"ވަގުތު" ނޫހުގައި މަސައްކަތް ކުރާ ޒުވާން ނޫސްވެރިންގެ އެވްރެޖް އުމުރު، 30 އަހަރަށް ވުރެ ދަށުގައި އުޅުނަސް، މިދިޔަ އަހަރަކީ ވަރުގަދަ އެތައް ރިޕޯޓުތަކެއް ކިޔުންތެރިންނާ ހަމައަށް ގެނެސް ދިން އަހަރެކެވެ. ދިވެހިންގެ ތެރޭގައި "ވަގުތު" ގެ އެތައް ރިޕޯޓެއް ވަނީ މަގުބޫލުވެފައެވެ.

ރާއްޖޭގައި އެންމެ ގިނަ ބަޔަކު ކިޔާ، "ވަގުތު" ގައި ތިބި ނޫސްވެރިންނަކީ ހަބަރުތަކުގެ އިތުރުން މައުލޫމާތާއި އިންޓަވިއުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޝައުގުވެރިވަނިވި އެތައް ލިޔުންތަކެއް ލިޔަމުން އަންނަ ބައެކެވެ. އެއީ ރާއްޖޭގެ އެންމެ މޮޅު ނޫސްވެރިންނާއި އެޑިޓަރުންނާ "ފައިހަމަ"ކޮށްލެވޭ ވަރުގެ ލިޔުންތަކެކެވެ.

މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ކީ "ވަގުތު 26 ތަހުގީގު: ކާށިދޫ ކަނޑުން ބަތަލަކަށް، ފަހަތުގައި މަސްތުވާތަކެތީގެ އަނދިރި ވިއުގައެއް!" އަކީ އޭގެ އެއް މިސާލެވެ. "ވަގުތު" ގެ މެނޭޖިން އެޑިޓަރު މުހައްމަދު އަޒްހީމް އަޒީޒް ލިޔުއްވި އެ ރިޕޯޓަކީ މިދިޔަ އަހަރު "ވަގުތު" ގެ އެއް ވަނައެވެ.

ތަހުގީގު ނޫސްވެރިކަމުގެ ދާއިރާ އިން އެވޯޑު ހާސިލް ކުރި އަޒްހީމް، ވަނީ މި ރިޕޯޓަށް ވިއްސަކަށް ދުވަސް ހޭދަ ކުރައްވައިފައެވެ. އެއީ ނޫސްވެރިކަމުގެ ހަޔާތުގައި އޭނާ ކުރެއްވި އެންމެ ބުރަ އެއް މަސައްކަތެވެ. އެއީ ކާމިޔާބު މަސައްކަތެއް ކަން އެނގެނީ ކިޔުންތެރިން އެ ރިޕޯޓު ބަލައިގަތީމައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 18 ވަނަ ދުވަހު ދިވެހިން ސިއްސުވާލި އެއް ހަބަރަކީ ކ. ކާށިދޫ ކަނޑަށް ޒުވާނަކު ވެއްޓި ގެއްލިގެން އުޅޭ ކަމުގެ ހަބަރަށެވެ. ކާށިދޫ ކަނޑަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކަނޑުތަކުގެ ތެރޭގައި ހިމެނޭ އެއް ކަނޑެވެ. އެކަމެއް ހިނގުމުގެ ކުރިން ވެސް ހިތްދަތި ހާދިސާތަކެއް އެ ދުވަހު ދިވެހިންނަށް އަޑު އިވުނެވެ. އެއީ ދިވެހި އެތައް ބަޔަކު ކަންބޮޑުވި ހާދިސާތަކެކެވެ.

"އެތައް ބަޔަކަށް ސިހުން ގެނުވައި، އެތައް އާއިލާއެއް ރޮއްވާލި ހާދިސާތަކެއް އެދުވަހު ދިވެހީންނާ ކުރިމަތިވެގެން ދިޔައެވެ. މިގޮތުން ކާށިދޫ ކަނޑަށް ޒުވާނަކު ގެއްލިގެން އުޅޭ ވާހަކަވެސް އެ ދުވަހު ވެގެންދިޔައީ އެ ހިތްދަތިކަމުގެ ތެރެއަށް އިތުރުވި މާޔޫސް ކަމަކަށެވެ. ދެން ވާނީ ކިހިނެތް ކަމެއް ހިތަށް ގެންނާން ނޭނގި އުދާސްކަމެއްގެ ތެރޭގައި ކިތަންމެ މީހަކު ތިބެން ޖެހުނެވެ." ލައްކައަކަށް ވުރެ ގިނަ މީހުން ކިއާފައިވާ އަޒްހީމްގެ ރިޕޯޓު ފަށަމުން ލިޔެފައިވެއެވެ.

ކާށިދޫ ކަނޑަށް "ގެއްލުނީ" އުމުރުން 22 އަހަރުގެ އިބްރާހީމް ލީވާންއެވެ. ލީވާންއަކީ ސަޕްލައި ދޯންޏެއް ކަމަށްވާ "އެސްޓްރީޑް" ގެ ފަޅުވެރިއެކެވެ. އެދުވަހު ދަތުރުމަތީގައި އޭނާ ދޯނީގެ ފަހަތުކޮޅަށް ދިޔައީ އާދައިގެމަތީން ފާހަނާ ކޮށްލުމަށެވެ. އެއީ ކަނޑު ގަދަ، މޫސުން ވެސް ގޯސް ދުވަހެކެވެ.

ދޯނީގެ ފަހަތްކޮޅުގައި ހުރި ކަޅުހަމެއްގައި ހިފަހައްޓައިގެން ހުއްޓައި ކުއްލިއަކަށް ނެގި ބިޔަ ރާޅެއްގައި ލީވާން މޫދަށް ވެއްޓުނީ ކަމަށް ބުނެ ލީވާން ކިޔައިދެއެވެ. ކަނޑުވުމަށް ފަހު، ދެން ކަންތައްވި ގޮތާއި ރަށަށް އަރަންވެގެން ލީވާން ކުރި މަސައްކަތް ވެސް ކިޔައި ދިނެވެ. އެކަމަކު، "ވަގުތު"ން ކުރި ތަހުގީގުން އެނގުނު ގޮތުގައި ލީވާން ރަށަށް އެރީ އެހެން މަގްސަދެއްގައެވެ. އަޒްހީމް ލިޔުއްވި 5،067 ބަސް ހިމެނޭ މި ރިޕޯޓު ނިމޭ އިރު، އެ ހުރިހާ ތަފްސީލްތަކެއް ވެސް ސާފުވިއެވެ.

އަޒްހީމްގެ ރިޕޯޓު މަގުބޫލުވެގެން ދިޔަ ގޮތް:

  • މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ކީ ރިޕޯޓު.
  • ވެބްސައިޓުން ރިޕޯޓު ބެލި މީހުންގެ އަދަދު: 110،126
  • ރިޕޯޓަށް ކުރި ކޮމެންޓުގެ އަދަދު: 84
  • ފޭސްބުކް ޕޭޖްގައި ޝާއިއުކުރި ވީޑިއޯއަށް 34،000 ވިއުސް.
  • ވީޑިއޯއަށް 31 ކޮމެންޓު/ 341 ރިއެކްޝަން/ 218 ޝެއާ.
  • ފޭސްބުކް ޕޯސްޓަށް 90،542 ރީޗް/ 193 ރިއެކްޝަން/ 83 ކޮމެންޓް/ 141 ޝެއާ.

އަޒްހީމް ވިދާޅުވީ ރިޕޯޓު ތައްޔާރު ކުރުމަށް ކާށިދޫއަށް ގޮސްގެން ބުރަ މަސައްކަތްތަކެއް ކޮށްފައި ވާނެ ކަމަށެވެ. އަދި ރިޕޯޓަށް މައުލޫމާތު ހޯދުމަށް އެކި ގޮތް ގޮތުން ޖުމްލަ 22 މީހުންގެ އިންޓަވިއު ނަގާފައިވާ އިރު، ރިޕޯޓު ބިނާވެފައި ވަނީ އިންޓަވިއުތަކުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށް ވިދާޅުވިއެވެ.

"ރިޕޯޓު ބިނާވެފައި ވަނީ އިންޓަވިއުތަކުން ލިބުނު މައުލޫމާތުގެ އަލީގައި ވަގުތު 26 ޓީމުން އަމަލީ ގޮތުން ހިންގި ތަހުގީގުގެ ތެރެއިން." ނޫހުގައި ފެށުނީއްސުރެ މަސައްކަތް ކުރައްވަމުން އަންނަ އަޒްހީމް ވިދާޅުވިއެވެ.

އަޒްހީމް ވިދާޅުވި ގޮތުގައި ތަހުގީގު ރިޕޯޓެއް ލިޔުމުގައި އެންމެ މުހިންމު ކަމަކީ މައުލޫމާތު އެއް ކުރުމެވެ. އަދި އެއަށްފަހު، މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިޕޯޓުގައި ލީވާންއާ ހަވާލާދީ ބުނި ގޮތުގައި ކަނޑުމަތީގައި ދެގަޑިއިރު ހޭދަކުރަން ޖެހުމުގެ ސަބަބުން ބައެއް ފަހަރު ބަނޑުހައިވެގެންނާއި ކަރު ހިއްކާތީ ލޮނު ފެން ވެސް ބޮއެފައިވެއެވެ. އެކަމަކު، ރަށުގެ ގިނަ ބަޔަކު ލީވާންގެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ. މިކަމުގައި ގާތްގަނޑަކަށް އެންމެންވެސް ބުނަމުން އަންނަނީ ލީވާނު ހެދީ ދޮގު ކަމާއި، އޭނާ ގަސްތުގައި ރަށް ކައިރިޔަށް ފުންމާލީ ކަމަށެވެ. "ވަގުތު 26" އިން ހޯދި ހޯދުންތަކުން ވެސް ލީވާން ފުންމާލީ މަސްތުވާތަކެތި ރަށަށް އެތެރެ ކުރުމުގެ ބޭނުމުގައި ކަން ކަށަވަރުވިއެވެ.

"ވަގުތަށް" ކޮމެންޓް ކުރި ގިނަ މީހުން ވެސް ލީވާންގެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ. އަދި "ވަގުތު 26" ތަހުގީގު ޓީމުން ކުރި ބުރަ މަސައްކަތަށް އެތައް ބަޔަކު ތައުރީފް ވެސް ކުރިއެވެ. އެތަނުން އެކަކު ބުނީ ކާށިދޫ ކަނޑުގައި ދެ ގަޑިއިރު ފެތޭނެ އެއްވެސް ދިވެއްސަކު ހުރެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"ކާށިދޫ ކަނޑުގައި ދެ ގަޑިއިރު ފެތޭނެ މީހަކު ނުހުންނާނެ ކަން ނޭނގެ. އެއީ ރާއްޖޭގެ ދެވަނަ އަށް އެންމެ ގަދަ ކަނޑު. ވައި މަޑުއިރު ވެސް އެ ކަނޑު ވަރަށް މަޑު ނުވާނެ. އަނެއްކާ އެހާމެ ފުން ކަނޑެއް. ކާށިދޫ މީހުން ވެސް ގަދައިރު ދަތުރުކޮށްލަން ނުކެރޭ ވާހަކަ ބުނާނެ،" އެކަކު ކުރި ކޮމެންޓުގައިވެއެވެ.

"ދިވެހި ނޫސްވެރިކަމުގައި މިފެންވަރުގެ ގިނަ ރިޕޯޓް ކިޔުންތެރިން ބޭނުން، ސާބަހޭ ވަގުތުނޫސް" އަލީ ނަމުގައި އެ ރިޕޯޓަށް ކޮމެންޓު ކުރި މީހަކު ލިޔެފައިވެއެވެ.

"މި ގައުމުގެ ފުލުހުން ލަދުގަންނަން ޖެހޭނެ. މި މައްސަލަ ތަހުގީގުނުކޮށް ތިބެން ތި ޖެހުނީ ވެސް ފެންވަރު ނެތީމަ. މި ފެންވަރުގެ ތަހުގީގެއްކޮށްލާނެ ފެންވަރު ވެސް ނެތް ފުލުހުންގެ. ޖީސީ އިން ކިރިޔަ ކިރޔާ ފާސްވެފައި ތިބި ލަޓޯ ފަޓޯ މީހުން ތި ތަންތަނުގައި ތި ތިބެނީ. މި މީހުން ލައިގެން ކޮން މަސްތުވާތަކެއްޗެއް ހުއްޓުވޭނީ. މިއީ އަދި ބިރު ވެސް ގަންނަ ބައެއް ކުށްވެރިން ދެކެ. އެހެންވީމަ ވެސް އަނގަ ނަގައިގެން ހުންނަން ދޯ ޖެހޭނީ،" ފުލުހުންނަށް ފާޑު ކިޔައި ކިޔުންތެރިއަކު ކުރި ކޮމެންޓެއްގައިވެއެވެ.

މިދިޔަ އަހަރު "ވަގުތު" ގައި ވަރަށް ގިނަ ހަބަރުތަކާއި ރިޕޯޓުތައް ވާނީ ޝާއިއުކޮށްފައެވެ. އޭގެ ތެރެއިން ދެ ވަނަ އަށް އެންމެ ގިނަ ބަޔަކު ބެލި ރިޕޯޓަކީ "ވަގުތު" ގެ ކުރީގެ ނޫސްވެރިޔާ ހުސެއިން އަރުބާން ފައްވާޒް ލިޔުނު "މިޝްކާގެ މަރު ސަހަރާ އިން ފެނުނު މަންޒަރުން ހިތް ކުދިކުދި!"އެވެ. މި ރިޕޯޓު ކީ މީހުންގެ އަދަދު 72،604 އަށް އަރައެވެ.

ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ކީ ރިޕޯޓަކީ އަޒްހީމް ލިޔުއްވި "މޫދު އަޑިން ފައުޒާން ފެނުނު ހުސޭނުގެ ދުލުން އެ ހިތްދަތި ވަގުތުކޮޅު"އެވެ. އެ ރިޕޯޓު ކީ މީހުންގެ އަދަދު 56،959 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒިންދާބާދު

    ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް ވަގުތު ޒިންދާބާދު މިހާރު އައުޓް

    8
    12
  2. ޫޔ

    މީ ކީކޭ ކިޔާ މީހެއް

    12
    3
  3. ލޭކޮކާ

    ތިނަދޫ ކައުންސިލާއި ގުޅޭގޮތުންވެސް އެބަޖެހޭ ތިކަހަލަ ރިޕޯޓެއްހަދައި ރައްޔިތުންނާށް ހަގީގަތްހާމަކުރަން.
    ތަން ހިގަނީ ހުންގާނެއް ނެތް އޮޑިއެއް ހެން. އެއްވެސްކަހަލަ ދިރުމެއްނެތް މުއައްސަސާއަކަށްވެ ރައީސްގެ ކެޕޭސިޓީއާއި ގުޅޭގޮތުން މީހުން ސުވާލު އުފައްދާ. ޥީމާ ރައްޔިތުންނަށް މިކަން ސާފުުކޮށްދީބަލަ.

  4. ގާރލް7

    ފުލުސް އޮފީހުގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވަނީ ހަޤީގަތުގައި އަޒްހީމް ފަދަ ފެންވަރުގެ އައި.އޯ އިން. ކާށިދޫ ލީވާން ގެ ކޭސްއަށް އެ ކޭސް ބެލުމަށް ހަވާލްވެހުރި އައި.އޯއިންނަށް އިތުރަށް ހޯދަންޖެހޭ މައުލޫމާތެއް ނެތޭ ބުނާހާވެސް ފުރިހަމައަށް އަޒްހީމްގެ ރިޕޯރޓްގައި ތަފްސީލްތައް އެބަހުރި. ތިޔައީ ފުރިހަމަ އެހާމެ ކެރޭ ފިސާރި ގަޓްހުރި އުއްމީދީ ރިޕޯރޓަރެއް. (ކެރޭ އަދި ގަޓްހުރި ކަމަށް މި ބުނީ ޑްރަގްއާއި ގުޅޭ ބޮޑު ނެޓްވޯރކެއް އޮތް އަދި މައްސަލައިގެ މުޅި މަލަމަތި ބަދަލުކޮށް ގުދުރަތީ ކާރިޘާއެއްގެ ސުރުހީއަޅައިގެން އާއްމުންނާއި މީޑިއާގެ ހަމްދަރުދީގެ ނިވަލުގައި ފިލާ އޮއްވާ އަޒްހީމްގެ ބުރަމަސައްކަތާއި ގަދަ ހިތްވަރުން މައްސަލައިގެ އެންމެ ފުނަށް ފީނާ ހަޤީގީ އަސްލު މައްސަލަ ތިލަކުރުވައި އެއްވެސް ޖެހިލިމެއް ނެތި މީޑިއާއަށް ހުރިހާ ތަފްސީލްތައް ހެއްކާއެކު ހާމަކޮށްފައި ވާތީ.) ސާބަހޭ އަޒްހީމް އަދި ވަގުތު ޓީމް. ތިގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރުދެން. 👏👏👏

    14
  5. ޕސޓ

    ޙަހަހަހަހަހަހަހަހަހަ

    2
    1
  6. ހމމ

    ވ. ފުރިހަމަ ރިޕޯޓެއް. އަދި ރާއްޖޭގެ ނޫހަކުން މިހާ ރީތިކޮށް ގެނެސްދީފައި މިހާ ފުރިހަމަ މަޢުލޫމާތުތަކާކާއެކު ނެރުނު ރިޕޯޓެއް ނުކިޔަން. އަސްލު ވެއްޖެ ނޫސްވެރިން ހުރިހާ ކުދިންވެސް މިގޮތަށް ޚަބަރުތައް ނެރެން އިންވެސްޓިގޭޓިވް ޖާނަލިޒަމް ކުރިއަށް ނެރިގެން އެހެން މައްސަލަތައްވެސް ބަލަން.. ވަރަށް ރިސްކީ ކަމެއް މީ އަސްލު އެކަމް ހާދަ ފުރިހަމަ ލިޔުމެކޭ... ދިވެހި ނޫސްވެރިއެއް ލިޔެފައި އޮތް ރިޕޯޓެއް ކިޔާފަ ފަޚުރުވެރިވި ފުރަތަމަ ފަހަރު މީ... ވ. އުފާވޭ ބުރަ މަސައްކަތްކުރާ ހިތްރުގަދަ ނޫސްވެރިން އުޅޭތީ... ދޮގު ޚަބަރަށްވުރެ ދިރާސާ ކޮށްގެން ރައްޔިތުންނާއި ހިސާބަށް މަޢުލޫމާތު ފޯރުވައިދޭން މަސައްކަތްކުރާ ހުރިހާ އެންމެނަށް ޝުކުރިއްޔާ...