މާލެ، މާލެއަކަށްވީ ވަރަށް ގިނަ ރައްޔިތުންގެ މަސައްކަތުންނެވެ. ވަރަށް ގިނަ ވިޔަފާރިވެރިންނާއި، ވަރަށް ގިނަ އާންމު ރައްޔިތުންގެ މަސައްކަތުންނެވެ. މާލޭގެ ރަށްވެހިކަން ނުލިބި ނަމަވެސް ބައި ގަރުނަށްވުރެ ގިނަ ދުވަހު މާލޭގައި ދިރިއުޅެފައިވާ މީހުން ވެސް އެބަތިއްބެވެ. އެމީހުން ވަޒީފާގައި އުޅެ، މާލެ އަށް އެތައް ޚިދުމަތެއްކޮށްފިއެވެ. ނަމަވެސް މާލެ އިން ބިމެއް ލިބުމުގެ ފުރުސަތެއް އެންމެ އެކަށީގެންވާ ގޮތެއްގައި ނެތެވެ. މާލެ ފިޔަވައި އެހެން ރަށަކަށް އުފަންވި ނަމަވެސް މާލެ އެއީ އުފަން ރަށް ކަމަށް ދެކިގެން މުޅި ދިިރިއުޅުން މާލޭގައި ބިނާކޮށް މާލޭގައި ދަރިން ބޮޑުކޮށް ދުވަހަކު އުފަން ރަށަށް ނުދާ އާއިލާތައް އެބައޮތެވެ. ނަމަވެސް އެމީހުން "މާލޭ މީހުންނަކަށް ނުވިއެވެ."

މާލެ އާއި އެއްވަރަށް ރާއްޖެ ތެރެ ތަރައްޤީ ނުވާ ވާހަކައަކީ އާވަހަކައެއް ނޫނެވެ. ކުރިން ވެސް ހީކުރެވިފައި އޮތް ގޮތައް މިބަހުސް މިވަނީ ރިޔާސީ އިންތިޚާބާއި ދިމާކޮށް އިތުރުވެފައެވެ. ތިންލައްކަ މީހުންް އާބާދު ކުރެވޭނެ ޝަހަރެއްގެ ގޮތުގައި ވިލިމާލެ ތަރައްޤީ ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމުން ބަހުސް އިތުރަށް ހޫނުވެއްޖެއެވެ.

މާލެ އަށް އެންމެންގެ ދިރިއުޅުން ބަދަލު ކުރުން އެއީ އެންމެން ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް މިހާރު ހަފޫޓް ހަތަރު ފޫޓްގެ ކޮށްޓެއްގައި ދިރިއުޅެމުންދާ މާލޭ މީހުންނަށް ވެސް އެއަށްވުރެ ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ޙައްޤު އޮންނަން ޖެހޭނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ވެސް މާލޭ ސަރަހައްދުގައި 370000 އަށް ވުރެ ގިނަ މީހުން އެބައުޅެއެވެ. އޭގެތެރެއިން ބޮޑު ބަޔަކީ އާއިލާގެ ހުރިހާ މެންބަރުންގެ މުސާރަ ގޭގެ ކުއްޔަށް ދައްކައިގެން އުޅެން ޖެހިފައިވާ މީހުންނެވެ.

ސުވާލަކީ އެމީހުންގެ އުމުރު ހޭދަކުރަންވީ އެގޮތައް ކުލި ދައްކާލަ ދައްކާލަ ތިބޭ ބައެއްގެ ގޮތުގައި ހެއްޔެވެ؟ މާދަމާ އަންނަ ސަރުކާރަކުން ކަލޭމެންނަކީ ރާއްޖެ ތެރޭ މީހުން ކަމަށް ބުނެ އެމީހުން އުފަން ރަށަށް ފޮނުވާލަން ނިންމާނަމަ އެމީހުން އުމުރު ހޭދަކޮށްގެން ހޯދި ދިރިއުޅުން ހަލާކުކޮށްލުމުގެ ޒިންމާ އެސަރުކާރަކުން އުފުލާކަށް ނުޖެހޭނެ ހެއްޔެވެ؟

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ރޭ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އުތުރާއި ދެކުނުގައި މާލެ ފަދަ ދެސިޓީ ތަރައްޤީ ކުރައްވާނެ ކަމަށެވެ. އެދެސިޓީ ތަރައްޤީ ކުރައްވާނީ ކޮން ރަށެއްގައި ކަމެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް ދެކުނުގައި ތަރައްޤީ ކުރާ ސިޓީ ތަރައްޤީ ކުރުން އެންމެ ގާތީ އައްޑޫ ސިޓީގައެވެ. އާބާދީ ބޮޑީވެސް އައްޑޫގައި ކަމަށް ވާތީއެވެ. އައްޑޫގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅެނީ ރަށުން ބޭރުގައެވެ. ގިނަ މީހުން މާލޭގައެވެ. އެމީހުންނަށް މާލެ އިން ގެދޮރު ނުލިބޭނެ ކަމަށް ބުނެ އައްޑުއަށް ފޮނުވާލަން ސަރުކާރުން މަޖުބޫރު ކުރާނީ ހެއްޔެވެ؟ އެފަދަ މަޖުބޫރު ކަމެއް ނޯންނަ ކަމަށްވާނަމަ އެމީހުން ޖެހޭނީ އުމުރު ދުވަހު ކުލީގެ އަޅުންގެ ގޮތުގައި ތިބެން ހެއްޔެވެ؟

ރާއްޖޭގެ ކޮންމެ ރަށެއް މާލެ ފެންވަރަށް ތަރައްޤީ ކުރުން އެއީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖެ އަށް ލިބޭ އާމްދަނީއަށް ބަލާއިރު އެޙަޤީޤަތް ޖެހޭނީ ގަބޫލު ކުރާށެވެ. އައްޑޫގައި މާލެ ފަދަ ސިޓީއެއް ގާއިމް ކުރާއިރު ހުވަދު އަތޮޅާއި، ހައްދުއްމައްޗާއި، ކޮޅުމަޑުލު ފަދަ ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ސިޓީގެ ދިރިއުޅުން ބޭނުންނަމަ އެމީހުން ޖެހޭނީ އައްޑު އަށް ހިޖުރަ ކުރަން ހެއްޔެވެ؟ އެހެން ވެއްޖެނަމަ އެމީހުންނަށް އޮތް ޖަޒީރާ ވަންތަ ދިރިއުޅުން ކޮބައި ހެއްޔެވެ؟

މާލެ ތަރައްޤީ ކުރުމަށް އެންމެ ބޮޑަށް ދެކޮޅު ހައްދަވާ އެއްބޭފުޅަކީ ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. އަލީ ހުސައިން އާއި ކޮށްލަން ބޭނުންވާ ސުވާލަކީ ކެންދޫގައި ދިރިއުޅުއްވަމުން ކޮންމެ ދުވަހަކު ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް މާލެ ވަޑައިގަންނަވާ ގޮތައް އަލީ ހުސައިންގެ ދިރިއުޅުން ބައްޓަން ނުކުރައްވަނީ ކީއްވެ ހެއްޔެެވެ؟ ސަބަބަކީ ދަތުރު ކުރަން އުފުލަން ޖެހޭ ތަކްލީފާއި ކުރަން ޖެހޭ ޚަރަދު ބޮޑުވުމެވެ. އެހެންނޫންތޯއެވެ.

އަލީ ހުސައިން އަށް މަޖުބޫރުވެފައި މިއަދު އޮތީ މާލޭގައި ވަޒީފާ އަދާކުރާށެވެ. ނަމަވެސް ހީވާގޮތުން މާލޭގައި ދިރިއުޅުއްވަނީ ކޮންމެވެސް ތަނެއް ކުއްޔަށް ހިފައިގެންނެވެ. ސުވާލަކީ އަލީ ހުސައިން ފަދައިން މާލޭގައި ވަޒީފާ އަދާކުރަން ޖެހިފައިވާ އެތައް ހާސް ރައްޔިތުންނަކަށް މާލެ އިން ފްލެޓެއް ނުވަތަ ގޯއްޗެއް ލިބުމުގެ ޙައްޤު ނެތުން އެއީ އިންސާފު ހެއްޔެވެ؟ ނޫނެކެވެ. އެއީ އިންސާފެއް ނޫނެވެ. އަލީ ހުސައިން އަށް ވެސް އަދި މާލޭގައި ވަޒީފާ އަދާކުރަން މަޖުބޫރު ވެފައިވާ އެހެން ހުރިހާ ރައްޔިތުންނަށް ވެސް ހެޔޮއަގުގައި މާލެ އިން ފްލެޓް ލިބެން ޖެހޭނެއެވެ.

އުފަންވި ރަށުގައި ދިރިއުޅެން މަޖުބޫރު ކުރުން އެއީ ވެސް އިންސާފެއް ނޫނެވެ. ކޮންމެ ރަށްޔިތަކަށް އެމީހަކު ހުރި ތަނަކުން އަސާސީ ޚިދުމަތްތައް ލިބުން އެއީ އަސާސީ ޙައްޤެކެވެ. އެޙައްޤު މިއަދުވެސް ސަރުކާރުން ފޯރުކޮށްދެއެވެ. މާދަމާ ވެސް އެޙައްޤު ފޯރުކޮށްދޭނެއެވެ. ކޮންމެ ސަރުކާރަކުން ވެސް އެކަން ކުރާނެއެވެ.

ހަޤީޤަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ 188 ރަށް އެންމެ ފުރިހަމަ ގޮތުގައި ތަރައްޤީ އެއް ނުކުރެވޭނެއެވެ. އެޙަޤީޤަތް ގަބޫލު ކުރާފަދައިން މާލެ ބިނާކުރި މާލޭ ތަރައްޤީ ކުރި ބާނީން، މާލޭގެ ރަށްވެހިކަން ނުލިބި ތިބި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޙައްޤު ނުލިބި ކުލީގެ އަޅުންގެ ގޮތުގައި ތިބުން އެއީ ވެސް އިންސާފު ނޫންކަމަށް ބަލައިގަނެ އެޙަޤީޤަތް ވެސް ޖެހޭނީ ގަބޫލުކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ވަރަށްފުރިހަމަމެސެޖެއް އެކަމަކުތިއަލީހުސެން. މަޖިލީހަކަށްދެނެންނުހޮވޭނެކަންޔަގީން

  2. މާލޭގައި ކުއްޔަށް އުޅޭ ދަ ރާއްޖެތެރޭ މީހުންނަށް ކުޑަ އަގަކަށް ކުލި ދައްކައިގެން ބިން ނުވަތަ ފްލެޓް މިލްކް ވާ ގޮތަށް މަމެން ޕިންކީން ވިލިމާލެ ސަހަރު ތަރައްގީ ކުރަން އުޅުމުން އެކަމާއި އެންމެ ބޮޑަށް ދެކޮޅު ހަދަނީ އެމްޑީޕީން ނެވެ. ދަ ރާއްޖެތެރެ އެއް ތަރައްގީ އެއް ނުވާނެއޭ ރާއްޖެތެރޭ އާލާތުން ބުނާނެއޭ އެމެންގެ ރަށް ތަރައްގީ ވުމުން އެމެން މާލެ ނާންނާނަމޭ އެއީ ވާނެ ކަމެއް ނޫނޭ އިގްތިސާދާއި ވިޔަފާރި އަކީ ލޮކޭޝަން އެހާ ފަސޭހައިން ބަދަލު ކުރެވޭނެ ކަމެއް ނޫނޭ އެކަން އިނގެއެއް ނޫންތޭ ނިއުޔޯރކް ގައި ކުރާ ވިޔަފާރި އެމެރިކާ ހަންދިޔައިރު ވެސް އެމެރިކާގެ އެހެން ސިޓީ އަކަށް ބަދަލު ނުކުރެވުނޭ ސަބަބަކީ ވިޔަފާރީގައި ލޮކޭޝަން އަކީ އެއީ ވަރަށް މުހިއްމު އެއްޗެކޭ އެގޮތުން ބަލާއިރު މަޖީދީ މަގުގައި ފިހާރަ އެއް ހުޅުވުމުން ވިޔަފާރި ކުރިއަރާ ގޮތަށް ބުރުޒުމަގުގައި ފިހާރަ އެއް ހުޅުވުމުން ވިޔަފާރި ކުރި ނާރާނެއޭ މިކަން ދަންނަން ޖެހޭނެއޭ ކަން މިހެން ހުރުމުން މާލޭގައި ދިރިއުޅޭ އެންމެން އަމިއްލަ އެޕާރޓްމެންޓް ގައި ދިރިއުޅެވޭނެ ހަމަ އެކަނި މޮޑެލް އަކީ އެއީ މާލެ އާއި ވިލިގިލި އަދި ގުޅިފަޅު އަދި ތިލަފުށި ބްރިޖް އަކުން ގުޅުވާލާ ގުޅިފަޅު ހިއްކާލާ އެތަނުން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ދުވަސް ވަން ދެން ދައްކާ ގޮތަށް ބިން ތައް ކޮންމެ ދިވެހި ރައްޔިތަކަށް ކުއްޔަށް ދީގެން ނޭ އެމްޑީޕީން އެބުނާ ރާއްޖޭގެ އުތުރާއި ދެކުނު ގައި މާލެ ފެންވަރުގެ ސިޓީ ތަކެއް ތަރައްގީ ނުކުރެވޭނެއޭ އެވާނީ ބޮޑު ފެއިލިއަރ އަކަށޭ ލާމު މާންދޫގައި ހެދި ފިޝަރީސް ކޭނިންގް ފެކްޓަރީ ވެސް ވީ ފްލޮޕް ނޫންތޭ އެއީ ލޮކޭޝަންގެ މައްސަލަ އޭ އެނިކުންނަނީ އެފެކްޓަރީ މާލެ ސަރަހައްދުން ފަޅެއް ހިއްކާ އެތަނުގައި ގާއިމް ކުރި ނަމަ މިއަދު އެއީ ބިލިއަނުން ފައިދާ ނެރެދޭނެ ތަނެކޭ. ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯންޓް ބީ ޑޯންޓް ބީ ޑޯންޓް ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ....

  3. އައްޑޫގޫބައްޑާ

    އިންޑިޔާގެ ޓުރިވެންޑްރަމް ތަރައްގީކުރީ ދިވެހިންފައިސާ ޚަރަދުކޮއްގެން، ވީމައިއެތަނުން ދިވެހިންނަށް ބިންލިބެންޖެހޭނެތާ؟! އަދަމްނަވަޒުތީ ވަރަށްގޯސް ލިޔުންތައްލިޔާ ނަސްލީ އިމްތިޔާޒުގެ މީހެއް1 މާލޭން މާލެގެ ރައްޔިތުންނަށް ބިންނުލިބިގެން އުޅެއިރު ނުވަތަ ބިންދެވެން ނެތްއިރު ކިހިނެތް ރަށްރަށުން ހިޖުރަކޮއްގެން އުޅޭބަޔަކަށް ބިންދޭނީ! މިކަހަލަ ލިޔުން ނުލިޔެ ރައްތައް ތަރައްގީކުރުމަށް ބާރުލިބޭފަދަ ލިޔުންތައް ލިޔެބަލަ!
    ނޫނީ ލޯހުޅުވައިގެން ބަލާބަލަ މާލޭގަޔާއި ވިލިމާލެ އަދި ހުޅުމާލޭގައިވެސް ފޮލެޓްއައި ގޯތިލިބިގެން ދިރިއުޅެ ރައްފުށުގެ ކިތައްއައިލާ އެބަތިބިތޯ؟! ތަނަކުން ޖާގަލިބެނީ ޖާގައޮތްވަރަކުންދޯ؟!

    • ބަލަ ޖާގަ ނެތީމަ ބިންހިއްކާފަ ޖާގަ ދެނީ ނޫންތޯ .ފުލެޓް އަޅާފަ ކިހިނަުންތޯ ތިވިސްނަނީ. ޢިންޑިޔަ އާ ރާއްޖެ ފަރަގް ކުރުމުގަ.

      ޥިސްނާލަން ވީ ނުކުތާ އަކީ ކަލޭމެން ރަށުގަ ތިބެފަ އެންމެ މޮޅު ހިދުމަތް ރަށުން ނުލިބޭނެ ވާހަކަ ދައްކާތީ. ޢެހިދުމަތް ލިބުމުގެ ފުރުސަތު މިއޮތީ ފުލެޓް އާ އެކު.

      މައުމޫން ދައުރުގަ ވެސް ވިދާޅުވީ ރާއްޖެ ކަނޑުގެ ޖަޒީރާ ވީމަ ތަރައްގީ ނުކުރެވޭނީ ހަރުދުބޯޑުވެ. ޢެކަމް ޔާމީން ސަރުކާރުގަ ކުޑައެއް ބޮޑެއް ބެލިހޭ.

      • މާލޭގަ ނެތް ތަނެއް ކިހިނެތް ހިއްކާނީ.... އަހަރެން ބޭނުން ގަނޑުވަރެއްގަ އުޅެން...ލިބޭނެތަ؟ ޝުކުރު ކުރަން ދަަސްކޮށްބަލަ! އައްޑޫ އާލާތުން ގިއްކިޔާފަ މުޅި ރާއްޖެ މީހުން ފެލައިގެން ފައިސާ ލިބޭ އިރު ކީއްވެތަ އަމިއްލަ ރަށް ތަރައްގީ ނުކުރަނީ؟

  4. ސަޅި ރިޕޯރޓް އެއް. ޢެންމެ ސަޅީ އަލީ ހުސެން އައް ޖައްސަވާފަ އޮތް މިސާލް.

  5. ަިިިަްއިއްބެ

    ގައުމެއް ތަރައްޤީ ވާއިރު އެގައުމުގައި ހިމެނޭ ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއް އެހެން ރަށްރަށާ ނުވަތަ ސަރަހައްދުތަކާ ހިލާފަށް ކުރިއަރާ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. މީގެ ތެރޭގައި އެ ސަރަހައްދެއްގައި މީހުން ގިނަ ވުން، ލަފާފުރާ ނުވަތަ ގޮސް އައިސްވާން ގުދުރަތީ ފަސޭހަތައް ހުރުން، މޫސުން ނުވަތަ އެންވައިރަމަންޓް، ބޭނުން ހިފެން ހުންނަ ރިސޯސަސް، ހިޔުމަން އަދި ނެޗުރަލް، އާދަކާދަތަކާއި ގަބޫލުކުރާ ހަމަތައް އަދި ގެންގުޅޭ ވިސްނުން. މިކަންކަމަށް ބަލާނުލާ ވަކި ސަރަހްދެއް ތަރައްޤީ ކުރަން އުޅުމުން ގިނަ ފަހަރު ކާމިޔާބެއް ނުވާނެއެވެ. މިސާލަކަށް ލަންކާގެ ހަންބަންޓޮޓަ. ވަކި ސަރަހައްދެއްގައި ކުލިތައް ބޮޑުވުމަކީ އެއީ ދުނިޔޭގެ އާދައެވެ. މުހިއްމީ ހިތް ހަމަޖެހިގެން އުފާވެރިކޮށް އުޅެވޭނެ މާހައުލެކެވެ. ކޮންމެހެން ކޮންކުރީޓް ޖަންގައްޔެއް ނޫނެވެ. ކުރިއަރާފައިވާ ގައުމުތަކުގެ ވިލެޖްތަކުން ސިޓީތަަކުން ލިބޭ ހިދުމަތްތަކެއް ނުލިބޭނެއެވެ. އެކަމަކު އެ ވިލެޖްތަކުގައި އުޅޭ މީހުން އުޅެނީ ހިތްހަމަޖެހިގެން ސާދާކޮށެވެ، ރާއްޖޭގައި ހިތާމަޔަކީ ދިވެހިންގެ އެއްވެސް އަހްލާގެއް ނެތް ކަމެކެވެ. އެކަކު އަނެކަކަށް އިހްތިރާމް ނުކުރާކަމެވެ. ރީތިގޮތް އެއީ މީހާ ދެރަވީކަމަށް ބެލުމެވެ. މިއަދު މިވަނީ "އަތްތެލެބަޑި ޖެހުން" އަތް ޖެހުމަށް ބަދަލުވެފައެވެ. މޮޕްކުރުން މޮޕްޖެހުމަށް ބަދަލުވެފައެވެ.

  6. ތި ސުވާލުކުރޭ ޔާމީނު އާ. ކަލޭމެން ރާއްޖެތެރޭ މީހުނައް އޮތްހާވެސް ގޮތަކީ މާލެއައް އާއިލާގޮވައިގެން ޖަމާވެފަ، މާލޭގެ ބޭފުޅުންނައް ކުލިދެއްކުން. ދެން ޔާމީނައް ވޯޓުދިނީމަ އެއޮތީ ކަލޭމެންގެ ވާޖިބުއަދާވެފަ. ޔާމީނު ކަލޭމެންގެ ކައިވަތެއް ހަމަނުވާ ރައްތަކުގަ އެއާޕޯޓުތައް އެއަޅާނަގަނީ ކަލޭމެން އެންމެން މާލެއައް ކުލިދައްކަން އަންނަންވެގެން.

  7. ޏަމިއުރަސްޓް

    ޥ ވ ވ ހަބޭސް އަލި ހުސެން އައް ވިސްނޭނެ ކަމައް އުންމީދު ކުރަން

  8. ހާމިދު ދާއީ

    އަސްލު މާލެއަކީ ކެޕިޓަލް ސިޓީ ދެއްތޯ! ދުނިޔޭގެ އެހެން ބޮޑެތި ސަހަރު ތަކަށް ބަލާއިރުވެސް، އަދި މާ ބިން ބޮޑު އިރުވެސް، މީހުން ދިރިއުޅެމުން ދަނީ ކުލި ދައްކައިގެން. އެހެނީ، ބޮޑެތި ސަހަރު ތަކަށް އެކި ބޭނުންތަކަށް ޒިޔާރަތްކޮށް ވަޒަންވެރިވަމުންދާ މީހުން އިތުރުވަމުންދާތީވެ. އެއީ ހުއްޓުވޭނެ ކަމެއްވެސް ނޫން. ކޮންޓްރޯލް ކުރެވޭނެ ކަމެއްވެސް ނޫން. އެހެންނަމަވެސް، ރާއްޖޭގެ މުޅި އާބާދީގެ 3 ބައިކޮށްފައި 2 މީހުންނަށް ފްލެޓާއި، ބިން ހިލޭ ދޭނެ އުސޫލެއް ގާއިމް ކޮށްފި ނަމަ މާލޭގެ އިކޮނޮމީ އެއްކޮށް ވެއްޓިގެން ހިނގައިދާނެ. އެހެނީ މާލޭގައި އަމިއްލަ ބިން ހުރި މީހުންނަށް އެބިންތައް ބޭނުންކޮށްގެން އެބިންތަކަށް އިންވެސްޓްކޮށްގެން ލޯނު ނަގައިގެން އިމާރާތްތައް ހަދާފައި ތިބި މީހުން އޭރުން އިނދަ ޖެހިގެން ހިނގައިދާނެތީ. އެކަމުގެ ގެއްލުން މުލި ގައުމަށް ފަހުން ކުރާނެތީ. މާލެއަށް އަންނަން ބޭނުންވާ ޒުވާނުން ދެމަފިރިން އަންނަން ހުރަހެއް އޮވެގެން ނުވާނެ. އެކަމަކު އެމީހުން މާލެއައި ފުރަތަމަ ނަމަވެސް އުޅެން ޖެހޭނީ ކުލި ދައްކައިގެން ޢާންމުންގެ ގެތަކުގައި ނުވަތަ އެޕާޓްމެންޓްތަކުގައި. އެމީހުންނަށް ސަރުކާރުން ދޫކުރާ ފުލެޓް ނުވަތަ ބިން ހައްގުވާނީ މަދުވެގެން 10 އަހަރު މާލޭގައި ދިރިއުޅުނުކަން ކަށަވަރު ކޮށްދެވިގެން. އެހެންނޫނީ، ވަރަށް އަންފެއަރ ގޮތަކަށް ވާނީ އަސްލު މާލޭގެ ރައްވެހިންނަށް ނުވަތަ ވަޒަންވެރިންނަށް.

  9. އަބްދުއްލާ

    މާލޭސަރަހައްދުގާދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ދިނުމަށްޓަކާ ފްލެޓް އިމާރާތާ އެހެން ވަސީލަތް ގާއިމުކުރަން ކުރެވުނު މަސައްކަތްތައްވެސް ހަލާކުވެގެން ދިޔައީ 2008 ގަ އެމްޑީޕީ ވެރިކަމަށް ގެނައި ހިސާބުން. ގައުމުގެ އިގްތިސާދު ހަލާކު ކޮށް ބޭރުފައިސާ ލިބުންދަތިކޮށް 18 ރުފަިޔާއަށް ޑޮލަރެއް މަތިވި ހިސާބުން .މިހާރު ވިވަނީ ޕީޕީއެމްސަރުކާރުން އަނެއްކާވެސް ބޯހިޔާވަހިކަމުގެ ގިންމަސްރޫއުތަކެއް ގާއިމްކުރަންފަށާފަމިހާރު ގާތްގަނޑަކަށް 16000 ފްލެޓް އިމާރާތްވަނީ އާބާދުކުރަން ފެށިފާ. މާލޭގަ ދިރިއުލޭމީހުން މާލެއަށްރަޖިސްޓަރީ ވުމަށް ދަފްތަރު ވަނީ ހުޅުވާލާފައި ޕީޕީއެމްސަރުކާރު ރައްޔިތުންދަމަހައްޓައި ދީފިނަމަ 2020 ފެނިގެންދާނީ ރާއްޖޭގެ ރައްޔިތުން ފުރިހަމަ ވަސީލަތާއެކު ކޮންމެ ދެމެފިރިޔަކަށް ފްލެޓެއް ލިބި އުފާވެރި ދިރިއުޅުމެއް އުޅެމުންދާތަން.

  10. ދުނިޔޭގެ އެހެންގައުމުތަކުގައިވެސް މިހެންވެދާނެ އެއީ ވެރިކަންކުރާރަށް ( ގައުމުގެ މޫނުމަތި ) ނޫންއެހެންރަށްރަށް ވެރިކަންކުރާރަށްހާ ތަރައްޤީނުވެދާނެ އަދި ވަސީލަތްތަކާމީހުންވެސް މަދުވެދާނެ
    ތެދުފުޅެއް އިންސާނީވަސީލަތް ހުރިހާ ރަށްޔިތުންނަށްވެސް ލިބެންވާނެމިކަމަކީވެސް ފޯރުންތެރިކަން ހުންނަމިނަވަރަކުން ކުރެވޭނެ ކަމެއްކަމުގައި ދެކެން ކުއްލިހާލަތްތަކުގައި ސީއެންބިއުލާންސްއާ ހެލްކޮޕްޓަރ ފަދަތަކެތި މިހާރުވެސް ބޭނުންކުރައްވާމާލެއަށްމީހުންޖަމާވަނީ ރަށްފުށުގައި ކަންކަން ފުރިހަމަނުވާތީއެއްނޫން މިހެންމިބުނީ އަޅުގަނޑުގެ ރަށަކީ އަތޮޅުގެވެރިކަން ކުރާރަށް ރަށުގައި،އަތޮޅުގައިހުރި
    ސަރުކާރުގެ އެންބޮޑު،މުހިއްމު ވުޒާރާ މަތީފަންތީގެ މުވައްޒަފަކު ވަޒީފާދޫކުރައްވާ
    އަނބިދަރިންނާއެކު ވަރަށްފަހުން މާލޭޭކޮޅަށް ބަދަލުވެލައްވާފައިވޭ އެ އާއިލާގެބައްޕައާ
    މަންމައަކީ ރަށުގެ އެންމެފޯރާ ދެ އާައިލާގެ ދެބޭފުޅުން އަތޮޅުގެ ވެރިކަންކުރާރަށްވީމަ
    ތަޢުލީމާ ސިއްޙީޚިދުމަތާ އަދިވެސް އެހެނިހެން ޚިދުމަތް ލިބެންހުރޭ މިކަންކަން
    މިހެންހުރުމުން އެގެނީ އިބޫދައްކާވާފައިހުރި ވާހަކަފުޅަކީ އެންމެފުރިހަމަ ވާހަކަފުޅެއް
    ނޫންކަމާ އެއީ ވަކިމަޤްޞަދެއްޙާޞިލް ކުރެއްވުމަށް ދައްކަވާފައިވާ ވާހަކަފުޅެއްކަން
    ތިހެންނުހައްދަވާ ކަމެއްބޭނުންވެލެއްވިއަސް ކަންކަމުގެ ހަގީގަތް
    އޮޅޭގޮތަށް ވާހަކަފުޅުދެއްކެވުމުން ގައުމު ހަލަބޮލިވެ ފިތުނަފަސާދަގިނަވެދާނެ އިބޫ
    ކުރިމަތިލައްވާފައިވާ ކަމުގެބާވަތުން އިބޫއަށްވެސް އެންމެ މުހިއްމުވެލައްވާނީ ގައުމުގެ އެކުވެރިކަން

  11. ތިލައުތުރު

    ކޮންމެ ގޮތެއްވިޔަސް މާލެ ތަރައްޤީކޮށްގެން އަތޮޅުތެރެގެ ރައްޔުތުންނަަށް ވާނެ އެއްވެސް ފައިދާއެްްއްނެތް. ޢެހެންވީމާ ކޮންމެ އަޮތޮޅަކަށް ދޭން ބުނި ހުޅުމާލެވެސް ކަލަޭމެން ދީފީމެއްނު..ދެން ހެޔޮ. މިހާރު އަތޮޅުތެރޭ މީހުންނަށް ފުދިއްޖެ. މިހާރޔވެސް މިބުނަނީ މާލެ ތަރައްޤީނުކިށް އަތޮލުތައް ތަރައްޤީ ކުރޭ ދިއްދޫ، ކުޅުދުއްފުށި، މާމިގިލި، ގަން، ތިނަދޫ އައްޑު ތަރައްޤީކުރިމަ އެހިސާބުތަކު ރައްޔިތުންނަށް ފަސޭހަ