އަހުމަދު އިނާހު އަދި މުހައްމަދު ޔާމީން

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާ ދިމާވީމަ ދައްކަވާ އެއް ވާހަކައެއް އަބަދުވެސް އޮވެއެވެ. އެތައް ބައެއްގެ ގުރުބާނީއެއް އޮވެގެން ވުޖޫދަށް ގެނައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ކުރިން އޮތް ފޯރި އާއި ޖޯޝު ގެނުވުމަކީ އިންތިގެ އެއް އަމާޒެވެ.

ދެހާހުގެ ކުރީކޮޅު މާލޭގައި ނަމަ ފެންނާނީ ބޮނޑިބަތް ޕާކް ނުވަތަ މާކަރީ ލައިޓް ކައިރިއަށް އެމްޑީޕީގެ ސަޕޯޓަރުން އެއްވެ އެކިއެކި ހަރަކާތްތައް ހިންގާ މަންޒަރެވެ. އެމްޑީޕީގެ އާންމު މެމްބަރުންގެ ޖީބުން ހަރަދުކޮށްގެން ބޮނޑި ބަތާއި ކުޅި މަސް ބަހައި ޖަގަހަތައް ހެދުމަކީ އޭރުގައި ތިބި މެމްބަރުންގެ އާދައެކެވެ.

އެކަމަކު، އިންތި ފާހަގަ ކުރައްވާ ގޮތުގައި މި ފޯރި އާއި ޖޯޝު ގެނެވެން އޮތީ ޕާޓީން ގަބޫލު ކުރާ އުސޫލުތަކާއި އަސާސްތަކުގައި ހިފަހައްޓައި އެއަށް އަމަލުކޮށްގެންނެވެ. އުސޫލްތަކާއި ހަމަތަކުގެ މަތީގައި ނުހިފެހެއްޓޭނެ ނަމަ، އެމްޑީޕީ ފުނޑިގެން ހިނގައިދާނެ ކަމަށް އިންތި ގަބޫލު ކުރައްވައެވެ. އެހެންވެ، އިންތި ނުކުންނެވީ އެމްޑީޕީގެ އަސާސްތަކަށް ލޮޅުން އެރުވުމުގެ ދޮރުތައް ބަންދު ކުރެއްވުމުގެ ނިޔަތުގައެވެ.

ކެމްޕެއިން ތެރޭގައި އިންތި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށެއްގެ ގާތްގަނޑަކަށް 5،000 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތް ކުރައްވައިފައެވެ. ރަށްރަށުގެ އަތިރިމައްޗަށް ވަޑައިގެން ވަޒީފާތަކުގައި އުޅޭ މީހުން، ނޫނީ ޕާޓީގެ މެމްބަރުން އެއްކޮށްލާފައި ހަމައެކަނި ފޮޓޯ ގަނޑެއް ކަނޑާލަނީކީ ނޫނެވެ. އެމްޑީޕީގެ ވަރަށް ގިނަ ބަޔަކާ ވަކިވަކިން ބައްދަލުކުރެއްވިއެވެ. އެމީހުންގެ ޝަކުވާތަކާއި ކަންބޮޑުވުން އިންތިހާ އަށް އެބައޮތެވެ.

އިންތިހާބުގައި އިންތި ވާދަކުރައްވާ މައިގަނޑު ސަބަބަކީ ވެސް މި ކަންކަމަށް ހައްލު ހޯދައި ދިނުމެވެ.

"ފޯރި ގެނެވޭނީ ފައިސާ ބަހައިގެން ނޫން، އުސޫލަށް ރުޖޫއަވެގެން"

އެމްޑީޕީ ވެރިކަމުގައި އޮންނަ އިރާއި އިދިކޮޅުގައި އޮންނައިރުގައި ވެސް ޕާޓީ ކުރިއަށް ދިޔައީ ވަރަށް ޖޯޝާއި ފޯރީގައެވެ. އެމްޑީޕީ "މަގުމަތީގައި" އޮތް އިރު ވެސް އެހާ އެހާ ފޯރީގައި އާއިލާއެއް ގޮތުގައި އޮވެވުނީ ޕާޓީ އާ މެދުގައި އެމްޑީޕީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ޔަގީން ކަމެއް އޮތީމަ ކަން އިންތި ގަބޫލު ކުރައްވައެވެ.

އިންތި ވިދާޅުވި ގޮތުގައި އިތުބާރު ގާއިމު ވަނީ ޕާޓީއެއްގެ ކަމަށް ވަނީނަމަ ޕާޓީއެއްގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހަމަތަކާއި ޕާޓީގެ އަސްލުތައް އެގޮތުގައި ބާއްވައިގެންނެވެ. ނަމަވެސް އަސްލުތަކާ ހިލާފަށް ކަންކަންވާ ކަމުގެ ޝަކުވާ އާންމު މެމްބަރުން ކުރަމުން އަންނަ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި ކެމްޕެއިންގައި.

"އެއީ ޕާޓީގެ ވެރިކަމެއް އައިމާ ޕާޓީގެ ވަރަށް ގިނަ ބަޔަކަށް މިހާރު އިހުސާސް ކުރެވެނީ އެމީހުންނާ ވަރަށް ދުރު ސަރުކާރެއްގެ ގޮތުގައި. އެ ވާހަކަ ވަރަށް ތަކުރާރުކޮށް ބުނޭ. ތިމަންނަމެން ވަރަށް ގުރުބާންވީ ބައެކޭ، އެކަމަކު ތިމަންނަމެންނާ މެދު ވަރަށް ބޭއިންސާފޭ. މިއީ ތިބި ބައެއް ކަމަށް ވެސް ނުހަދައޭ." އެމްޑީޕީގެ އާންމު މެމްބަރުންގެ ފަރާތުން އަޑު އިވުނު ބައެއް ވާހަކަތައް ހިއްސާ ކުރައްވަމުން އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމުގައިވީ އެންމެ ބޮޑު އެއް ވައުދަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުން ކަމަށެވެ. ހާއްސަކޮށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަކީ މި ސަރުކާރުން އަމާޒަކަށް ހެދި ކަމެކެވެ. އިންތި ވިދާޅުވީ އެ މައްސަލަތައް ނުބެލޭ ކަމުގެ ޝަކުވާ އާންމު މެމްބަރުން ކުރާ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ހިންގި ވެންޓިލޭޓަރުގެ ކޮރަޕްޝަން މައްސަލަ ވެސް ނުބެލިވާ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އިންތި ވިދާޅުވިއެވެ.

"މަރުތަކުގެ މައްސަލަ ވެސް ނުބެލި ދަނީ، ދައުރު ނިމެނީ. އެކަން ވެސް ނުބެލި ވާ ތަނުގައި ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ވެސް ފުރިހަމަ ތަހުގީގެއް ހިންގި ނުބެލިވާތީ އެ ކަންބޮޑުވުންތައް ވަރަށް ބޮޑު. ޕާޓީ ދެބައިވާތީ ވަރަށް ބޮޑަށް ކަންބޮޑުވޭ. އެއީ ޕާޓީއަށް އޮތް ނިކަމެތިކަމެއް ކަމުގައި އެބޭފުޅުން ގަބޫލު ކުރޭ. ވަރަށް މާޔޫސްވެ ދެރަވެފައި ތިބޭތަން ފެނޭ." އިންތި ވިދާޅުވިއެވެ.

އެކަމަކު، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އާންމު މެމްބަރުންނަށް އުންމީދެއް ލިބުނީ ޗެއާޕާސަން ކަމުގެ މަގާމަށް އޭނާ ކުރިމަތިލައްވާތީ ކަމަށް އިންތި ވިދާޅުވިއެވެ.

"ބައްދަލުވާ ކޮންމެ މީހަކު ހަމަ ބައްދާލާފައި ސަލާމް ކޮށްލާފައި ވިދާޅުވަމުންދަނީ އެބޭފުޅުންނަށް ވަރަށް ބޮޑު އުންމީދެއް ލިބިއްޖެއޭ އަޅުގަނޑު މިކަމުގައި ތެދުވީތީވެ. ޗެއާޕާސަން ކަމަށް." އިންތި ވިދާޅުވިއެވެ.

ކެމްޕޭން ދަތުރެއްގައި މެންބަރު އިމްތިޔާޒް ފަހްމީ - ފޮޓޯ: އިންތިގެ ޓީމު

އެމްޑީޕީ ނުވަތަ އެހެން ޕާޓީއެއްގެ ތެރޭގައި ޖޯޝާއި ފޯރި އަންނާނީ ފައިސާ ބަހައިގެން ކަމަށް އިންތި ގަބޫލެއް ނުކުރައްވައެވެ. މިސާލެއްގެ ގޮތުގައި އިންތި ނެންގެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އެވެ. ޖޭޕީއަކީ ވިޔަފާރި ކުންފުނި ވައްތަރަށް ހިނގާ ޕާޓީއެއް ކަމަށާއި ރާއްޖޭގައި މިފަދަ ފައިސާގެ ބާރުވެރިކަމުގައި އުޅޭ ޕާޓީތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިޕާޓީ އަކީ އަޅުގަނޑު އަބަދުވެސް ދަންނަވާ ފަދައިން އުސޫލުތަކާއި ހަމަތަކާއި ފަލްސަފާތަކަކީ މިޕާޓީގެ އެންމެ ވަރުގަދަ ތަނބުތައް ކަމުގައި ދެކިގެން. އެމަގަށް އުޅެފި ކަމުގައި ވާނަމަ ޕާޓީގެ ޖޯޝާއި ފޯރި އަންނާނެ. ރަށު ހަރަކާތްތައް ހިނގާނެ. ޕާޓީގެ އާންމު މެންބަރުންގެ ޖޯޝާއި ފޯރިއާއި އެކަތިގަނޑަކަށް ވެގެން އުޅޭތަން ފެންނާނެ. އަޅުގަނޑު އަބަދުވެސް މި މަސައްކަތް ކުރަނީ މިހާރު ވެސް މި ބާރު އަޅަނީ މިޕާޓީގެ މި ދެންނެވި އުސޫލުތަކާއި އަސާސްތައް ހަލާކުވިޔަ ނުދެއްވާށޭ. މި ވިޔަފާރި ވައްތަރުގެ ކުންފުންޏަކާއި އެއްގޮތް ކުރާ ކަހަލަ ގޮތަކަށް ނުހައްދަވާށޭ. ޕާޓީއެއް ގޮތުގައި ހަރަކާތްތެރިވާށޭ." އިންތި ވިދާޅުވިއެވެ.

"ޕާޓީ ތެރޭގައި ހުރި ޑިމޮކްރަޓިކް ޕްރޮސެސްތަކުގެ މަގުން ކަންތައްތައް ކުރުމަށް ބޮޑަށް ބާރު އަޅުއްވާށޭ. އަދި ޕާޓީން ވެފައިވާ ވައުދުތައް ފުއްދަވާށޭ."

އިމްތިޔާޒް ފަހްމީ ވާހަކަ ދައްކަވަނި - ފޮޓޯ: މަޖިިލިސް

"ވައުދު ނުފުއްދާ ނަމަ، 2023 އެމްޑީޕީއަށް އަތު ނުވެދާނެ"

އިންތި ވިދާޅުވި ގޮތުގައި ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި މަރުގެ މައްސަލަތައް ނުބަލައި، އަދި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ނުދެވިއްޖެ ނަމަ، އެމްޑީޕީ އަށް 2023 ގެ ރިޔާސީ އިންތިހާބު އަތު ނުވެދާނެ ކަމަށެވެ.

އެމްޑީޕީން ވެފައި ވަނީ ވަރަށް ސީރިއަސް ވައުދުތަކެއް ކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވީ މި ސަރުކާރުގެ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަންކަން ފުރިހަމަ ނުކޮށް ރައްޔިތުންނާ ހަމައަށް ގޮސް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި އެމްޑީޕީ އަށް 2023 ކާމިޔާބު ވާނީ އިތުބާރު އުފައްދައިގެން ކަމަށް ވިދާޅުވިއެވެ.

"އެ އިތުބާރު އެބަޖެހޭ އުފައްދަން ކޮންމެހެން ވެސް. އިތުބާރު އުފެއްދުމަށްޓަކައި ވައުދުތައް ބާރު ސްޕީޑުގައި ގޮސް އެބަޖެހޭ ފުއްދެން. މިކަހަލަ މުހިއްމު ބޮޑެތި ވައުދުތައް އެބަ ކުރެވެން ޖެހޭ. އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ތެރޭގައި ތުހުމަތު ކުރެވޭ ކަންތައްތައް ވެސް ބަލަން ޖެހޭނެ. ބަލާތަން ފެންނަން އެބަޖެހޭ." އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) : ފޮޓޯ މަޖިލސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) : ފޮޓޯ މަޖިލސް އިދާރާ

އިންތި ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ ބައިބައި ނުވެ އެކަތިގަނޑެއްގެ ގޮތުގައި ވެސް ތިބެގެންނެވެ. އޭރުން ޕާޓީއާ ފެޔަށް ޖެހިފައި ތިބި ޕާޓީ އަށް ވަރަށް ތެދުވެރި އާންމު މެމްބަރުން ވެސް ޕާޓީއާ އެކުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ފައްޔާޒަށް އަމާޒުކޮށް އިންތިގެ ބޮޑެތި ތުހުމަތުތަކެއް!

ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަށް އަމާޒު ކުރައްވައި އިންތި ދަނީ ފަހަކަށް އައިސް އެކިއެކި ތުހުމަތުތައް ކުރައްވަމުންނެވެ.

އެއް ކަމަކީ ފައްޔާޒް ނިސްބަތްވެވަޑައިގަންނަވާ ބިގް ކުންފުންޏަށް އެތައް މިލިއަން ރުފިޔާއެއް ގެއްލުމުގެ ބަދަލުގެ ގޮތުގައި ވެރިކަމުގެ ކުރީ ކޮޅުގައި ނަގައި ދިނުމެވެ. އަދި ފައްޔާޒްއާ އާއިލީ ގޮތުން ގާތްކަން އޮތް އިބްރާހިމް އިސްމާއިލް އަށް އެހާމެ ބޮޑެތި ބަދަލުތަކެއް ނަގައި ދިން ކަމަށް އިންތި އަބަދުވެސް ވިދާޅުވެއެވެ.

"މިސާލަކަށް އެ ކޭސް އަށް އެކަނި ބަލައިލި ކަމުގައިވީ ނަމަވެސް ސިވިލް ކޯޓުން އެކަނި ނިންމި މައްސަލައެއް. އިސްތިއުނާފަކަށް ވެސް ނުދޭ. ދީބާޖާ، ސުޕްރީމް ކޯޓުން ނިންމި މައްސަލައެއް. އެކަމަކު ބަދަލެއް ނުދޭ. އެއީ ކީއްވެ؟ އެއީ ސުޕްރީމް ކޯޓުގެ ނިންމުމެއް. އެކަމަކު މި ދެންނެވި ބިގްގެ މައްސަލަ އެއީ ސިވިލް ކޯޓުން އެކަނި ނިންމީ. އެކަމަކު އެއާހިލާފަށް އެބައޮތް އޯޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ވެސް ފާހަގަ ކުރައްވާފައި. ތިން ވަނަ ދައުރަކަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު ކަން ކުރައްވާ އިންތި ވިދާޅުވިއެވެ.

"އޭސީސީގައި ވެސް މީގެ ކުރިން މަޖިލީހަށް ފޮނުވި ސިޓީގައި ވެސް އެބައޮތް އެ މަސައްކަތް ވެސް ނުކުރެއޭ. ބިގުން ވައުދުވި ކަންކަން އޭރުގެ އެމްބީސީ އާއެކުގައި ހެދި އެގްރީމެންޓުގައި ވާގޮތަކަށް އަމަލެއް ވެސް ނުކުރެޔޭ އެހެންވީމާ ދޭކަށް ނުޖެހޭނެޔޭ. މިހުރިހާ ކަމެއް އޮއްވާ ބޮޑު އަދަދަކުން ވެރިކަމުގެ ކުރީ ކޮޅުގައި ކިތައް މިލިއަން ރުފިޔާތޯ ތިޖޫރި އަރިއަޅާލާ ވަރަށް ދިނީ."

އިންތި ކެމްޕޭނަށް ހުވަދު އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން

އިންތި ވިދާޅުވީ ފައްޔާޒް ނިސްބަތްވެވަޑައިގެންނަވާ ބިގް ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތެއް އެޅިފައިވާ ކަމަށެވެ. އެއީ އެމްއެމްއޭގެ ފައިނޭންސް އިންޓެލިޖަންސް ޑިޕާޓްމަންޓުގެ ބޭބޭފުޅުންގެ ރިޕޯޓަކުން ތަހުގީގަކުން ދެއްކި ކަމެއް ނަމަވެސް މިއަދާ ހަމައަށް ވެސް ފުލުހުންގެ ތެރެއިން އެ މައްސަލަ ބަލާފައި ނުވާ ކަމަށް އިންތި ވިދާޅުވިއެވެ.

"މިހުންނަނީ އިއްތިފާގުތޯ އަޅުގަނޑު ސުވާލު ކުރަނީ. އެކުންފުންޏާ ގުޅުނީމާ އިއްތިފާގެއްތޯ؟" އިންތި ވިދާޅުވިއެވެ.

މީގެއިތުރުން އިކޮނޮމިކް މިނިސްޓްރީގައި ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަ ވެސް ނުބަލާ އޮތް ކަމަށް އިންތި ވިދާޅުވިއެވެ. އިންތި ވިދާޅުވި ގޮތުގައި އެއީ ސޮނޭވާފުށީގެ ނަމުގައި 1000 އަށް ވުރެ ގިނަ ވަގު ކޯޓާ އަށް އެދިފައި ވަނިކޮށް 900 އަށް ވުރެ ގިނަ ކޯޓާ އެޕްރޫވްކޮށް 200 އަށް ވުރެ ގިނަ މީހުން ވަގަށް އެތެރެ ކުރި މައްސަލައެވެ. އެއީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކުއްލިއަކަށް ހަމަޖެހުނު ކަމެއް ކަމަށް ވިދާޅުވިއެވެ.

"އެ މައްސަލަ ހިނގިތާ މިހާރު ތިން އަހަރު ވެގެންދިޔައީ. ފުލުސް އޮފީހުގައި ވީ. އިމިގްރޭޝަނުން އެ މައްސަލަ ފުލުސް އޮފީހުގެ ސަމާލުކަމަށް ގެނައީ. ތަހުގީގު ހުއްޓުވާލާފައި. އިއްތިފާގެއްތޯ؟ ކިތައް މިލިއަނުގެ ބޮޑު ހިޔާނާތެއްތޯ؟ ހަމަގައިމު އެ މިނިސްޓްރީގެ ހަތަރު ފާރުގެ ތެރޭގައި ތިބޭނެ މި ހިޔާނާތް ހިންގި މީހުން. އެކަން ކުރި މީހެއް، އެ ވަގު ކޯޓާ އެޕްރޫވްކޮށްދިން މީހުން. އެކަންކަން ހިންގާލި މީހުން. އެމައްސަލައެއްވެސް ނުބެލޭ. އެހުންނަނީ އިއްތިފާގެއް ނޫން. އަޅުގަނޑު ނުވާނަމޭ މިކަހަލަ ކަންކަން އެއީ އިއްތިފާގު ކަމަށް ދެކޭނެ ޗެއާޕާސަނަކަށް." އިންތި ވިދާޅުވިއެވެ.

އިންތި ކެމްޕެއިންގައި. ---

"އޮތީ ނުފޫޒު ފޯރުވާފައި، ވަޒީފާގެ ބިރު ދައްކާ"

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ. އެގޮތުން ވަޒީފާގެ ބިރު ދައްކާފައިވާ ކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ. އެ ބިރު އޮތުމުން، އިންތި އާއި އޭނާގެ ޓީމާ ސަލާމް ކުރަން ބަނދަރު މައްޗަށް ވެސް ނުދާ ކަމަށް ވިދާޅުވިއެވެ. އިންތި ވިދާޅުވި ގޮތުގައި އެމީހުން އޭނާއާ ބައްދަލު ކުރަނީ އެހެން ގޮތްތަކެއް ހޯދައިގެންނެވެ.

އިންތި ވިދާޅުވީ އޭނާ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމާ އެކީގައި މި މުއްދަތާ ހަމައަށް އެތައް ވަޒީފާއެއް އުފައްދާފައިވާ ކަމަށެވެ. އަދި އެ މުއްދަތާ އޭގެ ކުރީގެ މަސްތަކާ އަޅާ ބަލާއިރު، "އުޑާއި ބިމާހާ ތަފާތުވާނެ" ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

މީގެއިތުރުން "ވަޒީރަށް ވޯޓު ނުދީފި ނަމަ، ރަށުގެ ޕްރޮޖެކްޓުތައް ހުއްޓުވާލާނެ" ކަމުގެ އިންޒާރު ދެމުން އަންނަ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި ގޮތުގައި މިކަންކަމަކީ އެމްޑީޕީއާ ވަރަށް ދުރު ކަންކަމެވެ.

ސަންގު ޓީވީ ބަހުސްއަށް ފަހު އިންތި ކެމްޕެއިން އޮފީހަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިންތިހާބުވެވަޑައިގެންފި ނަމަ، ސަރުކާރާ އެކީގައި މަސައްކަތް ކުރެއްވޭނެ ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެއްވެސް ކަމަކަށް ހުރަސް އަޅާ ތަން ނުފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޖެޓެއް އަޔަސް އަޅުގަނޑުމެން އޮމާން ކަމާއެކު އެޔެއް ފާސްކޮށްދިނުމާއި، ރިސެސްގައި އޮވެގެން ވެސް ބައެއް ގާނޫނުތައް ސަރުކާރުން އެދުނީމާ، ފާސްކޮށްދީ. ކިތަންމެ ގާނޫނުތަކެއް ބާރު ސްޕީޑްގައި ފާސްކޮށްދީފައި ވާނޭ. އެކަމު ދެވަނަ ދައުރެއް އެމްޑީޕީއަށް ޔަގީން ކުރުމަށްޓަކައި އެމްޑީޕީ އޭގެ ގޮތުގައި ލިބޭނެ އެމްޑީޕީ ސަރުކާރެއް ޔަގީން ކުރުމަށްޓަކައި މި ސަރުކާރުގެ ޕަފޯމަންސް ރަނގަޅުވާން ޖެހޭނެ." އިންތި ވިދާޅުވިއެވެ.

"މެމްބަރުން ތިބީ އިންތި އަށް ވޯޓު ދޭން ނިންމައިގެން"

އިންތި ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކަމުދަނީ އިންތި ކަމަށް އެމްޑީޕީގެ އާންމު މެމްބަރުން ގަބޫލު ކުރައްވައެވެ. އެމްޑީޕީގެ މެމްބަރުން ކައިރި އަށް ދިއުމުގެ ކުރިން، އެ މެމްބަރުން ތިބެނީ އޭނާ އަށް ވޯޓު ލާނެ ކަމަށް ނިންމައިގެން ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އިންތި ވިދާޅުވިއެވެ.

"އެބޭފުޅުން ވިދާޅުވަނީ ތިމަންނަމެން މާ ކުރިން ނިންމައިގެންނޭ މި ތިބެނީ. ދެން އެބޭފުޅުން އަމިއްލައަށް ވެސް އިތުރު ބޭފުޅުންގެ ވޯޓު ހޯއްދަވަން މަސައްކަތް ކުރައްވާ ތަން ފެނޭ. އެހެންވީމާ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އެބޭފުޅުން އަޅުގަނޑަށް އިތުބާރު ކުރައްވާ އެމްޑީޕީ އާއެކުގައި ކުރިޔަށް ދިއުމަށް ހުރި ޗޮއިސަކީ މިއީ ކަމަށް. އެބޭފުޅުންގެ ފަރާތުން އެ ލިބުނު ޔަގީން ކަމާއެކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ވަރަށް ތަނަވަސްކަމާއެކުގައި އިންތިހާބު ކާމިޔާބު ކުރެވޭނެ." އިންތި ވިދާޅުވިއެވެ.

އިންތިއަކީ ފެށުނީއްސުރެ، އެމްޑީޕީގެ މެމްބަރެކެވެ. ޕާޓީ އަލުން އަނބުރާ ވެއްޓޭ ހާލަތުގައި ވެސް އަރައިގަތުމަށްޓަކައި، ފެށިނީއްސުރެ ދެމިހުންނެވި މެމްބަރެކެވެ. ޕާޓީގެ މެންބަރުންނާއެކު ދެގޮތެއް ނުވެ، ހުންނެވި މެމްބަރެކެވެ. މުޒާހަރާތަކާއި އެއްވުންތަކުން ފެނުނެވެ. ރައްޔިތުންގެ މަޖިލިހުގައި ކުރެވޭ މުހިންމު ބަހުސްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވައެވެ. ބިލްތައް ނިންމެވުމުގައި އޭނާގެ ހިއްސާ ބޮޑެވެ.

އިންތި ވިދާޅުވި ގޮތުގައި ފައްޔާޒަށް، އޭނާއާ ގާތަށް ވެސް ދެވިފައެއް ނެތެވެ.

އެމްޑީޕީ މަގުމަތިވި ހާލަތުގައި އާއި ޕާޓީގެ ވެރިކަން ވައްޓާލާއި އޭގެ ފަހުން ދެން އައި އަނިޔާވެރި ދުވަސްތަކުގައި މަގުމަތީގައި އެކުރި މަސައްކަތުން މި ހިސާބަށް އާދެވުނު އިރު، ވާދަވެރި ކެނޑިޑޭޓެޓް އޭރަކު ފެނިވަޑައިގެންފައި ނުވާ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އިންތި ކެމްޕެއިންގައި.

ޕާޓީގެ ސިޔާސަތުތައް ކުރިއަރުވާ ނަގަހައްޓާ ސަރުކާރުން ބޭނުންވާ ގާނޫނުތައް ހެދުމާއި އަދި ޕާޓީގެ އެތެރޭގެ ކަންކަމުގައި ވެސް ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގައި މަސައްކަތް ކުރުމާއި ޕާޓީއަށް ހިދުމަތް ކުރުމާއި ޕާޓީގެ ފަރާތުން ޕްރެސް ކޮންފަރެންސްތައް ބޭއްވުމާއި މައުލޫމާތު ހިއްސާ ކުރުމުގައި އިންތި ދެމިހުންނެވިއެވެ.

"ހިދުމަތުގެ ގޮތުން ހަމަ ޔަގީނުން ވެސް އަޅުގަނޑާ އަޅާކިޔާލެވޭކަށް ނޯންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އަޅުގަނޑު އެއް އިރެއްގައި ވެސް އެއްވެސް ބޭފުޅަކަށް ޒާތީ ކަމެއް ނޯންނާނެ. މީހަކު ގޯހެކޭ ނުވަތަ އެވެނި މީހަކީ ވަރަށް ގޯސް މީހެކޭ އެހެން ބުނާނެ މީހެއް ނޫން." އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވި ގޮތުގައި ކަންކަން ގޯހުން ގޯހަށް ދާ ނަމަ، ފާޑު ވެސް ކިޔަން ޖެހޭނެއެވެ. އަދި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނުކުރެވުނީމާ އެވާހަކަ ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް މިފަހަރު އަޅުގަނޑުމެން އެމްޑީޕީގެ ވައުދުތައް ފުއްދުމަށް ފައްޔާޒުގެ މިނިސްޓްރީއާ ވަޒީރާ ހަވާލު ކުރެވިފައިވާނެ ސަރުކާރުގެ އެކްޝަން ޕްލޭންގައި ވާނެ ގާތްގަނޑަކަށް އަޅުގަނޑު ހިތުން 23 ވަނަ ސްފާހައިން 96 ވަނަ ސަފްހާއާއި ދެމެދުގައި ހުންނާނީ ހުސް ފައްޔާޒާއި ހަވާލުކުރެވިފައިހުރި މަސްއޫލިއްޔަތުތައް. އެކި ކަންކަން ނުކުރެވި ފަސްވެ، ލަސްވެ ފަހަށް ޖެހިފައިވާ ކަންކަން. އެކަންކަން ނުކުރެވުނީމާ އަޅުގަނޑުމެން އެވާހަކަތައް ދައްކަން ޖެހޭނެތާ." އިންތި ވިދާޅުވިއެވެ.

"ޕާޓީގެ ޗެއާޕާސަނަކަށް ވަޑައިގަންނަވާ ބޭފުޅަކަށް ރަސްމީ މަސައްކަތްޕުޅުތައް ނުކުރެއްވި ވާއިރުގައި ދެން ޕާޓީގެ ޗެއާޕާސަނަކަށް ވަޑައިގަންނަވާއިރުގައި ދެން ކިހިނެއްތޯ ޕާޓީ ހިންގާނީ."

ފައްޔާޒް ގަމު ދާއިރާގެ މެމްބަރު ކަން ކުރެއްވި އިރު، ދާއިރާގެ ރައްޔިތުންނާ އޮންނަން ޖެހޭ ގުޅުން ކުޑަ ކަމަށް އިންތި ވިދާޅުވިއެވެ. އެފަދަ ބޭފުޅަކު ޗެއާއަކަށް ވަޑައިގެން ކުރެއްވޭނީ ކޮން މަސައްކަތެއްތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. އިކުލީލު

    ބަހާނަން ތިނަދޫ ބަރުކޮއްފަ އޮންނާނީ ކަޅު ދަބަސްތަކުން.

    11
    1
  2. ރަން ފަތިސް

    އިންތިމެނަށް އިތުބާރުކޮށް ވެރިކަން ދިނީމަ ހުވަފެންތަކުގަ ކުލައެއް ނުޖެހުނު. ދެން ބޭނުމީ ބަދަލެއް. ފައްޔާޒު މީހަކީ

    20
    3
  3. ސޗސ

    އެއްވެސް މީހެއްގެ ޕަޕެޓަކަށް ޗެއާޕާސަންކަން ދީފިއްޔާ ޕާޓީ އަބަދުވެސް އޮންނަނީ ޕާސަނަލިޓީ ކަލްޓެއްގެގޮތައް..މިހާރުވެސް އޮތްހެން. އެމްޑީޕީ މިނިވަން ނުވެގެން އުޅެނީވެސް އުސޫތަކަށްވުރެ މަތީގަ ކޮންމެވެސް ޕާސަނަލިޓީއެއްގެ ބޭނުންތަކެއް އަބަދުވެސް އިސްކުރެވެތީ. އަބަދު މިޒާތަށް ޕާޓީ އޮތުމަކީ އެއީ އެއްގޮތަކަށްވެސް ޑިމޮކުރެޓިކް ޕާޓީއެއްގެ ސިފައެއްނޫން. އެފަދަ ސިފަތަކުގެ މަތީ ތިބެނީ އަބަދުވެސް ޑިކްޓޭޓަރުން ހިމެނޭ އޮޓޯކުރެޓިކް ޕާސަނަލިޓީ ކަލްޓު ޕާޓީތަކެވެ. އެމްޑީޕީ އެންމެހާ މެމްބަރުން ފުންކޮއް މިކަމާއި ވިސްނަންޖެހޭ...

    19
    2
  4. ރާއްޖެތެރެ

    އެމްޑީޕީ ސަޕޯޓް ގެއްލެން ފެށީ ޤާއުމީ ލޯބި ނެތީމަ. އިންޑިޔާ ބާރު ގަދަކުރާތީ. އިންޑިޔާ އައުޓް

    18
    1
  5. ނާދިރާ

    މީހުން މޮޔަ ހައްދާ ގުނބޯ ހައްދާނެ ކަމެއް ނެތް. ތިޔަ އެމްޑީޕީ އަކު ނުހުންނާނެ ތެދު ހަދާ އެކަކުވެސް. ވެރިކަން ދަމައިގަތީވެސް ވަގުވޯޓުން ތިޔަ ބުނާ އެއްޗެއް ބަހައިގެން. 65 ވެސް ހަމަ ކުރީ ވޯޓުން ވައްކަން ކޮށްގެންނާ ފައިސާ ބަހައިގެން. މާ ތަޤުވާވެރިކަމަށް ހެދިގެން އުޅޭނެ ކަމެއް ނެތް. ތިޔައީ ރަތްލާޖެހި ކައްޒާބުންގެ ޕާޓީއެއް

    22
    1
  6. ފަލަސްތީން

    އެމްޑީޕީ އައު ލީޑަ ޝިޕެއް ނެތި ދެނެއް ކުރިމަގެއްނެއް. އިންޑިޔާ އައުޓް

    19
  7. ޢިއްތިހާދު

    ތިޕާޓީއައް ރައީސްނަޝީދައް އިބޫއައް ކޮއްދެވުނު ކަމެއްނެއް ފެއްނަން ހުރީ ރައީސް މައުމޫނު ގެނާބަދަލްތައް ހިލޭކުރެވޭކަންތަކައް އަދިބޯހިޔާ ވަހިކަންވެސް ދެންރާއްޖެއައް ސްޕީޑުގަ ބޮޑު ބަދެލެއްތަރައްގީ ގެނައީ ރައީސްޔާމިން ދެން އެމްޑީޕީ އަޑުގަދަކޮއް ތިމަންނަމެން ގެނާ ބަދަލޭ ބުނީމަ އަޑުއަހާނީ ހަރުގެކުދިން މަގުމަތީ ސަލާންޖަހަން އުޅުނު ގުރޫޕަކައް ވެރިކަންލިބުނީމަ ދޮވެލަނީ ގައުމު ލިބުނުފުރުސަތުގަކޮންމެފަހަރަކުވެސް

    18
  8. ފަހުދާން

    އިންތި ބޭނުންވަނީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް އަނެއްކާވެސް އަނބުރާ ގެންނަންތަ. މަގުތަކަށް ނުކުމެ އަލިފާން ބޯޅައުކައި، ފުލުހުންނަށް ހަމަލާދީ، ގާޒީންނަށް ހަމަލާދީ މިފަދަ ކަންކަން ކޮށްގެން ނޫނީ އެމްޑީޕީއަށް ވެރިކަން ނުލިބޭނެކަމަށްތަ އިންތި ގަބޫލުކުރަނީ. ނޯނޯނޯ. އެއީ މާޒީ. އެދުވެސް ގެންނަން ދެން ދުވަހަކުވެސް އަހަރުމެން ބޭނުމެއްނޫން. 8 ފެބްރުއަރީގަ ހުޅުޖަހައި އަންދާލީ ކިތައް ޢިމާރާތްތޯ؟ އެއީ ކިތައް މިލިޔަން ރުފިޔާތޯ؟ އެހާލަތަށް ދާކަށް އެމްޑީޕީ މެމްބަރުން މިހާރު ބޭނުމެއް ނުވާނެ. މަޑުމައިތިރިކަމާއެކު ޞުލްޙަވެރިކަމާއެކު ރައްޔިތުންގެ ހިތްތައް ފަތަޙަ ކުރެވެނެ ޕާޓީއެއް އެމްޑީޕީއަކީ.

    10
    1
  9. އެމެރިކާ

    ރައްޖޭގެ ހުރިހާތަނަކައް އިންޑިޔާ ރޯ ޖާސޫސުން ލާފަ އެތެރޭގެ ހުރިހާ ސިއްރުތައް އިންޑިޔާއަ ދެއްކީމަ ރައްޖެއަ ލިބޭ ގެއްލުން ވަރައް ބޮނޑު.

    16
  10. ހުސޭނުބޭ

    ވޭތުވެދިޔަ މާޒީގައި ފެނުނު ތި ބުނާ އުސޫލުތަކަކީ
    ލާދީނީ ވުމާއި، މުޅި ރާއްޖޭގައި ހުޅުޖެހުމާއި، ސިފައިންގެ ޕެރޭޑް ތެރެއަށް ވަދެ އަވަގުރާނަ ގޮވުމާއި، ރާއްޖޭ މިނިވަން ނަގާލު،މަށް އިންޑިޔާ ސިފައިންނަށް ދަޢުވަތު ދިނުމާއި، ތޫރިޒަމް ބޮއިކަޓްކުރުމަށް ގޮވުންކަހަލަ ނުރައްކާތެރި ކަންކަން

    22
  11. ސސ

    މިހާރަކު އެމްޑީޕީ މެމްބަރުން ނާތަހުޒީބުގޮތައް މަގުމައްޗައް ނިކުމެ ހަޑިހުތުރު އެއްޗެހި ގޮވާ ބެރުޖަހާތަންތަން ރޯކުރާ ވައްޓަފާޅިއެއް ބޭނުމެއްނުވާނެ. އެއީ ރާއްޖޭގަތިބި ހަމަޖެހޭ ހަރުދަނާ ރައްޔިތުން އެއްއިރެއްގަވެސް ބޭނުންވިކަމެއްނޫން. ވީމާ ތިޔަބުނާ ފޯރީއާއި މަޖާގަނޑުގެ ވާހަކަ ނުދައްކާ ހަގީގީ އިސްލާހު ޕާޓީއަށް ގެންނާނެ ގޮތުގެވާހަަކަ ދައްކާށެވެ. ޕާޓީ ވަކި އާއިލާއަކަށް ހިބަ ވެފަ އޮތް އޮތުމުން މިނިވަންކުރާނެ ގޮތުގެވާހަކަ ދައްކާށެވެ...

  12. އަދުރޭ

    އުސޫލަށް ދެން ރުޖޫޢަ ވާނެކަމެއް ނެތް . 2023 ގެ އިންތިޚާބަށްފަހު ޢަބްދުﷲ ޖާބިރާ ތި ޕާޓީޙަވާލްކުރަން ތައްޔާރުވެ ލައްވާ

  13. އެމް.ޑީ.ޕީ އާންމު މެންބަރެއް

    ތިޔަ ބުނާ އުސޫލަކީ އަބަދު މަގުމަތީގައި ނިކަމެތި ރައްޔިތުން ހަޅޭއްލަވަން ނެރުން. އަބަދު ގައުމު ހަލަބޮލިކުރުން ، ވެރިކަމުގައި އޮތަސް ނުޒާހަރާ ކުރުން. އެސޫލުތައް މިހާރު އެމް.ޑީ.ޕީގެ އާންމު މެންބަރުން ބޭނުމެއް ނޫވޭ. އެމް.ޑީ.ޕީ އާންމު މެންބަރުން ބޭނުންވޭ އަބުރުވެރި ދިރިއުޅުމެއް އުޅެން. އަބަދު ނަޝީދުއަށް ސަނާ ކިޔަން މަގުމަތީގައި ގަޑަ ތެޅެން ނޫޅެވޭނެ. އެކަން ކުރީ ކުރިން ނުވިސްނޭއިރު.

  14. ސސ

    އެމްޑީޕީ ޕާޓީގެ ވެރިންނަކީ އިންޑިޔާމީހުންނޭ ބުންޏަސް ގޯހެއްނޫން.

  15. އަހުމަދު

    ވޯޓު ދޭނީ ފައިސާދިން މީހަަކައް

  16. ނާޒީ (މެނޭޖަރު)

    އިމްތިގެ ކެމްޕެއިން އާޓިކަލްއެއް މިއީ.

  17. މަރުހަބާ އިންތި

    އިންތި އަކި ހަބޭސް.
    ފަނޑުވުމެއް ނެތް ތަރިއެއް އިންތިއަކީ
    ޑަބިޔާތަކުގަ ބިސްކޯދާދެންޖެހުނު އެއްޗަކާ ފައިސާ ދިނަސް ފަޔާ ނޮހޮވޭނެ
    ބޮލެއް ހުރިމީހަކު ވިއްޔޤ ވޯޓު ދޭނީ އިންތިއަށް
    އެއްވެސްވަރަކަށް ކޮރަޕްޝަނަށް އިންތި ޖާގަނުދޭނެ

  18. ޙަބީބު

    ސޯޓު މުވައްޒަފުން މިފަދަ އެއްވެސް އިންތިހާބެއްގަ ވޯޓެއްނުލާނަން ރިސޯޓު މުވައްޒަފުންނައް ަަަަަަަަަަަަަަަަަަަަަަަަަަަަަަ ވަ ރައްހަ ރާންކޯ ރު ދިވެހިސަ ރުކާ ރު މުޅިގައުމު ހިންގައިދެނީ ރިސޯޓު މުވައްޒަފުން ލަންކާޔަކީ ފަތު ރުވެ ރިކަމުން ހިންގާ ގައުމެއް ބޮޑު އެއާލައިނު ބަނގު ރޫޓު ސައިފަތާ މަސްވެ ރިން ދާޖަހައިގެން މިލިޔަންޓަނުމަސް ނަގާ ނަމަވެސް ގައުމެއް ކޮޅަކައް ުުުުުުުުުުުުުުުުުުުުުުުުު ނުޖެހޭ ރާއްޖެއަދިމާ ނިކަމެތި ނަމަވެސް ރިސޯޓު މުވައްޒަފަކައް ނުލިބޭ ޓީޗަ ރެއްގެ މުސާ ރަ ބޭންކުން ލޯނެއް ލިބެނީ ހަމަ ބިޔަބޮޑު އިންޓްރަސްޓްގަ އައިޑީކާޑު ޕާސްޕޯޓު ދުވަހުން ދުވަހަކައް ނުލިބޭ ލިބޭއޮފްގަ މުޅިމަސް ހަ ރާބު މަޖިލިސް މެންބަރުންނައްވު ރެ އަޅާލާ އޯގާތެ ރިވާންވީ ރިސޯޓު މުވައްޒަފުންނައް ލަންކާއިން އިބު ރަތް ހާސިލުކޮއްބަލަ ގައުމު އިނދަޖެހޭނެ ރިސޯޓު މުވައްޒަފުންނާނުލާ ވީމާ ރިސޯޓު މީހުން ވޯޓުލާންޖެހޭ އެއްވެސް މީހަކު ނެތް ތިޔައީ ހަމަ ހައިވާނުން

  19. ލައިފް ޖެކެޓް

    ވެރިކަމާހެދި މޮޔަވެގެން ގޮސް ދިވެހިންގެ އާރާއިބާރު ވަނީ ކަޑުވާލާފަ މި އެމްޑީޕީ

  20. ޖެން

    ސާބަހޭ އިންތި ވަޒީފާ ހޯދަން އެއް އެމް އެސް ވެސް ނުކުރާތީ

    1
    1
  21. Anonymous

    ތިބުނާ އުސޫލަކީ: ގައުމާއި ދީނަށް ބީރައްޓެހި ވުން

    5
    1
  22. Anonymous

    އެއީ ލާދީނިއްޔަތު. ހަގީގަތުގައިވެސް އެއީ ލާދީނީއްޔަތު.

  23. ކުރިކީލަ

    "ނޭގުނޭ ތިޔަވިދާޅުވި ބަހުގެ މާނަޔެއް" އިންތި
    ޓިޔަވިދާޅުވި އުސޫލައް ރުޖޫޢަވުމަކީ ކޮބައިތޯ؟
    ފެއިލްވެއްޖޭނަމަ ކުރީފަހަރު ފެއިލްވީމާ ހެދިގޮތައް މުޅިޤައުމުގާ ހުޅުޖަަހާނެވާހަކަތޯއެވެ.
    ޙުުރިހާފަހަރަކުހުރިހާކަމެއް އެއްގޮތަކައްނުކުރެވޭނެ!!