ އަޑީގައި ފިލާ، މިހުރިހާ ނުބައިކަމެއްގެ ޝައިޠާނާ ގެ ސަބަބުން ރައްޔިތުންނާއި ނޫސްވެރިންނާއި ހުރިހާ ތަނެއް މިއަދު ހަލާކުވެބަނގުރޫޓްކޮށްލާފި

  40. އައްޑޫ

    ތިޔަރިޕޯރޓުން ޔާމީން އެވިދާޅުވި އެމްބަސީ އިން ފާއިސާ ދޭވާހަކަ އަށް އިޝާރާތް ނުކޮށް ހޮޅިވާހަކަލިޔުމުން ތިޔަރިޕޯރޓަކީ ވެސް ފާއިސާ އަށް ލިޔުނު ރިޕޯރޓަކާއި މެދު ޝައްކު… އހ

  41. ބިންބި

    އިބޫ ބުނީ ކަލޭ މެން މަހަށް ދާށޭ. ތިމަން މެންގެ ވާހަކަ ލިޔަން ވާނީ ހާއްސަކޮއް ތިމައްނަޔަށް ނިސްބަތް ކުރަން ޖެހޭނީ އިސް ލީޑަރު ގެ ލަގަބުން ކަމަށެވެ. ވީމާ މިލިޔުން އިސްލާހު ކޮއް އިބޫ ގެ ނަންގަނެފަވާތަން ތަނުގެ ކުރިޔައް އިސް ލީޑަރު އިތުރުކުރަން އަންގާކަމަށެވެ.

  42. މޮޅު

    އިސްލީޑަރު ލެފްޓް ދަ ޗެޓް