އާދަމްގެފާނުގެ ފައިތިލަފުޅު ޖެހުނުތަން ކަމަށް ބުނާ "އެޑަމްސް ޕީކް" ގެ ފޮޓޯއެއް "ވަގުތު" ފޮޓޯގްރާފަރުން ނަގައިފިއެވެ.

"ވަގުތު" ނޫސްވެރިން ސްރީލަންކާ އަށް ކުރަމުން އަންނަ ދަތުރުގައި ވަނީ "އެޑަމްސް ޕީކް" ގެ ފޮޓޯއެއް ނަގާފައެވެ. "އެޑަމްސް ޕީކް" އަކީ އާދަމްގެފާނު ދުނިޔެއަށް ފޮނުއްވުމުން ފުރަތަމަ ފައިންޕުޅު ޖެހުނު ތަންކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއީ ތެދު ވާހަކައެއް ކަން ސާބިތުކުރެވޭ އެއްވެސް ދީނީ ދަލީލެއް ނެތް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

އާދަމްގެފާނުގެ ފައިންޕުޅު ޖެހުނުތަން ކަމަށް ބުނާ ތަނުގައި އިންސާނެއްގެ ފައިތިލަ ފެންނަން މިހާރު ވެސް އެބަހުއްޓެވެ. އެފައިތިލައިގެ ދިގުމިނުގައި ފަސް ފޫޓް 11 އިންޗި ހުރެއެވެ.

"ވަގުތު" އިން ނަގާފައިވާ ނިޝާން ފެންނަ ތަނުގެ ފޮޓޯ – ވަގުތު އިމޭޖްސް
"ވަގުތު" އިން ނަގާފައިވާ ނިޝާން ފެންނަ ތަނުގެ ފޮޓޯ – ވަގުތު އިމޭޖްސް

ސްރީލަންކާގެ މެދުތެރޭގައި ހުންނަ 7359 ފޫޓް އުސް ފަރުބަދައެއްގެ މަތީގައި އޮންނަ އާދަމްގެފާނުގެ ޕައިންޕުޅުގެ ނިޝާން ހުންނަ ކަމަށް ބުނާ ހިލަ އަށް އެޑަމްސް ޕީކް އިނގިރޭސީން ކީނަމަވެސް ލަންކާގެ ވަޒަންވެރިން ކަމަށްވާ ސިންހަޅައިން އެތަނަށް ކިޔަނީ "ސްރީ ޕަޑާ" އެވެ. ބުޑިސްޓުން ގަބޫލު ކުރާ ގޮތުގައި އެއީ ބުއްދާގެ ފައިތިލަ ޖެހުނު ތަނެވެ. ހިންދޫ އިން ގަބޫލު ކުރާ ގޮތުގައި އެއީ "ޝިވާ" ގެ ފައި ޖެހުނު ތަނެވެ. ނަމަވެސް ބައެއް މުސްލިމުންނާއި ކްރިސްޓިއަނުން ގަބޫލު ކުރާ ގޮތުގައި އެއީ އާދަމްގެފާނުގެ ފައިންޕުޅުގެ ނިޝާނެވެ.

އިސްލާމްދީނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި އާދަމްގެފާނާއި ހައްވާގެފާނު ދުނިޔެއަށް ފޮނުއްވީ ކޮން ގައުމަކަށް ކަން ސާބިތު ކުރެވޭނެ އެއްވެސް ދީނީ ދަލީލެއް ނެތެވެ.

"އެޑަމްސް ޕީކް" އަކީ މުގައްދަސް ތަނެއްގެ ގޮތުގައި ގަބޫލުކޮށް މުސްލިމުން އެތަނަށް ޒިޔާރަތް ނުކުރި ނަމަވެސް ހާއްސަކޮށް ބުޑިސްޓުން އެއީ މުގައްދަސް ތަނެއް ކަމަށް ގަބޫލުކޮށް "އަޅުކަން ކުރަން" އެތަނަށް ދެއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބުޑިސްޓުން އެފަރުބަދަ މައްޗަށް އަރާ އަޅުކަން ކުރެއެވެ.

ފައިތިލައިގެ ނިޝާން ހުންނަ ހިލަ އޮންނަ ތަން މިހާރު ހުންނަނީ ހިޔާ ކޮށްފައެވެ. އެތަން ބަލާލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައި އޮތް ނަމަވެސް ފައިތިލައިގެ ނިޝާން ހުންނަ ހިލައިގެ މަތީގައި އޮންނަނީ ފޮތިގަނޑެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ހާދަ ބޮޑު ފައިތިލަ އެކޭ ދޯ

    1
    1
    • އަހަރެން

      އޭރު މީހުންގެ ސައިޒު ބޮޑު ކަމާ އުމުރުވެސް ދިގުކަމެއް ކަލޯ އަކަށް ނޭގޭތަ.

  2. ކަދުރު

    ތިއަށްވުރެ ރީތި ފޮޓޯއެއްވެސް ނުނެގުނީތަ؟

    1
    1
  3. މޮހޯ

    ބޮޑު ފޭކެއް. ތިކަހަލަ އެއްޗެތި ގަބޫލުުކުރާކަށް ނުވާނެ. މިހާރުވެސް ތިއަށްވުރެ މާފަހުގެ ބޭކަލެއް އަޅުގަނޑުމެންގެ ނަބިއްޔާ ސައްލައްﷲ އަލަހި ވަސައްލަމްގެ އިސްތަށި އެކިއެކި ގައުމުތަކުގަ. ކޮންމެ ގައުމަކުންވެސް ބުނަނީ މީ އެކަލޭގެފާނު މިރަށަށް ވަޑައިގަތްއިރު ފެނުންއެއްޗެކޭ. އެކަމަކު ކޮންތާކު އެކަލޭގެފާނު ނުވެސްދާ ގައުމުތައް އެއީ.

  4. Anonymous

    1994ގަ ދެކުނުނިން،