980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ވުޖޫދަށް އައި ރާއްޖޭގެ އެންމެ ފުރަތަމަ ޕަބްލިކް ލިސްޓެޑް ކުންފުނި އެމްޓީސީސީ އަކީ މިއަދާއި ހަމައަށް އައިރު ތަފާތު އެކި ހަރުފަތްތައް ގިރާކޮށް، ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ތަރައްޤީގެ އެކި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުން އަންނަ ކުންފުންޏެކެވެ.

ކުންފުނީގެ ދިގު ތާރީހަށް ބަލާލާއިރު، މިއަދު މި ކުންފުނި ދަތުރުކޮށްފައިވާހިސާބަށް ގެނެސްދިނުމުގައި އިސްދައުރެއް އަދާކޮށްދިން އެކި ބޭފުޅުން އެބަތިއްބެވެ. ނިމިގެންދިޔަ 2021 ވަނަ އަހަރު ކުންފުންޏަށް 41 އަހަރު ފުރުމުގެ މުނާޞަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރެވިގެން ގޮސްފައިވާއިރު، 3000 އަށް ވުރެ ގިނަ މުވައްޒަފުން ގޮވައިގެން ރޭވުންތެރިކަމާއި، ވިސްނުންތެރިކަމާއެކު ކުންފުނި ހިންގުމުގެ މޭސްތިރިއަކަށް މިއަދު ހުންނެވީ ސީއީއޯ އާދަމް އާޒިމެވެ. މިއަދަކީ ކުންފުނީގެ ސީއީއޯގެ މަޤާމުގައި އާޒިމް ހުންނަވާތާ 2 އަހަރު ފުރޭ ފަޙުރުވެރި ދުވަހެވެ.2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހު ކުންފުނީގެ ސީއީއޯގެ މަޤާމަށް އައްޔަން ކުރެވުނު ހިސާބުން ފެށިގެން، އެމްޓިސީސީ އަކީ ރާއްޖޭގެ އެފަދަ ދެވަނައެއް ނެތް ނަމޫނާ ކުންފުންޏަކަށް ހެދުމަށް އަޒުމް ކަނޑައަޅައި،ހިކްމަތްތެރިކަމާއެކު ކޮށްދެއްވި މިންނަތް މަސައްކަތުން މިއަދު ކުންފުނި ވަނީ އެހެން ހަރުފަތަކަށް ގޮސް ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދާފައެވެ. ކުންފުނީގެ 41 ވަނަ އަހަރީ ދުވަހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް ދެއްވި ހިޠޯބުން މިކަން އިތުރަށް ޔަޤީންވެ ކަށަވަރުވެގެން ދިޔައެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ރައީސް ސޯލިހާއެކު

މިއީ މިއަދު އެމްޓީސީސީއާއި މެދު އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ޔަޤީންކަން. ރައްޔިތުންގެ ހިތްތަކުން އެމްޓީސީސީއިން މިއަދު ވަނީ އިތުބާރާއިއެކު ޖާގަ ހޯދާފައި - ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް

ޤަބޫލް ކުރަންޖެހޭ ހަޤީޤަތަކީ ވޭތުވެދިޔަ ދެއަހަރަކީވެސް ރާއްޖެގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދިޔަ ދެއަހަރު ކަމެވެ. ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިސާދުގެ ދުވެލި މަޑުވެ އޭގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާކަމެވެ. އެހެންނަމަވެސް ރައްޔިތުންނަށް އެމްޓީސީސީން ފޯރުކޮށްދެމުން އައި ޚިދުމަތްތަކަށް ލޮޅުން އެރިޔަނުދީ، ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހުއްޓުމެއްނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ. އުނދަގޫ އަދި ދަތި ދަނޑިވަޅެއްގައިކުންފުންޏާއި ހަވާލުވާން ޖެހުންނަމަވެސް، އެކަމާއި ސީއީއޯ އާޒިމް ކުރިމަތިލެއްވީ ހިތްވަރާއި ނުގުޑާފަދަ އަޒުމެއްގައެވެ. ލޮބުވެތި ބައްޕާފުޅާއި، ނިހާޔަތައް ގަދަރުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދާއި، ނަސޭހަތް ކަނުލައި އަޑުއަހައި ދިވެހި ރައްޔިތުންގެ ޤައުމީ ޚިދުމަތުގައި ކުރައްވަންޖެހުން ކޮންމެ މަސައްކަތެއް އެންމެ ފުރިހަމައަށް އަދާކުރުމުގެ ރޫހުގައެވެ. އިންސާނުންނަށް ކުރެވޭނީ ހެޔޮ ނިޔަތާއެކު މަސައްކަތެވެ. ކާމިޔާބީއާއި ފަލާހްދެއްވާނީ މާތްރަސްކަލާނގެއެވެ.

އިރާދަކުރެއްވިއްޔާ ސީއީއޯ އާޒިމްގެ މަސައްކަތުގެ ނަތީޖާގައި މޭވާއަޅާ ދޮންވެ ފައްކާވެއްޖެއެވެ. ހިކި އަނަރޫފަވެފައިވާ ކުންފުންޏަށް އާރޯކަމާއި، ބަހާރު މޫސުން އައިސް އުދަރެސްމަތި ރޯޝަންވެއްޖެއެވެ. މީގެ ކުރީ އަހަރުތަކުގެ ހިސާބުތަކަށް ބަލާލައިރު، އެމްޓީސީސީއަށް އެއްފަހާރާ ކުރިއަށް ގެންދެވެނީ 25 ވަރަކަށް ޕްރޮޖެކްޓްއެވެ. ނަމަވެސް ސީއީއޯ އާޒިމްގެ މާލިމީކަމުގައި މިހާރު އެމްޓީސީސީއަކީ އެއްފަހާރާ މީގެ ދެގުނައަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގުމުގެ ޤާބިލްކަން ލިބިފައިވާކުންފުންޏަކަށް ވަނީ ބަދަލުކޮށްލާފައެވެ. އަދި ކުންފުނީގެ ހިންގުމަށް ގެނެސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން، ކުންފުނީގެ ދުވެލިވެސް ވަނީ މިހާރު އެތަށް ދަރަޖައެއް އިތުރުވެފައެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ސީއީއޯ އާޒިމް އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހު ދެއްކެވި ވާހަކަފުޅުގައިވަނީ މި ކާމިޔާބީގެ އަޞްލަކީ އަޙްލާޤް ރަނގަޅު، މުރާލި، ވަގުތާއި މަސައްކަތަށް ފަރުވާތެރި އަދިހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރަން ކުރެވުނު ނަތީޖާކަމަށް ވިދާޅުވެފައެވެ.

ދިވެހި ރައްޔިތުން ބަލައިގަންނަ ކުންފުނުޏަކަށް އެމްޓީސީސީ ހަދައިދިނީ މުވައްޒަފުން. ރައްޔިތުންގެ އަތްތިލަބަޑި ހައްޤުވަނީ އެ މުރާލި ހީވާގި އަތްތަކަށް.. މިގޮތަށް މި ކުންފުނި ހިނގަމުން މިދަނީ އޮނިގަނޑަށް ހަރުދާނާ އުޞޫލުތަކެއް އެކަށައެޅި ބަރާބަރަށް މޮނިޓަރ ކުރެވޭތީ.. މީގެ ކުރިން މި ކުންފުންޏަށް ބަނދަރެއް ހެދެނީ 3 އަހަރުން، އެ ސްޕީޑް މިހާރު މިވަނީ 1 އަހަރަށް ބަދަލުކުރެވިފައި.. މަޝްރޫޢެއް ނުހިނގާ އެންމެ އަތޮޅެއްވެސް އަދިރަށެއްވެސް މިއަދު މި ރާއްޖޭގައި ނެތް... އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާޒިމް މުވައްޒަފުންނާއެކު

އެމްޓީސީސީން 2020 ވަނަ އަހަރު 36 މަޝްރޫޢެއްގެ މަސައްކަތް ފުރިހަމަކޮށްފައިވާއިރު، 2021 ވަނަ އަހަރު ނިމުނުއިރު 27 މަޝްރޫޢެއްގެ މަސައްކަތް ނިންމާ، 64 މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ދަނީ ކުރެވެމުންނެއެވެ.ބަނދަރާއި ޕޯޓު ހެދުން، މަގު ހެދުމާއި އެއަރ ޕޯޓް އެޅުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން، އަދި މިހެންގޮސް ރާއްޖޭގެ ތަރައްޤީއާއި މިއަދުއެމްޓީސީސީ ވަނީ ގުޅިލާމެހިފައެވެ. އަދަދުތަކުން ބަލާނަމާ ސީއީއޯ އާޒިމް ހިންގުމާއި ހަވާލުވެ މިވޭތު ކުރި 2 އަހަރަކީ މުޅި ކުންފުނީގެ ހަޔާތުގައިވެސް ފާހަގަކޮށްލެވޭ ކުލަގަދަ އަދި ކާމިޔާބު 2 އަހަރެވެ. އެގޮތުން 2020 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 224.71 މިލިޔަން ރުފިޔާ ލިބުން އެއީ ސީއީއޯ އާޒިމްގެ ދުރުވިސްނުމާއި، ކުންފުނީގެ މުޅި ޓީމަށް ދެއްވި އިރުޝާދުތަކުގެ ސަބަބުން ހާޞިލްކުރެވުނު ކާމިޔާބީއެކެވެ. ހަމަމިއާއެކު އަދުގެ ސަރުކާރުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" ގެ ހިންގުން އެމްޓީސީސީއާއި ހަވާލުކޮށްފައިވުމުން، މިކުންފުންޏަށް ސަރުކާރުން އިތުބާރު ކުރާމިންވަރު ސާބިތުކޮށްދެއެވެ.

ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި އެއްވެސް ތަފާތުކުރުމެއްނެތި، އެއްހަމަ ސިޔާސަތުތަކެއް ގެންގުޅުން ވެގެންދިޔައީ މުޅި ކުންފުނި އެކަތިގަނޑަކަށް ހަދައިދީ ގުޅިފައިވާ ބަދަހި ޓީމަކަށް ބަދަލުކޮށްދިން ކަމަކަށެވެ. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި 2،225 ވަޒީފާގެ ފުރުޞަތު އުފެދިގެން ގޮސްފައިވާއިރު، މީގެ ތެރެއިން ދިވެހި ޒުވާނުންނަށް ވަނީ ޙާއްޞަ އިސްކަމެއް ދެވިފައެވެ. މިވަގުތު ކުންފުނީގައި 3,151 މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެއެވެ. އަދި މަސައްކަތުގެ މާހައުލަކީ ތަނަވަސް މާހައުލަކަށް ހަދައިދީ، ރައްޔިތުންނާއި ވީހާވެސް ގާތުން ހިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި ސީއީއޯ އާޒިމްވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްދެއްވާފައެވެ.

ސީއީއޯ އާޒިމް ޤަބޫލްކުރައްވަނީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ރެއާއި ދުވާލު ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންކަމުގައެވެ. މިހެންކަމުން އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ހިންގޭ ތަމްރީން ޕްރޮގްރާމްތަކާއި، ކިޔެވުމުގެ ފުރުޞަތުތައް އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުކުރެވެމުންނެވެ. އެގޮތުން 2020 ވަނަ އަހަރު 32 ތަމްރީން ޕްރޮގްރާމް ހިންގިފައިވާއިރު، މި އަދަދު 2021 ވަނަ އަހަރު ނިމިގެންދިޔައިރު ވަނީ 129 އަށް އަރާފައެވެ. މީގެ އިތުރުން 2021 ވަނަ އަހަރު މަތީ ތަޢުލީމް ހާޞިލްކުރުމުގެ ފުރުޞަތު 11 މުވައްޒަފުންނަށް ވަނީ ދެވިފައެވެ. އަންހެނުންގެ ދައުރު ކުންފުނީގައި ފުޅާވެގެންދިޔަ މަންޒަރު ވޭތުވެދިޔަ 2 އަހަރު ތެރޭގައި ބޮޑުތަނުން ފެނިގެން ދިޔައެވެ. 2020 ވަނަ އަހަރު 41 ވަޒީފާގެ ފުރުޞަތު އަންހެނުންނަށް ދެވިފައިވާއިރު، 2021 ވަނަ އަހަރު މިއަދަދު ވަނީ 140 އަށް އަރާފައެވެ. އެގޮތުން ލަންދޫގައި ބޭއްވުނު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީއީއޯ އާދަމް އާޒިމް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނީގެތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ދާކަމަށް ވަނީ ވިދާޅުވެފައެވެ. ސީއީއޯ އާޒިމް ޤާބޫލުފުޅުކުރައްވާ ގޮތުގައި ޤައުމެއް ކުރިއަރާނީ، ތަރައްޤީވެފައިވާއެހެން ޤައުމުތައް ފަދައިން ރާއްޖޭގައިވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް މަސައްކަތުގެ އެކި ދާއިރާތަކަށް ނުކުމެ، އެކުގައި މަސައްކަތްކޮށްގެންނެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް މުވައްޒަފުންނާއެކު

ކުންފުނި ހިންގުމުގައި ސީއީއޯ އާޒިމް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން އެމްޓީސީސީގެ އަޑު މިއަދު ރާއްޖޭގެ އުތުރުން ފަށައިގެން ދެކުނަށް ވަނީގުގުމާލާފައެވެ. ހިންގޭ ޕޮރްޖެކްޓްތަކުގެ އިތުރުން ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން 2021 ވަނަ އަހަރު އެކަނިވެސް 16.12 މިލިޔަން ރުފިޔާގެ، ޖުމްލަ 255 މަޝްރޫޢެއް 55 ރަށުގައި ވަނީ ކުރިއަށް ގެންދެވިފައެވެ. ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރައްޔިތުންގެ ކުންފުންޏަށް ހަޤީޤަތުގައިވެސް މިދެއަހަރު ތެރޭގައި އެމްޓީސީސީ ވެގެންގޮއްސިއެވެ. މިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާއިބްރާޙިމް މުޙައްމަދު ޞޯލިޙް މާފުށި ބިންހިއްކައި ޕިކްނިކް އައިލަންޑް ހަވާލުކުރުމުގެރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައިވަނީ ވަރަށް ބޮޑަށް ސީއީއޯ އާދަމް އާޒިމްއަދި އެމްޓީސީސީގެ ޓީމަށް ޝުކުރުއަދާކުރައްވާފައެވެ.

އެމްޓީސީސީ ދުވެލި މިހާރު ހުރި ގޮތުން އަޅުގަނޑަށް ފުރިހަމަ ޔަޤީންކަންއެބައޮތް އަޅުގަނޑުމެން ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައިއެމްޓީސީސީއާއި ހަވާލުކޮށްފަ ހުރި މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށްވަގުތައް ނިންމައިދޭނެކަން. އެކަމަކަށްޓަކައި އަދިވެސް އެއްފަހަރު ޓީމްއެމްޓީސީސީއަށް އަޅުގަނޑު ޝުކުރު ދަންނަވަން.] - ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް
އެމްޓީސީސީގެ ސީއީއޯ އާޒިމް ރައީސް ސޯލިހާއެކު

ކުންފުނީގެ އަޑު ރާއްޖެއިން ބޭރަށް ގެންދިއުމަކީ ސީއީއޯ އާޒިމްގެ އެންމެ ބޮޑު އެއް އަމާޒެވެ. ބޮޑެތި ބިޔަ މަޝްރޫޢުތަކަށް މިސްރާބު ޖަހަން ކުންފުނި އޮތީ ތައްޔާރަށެވެ. އެހެންކަމުން ސީއީއޯ އާޒިމްގެ މާލިމީކަމުގައި ކުރިއަށް އޮތީ މުޅި ކުންފުންޏަށް އުޖާލާ ދުވަސްތަކެކެވެ. އެމްޓީސީސީގެ ދިގު ތާރީޙުގައިވެސް ނިމިގެންދިޔަ ދެއަހަރަކީ ތަފާތު ދެއްކި ނަތީޖާ ނެރެވުނު ދެއަހަރެވެ. ހިއްޞާދާރުން، މުވައްޒަފުން، އަދި ދިވެހި އެންމެހާ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވި ދެއަހަރެވެ. އެމްޓީސީސީ އަކީ މިއަދު ރައްޔިތުންގެހުވަފެންތަކުގައި ކުލަޖައްސައިދޭ ޖަޒީރާ ތަރައްޤީގެ ބައިވެރިޔާއެވެ. ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ އުދާސްތަކާއި، ދަތިތައް ފިލުވައިދޭއެކުވެރިޔާއެވެ. ހަމަ ޔަޤީނުންވެސް އެމްޓީސީސީއަށް މަޝްރޫޢެއް ހަވާލުކޮށްފިނަމަ އެމްޓީސީސީގެ ޓީމަށް މަރުހަބާކިޔުމަށް ރަށު ރައްޔިތުން މިހާރު ދަނީ އުފަލާއި ޖޯޝާއެކު ފަރިވަޅުތައް ހިފައިގެންނެއެވެ. އެމްޓީސީސީއަކީ ކާމިޔާބު ރައްޔިތުންގެ ކުންފުންޏަކަށް ހަދައިދެއްވިކަމަށްޓަކައި، ސީއީއޯ އާޒިމަށް ޝުކުރުގެ އަތްތިލަބަޑިއާއި ތަހާނީ ހައްޤެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސޫއޫދު

    2018 ތިކުންފުނި ތައްޔާރުކުރިމީހާ ކުރީ 2023 އިންތިހާބައްވެސް ތައްޔާރުކޮއްފަ ކުންފުނި އާޒިމް އޮފީހައް ހާޒިރުވިއިރު ހުއްނާނެ މޭޒްމަތީ ފުއް ލިޕުސްޓިކުވެސް މީޓިންތަކައްދާން އުނގުޅަން އެވަރުކޮއްފަ އޮށްކުންފުނިއެއްގެވާހަކަ ތިދައްކަނީ 2 އަހަރުން މިސަރުކާރައް ކޮޅައްޖެހުނުކުންފުނިއެއްނެތް ގަހެއްގަވެސް މޭވާނާޅާނެއެއްރެއިން ސަރުކާރު ކުންފުނިތައް ހިންގުމުގެގާބިލްކަން 30 އަހަރައްވުރެ ގިނަވަންދެންކުރިމީހެއް ވެރިކަމުން އޭރުފޭބީ މިސަރުކާރުގެ ހިންގުންތެރިކަންފެނޭ ބޯޓް ފުރަނީ އިންޖިނިއަރުންނާ އަލިފާންނިއްވާމީހުނާއެކް އެވަރައްކުންފުނިތައްހިންގޭނީ

    19
    1
  2. ހުސޭނުބޭ

    މިނައަށްތަ މަހާޖައްރާފް ބޭކާރު ބާދަގަނޑުގަނޑެއްކަމަށް ފެނުނީ. އެހެންވިއްޔާ ތިހުރީ ކާމިޔާބުވެފައި. ތި މަހާޖައްރާފް ނެތްނަމަ ތި ފޮނިކަނޑާނޭ ޖާގައެއް ނުލިބޭނެ

    26
    1
  3. ޙަަަހަ

    މިރިޕޯޓް ލިޔުނު މީހާ މިދިޔަ 5 އަހަރު ހުރީ ކޮންތާކުތޯ ، މިއަދު ރަނގަޅަށް ބަލާފިއްޔާ ސަރުކާރުގެ ކުންފުނިތަކުގެ ފައިދާ ފެންނަންފެނީ ޔާމީން ވެރިކަމުގައި ކުންފުނިތަކަށް ހޯދަދިން ތަކެއްޗާއި އަމިއްލަ ފައިމައްޗަށް ތެދުވަން ދިން ފުރުޞަތުތަކުން ، ޔާމީންގެ ވިސްނުމަކީ ބޭރުކުންފުނިތަކުން ކުރަމުންދިޔަ ދިވެހިންގެ އުމްރާނީ ދިވެހި ކުންފުނިތަކަށްދިނުން

    31
    3
  4. ޑައެލޯގް

    ތިޔަކުންފުނީގެ މާލިމީއަކީ ރ. ޔާމީނެވެ. އެއީ ތިޔަ އެމްޓީސީސީ އަށް މަހާޖައްރާފު ގަނެ ކުންފުނި ކޮޅަށްނެގީ ޔާމީނެވެ. ތިޔަ އާޒިމަކީ ޔާމީނު އިރުގައި ޔާމީނު އެސްޓީއޯ ހިންގަން ހަވާލުކުރިމީހެކެވެ. ނަމަވެސް އޭނާގެ ބޭބެ ނާޒިމް ޖަލަށްލީ ހިސާބުން ޔާމީނުގެ ސަރުކާރުގޯސްވެ ހަސަދަވެރިވެގަތީއެވެ.

    31
    6
  5. އަހްމަދު

    ކުންފުނީގެވާހަކަދައްކާއިރު ކޮބައިތަކުންފުނީގެ ހިއްސާދާރުންގެ ހައްގުތައް އެމީހުންވެސް އިންވެސްޓުކުރީ ވަރައްފޮނި އުންމީދާއެކު ކުންފުންޏައް ތިޔަވިދާޅުވާފައިދާވާކަމައްވާނަމަ ހިއްސާދާރުންނައްވެސް އެހީތެރިކަމެއް ވެދެއްވާ

    7
    2
  6. މުރާލި

    މިހާރުވެސް ދަތުރުކުރާނެ ބަސްގަނޑެއްހާ ހިސާބުވެސް ނެތިގެން އުޅެނީ.

  7. އަހްމަދު

    ޔާމީނު ސަރުކާރުގައި ހިކި އަނަރޫފަވެފައިވާކުންފުނިން ހިއްސާދާރުންނަށް ފައިދާ ބަހާފައިވޭ. ތާޒާވެގެން މާފޮޅުނު ެިރު މިދިޔަ 2އަހަރު ފައިދާ ނުބެހީ ކީއްވެތޯ؟ އެމްޑީޕީ ވެރިކަމެއްގައި ތިޔަކުންފުނިން ހިއްސާދާރަކަށް އެންމެ ލާރިއެއްވެސް އަދިނުދޭ. ތިޔަވާހަކަ ގުަބޫލުކުރާނީ ސޯލިހު. އޭނާ ރުއްސަން ޚުޝާމަދު ކުރަނީ ވަޒީރުކަމަށް އަންނަން.

    8
    1
  8. ޙުސެން ބެންގަލޫރު

    މީނަ އައިޖީއެމްއެޗަށް ބަދަލުކުރޭ. ނޫނީ އެމްއޭސީއެލަށް

  9. އަޖުވަދު

    އާދަމް އާޒިމް ތިތަނާއި ހަވާލުވެދިން އިންޓަވިއުގައި އެމް.ޓީ.ސީ.ސީ އާ ހަވާލު ކުރެވިފައިވާ 300 އެތައް މަޝްރޫއެއް އޮތްކަމަށް ބުނި އެ ކަންކަމަކީ ޔާމީން ދައުރުގައާއި އެހެނިހެން ދައުރު ތަކުގައި ހަވާލު ކުރެވިފައިވާ ކަންކަން. އެދުވަހު ބުނި މަހާޖައްރާފަކީ ބާ ދަގަނޑުގަޑެކޭ. އެކަމު ހުރިހާ ކަމެއް މި ނިންމަނީ އެ ބޭނުން ކޮށްގެން.

  10. ބައިރުފިޔާ

    ކުރީގެ ސަރުކާރުން ، ލިބުނަސް ނުލިބުނަސް ހިކި އަނަރޫފަވެފައިވާ ރަޢިއްޔަތުންގެ މަޤްބޫލުލުކަން ހޯދާފައިވާ ތިޔަކުންފުނިން ހިއްސާދާރުންނަށް ފައިދާ ބަހާފައިވޭ. މިދިޔަ 2އަހަރު ފައިދާ ނުބެހީ ކީއްވެތޯ ސާފްކޮށްދޭން ޖެހޭ ؟ އެމްޑީޕީ ވެރިކަމެއްގައި ތިޔަކުންފުނިން ހިއްސާދާރަކަށް އެންމެ ލާރިއެއްވެސް އަދިމިހާތަނަށް ދީފައިނުވޭ .. ނުވެސްދެވުނު. ބިލިޔަނުން ބިލިޔަނުން ފައިދާ ލިބުނަސް ރަޢިއްޔަތުންނަށް ލިބެނީ 50ލާރި....

  11. ސާބަސް

    ކާމިޔާބު ފާހަގަކުރާއިރު ހޯރަފުށި އެއަރޕޯޓް ހަދަމުން ދިޔައިރު ކުންފުނިން ހޯރަފުށި ފިހާރަތަކުން ނަގާފަކުރި ތަކެއްޗަށް އަދިވެސް ފައިސާނުދައްކާ ވިޔަފާރިވެރިން އާދެސްކުރާއިރުވެސް ކަހާތަން ހިރުވާވެސްނުލާ، ސުކުރިއްޔާ

  12. އަލި

    މިވައްޒަފުން ލައްވައި 24 ގަޑި އަިރު މަސައްކަތްކޮއް އަގުަވަޒން ނުކުރާ އެންމެ ދަށުދަރައިގެ ކުންފުޏެއް ތީ

  13. ސީނޭ

    ސީނުކަރަންކާގޭ މީހުންނަކީ ވަރަށް އަމިއްލަ އެދުންބޮޑު ހަރާންކޯރު ބައެއްކަމަށް ވަނީ

  14. ފާފު ދާލު.

    ކުޕންފުނި މުއްސަނދި ކުންފުންޏަކަށް ބަދަލުވި ނަމަ ވެފައިވަނީ ސަރުކާރުން ދިން ޕްރޮޖެކެޓް ތަކުގެ ސަބަބުން. އެޕްރޮޖެކެޓްތައް ދޫކޮށް މާލީ މުއްސަނދި ކަމެއް ހޯދިނަމަ އެއީ ޢާޒިމުގެ ކާމިޔާބު. ހަމައެހެންމެ 2000 އަށް ވުރެ ގިނަ ވަޒީފާ އުފެއްދި އިރު އެވާޒީފާ ދީފައިވަނީ ދެފުށް ފެންނަ ސާފު ގޮތުގަތޯ؟ އަލަށް އުފެއްދި ވަޒީފާ ލިބުނު މީހުންގެ ޕްރޮފައިލް ހާވާލާއިރު ޕީޕީއެމަށް ނިސްބަތްވާ މީހަކު ފެންނާނީ މަދުން. ތިބުނާ ޢާޒިމެއްގެ ނަޒާޙަތްތެރިކަން އެގޭނީ ރައްޔިތުންގެ ޙިއްސާ ކުންފުނިން އުފެދޭ ވަޒީފާ ހަމަ ހަމަ ގޮތެއްގައި ވަކި ފިކުރަކަށް ބެލުމެއްނެތި ދޭނަމަ.

  15. ގެރި ބުއްޅަ

    މި ވ އަޑި ނުބައި ނުލަފާ ދެއްކުންތެރި އެއް ކަމެއްވާމީހުެއްނޫން