އެއާޕޯޓް ކޮމްޕެނީގެ ފުޅަނދުން ފެނިގެންދިޔަ ޓިންކަރ ބެލް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

މިނިވަން ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ކުލަގަދަ އެއް ހަރަކާތް ރޭ ވަނީ ފެނިގެން ގޮސްފައެވެ. ބޮޑެތި ޚަރަދުތަކެއް ކޮށްގެން ހަތަރު ކުންފުންޏަކުން 14 ފުޅަނދެއް ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ފުޅަނދުބުރުގެ ހަރަކާތުން ދިވެހިންނަށް ލިބުނީ މޮޅިވެރިކަމެވެ. ފެނިގެން ދިޔައީ ދިވެހިންނާއި ދިވެހިންގެ އާދަކާދަ އާއި މިނިވަންކަމާ އެއްވެސް ގުޅުމެއް ނެތް ކަންތަކެވެ. ރެއިން ފެށިގެން އެތައް ދިވެހިންނެއް ދަނީ މިކަމަށް ފާޑުކިޔާ ނުރުހުން ފާޅުކުރަމުންނެވެ.

ހުޅަނގުގެ ޤައުމުތަކުގެ އުފެއްދުންތައް ދިވެހިންގެ މިނިވަން ދުވަހާއި ގުޅުވައިގެން މަގުތައް މައްޗަށް ނެރުން އިރު، އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވަމުން އަންނަނީ އެއާޕޯޓް ކޮމްޕެނީގެ ފުޅަނދުން ފެނިގެންދިޔަ ޑިޒްނީގެ މަޝްހޫރު ކާޓޫން ސީކުއެލް "ޓިންކަރ ބެލް" ގެ ކެރެކްޓާރ އަށެވެ. ޓިންކަރ ބެލްގެ ކޮސްޓިއުމަށް ދިވެހިންގެ އެތަށް ބަޔަކު އަންނަނީ ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. ނިވާކަން ކުޑަ ހެދުމެއްގައި ޓިންކަރބެލްގެ ކެރެކްޓަރ ފެނިގެން ދިޔައިރު ޤައުމީ ޓީވީ އިން އެމަންޒަރުތައް ދުރާއި ގާތަށް ވަގުތުން ފޮނުވަމުން ދާތީ އެކަމާ ނުރުހުން ފާޅުކޮށްވެސް ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ.

އެއާޕޯޓް ކޮމްޕެނީގެ ފުޅަނދުން ފެނިގެންދިޔަ ޓިންކަރ ބެލް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ
އެއާޕޯޓް ކޮމްޕެނީގެ ފުޅަނދުން ފެނިގެންދިޔަ ޓިންކަރ ބެލް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

"ގަޔާ އެއްކުލަ ޓައިޓެއް ލާފައި އިނަސް އެ އިނީ އޮރިޔާމުން" ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ އަޑު އުފުލަމުންނެވެ. މީގެ އަހަރުތަކެއް ކުރިން ނިވާކަން ކުޑަ ހެދުމެއް ލައިގެން ހުރި "ކުއްޖަކު " ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު ރޭ ފެނިގެން ދިޔަ މަންޒަރާ އެއްވެސް ފަރާތަކުން އަޅައި ނުލައި ތިބިކަމަށް ބުނެ އަޑު އުފުލާ މީހުންވެސް މަދެއް ނޫނެވެ. "ގައިގެ ހަމާ އެއްކުލަ ކޮއްފަ އޮރިޔާން ނިވާ ނުވާވަރު ގެ ކުރު ހެދުންލައިގެން ނުކުންނަށް ކެރުނުކަން…" މިއީ މީހަކު މިކަމާއި ގުޅިގެން ކޮށްފައިވާ ކޮމެންޓެއްގެ އެއްބައެވެ.

އައް ޝައިޚް އަލީ ޒައިދު، އެބޭފުޅާގެ ފޭސް ބުކްގައި މިކަމާ ގުޅޭގޮތުން ވިދާޅުވެފައިވަނީ މިއީ ލަދު ނުގަންނަ ކަމުން ދިމާވާ ކަންތައް ކަމަށާއި، ގައިގެ ކުލަ އެނގޭ ގޮތަށް ހެދުން އަޅައިގެންވިޔަސް ދިވެހިންގެ އިސްލާމް ކަން ހަލާކުކުރަން އުޅެން ނުޖެހޭ ކަމަށެވެ. އެމަންޒަރު އެތައް ބަޔަކު ބެލި އިރު އެމީހުން ލަދު ނުގަނޭތޯ އެބޭފުޅާ ސުވާލު އުފައްދަވާފައިވެއެވެ. މީގެން އެނގެނީ "ތިބާ ލަދު ނުގަންނަ ނަމަ ތިބާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ" އޭ ވިދާޅުވެ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވި ބަސްފުޅުގެ ތެދުކަން ކަމަށް ޝައިޚް ވިދާޅުވެފައިވެއެވެ.

އެއާޕޯޓް ކޮމްޕެނީގެ ފުޅަނދުން ފެނިގެންދިޔަ ޓިންކަރ ބެލް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ
އެއާޕޯޓް ކޮމްޕެނީގެ ފުޅަނދުން ފެނިގެންދިޔަ ޓިންކަރ ބެލް - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ކޮންމެއަކަސް މިއީ ދިވެހިންގެ ދީނާއި މުޖްތަމަ އާއި ގުޅޭކަމެއް ނޫންކަން ހޭ ބުއްދި ހުރި ކޮންމެ މީހަކުވެސް ޤަބޫލު ކުރާނެއެވެ. ދިވެހިންގެ މިނިވަންދުވަހު މަގުމައްޗަށް ނެރެންވީ ވިލާތު މީހުންގެ ޓިންކަރ ބެލް ތަކާއި ސިންޑްރެލާ ތަކެއް ނޫނެވެ. ހެދުން އަޅަންވީ ހުޅަނގުގެ ސްޓައިލަކަށް ނޫނެވެ. ދިވެހި ލިބާސް ލައި، ދިވެހިން އިހު އުޅުނު ރީތި ގޮތް އަދުގެ ދަރިންނަށް ދެއްކުން ކީއްތޯއެވެ. ބޮޑެތި ޚަރަދު ތަކާއެކު ދިވެހިންގެ ދީނާއި އަޤީދާ އަދި ޤައުމިއްޔަތު ވެއްޔާ މޮޑެލެވޭފަދަ އަމަލުތައް ކުރުމަކީ ޒިންމާދާރު ކަން ކުޑަ ކަމެކެވެ.

ޤައުމީ ގޮތުން ފާހަގަ ކުރާ ދުވަސްތައް ފާހަގަ ކުރަންވާނީ އިސްލާމީ އަޤީދާގެ އިމުގައި ތިބެގެންނެވެ. މިފަދަ ދުވަސްތަކާއި ގުޅުވައިގެން ހިންގާ ހަރަކާތްތަކަކީ ދިވެހިންނާއި ދިވެހި މުޖްތަމައު އަދި ޘަޤާފަތާ ގުޅުންހުރި ކަންތަކަށް ވާންވާނެއެވެ. ދިވެހިންގެ ފަޚުރުވެރި މިނިވަންދުވަހު ސްޓަރ ވޯރސް އާއި ޑިޒްނީ ކާޓޫނު ކެރެކްޓަރތައް މަގުމަތީ ބޭން ޖަހާފައި ދިއުމަކީ ދިވެހިންނަށް ލިބޭ ފަޚުރެއް ނޫނެވެ. އެއީ ދިވެހިންގެ މިނިވަންކަމަށް ޤުރުބާންވި ބަތަލުންނަށް ކުރެވޭ މަލާމާތެކެވެ.

ADS BY SHEESHA

 

ADS BY ASTERS

72 ކޮމެންޓް

 1. ޢެކުއްޖާ ހުރީ ބަލަ ސްކިން ކުލައިގެ އެއްޗެއް ލައިގެނެއް ނޫންތަ.

 2. ޢެކުއްޖާ ހުރީ ބަލަ ސްކިން ކުލައިގެ އެއްޗެއް ލައިގެނެއް ނޫންތަ.

 3. ޑްރީމް ކެޗާރ

  އެންމެންވެސް ދައްކަނީ ޓިންކަބެލް ވާހަކަ....
  އެކަމު ބަންގީގެ އަޑު ނީވޭ ކޯފީ މޭޒުދޮށުގައި ތިބޭއިރު ޑްރާމާ ބަލާއިރު، އެކަމު ފޯނުތަކުން ބަރާބަރަށް ނޯޓިފިކޭޝަން ވެސް އަންނާނެ ދަރިން ވެސް ތިބޭނީ ޓިންކަބެލް ނޫނީ ސްޓާވާސް ބަލަން....

  ނުވީތަކަށް ގައުމީ ސަލަމް އަޑު އިވޭއިރު އެއަށް ނޫނީ ގައުމީ ދިދަ ބިންމަތީ އޮތަސް އެ ނަގަންވެސް ދަރިން ނަށް ބުނެނުދޭނެ...

  ދަރިންގެ ހިތުގައި ދީނީ ލޯތްބާއި ގައުމީ ރޫހު މައިންބަފައިންނަށް އާލާކޮށް ނުދެވޭތީ ދޯ ފަރަންޖީ އެއްޗެހި ނޫނީ ކުދިންނަށް ކަމުނުގޮސް މިއުޅެނީ....

  ދެން މިދައްކަނީ ކޮންހާ ބޭކާރު ވާހަކައެއް... އަމިއްލަ ބުރީގައި އޮންނަ ގުއިބުރިން ވަސް ނުދުވަނީ ހަމަ....

 4. ބަލަ ސްކިން ކްލޯތު ނުފެނޭ؟ މި ޝޭހުންގެ ނަމުގަ އުޅޭ މީހުންގެ ކަންތައް ގަނޑު ބޮޑީ ހަމަ...

 5. ދިވެހި އަންހެންވެރިން ކޮންމެ ރެއަކު ނިދަނީ ބަގުވާނު ކަލާނގެއާއެކު ޝިރުކޮށްކޮށްފަ. ކީއްވެ ސޭކުން މިވާހަ ނުދައްކަނީ. ޓިންކަރބެލް ހެދި ކުއްޖޭ އޭނީ ސޭކުންގެ އަންހެންދަރިން ބުރުގާ އަޅާ ގޮތަށް އޮރިޔާން ނިވާކޮށްގެން.

 6. މަނަދޫ ކުއްޖާ

  އެ

 7. އެ ކުއްޖާއާ ދިމާލަށް އެންމެ ބާރަށް އެެއްޗެހި ކިޔާ މީހުންގެ ހާލަކީ ކޮބައިބާ...މިހާރުގެ ކުދިންނަށް އޯކޭ ނަމެއްގަ ބުރުގާ އެއް އެޅެނިކޮށް....ގައިގެ ހަމުގެ ކުލަ ނޫނަސް ހަމަ އެވަރަށް ގައި އިނގޭ ވަރުގެ އެއްޗެހި ލާފަ ހުންނަނީ

 8. ހަތަރުކަށި މާލެ މީހާ

  ޝޭހަކަށް ޓިންކާރް ބެލް ފެނުނީ ބެލީމަ ދޯ. ޢެކަމަކު އެއީ 6 ފޫޓު މަތީ އިން ކުއްޖެ..ކީއްވެބާ ދީނުގަ އިންނަ ގޮތައް ކަންތައް ނުކުރަނީ..... ތިޔަބައި މީހުން ގެ އިސް ތިރިކުރާށެވެ.....

 9. ގިނަމިީހުންނަށް ކަމުދާކޮންމެ އެއްޗަކަށް ގިނަފާޑުކިޔުން ލޭނެ

 10. ކޮބަަާމަަައްސަލައަކިިިީ ޓިންކަބެލްޭކިޔާއިރު ތިމާގެދަރި ލާއިގެން އުޅޭހެދުން ދުސިީމުތަ

 11. ދިވެހި ރަންނަމާަރި ގެންނަންވީ ދެއްތޯ؟

 12. ހަމަ ވިސްނޭ

  މިނިވަންދުވަހާއި ކަޓޫނާއި ކޮން ގުޅުމެއް. ޤައުމު މިނިިވަންވީ ކާޓޫނު ބަލައިގެންތަ.ނޫނީ ކާޓޫނެއްތަ މިނިވަންކޮށްދިނީ.

 13. ރޯނުއެދުރު

  ވަރަށް ދެރަ، ސައްތަ އިން ސައްތަ މުސްލިމް ދިވެހިރާއްޖޭގައި ، މީހުން ވަރަށް ތަރައްގީވެ ޑިމޮކްރަސީ އިންސާނީ ހައްގާ އަނެއް ހައްގަކާ ނުލިބިގެން އުޅޭއިރު އެކުއްޖާ ލައިގެން އިން ހެދުންލާފަ ވަނީ އެ ހެދުމުގެ އެތެރެއިން އޭނަގެ ހަމުގެ ކުލަޔާ އެއްކުލަވާ އެއްޗެއްލައިގެން ކަމުގައި ވީ އިރުވެސް މިކަން ގޯސްވެއްޖެ އައުރަ ފެންނާތީ، ( އައުރަ ފެންނަނަމަ ކިތައްބޮޑޫ ހެދުމެއް އެޅިޔަސް ގޯސްވާނެ. އަދި ކިތައްންމެ ބޮޑު އަބާޔަ އަކާ ބުރުގާއެއް އެޅިޔަސް ތިމާމެންގެ އައިބު ގުވަންތަކުގެ ވަނާތައް ފާޅުވެ އިންގޭނަމަ ކަމުދާނެ ގޮތެއް އޮވޭތޯ ، މައާފު ކުރައްވާތި އެއްވެސް ބޭފުޅަކއް ޗެލެންޖް ކުރާކައްނޫން މިހެން ބުނީ އެކަމަކުލޮލަށް ފެންނަމަންޒަރު ގެ ވާހަކަ).. ދެން އިސްލާމްދީނު ގައި މުޖުތަމއު ގައި ބައިބައިވުން އުފެދުން ހުއްދަކުރޭތޯ ...

 14. މަށައް ދޭހަވާގޮއިތް

  މިނިވަން ދުވަހުގެ ފުޅަދު ބުރުތަކުން މިއަދު މަށައް މަޢުނަ ވީ މި ދިވެހިޤައުމުގެ ލޮބުވެތި ކާބަފައިންނަށާ މަތިވެރިވި ދިވެހި އަޖްދާދުންނައް މަލާމާތާ ފުރައްސާރަ ކޮއްފައިވާކަން. ދިވެހިން ގެ މިނިވަންކަމާ ސަޤާފަތާ ކޮން ގުޅުމެއް ތިޔަ ކާޓޫނުތަކާ ހުރީ. ތިޔައްވުރެ ތާހިރުވީސް ދިވެހި އަންހެނުން އާރތިންތަން ޑޭވީ ފިއްކަޑުވާލާން ދޫނިދޫ އައް ބޮއްކުރާ ތަކުގައި ފަލިޖަހައިފައި ދިޔަ މަންޒަރު ސިފަކޮއް ދިންނަމަވެސް. ނޫނީ ރައްނަމާރި އައް ކޮންމެ އަހަރަކު ބަންނަމުން ދިޔަ އަންހެންކުޖާ ގެ ވާހަކަ ސިފަކޮއްދީ މި ޤައުމު ޔޫސުފުލްބަރުބަރީގެ އަތްޕުޅުމައްޗައް އިސްލާމް ވީ ގޮއިތް ޒުވާނުންނަށާ މިޖީލުގެ ޅަދަރިންނައް ސިފަ ކޮއްދިންނަމަ. ނޫންނަމަ ކަބާ ޢައިޝާ، ސިއްތިމާވާ. ބާރަށު ބޯށިވަލު ބުޅާފާތުމާ ގެ ރެހެންދި.ނޫނީ އުތީމު ފާތުމާ ފާނު ގެ ހިތްވަރާ އަޒުމާ ސާބިތުކަން ސިފަކޮއް ދިންނަމަ ވެސް ތާހިރުވީސް..މަ ބުނާނީ މިނިވަން ދުވަހު ތިޔަބާމީހުން މި ޤައުމުގެ އިސް ރައްވެހި ޤައުމީ އަބްތާލުންނައް ތިޔަ ކުރޭ މަލާމާތާ ފުރައްސާރަޔޭ ހަމަ ފުރައްސާރަޔޭ.

 15. ބޯށިވަލު ބުޅާ ފާތުމާ

  މި ޤައުމުގެ ފަންސާސް އެއްވަނަ މިނިވަން ދުވަސް ފާހަގަ ކުރާން ޖެހޭނީ މިވައްތަރަކައްނޫން. ޤައުމީ ރޫޙާ ޤައުމީ ޖޯޝާ . އެކު މަތިވެރިވި ދިވެހި އަބްތޯލުން . މިލޮބުވެތި ވަތަނު ގެ މިނިވަންކަމާ އިސްތިޤުލާލު އަޅުވެތި ކަމުން ސަލާމައިތް ކޮއް މިޖީލާ ހަމަ އައް ގެނެސް ދެއްވުމުގައި ވެ ވަޑައި ގައިތް ޤުރުބާނީ އާ އެބެޭފުޅުން ގެ މަތިވެރި ޖިހާދު މިފަދަ ދުވަހެއްގައި ޢާލާ ކޮއް ދައްކައި ދޭން ޖެ ހޭ ނީ. ނުޖެހޭނެ. ބޭރުގެ ފަރަންޖީން ގެ ސަޤާފަތް ދަްކުވާ ދޭކަައް.

  ް

 16. ރަނގަޅު ލިޔުމެއް.
  ހެޔޮބަހެއް ބުނާ ކޮންމެމީހަކަށް ފުރައްސާރަ.
  ފުޅަދުބުރުން ދައްކުވައިދިނީ ޤައުމީ ފެންވްރުގައި ދީނަށް ހަޖޫ ޖެހުމަކީ މިނިވަންކަންކަން .

 17. ބަލަ މިނޫނަސް ގައުމުގަ ހިނގާ އެބަ ކަންތައް ބޮޑެތި ވައްކަންވެސް ކުރަނީ އެކަމާ އަޅާލާނެ ބައެއް ނެތް. ދެން ފާޑެއްގެ ފުޅަނދުބުރެއް ނުބަލާ ނުހުރެވިގެން އޭގަ އިން ކުނިކޮޅެއް ދައްކާ ކާކަށް ދެއްކެންތަ މާ މާތް ވާން ތިއުޅެނީ؟ މިގައުމުގަ ހުރި މައްސަލަތަކަށް ބޯކޮށްޕަން ބިރުން ހިހޫތަނުން ކައިގެން އާޖެއް ފާޖެއް އުޑެއް ބުޑެއް ތަނެއް ދޮރެއް ތަންޑެއް ތަޅެއް ތަޅުދަނޑިއެއް ވަކިނުވާ ބަޔަކު އުޅޭ ސޭކުސްތާނުގެ މީހުން ހޭލާކަށް ނުވޭތަ.

  • ތިކަހަލަ ތަންދޮރު ނުދައްނަ މުނާފިގުން ރާއްޖެ ހަލާކު ކުރަނީ.. ތީ މުނާފިގުން ގެ އުސޫލު.. ބޭރުން މުސްލިމެއް ކަން ދައްކާނެ އެކަމަކު އެތެރެއިން މުސްލިމުން ގެ ހަސަދަ ވެރިން..

  • ސޭކުސްތާން މީހެއް

   ކަލޭ ތިޔަ ބުނާ އެތީގެ މާނަ އަހަރެން ބުނަންތަ.. ތި ބުނަނީ ނަރަކަ ވެސް ހައްދަވާފަ ވަނީ ބަޔަކު ދާކަށް ނޫންހޭ.. އަޖައިބެކޭ.. ސޭކުސްތާނު މީހުން ހޭލާކަށް ނުވޭހޭ.. މުނާފިގު މުސްލިމް ގެ ހަންގަނޑު ބޭރުން އަޅުވައިގެން އުޅޭ މީހާ...

 18. ހުރިހައި ކަމެއްވެސް ސިޔާސީ ކޮށްލަނީ.. ފާޑު ކިޔާމީހުން ތިހާ ދީނާ ދޭތެރޭ ވިސްނަން އާމުން ފަރުޝު ފަސްނަމާދު ތިމާ އަދާކޮށްލެވޭތޯ ހިތާ ސުވާލު ކޮށްލާ.

 19. ދެން ކޮންމެ ކަމެއްގަ މިވަރު...........ނުބެލީމަ ނިމުނީނު...ނޯ ވަން ފޯސްޑް ޔޫ ޓް ސީ އިޓް?

  • އާއެކޭ ބޮޑު އުނދަގުލެއް މިޝޭހުން ނާހެދި.......ތިޔަށް ވުރެ މާރަނގަޅު ވާނެ ތިބައިމީހުން އައިސިސް އާއި ގުޅުނަސް

  • މިހިރަ ފެންނަނީ ފަހު ޒަމާނުގެ އަލާމަތް ތައް.. ރީތި ކަންތައް ހުތުރުވެ ހުތުރު ކަންތައް ރީތިވުން.. ލަދު ކުޑަ މުސްލިމުންގެ ނަމުގަ ތިބޭ ދިވެހިން ލަދެއް ނުގަނޭތަ ތިކަހަލަ ވާހަކަ ދައްކަން..

 20. ހުރިހާ އެންމެންގެ ސަމާލުކަމަށް،
  ޓިންކަރބެލް ހެދުން އަޅައިގެން އިން ކުއްޖާ އަކީ ދިވެއްސެއް ނޫން، ބޭރު ކުއްޖެއް.
  ވަރަށް ސަލާމޭ!

  • އެހެންތަ ލަލެޔަށް ވަރަށް ސަލާމޭ އެއީ ރާއްޖޭ ކުއްޖެއް. މިހާރު ތިބޭ ކުދިން ހަމަ މޮޅީއޭ

  • މި ކިޔަނީ ނިވާކަން ކުޑަ ހެދުން އަޅާ ވާހަކަ. އެ މަންޒަރުތައް ލައިވް ކުރާ ވާހަަކަ.ދެން ލަލަލަ

 21. ކަލޭގެއާ، މިވަރުން ދަނީނަމަ އަންނަ އަހަރު ހީވަނީ ތިބޭނީ "ބިކިނީ" ގަހެން...

 22. މިނިވަން ދުވަހު ދައްކަން ޖެހެނީ ދިވެހި ސަޤާފީ ކުޅިވަރު ބާއެވެ. ބަލަ އެވަރަށް ދިވެހި ސަޤާފީ ކުޅިވަރު އެބަ ހުރި ބާއެވެ؟ ހަޖަމު ނުވާ ކުދިންން ވެސް އުޅޭނެ ތާއެވެ؟

 23. ގޭތެތޭގައި ވަރިހަމަ ދޯއޮރޮއާން ކާޓޫނުބެލިއަސް

 24. މަށަށް ދެރައީ ހަޖަމްގެ މައްސަލަހުންނަ ގޫފިތިފަ ތިބޭ މީހުންވެސް މީތި ބަލަން ދާތީ. ގޭގަ އޮތްނަމަ ނުފެނުނީހެއްނު ޓީވީ ނިވާލައިގެން.

  • ގޫ ފިތިފަ ހުއްޓަސް ބަލަން ދިޔައިރު ނޭގެޔޭ އޮރިޔާމުން ކަމެއް ތިބެނީ. އޮރިޔާމުން ތިބިތަން ފެނުނީމަ ނުބަލާ ދިޔައީ. އޮރިޔާމުން ތިބޭމީހުން ބެލީމަ ކަލޭގެ ގޫ ނުފިތެއެއްނުން

 25. ކުރު ހެދުން ސަކަރާތް އެކަމަކު މިއުޒިކާއި ނެށުން އޯކޭތަ؟ ތި ފުޅަދުބުރުގަ ހުރީ ހުސް ޔަހޫދީ އާދަކާދަ???

 26. ޓިންކަބެލް ކާޓޫނު ދައްކަން އޯކޭ އެންމެނަށްވެސް. އެ ކާޓޫނު ހުންނަނީ މޫނު ބުރުގާ އަޅާފަތަ؟

 27. ބޯހަލާކު. ޤައުޓީވީ ގޮވައިގެން ކޯޓައް.

 28. ކޮބާތޯ އިސްލާމިކް މިނިސްޓަރ ޑރ.ޒައިދު

 29. މުޅިއަކުން ގޯހެއްނޫން. އޭނަ ހެދުންލައިގެން އިނީ ނިވާކޮށް. އެއްވެސް ވަނާއެއް ނެތް ހާމަވާގޮތަކަށް. ދިވެހިކުދިން މިއަށްވުރެ ވަނާތައް ފެންނަގޮތަށް ބުރުގާ އަޅައިގެންއުޅޭ. ވަރަަށްގިނަކުދިން.

 30. އަސްލު އެހެދުމަށް ފާޑުކިޔަންވީސަބަބެއް ނުވިސްނުނު.... ރޭގަ ބާ ރައްޔިތުންނަށް ވިސްނުނީ މިއީ ސައްތައިން ސައްތަ މުސްލިމް ބައެއް އުޅޭ ގައުމެއްކަން .. ތިއެންމެންގެ ދަރިން ތިވަރުވެފަ ތެތިބީ ތިއެއްޗެހިތަށް ބަލާ.. އަދި ނުވިތާކަށް ތި އެއްޗެހިތަށް ބަލަން ސިނަމާތަކަށްވެސް ގެންދާލެއް މަދެއްވެސް ނޫން.... އަދި މަގުމައްޗަށް ކުދިން ނުކުންމާފަ ތިބެނީވެސް ތިއެއްޗިއްސާ ނުބައްދަލު އެއްޗެހި ލައްވާފަ.... މިހާރު މިއުޅޭ ޒުވާނުންގެ ނަޒަރުގައި އެކުއްޖާވެސް އެހެދުމާއެކީ ބޮލުގަ ފޮތިގަނޑެއް އޮޅާލައިގެން ހުރިނަމަ އެވާނީ ހިޖާބު ވެގެން ހުރި ކަމަށް...

  • Haadha dheraey ..eKm my sahthain sahtha muslim gaumeh noon maasy.. ahrenge arufulha 2 years vehje duvahak ves cartoon nudhakan.. quran dhyny ehchihi hama dhakkany.. veemaa dhynah ulhen beynun vaa myhun kolheh ekamaa nuruhun faalhu kuraanekan handhaakun fohe nulahchey

 31. ސަގާފަތާ ގުޅުވަން ޓިންކަރބެލް ހުންނަންވީ ދިވެހި ލިބާސް ލާފަތަ؟ އަޖައިބެއް

 32. އާދޯ،،، ދިވެހިން ސަލާމަތް ވީ ސްޓޯރމް ޓްރޫޕާރސް އަތުން ތަ ނޫނީ ޑިޒްނީ ކެރެކްޓަރ ތަކަކުން ތަ!؟؟؟

 33. ދޮންކަކުނި

  ކޮބައިތަ މައްސަލައަކީ !!!!!! ބަލަންބޭނުންނުވާނަމަ ލޯމެރީމައެނިމުނީނު.

 34. ކިތައްމެ ގޯސް ކަމެއް ކުރިއަސް ރަނގަޅު ކަމެެއް ކުރިއަސް މީހުންގެ ފާޑު ކިޔުންތައް ލިބޭނެ.

 35. އިންސާނުންނަށް ނުކުރެވޭނެ ހުރިހާއެއްމެން ހިތްހަޖެހޭނެ ފާޑުނުކިޔޭނެ ކަމެއް، އެއީވާނެކަމެއނޫން.

 36. އެމަންޖެ އޭނީ މިހާރު މަގުމަތިން މިފެންނަ ކުދިންހެން ދުއްޔެއް އަރުވާފަ ނިވާވެފަ އެއްނު. ދެން ހަޔެއްކަ ބުރަށް އޮޅާލާފަ އޮންނަ ބުރުގާ އެއް އަޅައިން އިންނަމަ ވަރަށް ފުރިހަމަ ވީސް

 37. މި ނިކަމެތި އަޅުވެތިވެފައިވާ ކުދިންގެ މައިންބަފައިން ކޮބައިބާ/.... އޮފީހުން ބުނިކޮންމެ ކަމެއް ކޮށްގެން ވަރިހަމަ އެއް ނުވާނެ... ޤިޔާމަތްދުވަސް އެބައޮތް..

 38. ބިގް ޑީލް ... ގްރޯ އަޕް ގައިސް ... ލޯ ކުރިމަތީ ކޮރަޕްޝަން ހިންގާއިރު އޯކޭ ... ނުރުހުން ފާޅު ކުރުމެއް ނެތް ...

  • ބަލަ އެއްފާފަޔައް އަރާގަނެވުނީމަ ދެންވީ ހުރިހާފާފަޔައް އަރައިގަންނަންތަ

  • ފަސަދާ ވާއިރު ވަހާކަ ހުންނާނެ އެންމެ ފުރިހަމަ ކަލޭގެ ވާހަކަ ތި ހިރިީ

 39. ސްޓާ ވާސް އަކީ އެހެން ވީއިރު ސަގާފަތާ އެންމެ ގުޅޭ އެތި ... ?

 40. އެފަދަ ކަމެއް ކުރަން ކެރުނީތީ، އެކަނބުލޭގެއަށް ތައުރީފުކުރާނެ ބަޔަކުވެސް ތިބޭނެތާ؟ ހަލާކުހުރި،

 41. ބުނީމަ މުސްލިމް

  ނިވާކަން ކުޑަވަނީ ފައިގެ ފަލަމަސްގަނޑާދިމާލުން ޓައިޓުފެންނާތީތޯ؟ ނިވާކަން ކުޑަ ހެދުން ލައްވައިގެން ކިތައްކުދިން މަގުމައްޗަށް ނެރުނީކިތައް މައިިިންތޯ! މާދަމާ އެދަރިން ހަމަ އެގޮތަށް އޮރިޔާންހާލުގަ މަގުމައްޗަށް ނުކުންނާނެ. ޓިންކަބެލް އެކަންޏެއްނޫން އޮރިޔާމުން ނަށަމުން މަގުމަތީގަ ދިޔައީކީވެސް. އޮރިޔާމުން ނޫން އަންހެނަކު ނުދޭ ތިފްލޯޓްތަކަކު.

  • Anehhen hama ok eyythi

  • ތި ޓިންކަބެލް އަށްވުރެ ނިވާކަން ކުޑަ އެއްޗެއް ލައިގެން ހުރި މީހަކު އެތަނަކުން ނުފެނުން.. އެހެންމީހުން ނިވާކޮށްގެން ތިބި ވާހަކައެއްނޫން މިބުނީ... އެކަމަކު އެއީ ބޮޑުވަރު.... ?

  • ތިޔަކުނެއް އެއްވެސް މައްސަލައެއް. މާލޭގެ މަގުތަކުން ފެނޭ ތިޔައްވުރެ ކަންތައްބޮޑު ނަމުގަ ބުރުގާ އަޅާފަ މުޅި ހަށިގަނޑުގެ ވަނާތައް ދައްކައިގެން އުޅޭ އަންހެނުން .

 42. ބިތުފަންގި

  މިފަހަރު އެމްއޭސީއެލްގެ 50ވަނަ އަހަރީދުވަހާގުޅިގެން ބާއްވާ ގިނަ ހަރަކާތް ތަކަކީ އޯޕަން ބަޖެޓްކޮށް ހިންގަމުންގެންދާ ހަރަކާތްތަކެކެވެ. ނަތީޖާއަކަށްވާނީ މިއަހަރުގެ އޮޑިޓް ރިޕޯޓް ނިމޭއިރު ދައުލަތުގެ ބަޖެޓަށްވުރެ މިނިވަންދުވަހުގެ ހަރަކާއިތްތަކަށް ކުރެވުނު ހަރަދު ބޮޑުވުމެވެ. ކުރެވޭ ހަރައްދައްވުރެ ޖީބަށް ލެވުނު ކަޓު ބޮޑުކަމުން އުފަލުން އުޅޭބޮޑުން ތަށް މަދެއްނުވާނެއެެވެ. 50 ވަނަ އަހަރީދުވަހަކަށް ބަލާފަ ކުރެވުނު މާބޮޑު ކަމެއްނެތެވެ.

 43. "ގައިގެ ކުލަ އެނގޭ ގޮތަށް ހެދުން އަޅައިގެންވިޔަސް" ގައިގެ ކުލަޔާ އެއްގޮތް ކުލައެއް އެކަމު ގައިގެ ކުލައެއްނޭންގޭ. އެކަމަކު އެގޮތަށް ގައިގެ ވަނާތައް އެނގޭގޮތަށް ހެނދުން އެޅުމަކީ ހުއްދަ ކަމެއްނޫންވީމަ އެކަމާ ދެކޮޅު. އެކަމަކު ދިވެހިންގެ "ދިވެހި ލިބާސް ލައި، ދިވެހިން އިހު އުޅުނު ރީތި ގޮތް އަދުގެ ދަރިންނަށް " ދެއްކުމުންވެސް ހަމަ ފެނިގެންދާނީ މިކަހަލަ ގޮތްތަކެއް. ކުރީގައި މީހުންލައި އުޅުނު ލިބާހަކި ކަރުބޮޑުކޮށް ހުންނަ ހެދުމެއް. އަދި ކަނޑިކި ނުވަތަ ފޭލި އަނދެފައި ހިނގާފައިދާއިރު ދެފައި ކުޑަ ކަޅުވާ ފެންނާނެ އެއީ ކަނޑިކި އަދި ފޭލި އެއީ އަންނަ ފޮތި ގަނޑަކަށްވާތީ. އަދި ކުރީ ޒަމާނުގައި އަޅާ އުޅުނު ބުރުގާ އަކީވެސް ވަރަށް ތުނިފޮތިން އެތެރެ ހަމަ ވަރަށްބޮޑަށް ފާޅުވާގޮތަށް ހުންނަ އެއްޗެއް. ދެން ދިގު ހެދުން އެއީ ހަމަ ޓިންކަރބެލްގެ ހެދުމަށް ދޫކުރާ އެއްޗެއްނޫން މީހާގެ ހުރިހާ ވަނާ ތަކެއް ހުންނާނި ވަރަށް ފާޅުކޮށް އެނގެން.

 44. ޙޔ
  ޅަދުން ބޯހަލާކު އަންހެނަކައް ވީތީވެސް ހާަދަ ގޮތެއް ނެތީމައެ އޭގެމަތީގަ އިނދެގެން ވައްތަރު ޖައްސަން ކެރޭނީ

  • ލަދުން ބޯހަލާކު ވާކަށް ނުޖެހޭ. މާލޭގަ ކިތަށް މީހުން ކުރު ސޯރޓް ލައިގެން މޫދަށް އަންނީ އެކަމެއް ނުފެނޭ؟ ކިތަށް ކުދިން ބުރުގާ އަޅާރު ކުރު ހެދުން ލަނީ. އޭނަވާ އެތެރެއިން އެއްޗެއް ލައިގެންތާ އެއިނީ އެކަމު އެގޮތަށް އެތެރެއިން އެއްޗެއް ނުލާ ކިތަށް މީހުން އެބަ އުޅޭ

  • މާލޭގަ ބަޔަކު އަދި ކުރުސޯޓާ ކުރު ހެދުން ލުމަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ޤައުމުގެ ނިނިވަން ދުވަހު ސަޤާފަތާ ނުގުޅޭ އޮރިޔާން ބުޑެއް މަގުމައްޗަށް ނެރެ ޑިސްޕްލޭ ކުރަން ލިބޭ ހުއްދައެއް ނޫން ދޯ؟ މާލޭގަ އުޅޭ ރާ ބޯ މީހުންވެސް ދެން ފުޅަނދުކުދިން ވެް ރާ ބޮމުން މަގުތަކުގަ ދުވެވެންވީ؟

  • ރަނގަޅު ވާހަކަ އެއް ރިޕްލައި ކޮއްފަ އިން ކުއްޖާ ތިބުނީ

  • ޒައިން އައްސަރި ބަހާ ސާބަސް

 45. ޙޔ
  ޅަދުން ބޯހަލާކު އަންހެނަކައް ވީތީވެސް ހާަދަ ގޮތެއް ނެތީމައެ އޭގެމަތީގަ އިނދެގެން ވައްތަރު ޖައްސަން ކެރޭނީ

 46. ސުބުހާނަﷲ..ހެޔޮވިސްނުން ދެއްވާށި..

 47. ނަމުގަ މިނިވަން ދުވަހޯ......މިނިވަން ކަމަކާ ގުޅުނެއްވެސް ނެތް ކަންތަކެއް.....ލަދުން ބޯ ހަލާކު.....

 48. ވަލީއުލް އަމުރު އަރާ ބުނާނެ ރާއްޖޭގައި މިނިވަން ކަމަކާއި އިސްލާމްދީން އޮންނާތީ އެކަމާއި ހަސަދަވެރިވާ ބަޔަކު އެބައުޅެޔޭ،،، އަމިއްލަ އަށް އަރުވާލެވިގެން ފަރަންޖީ ދައުލަތްތަކުގެ ހިމާޔަތުގައި މިނިވަންކަން ނަގާލަން އުޅޭބަޔަކު އެބައުޅެޔޭ.. އަޅެފަހެ ރާއްޖޭގެ ގިނަ ރައްޔިތުންނަށް މިސަރުކާރުގެ ހަރަދުގައި މިދައްކާދެވުނީ ކޮން މަންޒަރެއްތޯ... މިތޯ ވަލީއުލް އަމުރު އެބުނާ މިނިވަން ކަމަކީ؟ މީތޯ އިސްލާމް ދީން ހިމާޔަތް ކުރުމަކީ؟ އަމިއްލަ އަތަކުން ނޫންތޯ އެބުނެވުނު ކަންކަން މިކުރައްވަނީ... ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނާ އުސޫލު މިއޮންނަނީ... އިނދިކޮޅު މީހާ ކޮށްފިއްޔަ ގޯސް، ވަގުތުން ހައްޔަރުކޮށް ޖަލަށް! މީ ނޫން އިނގޭތޯ މިނިވަންކަމަކީ!!!

  • ނަތަންޔާހޫ

   މިނިވަންކަން ނެތިގެން ބަޔަކު ރެޔާދޔވާލު މުޒާހަރާ، މިނިވަންކަން ލިބުނީމަވެސް މުޒާހަރާ، ހެޔޮގޮތެއް ދިވެހިނަނަކަށްނެތް، އެހެންތާވާނީ ހުސް ގަމާރުންވިއްޔާ މިތާމިއުޅެނީ.

  • ރަނގަޅު އެއްޗެއް ބުނާ މީހާ އަކީ ތިޔަކަހަލަ މީހުންނަށް ގަމާރުން..

 49. މި ނޫހުން އާއްމުކޮށް ނުފެންނަފަަ ވަރަށް ރަނގަޅު ލިޔުމެއް. ޝުކުރިއްޔާ ފަރީޙާ. ބާއްޖަވެރި ކުރިމަގަކަށް އެދެން.

  • ޝުކުރިއްޔާ ފަރީހާ. ތިކަހަލަ ދިވެހި ދަރިން ތިބީތީ އުފާކުރަން. މުސްތަގްބަލުގައި ވެސް މިފަދަ އަމަލް ތަކާ ދެކޮޅަށް ތެދުވެ އާންމުން ހޭލުންތެރިވާނޭހެން ލިޔުންތަށް ގެނެސްދެއްވާ. މާތްﷲ ފަރީހާ ގެ ތި މަސައްކަތުން ބަޔަކަށް ހެޔޮ މަގު ދައްކަވާށި. އަދި ފަރީހާގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން

  • ަައަހުމަދު އިބުރާހީމް

   ތިއެޔާޕޯޓަކީ ހަމައެކަހަލަ ތަނެއް ރޯދަމަހު ތާސްކުޅެފަ ނެށީ