އިސްރާއީލަކީ ވަކި ދައުލަތަކަށް ބަލާއިރު ބައެއްގެ ޙައްޤުތަކަށް އެންމެ ފުޅާ ދާއިރާއެއްގައި އަރައިގަންނަމުން ގެންދާ ގައުމެވެ. އިސްރާއީލް އިން ފަލަސްތީން މީހުންގެ ޙައްޤުތަކަށް އަރައިގަނެ ފަލަސްތީން ރައްޔިތުން އަމިއްލަ ބިމުގައި ރެފިއުޖީންނަށް ހަދައިގެން ގެންގުޅޭތާ ބައިގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ހަތިޔާރެއެއް ނެތް ފަލަސްތީންގެ ރައްޔިތުންނަށް ހަމަލާދިނުމާއި، ފަލަސްތީންގެ ސުލްހަވެރި މުޒާހަރާތަކަށް ބަޑި ޖަހާ އެތައް ބަޔަކު ޝަހީދު ކުރުމާއި، ފަލަސްތީން ރައްޔިތުންނަށް ކާބޯތަކެއްޗާއި ސާފު ބޯފެން ފަދަ ޒަރޫރީ ތަކެތި ވެސް ފޯރުކޮށްދިނުން ހުއްޓުވުމަށް އިސްރާއީލް އިން ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރު ތަފްސީލެއް ބޭނުމެއް ނުވެއެވެ.

ނަމަވެސް އިންސާނީ ޙައްޤުތަކުގައި ލާމަސީލް މިސާލު ދައްކާ ކަމަށް ބުނާ، އަދި އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ފޯރުކޮށްދިނުމަށް އެންމެ ބޮޑަށް ބާރުއަޅާ ޔޫރަޕްގެ އިއްތިހާދު (އީޔޫ) އަށް އިސްރާއީލްގެ ނޭއްގާނީ، އެއްވެސް އަމަލެއް ނުފެނެއެވެ. އިސްރާއީލާއި ދެކޮޅަށް ބަޔާނެއް ނެރުން ފިޔަވައި އިތުރު އެއްވެސް ކަމެއް އީޔޫ އަކުން ނުކުރެއެވެ. އިސްރާއީލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް ވެސް އީޔޫގެ ނެތެވެ.

އީޔޫ އިން ވަރުގަދަ ދަަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާ، އިރާން، އިރާޤު، ކޮންގޯ، ޒިމްބާބްވޭ، ވެނެޒުއޭލާ، މާލީ، ލީބިއާ، ސޯމާލިއާ ފަދަ ގައުމުތަކެވެ. މިގައުމުތަކަށް ބަލާލުމުން ވެސް އީޔޫގެ މަޤުޞަދަކީ ކޮބައިކަން ވަރަށް ސާފުކޮށް އެބައެނގެއެވެ.

އިސްރާއީލް އިން 2014 ވަނަ އަހަރު ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއްދީ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ ގޮތައް އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލުމުން އިސްރާއީލާއި ދެކޮޅަށް އީޔޫ އިން ދަތިކުރުމުގެ ފިޔަވަޅު އަޅަން އުޅޭ ކަމަށް މީޑިއާތަކުގައި ރިޕޯޓް ކުރިއެވެ. ނަމަވެސް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ފެޑެރިކާ މޮގެރިނީ ވިދާޅުވީ އިސްރާއީލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމުގެ އެއްވެސް ވިސްނުމެއް އީޔޫ އިން ނުގެންގުޅޭ ކަމަށެވެ.

އީޔޫ އިން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅެއް އެޅުމުގެ ވިސްނުން ނުގެންގުޅެނީ އިސްރާއީލްގެ އަނިޔާވެރި އަމަލުތަކުގެ އެންމެ ގާތް ބައިވެރިންނަކީ އީޔޫގެ ބާރުގަދަ ގައުމުތައް ކަމަށްވާތީއެވެ. އިނގިރޭސިވިލާތް، ޖަރުމަންވިލާތް، ފަރަންސޭސިވިލާތް، އިޓަލީ އަދި ސްޕޭން އަކީ އީޔޫގެ އެންމެ ބާރުގަދަ ފަސް ގައުމެވެ. އީޔޫގެ ގިނަ ނިންމުންތައް ނިންމަނީ މިފަސް ގައުމުން ބޭނުންވާ ގޮތަށެވެ. މިގައުމުތަކަކީ ފެށުނީއްސުރެ އެމެރިކާ ފިޔަވައި އިސްރާއީލްގެ ދިފާޢުގައި އެންމެ ބޮޑަށް މަސައްކަތް ކުރާ ގައުމުތަކެވެ.

އިސްރާއީލާއި ދެކޮޅަށް އދ.ގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް ވެސް ދަތިކުރުމުގެ ފިޔަވަޅެއް ނޭޅިގެން އުޅެނީ އެމެރިކާ އިން ވީޓޯގެ ބާރު ބޭނުންކޮށް ކޮންމެ ފަހަރަކު ސަލާމަތީ މަޖިލިސް ޕެރަލައިސް ކޮށްލާތީއެވެ. އީޔޫ އުފެދިގެން އައީ ވެސް ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތް ކުރާށެވެ. އަދި އީޔޫ ދެމިއޮންނަނީ ވެސް ވިޔަފާރީގެ މަސްލަހަތުތައް ހިމާޔަތް ކުރާށެވެ.

މިއަދު އިސްރާއީލަކީ އީޔޫގެ ވަރަށް ބޮޑު ވިޔަފާރީގެ ބައިވެރިއެކެވެ. އީޔޫގެ ގައުމުތަކަށް ބޭނުންވާ ވަރަށް ގިނަ ތަކެތި އިސްރާއީލުން އުފައްދައެވެ. ބައެއް ތަކެތި އުފެއްދުމަށް ބޭނުންވާ އެކި ބާވަތްތައް އިސްރާއީލުން އީޔޫ އަށް ބޭރު ކުރެއެވެ. އެހެންކަމުން އިސްރާއީލާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ އީޔޫގެ އެއްވެސް ގައުމަކުން ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ.

އިސްރާއީލަކީ މުސްލިމުންގެ މެދުގައި ބައިބައިވުން އުފައްދާ އިސްލާމީ ގައުމުތައް ނިކަމެތި ކޮށްލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްގައުމެވެ. އިސްރާއީލުން ގެންދަނީ މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ގެއްލުވާލުމަށް ސިއްރާއި ފާޅުގައި ކިތަންމެ މަސައްކަތްތަކެއް ކުރަމުންނެވެ. އިސްރާއީލްގެ މިސިޔާސަތަކީ އީޔޫގެ ގައުމުތަކުން ވެސް ތަންފީޒު ކުރަން ބޭނުންވާ ސިޔާސަތެކެވެ. އެހެންކަމުން އިސްރާއީލްގެ ކޮންމެ ކަމަކަށް އީޔޫގެ ގައުމުތަކުން ފުރިހަމައަށް ތާއީދު ކުރެއެވެ. އިސްރާއީލް އިން އީޔޫގެ ގައުމުތައް ބޭނުންވާ ގޮތައް ކަންތައްތައް ކުރަމުން ގެންދިއުމަކީ ވެސް އީޔޫ އިން އިސްރާއީލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނާޅާ އެއް ސަބަބެވެ.

އީޔޫ އަށް މުހިންމީ ގައުމަކުން ކަންތައް ކުރާ ގޮތެއް ނޫނެވެ. އީޔޫ އަށް މުހިންމީ އީޔޫގެ އަމިއްލަ މަސްލަހަތެވެ. އީޔޫ އިން އިސްރާއީލާއި ދޭތެރޭ އަމަލު ކުރަމުންގެންދާ ގޮތުން މިކަން ވަރަށް ސާފުކޮށް އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ގެ

    ކޮބާ އިޖިޕްޓް. އިދިކޮޅު މީހުން މަރާ ބަގާވާތަކުން ސަރުކާރު ވައްޓާލިއިރު އެމެރިކާ އިން ނުބުނި އެއީ ބަގާވާތެކޭވެސް. އެންމެ ފަހުގެ އިންތިޚާބުގަ ކުރިމަތިލީ އިދިކޮޅު މީހުންނަށް ފިއްތުންތަށް ކުރިމަތިކޮށް އެއޮތީ އިންތިޚާބެއް ބާއްވާ ނިންމާފަ. ކޮބާ އެޅި ފިޔަވަޅެއް އެމެރިކާއިން ނުވަތަ އީޔޫއިން. މިއީ އެއްގޮތަކަށްވެސް އިންސާނީ ހައްޤާ ނުވަތަ ޑެމޮކްރަސީއާ ގުޅުން ހުރި ކަމެއް ނޫން. ބޭނުމަކީ އެމީހުން ބޭނުންވާ ގޮތަށް ކަންތައް ކުރާ ބައެއް ބޭތިއްބުން.

    • މުސިންބި

      ރަނގަޅު ވާހަކައެއް! އަދި މިހުރިހައި ޖަރީމާތަކެއްގެ އަސްލަކީ ސަޢޫދީ އަރަބިއްޔާގެ ހަރާމްކޯރުކަން!

  2. ޢަލީ ޝަމީމް

    މިފަދަ ލިޔުންތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް އިންޓަރނޭޝަނަލް މީޑިއާގެ އެކިއެކި ވަޞީލަތް ތަކަށް ފޮނުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ބަޔަކު މީހުންނަށް އެއީ އެއްވެސް ބޭނުމެއްއޮތް ކަމެއްކަމުގައި ނުވިޔަސް ޙަޤީޤަތުގައި އެއީ ވަރަށް ބޭނުންތެރި ކަމެކެވެ.

    • ސސ

      ދިވެހި ގޫގްލް ޓްރާންލޭޓަރ އެޅީމަ އަހަރުމެން ޓްރާންސްލޭޓް ކޮށްފަ އަޕްލޯޑް ކޮށްލާނަން

    • ކިޔާ

      އަސްލުވެސް އަހަރެން ތާއީދު.

  3. ދިވެހި މީހާ

    ވަރަށް ރަނގަޅު ލިޔުމެއް. އީޔޫ އިން އިންސާނީ ހައްގޭ ގޮވަން ލަދުގަންނަންޖެހޭ. އީޔޫއިން ދައްކާ ވާހަކަ ގަބޫލް ނުކުރަނީ މިހެންވެ

  4. ވަރިހަމަ

    އިސްރޭލްއިން ބޭނުންވޭ ރާއްޖޭގައި އޮތް އިސްލާމްދީން ފޮހެލަން. އެހެންވެ މި އީޔޫއޭ ކިޔާ ކަނޑުކޮސް ދޮންމީހުންގެ ބައިގަނޑު ފަޔައް ހިނި އަރައިގެން މިއުޅެނީ

  5. ޖަރުމަނު އަލީ

    އިޒުރޭލުން ފަލަސްތީނު ރައްޔިތުންނާދެކޮޅަށް ހިންގާ އުދުވާނުތަކަށް ދުނިޔޭގެ ތަފާތު ޖަމިއްޔާ ޖަމާއަތްތަކުން ފިޔަވަޅު ނާޅައޭކިޔާފަ ރާއްޖޭގެ ވެރިކަމަށް އަންނަ ޕާޓީއަކުން އިދިކޮޅު ފަރާތްތަކާމެދު އެފަދަ ލާއިންސާނީ ޢަމަލުތައް ހިންގާކަށް ނުޖެހޭ! އަހަރެމެން ހުރިހާމީހުންނަކީ މުސްލިމުން އެއްޤައުމެއް އެއްސަގާފަތެއްގެ ބައެއް. ވީމާ، އިޒުރޭލެކިޔާ ވާހަކައެއްނުދެއްކޭނެ! އިޒުރޭލާ ފަލަސްތީނަކީ އެހެން ހާލަތެއް މެދުވެރިވެފައިވާ ޖަމާޢަތެއް! ވީމާ، އިޒުރޭލާ އެއްހަމަ އަކަށް މިސަރުކާރުގެ ޢަމަލުތައްގެންދާކަށް ނުޖެހޭ؟ ބޯގޯސް

  6. އަލީ

    ވަރަށް ރަނގަޅު ލިޔުމެއް. އަސްލު ތި ހުޅަނގުގެ ޖަމާއަތްތަކަކީ އިސްލާމީ ގައުމުތަކާއި ދުޝްމަން ބައެއް. އަބަދުވެސް ބަލާނީ ކޮންމެވެސް ގޮތަކުން ކެއްސެއް ނޫނީ ގެއްލުމެއް ދެވޭތޯ. އިސްލާމީ އެއްވެސް ގައުމެއް ތަރައްގީވެ، ހަމަޖެހުން ގާޢިމުވެ އޮންނާކަށް އެމީހުނެއް ނޭދޭ. މިއީ ތާރީޚް އޭރުވެސް މިހާރުވެސް ދައްކާގޮތް. ދެރައީ ގައުމުތަކުގެ ޒިއްމާދާރު މަގާމުތަކުގަ ތިއްބަވާ ގިނަބޭފުޅުންނަށް މިފަދަ ކަންކަން ނުވިސްނޭތީ.

  7. ހޭނައްތާ

    އީޔޫއަކީ ޓެރަރިސްޓް ޖަމާއަތެއް. ދިވެހިންގެ ބޮލަކަށް މިހާރު އީޔޫއަކަށްވެސް ޗިޕެއް ނުޖެހޭނެ. އީޔޫއިން ގެންގުޅެނީ އައުޓްޑޭޓެޑް ޗިޕްތަކެއް.

  8. މަރޭ

    އިނގިރޭސި ވިލަތާ ގުޅުން ހުރި ގައުމުތަކާ ސަރުކަރު ތަށް ސަލާމަތް ވާނެ.އެނުން ގައުމުތަށް ކުރަނި ހުސް ފިޔަވަޅު އަޅާޒާތުގެ ކަންކަން.،

  9. މުޝް

    ފިޔަވަޅު ނާޅަން ޖެހޭ ސަބަބު ވަރަށް ސާފު. ނަަތަންޔާހޫއާ ވާދަކޮށް އިންތިޚާބު ކާމިޔާބުކޮށްފާނެ ހެން ހީވާ އެންމެން ޖަލަށް ނުލުން. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހިންގުން މަނާ ނުކުރުން. ނަތަންޔާހޫގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޯޓަށް ހާޒިރު ކުރެވުން.

  10. މުރުއްބާ

    އެއީ އިޒުރޭލާ ސަޢުދީއާ އެމެރިކާގެ އެކުވެރިކަމުގެ ސަބަބުން!

  11. ޒާ

    އީޔޫއިން އިސްރާއީލަށް ދަތިކުރުމުގެ ފިޔަވަޅުނާޅަނީ އިސްރާއީލުން ކޮންމެ ދުވަހަކުހެން ބަޑިޖަހައި، ބޮންއަޅައި މަރަނީ އިންސާނުން ކަމަށް ނުވާތީ. އީޔޫއިން އިންސާނުންކަމަށް ދެކެނީ އެއީ މުސްލިމު ނަމެއްކިޔާ އަދި މުސްލިމުން އުޅޭގޮތަށް ނޫޅޭ މީހުންނަށް.

  12. ސުޢޫދު

    އީޔޫ ނޭގޭކުޑަކުއްޖަކުވެސް މިގައުމުގަނުހުއްނާނެ ނަޝީދުގެވެރިކަން ވެއްޓުނީއްސުރެ އީޔޫގެނުބާނުލަފާ ވާހަކަވަގުތުން ގެނެސްދެނީ ދިވެހިބަހުންލިއެ. ސާކުގައުމުތަކުގެ ރައްޔިތުންގެވެސް ފިކުރުބަދަލުވޭތޯ އިނގިރޭސިބަހުންވެސް ލިއުނީމަ ތިކަންކާމިޔާބުވާނީ ވަގުތައް ކޮއްމެ ވޯޓަކާދިމާކޮއް ނޫސްތަކުން ގެނެސްދެނީ އީޔޫ އިންތިހާބުގަވާދަކުރާފަރާއްތަކުގެ އެއްފަރާތުގެހަބަރުލިއަނީ

  13. ނަތަންޔާހޫ

    ދުނިޔެދަސްކުރަން އެބަޖެހޭ މުސްލިމުން! ބަލަ ހުރިހާ އަރަބިގައުމުތަކުގެމެދުގަ އިސްރާއީލް އުފަންކުރުވިއިރު ބީތާވެފަތަތިބީ؟ ދުނިޔޭގައި ޑިމޮކްރަސީގެ މާނަވެސް ކަލޭމެންނަކަށްނޭގޭ! މުސްލިމުންޖެހޭނީ ދަށުގަތިބެން، ލާހިކއްނޫން އިސްރާއިލަށް އެއްވެސްކަމެއްކުރަން، އީޔޫއިން ގަރާރުފާސްކުރީމަ ކޮން އިސްލާމީގައުމަކުން ކަންބޮޑުނުވާނޭބުނީ، އޯޕެކް ކިޔާ ތަނުން އެއްވެސް ބަޔާނެއްނެރެ މުސްލިމުގައުމަށް ހިތްވަރުދިންތަ! ނުދޭނެ ނުވެަްދެވޭނެ! މުސްލިމުންނަކީ އެއްބަޔެއްނޫން، މުސްލިމުނޫން އެހެން ހުރިހާ އެއްމެން އެއްކޮޅުގަ!

  14. ބެއްޔާ

    ކަލޭމެން އުޅުނު ގޮތް ހަނދާން ނެތުނީތަ މާ ވަރަކަށް އީޔޫ އަށް ހަސަދަ ތި ލަނީ؟
    އިޒްރޭލުގެ ވާހަކަ ނުކިޔާ ޔާމިނުގެ ނުބައި ނުލަފާ ވާހަކަ ކިޔާބަލަ.. މިގައުމަކީ ބޭރުގެ ކަންކަމާ ބެހޭ ގައުމެއް ނޫނެއްނު. އަދި އުޅެނީ ބޭރުގެ އެހީގައެއްވެސް ނޫނެއްނު.. މިގައުމު މީހުންނަށް ބޭރުގެ އެހީއާ ނުލާ އުޅެވޭނެ..
    މިގައުމަކީ ހަމައެކަނި އަމިއްލަ ގައުމުގެ ކަންކަމާ ބެހޭ އަމިއްލަ މަސައްކަތުން އުޅޭ ގައުމެއް.. ބޭރުގެ ގައުމަކުން ކޮއްދިން އެއްވެސް ކަމެއް ހަދާފަ ހުރި ތަނެއް މިގައުމަކުން ނުފެންނާނެ...

  15. ޢަހާނަމަ

    ތިކުރި ސުވާލަށް ދޭން އޮތް ޖަވާބަކީ އަބްދުއްރަހީމް 2 ގަނެފަ ނިހާން ރޮލެކްސް ގަޑިއަޅާފަ އަދި ހޯރަފުށީ ދާއިރާގެ މެމްބަރ ފައިސާގޯނި ބަހަމުން ދިޔައީމަ އެމައްސަލަ ނުބެލިސަބަބަކީ އީޔޫއިން އިޒްރޭލްގެ މައްސަލަވެސް ނުބަލާ ސަބަބު... މިކޮޅު އޯކޭވެގެން ޔާމީންއަށް ސަނާކިޔާނަމަ ހަމަ އީޔޫގެ ނިންމުންވެސް ހަޖަމްކޮށްލާ... ހިނުކުރާތި އެއްމެނަށް ފެންނާނީ ތިމަންނާގެ އެންގަލްއިން އެކަންޏޭ...

  16. އަބްދުއްލާ

    އިސްރާއީލު އެއްވެސް ރައްޔިތަކު އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާދޭތޯ ދުނިޔޭގެގައުމުތަކުގާ ސަލާންޖަހަމަކުން ނުދުވޭ މިއީތަފާތަކީ

  17. ޝަމްސުއްދީން

    އިސްރާއިލުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅުބަޔަކު އީޔޫގައި އެދިފައި ނުވާތީ.

  18. ޖައުފަރު

    މިކަހަލަ ލިޔުމެއް ޝާއިއު ކުރީތީ '' ވަގުތު '' އަށް ޝުކުރިއްޔާ ، މިހާރުގެ ހުރިހައި ލިޔުމެއް ހުންނާނީ ހުޅަނގަށް ފޭވަރ ކޮށްފައި !

  19. އެއީ

    އެމީހުންނަކީ ކާފަރުން ވީމަ.

  20. ހުސޭނުބޭ

    އެއީ އީޔޫއަކީމީހުންމެރުމާއި ޓެރަރިޒަމް ފުރުމަށް އިސްރާޢިލަށް ވާގިދޭ ބަޔެއް!

  21. ބްލާސަމް

    No father can hit his children , that’s why

  22. މަރާލިޕޭނު

    އިޒުރޭލަކީ، ޔޫރަޕުމީހުން ފަލަސްތީނު ބިމުން ސަރަހައްދެއް ވަކިކޮއްލައިގެން ޔަހޫދީންނަސް ހަދައިދިން ގައުމެއް. މިއަދާ ހަމައަށްވެސް ޔަހޫދީން ފަލަސްތީނު މީހުންނަށްދޭ އަނިޔާގެ ފަހަތުގަތިބީ ޔޫރަޕުމީހުން. މެދު އިރުމަތީގަ ހުޅު ޖަހައިގެން އެ ތިބެނީވެސް އެމީހުން. ޔޫރަޕު މީހުންނަކީ ދުނިޔޭގެ އެކި ގައުމުތައް އިސްތިއުމާރުކޮށް ލޭބޮމުން ގެންދިޔަ ބައެއް.

  23. ތެދެއް

    ޢިޒުރޭލުގައިވެސް ޙުރިހާ އެންމެންނަށް ވެސް އޮވޭ އެމީހެއްގެ ޙަޔާތަށް ބައިވެރިޔަކު ހޮވުމުގައި އެމީހެއްގެ އަމިއްލަ މިނިވަންކަމާ އަމިއްލަ އިޚްތިޔާރު އެކަމުގެ ތެރެއަށް އެއްވެސް އެހެން ނުފޫޒުތައް ވައްދާކަށް ސަރުކާއި ޢާއްމު ރައްޔިތުން ބާރެއް ނާޅާ މަޖުބޫރުން ވަކި މީހަކު އިސްކުރުމަށް އެއްވެސް ރައްޔިތެއް ޤައުމީ ހާއްޤުތަކުން މަޙްރޫމެއް ނުކުރޭ މިޤައުމުގައި ވަކި މީހަށް ކަންކުރަމުން ގެންދަނީ އިޒުރޭލުން ފަލަސްތީނާ ދޭތެރޭ ކަން ކުރާވަރަށް ވުރެ ނުބައިކޮށް

  24. ނަގަނަ

    ޔަހޫދީންނާދެކޮޅަށް ބަސްބުނުމުގެ ހިތްވްރެއް އެމެރިކާ ކިބައަކުނެތް.މާބޮޑަށް ހީކަރުވާ ބައެއް.