ރަހުމު ކުޑަގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ހުކުމް ކުރިއިރު، އެ ފައިސާއިން ސަދަގާތް ކުރާނެ ކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.

އޭޕްރީލް 2017 ގައި ހިނގި މި ކަންތަކުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދިޔަ ޝަރީއަތް ހުކުމަކާއި ހަމައަށް ދިޔައީ އިއްޔެއެވެ. އިއްޔެ ހެނދުނު 10:00 ޖަހާކަށް ހާއިރު ފަށަން ތާވަލުކުރި އަޑުއެހުން 11:00 ޖަހާއިރަށް ލަސްވެ، ހުކުމް އިއްވަން ފެށިއިރު 11:30 ވެދާނެއެވެ.

11:30 ގައި ހުކުމް އިއްވަން ފެށި ގޮތަށް ހުކުމުގެ ފުރަތަމަ މަރުހަލާ ނިންމާލެވުނީ ހަވީރު 4:30 ވަނިކޮށެވެ. އޭރު އެހާ ހަމައިން ކަނޑައެޅުނީ ދައުވާ އުފުލި ހަ މީހުންގެ ތެރެއިން މަރުގެ ކުށް ސާބިތުވަނީ ދެ މީހެއްގެ މައްޗަށް އެކަނި ކަމުގައެވެ.

ކުށުގެ އަދަބު ކަނޑައަޅަން ވާރިސުންގެ ބަސް 5:00 ޖަހާއިރު ނަގަން ފުރަތަމަ ނިންމި ނަމަވެސް ވާރިސުންގެ ބަސް ނަގަން ފެށީ އިރުއޮއްސި 6:00 ގެ ވެސް ފަހުންނެވެ. އިންޑިއާ އެމްބަސީގައި ހުރެ ބައްޕަގެ ބަސް އިއްވިއިރު، އިންޓަނެޓްގެ މައްސަލަތަކާއި ހުރެ ނިމުނީ 7:30 ވެ ބޮޑުވި ފަހުންނެވެ.

ހެނދުނުން ފެށިގެން ރޭގަނޑާއި ހަމައަށް ދިޔަ އެ ޝަރީއަތުގެ މެދުތެރެއިން ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލިޔަސް، އާއިލާގެ އެހެން މީހުނާއި އެކު މަންމަ ވެސް ކޯޓާއި ދުރަށް ނުގޮސް އުޅުނެވެ. އިންސާފުގެ އިންތިޒާރުގައި ހުރި އެ މަންމަ ބަސް އިއްވަން ލިބުނު ދަނޑިވަޅުން، ހިތުގެ އުދާސްތައް ފެންނަން ހުއްޓެވެ.

މަރަށް މަރު ހިފަން ބައްޕަ ހުސައިން ރަޝީދު ބޭނުންވި ނަމަވެސް ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ބޭނުންވީ މަރުގެ ދިޔަ ނެގުމަށެވެ. އެ ގޮތަށް ނިންމި ސަބަބާއި ގުޅޭ ގޮތުން ތަފްސީލްކޮށް، ޝަރީއަތަށް ފަހުގައި ނޫސްވެރިންނާއި ބައްދަލުކޮށް ޝަފީގާ ކިޔައިދިނެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ބައެއް މެމްބަރުން ކްރިމިނަލް ކޯޓު ކައިރީގައި. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ޖަވާހިރު ގޯންޏަކުން ވެސް ޔާމީންގެ ފުރާނައިގެ އަގު ނުނެގޭނެ

މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ނަގަން ނިންމި ނަމަވެސް "ޖަވާހިރު ގޯންޏަކުން" ވެސް ޔާމީން ރަޝީދުގެ މަރުގެ ދިޔައިގެ އަގު ނުދެއްކޭނެ ކަމުގައި އޭނާގެ މަންމަ ބުންޏެވެ. ނަމަވެސް އޭނާ ބޭނުންވީ ޔާމީންގެ ނަމުގައި ސަދަގާތެއް ކުރަން ކަމަށްވާތީވެ މަރުގެ ދިޔަ ނެގުމުގެ އިޚްތިޔާރު ނަގަން ނިންމީއެވެ.

"ޔާމީން ދުނިޔޭގައި ހުރިއިރު އަބަދުވެސް ވަކާލާތު ކުރި ކަމަކީ، ދިރިހުރުމުގެ ހައްގު ކޮންމެ އިންސާނަކަށް ވެސް ލިބެން ޖެހޭ ކަމަށް، އެހެންވެ މަރުގެ ދިޔަ ނެގުމުގެ އިޚްތިޔާރަށް ދިޔައީ، ޔާމީންގެ ނަމުގައި ސަދަގާތެއް ވެސް ކުރެވޭނެތީވެ،" ޔާމީންގެ މަންމަ ކިޔައިދިނެވެ.

ޔާމީން ރަޝީދުގެ މަންމަ ނޫސްވެރިންނާއި ވާހަކަ ދައްކަނީ-- ފޮޓޯ: ވަގުތު އިމޭޖެސް

ބައްޕަ ދެކެނީ އިންސާފު ލިބޭނީ މަރަށް މަރު ހިފުމުން ކަމަށް

ޔާމީން ރަޝީދުގެ ބައްޕަގެ ބަސް އިއްވިއިރު އޭނާ ބުނި ގޮތުން ނަމަ، ޔާމީންގެ މަންމައާއި އެ ދެމަފިރިންގެ ދަރިން ވެސް މަރަށް މަރު ހިފަން ބޭނުން ނުވާ ކަމުގައެވެ. އެ ކަން އޭނާއާއި ޚިއްސާ ކުރި ކަމަށާއި، އެ ގޮތަށް ބަސް އިއްވައިދޭން އެދުނު ކަމުގައި ބައްޕަ ބުންޏެވެ.

އެހެންވިޔަސް އޭނާގެ އަމިއްލަ އިޚްތިޔާރަކީ މަރަށް މަރު ހިފުމެވެ. މައާފް ކުރުމަކީ ދީނުގައިވާ ރީތި ސިފައެއް ކަމާއި، އެކަމަކު ވެސް ދުރާލާ ރާވައިގެން މީހުން ގަތުލު ކުރާ މީހުންގެ މައްޗަށް ގިސޯސް ހިފުމުގެ ހައްގު ދީފައި އޮންނަނީ އެފަދަ ބައެއްގެ ކިބައިން މުޖުތަމައު ސަލާމަތް ކުރަން ކަމަށް ބައްޕަ ބުންޏެވެ.

"އަޅުގަނޑުގެ އަމިއްލަ އިޚްތިޔާރުގައި ބޭނުންވަނީ މަރަށް މަރު ހިފަން، އަދުލު އިންސާފު ގާއިމް ކުރެވޭނީ، ދުރާލާ ރާވައިގެން މީހުން ގަތުލު ކުރަމުންދާ މީހުންގެ މައްޗަށް ގިސޯސް ހިފިގެން،" ބައްޕަ ބުންޏެވެ.

ޔާމީން ރަޝީދުގެ ބައްޕަ-- ފޮޓޯ: އަވަސް، އަހުމަދު ޝުރާއު

"އިންސާފު ފުރިހަމައެއް ނޫން، ފަންޑު ކުރި ބަޔަކު ތިބޭނެ"

އިންސާފު ފުރިހަމަވީ ކަމުގައި އާއިލާއިން ނުދެކޭ ކަން ވެސް ޔާމީންގެ މަންމަ ރޭ ހާމަކުރިއެވެ. ދެ މީހަކުގެ މައްޗަށް ކުށް ސާބިތުވިޔަސް ދެން ތިބި ހަތަރު މީހުން ދޫވީއެވެ. އެ މީހުނަށް ރާއްޖޭގައި އެންމެ ނަގާކިޔައިލެވޭ އަގު ހުރި ދިފާއީ ވަކީލުން ހޯދޭނީ، ފަންޑްކޮށްދޭ ބަޔަކު ވެސް ފަހަތުގައި ތިބުމުން ކަމަށް އާއިލާއިން ދެކެއެވެ.

"އާއިލާއިން ގަބޫލު ކުރާ ގޮތް އެއީ، ފަންޑު ކުރި ބަޔަކު އެބަވެއޭ، އެ މީހުންގެ އެ ހުރި ހައި ޕެއިޑް ލެވެލް ލޯޔަރުން އެއީ އެއަށް ބާރުދޭ ކަމެއް، އެ މީހުން ހޯދެން ޖެހޭ، އިންސާފު ފުރިހަމަވީ ކަމުގައި އާއިލާއިން ދެކެނީ އޭރުން،" މަންމަ ޝަފީގާ ބުންޏެވެ.

އެހެންވިޔަސް، ފުލުހުންގެ ތަހުގީގާއި ދައުލަތުން ދައުވާ ކުރުމުގެ މަރުހަލާ ގެންގޮސްފައި އޮތް ގޮތަށް ބަލާއިރު، އެކަކު މައްޗަށް ކުށް ސާބިތުވާނެ ކަމުގެ އުއްމީދު ވެސް ގެއްލިފައި އާއިލާއިން ތިބި ކަމަށް މަންމަ ބުންޏެވެ. އެހެންވެ ދެ މީހަކު މައްޗަށް ކުށް ސާބިތު ވުމަކީ ވެސް ލިބުނު ހިތްހަމަޖެހުމެއްގެ ގޮތުގައި ސިފަކުރިއެވެ.

"މިއީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް، އުއްމީދެއް ނުކުރަން އެކަކު މައްޗަށް ވެސް ސާބިތުވާނެ ކަމަކަށް، އެކަމަކު، އޭގެ އެންމެ އިސް ދެ ބައިވެރިންނަށް ހުކުމް އައުމަކީ ވެސް އުއްމީދު ހުރި ވަރަށް ވުރެ ބޮޑު ވަރެއް،" ޔާމީންގެ މަންމަ، ވަރަށް އަސަރާއި އެކު އެ ވާހަކަތައް ކިޔައިދިނެވެ.

 

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ނަރުދޫ ހަސަނު

  ތިކަމުގަ ވެސް ފަންޑު ކުރާނީ ރަނގަޅަށް ވިއްޔާ ހަމަ އެކަކު. ދިވެހިރާއްޖޭގަ އުޅޭ ލާރިހިތި ފުރޭތަ. ބަލަން ހުންނާތި އަދި އެމީހާ ކޮންމެސް އެއްދުވަހަކުން އެހުރިހާ ކަމަކަށްއިއުތިރާފް ވާނެ. އެދުވަހުން ޑޮކްޓަރު އަފްރާޝީމް ވެސް ހަމަ މަރާލީ ކޮން ގެޔަކު ކަމަށްވެސް ބުނާނެ . ދުނިޔޭގަ ތިބި ބަޔަކު ދެކެން ތިބޭ

  23
  8
  • ތުއްރަވާސް

   ޑރ.އަފްރާޝީމް އަވަހާރަކޮށްލާފަ ވަނީ އޭނާ ދިރިއުޅުއްވި ގޭގަ ކަން ތިބާ ނޫނީ ހުރިހާ މީހުނަށްވެސް އެނގޭ

   19
  • ޒުލޭ

   ސަރީއަތް ލަސްވެގެން ހީވަނީ ފޭވަޅުގަ މުލިއްސެއް ޖަހައިގެން އުޅުނުހެން.. އިންސާފޯ އިންސާފޯ ގޮވަމުން ދުވީ މީހުންނަށް "މަންމައާއި ބައްޕައަށް" އިންސާފު ހޯދާނެ ގޮތެއް ނިންމަން އެއްބަސް ނުވެވި އޮއްވާ މާ އަވަހަށް ޝަރީޢަތް މި ނިމުނީ..

 2. k

  Maruga dhiya dhineeya dhookolan jeheyne ei insaafakee

  16
  21
 3. ޑަބިޔާ

  މާތް ﷲ ވޮޑިގެންވާކަން ގަބޫލް ނުކުރާތާ އެކަމަށް ޓްވިޓާގަ ޖޯކްޖަހާ އުޅުނު މީހެއް، ތައުބާނުވެ ހުއްޓާ ގެންދެވީމަ ތީގެން ކުރާނެ އެއްވެސް ފައިދާއެއްނެތް. އޭނަ ދުނިޔޭގަ ހުރި ދުވަހު ނަސޭހަތް ދިންނަމަ…

  89
  14
  • ރަނާ

   ކިހިނެއް އިނގެނީ ތައުބާ ނުވާ ކަމެއްވެސް . އޭނާއަށް.މަރުގެ އިންޒާރުތައް ލިބުނު ވާހަކަތައް ދެއްކި ކަމަށްވޭ . ޢެހެންވީމަ ތައުބާ ވެފަ ވުމަކީވެސް އެކަށީ ގެންވާކަމެއް. މޮޅަށް ދެނެވޮޑިގެން ވާނީ މާތް ﷲ.

   30
   13
   • އަހުމަދު

    ފާޅުގައި ފުރަސާރަކުރި މީހެއް ތަޢުބާވެސްވާން ޖެހޭނީ ފާޅުގައި...މިއީ އާދައިގެ ކަންކަމެއް ނުން..މިއީ ޖަމޢަތާ ގުޅިފައިވާ މައްސަލަތަށް

    10
   • މަޒް

    ތައުބާވެފަ އޮވެދާނެ. އެކަމަކު ފާލުގައި ﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަ ކޮއްފައި ސިއްރިޔާތުގައި ތައުބާވިއޭ ބުންޏަސް ގަބޫލުކުރަން ވަރަށް ދަތިވާނެ.. އަހަންނަށާ

  • އަހުމަދު

   ދެމީހަކު ދެބަސް ނުވާނެ ތިޔަބަކަށް

   10
  • ވިކިލިކުސް

   އޭ ޑަބިޔާ... ކިހިނެއް ކަލެޔަށް އިނގެނީ އޭނަ ތައުބަ ނުވާކަން.

   4
   17
   • ބޮޑުމީހާ

    ޓުވިޓާރ ގައި މުރުތައްދު ވާހަކަ ލިޔުނު ފަފައިން، ތައުބާވެ،ލިޔެވުނު އެއްޗާމެދު މާފަށް އެދެން ޖެހޭނެ.ތައުބާ ވީކަމަކަށް ބުނެފައެއް ނެތް،އަމަލްތަކުން އެނގެން ވެސް ނެތް.މަރުއައިސް ޖެހިއްޖެކަން ގައިމުވުމުން ވާ ތައުބާ ވަނީ އެމީހަކަށް ރައްދުވެގެން.

    22
    1
   • ފަލަ ސުރުހީ

    އިސްލާމް ދީނުގަ ޙުކުމް ކުރަނީ ބޭރު ފުށަށް. ފާޅުގަ ކުރި ކަމެއް ނަމަ ތައުބާ ވީކަން ފާޅުގަ އިޢުލާން ކުރަން ޖެހޭނެ. ތައުބާ އިޢުލާން ނުކުރާނަމަ ދުނިޔެމަތީގަ ބޭރުފުށުން އޭނައަށް އަންނަން އޮތް ޙުކުމަކަށް ބަދަލެއް ނާއްނާނެ.

    މިސާލަކަށް ކުރިން މުސްލިމެއްގެ ގޮތުގަ ހުރި މީހަކު ބުނީ ތިމައްނަ އަކީ ކާފަރެކޭ. އަދި ﷲ އަށް އީމާން ނުވަމޭ. އެހާ ހިސާބުން އޭނަ އަކީ މުރުތައްދު ވެފަ ހުރި މީހެއް ކަމައް ބެލެވޭނެ. އަދި އޭނަ އެފަހުން ކޮޓަރި ތެރޭ ހުރެ ސިއްރު ސިއްރުން ތައުބާވިޔަސް، މުސްލިމް އަވާމުން ދެކޭނީ އޭނަ އަކީ ހަމަ މުރުތައްދެއް ކަމަށް. އޭނަ ފާޅުގަ ބުނި ބަސްތަކަށް ފާޅުގަ ބުނަން ޖެހޭނެ ތިމަންނަ ތައުބާ ވެއްޖެ ކަމަށް. އޭރުން އެހެން މީހުން އޭނަގެ މައްޗަށް ކުރާ ތަކްފީރް އަނބުރާ ގެންދާނީ.

    ދެން މިސާލަކަށް އޭނަ ސިއްރުގަ ކުރި ފާފައެއް ނަމަ ސިއްރުން ތައުބާވީމަ ނިމުނީ. އޭނަ ކުރި ފާފައިގެ ވާހަކަ އާއްމު ކުރާކަށް ނުޖެހޭނެ.

    ޔާމީން ރަޝީދް މުޅި ބުލޮގުގަ ހުރީ ފާޅުގަ ދީނަށް ހަޖޫ ޖަހާފަ ހުރި ލިޔުންތައް. އޭނަ މަރުވި އިރުވެސް ހުރީ އެ ސްޓޭންސް މަތީ. އޭނަ ތައުބާވީކަމެއް އިޢުލާނެއް ނުކުރޭ.

    މިތާ ތިބެ "އޭ ކަލެޔަށް ކިހިނެއް އެނގެނީ އޭނާ ތައުބާ ނުވާ ކަމެއް؟؟" މި ލިޔާ މީހުންނަކީ އިސްލާމީ ޢިލްމުގެ ތަންފުކެއްވެސް ނުދައްނަ މުރައްކަބު ޖާހިލުންތަކެއް. ޝުކުރިއްޔާ.

    36
    1
    • ޅެންފަރިހި

     "ފަލަ ސުރުހީ" ތިބުނީ ތެދެއް. ދެން މަންޑޭލާއާ ޝެރޯން އާ މިކަހަލަ ކާފަރުން މަރުވީމަވެސް މީހަކު ހަމަ ބުނެފާނެ އޭ ކަލެއަށް ކިހިނެއް ހޭ އެނގެނީ އޭނަ އިސްލާމް ނުވާކަން. ދެން މިހެން ކިޔާފަ ގޮސް ޝެރޯން ވެސް ހިނަވާ ކަފުންކޮށް ކަށުނަމާދުކޮށް މުސްލިމުން ވަޅުލާ ޤަބުރުސްތާނުގަ ދޯ ވަޅުލަންވީ؟

     25
     1
 4. ރަޒީން

  އެމީހުން ޔާމީން ޓާގެޓަކަށް ހެދި ސަބަބު އެއްވެސް ހަބަރެއްގައި ނެތް.
  އެވެސް ބަލަންޖެހޭ ކަމެއް.
  ފައިސާގެ މައްސަލައެއްތޯ ނުވަތަ އަންހެންކުއްޖެއްގެ މައްސަލަތޯ ...ކޮބައިތޯ ސަބަބަކީ ؟

  44
  6
 5. މުހަމްމަދު `

  ދެން ބުނާނެ ވާހަކައެއް ނއް.

  18
  2
 6. ބުއްޅަބޭ

  ސަދަގާތަކީ އިސްތިހާރުކުރަންޖެހޭ އެއްޗެއް ނޫން!

  38
  1
 7. އެނޮނިމަސް

  ސަދަގާތް ކުރުމުން ފައިދާ ލިބެނީ އެހެން މީހުނަށް ނޭގި ކުރީމަ. މީހުނަށް އެންގީމަ އެޔަށް ކިޔާނީ ދެއްކުންތެރިކަން. ދެއްކުމަށް ކަންކަން ކުރުމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަމެއް. އޭގެން އެއްވެސް ފައިދާއެއް ނުލިބޭނެ. ދެން އެ ސަދަގާތުގެ ބަރަކާތް ކެޑުމުން ކޮބާ ތޯ އޭގެ ބޭނުމަކީ؟

  33
 8. ރީނދޫގެރި

  ތީގެން ކުރާނެ އެއްވެެސް ފައިދާއެއްނެތް ތިކިޔާބުލޮގަރެއްމަރާލީ ކީއްވެތަ.

  23
  2
 9. ރިލޭ

  މީތަ ތިބުނާ ބޮގަރު ޔާމީން ރަޝީދަކީ

  13
  3
 10. ޔާއްޓޭހމ

  އިސްލާމްދީނުގައި އެކިކަންކަމަށް ތައުބާވުމަށް އޮންނަނީ އެކި ގޮތްތަށް ޒިނޭކުރާ މުހުސަނާގެ ތައުބާޔަކީ ރަޖަމުކުރުން މތްﷲ އަށާ މާތްނަބިއްޔާއަށާ ދީނުގެ ސާބިތު ޙުކުމްފުޅުތަކަށް ފާޅުގައި ބުނެދިނުމޫންވެސް ނުހުއްޓައި ތަކުރާރުކޮށް އިންކާރުކޮށް ބަދުބަސްބުނާމީހުންއެވަނީ މުރުތައްދުވެފައި ޙާކިމާއެމީހުންނާމެދު ފިޔަވަޅުއަޅަންޖެހޭނެ.

  15
 11. ާއަޖާއިބުވެއްޖެ

  ސަދަގާތް ކުރުމުން ފައިދާ ލިބެނީ އެހެން މީހުނަށް ނޭގި ކުރީމަ. މީހުނަށް އެންގީމަ އެޔަށް ކިޔާނީ ދެއްކުންތެރިކަން. ދެއްކުމަށް ކަންކަން ކުރުމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަމެއް. އޭގެން އެއްވެސް ފައިދާއެއް ނުލިބޭނެ. ދެން އެ ސަދަގާތުގެ ބަރަކާތް ކެޑުމުން ކޮބާ ތޯ އޭގެ ބޭނުމަކީ؟

 12. ގުދުގުދާ ބެއްޔާ

  ތިޔަފައިސާ ހޯދަން ޔާމީނު ރަސީދުގެ މަންމަ 25 އަހަރު އިންތިޒާރު ކޮއްލާ! އަދި ލިބޭނީ މަހަކު 200ރ ވަރު! މިވަރުގެ ބޯގަޅި ކަމެއް ކުރާއިރު ވަކީލުންގެ ބަހެއް ހޯދިނަމަދޯ؟

  10
  1
 13. މޯދީ

  އެފައިސާ އެސޮރުމެން އަތުން ލިބޭނެކަމެއްވެސް އަދި ނޭނގެނު. ތިކަހަލަ ކިތައް ޙުކުމް ކޮށްފަ އެއޮތީ ފައިސާ ނުދައްކާ. ހެޔޮކަންތައް ކުރާވާހަކަ މާބޮޑަށް ޝޯކުރާކަށް ނުވާނެދޯ. އޭރުން ހެޔޮކަމަކަށްވެސް ނުވާނެޔޯ ކުރީ ހުކުރު ދުވަހުގެ ޚުތުބާގައިކީ. އެވާނީ ދެއްކުންތެރިކަމަކަށޭ. އެއީ ކުޑަ ޝިރުކޭ.

 14. ހުވަދޫ އަލިބެއްޔާ

  ރައްބަކީ ކޮބައި ކަމެއް؟ ދީނަކީ ކޮބައި ކަމެއް؟ ރަސޫލަކީ ކޮބައި ކަމެއް؟ ނޭނގޭ ނުވަތަ ޤަބޫލު ނުކުރާ ބަޔަކު މަރުވުމުން އެކަމާ ދެރަވެ ހިތާމަ ކުރުމެއް ނެތް..

  9
  1
 15. މަޒް

  ތި މަރުގެ ދިޔަ ދައްކަނީ ސަރުކާރުންތަ؟ މިހާރު މަރުގެ ދިޔަ ލިބުނީތަ؟ އެ ފައިސާ ގާތިލުން އަތުގައި އެބަ ހުރިތަ؟

 16. ރުޅިނާދޭ

  އެ ގާތިލުން ކުރިކަމެއް ކުރީ ﷲގެ ދީން ހިމާޔަތް ކުރުމަށް ކަމަށް ވާނަމަ އެމީހުންނަށް ދެރަގޮތެއް ނުވާނެ.