ލަނޑު ޖެހުމަށް ފަހު ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ
ލަނޑު ޖެހުމަށް ފަހު ދިވެހި ކުޅުންތެރިން އުފާފާޅުކުރަނީ – ވަގުތު އިމޭޖްސް : އަމީން ފަހްމީ

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، 2008 ވަނަ އަހަރު ދިވެހި ޤައުމީ ޓީމް ހޯދި ރަން ތައްޓާއެކު "އަހަރެމެންގެ ފަހަރު" ކަމުގައި ބުނަމުން މުޅިރާއްޖޭގެ އުތުރުން ދެކުނަށް ދަތުރުކޮށް، ރައްޔިތުންނާއެކު ފޮޓޯ ނަގާ ހަދަމުން ދިޔުމަށްފަހު މި ހަފްތާގައި އެ ޤައުމީ ޓީމުން ވަނީ މިހާރުގެ ޤައުމީ ޓީމާއެކު ޚާއްސަ މެޗެއް ކުޅެފައެވެ. އެ މެޗްގައި، ރާއްޖޭގެ އެންމެ އުތުރުން ބޮޑުތިލަދުންމަތީ ކުޅުދުއްފުށިން، ރަތް ޖޯޒީ އަޅައިގެން ނުކުތް ބަޔަކު ދިވެހި ފުޓްބޯޅައަށް އާރޯތާޒާކަމެއް ގެނުވައިފި ކަމަށްބުނެ ހަމަ ނޭވާއެއް ނުލެވިގެން އުޅެނިކޮށް ރޭ އަނެއްކާވެސް ގަލޮޅު ދަނޑުގައި މިވަނީ ދިވެހިންގެ އެކުވެރިކަން ވަކަރަށް ޖަހާލައިފައެވެ.

ADVERTISEMENT

މިފަހަރު ބައްދަލު ކުރީ ދިވެހި ޤައުމީ ޓީމާއި، ޝޭޚު ހަސީނާގެ ބަނގުލަދޭސް ޓީމެވެ. ދިވެހީންގެ ފަރާތުން އެދެވޭ ތަރުހީބެއް ނުލިބުނު މި މެޗްގައި ދިވެހި ޤައުމީ ޓީމުން ވަނީ ބަނގްލަދޭޝް ކޮޅަށް ގަދަ ފަސް ލަނޑު ޖެހުމަށްފަހު، މިރާއްޖޭގެ ފުޓްބޯޅަ ދަނޑާއި އެނޫން ހުރިހާ ދަނޑެއްގައިވެސް އެންމެ ބައިބޯކޮށް އުޅޭ ބަނގްލަދޭޝްގެ ރައްޔިތުން، ގަލޮޅު ދަނޑުން ފޮނުވާލާފައެވެ. ދިވެހި ޤައުމީ ޓީމުގެ ބުންވަރާއި ފަންވަރުންނެވެ. ހިންމަތާއި މިންނަތުންނެވެ. އެކުވެރިކަމާއި އެއްބައިވަންތަ ކަމުންނެވެ. ރޭވުންތެރިކަމާއި ހިކުމަތުއަމަލީންނެވެ.

އެހެންނަމަވެސް، އެއީ ވިއްސަކަށް ދިވެހިން ގަލޮޅު ދަނޑުގައި ދެއްކި ހިތްވަރެވެ. އެވަގުތު އަޅުގަނޑުމެން ގިނަ ދިވެހީން މަސްޢޫލުވެ އުޅުނީ ސިޔާސީ އެކިއެކި ބަހުސްތަކުގައެވެ. މައުލޫއަކީ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ހިންގުންތެރިކަމުގެ ވާހަކަ އެއްބަޔަކު ދައްކަމުން ދިޔައިރު، އަނެއްބަޔަކު ދިޔައީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ. ވަކި ފަރުދަކަށްވުރެ ޤައުމު ބޮޑުވާ ވާހަކައަކީ ހެއްވާ މަޖާ ޖޯކަކަށް ހެދުމަށްފަހު، ޤައުމީ ހަރަކާތުން ދުރުގައި އަޅުގަނޑުމެންނަށް ތިބެވުނީ މީހުންގެ ވާހަކަ ދައްކާށެވެ. ކަންކަމުގެ ވާހަކައެއް ނޫނެވެ. އަދި ކިއެއްތަ، ސިޔާސަތުގެ ވާހަކައެއްވެސް ނޫނެވެ.

އިތުރަށް ފާހަގަވި ކަމަކީ، އެއް ބަޔަކު އަނެއްބައެއްގެ ވާހަކަދައްކަން ޓްވިޓަރގައި ނުވަތަ ސޯޝަލް މީޑިއާގެ ކޮންމެވެސް ހޮޅުއައްޓެއްގައި މަސްޢޫލުވެ ތިބިއިރު، މި ޤައުމުގައި އެހެން ބަޔަކު ހޭލާ އެބަ އުޅޭކަމެވެ. ހަމަ ގިނަ އަދަދެއްގެ މީހުން އެބަ އުޅޭކަމެވެ. ދިވެހީން ނޫން އެހެންބަޔަކު މިރާއްޖޭގެ ފުރަމާލޭގެ އަސްލު އާބާދީއަށްވުރެ އިތުރުވެފައިވާ ކަމެވެ. ހިސާބެއް ކިތާބެއް އެނގޭ އިންސާނަކު މި އުޑު ބަޅުކުރެއްވި ހިސާބުގައި ނޫޅޭތީ، މި އަލިފާންފޮށްޓެއްފަދަ ކުޑަކުޑަ މާލޭގައި ދިރިއުޅެނީ ކިތައް ބިދޭސީން ކަން ބުނާކަށް ނޭނގެއެވެ. ހުނި ޖަހައިގެން ބޯގުނަން ބަލާއިރު، ވަންނަން ހުރި ކުދިކުދި ގޮޅިތަކުގެ ސަބަބުން އެއިން ތަނަކަށް ބޯ ކޮށްޕާލެވޭހާވެސް ވާނެއެކޭ ހިތެއް ނުބުނެއެވެ.

ތަފާތު އެކިއެކި ބޯޑަރު ކޮންޓްރޯލް ސިސްޓަމުތަކާއި، މޮޅެތިހާ ޤާނޫނުތަކާއި، ގިނަގުނަ މުއައްސަސާތަކާއި އިންޝޫރެންސް ކުންފުނިތަކުން އެހަރަ ހިންގާ އިޖުތިމާއީ ޒިންމާގެ މަޝްރޫޢުތަކުގެ ސަބަބުން މިވާގޮތަކީ ދިވެހި އާބާދީ ދަށަށް ދަނީތޯ ނުވަތަ ބިދޭސީ އާބާދީ އިތުރުވަނީތޯ މިވަނީ ސުވާލުއުފެދިފައެވެ. ހަމަ އެއްވެސް ސިޔާސަތަކުން، ބިދޭސީން މަދުކުރުމުގައި ނަތީޖާ ނެރެވޭ ތަނެއް ނުފެނުނެވެ. މިކަމަކާހުރެ ކަންބޮޑުވެގެން އުޅޭ ބަޔަކު އަމުދުން ނުވެސް އުޅެނީއެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި، އިޖުތިމާއީ، އިގުތިސޯދީ އަދި ސިޔާސީ މައުލޫތައް ދޫކޮށް، "ސިޔާސީ" ކަމަށް ހިތައިގެން ތިބެ އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ޤާނޫނީ ވެރިކަމެއް މި ޤައުމުގައި ހަރުލިޔަނުދީ، ދެވަނަ ޕާކިސްތާނަކަށް މި ޤައުމު ބަދަލުވެގެންދާ ފަދަ ވާހަކަތަކެވެ. ތަރައްޤީއާއި ޤައުމީ ކުރިއެރުމުގެ ވާހަކަ ދައްކާ ވަރަށްވުރެ އަޅުގަނޑުމެންގެ ސިކުނޑި މިވަނީ ތަޣައްޔަރުވެފައެވެ.

އެކަމަކު، އަދިވެސް ވަގުތު ފާއިތު ނުވާކަން ޤައުމީ ޓީމުން މިވަނީ ދައްކައިދީފައެވެ. ގުނަވަމުން އަންނަ ބިދޭސީ އާބާދީ ގަލޮޅު ދަނޑު ދޫކޮށް ދިޔައީ ދިވެހި ޤައުމީ ޓީމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ހިންމަތާއި މިންނަތުން ކާމިޔާބުކުރި ޗާލު ފަސްލަނޑުގެ ކުރިމަތީގައި ކުޑަކަކޫޖަހައިގެންނެވެ. ހަމަ އެފަދައިން، ދިވެހީންގެ މަސައްކަތްތަކާއި ދިވެހީންގެ މުދާވެރިކަމާއި ދިވެހީންގެ އިގުތިސޯދީ ހަރަކާތްތަކާއި ދިވެހީންނަށް އާމްދަނީ ލިބޭ އެންމެހާ ކޮޅުތައް ދޫކޮށް ބިދޭސީން ދިޔުމަށް ހާލަތުނިޔާ ކުރާނީ އަޅުގަނޑުމެން އެންމެންގެ ކިބައިއިންވެސް ޤައުމީ ޖޯޝުފެނިގެންނެވެ. ޤައުމިއްޔަތަކީ ކުރާ ޓްވީޓަކުން ފެންނާނެ އެއްޗެއް ނޫނެވެ. ތަރައްޤީއަކީ ޖަހާ ސްޓޭޓަސް އަކުން ގެނެވޭނެ އެއްޗެއް ނޫނެވެ. ފަރުދީ ހައްޤަކީ ފަރުދީ ޒިންމާއާ ވަކިން އެއްވެސް މީހަކަށް ލިބިފައިވާ އެއްޗެއް ނުމެނޫންމެއެވެ.

42 ކޮމެންޓް

  1. ދިވެޙިންނަށް ވިސްނޭނީ ފޫކޮޅުގަ ރޯވީމަ

  2. މިކަމުގެ ފުރިހަމަ ޒިންމާ އަދުގެ ސަރުކާރުން ނަގަން ޖެހޭ، ސަރުކާރާ ހަވާލުވެ ފުރަތަމަ އައި މުބާރާތުން ފެށިގެން ސިޔާސީ ކަމަކށް އެކަން ހަދައިފި،މެޗް ކުޅޭ އިރު ސިޔާސީ ކަންކަން ދަނޑުގަވެސް ޕްރޮމޯޓް ކުރުމާއި ދިވެހި ގައުމީ ކުަލައިން ހަދާގެން ގެންގުޅުނު ކެޕްޓަން ބޭންޑްވެސް ވަކި ޕާޓީ އެއްގެ ކުލަ ޖައްސައިފި،

  3. މިއީ ވަރަށް ހިންހަމަ ޖެހޭ ރިޕޯޓެއް...ވަރަށް އުފާކޮށްފިން ފެނުނީމަ މީތި....އަޅުގަނޑަކީ 50ރ ގެ ސިޑިބަރީގެ ޓިކެޓެއް ނަގައިގެން 8:20 ގައި ދަނޑަށް ވަން ދިވެއްސެއް...ވަން އިރު ސިޑިބަރި ފުރާލާފަ އޮތީ ބަންގާޅީން..ދިވެއްސަކު ނުވެސް ފެނޭ...ދިވެހި ދިދައެއްވެސް ނުފެނޭ...ސިޑިބަރި އެއްކޮށް ފުލްވެފަ ޖައްސާލާނެ ތަނެއް ނުލިބުނު...އަސްލު ވަރަށް ވަރަށް ދެރަވި އެމަންޒަރު ފެނިފަ...ދަނޑުވަށައިގެން ހޯދާލިއިރު ދިވެހިންގެ މަދު ވަރަށް މަދު ބަޔަކު ގޮނޑިބަރީގައި އުޅޭ ގޮޑި ބަރީގައި ޖާގަ އޮތް އޭރު...ހަދާނެ ގޮތް ހުސްވި...އަސްލު އަހަރުން ވެސް ބިރުވެސްގަތް ލަދުވެސް ގަތް އެހާބައިވަރު ބަންގާޅީންގެ ތެރެއަށް ވަންނަން....އެކަމަކު ހިތަށް އެރީ މިއީ މަގޭ ގައުމޭ...މިއީ މަގޭ ދަނޑޭ...ކިތައްމެ މަދު ދިވެހިންތަކެއް ތެރޭ އިންނަން ޖެހުނަސް ދިވެހިޓީމް އެކަނިކޮށް ނުލާނަމޭ މަށެއް.....100ރ ދީފަ އަގުބޮޑުކޮށް އަނެއްކާ ގޮޑިބަރިން ޓިކެޓެއް ނަގައިގެން ގޮސްވަނީ...ދިވެހިން ތިބީ އެތާވެސް ހަޅޭކެއް ލައްވަންވެސް ލަދުން...ގައުމީޓީމު ކުޅުނީވެސް ފުރަތަމަކޮޅު ވ.ޕްރެޝަރގަ...ގައުމީޓީމު ލަނޑުޖެހީމަ އަޑުނެއްކޮޅަށް ފުންމާފަ އަރާ ހަޅޭ ލެވަމުން އެނބުރި ފަސްބަލާލިއިރު ގޮނޑިބަރީގަ ތިބި ގިނަ ދިވެހިން ގޮނޑިން ހިއްލާލާކަށް ތަރުހީބެއް ދޭކަށްވެސް ނޭގިފައިތިބީ....އެންމެ އުފާވީވެސް މަދު ދިވެހިންކުރި ސަޕޯޓުން އަދި ގައުމީޓީމުގެ ހިތްވަރުން ގައުމު މޮޅުވާން ފެށީމަ...ބަންގާޅީން ހަމަ ލަދުން އިސްޖަހައިގެން އެއޮތްބޮޑު ބައިގަނޑު ނިކުމެގެން ދިޔައީ މެޗުގެ 60 މިނެޓާއި ހަމައިން.....އަަސްލު އެއީ ދުވަހަކު ހިތުން ނުފިލާނެ ހަނދާނެއް...ބޮޑުކާމިޔާބީއެއް....މިގައުމުގަ އެބައުޅޭ އެގިގެންވިއަސްނޭގިވިއަސް އެތައް ހާސް ބަންގާޅީންނެއް....

  4. ގައުމީޓީމުގަހުރި މޮޅުކަމެއް އެނގޭނީ މުބާރާތަކާ ޖެހުނީމަ ހަމަޔގީނުންވެސް ކުޅޭހާ މެޗަކުންވާނީބަލި މުބާރާތުގަ

    • ރޮނާލްޑޯ ނަމުގަ ކޮމެންޓްކުރާއިރު ލަދުގަންނަން ޖެހޭ...އެއީ ރޮނާލްޑޯއަކީ ތިކަހަލަ މީހެއްނޫން...ތިކަހަލަ މީހުންނާއި ހެދި ގައުމު ހަލާކުވަނީ...ތިމާގެ އަމިއްލަ ނަފްސަށްވެސް ކާމިޔާބެއް ނުހޯދޭނެ ތި ވިސްނުން ހުރެގެން....ތިމާގެ ގަޓު ދައްކަން ހަދައިގެން ލިބެނީ ކޯޗެއް...ބަލަ މަދު ދިވެހިންތަކެއް ވަދެ ކުރިސަޕޯޓާއި ކުރި ހިއްވަރުން މޮޅުވި ވާހަކަ ދައްކާއިރު ތީދެން އެއްޒަމާނެއްގެ ކަންވިގޮތޭ ތިކިޔަނީ...ނިދަން ގޭގަ ނޯވެ ސަޕޯޓްކުރަން ދަނޑަށް ވަންނަ ނަމަ މޮޅުވެސްވީސް...

  5. ވަރަށް ތެދު ޙަޤީޤީ ވާހަކަ ތަކެއް!! ދެލޯފުޅާ އެންމެން މިއުޅެނީ ހެސްކިޔާހަ މިޤައުމަށް ޑިމޮކަރަސީ ނުގެނެވިގެނެއްނު!! އެކަންކުރަން ޤައުމުގެ ކޮންމެ ކަމެއްވެސް ގުރުބާން ކޮށްފާނެ!! އިންސާނުންނޭ ހޭ އަރާބަލަ ނިކަން

  6. ކޮން ފުޓު ބޯޅައެއްތަ؟ މިހާރަކު ދިވެހިން ނޫޅޭ ތިޔަ ބުނާ ފުޓުބޯޅަޔައިގެންނެއް!!! ކޮންމެހެން ނުވެސް ޖެހޭ ގައުމީ ޓީމް ކުޅެނިއްޔޭ ކިޔާފަ ބަލަން ދާކަށްވެސް!!! މީހުން ނަމާދަށް ނާރާތީ އެވާހަކަ ނުދައްކާފަ، ކޮންމެހެން ނުޖެހޭ މެޗު ބަލަން ނުދިޔައިމަ އެވާހަކަ ދައްކާކަށް!!! ތިޔަ ގައުމީ ޓީމަކީ މިހާރު ދިވެހިންގެ ކުރިމަތީ އެއްވެސް އެއްޗެއް ނޫން!! ފުޓު ބޯޅައަށް މިހާރު އެއްވެސް އިންޓްރެސްޓް އެއް ނެތް!! ވައި ވައި! ހެސްކިޔާފަ ވައި!!

    • ތި ވިސްނުން ހުންނަ މީހުނަށް ނަމާދަށް އެރޭނެ ކަމާއިމެދުވެސް ޝައްކު ނަމާދުގެ ވާހަކަ ދައްކާއިރު...ނަމާދުވެސް ތިކަހަލަ މީހުނަށް ވާނީ ވައިކަކަމަކަށް...އަދި ނަމާދޭ އެބަކިޔާ....ބަލަ ކަލޭމެން ދުނިޔެ ފޮނީ ދުނިޔެވެސް އާރަސްތުކުރާށާ ދިރިއުޅެން...ހަމައެކަނި ނަމާދު ކޮށްގެން ދުއާކުރަން އެކަންޏެއްވެސް ނޫން....ކަލޭމެންގެ ވިސްނުން ހުންނަ މީހުންނާއި ހެދި މުޅި ދުނިޔެ ފަސާދަވަނީ...

  7. ތިޔަ ތަނައް ދިއުމަށް ވުރެ މާ ރަނގަޅު އަނބިދަރިން ކައިރީގައި ވަގުތު ހޭދަ ކުރިޔަސް ތިޔަ ޓީމްގެ މީހުންނަށް ވާނީ ފައިދާ ބެލުންތެރިންށައް ވާނެ ކަމެއް ނޯއްނާނެ

  8. މިގައުމުގައި އޮތް ގައުމީރޫހާއި އެއްބައިވަންތަކަން ނަގާލީ ޑިމޮކުރަސީގެ ބައްޕަ

  9. މިގައުމުގައި އޮތް ގައުމީރޫހާއި އެއްބައިވަންތަކަން ނަގާލީ ޑިމޮކުރަސީގެ ބައްޕަ

  10. އައްޓަމަސް/މާލެ

    އަނގަޔާ އަތާދިމަލެއްނުވާނެ މަތިން ރުފިޔާފައިބަންފެށީމަ ނޫނީ! 40ރ އަށްދޭ ލަވާޒާގެ 5 ތަށި "ޕިކަޗޫ"މެން ދުވާލަކު ބޯންޖެހޭ ކޮންމެކޮފީއަކާއެކީ ސިގިރެޓްފޮއްޓެއް! ގޭގައި އަނބިދަރިން ނުކައިތިއްބަސް ފުރެންޑުންނަށް މަގޭމޮޅުކަން ދައްކަން ކޮފީއަށްދާންޖަހޭ! ލާންޖެހެނީ 1200ރގެ ޝޯޓްބުރި! އަތުގައި އޮންނަންޖެހެނީ ފަހުގެ ފޯން ދެން!؟ ކަކުނި ކަކުނީގެވަރުން ހަރުކޮނުނީމައި ރަނގަޅުވާނެ

  11. ތިމާ ނުކުރި ގަދަރެއް ކުރާނެ އެހެން މީހެއް ނުހުންނާނެ

  12. ވަގުތު މީހުން ޔާމީނުގެ ޓީމު

  13. ދެވަނަ ޕާކިސްތާނޭ ތި ވިދާޅު ވަނީ ކޮން ކަމަކަށް ނިސްބަތް ކޮށްތޯއެވެ؟ ތަންކޮޅެއް ތިލަ ކުރައްވަ ބައްލަވާށެވެ! ޖުމްލަކޮށް މިލިޔުން ވަރަށް ފައްކާ!

  14. "ދިވެހި ޤައުމީ ޓީމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމާއި ހިންމަތާއި މިންނަތުން ކާމިޔާބުކުރި ޗާލު ފަސްލަނޑުގެ ކުރިމަތީގައި ކުޑަކަކޫޖަހައިގެންނެވެ. ހަމަ އެފަދައިން، ދިވެހީންގެ މަސައްކަތްތަކާއި ދިވެހީންގެ މުދާވެރިކަމާއި ދިވެހީންގެ އިގުތިސޯދީ ހަރަކާތްތަކާއި ދިވެހީންނަށް އާމްދަނީ ލިބޭ އެންމެހާ ކޮޅުތައް ދޫކޮށް ބިދޭސީން ދިޔުމަށް ހާލަތުނިޔާ ކުރާނީ އަޅުގަނޑުމެން އެންމެންގެ ކިބައިއިންވެސް ޤައުމީ ޖޯޝުފެނިގެންނެވެ.
    ޤައުމީ ޖޯޝްދިވެހިން ނުދައްކާތަ؟! ޤައުމީ ޖޯޝްއެބަހުރި އަދިވެސް ދިވެހިންގެ އެކަމަކު ޤައުމީޖޯޝްމިވަގުތު އޮތީނިދާފަ! ޤައުމީޖޯޝް ނިންދެވީ ފްޓްބޯޅައިގެތެރެޔަށް ސިޔާސީމީހުން ދަނޑިދިގުއުދުޅި ބާނައިގަތީމައި! މެމްބަރކަމުންލިބޭ ލާރިކޮޅުން "އަގަޔާއަތާދިމާނުވާތީ" އެބޭފުޅުން ފުޓްބޯޅައިގެތެރެޔަށްވަނީމައި! ކަމެއް ކުރިއަރުވަން ބޭނުމިއްޔާ ފުލްޓައިމްމީހުން ތިބެންޖެހޭނީ އެތަނެއްގައި ޙާފްޓައިމް މީހުންވަނީމައި ޓިމްކުޅުންތެރިންގެވެސް ހުންނާނީ "ހާފްޓައިމް ބުންވަރު"
    ބަލަންތިބޭ ލާއޯސްމެޗުން ނުކުންނަނަތީޖާވެސް ރާއްޖޭގައި ފުޓްބޯޅަ ކުރިއަކަށް ނާރާ! ހަމައެކަނި ދަނގަޑޭ ތަފާތަކީ! އޭނާނެތިއްޔާ ޓީމްއެކޭ ހުންގާނުނެތް އޮޑިއެކޭ ހަމަވާނެ ! ދިވެހިން ކޯޗައްބޮޑުމޫސާރަ ދީގެނ މައްސަލަޖެއްސިތަ މާބޮޑުމުސާރައެކޭކިޔައިގެން ބޮޑުމުސާރަދިފައި ރަނަގޅު މީހަކުބަހައްޓާ ! ކުޅިވަރުގައި ބަލިވެސް ވާނެ، އެކަމަކު ޓިމްގެވެސް ޤައުމީޖޯޝްއާއި، ގަވްމީހިތްވަރު ހުންނަންވާނެ ތާ؟!
    އަޙުމަދު އަބުދުއްރަޙުމާން ބައްލަޥާ ފާޑެއްގެ ގޭޓެއްހަދައިގެން އެމް.އެން.ޑީ.އެފް.އިން އަހަރެމެން ދަނޑަށްވަންނަން ކިޔޫގައި ބޭތިއްބީ ކިތައްގަޑިއިރުތޯ؟! ކިތައްރުފިޔާގެ ސިގިރެޓާއި، ކިތައް ލައިޓަރުތޯ ދަނޑަށްވަންނަން ޑަސްބިންއަށްލީތޯ! ސިކިއުރިޓިއަކީވެސް އޮންނައެއްޗެއް އެކަމަކު އެގޮތަށްއެފެންވަރަށް ދަނޑުހަދާއެފެންވަރުގެ ގޭޓްހަދައިގެން!

  15. ގައުމީ ޓީމުން ބަންގާޅުކޮޅަށް 5 ލަނޑުޖެހުމަކީ މާމޮޅުކަމެއްނޫނެެވެ. ބަންގާޅަކީ ނިމިދިޔަ ސާފަގޭމްސް ގަވެސް މާރަނގަޅު ނަތީޖާއެއް ނެރެވުނު ގައުމެއްނޫނެވެ. އެމީހުން ކޮޅަށް ގިނަ ލަނޑުތަކެއްވަނީ މެޗް ޑްރޯކުރަން ފަހުހާފުގަ ބައިކޮޅުގެ ގޯލުބުޑުގަ ތިބެން ހަދައިގެނެއެވެ. އޭގެ ސަބަބުން ރާއްޖޭގެ ޑިފެންޑަރުންވެސް ކުރިއަރައި ފޯވާޑުންނަށް ބޯޅަތައް ޕާސްކުރަން ފަސޭހަވިތަން ފެނުނެވެ. އެކަމަކު ކިތަންމެ ބަލިޓީމަކާ އެކީ ކުޅެ މޮޅުވުމަށްވުރެ ގަދަޓީމަކާ ހިފާއްޓާލެވުނަސް މާ ރަނގަޅެވެ.

  16. އުޑު ބަޅު ކުރެއްވި ހިސާބެއް ވަގުތުގެ މޮޅު ލިޔުންތެރިން ބުނެދީބަލަ،

  17. އަޅުގަނޑު ޓިކެޓް ގަންނަން ދިޔާން އެކަމަކު ބިދޭސީން ނާހުރެ އެކަން ވާގޮތެއް ނުވި. ޖެހުނީ އަންބުރާލާފާ ގޭގެ ސިޓިންގ ރޫމް އަށް ދާން. ޓިކެޓް ވިއްކުމުގަ ތަންކޮޅެއް ހަރުދަނާ ގޮތެއް ގެންގުޅުން މުހިންމު އޭރުން ވެސް މިިބިދޭސީން ގެ ކިބައިން އުންދަގުލެއް ނުޖެހި ޓިކެޓް ލިބި ގިނަ އަދަދެއްގެ ދިވެހިން ދަނޑަށް ދިޔައީސް.

  18. އައްޗި..... ދިވެހިން

  19. ރޭގަ ފެނުނީ ބަންގާޅީން ރާއްޖޭގައި ގިނަ ވެގެން އުޅޭ މަންޒަރެއް ނޫން. ގައުމު ދެކެ ލޯބި ނުވާ ދިވެހިން ގިނަވި މަންޒަރު. މީގެ ކުރިން ފުޓްބޯޅައަކީ ދިވެހިން އެއްބައިވަންތަ ކުރުވި "ހަމައެކަނި" އެއް ކަންތައް. މިހާރު އެކަންވެސް ދިޔައީ. ދެރަ !! ލަދު !!!

  20. Mi ulhey Anni he kibain qaumu salaamaiy koggen meehun ebbai vaanee..

  21. "ޝޭޚު ހަސީނާގެ ބަނގުލަދޭސް" ހަމަ މިހެން ލިޔަންޖެހޭތަ. ގައުމު ތަމްސީލުކުރާޓީމަކީ ވަކިމީހެއްގެ ޓީމެއްކަން ނުދެނެހުރިން

  22. ނަމެއް ނުބުނާނަން

    އެންމެން ސިޔާސީ ވީމަ ވާނީ މިހެން. ސިޔާސީ ލީޑަރުންނަށްވުރެ ވާނުވާނޭގޭ މީހުން މާސިޔާސީ. ކުދިބޮޑު އެންމެން ސިޔާސީ ވެފަ. މުޅި ގައުމު ހަލާކު ސިޔާސީ ޕާޓީތަށް.

  23. އަހްމަދު އައިފާން

    މި ކެނަނީގޭ ޖޯކަރ މުގާބޭ ގެ އުނދަގުލުން ސަލާމް ވާ ދުވަހަކުން އިން ޝާ ﷲ މި ގައުމު އެއްބައި ވަންތަކަން އަލުން އުފެދިގެން ދާނެ.

  24. ވަރައް ރަނގަޅު

  25. 5 ވަގުތު ގޮވާ ބަންގިއަށް މިސްކިތައް މީހުން ނުދާތީ އެވާހަކަ ލިޔުނުނަމަ ފަހަރުގަ ހެޔޮކަމެއްވެސް ލިބިއްޖައިސް!!!

    • ވަރަށްރަގަޅު

    • ޥަރައް ރަގަޅު ވާހަކައެއް.

    • ޠެދު

    • މުޙައްމަދުއިސްކަންދަރު

      ކަލޭމެން ބަލާ ނަމާދުކޮށް ކޮށްފަ މީހުންނަށް ޖޯކުޖަހާ ހަޖޫޖެހޭތޯ...މާދީންވެރިން ކަމަށް ހެދިގެން ބަލަ މިއީކީ ދީނީ ޓޮޕިކަކަށް ލިޔެފަ އޮތް ލިޔުމެއް ނޫންކަން ނޭގެނީ ތަސައްރަފު ނުފުދޭތީތާ އެނޫނީ އެވަރަށް އިލްމު ލިބިފަ ނެތީމަ ތޯއްޗެވެ...އެއްބައިވަންތަ ކަމަށް ހިއްވަރުދީ ލިޔުނު ލިޔުމަކަށް ދެން ތީ ކޮން ނުގުޅޭ ވާހަކައެއް....ކަލޭމެން އެކަންޏެއްނޫނޭ...ނަމާދުކޮށްގެން އުޅޭ މީހުންވެސް ކުޅިަވަރުވެސް ކުޅޭ ތަރުހީބުވެސް ދޭ އެހެން ކަންކަމުގަވެސް އުޅޭ....ކަލޭމެން ހިތްހަމަ ނުޖެހޭނަމަ މިކަހަލަ އެއްޗިހި ނުކިޔާ ތިބެބަލަ...ވިސްނުން ތިހުންނަނީ ފިތިފަ...

  26. ވަރަށް ރަގަޅު ލިއުމެއް. މި ޤައުމު ހަލާކުކުރުމުގެ ބޮޑުދައުރެއް އަދާކުރަނީ އަދާލަތުން. ދީނީ އެއްބައިވަންތަކަމަށް މަސައްކަތްކުރުމުގެ ބަދަލުގައި ދުނިޔެވީ އެދުމަށް ޤައުމު ހަލާކުކުރަނީ އަދާލަތުން.

    • އެހެން މީހުންގެ ބޮލުގަ ނާޅުވަ ފުރަތަމަ ތިމާއައް އުޅެވެނީ ރަނގަޅައްތޯ ބަލާބަލަ އޭރުންމާ ތާހިރުވާނެ..

  27. އަޝްފާގުގެ އަމަލުތަކުން ވަރަށް ދެރަވި ފުރަތަ ހާފުގައި މާބޮޑަށް ރެފްރީއާއޮޅުލާގެން އުޅުނީ ދެވަނަ ހާފުކުޅެންއުޅުނީމާ ރަނގަޅު ކެޕްޓަންކަން ކުރަމުން ރެފްރީކަންކުރަމުން ކިހިނެއްކުޅޭނީ އިމްރާން ބަރާބަރު ޓީމް ހަލާކުކޮއްލާފައިވަނިކޮށް ހަމައަށް އެޅުވީ އޭނާ

  28. މި އަންނީ ގެ އުނދަގުލުން ގައުމު ސަލާމަތް ވިި ދުވަހަކުން ގައުމު ރަނގަޅަށް އެއްބައިވަންތަ ކުރެވޭނީ

  29. ގައުމީ ޓީމައް މަރުހަބާ އެކަމަކު ފުރަތަމަ ގައުމު ހަމަޔަކަން އަޅުވާފަ ކުޅިވަރާގެން އުޅެންވީ....އަޅުގަޑުމެން މިއުޅެނީ އަގަޔާ އަތާ ދިމާނުކުރެވިގެން...މަސް ނިމޭއިރުން ކޮންމެމީހަކު މިއަދު މިވަނީ ދަރަނިވެރިވެފަ.

    • އަތާ އަނގައާ ދިމާނުވެގެން އުޅޭއިރުގައި އެންމެ ފަހުގެ ފޯނާއި އެންމެ ފަހުގެ ސައިކަލު ގަނެވޭ! އެތަކެތި ގަންނަންވީމަ އަތާއި އަނގައާ ވަގުތުން ދިމާވޭ! މިއީ ގަރުނުގެ އެންމެ ބޮޑު ޖޯކު!

    • އަޅެ މީސްތަކުންނޭ ގައުމު މަށަށް ކޮންދެނީ ކޮންކަމެއްތޯ ނާހަބަލަ މަށަށް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާބަލަ....ރޭގަ ބައެއް ދިވެހިން ވަން ސިިޑިބަރިން ޓިކެޓް ނަގާފަ ޖާގަ ނުލިބިގެން ގޮނޑިބަރިން ޓިކެޓު ނަގައިގެންވެސް....އެއީ ގައުމީ ރޫހަކީ،،،އެއީ ގައުމީ ލޯތްބަކީ...އަހަރުމެން މޮޅު ކެއުމެއް ކާލަންވީމަ 150ރ ދުވާހަލު އެންމެ ވަގުތަކަށް ހޭދަކޮށްލަން ފަސްނުޖެހޭއިރު ގައުމަށްޓަކާ ކީތްތަ ވާނީ އެވަރުކޮށްލުން....އުފަލެއް ލިބުނީމަ އޭތި ވޯތް އަސްލު...އަމިއްލަ ގައުމަށް ސަޕޯޓްކޮށް މޮޅުވީމަ ލިބެނެ ހިތްހަމަ ޖެހުން ބުނަންވެސް ނޭގެ،،،،،

  30. ގައުމު ބޮޑު ވާހަކައާއި ގައުމުގެ މުހިންމު ވާހަކަ ދައްކާ ގިނަމީހުންނަކީ އަމިއްލަ އެދުމުން ފޯވެފަތިބޭ މީހުން. ކޮއްމެމީހަކުވެސް އަމިއްލަޔަށް އިސްލާހުވީމާ ރަގަމޅުވާނެ