ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު
ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

އައިޝަތު ރިޝްމީ އަކީ މިއަދު ގިޔަބަޔަކު ދަންނަ ގިނަބަޔަކު ވަރަށް ސަޕޯޓްކުރާ ފަންނާނެކެވެ. ދިވެހި ގިނަ ލަވަތަކެއް މަގުބޫލުވުމުގެ އެއް އަސްލު ކަމުގައި ރިޝްމީ ވާނެއެވެ. ލަވަތަކުގެ އަދި ނެށުމުގެ ދާއިރާގެ ރާނީ އެކޭވެސް ބުނެވިދާނެއެވެ. ފިލްމީ ދާއިރާ އަށް ހިދުމަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ފަރާތެކެވެ.

ކުޑައިރުއްސުރެ" ޑްރާމާތަކުންނާއި ފިލްމްތަކުން މަންމަ ފެންނާތީ" އަބަދުވެސް އެކްޓް ކުރާހިތްވެފައި ހުންނަ ރިޝްމީ ވަނީ ސްކޫލްގައި އުޅުނު އިރުވެސް މަދުމަދުން އޭނާގެ މަންމަ އުޅޭ ޑްރާމާތައް އަދި ފިލްމްތަކުން ކުދި ކުދި މަންޒަރުތައް ކުޅެފައެވެ.

ރިޝްމީ ބުނި ގޮތުގައި މިހާތަނަށް  ދިގު، ނުވަ ފިލްމް ކުޅެ އާއްމުންނާ ހަމަޔަށް ވާނީ އައިސްފައެވެ.  އަދި މިހާރު އިތުރު ހަތަރު ފިލްމުގެ މަސައްކަތް ކުރިއަށް އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.

ރިޝްމީ ހުރީ ދުވަހަކުވެސް ފިލްމީ ދާއިރާ ދޫކޮށްލާކަށެއް ނޫނެވެ.  ނަމަވެސް "ޕާސަނަލް ލައިފަށް" ބޮޑަށް ވަގުތު ދިނުމުގެ ގޮތުން ފެންނަލެއް މަދުވެދާނެ ކަމަށް ރިޝްމީ ބުނެއެވެ. އަދި ވަރަށް "އިންޓްރެސްޓިން" ވަރަށް މުހިންމު ޕްރޮޖެކްޓެއް ނޫނީ ނެގުމުގެ ހިޔާލެއްވެސް އޭނާގެ ނެތެވެ.

ނެށުމަށާއި އެކްޓް ކުރުމަށް ޝައުގުވެރިކަން ހުންނަނީ އެއްވަރަކަށް ކަމަށް ރިޝްމީ ބުނި ނަމަވެސް އާއްމުންނަށް ގިނައިން ރިޝްމީ ފެނިފައިވަނީ ލަވަތަކުންނެވެ.  އޭނާ އިސްކަންދެނީ ކުޅޭ ފިލްމުތަކާއި ލަވަ ތަކުގެ އަދަދު ގިނަ ކުރުމަށް ވުރެ ބޮޑަށް އެ ކުޅޭ އެއްޗެއްގެ ކޮލިޓީ ރަނގަޅުކޮށް ރަނގަޅު ޕާފޯމެންސް އެއް ދެއްކުމަށެވެ.

"މިދާއިރާއަށް ނުނުކުތް ނަމަ ފެންނާނީ ޓީޗަރެއްގެ ގޮތުގައި. ދެން މިހާރު މިދާއިރާއިން ނުފެންނަ ނަމަ ފެނިދާނެ އަމިއްލަ ވިޔަފާރިވެރިއެއްގެ ގޮތުގައި ނުވަތަ އަމިއްލަ ކޮންމެސް މަސައްކަތެއް ކުރަނިކޮށް" ރިޝްމީ ކިޔައިދިނެވެ.

ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު
ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

ފިލްމީ ދާއިރާއިން ކުރިއަށްދާން ބޭނުން މީހަކަށް އެދާއިރާއިން ކުރިއަށް ދިއުމަށް އެއްވެސް ގޮންޖެހުމެއް ނެތް ކަމަށާއި ނަމަވެސް ބައެއް ސަބަބު ތައް ހުރުމުން މިދާއިރާ ކުރިއަރުވަން އުނދަގޫ ކަމަށް ރިޝްމީ ބުނެއެވެ.

ރިޝްމީ ދެކޭ ގޮތުގައި ދިވެހި ފިލްމުތަކަށް ސަޕޯޓު ކުރާ ގިނަ މީހުން ތިބީ އަތޮޅު ތެރޭގައި އެވެ. ނަމަވެސް "ރަށްރަށުގައު ތިބޭ ފޭންސް އަށް ފިލްމް ދެއްކުމަށް" ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެއީ ރަށްރަށުގެ އާބާދީ ކުޑަވުމުގެ އިތުރަށް ފިލްމް އަޅުވާނެ ސިނަމާއެއް ފަދަ ތަނެއް ނެތުން ކަމަށް ރިޝްމީ ގަބޫލު ކުރެއެވެ.

"ރިޝްމީގެ އެންމެ ބޮޑެތި ފޭންސް ތިބީ ރަށްރަށުގައި. ޓީވީއިން ޑްރާމާއެއް ދައްކައިފިއްޔާ އެބޭފުޅުންނަށް ގޭގައި އަރާމުގައި ތިބެގެން ބަލައިލެވޭ. އޭގެ ރެސްޕޯންސް ވެސް ވަރަށް ރަނގަޅަށް ލިބޭ. ރަށްރަށުގައި ތިބޭ ފޭންސް އަށް ފިލްމް ދެއްކިގެން ނޫނީ މާކެޓް ބޮޑެއް ނުވާނެ " ރިޝްމީ ބުންޏެވެ.

އަމީނިއްޔާ ސްކޫލުން އޯލެވެލް ނިންމުމަށްފަހު ސީއެޗްއެސްއީ އިން އޭލެވްލް ނިންމި ރިޝްމީ ބުނީ އެދާއިރާއިން ކުރިއަށްދާން ބޭނުން ފަރާތްތަކަށް އެފުރުސްތު އެބައޮތް ކަމަށާއި އެގޮތުން މަޖޫ އަކީ މިދާއިރާގައި "ފަހި ކުރިމަގެއް" އެއް އޮތް ކުއްޖެއް ކަމަށް ރިޝްމީ ގަބޫލުކުރެއެވެ.

"މަސައްކަތް ކުރާހިތުން ކުރާ ފަރާތަކަށް ވިއްޔާ ޕްރޮޖެކްޓް ދޭނެ ފަރާތްތައްވެސް ވާނެ." ރިޝްމީ ބުންޏެވެ.

އިންޓްރެސްޓް ހުރިއްޔާ ކުޑަ ރޯލެއް ވިޔަސް ކުޅެ އެމީހެއްގެ ހުނަރު ދައްކާ ލިބޭ ކުދި ކުދި ޗާންސްތަކުގެ ބޭނުން ހިފައިގެން މަސައްކަތް ކުރުމުން އިތުރު ފުރުސަތުތައް ލިބުމަށް ފަސޭހަވާނެ ކަމަށް ރިޝްމީ ގަބޫލުކުރެއެވެ. އެހެން ކަމުން މިދާއިރާއަށް ނުކުތުމަށް ޝައުގުވެރިކަން ހުރިނަމަ ސަޕޯޓިވް ރޯލްތައް ލިބުނަސް ރިޖެކްޓް ނުކޮށް އެފުރުސަތުގެ ބޭނުން ހިފުމަށް ރިޝްމީ ނަސޭހަތްތެރިވިއެވެ.

ރިޝްމީވެސް ލީޑް ރޯލެއް ފުރަތަމަ ކުޅުނީ އަމިއްލަ ފިލްމެއްގައި އެވެ. އެހެން މީހުންގެ ފިލްމްތަކުން ފުރަތަމަ  ރިޝްމީ އަށް ލިބުނީ ސަޕޯޓިން ރޯލްތަކެވެ. ނަމަވެސް މިއަދު ރިޝްމީ އަކީ ލީޑް ރޯލް ތަކުން ފެންނަ ކުޅަދާނަ އަދި މީހުންގެ ތަރުހީބު ލިބިފައިވާ މޮޅުފަންނާނެކެވެ.

ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު
ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

ދިވެހި ފިލްމީ ދާއިރާގައި ފިޔަ ޖަހަމުން ދާ ރިޝްމީ ހުރީ އެދާއިރާއަށް ނުކުންނަށް ޝައުގުވެރިކަން ހުންނަ ކުދިންނަށް އެފުރުސަތު ދިނުމަށް ތައްޔާރަށެވެ. އަދި އެފަދަ ކުދިންނަށް އޭނާ މިހާރު ހަދަމުންދާ އާ ފިލްމުގައި ފުރުސަތު ދޭނެ ކަމަށްވެސް ރިޝްމީ ބުންޏެވެ. އެފުރުސަތު ބޭނުންވާ ކުދިން ރިޝްމީ އާ ކޮންޓެކްޓު ކޮށްލުމުން ފުރުސަތު ލިބިގެންދާނެ ކަމަށް ރިޝްމީ ބުންޏެވެ.

 

ރިޝްމީ އަށް، ރާއްޖޭގެ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާއެކުވެސް މަސައްކަތް ކުރަން ފަސޭހައެވެ. ނަމަވެސް އެންމެ ފަސޭހައީ އަދި މަސައްކަތް ކުރަންވެސް އެންމެ ބޭނުންވަނީ ފައްތާހު އާއި އެކުއެވެ.

ނަހުލާ އާއި އެކު ބޮޑު ފިލްމެއްގައި މަސައްކަތް ކުރަންބޭނުންވެފައި ހުރި ރިޝްމީ ބުނީ އެކްޓަރުންގެ ތެރެއިން އެންމެ މަސައްކަތް ކުރަން ފަސޭހައީ ސީޒަން އާއި އެކުގައި ކަމަށާއި އެންމެ ގިނައިން މަސައްކަތް ކުރެވިފައި ހުރީވެސް ސީޒަން އާއި އެކުގައި ކަމަށެވެ. އަދި ޖުމްލަ ގޮތެއްގައި އެކުގައި މަސައްކަތް ކޮށްފައި ހުރި ހުރިހާ ފަންނާނުންނާއި އެކުގައިވެސް މަސައްކަތް ކުރަން ފަސޭހަކަމަށް ރިޝްމީ ބުނެއެވެ.

ރިޝްމީގެ ފުރަތަމަ ކައިވެނި ރޫޅިފައިވީ ނަމަވެސް އަދި އެހާ އަވަހަށް ކައިވެންޏެއް ކުރަން ނުވިސްނާ ކަމަށް ރިޝްމީ ބުންޏެވެ. އަދި ދަރިފުޅުވެސް މިދާއިރާއިން ކުރިއަށް ދާން ބޭނުންނަމަ އެފުރުސަތު ދޭނެ ކަމަށާއި މިހާރުވެސް ފިލްމްތަކުން ދަރިފުޅު ފެންނާނެ ކަމަށް ރިޝްމީ ބުންޏެވެ.

ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު
ރިޝްމީ ވަގުތަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖެސް: އަހުމަދު މަމްދޫހު

މިހާތަނަށް 120 އަށްވުރެ ގިނަ ލަވަ ކުޅެފައިވާ ރިޝްމީ އަށްވަނީ މިދިޔަ އަހަރު އެމްއެފް އޭ އެވޯޑްސްގައި ޝޯޓް ފިލްމް މޭކަޕް އަދި ޝޯޓް ފިލްމް ސަޕޯޓިން އެކްޓްރެސް އެވޯޑް ލިބިފައެވެ.އަދި  މިދާއިރާއިން ރިޝްމީ އެންމެ އުއްމީދު ކުރަނީ ބެސްޓް ސަޕޯޓިންގް އެކްޓްރެސްގެ އެވޯޑު ހޯދުމަށެވެ.

ފާއިތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މިރޯދަމަހުވެސް ޓީވީއެމްގެ "ރަހަތަފާތު" ޕްރޮގްރާމް އިން ފެނިގެންދާ ރިޝްމީއަކީ ބެލުންތެރިންގެ ފަރާތުން ލިބޭ ފާޑުކިޔުންތައް ބަލައިގަންނަ ފަންނާނެކެވެ. އަދި އާންމުންގެ ފަރާތުން ބޮޑަށް ސަޕޯޓް ލިބެނީ ފިލްމަށްވުރެ ބޮޑަށް ރިޕޯޓުން ކަމަށް ރިޝްމީ ބުނެއެވެ.  ސަބަބެއް ކަމަށް ރިޝްމީ ބުނީ އެއީ ރަށްރަށުގައި ތިބޭ ސަޕޯޓަރުންނަށް ބޮޑަށް ރީޗްވަނީ ޑްރާމާ އަށް ވީމަ ކަމަށެވެ.

ރިޝްމޯ އަކީ ލަވަކިއުމަށްވެސް ޝައުގުވެރިކަން ހުންނަ ފަންނާނެކެވެ. ނަމަވެސް ލަވަކިއުމުގެ ދާއިރާގައި  "ޕްރޮފެޝަނަލީ" ނުކުތުމުގެ ހިޔާލެއް އޭނާގެ ނެތެވެ.

ADS BY SHEESHA

ރިޝްމީއަކީ މިއަދު ދިވެހި ފިލްމީ ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ މުސްތަޤްބަލް އުޖާލާ ޒުވާނެކެވެ. ވަގުތުގެ ފަރާތުންރިޝްމީއަށް އެދެނީ ފިލްމީ ދާއިރާގައި އިތުރު ކުރިއެރުމެވެ.

8 ކޮމެންޓް

  1. ނޮޓް އިންޓްރެސްޓިން

  2. ރިޝްމީ އޭ..އެއީ ކާކު؟؟؟ ތިޔެއްނޫން ތީނަގެ އަސްލު ނަމަކީ...އަހާބަ އަޒޭ އާ ދެމީހުން ވަކިވީ ކީއްވެހޭ...

  3. ބަލާބަލަ މޫނުމަތިން ފާޅުވަމުންދާ ބޮޑާކަމާ ކިބުރު ވެރިކަން....ފާތުން ތިބުނީ ރަނގަޅައް....ރާއްޖޭގަ ފިލްމު ކުޅެންއުޅޭމީހުން ފޮނިވެފަ ބޮޑެތި އައިނު އަޅާފަ ދަވާދު ދަޅެއް ހުސްވަންދެން ދެތުންފަތުގަ އުނގުޅައިގެން ބޮޑެތި އިންޓަވިއުތަކައްދަނީ އަތުގަ ނޯވޭ ***ވެސް....އަބަދު ވެސް އުޅޭނީ ކޮންމެވެސް ފިރިހެނަކު ފެލައިގެން....

  4. ތި އަންހެނަކު ޓީވީ ޝޯ އަކުން ފެނުނަސް އަދި ފިލްމަކުން ފެނުނަސް ޓީވީ ބަލަން ވަރަށް ވަރަށް ފޫހިވޭ....ތިހާ ބޮޑާ މީހުން ތިކަހަލަ ކަންތަައްތައް ކުރާތީ އެއްވެސް ކަމެއް ކުރިއައް ނުދަނީ....މިހާރު ޓީވީއެމްގެ ރަހަތަފާތު ޝޯ ގަވެސް މީނަ އުޅޭތީ ހާދަ ފޫހުވެޔޭ ބަލަން....ކޮންމެ އަކަސް ވަރަށް ފޫހި ޟިހެއް ތިއީ....

  5. 100% މުސްލިމުންގެ ގޮތުގައިތިބި ތިހަދާ ފިލްމުތަކަކީ އިތުރު މީހަކާއިއެކު އިނދެ ބަލަން ލަދުގަންނަ ކަހަލަ ފިލްމުތައް. ގާތްގޯލިކަމުން ލާހެދުމުގެ ގޮތުން ލަދުގަނޭ. ޙޮލީވުޑާއި ބޮލީބުޑު ކޮޕީކުރިޔަސް އަހަރެމެންނީ މުސްލިމުން ކަމުގައި ދެކިގެން މަސައްކަތްކުރާނަމަދޯ. ނޫނީ އެއިން ހިސަބަކަށް ދާންވީނު ތިގޮތަށް ފިލްމުކުޅެން. ޢަހަރެން ވަރަށް ފޫހިވޭ ދިވެހި ފިލްމީތަރިންނޭ މިކިޔާ މީހުންދެކެ. ޢުޅޭ ފާޑުން. ޙޢްސަކޮށް އަންހެނުން. ޜީތި ބައްޓަމެއް ނެތަސް ބޭނުންވާނެ ކުރު ބާރު އެއްޗެހިލައިގެން ތިއްތިދައްކަން. ޥަރަށް ފޫހިވޭ.

  6. ނިއުމާގެ ރިޕޯޓެއް ނެތްތަ؟

  7. ރިRishmy ehaa reechehves noon dhen.. Makeup nukoh hunna iru adhi vakin..ulhey balaalan kerey kahala starun ves..
    Filmy dhaairaa ga ulhey meehun adhi thankolheh bodah ulhun islaahu kuran jehey..vaki meehakah noon..thankyou

  8. ކޮލިޓީ ރަނގަޅުކުރަން ހުންނަން ޖެހޭނީ ކުޅޭނެ ފިލްމެއް ނުލިބިފަ..ފިލްމެއް ކުޅެން ލިބޭނީ ބަޔަކު ފިލްމެއް ހަދައިގެންތާ!!ރާއްޖޭގައި ނޫޅޭނެ ފިލްމްކުޅޭ މީހުންވަރުގެ ފަގީރު ބައެއް..ކޮފީތައްޓެއް ބޯލާނެ ފަދަވެސް ނޯންނާނެ..ރައްޓެއްސަކަށް އާދޭސްކޮށްގެން އެވަރުވެސްވާނީ..އެއްމެލަވައެއް ނޫނީ ފިލްމެއް ކުޅެލެވުމުން ސްޓާރަކަށްވެފަ މަސައްކަތެއް ނުކޮށް ހުންނާނީ..ފިލްމް ކުޅެގެން ލާރިއެއް ލިބެނީކީނޫން..