"ސިނަމާލެ ބުރިޖު" މި ލަފްޒު އިވުމުން އެއީ ކޮންތާކު ކޮންއިރަކު އަޅާފައިވާ ބުރިޖެއްކަން ނޭނގޭ ދިވެއްސަކު ދާދި މިދާކަށް ދުވަހާ ޖެހެންދެން ދިވެހިންގެ ތެރޭގައި ނެތެވެ. ނަމަވެސް ބުރިޖު ހުޅުވަން މަދު ވަގުތު ކޮޅަކަށް ވެފައިވާއިރު، "ސިނަމާލެ ބުރިޖު" އަޅައިދެއްވީ ކޮން ރައީސެއްކަން އަދި ކޮން ރައީސެއްގެ ޒައާއްމަތުގައިކަންވެސް މިވަނީ އޮޅޭ ހިސާބަށް ކަންކަން ގޮސްފައެވެ. ހަމަ ލޮލަށް ފެންނަން ހުރި މަންޒަރުތަކެއް ނަމަވެސް މުޅި މީސްމީޑިއާގެ އިތުރުން ދިވެހި މީޑިއާތައްވެސް ގުގުމާލާފައިވަނީ "ޝުކުރު މަށަށް، މަށަށޭ" ކިޔައި ގޮވަމުންދާ ގޮވެލި ފަތީގެ އަޑުންކަމީ ހައްޤު ތެދެކެވެ.

ބުރިޖު ހުޅުވަން ވަގުތު ކުޑަތަންވުމާއެކު، އިވެމުންދާ އަޑުތަކުގެ ތެރޭގައި އެންމެ ގަދަޔަށް ކުރެވެމުންދާ ބަހުސަކީ ދުއިސައްތަ މިލިއަން ޑޮލަރު ހަރަދު ކުރައްވައިގެން މާލެއާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ބުރިޖު އެޅުމުގެ ޝަރަފާއި ޝުކުރު ހައްޤުވަނީ ކޮން ރައީސަކަށް ނުވަތަ ކޮން ބޭފުޅަކަށްކަމާ މެދު ކުރެވޭ ފޯރިގަދަ ބަހުސްއެވެ.

ބުރިޖުގެ ހިތްގައިމު ފޮޓޯއެއް- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

ތަރުތީބުން ތާރީޚުގެ ތެރެއަށް ފަހަތަށް ފިޔަވަޅު އަޅާލާނަމަ އެންމެ ފުރަތަމަ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވާހައިން ފަށާނަމެވެ. ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެފައިވަނީ ބުރިޖުގެ ތަސައްވުރަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ތަސައްވުރެއް ކަމަށާއި، ބުރިޖު އެޅުމަށް މަތީ ފެންވަރުގައި ކުރެވުނު މަޝްވަރާތަކުގައި ހުދު އެމަނިފާނަށް ބައިވެރިވެވަޑައިގަންނަވަން ލިބުމަކީ އުފަލެއް ކަމަށެވެ. އެހެން ނަމަވެސް ބުރިޖުގެ ތަސައްވުރުގައި ކުލަ ޖައްސައިދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ވަހީދުވެސް އެއްބަސްވެލައްވައެވެ.

ވަހީދުގެ ވެރިކަމުގެ ކުރިން ދިވެހިން ދުށް ވެރިޔަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އެމަނިކުފާނުގެ ވެރިކަމެވެ. 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ތެރޭގައި އުޅުއްވަމުން ނަޝީދު ވިދާޅުވެފައިވަނީ ތަފާތު ވާޙަކަފުޅުކެވެ.

"އަޅުގަނޑަށް ރައީސް މައުމޫން ވިދާޅުވެދެއްވަބައްލަވާ ކީއްކުރައްވަންތޯ ތިއުޅެނީ ހުޅުލެއާއި މާލެއާއި ދޭތެރޭގަ ބުރިޖްއެއް އަޅުއްވައިގެން ކޯޗެއް ހައްދަވަންތޯ ތިޔަ އުޅުއްވަނީ. ނިކަން ވިދާޅުވެދެއްވާ ތި ބްރިޖެއް އެޅިމާ ދެންވާނެ ގޮތެއް، އެޅިޔަސް. ކިހިނެތްތޯއޭ އަޅާނީ، ކޮބާތޯ ތީގެ އިންޖިނޭރިންއަކީ، ކާކުތޯއޭ ބުނީ ތިޔަ އެޅޭނެއޭ؟ ކިހިނެތްތޯ އޭގެ ފައިސާ ހޯއްދަވާނީ، ހަމަ މީހުންގެ ރުހުން ހޯއްދަވަން ނޫޅުއްވާށޭ، ތިވަރަށް މީހުން އޮޅުވާނުލައްވާށޭ.” ނަޝީދު އޭރު ވިދާޅުވިއެވެ.

ނަމަވެސް ބުރިޖު ހުޅުވަން ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ނަޝީދު ވާހަކަވެސް މިވަނީ މުޅިން ބަދަލުވެފައެވެ. ނަޝީދު މިހާރު ވިދާޅުވަނީ ބުރިޖު ނޭޅޭނެކަމަށް ވިދާޅު ނުވާ ކަމަށެވެ.

ނަޝިދުގެ ވެރިކަމުގެ ކުރިން ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވީ 30 އަހަރު ދުވަހުގެ ދިގު ވެރިކަމެއް ކުރެއްވި އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމެވެ. ހަޤީގަތް ވާނީ ހަޤީގަތަށެވެ. މާލެއާ ހުޅުލެއާ ދެމެދު ބުރިޖެއް އަޅައި ގުޅާލުމަކީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ގެންގުޅުއްވި ތަސައްވުރެކެވެ. މަޢުމޫނުގެ ވެރިކަމުގައި ބުރިޖު އަޅާނެ ގޮތުގެ ކުރެހުންތައް ކުރަހައި، އެކަން ހަޤީގަތަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ހަޤީގަތަކީ ދިގު 30 އަހަރުގެ ވެރިކަން ނިމިގެންދިޔައީ ބުރިޖު އަޅަން "ކަޑަ" އެއްވެސް ޖަހާ ނުލެވިއެވެ.

ސިނަމާލެ ބްރިޖް - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ދުރު މާޒީއަކަށް ދިއުމުގެ ބަދަލުގައި ދެން ޖެހިލާނީ ކައިރި މާޒީން ފެނިގެންދިޔަ މަންޒަރުތަކަށެވެ. މި ސަރުކާރުގެ ދެވަނަ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޤަފޫރުގެ ނަން މި ލިސްޓުގައި ހިމަނާ ނުލެވިއްޖެނަމަ ވަރަށް ގޯސްވާނެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުށެއް ސާބިތުވެ ޖަލު ބަންދުގައި ހުންނެވި ނަމަވެސް އަދީބުއާ ހަވާލާދީ މިއަދުގެ ނޫސްތަކުގެ ސުރުހީތަކަށް ބާލާއިރު އިވެނީ ހައިރާން ވާވަރުގެ ވާހަކަތަކެވެ. ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވާއިރު އަދީބު މަތިން ހަނދާން ކޮށްލުމަކީ ނެތް ކަމެއް ނޫނެވެ.

އަދީބު ވިދާޅުވީ، އޭނާ ކުރެއްވި ހުރިހައި ޤައުމީ ޚިދުމަތްތަކެއްގެ ކްރިޑިޓު ރައީސް ޔާމީން ނަންގަވައިފި ކަމަށާއި، އޭނާގެ އިތުރުންވެސް އެތައް ބަޔަކު ކޮށްފައިވާ ޤައުމީ ޚިދުމަތްތަކުގެ ކްރިޑިޓާއި ރީތި ނަން ރައީސް ޔާމީން އަމިއްލަފުޅަށް ނަންގަވާފައިވާކަމަށެވެ. އަދީބުގެ ސަޕޯޓަރުން ބުނަމުންދަނީ ސިނަމާލެ ބުރިޖަކީ އަދޫބު ހޯއްދެވި ފައިސާއިން، އަދީބުގެ މޭސްތިރިކަމުގެ ދަށުގައި އަޅުއްވާފައިވާ ބުރިޖެއް ކަމަށެވެ.

މި ކިޔާލަދިނީ ކުރު މާޒީއެކެވެ. އެއީ ވެ ނިމިފައިވާ ކަންކަމެވެ. ބުރިޖަކީވެސް އަޅާ ނިމިފައިވާ ބުރިޖެކެވެ. ނަމަވެސް މިއީ އަދި މިހިސާބުން ނިންމާލެވިގެންވާނެ ވާހަކައެއް ނޫނެވެ. "ސިނަމާލެ ބުރިޖު" އެޅުމުގެ ޝަރަފާއި، ޝުކުރާއި މުބާރަކުބާދީގެ ހައްޤުވެރިޔާ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަން އުނިވެގެން ނުވާނެއެވެ. އެއްގޮތަކަށްވެސް ކުރީގެ ރައީސުންނާއި، ނައިބު ރައީސުންނާއި، މިނިސްޓަރުންނަށް ދަންނަވާ ބަދު ބަހެއް ނޫނެވެ.

މާލެއާއި ހުޅުލެ ބުރިޖަކުން ގުޅާލައި، ހުޅެލެއާއި ހުޅުމާލެ ހައިވޭއަކުން ގުޅާލެވި މާލެ، ހުޅުލެ، ހުޅުމާލެ އެއްގަމު މަގުން ގުޅިގެން ދިއުމަކީ ހަމައެކަނި ވެރިން ދެކެމުންއައި ހުވަފެނަކަށް ވާނަމަ އެއީ މުޅިން ގޯހެކެވެ. ބުރިޖުގެ ހުވަފެނަކީ ދިވެހި ލޮބުވެތި ރައްޔިތުން ދެކެމުންއައި ކުލަނުވާ ހުވަފެނެއްގެ ގޮތުގައި އޮތީ މީގެ އަހަތުތަކެއް ކުރީގެ މާޒީގައެވެ. އެ ހުވަފެނަކީ މިއަދު 24 ގަޑިއިރު ފެންނަ ހަޤީގަތެކެވެ. ނިދަން އޮޝޯވެ މީސްމީޑިއާގެ ކޮންމެ އެކައުންޓަކުން ލޮގިން ވިޔަސް ފެންނާނީ ބުރިޖެވެ. ޓީވީއެއް، ރޭޑިއޯއެއް ނޫހެއް ހުޅުވާލިޔަސް "ސިނަމާލެ ބުރިޖު" ގެ ނަން ނީވޭ، ނުފެންނާނެ ގޮތެއް އެއީ ނެތް ގޮތެކެވެ.

ބުރިޖުގެ ހިތްގައިމު ފޮޓޯއެއް- ވަގުތު އިމޭޖަސް: އަޝްހާދު އަބްދުﷲ

ކަމެއްގެ ޝަރަފާއި، ފަހުރާއި، ޝުކުރަކީ އެކަމެއްގެ ހައްޤުވެރިންނަށް އެއްވެސް އުނިކަމެއްނެތި ލިބެންޖެހޭނެ ކަންކަމެވެ. މާލެ ހުޅުމާލެ ގުޅުވާލަދިނީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާއްމަތުގައެވެ. ދެތިން ފޮޓޯ ބޭނުންކޮށްގެން މި ބިޔަ މަޝްރޫއުގެ މޭސްތިރިޔަކީ މިވެނި މީހެކޭ ވިދާޅުވުމަކުން ދިވެހިންނަށް އޮޅިގެން ނުދާނެއެވެ. ބުރިޖުގެ ހުވަފެން ހަޤީގަތަކަށް ހައްދަވައިދެއްވީ ރައީސް ޔާމީނާއި، އަދުގެ ސަރުކާރުގައި މިއަދު ތިއްބެވި ވެރިންނެވެ. ޗައިނާގެ ސަރުކާރުގެ ނުހަނު ބޮޑު އެހީތެރިކަމާއެކު ރައީސް ޔާމީންގެ ހިކުމަތްތެރިކަމުގެ އެހީގައެވެ.

ބުރިޖު ހުޅުވަން ކައިރިވިއިރު އިތުރު އެއްކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ބުރިޖު ހުޅުވޭނެކަން ބައެއް ފަރާތްތަލަށް ޔަޤީންވީ ބުރިޖު ހުޅުވަން މަދު ގަޑިއިރު ކޮޅަކަށް ވީފަހުންކަމީ މިހާރު ޝައްކެއް އޮތް ކަމެއް ނޫނެވެ. މިއަދާ ޖެހެންދެން އެފަރާތްތަކުން ބުރިޖާ ގުޅުވައިގެން ފެތުރީ ހުސް ދޮގު ވާހަކަތަކެވެ. ބުރިޖު ވެއްޓެނީ ކަމަށް ވިދާޅުވެ ފޮޓޯ އެޑިޓް ކުރުއްވުމުގައި ބިޒީކޮށް އުޅުއްވި ފަރާތްތަކުން މިއަދު ފޫގަޅާލާފައި ނިކުތީ އެބައިމީހުން ސަޕޯޓްކުރާ ކުރީގެ ވެރިންނަށް ބުރިޖު ހެދުމުގެ ޝަރަފު ހޯއްދަވައިދެއްވުމަށެވެ.

ކުރިން ވެއްޓެމުންދިޔަ ކަމަށް ބުނި ބުރިޖުގެ އެޅުމުގެ ޝަރަފާ ފަހުރު މިއަދު ހޯއްދަވަނީ ކީތްކުރަންތޯ؟ ކުރިން އަގު ބޮޑުކަމަށް ވިދާޅުވި ބުރިޖު އެޅީ ތިމަންނާމެންނޭ، ފައިސާ ހަމަޖެއްސީ ތިމަންނާ މެންނޭ ވިދާޅުވަނީ ކީތްކުރައްވަންތޯ؟ އެދުހު ނޭޅޭނެ ކަމަށްބުނި ބުރިޖު މިއަދު ހުޅުވަން ކައިރިވީމަ ބުރިޖު ނޭޅޭނެޔޭ ނުބުނަމޭ ބުނުއްވަނީ ކީތްކުރައްވަންތޯ؟ މިއީ މިއަދު މީސް މީޑިއާގައި ބައެއް ފަރާތްތަކުން ކުރައްވަމުން ގެންދަވާ ސުވާލުތަކެވެ.

ސިނަމާލެ ބްރިޖް - ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ނަމަވެސް ދިވެނިން މިއަދު ތިބީ ހޭލައެވެ. ދިވެހިންގެ ލޯތަކަށް ކުލަ މަންޒަރު ދައްކުވައިދެއްވީ ރައީސް ޔާމީނެވެ. އެމަންޒަރު ދޮގު ކުރަން ކުރެހޭނެ މަންޒަރެއް އެބައޮތްތޯއެވެ؟

ޗާލު ފޮޓޯތަކާއެކު އިދިކޮޅުން ބުރިޖާ ހަވާލުވި ނަމަވެސް ދިވެހިރާއްޖޭގެ ތާރީޚް ބަދަލުކޮށްލާނެ ވަގުތު ޖެހެން ބާކީ އޮތީ ދެ ގަޑިއިރެވެ. ދިވެހިންގެ ހިތްތައް ފުރި އުތުރެނީ ރައީސް ޔާމީނަށް ސަނާ ކިޔުމުންނެވެ. ޝުކުރު ކުރަނީ ހެއްދެވި ފަރާތަށާއި، ރައީސް ޔާމީނަށެވެ. އަދުގެ ސަރުކާރަށެވެ. "ސިނަމާލެ ބުރިޖު" އަޅުއްވައިދެއްވުމުގެ ޝަރަފާއި، ފަހުރާ، ޝުކުރު ހައްޤީ ރައީސް ޔާމީނަށެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ކެނެރީ

  އެމް ޑީ ޕީ ޔަކީ އަބަދުވެސް ހިހޫ ތަނުންކާ ބައެއް ހިހޫ ކޮށްގެން ކާކަށްނުކެރޭނެ ވަރައްސާފު ކޮށް ތެދުބަހުން މިބުނަނީ ތި ބުރިޖު އެލީ ކެނެރީ ސައްތާރު

 2. lallla

  ނަސީދުއަށް ކްރެޑިޓް ލިބެންޏާމުން ކޮލަމް ލިޔުއްވާ ފަރާތެއްކަމަށްވާ މައންޑޭ ޓައިމްސް އެޑިޓަރ މުހައްމަދު ބުޝްރީ މީގެ އަށާރަ އަހަރު ކުރިން އެތަސައްވަރު ކޮށްފައިވާތީ އޭނައަށްވެސް ކެރްޑިޓް ދޭންވާނ.....ތެންކިއު ރައީސް ޔާމީން

 3. ސަފީރު

  ތިބުރިޖްވެސް އަދި ތަރައްޤީގެ އެހެންކަންތައް ވެސް ކުރަން ދައުލަތަށް އާއްމްދަނީ އިތުރުވެގެން ދިޔައީ ރައީސް ނަޝީދު ނަންގަވަން ފެއްޓެވި ޓެކުސް އިން ކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ.. އެކަމް އެދުވަހު ބަޔަކު ނުކުމެ "ހަނާވަނީ ފަނާވަނީއޭ" ކިޔާފަ އެމަނިކުފާނުގެ ވެރިކަން ވައްޓާލީ މިފަދަ އެތަކެއް ބުރިޖެއް މިދިވެހިރާއްޖެއިން ފެންނާނެކަން ޔަޤީންވީމާ ކެތްނުކުރެވިގެންކަމީ ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ދެބަސްވެވެންނެތް ޙަޤީޤަތެކެވެ..

  • ލ

   ކޯޗެކޭކިޔާކަާް؟ އޭނަ ބްރިޖު ނޭޅޭނެއެ ބުނީ....ދެން އެމްޑީޕީވެރިކަމަށް އައީމަ އަަރެމެންނަށް މުޒާހަރ ނޫން އެއްޗެއް ނުފެންނާނެ....

  • ގުލްނަވާ

   ޓެކުސް ނަގާތީ އޭ ކިޔާ ކަލޭވެސް އަނގަ ގަދަ ކުރަންދޯ މިހާރު. ނަސީދު ނެގީމަ އޯކޭ. ޔާމީނު ނެގީމަ ގުއިވަނީ. ކޮންމެ ވެރިއަކުވިޔަސް ރަނގަޅު ކަމެއްވިއްޔާ ވާނީ ރަނގަޅު. ގޯސްކަމެއް ވާނީ ގޯސް!!! މަށަށް ހެޔޮ ބުރިޖު އެ ކޮންމެ މީހެއްގެ ތަސައްވުރެއްވިޔަސް. އެޔޮތޚ އެޅިފާ. ގައިމު ވ ފައިދާ ކުރާނެ

 4. ޙަެމެ

  ޥާވާ. ސާބަހެ ރައީސް ޔާމީން

 5. ތޮއްތޮ

  ހާދަ ވަރަކަށޭ ފޮޓޯ އެޑިޓް ކޮއްފަ މިހުންނަނީ.

 6. އަސްލިޒް

  ތިޔަ ބުރިޖު އަޅައިގެން މަގޭ ވޯޓެއް ލިބޭކަށް.. ތީގެ ސަބަބުން ހުޅުމާލޭގެ ކުލިތައްވެސް ވާނި އަތްނުލެވޭވަރަށް ބޮޑު. ކީއްވެ ފުލެޓުތައް ކުރިން ނުނިންމީ.. މިސަރުކާރުން ބިންގާ އަޅާ ނިންމި އެންމެ ފުލެޓެއް ވެސް ނެތް. ކީއް ވެ އަތޮޅުތަކަށް ވަޢުދުވީ ޝެޒާ އައިހެވަނާ އަނެއް އެއްޗެއްގެ ކަޑަ ވެސް ޖަހާނުލެވުނީ 5 އަހަރުން؟ ބުރޯ ނެތީމަތަ؟ ބުރިޖުވެސް ގެނައީ ބުރޯ ދެއްތޯ؟ ހުރިހާ ކުރެޑިޓެއް ބުރޯއަށް..ބުރޯ ހުރިނަމަ ޝެޒާ ހެވަންތައްވެސް ކުރިޔަށް ދާނެތާދޯ؟

 7. ނާބެ

  ނަޝީދު ބްރިޖް އަޅަން ހެދި އެއްވެސް ސަަރވޭއެއް ތޮރުފި ބޯހޯލެއް ނޯންނާނެ. ސާވޭ ނުހަދަ ބޯހޯލު ނުތޮރުފާ ބަޔަކު ކޮން އަނގައެއް ތި ތަޅަނީ ޑިޒައިން ކުރީ އަހަރުމެންނޭ ކިޔައިގެން؟ ތިތަން މާހަރަދު ކުޑަކޮށް ކުރެވޭނެއޭ ގޮވާއިރު ބުނެބަލަ ސާވޭ ކުރަން ނަޝީދު ސަރުކާރިގައި ތިތަނަށް ފޭބި އެންމެ މީހެއްވެސް؟ އަދި ނުވީ ތާކަށް މިސަރުކާރުން ސާވޭގެ މަސައްކަތް ފެށީމަ އަނދުން އަޅުވަނީއޭ ކިޔާ އެކަމަށްވެސް ޖެހީ ޖޯކު.

 8. މުގުރާން

  ވަރަށްފުރިހަމަ ލިއުމެއް ޝުކުރިއްޔާ ރައީސް ޔާމީން 1

 9. މަޒީ

  ދިވެހިން މިތިބީ ހޭލާ... ބުރިޖް އަޅާފަ ދިވެހިން އެކަން ބަލައިގަނެ އެމަނިކުފާނަށް ވޯޓު ދޭތޯ ބަލަން އިލެކްޝަނަށް އަތް ނުބާނާ މިހާރު ރާވާފައި އޮތް ގޮތަށް މަކަރު ހެދުން ހުއްޓާލާ އިންސާފުވެރި އިންތިހާބެއް ބާއްވާލަ ދީބަލަ... ބުރިޖު ބަލައިގަތްވަރު އިނގޭނެ

 10. މަގޭ ޝުކުރު

  އަޅުގަނޑުމެންގެ ލޮބުވެތި ރައީސްޖުމްހޫރިއްޔާ އަށް ފަށްފަށުން ޝުކުރު ދަންނަވަން. ދުވެހިން އަބަދުވެސް ތިބޭނީ ރައީސް ޔާމީންގެ ފަހަތްޕުޅުގަ. ޝުކުރިއްޔާ ރައީސް 2018 ޔަޤީން އިންޝާﷲ

 11. ކޮޅުކެހި

  ބުރިޖާއި އައިޖީއެމް އެޗް 25 ބުރީ ޢިމާރާތާއި ހުޅުމާލެ ބައެއްހިއްކުމާއި ތޮށިލުމަކީ ޔާމީނު ސަރުކާރުން ކުރިމަސައްކަތެއްކަން ޝައްކެއްވެސް ނެތް! ނަމަވެސް ހުޅުމާލެ ހިއްކުމާއި އެ އޮއްބޮޑު އިސްލާމީ މަރުކަޒު ބިނާކުރުމާއި މާލެ ވަށާ ކަނޑުތޮށިލުމާއި މަގުތައް ހެދީ މައުމޫނުގެ ވެރިކަމުގައި، ގާކޮށީ ފުލެޓުތަކާއި ހުޅުމާލެ ފުލެޓުތަކާއި ޢަރަބިއްޔާގައި އެޅި ފުލެޓުތަކައި ލަގުޒަރީ ފުލެޓާއި، މަހާޖައްރާފު ގެނާސްގެން 30 ދުވަހުން 35 ހެކްޓަރ ބިންހިއްކުމުގެ ޚިޔާލާއި ރަނގަޅު ޓެކްސްނިޒާމަކާއި ގެސްޓްހައުސްގެ ވިޔަފާރިން ރާއްޖެ ކުރިއަރަނެ ކަމުގެ ޚިޔާލާއި މަސައްކަތަކީ ރައީސް ނަޝީދުގެ ޚިދުމަތް ނަމަވެސް އެއިން އެއްވެސް ބޭފުޅެއްގެ އެކައުންޓަށް ސަރުކާރުގެ ފައިސާއިން 1 މިލިޔަން ޑޮލަރު ވަދެފައެއްނެތް! ކަރަޕްޝަނޭކިޔާގެން ދައްކާނެ ވާހަކައެއްނެތް ވީމާ، ޔަމީނު ވަނީ ފޭލިވެފަ، އަމާނާތް ތެރިވުމަށް ކުރި ހުވާތް ބާތިލުވެފައި! މިހަރު ތިޔަކުޅެނީ އައޮޓުވެފަހުރެގެން ބުރި ޖަކުން ރައްޔިތުންނަހަލާނެ!

 12. ސސސ

  ވަރަށް އުފާވެއްޖެ،. ހިތަށް ފިނިކަންލިބޭ ދުރުއަތޮޅުތަކުގައި ހުރެގެން ފޮޓޯއިން ނަމަވެސް ބްރިޖުގެ ފޮޓޯ ފެނުނީމަ. ޝުކުރިއްޔާ ޔާމީން.

 13. ހިމް

  އެއްމެން ވެސް ބުރިޖް އެޅުމުގެ ހުވަފެން ދެކުނު، ބުރިޖަކުން ހުޅުލެ އާއި މާލެ ގުޅާލެވިފަ އޮންނަ ނަމައޭ ހިތައް ނާރާ އކަކު ވެސް ނެތް، ހިޔާލީ ކުރެހުން ގިނަ އާއްމުނެ ކުރެހި އެކަމަކު އެއްމެން ގެ ހުވަފެނުގަ ކުލަ މި ޖެއްސީ އިއްޒައްތެރި ރައީސް ޔާމީން !!! މީ ހަގީގަތަކީ.. ޔާމިން އަށް ފަށްފަށުން ޝުކުރިއްޔާ!!!

 14. ނޯވަން

  އެމްޑީޕީ މީހުން ހަޖަމް ކޮށްބަލަ...މިރޭ ވެސް ބުރިޖް ބަލަން ގޮސް އުޅެނިކޮށް އެރުނީ އަނާރާ ނައީމް ކުރިމަށްޗަށް..ކާނިވަލް ގަ.....ކެކެކެކެ

 15. ރާއްޖެ ތެރެ ދޮންބެ

  ބުރިޖްގެ މިލްކު ވެރިޔަކު ހޯދަން ހުރިހާ ސިޔާސީ ވެރިން ކޯޓަށް ދާންފެނޭ ވަރަށް އަވަހަށް މިދެން ބޮޑުވަރު ހަޔާތުގެ ކަނަްފުޅެއްވެސް ނެތޭ މިއާލާތުން

 16. ޖޫ

  2000ވަނަ އަހަރު މިލޭނިއަމް ގޯލްސް ނަމުގަ ބޭއްވި ކުރެހުމުގެ މުބާރާތެއްގަ އަޅުގަނޑު ކުރެހިން މާލެޔާ ހުޅުލެޔާ ދޭތެރޭގަ ބުރިޖަކުން ގުޅާލާފަވާ ކުރެހުމެއް. މި ހިޔާލު އަޅުގަނޑަށް އައީީ ރައީސް މައުމޫން ކޮންމެސް އިވެންޓެއްގަ އެފަދަ ތަސައްވުރެއް ގެންގުޅޭކަމުގެ ވާހަކަ އަޑުއަހާފަ. މިޔަދު ރައީސް ޔާމީން އަޅުގަނޑުވެސް ދެކެން ބޭނުންވި ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވައިފި. ޝުކުރިއްޔާ ރައީސް ޔާމީން. މާތްﷲ މަނިކުފާނުގެ މަސައްކަތުގަ ބަރަކާތްލައްވާށި. އާމީން

 17. ކައުންސެލަރު

  ކަލޯ ބަޔަކު ހޭބަލިވިޔަސް މީދެންބޮޑުވަރުދޯ؟ މަ ހާދަވަރަކަށް އެބަހެވެއޭ ހުވާ މިބުނީ އަދީބޯ އަންނިޔޯ މިކަންކުރީ. އެހެންވެއޭ މިބުނަނީ އަދިވެސް އެތިބީ ހަމަޔަކޫނޫނޭ. އަދިވެސް ގަބޫލެއްނުކުރެވެ ބުރިޖް އަޅާ އެހުޅުވިކަމަކަށް. ދެބޯ ބުރާންތިންތަކެއް ހުވާމިބުނީ

 18. ޞަފާ

  އަޅެފަހެ މިވެރިންނާ ހެދި އަޖައިބު ނުވާނެތަ. . ބްރިޖް ގެމިލްކުވެރިކަން ސާބިތުކުަރަން އަހަރުން ނުޖެހޭ ދިރާސާ ކުރާކަށް. ދެލޮލަށް ފެންނަން އޮތް ހގީގަތް ވެސް ބަދަލު ކުރާނަމޭ ހިތާ ކުލަ ޔެލޯ ކުދިން މިއުޅެނީ.. އަހަރުމެން "ފިރިމީހާ" ކިޔަނީވެސް ކަިވެނި ކުރާ ނީހަޔަށް. އިންނަން ހިތަށް އެރުވިހާ މީހަކަށް ފިރި އެކޭ ނުކިޔާ. ބްރިޖް އެޅީ ޔާމިން. އެކަމާ ކިތަންމެ މޭކެރިއަސް އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް.