އިދިކޮޅު ޕީޕީއެމް އިން ހުޅުމާލޭ ހިޔާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމުމާއިއެކު ޖަލްސާއަށް ހުރަސް އެޅުމުގެ މަސައްކަތް ސަރުކާރުން މިއޮތީ ފަށާފައެވެ. ފުރަތަމަ އެޗްޑީސީގެ ބަޔާނަކުން ދިން އިންޒާރަށް ޕީޕީއެމް އިން ސަމާލުކަމެއް ނުދީ ޖަލްސާގެ ތައްޔާރީތައް ފެށީ ބުދަ ދުވަހު ހަވީރުއެވެ. އެއާއިއެކު ފުލުހުންގެ ދެތިން ފައުޖު އެސަރަހައްދަށް ގޮސް މުޅި ސަރަހައްދު ބަންދުކޮށް، ބެރިކޭޑް ޖަހައި، ކުށުގެ ވެއްޓެއްހެން ޓޭޕް ދަމައި، ކޮންމެ ބެރިކޭޑެއް ބަލަހައްޓަން ފުލުހަކު ބަހައްޓައިފިއެވެ. ފުލުހުންގެ ވެސް ނިންމުމަކަށްވީ އެޗްޑީސީގެ ހުއްދަ ހޯދުމެއް ނެތި ހިޔާ ސަރަހައްދުގައި ޕީޕީއެމް އިން ޖަލްސާއެއް ބާއްވައިގެން ނުވާނެއެވެ. ހުއްދަ ނެތި އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވެއެވެ. ރަނގަޅު ވާހަކައެކެވެ. ނަމަވެސް ފުލުހުންގެ މިނިންމުމާއިއެކު އުފެދޭ ސުވާލުތައް އެބަހުއްޓެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިތާ ތިން މަސްދުވަސް ފާއިތުވެގެން ދިޔައީއެވެ. ފްލެޓްތަކުގެ ތިރީގައި ވެހިކަލް ޕާކް ކުރަން އޮތް ޖާގަ އާއި ސިޑިތަކުގެ މަތީގައި ޒުވާނުން މަސްތުވާތަކެތި ބޭނުން ކުރަން ބިއްޖެހިފައި ތިއްބާ ފެނިފައި ވަނީ މަދެއްކޮށެއް ނޫނެވެ. އެތައް ބަޔަކު އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮއްކޮށް ވަރުބަލިވެއްޖެއެވެ. ފޮޓޯ އާއި ވީޑިއޯތައް މީޑިއާގައި އާއްމު ކޮށްފިއެވެ. ނަމަވެސް ފުލުހުން ކަހާ ކަންފަތް ހިރުވާވެސް ނުލައެވެ. އެއީ ކީއްވެ ހެއްޔެވެ؟ ހިޔާ ފްލެޓްތަކުގައި މަސްތުވާތަކެތި ބޭނުން ކުރަން ފުލުހުން ނުވަތަ އެޗްޑީސީން ހުއްދައެއް ދީފައި އޮތީ ހެއްޔެވެ؟ އެފަދަ ހުއްދައެއް ނެތްނަމަ ޔަގީނުން ވެސް ފުލުހުން އެކަން ހުއްޓުވާނެތާއެވެ. ޕީޕީއެމްގެ ޖަލްސާ ހުއްޓުވަން ފުލުހުން ނިންމި ނިންމުން މަސްތުވާތަކެތީ ބޭނުން ކުރުމުގެ މައްސަލައަށް ތަދުބީރު ކުރުމުން އުފެދޭ ސުވާލަކީ މިއީއެވެ.
ހިޔާ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރުމުގެ ނަތީޖާއަކަށް ވެފައި ވަނީ އެތަން ހަމައެކަނި މަސްތުވާތަކެތީގެ ހާއްޔަކަށް ވެގެން ދިއުމެއް ނޫނެވެ. ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމަން އެތައް ބަޔަކު ދަރަނިވެރިވެގެން ހޯދި އެތައް މުދަލެއް ވެސް ވަގަށް ނަގައިގެން ގެންގޮސްފިއެވެ. ދޮރުތަކުގެ ތަޅު ހަލާކު ކޮށްލައިގެންނާއި އަދި އެހެނިގެން ގޮތް ގޮތުން ވެސް އެތައް ވައްކަމެއް ކޮށްފިއެވެ. މިކަމުގެ ކަންބޮޑުވުންތައް ރައްޔިތުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވެއްޖެއެވެ.
ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމަކީ ސަރުކާރަށް ނޭނގި ތިއްބާ ކުއްލިއަކަށް ކުރިމަތިވި ކަމެއް ނޫނެވެ. ހިޔާ ފްލެޓްތަކަށް މީހުން ވަންނަން ތައްޔާރުވަމުން އަންނަ ކަމާއި، އެތަނުގައި 6800 ފްލެޓަށް 35000 އެއްހައި މީހުން ދިރިއުޅުން ބަދަލުކުރާނެ ކަމީ އެންމެނަށް ވެސް އެނގޭ، އަދި ސަރުކާރަށް މާބޮޑަށް ސާފުވެފައި އޮންނާނެ ކަމެކެވެ.
ނަމަވެސް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ބިލިއަނަކަށް ވުރެ ރުފިޔާ ހަރަދު ކުރަމުންދާ ފުލުހުންގެ މުއައްސަސާ އިން ވެސް އެކަމަށް އެއްވެސް ތައްޔާރެއް ނުވިއެވެ. ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު ޕޮލިސް ސްޓޭޝަނެއް ނެތެވެ. މިހާރު ފުލުހުންގެ ހިދުމަތް އެސަރަހައްދުގައި ފަށާފައި ވީނަމަވެސް އެތަނުގެ އާބާދީ އާއި އެއްވަރަށް، އަދި ސަރަހައްދުގެ ބޮޑު މިނާއި އަޅައި ބަލާއިރު އެކަށީގެންވާ އަދަދަކަށް ފުލުހުން ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މުޅި ސަރުކާރާއި ހަވާލުވެގެން، ހުރިހާ ކަމަކަށް ގޮތްފާޑު ވިދާޅުވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އަންނަން އޮތް ސަރުކާރުތަކުން ވެސް ހިޔާ ފްލެޓުގެ އަމަން ބެލެހެއްޓުމަށް އުޅޭނެ. ނޫޅޭ އެއްވެސް ސަރުކާރެއް ނޯންނާނެ. އެކަމަކު އެއީކީއެއް ކުރެވޭނެ ނުވަތަ ކުރަން ފަސޭހަ ބާވަތުގެ ކަމެއްގެ ގޮތުގައެއް އަޅުގަނޑަށް ޔަގީން ކަށަވަރު އެއްވެސް ސަރުކާރަކުންނެއް އެއްބަހެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ހިޔާ ފްލެޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ގުޅޭ ގޮތުން ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ 16 ޓަވަރުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް 56 ފުލުހުން ބޭނުންވާނެކަމަށެވެ. އެދުވަހު ކޮމިޝަނަރު ވިދާޅުވީ އެއަދަދަށް ފުލުހުން، ފުލުހުންގެ މުއައްސަސާގައި ނެތް ކަމަށެވެ.
ނަމަވެސް އިއްޔެ ފެނިގެން ދިޔައީ އެމަންޒަރެއް ނޫނެވެ. ސަރުކާރުން ބޭނުން ވުމުން ހިޔާ ފްލެޓް ސަރަހައްދުގައި ބޭނުން ވަރަކަށް ހަރަކާތެރިވާނެ ފުލުހުން ފުލުހުންގެ މުއައްސަސާގައި ތިބި މަންޒަރެވެ. އިއްޔެ ހަވީރުން ފެށިގެން ހިޔާ ފްލެޓް ސަރަހައްދު ވަށައިގެން ފުލުހުން ތިބެގެން، އެސަރަހައްދުގެ ސަލާމަތީ ކަންކަން ނިކަން ފުރިހަމަ އަށް ބަލަހައްޓަވައިފިއެވެ. އެހެންކަމުން އެނގިގެން މިދިޔައީ ހިޔާ ފްލެޓް ސަރަހައްދުގައި ކުށްކުރުން އިންތިހާއަށް ދާއިރުވެސް އެސަރަހައްދުން ފުލުހަކު ނުފެނިގެން އުޅެނީ ފުލުހުންގެ މުއައްސަސާގައި ފުލުހުން ނެތިގެން ނޫން ކަމެވެ. ހިޔާ ފްލެޓް ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ތުރާލެއް ކުރިމަތި ކުރެވެން އޮތީ ފުލުހުން ވެސް އެތަނަށް ނުގޮސް ކުށުގެ ވެށީގައި އުޅޭ މީހުން ބޭނުން ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ފަހިކޮށްދީގެން ކަމަށް ވާތީ ފުލުހުން އެތިއްބެވީ އެފުރުސަތު ތަނަވަސް ކޮށްދީގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބުނެފައި އޮންނަނީ ފުލުހުންނަކީ ޤާނޫނުއަސާސީއާއި، ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމަތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ހިދުމަތް ދޭން އޮންނަ މުއައްސަސާއެއް ކަމަށެވެ.
އެހެން ކަމަށް ވާނަމަ ޤާނޫނު އަސާސީގެ 21 ވަނަ މާއްދާ އިން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދޭ ދިރިހުރުމުގެ ޙައްޤާއި އަމިއްލަ މިނިވަންކަމާއި ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކަށަވަރު ކޮށްދިނުމުގައި ފުލުހުން ވަމުންދާ އިހުމާލުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟
ފުލުހުންގެ ޤާނޫނުގައި ރާއްޖޭގެ ޤާނޫނު އަސާސީއާއި އެއްވަރުގެ ދަރަޖައެއް ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކަށް ދީފައި އެބައޮތެވެ. އެހެން ލިޔެވިފައި އޮތްއިރު މިހާރު ކުރިއަރާފައި މިއޮތް ގައުމުތަކުން އިންސާނީ ޙައްޤުތަކުގެ އަސާސް ކަމުގައި ބަލައިގަންނަ ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަންރައިޓްސްގެ ހަތް ވަނަ މާއްދާގައި ބުނެފައި އޮންނަ އެއްވެސް ތަފާތު ކުރުމެއްނެތި، ޤާނޫނުގެ ހަމަހަމަ ރައްކާތެރިކަން ލިބިގަތުމުގެ ޙައްޤު، ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. އެރައްކާތެރިކަން ކަށަވަރު ކޮށްދީފައި އޮތް މާއްދާ އިން ލިބޭ ރައްކާތެރިކަމުގެ ހައްގު ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދިނުމުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުން ވަމުންދާ އިހުމާލުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟
ފުލުހުންގެ މުއައްސަސާ ޖަވާބުދާރީ ކުރުވަން އޮތް ފުލުހުންގެ ބޯޑު ކޮބައި ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިސް ކޮބައި ހެއްޔެވެ؟ މަޖިލީހުގެ ރައީސް ކޮބައި ހެއްޔެވެ؟ ހޯމް މިނިސްޓަރު ކޮބައި ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ކޮބައި ހެއްޔެވެ؟
މަންޒަރު ރީތި ކުރުމުގެ ބޭނުމެއް ނެތެވެ. ފެންނަ މަންޒަރަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުރެވެން އޮތިއްޔާ އޮތް ޖެއްސުމެއް ސަރުކާރުގެ ހުރިހާ މުއައްސަސާ އަކުން ވެސް ކުރަމުން އަންނަ މަންޒަރެވެ. އެހެން ނޫންނަމަ ތިން އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ހިޔާ ފްލެޓް ސަރަހައްދުން ފެންނާނީ މިހާރު އެފެންނަ މަންޒަރެއް ނޫނެވެ. ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ އެސަރަހައްދުގައި އަބަދުވެސް އެކަށީގެންވާ އަދަދަކަށް ފުލުހުން ބޭތިއްބޭނެއެވެ. ސެކިއުރިޓީ ކެމެރާތައް ހަރުކުރެވޭނެއެވެ. މަގުތަކުގައި ތާރު އެޅޭނެއެވެ. ވިޔަފާރި ކުރާނެ ފިހާރަތައް ހުންނާނެއެވެ. ކެފޭ ރެސްޓޯރެންޓްތައް ހުޅުވޭނެއެވެ. އަސާސީ ހިދުމަތްތައް ގާއިމު ކުރެވޭނެއެވެ. މިއިން އެއްވެސް ކަމެއް ނުވެ އޮތީ ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތުމުންނެވެ. މިކަންކަން ނުކުރެވި އޮތީ ސަރުކާރަށް ހުއްދައެއް ނުލިބިގެންނެއް ނޫނެވެ. މިކަންކަން ނުކުރެވި އޮތީ މިކަންކަން ކުރަން ބޭނުން ނުވުމުންނެވެ.
ނަމަވެސް ސަރުކާރުން ހަނދާން ކުރަން ޖެހޭ ކަމެއް އެބައޮތެވެ. އެއީ މިއަދު ހިޔާ ފްލެޓަށް ސަރުކާރުން ވަމުންދާ އިހުމާލުގެ އަގު ސަރުކާރުން އަދާކުރަން ޖެހޭނެއެވެ. އެއަގު އަދާކުރަން ޖެހޭނީ 2023 ގެ ރިޔާސީ އިންތިހާބުގައި ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އެއަށް ވުރެ ކުރިން ކަމަށް ވެސް ވެދާނެއެވެ.
ވަރަށް ފުރިހަމަ ލިޔުމެއް، އާދަމް ނަވާޒު.
މިހާރު އެމީހުން ތެޅިފޮޅެނީ. ސަލާމަ ސަލާމް ސަލާމް
“ބޮވެންވާނެ. ބޯން އެބަ ޖެހޭ” - މުރައިދޫ ގަނޑުވަރުގެ ރަސްގެފާނު
ނިންމާލަމުން ހާދަ ވަރުގަދަ އިންޒާރެއް ދެއްވާފައި ތި އޮތީ! ވިސްނާ ފިކުރު ކުރާބަޔަކަށް ހެޔޮ ނުބައި އިންގޭނެ ކަމަށް ދެކެން!
ހުޅުމާލެ ޕްލެޓްބިލްޑިންގް ތަކުގެ ސިޑިގޮޅިތަކައްވަދެ މަސްތުވާތަކެތި ބޭނުންކުރަންތިބުން އާންމުވެ އެތަންތާ ދިރިއުޅޭމީހުން ބޮޑު ބިރުވެރިމެއްގަތިބެން ޖެހިފަވަނީ ބިލްޑިންގްތަކުން ކަރަންޓްކެޑުމާ ފެންކަންޑާލުން ފަދަކަންކަން އެމީހުން ހިންގަމުންދާއިރު މިކަންކަން ފުލުހުންނަކައްވެސް ނުހުއްޓުވޭ އެޗްޑީސީއަކުންވެސް އަޅައެއްނުލާ ދޭޖަވާބަކީ ގާނޫނީކުށެއްކޮއްފިނަމަ އެޗަޑީސީއައް އެމީހުނާދޭތެރޭ ދައުވާކުރެވިދާނެޔޭ. ގާނޫނީކުށަކައްވަނީ ކިހާވަރެއްވީމަތޯ މީމިހާރު އުފެދޭސުވާލެއް.
ހުޅުމާލެ މަގުމަތީ އަދިދުވާރުމަތީ ސުކުލްތަކުކާރީ ހިނގާއެތައް ގާނޫނާއގަވާއިދާހިލާފު އަދިއެތައްބޭރުމީހުނެއްއުޅޭ އެކި⁶ންތައްތަކުގަ ވެސްގާނޫނާހިލާފައް ރާއްޖެއުޅޭ ގޫޅާލީ ހަލޯކޮންބޭފުޅެއްތޯ މީހޯދަދޭތަން ވަރައްދެރަ މީހާރުވެސްދަނީ މަޝްވަރާކުރެވެމުން ކީއްކުޜާނީ ބޯޑެއްނެއް ރޮނގެއްނެއް ގަވާއިދެއްނެއް ހުޅުމާލެ އަޅުގަނޑުމެންކުރާނެކަމެއްނެއް ތިކޮޅުންވެސް ގުޅާލާ އެޗައް ދެން މަތީބުރި ފާނާ ތަށިންލީކުވާ ނަޖިސް ތިރީ ފުލޯގެ ފާހާނާތަޝިމަތީ ހުއްނަމީހާބޮލާ އަނގަޔައް ނަޝީދުއެޅިކަމައްދައުވާކުރާ ޗައިނާފުލެޓްތަކުން ގުޅީ އެޗްނަގާފަ ބުނާނެ މިއައްނަނީ ބަލަން މިހާލުގަ އެތާމީހުންއުޅޭތާ 10 އަހަރުދެންވާނީ ވަރައްގިނަ ފޮޓޯއާވީޑިއޯތައްވެސް މީހުންގެންގުޅޭ މިތަންތަނުގެ މީލާރިނެގުައްފަހު އެތަނުންކުރާގޮތަކީ ނުކެރޭނެ އެޗް އިންބުނަން ކޮއްމެދުވަހަކު މީހުންގުޅާފަ ނުބަވައޭ ބޮލައްނަޖިސް ފާބާތީ
Male ga hakuru bonee City Council ge Hudda hodhaigentha
ބަލަ ތިޔަބުނާ މުހައްމަދު ނަޝީދު ބުނީ ބުރިޖެއް ނޭޅޭނޭ. ކާކުތޯއޭ ގަބޫލު ކުރާނީ ކިހިނަކުންތޯއޭ އެކަމުގެ އިންޖިނިއަރުން ހޯދަނީ. ކަންކޮށްފަ އެއޮތީ ފެންނަން. ފުލް ސެކިއުރިޓީގަ ބޭސްފަރުވާއަށް ދިޔައީ ނޭޅޭނޭ ބުނި ބުރިޖުގަ. ކަންކުރަން އެނގޭ މީހުންނާ ނޭނގޭ މީހުން އުޅޭނެ. ނޭނގެންޏާ އެނގޭ މީހުންކައިރީ އަހައިގެން ދަސްކުރާނީ ނޫނީ އެނގޭ ބަޔަކާ ހަވާލުކޮށްފަ ގޭގަ އޮންނާނީ އަނގަ ނުތަޅުވާ.
ސާބަސް ވަގުތު. ކަލޭމެންގެ ފެންވަރު އިނގިއްޖެ. މިވަރު ގަމާރު ހަބަރެއް ދުނިޔޭގެ އެއްވެސް ނޫހެއްގަ އަދި ނުޖަހާ. ޕުލިޓްޒަރ ހޯދަން ޔާމިނު ކައިރިއަށްދޭ އަވަހަށް.
ސަތޭކައިގެ ބަރާބަރު ލިޔުމެއް. މީ ނޫސްވެރިންނަކީ. ހައްގަށް ނިކަންކެރިގެން މިހެންލިޔަން ނޫސްވެރިންނަށް ގޮވާލަން.
މިއޮތީ މިލިޓަރީ ސްޓޭޓެއް. ސޯލިހަށް ކިތައް ދުވަހު ވެރިކަމުގައި ދެން ހުރެވޭނެބާ؟
އިދިކޮޅުން ކޮންމެ ހަފްތާއަކު އިއުލާނު ކުރާތި ހިޔާ ސަރަހައްދުގައި ޖަލްސާ ބާއްވާކަމަށް. އޭރަށް، ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް، 4 ދުވަހަށް ރައްކާތެރި މާހައުލެއް ލިބޭނެނު.
އިދިކޮޅު ހަރާކާތެއް ނެތިއްޔާ ފުލުހުންބުނާނެ ޕާޓޭންނާ ވަގުންގެ ކަންތައް ބަލަހައްޓަން ފުލުހުންނާ ރިސޯސްއެއް ނެތޭ! މިހާރު އެބައެނގެއެއްނު ފުލުހުން އޮތްވަރު ތަކެތި އޮތްވަރު.
ފުލުހުންގެ މުއައްސަސާގެ މައްޗަށް ދައުވާ ކުރަންޖެހޭ. އެމީހުންގެ ސަބަބުން ރައްޔިތުންނަށް ލިބޭ އަނިޔާއަށް އެތަނުގެ ވެރިން ޒިންމާވާންޖެހޭނެ.
ވަރަށް ފުރިހަމަ ލިޔުމެއް ކަމެއް ކުރަން ނޭގޭބަޔަކަށް އެއްކަމެއްކުރާކަށްވެސް ނޭގޭނެ ބަޖެޓު ދިރުވާލާއިރުވެސްކޭހުރިހާ ގޮތެއް ރަތްޔަތުން ތިބީ ބަލަން ބޯބުރާންތި ސަރުކާރުއިސްތިއުފާދީފައި ކުރެވޭނެ މީހުން ނާއި ހަވާލުކުރޭ ލަފުގަހިފާބޭލުމުގެކުރިން
ލިޔުން ބުނާގޮތުން ހަކުރު ބޯމީހުން ޕީޕީ ކުދިންނާއެއްވަރު ކޮއްލީތާ
މާލޭގަ ހަކުރެއް ނުބޮއެތަ؟ ސުރުހީ ކިޔައިފަ ހަބަރު ކިޔަން ފޫހިވެގެން ނުވެސް ކިޔަން.
ސާބަހޭ ނަވައްޓޭ. 100ކައިގެ ސުރުހީއެއް. ތި ސުރުހީ ކިޔާފަ ފުލުހުންޖެހޭނީ ހަމަ ވަގުތުން ފުލުހުންގެ ޔުނީފޯމު ބާލާފަ އިސްތިއުފާދޭން.
ބެލެހެއްޓޭނެ ކީއްވެ ނުބެލެހެއްޓެންވީ އެއީބޔާމީނުގެ ވެރިކަމުގަ ފަށާފަވާ ކަމަކަށްވާތީބާ! ބަލަ ޔާމީނަކަސް އަންނިއަކަސް އިބޫއަކަސް ރައްޔިތުން ނަށް ކޮށްދޭ ކަންތައް. ބޮލުން ނައްޓާ ލީމަ ހުރިހާ ކަމެއް ނިމުނީ ތިމާއަށް އެބަހުރި ވިއްޔަ މީހަކށް ބަލާވެސް ނުލެވޭފަދަ ރައްކާތެތި ގެއަކާއި އަދި ކޮންމެ އިނގިއްޔަކަށް ބޮޑީ ގާރޑެއް. ޜައްޔިޔުން ބިކަ ތެޅެންވީ. ޥަރަށް ތާހިރެއްނު
ތިން އަހަރު ދުވަސް ވެގެން ދިޔަ އިރު ކެފޭ ރެސްޓޯރެންޓް، ކެމެރާ އާއި ފިހާރައެއް ނޯންނާނެއޭ ލާދީނީ ނަޝީދުގެ ބަހަށް ހެއްލިގެން އުމްރާނީ ތަރައްގީ ބޭނުމެއް ނޫނޭ ކިޔައި ސަރުކާރު ބަދަލު ކޮއްލީމަ
ހަކުރުބޯން ހުއްދަ ނަގަންޖެހެނީ ކޮންމުއަށް ސަސާއަކުން
ޢިމްރާނީ މުއައްސަސާ
ތިބުނި މީހުންގެ ކުރިމަތީގަ އަހަރުމެންނަކީ އެއްވެސް ބިޔަކަށް ނުވާކަން ހާމަވެއްޖެއެވެ އަހަރުމެންނާ ޖެހޭނީ ރިޔާސީ އިންތިހާބުގައެވެ ނަމަނަމަ ހަދާންކުރާތި އންތިހާބަށް ކައިރިބެގެން އަންނައިރު އަހަރުމެންނާހިސާބަށް ވޯޓްހޯދަން ނާންނާތި
ވެރިން ވެރިކަން ކޮއްފައި ތިބޭ ބޭފުޅުންގެެ ދަރިން ކޮއްކޮއިން ބޮނީ ހުއްދަދީގެން މަސްތުވާތަކެތި ދީގެންތޯ؟
ފިރުއައުނެކޭ ސޯލިހެކޭތަފާތެއްނެތް މީނަވެސް ހީކުރަނީ ދުނިޔެނިމެންދެން އިންޑިއާގެ އެހީގައި ވެރިކަން ކުރެވޭނެ ކަމަށް.
56 ފުލުހުން އިންޑިޔާއިން ގެންނަންވީނު... ފުލުހުން ގެމުވައްސަސާގަ ކިތައް ފުލުހުންތޯ ތިބީ...ކަންކަން ނުބައްޏާ އިސްތިެުފާދެއްވާ.. އެތަނަށް ބޭނުންވާނީ 20 މީހުން އެތަން ބަލަހައްޓަން.. އެހެންވީމަ 55 މީހުންތާ އުޅެނީ..ކޮވިޑްޖުރުމަނާ ކޯށޤ ތަޅަންވީމަ ވަރަށޤ ފުލުހުން ގިނަދެއްތޯ
ލިޔުމުގެ ނިންމާލުން ވޯޓްލާދުވަހު ކިޔާލުމަށް ރައްކާކުރައްވާ..ވ ރަނގަޅުވާޙަކައެއް. ސަރުކާރުން ދެން ކުލިކުޑަކުރިއަސް މިމީހުންނަށޤ ވޯޓްނުދެއްވާތި. ހަމަހޮވޭއިރަށޤ ކުލިޑަބަލަކުރާން ވިސްނާ ބޭފުޅުންނޭ
ހަކުރު ބޯން ޖެހޭތަ ހުއްދަ ހޯދަން؟ ހަކުރު ބޯން ހުއްދައަށް އެހެން އޮވޭތަ؟ ހަކުރު ބޯން ހުއްދަދޭ އިދާރާއެއް އޮވޭތަ؟ ދައްކާނެ ވާހަކައެއް ނެތިއްޔާ ބަސްއަހާލައިގެން ގޭގަ ތިބެބަލަ.! ނޫނީ ޔާމިނާއެކު ހައްޖަށް ދޭބަލަ!