ހުޅުމާލޭގައި ސައިކަލެއް "ކަހާލައިގެން" ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ޅ.އޮޅުވެލިފުށި ހުވަނދުމާގެ މުހައްމަދު ޖަޒްލާން، 18 ނިޔާވެފައިވާއިރު ޖަޒްލާން ނިޔާވީ ސައިކަލް ކަހާލައިގެން ނޫންކަމަށާއި ޖަޒްލާން ނިޔާވީ އެހެން ސައިކަލަކާއި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް އޭނާގެ އެކުވެރިން ބުނެފިއެވެ.
ޖަޒްލާން އެކްސިޑެންޓް ވުމުގެ ކުޑައިރުކޮޅެއް އޭނާއާއި އެކު އުޅުނު ރަށްޓެހިން "ވަގުތަށް" ހިއްސާކުރި މައުލޫމާތަށް ބަލައި ޖަޒްލާންގެ މަރުގެ އަޑީގައި ހަގީގަތް ނޭނގޭ އެތަކެއް ކަމެއް ފޮރުވިފައިވާކަން ހާމަވެއެވެ.
އެގޮތުން 20 ޖުލައިވީ ހޮނިހިރުވިލޭރޭ 20:30 ހާއިރު ޖަޒްލާން އޭނާގެ ބައެއް ރަށްޓެހިންނާއި އެކު ސައިކަލް ދުއްވުމަށް ނިކުތް އިރު ޖަޒްލާން އެކްސިޑެންޓްވި ކަމުގެ ހަބަރު ލިބުނީ 20:51 ގައި ކަމަށް އޭނާގެ އެކުވެރިން ބުނެއެވެ.
"ޖައި އާއި އަހަރެމެން ދުއްވާލަން ނުކުތީ 20:30 ހާއިރު. އަދި ފިތުރޯނު މަގުން އައިސް ކުރެދިމަގާވީ ކަންމަތީގައި ޕޮލިސް ޗެކްޕޯސްޓެއް އިނުމުން ޖަޒްލާން ޔޫޓާންއެއް ނަގާފައި އަނބުރާލީ. އެއީ ޖަޒްލާން އަތުގައި ޑްރައިވިންގް ލައިސެންސް ނެތުމާއި އެކު. ޖައި ބުނި އޭނާ ސެންޓްރަލް ޕާކް ކައިރީގައި މަޑުކުރާނަމޭ. އެހެންކިޔާފަ އޭނާ ދިޔައީ. އެހާ ހިސާބުން އަހަރެމެންނާއި ޖައި ވަކިވީ" ޖަޒްލާން އާއި އެކު އުޅުން ރަށްޓެހިން ބުނެފައިވެއެވެ.
އަދި ޖަޒްލާން އެކްސިޑެންޓްވި ހަބަރު ލިބުނީ 20:51 ގައި ކަމަށާއި ޖަޒްލާން އެކްސިޑެންޓްވި ހަބަރު ލިބުނީ ރަށްޓެއްގެ ފަރާތުން ކަމަށް ޖަޒްލާން އާއި އެކު އުޅުނު ރަށްޓެހިން ބުނެއެވެ.
"އަހަރެމެންނަށް ޖައި އެކްސިޑެންޓް ވި ކަމުގައި ހަބަރު ލިބުނީ 20:51 ހާއިރު. އެއީ ޗެކްޕޯސްޓްގައި 10 ވަރަކަށް މިނެޓް ތިބުމަށް ފަހު އިތުރު ރަށްޓެއްސަކު ބަލާ ދަނިކޮށް" ޖަޖްލާންގެ ރަށްޓެއްސަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ޖަޒްލާނުގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާއިރު ޖަޒްލާން ނިޔާވެފައިވަނީ ލިބުނު އަނިޔާތަނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް 21 ޖުލައިވީ ހޮނިހިރު ދުވަހުގެ 00:10 ހާއިރުއެވެ.
ޖަޒްލާން އެކްސިޑެންޓްވެފައި އޮތް މަންޒަރު ފުރަތަމަ ފެނުނު މީހުންގެ ތެރެއިން މީހެއްގެ ބަސް
"ޖަޒްލާން އެކްސިޑެންޓްވެފައި އޮތް މަންޒަރު އަހަންނަށް ފެނުނީ 20:45 ހާއިރު. އެއިރު ޖަޒްލާން އެކްސިޑެންޓްވެފައި އޮތް ތާނގައި އިތުރު ސައިކެއް އޮތް. އަދި އެތާނގައި ދެ ފިރިހެނުން ތިބި" މަންޒަރުދުށް ފަރާތުން "ވަގުތަށް" މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވެއެވެ.
ލެއިން ތަތްތެޅިފައި އޮތް ޖަޒްލާން ފެނުމުން އެންމެ އިސްކަމެއްދިނީ ކައިރީގައި ހުރި ޗެކްޕޯސްޓްގައި ތިބި ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ.
"ޖަޒްލާން ފެނުމުން އަހަރެން އެންމެ ފުރަތަމަ އަވަސްވެގަތީ ކައިރީގައި ހުރި ޗެކްޕޯސްޓުގައި ތިބި ފުލުހުންނަށް އެކަން ރިޕޯޓް ކުރުމަށް. ފުލުހުން ގޮވައިގެން އެކްސިޑެންޓް ހިނގި ސަހަރައްދަށް އައިއިރު ވަރަށް ގިނަ މީހުން ވަނީ އެ ސަހަރައްދަށް ޖަމާވެފައި" މަންޒަރުދުއް ފަރާތުން ބުނެފައިވެއެވެ.
20:55 ހާއިރު ފުލުހުންނާއި އާންމުންވެގެން ޕިކަޕެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ޖަޒްލާން ގެންދެވުނު ކަމަށާއި އެއިރުވެސް ޖަޒްލާންގެ ބޮލުގެ އެއްފަޅި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ އޭނާ ބުންޏެވެ. ޖަޖްލާން އެކްސިޑެންޓްވި ސަރަހައްދުން ތިން ފައިވާން ޖޯޑު ފެނިފައިވާ ކަމަށާއި އެ ފައިވާން ޖޯޑުތަށް ފުލުން ގެންގޮސްފައިވާ ކަމުގައި އޭނާ ބުނެފައިވެއެވެ.
ޖަޖްލާން ހޮސްޕިޓަލަށް ގެންދެވުނު ފަހުން ކަންތައް ވެގެން ދިޔަ ގޮތް
20:55 ހާއިރު ޖަޖްލާން ހުޅުމާލޭ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާދޭން ފެށުނު ފަހުން ކަންތަށް ވެގެންދިޔައީ ވަރަށް ގަބޫލުކުރަން ދަތި ގޮތަކަށް ކަމަށް ޖަޒްލާންގެ ރަށްޓެހިން ބުނެއެވެ.
އެގޮތުން އެކްސިޑެންޓް ހިނގި ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާއިރު ޖަަޒްލާންގެ ސައިކަލުގެ އިތުރުން އެވަގުތު އެ ސަހަރައްދުގައި ވެއްޓިފައި އޮތް ސައިކަލުގެ ބައިތަށް ހައެއްކަ ފުލުހުންވެގެން ނަގާފައިވާ ކަމަށް މަންޒަރުދުށް ފަރާތަކުން "ވަގުތަށް" މައުލޫމާތު ދެމުން ބުނެފައިވެއެވެ. އަދި އެބައިތަށް ފުލުހުންގެ ވެހިކަލްއަށް އަރުވާފައިވާ ކަމަށްވެސް މަންޒަރުދުށް ފަރާތުން ބުނެފައިވެއެވެ.
ޖަޒްލާން ނިޔާވީ ސްޕީޑުބްރޭކާ (ބަމްޕަރު މަތިން) ކަހާލައިގެންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު ޖަޒްލާން ނިޔާވީ ބަމްޕަރުން ކަހާލައިގެން ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ޖަޒްލާން ކައްސާލައިގެން ނިޔާވި ކަމަށް ބުނި ސަހަރައްދުން ޖަޒްލާން ނިޔާވެފައި ވަނީ އަމިއްލައަށް ކައްސާލައިގެން ނޫންކަމަށް ބާރުލިބޭ އެތަކެއް ހެއްކެއް ވަނީ ލިބިފައިކަމަށް އޭނާގެ އެކުވެރިން ބުނެއެވެ.

"ޖައި ވެއްޓިފައި އޮތް ސަހަރައްދުން އެއާބްލެޑެއްގެ ބައިތަކެއް ފެނުނު. އަދި ނަންބަރު ބޯޑުގެ ބައިތަކެއްވެސް ފެނިފައިވޭ. ސައިކަލަށް ލިބިފައިވާ ގެންލުންތަކަށް ބަލާފަވެސް ހިޔެއް ނުވޭ އެއީ އަމިއްލައަށް ވެއްޓިގެން ވީ ކަމެއް ހެނެއް. އަދި ޖައިގެ މަރުހެ ހަޤީގަތްވަނީ އޮޅުވާލައިފައި ޖަޒްލާންގެ ގާތް އެކުވެރިއެއް " ވަގުތަށް" މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ޖަޒްލާންގެ މަރުގެ މައްސަލައިގައި ހަޤީގަތެއް ނޭނގޭ އަދި މަރާއި މެދު ޝައްކު އުފެދޭ އެތަކެއް ކަމެއް ފެންމަތިވެފައިވާކަމަށް އެކުވެރިން ބުނި ނަމަވެސް އެވާހަކަތަކަށް ބާރުލިބޭ ހެއްކެއް ރަސްމީ ފަރާތަކުން އަދި ހާމައެއް ނުކުރެއެވެ.
ޖަޒްލާންގެ އެކުވެރިން ދައްކާ ވާހަކަތަކާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދަން ތަކުރާރުކޮށް މަސައްކަތްކޮށް ވެސް ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.
ކޮންބަޔަކު ބާ އޮޅުވާލީ. ޙަމަ ގައިމުވެސް ޕޮލިސްއަކުން މިއެކްސިޑެންޓަކާއި ގުޅިގެން މީޑިއާއަށް މަޢުލޫމާތެއް ނުދޭ. މީޑިޔާއިން އޮޅުވާލިއްޔާ އޮޅުވާލީވެސް.
އޮޅުވާލީ މީޑިއާ އަކުންނޫން. ޕޮލިހުން. ޕޮލިހުންވަނީ އޭނާ އެކްސެިޑެންޓް ވީ ގޮތޭ ކިޔާ ވީޑިއޯއެއް އާއްމުކޮށްފައި.
ތަޙުގީގް ކުރަމުން ދާ މައްސަލަ އަކައްވާތީ އިތުރު ތަފުސީލު ދެވެން ނެތް ވާހަކަ ދަންނަވަން
ޜޭސް ޖަހާ ލައިސަންސް ނޯވެ. ޫ ޔޫ ޓާން އެނވެ ނުނަގަނވީ
ބުރޯ ކައޭގެ ކޮއްކޮ ނޫނީ ބޭބޭ މަރުވީމަ ތިހެން ޖަހަންވީނު ?
ޖަހާނަން. ކަލޭ ކޮއްކޮ ގަވައިދާ ހިލާފުވީމަ ބުނަން ވީތަ އެއީ އެއްކަލަ ގޯތި އާދަނު މައްސަލަ އެކޭ.
ތި ހަމަ ތެދެއް! ކުށެއް ވާނި ކުށަކަށް
ލައިސަންސް ނެތީސް ދުއްވަންޔާ ކޮއްކޮވިޔަސް ޖަހާނެ. މިހާރު މައިންބަފައިންނަށްވެސް ވިސްނޭނެ
ރޭސް ޖަހަން ވަކި ލައިސަންސެއް ދޫކުރޭ
މޮޓޯ ޖީޕީ ގަވެސް މީހުން ވެއްޓި މަރުވޭ! އެއީ އަދި ޕުރޯ މީހުން! ސްޕީޑް ލިމިޓް އައްތުރެއް ބާރައް ދުއްވުނީމަ ވާގޮތް!
މައްސަލަ ނިމި މީޑިޔާއިން ރިޕޯރޓް ކުރާއިރު ގޯސް ވަނީ ޕްލިހުންނައި ޔާމީން
ރަނގަޅު ވާހަކައެއް..
ޔާމީނުއާ ފުލުހުން ގޯސްވަނީ ގޯސްވާ ވައްތަރައް ތެޅޭތީ
ދެންކަލޭ ދޭބަލަ ތަޙުގީގު ކުރަން ފުލުހުނަށް ނުގުޅާ ކަމެއް ވާއިރަށް
ހަބަރުގަވާ ގިނަ މައުލޫމާތު ތަކަކީ ރަނގަޅު މައުލޫމާތެެއްނޫން. މަމީ އެންމެ ފުރަތަމަ އެތަނަށް ދިޔަ އެކަކު .. މަދިޔައިރު އެތާ ހުރީ އެންމެ މީހެއް. އެހެން އެއްވެސް ސައިކަލެއް ތިބުނާ ތާކުނެއް.. އަދި މަ އެތަނަށް ދިޔައިރު އެކްސިރެންޓްވި ސައިކަލުގެ ފުރޮޅު އެނބުރި އެނބުރި ހުރި.. މާނައަކީ މަށައް އެތަނަށް ދެވިފައި އެހުރީ އެކްސިރެންޓް ވިތާ މާގިނައިރު ނުވަނީސް.
ދެން އެހެން ވިއްޔާ ކޮން ސައިކަލެއްގެ ނަން ބޯޑެއް އެ. މަތިން އައިސް ވެއްޓުނު އެއްޗެއްތަ؟
6866 އޮރެންޖް އެއާބްލޭޑް. ހަލަބޮލި ކަންމަތި. މީ ވަރަށް ވާހަކަ!
އެތާ ކޮން ކަންމައްޗެއްގަ؟
އަދި އިތުރަށް ކިޔާ ދީބަލަ އަޅެ! ގޭންގު ސޮރެއްގެތަ؟
ޢެނގޭ އެއްޗަކީ އެކުއްޖާ އަކީ ހުޅުމާލޭގައި ބާރަށް ސައިކު ދުއްވާ ކުއްޖެއްކަން. ޢަހަރެންވެސް ދަންނަ ކުއްޖެއް އެއީ. ދުނިޔެ ދޫކޮށްފައި ދިއުމުން ދެރަވޭ. ދެންވެސް އޭނާ އެކު އުޅުނު ކުދިންވެސް މިއީ އިބްރަތެއް ކަމުގައި ބަލައި ސައިކުގަ ހުރި ބާރުމިނެެއްގަ ނުދުއްވަން ސަމާލުކަން ދޭންވީ.
ޕޮލިސ ޗެކު ޕޯސޓު ގެ މަސަލަ
ލައިސަންސް އެއް ނެތް. ދެންކާކުބާ ކުއްވެރިވާނީ.
އެ ވަގުތު ލައިސަންސް ނެއަތް ވާހަކަ އެ ބުނަނީ ކޮންމެ ތާ ކަށް ލައިސަންސް ހިފައިގެން ނުދެވިދާނެ
ދުއްވާ އެއްޗަކަށް އަރާއިރު އަބަދުވެސް އަތުގަ އޮންނަން ޖެހޭ އެއްޗެއް އެއީ. ޢެއީ ރީއްޗަކަށް ގޭގަ ބާއްވަން ދީފަ އޮންނަ އެއްޗެއް ނޫން.
ކިހިނެއް އިނގެނީ އޭނަ ދުއްވާފަ ދިއަލެއް ބާރުކަމުން ކޮންޓްރޯލް ނުވެގެން ޖެހުނީ ކަމަށް. އެހާ ބާރަށް އަންނަ އިރު ދެން އުޅޭ މީހުންނަކަށްވެސް ކޮންޓްރޯލެއް ނުވާނެ.
ލައިސަންސް ނެތް، ޗެކްޕޯސްޓް ފެނުމުން އަނބުރާލާފަ ދިޔުން.
ފުލުހުންނާ ފިލަންވެގެން ތަންކޮޅެއް ބާރަށް ދުއްވިފަ ތިހިރީ. ތިކަންވެސް ރައީސް ޔާމީނު ބޮލަށް ކަނޑާލާ.
ޕޮލިހުންގެ އަތެއް ތީގަ ވާކަން މީގެން އެބަ އިނގޭ. ވެދާނެ ޕޮލިހެއްގެ ސައިކަލެއް ކަމަށް ވެސް. އެހެންވީމަތާ ސިއްރު ކުރާނީ.
ތިޔަވާނީ ހަމަ ރަނގަޅަށް. އެމީހުންގެ މީހަކުއޭގެތެރޭގަ ވާތީ ސިއްރުކުރަނީއެ
ހަގީގަތް އެނގޭނީ ތަހުގީގު ކޮށް ނިމުނީމައެއް ނޫންތަ؟
އަހަރެންގެ ސުވާލަކީ ސައިކަލް ދުއްވަން އިނީ ކާކުހޭ؟
ތިވާނީ އެސޮރު އެހެންމީހެއްގެ އެއާރ ބްލޭޑެއްގެ ބައިތަށް ކަޓުވައިލައިގެން ފިލަން އުޅެނިކޮށް ލިބުނު ލަނޑެއްކަމަށް
މިހާރު އަންނަނީ ހިނި... ހަމަ ދުއްވުނުލެއް މަނައީ. އެވެސް ލައިސަންސް ނެތި.
ކަލޭ ހިނި އައިއްސަ ހުރެބަލަ. ކަލޭގެ ކޮއްކޮ އަކަށް ނޫނީ ބޭބެ އަކަށް ތިކަހަލަ ކަމެއްވީމަ ތެޅޭނެ، ފަތަފޮޅިޔަށް މިރުސް އެޅިގެން އުޅޭހެން. ެއެކަމު ކަލެޔަށް އެކަހަލަ ކަމެއް ނުވުން، ދުޢާ އަކީ
ކަލޭތީ އެންމެ ތަންދޮރު އިނގިގެން ވާހަކަ ދައްކާ މީހާ. ވާނުވާގަ ބުރޯ ތިޙުރީ
ޢޭނަ އަތުގަ ލައިސަންސް އޮންނާނެ
ޢެވަގުތު ނެތީ
ތިތަނުން ތި އެއްޗެހި ފެނުނު ކަމަށްވަންޏާ، ތީ "ހިޓް އެން ރަން" ކޭސް އެއްކަން ޔަޤީނެވެ. ތިކަމުގައި ޒިންމާވާ މީހުން ހޯދުމަށް ވަރަށް ފަސޭހަ ވެސް ވާނެއެވެ. ރަޙުމަތްތެރިންގެ ހިތްވަރަށް ސާބަސް ދެމެވެ. ޙަޤީޤީ ރައްޓެހިން ތިބޭނީ ތިގޮތުގައެވެ.
ތި ފުލުހުން މިގައުމުގެ ހަލާކަކީ... ފުލުހުންގެ އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުން އެތައްކަމެއް އޮޅުން އަރާފަ އޮންނަނީ
ވާނުވާ ނޭގި ވާހަކަ ނުދައްކާ ބުރޯ. ކަލޭގެ ޙާލާއެކު ކަލޭ އުޅޭ
ކިހާދެރަކަމެއްތަ..!! ކޮބާތަ މީގެ ޕޮލިހުންގެ މައްސަލައަކީ.. އޭނަ ބާރައް ދުއްވުން އޭ ޕޮލިހުންގެ މައްސަލައެއްތަ... ނޫނީ ބަންޕަރުގެ މައްސަލައެއްތަ... ނޫނީ މަގުގެ އަލި ވުމުގެ މައްސަލައެއްތަ.. އަޅެ އޭނަ ސައިކަލުގަ އިން ލައިޓް ކުޑަވީތަ.... އޭނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުުންއެދި ދުއާ ކުރަން.
ކަޑަވިއަސް ޕޮލިސް އެއީ ސުޕަރ ލަވް ޔޫ ޕޮލިސް
މަރުވެފައޮތް މީހަކަށް ދެރަބަހެއް ދިނުމަކީ ވ. ދެރަކަމެއް. އޭނަޔާ މަރުވުމުން ހިތާމަކުރާނެ އެތައް ބަޔަކު ވާނެ. ތިކިހަލަ ކޮމެންޓުތަކުން އެމާީހާގެ އާއިލާ އިތުރު ހިތާމަޔެއް ތިދެވެނީ.
ދެން ތި ވާހަކަ ނުދެއްކިއްޔަ ރަނގަޅުވާނީ... ކިތަންމެ ވަރަށް ތި ވާހަކަ ދެއްކިޔަސް މަރުވެފައި އޮތް މީހަކު އަނބުރާ ދެނެއް ނާންނާނެ.. ދެންވެސް ކުދިންނޭ ލައިސެންސް ނުނަގާ ސައިކަލް ނުދުއްވަންވީ.. މާ ގަޓު އަރުވާލާފަ ފޮނި ދައްކަން މާ ބާރަށް ސައިކަލް ނުދުއްވަންވީ... ކަމެއް ވާނީ ބުނެފަކައެއް ނޫން.. މިކަމުންވެސް އިބުރަތެއް ހާސިލްކުރެވޭތޯ ބަލަންވީ..... ޖަޒުލާން ގެ ފުރާނަޔަށް މާތްﷲ ރަހުމަތް ލައްވާ އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި.. އާމީން..
މި މަރާއި ގުޅިގެން ފުލުހުން އެއްޗެއް ބުނުން ބުއްދިވެރި.
ކުއްވެރިން ހޯދާ
ރަނގަޅަށް ތިޔާވީ
މިހާރު ދެން ކޮން ކޮންސްޕިރަސީ ތިއަރީއެއް މި ފެންމަތި ވީ؟؟؟???
މިތާ ކޮމެންޓުތަކާ ހުރެ އެ ދަރި ކައްވަޅުގަ އޮންނަންވެސް އުނދަގޫވާނެ...
ރައްޓެހިން ރައްޓެހިންގެ ގޮތުގައި ތިބޭ ނަމަ ރަނގަޅު. ސަން ނިއުސް އަށް ކިޔާދިނީ އެހެން ގޮތަކަށް. ވަގުތައް އައިއިރު ވާހަކަ ބަދަލް ވެފަ. ލައިސަންސް އޮވެ އަތުގައި ނެތި ދުއްވި މީހަކު ފިލަން ޖެހޭ ސަބަބެއް ނޭންގުނު. ރައްޓެހިންވެސް ކޮންމެސް އެކައްޗެއް ކިޔާ ނަމަދޯ.
މަބުނާނެ އެއްޗެއް ނެތް
ލައިސްންސް އޮތީމަ މަރުނުވާނެ އޭތަ ތިމީހުން ތިކިޔަނީ. ކޮންމެ މީހަކު އެބަކިޔާ
ލައިސްންސް ކަހިރުވަކޭ. ބަލަ ލައިސެންްސް އޮތަސް ނެތަސް މާތްﷲގެ ހަސްރަތަށް ގެންދަވަން ހުރި މީހަކު ގެންދަވާނެ. ދިވެހިންނަށް އިނގޭނީ މީހުނޭ ކިޔާފަ އެއްޗެއްސް ކިިޔަން. ހެޔޮދުއާ އެ ކުއްޖާއަށް ކުރިއްޔާ ކީއްތަ ވާނީ.
"إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ"
"މާތްﷲ އެ ކުއްޖާއަށް ރަހްމެއްލައްވާންދޭވެ. އާމީން."