ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ އިތުރު ތައާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. ކުދި ބޮޑު އެންމެން ވެސް ދަންނަ އެންމެންނާވެސް ގުޅޭ ބޭފުޅެކެވެ. ދީނީ އިލްމާއި ގުރުއާނުގެ އިލްމުގެ ރޮނގުން އަގުނުކުރެވޭ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ސިޔާސީ މަސައްކަތުގައި ވެސް އުޅުއްވާ އިލްމުވެރި ބޭފުޅެކެވެ.

އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ޝަހީމަށް ލިބިފައިވާއިރު "ވަގުތު މައިޒާން" ޕްރޮގްރާމްގައި ޝަހީމް ވަނީ އޭނާއާ ބެހޭ ގޮތުން މީގެ ކުރިން މީހުންނަށް އެނގިފައިނުވާ އެތައް ކަމެއް ހިއްސާ ކުރައްވާފައެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ހިމެނިވަޑައިގަންނަވާ ޝަހީމަކީ ރާއްޖޭގެ އިތުރުން އަރަބި އިސްލާމީ ގައުމުތަކުގައި ވެސް މަޝްހޫރު ބޭފުޅެކެވެ.

ޝަހީމް ތައުލީމު ހާސިލްކުރެއްވީ ދިވެހި ރާއްޖެ އާއި ޕާކިސްތާނާއި މިސްރާއި ސައޫދީ އަރަބިއްޔާ އާއި މެލޭޝިޔާއިންނެވެ. މިގޮތުން ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އަލްޖާމިއަތުލް އަޝްރަފިއްޔާގައި ކީރިތި ގުރުއާން ހިތު ދަސްކުރެއްވުމަށް ފަހު، އިމާމު އަބޫ ހަނީފާ ހަޔަރ އިނިސްޓިޓިއުޓް ފޯ ޓީޗާސްގައި އަރަބި އިސްލާމީ ތައުލީމުގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކުރެއްވިއެވެ. އަދި އެއަށް ފަހު، މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީގެ ދަށުގައި ހުންނަ މައުހަދުއް ދިރާސާތުލްހާސާގައި އިތުރަށް އަރަބި ބަސް އުނގެނުމަށް ފަހު، ސައުދީ އަރަބިއްޔާގެ މަދީނާގެ އިސްލާމިކް ޔުނިވަސިޓީގެ ކުއްލިއްޔަތުއްޝަރީއާގައި ފިގުހު އުސޫލުލްފިގުހުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވިއެވެ. އަދި އެއަށް ފަހު މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސްގައި، މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިގުހު އެންޑް އުސޫލުލްފިގުހު) ހާސިލު ކުރައްވައި، ހަމަ އެކުއްލިއްޔާގައި ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް (ފިގުހު އެންޑް އުސޫލުލްފިގުހު) (ޕީއެޗްޑީ) ހާސިލްކުރެއްވިއެވެ.

 

އެންމެ ފުރަތަމަ ވަޒީފާއަކަށް އަދާ ކުރެއްވީ ކޮން ވަޒީފާއެއްތޯ؟ އެ ތަޖުރިބާ ހިއްސާ ކޮށްލަދެވިދާނެތޯ؟

ޝަހީމް އެންމެ ފުރަތަމަ ވަޒީފާއަކަށް އަދާ ކުރެއްވީ ފިހާރައެއްގެ ފޮޅާ ސާފުކުރާ މީހެއްގެ ވަޒީފާއެވެ.

"ސުކޫލުން ވަކިވުމަށް ފަހު ދެން ގުރޫޕުތަކާއި ގުޅި އަވަށްޓެރި ހިސާބުތަކުގެ ކުދިންނާއި ގުޅި، ރަށު ތެރޭގައި ހިނގާ މިގޮތަށް ވަގުތުތަކެއް ދިޔަ. އެކަމަކު އަޅުގަނޑު ދުވަހަކުވެސް ގޯސް އަމަލުތައް ނުހިންގަން. ވައްކަން ކުރުމާއި މީހުންނަށް ގެއްލުން ދިނުން ކަހަލަ ކަމެއް ނުކުރަން. ބައްޕަމެންވެސް ގުރުއާން ކިޔެވުމާއި ކަންކަމަށް ހިތްވަރު ދިނުމުގެ ސަބަބުން އޭރުވެސް ނަމާދަށް މިސްކިތަށް ދަން."

ދީނީ ކަންކަމަށް އަބަދުވެސް ފަރުވާތެރިކަން ބަހައްޓަވާ ޝަހީމްގެ އެންމެ ފުރަތަމަ ވަޒީފާ ވެގެން ދިޔައީ އެތައް ގޮތަކުން އޭނާއަށް ހާއްސަ ވެގެންދިޔަ ކަމަކަށެވެ. މިގޮތުން އެންމެ ފުރަތަމަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތުތައް ބުރަ ނަމަވެސް އޭރު އޭނާގެ އުމުރުން އެންމެ 15 އަހަރެވެ.

" އޭރު ދެން ވަޒީފާއެއް ހޯދުމަކީ ވަރަށް ބޮޑު ކަމެއް. މަޖީދީ މަގުގައި އެއްކޮޅުން އަނެއްކޮޅަށް ހިނގަން ޖެހެނީ. އަޅުގަނޑަށް މިފެންނަނީ މަޖީދީ މަގު ހޯލި ކިޔާ ފިހާރައެއް. އެތަނުގައި އޮތީ އެތަނަށް ފޮޅާ ސާފުކުރާ މީހަކު ބޭނުންވެއްޖެއޭ. އޭރު ގާތްގަނޑަކަށް 15 އަހަރު ވާނީ."

މިގޮތުން އޭނާގެ ތައުލީމީ ހަޔާތް އަނެއްކާވެސް ފެށިގެން އައީ ފިހާރާއިގައި ފޮޅާ ސާފުކޮށް ހެދުމުގެ ވަޒީފާގައި އުޅުމުގެ ތެރޭގައި ގުރުއާން ކިޔަވާ ކުލާހަކަށް ދާ ބަޔަކާ ދިމާވެގެން އެ ކުލާހަށް ގޮސް އަނެއްކާވެސް ކިޔެވުމުގެ ޝައުގުވެރިކަން އައުމުން ކަމަށް އޭނާ ހިއްސާ ކުރެއްވިއެވެ. އެއަށް ފަހު ވަޒީފާގައި އުޅެމުން އެކުލާހަށް ދާން ފެށުން ވެގެންދިޔައީ ޝަހީމުގެ ތައުލީމީ ހަޔާތުގައި އެޅުނު ބިންގަލަކަށެވެ.

ސުކޫލު ދައުރުގައި އެއްވެސް ހޯމްވޯކެއް ނުވަތަ އިމްތިހާނެއް ކޮޕީ ކުރެއްވިންތޯ؟

"ދުވަހަކުވެސް ކޮޕީއެއް ނުކުރަން އަޅުގަނޑެއް."

"އަޅުގަނޑު ރާއްޖޭގައި ކިޔެވިވެސް އޮންނާނީ އެންމެ ސުކޫލެއް އެއީ އަރަބިއްޔާ އެކަނި. ގުރޭޑް ހަޔަކާއި ހަމައަށް ކިޔެވީ ވެސް. ހަޔަކުން އަޅުގަނޑު ފާސް ނުވެގެން ދާން ޖެހުނީ. އެއިން ފާސް ނުވެވުނީ ވެސް ރަށުގައި އެހެން އުޅެފައި އައިސް ދާން ޖެހުމާއި އަރަބި ބަހުގެ ފެންވަރު އޭރު އަޅުގަނޑުގެ ނެތުމާއެކު މަންމައާއި ވަކިން އުޅެން ޖެހުމާއެކު. އުމުރުން 10 އަހަރު 11 އަހަރުގައި ވަރަށް އުނދަގޫވާނެ ނޫންތޯ؟ އެއީ ވެސް ﷲ ލެއްވި ރަހުމަތެއް ކަމަށް ވެދާނެ." ޝަހީމް ވިދާޅުވިއެވެ.

ކިޔަވަން ރާއްޖެއިން ބޭރުގައި އުޅުއްވިއިރު ދިމާވި ކަމެއް އެބައޮތްތަ ހިތުން ނުފިލާ ކަމެއް؟

"ކޮންމެ ގައުމެއްގައި ވެސް އެބަހުރި ވަރަށް ތަފާތު ކަމެއް. ޕާކިސްތާނުގައި ވެސް އަޅުގަނޑުމެން އުޅުނީ ވަރަށް ދަތި ހާލުގައި. ދަތިހާލުގައޭ މި ދެންނެވީ އާއިލާއިން ވެސް މާބޮޑު ފައިނޭންޝަލް ސަޕޯޓެއް ނުލިބޭ. ޕާކިސްތާނުގައި ކޮންމެ މަހަކު އެއް ފަހަރު އަންނާނެ ޒަމާން ސާހަބު ކިޔާ މީހެއް. އަޅުގަނޑުމެން ގުރުއާން ހިތުދަސް ކުރަން ތިބި މަރުކަޒަށް. އޭނަ އަންނަނީ ސަދަގާތް ކުރަން. ކިޔެވުން އަޑު އަހާފައި، ކިތައް ފޮތްތޯ ދަސްވީ، ކިހާ ވަރަކަށްތޯ ދަސްވީ ބަލާފައި ގިނައިން ދަސްކުރާ ކުއްޖާއަށް އޭނަ އިނާމު ދޭނީ. ކިޔެވުން އަޑު އަހާފައި. އަޅުގަނޑަށް ކޮންމެ މަހަކު ވެސް ލިބޭނެ. ބައެއް ފަހަރު 500 ރުފިޔާ އަނެއްބައި ފަހަރަށް 1000 ރުފިޔާ. ލާރި ލިބޭރޭ ވަގުތުން ކަނޑާލާނެ ބާޒާރަށް. ގޮސް ހަމަޖެހިލައިގެން ދުފާލާ. ވަރަށް ރަނގަޅަށް ދުފާލާ ރެޔެއް އެއީ އިނގޭތޯ. ބޭރަށް ކާން ދާން ލިބޭ ރޭ ވީމަ. ބާޒާރަށް ގޮސްލާ ފަޓުލޫނެއް ގަމީހެއް އެއްޗެއް ގަނެލާ. އެރެޔަކީ ދެން ވަރަށް އުފާވެރި ރެޔެއް. ކޮންމެ މަހަކުވެސް އަންނާނެ ޒަމާން ސާހަބު އެހެންވީމަ. ޒަމާން ސާހަބު އަންނަ ރެއެއް ނޭނގޭނެ، އެކަމު ކޮންމެ މަހެއްގެ ވެސް ފަހުކޮޅު އަންނާނެ. ވިޔަފާރިވެރިއެއް އެއީ."

ކިޔަވަން އުޅުނު އިރުގައި ނުވަތަ ރަހުމަތްތެރިންނާއި ވެސް އެއްވެސް މީހަކަށް ޕްރޭންކް ކޮށް އުޅުއްވިންތޯ؟

"މާލޭގައި ކިޔަވަން އުޅުނު އިރު ގިފިލީގައި އެއްޗެހި ދޮންނަން ތިބޭނީ. އެއްޗެހި ދޮންނަން ތިބޭއިރު އަޅުގަނޑުގެ ކޮއްކޮއެއް ހުންނާނެ. އޭނަ ކުރާ ކަމަކީ އަޅުގަނޑުމެން އެއްޗެހި ދޮންނަން ތިބޭއިރު ބޭރުގައި ހުރެގެން ދަޅެއް ވެސް އެއްލާލަފާނެ. ކޯސްޓްކިރު ބޮއެފައި ހުންނަ ހުސް ދަޅު. އޭތި ގޮސް ގިފިލި ތެރޭގައި ޖެހޭއިރު ހަމަ ސިއްސައިގެންނެއް ނުން ދާނީ. އެކަހަލަ ވަރަށް ބައިވަރު ކަންތައްތައް ކުރާނެ."

ސުކޫލުގައި ސަކަރާތް ޖަހައިގެން އަދަބެއް ލިބުނުތޯ؟

"އަޅުގަނޑަކީ ސަކަރާތް ޖެހުމުގައި ވަރަށް މަތީގައި އުޅުނު މީހެއް. ކޮންމެ ދުވަހަކު އަދަބު ލިބޭނެ. އެސެންބްލީ ކުރިމަތީގައި ކޮޅަށް ވެސް ބަހައްޓާނެ."

މިގޮތުން އަރަބިއްޔާގައި އުޅުއްވިއިރު ހިނގި ބައެއް ހާދިސާތައް އޭނާ ވަނީ ހިއްސާ ކުރައްވާފައެވެ.

"ޗޯކު ބުރިބުރި ހޮވައިގެން އެއްކޮށްގެން ތިބީ އަލްހާން އާއި ދެމީހުން. ޓީޗަރު އައިސް ލިޔަން ހެދީމާ ޓީޗަރުންނާއި ދިމާއަށް ފަހަތުގައި ތިބެގެން އުކާ، އެކަހަލަ ކަންކަންވެސް ހުންނާނެ ކޮށްފައި." ޝަހީމް ކިޔައިދެއްވިއެވެ.

"އަޅުގަނޑު ހެދި ގޮތަކީ ކުލާހަށް އުސްތާޒު އައިމާ ކުލާހުގައި އެނބުރުނީ ހަމަ. ވަށައިގެން ހަމަ އެނބުރުނީ. އެ ހަރަކާތުގައި ހުއްޓާ ޕްރިންސިޕަލް ވަޑައިގަންނަވަނި ކުލާހަށް. ދެން އުސްތާޒު ވިދާޅުވެއްޖެ ޝަހީމް ބަލާބަލާށޭ ކުލާސްތެރޭގައި މެއްސެއް އުޅޭ ހެންނޭ މިއުޅެނީ."

މިހާތަނަށް އެންމެ ދެރަވީ ދުވަހަކަށް ހަނދާން ހުންނަނީ ކޮން ދުވަހެއްތޯ؟

ޝަހީމް ވިދާޅުވީ ހަޔާތުގައި ވަރަށް ބޮޑެތި ހިތާމަތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް އޭނާގެ ގިނަ ހިތާމަތައް ގުޅިފައިހުރީ ބައްޕަގެ ބަލި ހާލަތާއެވެ.

"އަޅުގަނޑު މަދީނާގައި ހުއްޓާ އަޅުގަނޑުގެ ބައްޕަ ސްޓްރޯކެއް ޖެހިގެން އެ މައްސަލައިގާ އަޅުގަނޑު ވަރަށް ދެރަވި. ދެރަވެގެން ޔުނިވާސިޓީން ވަކިވެގެން ވެސް އަންނަން އުޅުނިން. އެއީ ޔުނިވާސިޓީގެ ދެވަނަ އަހަރުގައި. ނަމަވެސް ބައްޕަ އެންގީ އަޅުގަނޑަށް ކިޔެވުން ދޫނުކުރާން. ދެން ހަމަ ވަރަށް ދެރަވި އަޅުގަނޑު މާސްޓާސް ނިންމާފައި ފައިނަލް އެގްޒާމްގައި އުޅެނިކޮށް ބައްޕަ ކިޑްނީ ފެއިލްވީ ހަބަރު ލިބުމުން ވެސް."

ރައީސް ނަޝީދުގެ ވެރިކަންތޯ ނުވަތަ ރައީސް ސޯލިހްގެ ވެރިކަންތޯ؟

"ވަރަށް އުނދަގޫ އެނގޭތޯ އެއްޗެއް ދަންނަވަން. ދެން ކުރީގެ ހާލަތާއި ބަލާފައި މިހާރު ރަނގަޅު ކަންކަން ވެސް އެބަހުރި. އަދި ކުރީގެ ރަނގަޅު ކަންތައްތަކެއް ވެސް އެބަހުއްޓޭ ދަންނަވާނީ. އަދި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ވެސް އެބަހުރި." ވަކި ވެރިކަމެއް ޗޫސް ކުރައްވަން ދެކޮޅު ހައްދަވަމުން ޝަހީމް ވިދާޅުވިއެވެ.

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

އިންތިހާބީ މަގާމެއްތޯ ނުވަތަ އައްޔަން ކުރާ މަގާމެއްތޯ؟

"އަޅުގަނޑު މިހާރު އެއްވެސް ވަރަކަށް ވަޒީރުކަން ކުރުމުގެ ޝައުގުވެރިކަމެއް ނެތް. ވަޒީރުކަން ކުރެވިއްޖެ ދެ ސަރުކާރުގައި. އޭގެ މާނައެއް ނޫން އަޅުގަނޑު އިންތިހާބީ ކަމެއްގައި ވާދަކުރާނެ އެކޭވެސް."

ރިޔާސީތޯ ބަރުލަމާނީތޯ؟

"އަޅުގަނޑަށް ބޮޑަށް ތާއީދު ކުރެވެނީ ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށް. އެކަމަކު ރާއްޖޭގެ ސިޔާސީ ނިޒާމުގެ ތެރޭގައި އެބަހުރި އަޅުގަނޑުމެން ރަނގަޅަށް ސްޓަޑީ ކޮށްލަން ޖެހޭ ކަންތައްތަކެއް ނިޒާމުގެ މައްސަލައިގައި. އަޅުގަނޑަށް މިވަގުތާ ހަމައަށް ވިސްނިފައި މިއޮންނަނީ ރާއްޖެއަށް އެންމެ މުނާސަބު ނިޒާމަކީ ރިޔާސީ ނިޒާމު ކަމުގައި."

އަމިއްލަ މަސައްކަތްތޯ ނުވަތަ ސިޔާސީ

"ގުރުއާނަށް ހިދުމަތް ކުރުން، ތައުލީމާއި ތަރުބިއްޔަތު. އަޅުގަނޑު އަބަދުވެސް މިކަންކަމުގައި އުޅޭނީ. ދެން ޕާޓްޓައިމްކޮށް ޕޮލިޓިކްސްގެ ތެރޭގައި އުޅެވިފައިހުރީ މާޒީވި ދުވަސްތަކުގައި. އެވެސް ހާޑްކޮށްނެއް ނޫން. އެ ފުރުސަތުތަކުގެ ބޭނުން ވެސް ހިފަނީ ގައުމަށް ހިދުމަތް ކުރުމަށް."

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ކީއްވެގެންތޯ؟

"އަޅުގަނޑު އިސްލާމިކް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ވަރަށް ދެކޮޅު. އަދި އެވަގުތު އަޅުގަނޑުގެ ގާތް އާއިލާގެ ރަހުމަތްތެރި ބޭފުޅުން ވެސް ވަރަށް ދެކޮޅު. ބައެއް ބޭފުޅުން އަޅުގަނޑު ކައިރިއަށް އައިސް ރޮއެވެސް ހެދި އިސްތިއުފާ ނުދޭށޭ. އެއީ އެވަގުތު ހިނގަމުން ދިޔަ ވަރަށް ބޮޑެތި އިސްލާމީ މަޝްރޫއުތައް. އެ މަޝްރޫއުތަކުގެ ވެރިއަކަށް ހުރީ އަޅުގަނޑު."

ނަމަވެސް އޭނާ ވިދާޅުވީ އޭރު އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލަށް ޖުލުމާއެކު އިތުރަށް ވަޒީރުކަމުގައި ހުންނަވަން އަމިއްލަ ނަފްސު ބޭނުން ނުވީ ކަމަށެވެ.

"އިމްރާން ބަންދުވުމާއި ގުޅިގެން އަޅުގަނޑު އިސްތިއުފާ ދިނީ. ރައީސް ވަރަށް ބޮޑަށް އެދިވަޑައިގެން އިސްތިއުފާ ނުދީ މަޑުކުރުމަށް. އެކަމު އަޅުގަނޑު ދެންނެވީ އިމްރާން ޖަލުގައި އޮއްވާ އަޅުގަނޑު ވަޒީރުކަމުގައި ހުންނަވަން ވަރަށް އުނދަގުލޭ."

މިގޮތުން ރަހުމަތްތެރިއަކަށްޓަކައި ވަޒީރުކަން ދޫކޮށްލި ދެވަނަ މީހެއް ދުނިޔޭގައި ވެސް ނުވާނެ ކަމަށާއި ނަމަވެސް ވީ ގުރުބާނީގެ އަގު އިމްރާން ވަޒަން ނުކުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2018ގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވީ ކީއްވެގެންތޯ؟

"އަޅުގަނޑުމެން ބައްޔެއް ނުވޭ ބުނާ ބުނުމަށް އަޅުގަނޑު ތާއީދު ކުރަނީ. އިންތިހާބުގައި ކުރި ހޯދީ އަޅުގަނޑުމެން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ."

ރައީސް ޔާމީން ނެތް ހާލަތެއްގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި ފެނިވަޑައިގެންފާނެތޯ؟

"އަޅުގަނޑު އެއްވެސް ވަރަކަށް ވިސްނުން ހުރި ކަމެއް ނޫން އެއީ 2023ގައި ރިޔާސީ ކެނޑިޑޭޓަކަށް ވުމުގެ ވިސްނުމަކީ އެއީ. އެކަމަކު އަޅުގަނޑު އަބަދުވެސް ދެކެން ބޭނުންވާ ހުވަފެނެއް އެއީ އަޅުގަނޑާއި ފިކުރީ ގޮތުން އެއްބަސްވާ ވެރިއަކަށް އެހީތެރިވުމަށް ހުރުން އެއީ. އެ ފިޔަވަޅަށް ވުރެ ކުރިޔަށް ފިޔަވަޅު އެޅުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން އެއްވެސް އިރެއްގައެއް."

ހަޔާތުގެ ބައިވެރިއެއް ހޯދަން ކުރި މަސައްކަތް ކުރުކޮށް ހިއްސާ ކޮށްލަދެވިދާނެތޯ؟

މި ސުވާލު ކޮށްލުމުން ޝަހީމް އައީ ހިންޏެވެ. ވިދާޅުވީ ވަރަށް މަސައްކަތް ކުރެއްވި ކަމަށެވެ.

"ހަޔާތުގެ ބައިވެރިއެއް ހޯދަން އަޅުގަނޑު ވަރަށް މަސައްކަތް ކުރިން. ވަރަށް ކުރިން ފަށައިގެން ބައިވެރިއަކު ހޯދައިގެން ވެސް އުޅުނިން."

ނަމަވެސް އޭނާ ވިދާޅުވީ ހަޔާތުގައި އޭނާ ހޯދި ކާމިޔާބީތަކުގެ އަސްލަކީ މިހާރުގެ އަނބިކަނބަލުން އާފިޔާ ކަމަށެވެ.

"އަޅުގަނޑު މިހާރު މިހުރަ ހިސާބަށް ވާސިލުވުމުގައި ﷲގެ ރަހުމަތަށް ފަހުގައި އެންމެ ބޮޑު ހިއްސާދާރަކީ އަޅުގަނޑުގެ އަންހެނުން އާފިޔާ. މި ފުރުސަތުގައި ވެސް އަޅުގަނޑު އޭނައަށް ޝުކުރު އަދާކުރަން. އާފިޔާއަކީ ވަރަށް ހިތްވަރުގަދަ މީހެއް. ވަރަށް ޒިންމާދާރު މީހެއް. އެއީ ވަރަށް ރަނގަޅު ބައިވެރިއެއް."

ހަޔާތުގައި ކުރެވުނު ކަންކަމުގެ ތެރެއިން ރިގްރެޓް ކުރާ ކަމެއް؟

"އެކަހަލަ ކަންކަން ބައިވަރު އެބަހުރި. އެކަމުގެ މައްޗަށް ހިތާމަކުރުމުގެ ބޭނުމެއް ނޯންނާނެ ދެއްތޯ. ހިތާމަ ކޮށްގެން ކުރެވޭނެ ކަމެއް ނޯންނާނެ."

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޚިކްމަތުޔާރު

    ފުންނާބު އިސްކަން އެނގުނޭ އެއްދުވަހަކު ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރަމެއްގަ މީހަކު ނަމާދުގެ ރުކުންތަކާ މެދު ސުވާލު ކުރުމުން ބުނެދެން ނޭގިގެން ކަމާ ނުބެހޭ ވާހަކަތަކެއް ދައްކާފަ ނިންމާލީ، އަނެއް ދުވަހު އެފްބީގަ އޮތް ކިޔަދީފަ..
    ޝަހީމަކީ ދީނީ އިލްމުވެރިއެއް ނޫން.. އެކަމު ހިންގުންތެރިއެއް..

    9
    34
    • ފުދޭނޭ

      މީހަކު އިމާމް މާލިކު އާ 40 ސުވާލު ކުރިއެވެ. އެހިނދު 36 ސުވާލަށް އަހަރެންނަކަށް ނޭނގެއޭ ދެންނެވިއެވެ. ޖަވާބު ދެއްވީ އެންމެ 4 ސުވާލަށެވެ. އެހެނެއް ކަމަކު އިމާމު މާލިކު އަކީ 4 މަޛްހަބުން 1 މަޛްހަބު ގެ އިމާމެވެ.

      12
      3
      • ރޫހުލްއަމީން

        އިމާމު މާލިކު ނޫޅުއްވައޭ!
        އެނގިވަޑައިނުގަންނަވާ ކަމެއް އެނގިވަޑައިގަންނަވާކަމަށް ހައްދަވައިގެން މީސްތަކުންނަށް އޮޅުވާލާކަށް!
        އެއީ ޢިލްމުގައި އިޚްލާސްތެރިކަމަކީ..
        އެއީ ތަފާތަކީ...
        އެހެންވެ ޢިލްމުވެރިންނޭ ކިޔަނީ! ބަހާއި ޢަމަލާ ދިމާވާތީ!

        8
        1
      • ޟޮކު

        އިމާމް މާލިކާ ތަންތާތިބި މުނާފިގު ޖާހިލުންނާ އެއްވަރު ނުކުރޭ!

        5
        2
  2. ފޭކު

    އަދިވެސް ފެއިލްވެފަ

    5
    27
  3. އުނައިސް

    މިހާތަނަށް އިސްލާމިކް މިނިސްޓްރީ ހިންގެވި އެންމެ ކުޅަދާނަ ވަޒީރު. ،👍👍👍✌️🇲🇻

    49
    8
  4. Anonymous

    އާފިޔާއަށް ނޭންގެނީ ޝަހީމް އުޅޭ ގޮތް. މިނިސްޓްރީގެ ބައެއް މީހުނަށް ވަރަށް ސާފު ކޮށް އެނގޭނެ

    19
    21
  5. އައިޝާ233

    ފުންނާބު އުސް ޕޮލިޓިޝަނެއް. އިލްމުވެރިއެކޭ ބުނެވިދާނެ. އެކަމަކު ފުންނާބު އުސް އިލްމުވެރިއެކޭ ނުބުނެވޭނެ. ޕްރޮމޯޝަނަލް އާޓިކަލެއް.

    11
    22
    • Anonymous

      ކިތަންމެ ވަރަކަށް ހަސަދަވެރިވިޔަސް ޑރ. ޝަހީމަކީ ފުންނާބުއުސް ޢިލްމުވެރިއެއް. ޙިކުމަތްތެރިއެއް. ދިވެހިރާއްޖެއާއި އިސްލާމީ ދުނިޔޭގެ ގިނަބަޔެއްގެ ލޯތްބާއި ތާއީދު ހޯއްދަވައިގެން ހުންނެވި ޝަޚުޞިއްޔަތެއް. މިޒަމާނުގައި އިސްލާމީ ދުނިޔޭގައި އެކުލަވާލެވުނު އެންމެ މުހިންމު ފޮތް އެކުލަވައިލެވުނީ ޑރ. ޝަހީމު އިސްވެ ހުންނަވައިގެން. އިސްލާމީ ތާރީޚުގައި ޢިލްމުވެރިއެއްގެ ގޮތުގައި ޑރ. ޝަހީމުގެ ނަންފުޅު ފަވާލެވިއްޖެ.

      15
      6
  6. Anonymous

    ޝަޚުޞިއްޔަތުންގެ ގޮތުގައި ގެންނަންވާނީ މިފަދަ ޢިލްމުވެރި ޚިދުމަތްތެރި ބޭފުޅުންނެވެ.

    35
    7
  7. ތުއްތު ކަލޯ

    ފުންނާބު އުސް ކިބުރު ވެރިކަން ހުންނަ ބޭފުޅެއް

    13
    29
  8. ޕޮގުބާ

    ކޮބާ ؟ ރީނާ

    10
    8
  9. محمد رشيد

    ދިވެހިރާއްޖެ ފަޚުރުވެރިވާފަދަ ޢިލްމީ ޤާބިލު ބޭފުޅެއް. އަދި ޚާއްޞަކޮށް އެބޭފުޅަކައްޓަކައި ހުވަދުއަތޮޅު ފަޚުރުވެރިވާ އެއަތޮޅުގެ ރަންދަރިއެއް.

    42
    7
  10. ދޮންއާދަނު

    ޝަހީމަކީ އޭނަގެ ޢުމްރާ ގުރޫޕު ޕްރޮމޯޓުކުރުމަށްޓަކައި ނަމާދުގެ ޖަމާޢަތަށް ނުގޮސް ހޮޓަލްގެ މެސްރޫމްގައި އޭނަގެ މޮޅުކަމާއި މާތްކަމުގެ ވާހަކަދައްކަން އިންނަ ޝޭހެކޭ ޖަހާލިނަމަ ސަޅި ވީސް..

    މައްކާގެ މާތް ބިމުގައި ވެސް ކުރާކަމަކީ މިހުން އެއްކޮށްގެން ސިޔާސީގޮތުން މީނަގެ ބޮޑުކަމާއި ބާރުގަދަކަމާއި ނުފޫޒުގަދަކަން ކިޔައިދިނުން...

    الله يهديك (الله ތިބާއަށް ހިދާޔަތް ދައްކަވާށި)

    4
    3
  11. ްިޒަކީ

    ސިޔާސީ ގޮތުން ކުޑަކުއްޖެއް!
    ވެރިކަމާއި މަޤާމަށް އުޅޭ މީހެއް!
    ވިޔަފާރިވެރިއެއް!
    ތިމާއާއި ތިމާގެ ވިޔަފާރި ޕްރޮމޯޓުކުރުމަށް ދީނާއި ދަރިން ބޭނުންކުރާ މީހެއް!
    ޝޭހެކޭ ބުނެވޭވަރަށްވުރެ ދީނީ ޢިލްމު މަދު މީހެއް!
    قران ހިތުދަސް މީހެއް!
    ރީތި ރާގުގަގައި قران ކިޔަވާ މީހެއް!
    (އަންހެނަކާ އެކު އެކަހެރިވުނުގެ ސަބަބުން) އޭނަގެ ކިބައިން ދީނުގެ ޙުކުމްތައް ލިބިގަނެވޭ ވަރަށްވުރެ ބޮޑަށް ސޯޝަލް މީޑިއާގައި ފަޟީޙަތްވެފައި ހުރި ބޭފުޅެއް!

    5
    4
  12. އުމްބެ

    ޝަހީމަކީ މިރާއްޖެ ދުއް އެންމެ ކުޅަދާނަ ގާބިލު ކަމަށް ކަމޭހިތާ ދޫހެލޭ އިލްމީ ހަޒާނާތަކުން ފުރުފައިވާ ދީނީ މުފަށްކިރެއް މާތް ﷲ ޝަހީމުއަށް ދެއްވާފައިވާ ކުޅަދާނަ ކަމަށް ޝުކުރުވެރިވަން.
    .

    11
    2
  13. ބޮނަ ކިވާ

    ވަރަށް ޤާބިލި

    5
    2
  14. މުހަންމަދު

    މިއީ ވަރަށް ނޫސްތަކުގެ ހެޑްލައިނަށް އަރަން ވަރަށް ބޭނުންވާ މީހެއް. ވީޑިއޯ އެއް ލީކުވެ އަބުރު ގެއްލިފައޮތް މީހެއް.

    7
    5
  15. އަރީ

    ގިނަ މީހުނަށް ޝަހީމްގެ ހަގީގަތް ނޭގޭ. ކުރުކޮއްބުނަޏާ ރަގަޅު މީހެއްނޫން ތިމާގައިގަ ޤާބިލްކަމެއް ދެއްވާފަ ހުއްޓަކަސް

    2
    3
  16. ޏނބބބ

    ކޮންމެ ރޯދަމަހަކާ ދިމާކޮށްފަ ގެންނަ ހުތުބާއެއއތަ މީ؟

    3
    3
  17. ޞހ

    ދީންވިއްކާލި މީހެއް ސިޔާސީ

    4
    4
  18. ހަސަދު

    ޝަހީމަށް އިލްމު ވެރިއަކަށް ވެވިއްޖެތޯ؟. ނަގާ ފާ ޢިލްމުވެރިކަމާ އެއީ ދެކަމެއް.

  19. ދޮނާ

    މީނަ ކިހިނެއް ޢިލްމު ވެރިއަކަށް ވަނީ. ރާއްޖޭގެ ތާރީހުގައި ހިންގާލި އެންމެ ބޮޑު ވައްކަމުގެ މޭސްތިރީ އާއެކު ރަނިންމޭޓަކަށް ނިކުންނެވި ހިސަާބުން މީނަގެ ޢިލްމުގެ ފެންވަރު އެގިއްޖެ. ދިނިގޮތުން އެކައްޗެއް ނެއެގޭ ކުޑަކުއްޖަކަށްވެސް އެގޭނެ ކައިވެނީގެ ބޭރުން ބެންކޮކަށް ގޮސް އަންހެނުން ހޯދުމަކީ ޒިނޭކުރުންކަން. އެކަމަކު ޝިޔާމުއަށް ތައުރީފުކުރުމުގައި ބެންކޮކަށްގޮސް އަންހެނުން ހޯދުމަކީ ހިލޭ އަންހެނުން ހޯދުމެއްނޫނޭ ބުނެ ދީނުގެ ހުކުމެއް ގަސްދުގައި އޮޅުވާލި މީހެއްގެ ރަނިންމޭޓަކަށްވެގެން ނުއުޅޭނެ އަލިފު އޮތީ ތެދަށްކަމެއް ނުވަތަ ބަޅަށް ކަަމެއް ދަންނަ މިހެށް. މިވަރުން ދީނޭ ކިޔައިގެން ޝަހިމުމެން ނުއުޅުން ބުއްދިވެރި.

    2
    2