ޖިންސީ ގުޅުން ހިންގަން ތިބި މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ޖިންސީ ގުޅުން ހިންގަން ތިބި މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯގެ ސްކްރީން ޝޮޓެއް

ރޭ އަޅުގަނޑުމެން މިފާހަގަ ކުރީ މީގެ 890 އަހަރު ކުރިން ރާއްޖެ އިސްލާމި ދުވަހެވެ. ނަަމަވެސް މިއަދު ހަމައެކަނި ބާއްވާ ޖަލްސާ އަކުން ރާއްޖެ އިސްލާމި ދުވަސް ފާހަގަކޮށްލައިގެން އިސްލާމީ އުސޫލުތަކާއި އިސްލާމީ އަޙްލާޤު އަޅުގަނޑުމެންގެ ތެރޭގައި އަށަގެންނެވިދާނެ ކަމަށް ގަބޫލު ކުރުމަކީ ގޯހެކެވެ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން ހާއްސަކޮށް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ވެސް ފެންނަން ފެށި އެއްކަމަކީ އެކަހެރި ތަންތަނުގައި ދެޖިންސިގެ މީހުން ބާއްވަމުން ދިޔަ ބައްދަލުވުންތަކެވެ. ގާތްގޯޅި ވެގެން ދެމީހުން ތިބޭ މަންޒަރު ފެނެއެވެ. ރޭގަނޑުގެ ވަގުތުތަކުގައި އެފަދަ ކަންކަން އަނދިރިކޮށް އޮންނަ ޕާކްތަކާއި އަނދިރިކޮށް އޮންނަ އެކަހެރި ތަންތަނުގައި ކުރެއެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދިން އިދާރާއެއް އަދި މީހަކު ވެސް ނެތެވެ. އެފަދަ މަންޒަރެއް ފެންނަ މީހަކަށް ވެސް އެކަން އޯކޭ އެވެ.

ދުވަސްތައް ވޭތުވަމުން ގޮސް ފާއިތުވި ދެހަފްތާއެއްހާ ދުވަސް ތެރޭގައި މިކަން މިވަނީ ހައްދުފަހަނައަޅައި ގޮސްފައެވެ. ޕާކްތަކުގައި ފެށުނު އެކަހެރި ބައްދަލުވުންތައް މިވަނީ މިސްކިތްތަކާއި ހަމައަށް ފޯރާފައެވެ. މިސްކިތުގެ ގޯތި ތެރޭގައި ޖިންސީ ގުޅުން ހިންގާ ހިސާބަށް ކަންތައްތައް ހިނގައްޖެއެވެ. ނަމަވެސް ފެނިގެން މިދިޔައީ މިކަން ވެސް ގިނަ މީހުންނަށް އޯކޭވި ތަނެވެ.

މިހަޑިހުތުރު އަމަލު ހިންގި މީހުންނަށް "ނަސޭހަތް ދީފައި" ދޫކޮށްލީއެވެ. މުޖުތަމަޢުގައި ހިންގާ ނޭދެވޭ ކޮންމެ ކަމަކާއި ދެކޮޅަށް އަޑުއުފުލުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ނަމަވެސް އެޒިންމާ އުފުލާތަނެއް ނުފެނުނެވެ. ކޮންމެ މީހަކު ވެސް ބުނާކަހަލައެވެ. "އެއީ އަހަރެންނާއި ބެހޭ ކަމެއް ނޫނެވެ."

ނޫނެކެވެ. ބެހެވޭނެއެވެ. ބެހެން ޖެހޭނެއެވެ. މިއީ ތިބާގެ ވެސް ގައުމެވެ. ތިބާ ވެސް ދިރިއުޅޭ މުޖުތަމަޢެވެ.

ތަރައްޤީ އާއި ތަހްޒީބާއި އެކު ހުޅަނގުގެ ގޮތް، ފޮތް އަޅުގަނޑުމެން ތަންފީޒު ކުރާކަށް ނުޖެހެވެ. ދޮން މީހުން އުޅޭ ގޮތައް އުޅޭކަށް ނުޖެއެވެ. އަދި އަމުދުން ހުޅަނގުގެ ހުރިހާ ކަމެއް ހުއްދަ ގައުމުތަކުގައި ވެސް އާންމު ތަންތަނުގައި ނުވަތަ އެމީހުން ދީނީ އަޅުކަންތައް ކުރާ ތަންތަނުގައި ޖިންސީ ގުޅުން ހިންގުން އެއީ އެމުޖުތަމަޢުތަކުން ވެސް ބަލައިގަންނަ ކަންކަމެއް ނޫނެވެ. އެއީ އަދަބު ކަނޑައެޅިފައިވާ ކުށްކުށެވެ.

ތަރައްޤީ އާއި ތަހްޒީބަކާއި މައްޗަށް އުފުލޭ އިމާރާތްތަކެއް ނޫނެވެ. ތަރައްޤީ އާއި ތަހްޒީބު ފެންނަން ވާނީ މުޖުތަމަޢުގައި ދިރިއުޅޭ މީހުންގެ އަޙްލާޤުންނެވެ. މުޖުތަމަޢުގައި ދިރިއުޅޭ މީހުން ދިރިއުޅޭ ގޮތުންނެވެ.

އަޅުގަނޑުމެން ވަލު ޖަނަވާރުންގެ ފެންވަރަށް ވެއްޓިގެން ދާއިރު އަތުގައި އައިފޯނެއް އޮވެފައި ދިރިއުޅޭގެ ދިހަ ބުރިއަށް އުފުލިފައި ގޭގައި ހުންނަ ޓީވީ ގޭގެ އެއްފާރު ވަރުވި ނަމަވެސް އެއީކީ އަދި ތަރައްޤީއެއް ނޫނެވެ. އެއީ ތަހްޒީބެއް ވެސް ނޫނެވެ.

މިމައްސަލައިގެ ހައްލު ވަރަށް ރީއްޗަށް ފެންނަން އެބައޮތެވެ. އެއީ ބެލެނިވެރިން އެމީހުންގެ ދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ދިނުމެވެ. ހެވާއި ނުބައި ދަސްކޮށްދިނުމެވެ. ގޯހާއި ރަނގަޅު ދަސްކޮށްދިނުނެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައި މުޖުތަމަޢަށް ނިކުންނަ ކުއްޖަކީ މިފަދަ ހަޑިމުޑުދާރު އަމަލުތައް ނުހިންގާނެ ކުއްޖެއްކަން ކަށަވަރު ކުރެވޭނެ ފެންވަރަށް އެކުދިން ތަރުބިއްޔަތު ކުރެއްވުމެވެ.

ބެލެނިވެރިންގެ ހަމައެކަނި ޒިންމާ އަކީ ދަރިފުޅު ސުކޫލަށް ގެންދިއުމާއި ގެނައުމާއި ހޯމްވޯކް ހަދައިފިތޯ ބެލުން ނޫންކަމާއި އެއަށްވުރެ ބެލެނިވެރިންގެ ޒިންމާ ބޮޑުވެފައި މާބޮޑަށް ވެސް ފުޅާކަން ހަނދާން ކުރަން ޖެހެއެވެ.

އޭރުން ވީދި އޮއްއޮއްވެ ކުދިކުދި ވެފައި މިއޮތް އަޅުގަނޑުމެންގެ ރީތި އަޙްލާޤު އަލުން ވިޔެ އާރާސްތު ކުރެވިދާނެއެވެ. ޒަމާނުއްސުރެ އޮތް ރީތި އާދަތައް އަނބުރާ ގެނެވިދާނެއެވެ. މުޖުތަމަޢުގެ ހަމަތަކާއި އުސޫލުތައް ދިރުވާ އާލާ ކުރެވިދާނެއެވެ.

ބޭނުންވަނީ ފަރުދީ ޒިންމާ އަދާކުރުމެވެ. ކޮންމެ ކަމެއް އޯކޭ ވެގެން ނުތިބުމެވެ. ނޭއްގާނީ ކޮންމެ ކަމަކާއި ދެކޮޅަށް އަޑުއުފުލުމެވެ. ނޭއްގާނީ ކޮންމެ ކަމަކަށް ތަރުހީބު ދެއްވާ އެއީ އޭނާގެ މިނިވަންކަމޭ ވިދާޅުވެ ތިކަން ނިންމާ ނުލުމެވެ. މިއީ ތިމާ ވެސް ދިރިއުޅޭ މުޖުތަމަޢު ކަމާއި މިމުޖުތަމަޢުގައި ދިރިއުޅެން ޖެހޭނީ ޤާނޫނުތަކާއި ޤަވައިދުތަކާއި މުޖުތަމަޢުގެ އާންމު އަޙްލާޤި މިންގަނޑުތަކަށް ބޯލަނބައިގެންކަން ކޮންމެ މީހަކު ގަބޫލުކޮށް އެގޮތައް އަމަލުތައް ސީދާ ކުރުމެވެ.

ADS BY ASTERS

26 ކޮމެންޓް

  1. މައިންބަފައިން ކިތަންނެ ވަރަކައް ނަސޭހަތްދީ ގޭގައި ތަރުބިއްޔަތު ކުރިޔަސް ދެޖިންސް މިކްސް ކޮށް ކިޔަވާދޭ ސްކޫލު ތަކައް ގެންގޮސް އުޅޭހާ ހިނދަކު ތިކަމެއް ނުހުއްޓުވޭނެ. ޑެން ވަރައް ވިސްނޭ ކަމައް ބުނާބަޔަކު (ނޭންގި ނަމަވެސް އިސްލާމީ ޝަރީއަތާއި ދެކޮޅު ހެދެނީ) މިކްކޮށް ކިޔަވައި ދިނަސް ނުދިނަސް ހަމަ އެއއގޮތެކޭ ވާނީ. އެމީހުންނައް ﷲ ގެ އަމުރު ތަކަށް ކިޔަމަންވުމުން ވާނެ ގެއްލުމެއް އެބައޮތްތަ . ހަމަގައިމުވެސް ﷲ އަހަރުމެން ހެއްދެވީ އެއް ޖިންސު އަނެެއްޖިންސައް ބޭނުންވެ ހިތް ކިޔާގޮތައް. އެގޮތައް ހެއްދެވި ފަރާތް ވަނީ ދެޖިންސް މިކަހަލަ ކަންކަމުގައި މިކްސްވުން ޚަރާމް ކުރައްވަވާފައު

  2. ފުރަތަމަ ނޫސްތަކުން ޚަބަރު ގެނެސްދޭގޮތް އިސްލާހު ކުރަންވީ. ކޮން "ޖިންސީގުޅުމެއް" ކިޔާކަށް. ޒިނޭކުރަން ތިބިކަމަށް ނުލިޔާންވީ ކީއްވެ. އެ ކުރާކަމަކީ ޒިނޭ އަށް ވާއިރު؟

  3. ނޫނޭ އަދިވެސް މާލެވަރުގެ ޖާގަ ބޮޑުތަނެއް ނެތިގެން ޕާކުގެ މައްޗަށް ޕާކުހަދާ ތަރައްޤީކޮށް މީހުން ޖަމާކޮށް ފުނިޖައްސަން އުޅޭ...މާލޭ ސަރުކާރުގެ އަތްދަށުން މި ރާއްޖެ މިނިވަންކަން ނުލިބެނީސް ރާއްޖޭގެ އެއްވެސްކަމެއް ރަނގަޅަކަށް ނުދާނެ....މާލެއަށް މީހުން ތޮތް ޖައްސައި މިމީހުންގެ ޖީބަށް ފައިސާ ވެއްދުން އެއީ މައި އަމާޒު އަބަދުވެސް.....މާލޭ ސަރުކާރު ޒިންމާވާންޖެހޭނެ މަޖުބޫރު ހާލަތުގައި މީހުން ތިތަނަށް ގެންދަން މަޖުބޫރުކުރާތީ....

  4. ވަރަށް ދެރަ ކަމެއް ތީ.. މީ ފަހުޒަމާން.. ހުރިހާ ކަމެއް ވެސް ހިނގާނެ.. އަޅެ މުސްލިމް ގައުމެއްގައި މިކަހަލަ ކަމެއް ހިނގާތީ ވަރަށް ދެރަވޭ..

  5. ކަމަކަށް ވަންޏާ ނުބަލާށޭ؟ ކަލޯ ތިބުނާ ތަރައްގީ ގައުމުތަކުގައިވެސް އާންމު ތަންތަނުގައި ޖިންސީ ގޫޅުން ހިންގުން ހުއްދައެއް ނޫން. މި ދައްކަނީ ކިސް ކޮށްލާ ވާހަކައެއް ނޫން. ޖިންސީ ގުޅުން ހިންގާ ވާހަކަ. ތަރަށް ގީގައި އަތް ނާޅާށޭ. ދިވެހިން ތަރައްގީވީ އަތުގައި އޮންނަ ފޯނު އެކަނި. ދެން ތަރަށް ގީވި ކަމެއް ދައްކަބަލަ. ތަރަށްގީވުމަކީ މަގުމަތީގައި އޮރިޔާމުން ޖިންސީ ގުޅުން ހިންގުން ކމަަށްވާނަމަ އެތަރަށްގީ މިތިބީ ވެފައި. "ޒިޔާ' ގެ ނަމުގައި ކޮމެންތް ތިކުރި މިހާގެ ތަރަށްގީ ހުރި ފެންވަރު ތިކޮމެންޓުން ފެނިގެން ހިނގައްޖެ،

  6. ކޮން ބެހޭކަމެއް. ޓަރައްޤީގަ އައިނާޅާ. ކިތަންމެ އަސަރެއްކުރިޔަސް އަބަދަކ ދިވެހިން ފިތިފައެއްނުތިބޭނެ. ކަމަކައް ވަންނާ ނުބަލާ. ނޫނީ ދޭ ފަޅުރަށަކަށް

    • ތަރައްގީގެ ނަމުގައި ވިޔަސް ޒިނޭ އަށް ހިއްވަރު ދޭނީ ހަމަ ޒިނޭކުރާ މީހުން.. ތިޔަ މީހުން ތައް ކަށް އިސްލާމްދީނުގައިވާ އަދަބު ދޭންޖެހޭ.. ހައްދު ޖެހުން ނޫނީ ރަޖަމްކުރުން.. ޒިޔާ މެން ބިރު ގަންނާނެ އިސްލާމްދީނުގެ ހުކުމް ތަކުގެ ވާހަކަ ދެއްކީމަ...

  7. ތިހުރިހާ ކަމެއް ވެސް ހިނގާނެ ފަހުޒަމާން ލައިގަނެފަ މިއޮތީ ނަފްސު އިސްލާހު ކުރަންވީ

  8. މައްސަލައަކީ ކޮބައިތަ؟! ބައްދަބައްދާފައި ކިތަންމެ ވަރަކަށް ގައިގޯޅިވެފައި ފިލްމުކުޅެފައި ބޮޑެތި ސްކްރީންތަކުގައި ބޮޑެތި އަގުތަކުގައި ޓިކެޓް ވިއްކައިގެން ދެއްކީމާ އޯކޭއެވެ. މިހެން އުޅޭ މީހުންނަށް ބޮޑެތި ބޮޑެތި ޖަލްސާތަކުގައި އެކިނަންނަމުގައި އެވޯޑް ދިނީމާ އޯކޭއެވެ. ކެމެރާއެއްގެ ކުރިމަތީގައި ކަމަށްވިޔަސް ބަދުއަޚުލާޤީ ޢަމަލެއްވާނީ ހަމަ ބަދުއަޚުލާޤީ އަމަލަކަށެވެ. އެ އަމަލުތަކަށް އިނާމުދޭން ފެށީމާ ދެން ވާނެ ގޮތް މިހިރަގެން ވަނީއެވެ.

  9. ތިކަހަލަ ވިޔާނުދާ ކަންތަކަށް ކުދިން އެހާ ފަސޭހައިން ދާ ސަބަބީ، އިންޓަރނެޓްގެ ޒަރީއާއިން ބޭނުން ވަގުތަކު ފާހިޝް މަންޒަރުތަށް އަދި ވީޑިއޯތަށް އެހެރީ ފެންނަން، ކޮންމެކުއްޖެއްގެ އަތުގައި ސްމާޓް ފޯނެއް އޮވޭ، ވަގުތުން ބޭނުން ސައިޓަކަށް ވަދެ އެހެރީ ބަލާލެވެން. މިކަހަލަ ސައިޓްތަކަށް ނުވަދެވޭ ގޮތެއް ހަދަނިކޮށް ތިކަން ހައްލުވާނެ. މިހާރުވެސް ދުނިޔޭގެ މުސްލިމް ބައެއް ޤައުމުތަކުގައި މިކަހަލަ ސައިޓްތަކަކަށް ނުވަދެވޭ. ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު މިކަންކުރަން ސަރުކާރަށް ހުށަހެޅި ނަމަވެސް ސަރުކާރުން ދިނީ ބީރު ކަންފަތް. ދެން ކިހިނެތް ހައްލުކުރަނީ

  10. މިހާރުވެސް ސިޔާސީވެބަލަ ގެންގޮސް ޖަލަށް

  11. ވަރަށް ފުރިހަމަ ޢިބުރަތްތެރި ލިޔުމެއް. ލިޔުންތެރިޔާއަށް ޝުކުރިއްޔާ! މިޒަމާނުގައި އަމިއްލައަށް ދުނިޔެއަށް އައިސްގެންއުޅޭ ޒުވާން ބައެއް ކުދިންނަށް ނަޞޭޙަތްދޭ ކޮންމެ މީހަކުވަނީ ދުޝްމަނަކަށް. އެހެން ނޫނަސް އެއީ އެކުދިންގެ ޙައްޤުތަކަށް އަރައިގަތްކަމަށްވެދާނެ. ނޫނީ ނުބެހޭ ކަންކަމާ ބެހެނީ ކަމަށް ނޫނީ މިނިވަންކަމަށް އަރައިގަންނަނީ ކަމަށް ވެދާނެ. އެފަދަ ޙާލަތަކަށް ޤައުމުގެ ޒުވާނުންގެ ގިނަ ބައެއްގެ ވިސްނުން އޮތް ވަގުތެއްގައި އެމީހުންގެ އުފާތަކަށް ހުރަސްއަޅާ ހަމަ ކޮންމެ ފަރުދަކުވެސް ވާނީ އުނދަގޫ ކުރާ މީހަކަށް. އެހެންވެގެން އެފަދަ ކަމެއް ހުއްޓުވަން މަސައްކަތްކުރާ މީހުންނަށް އިންޒާރުދީ އުނދަގޫތައްކޮށް ޖެއްސުންކޮށް އަނިޔާވެސް ކޮށްހަދަމުން ގެންދޭ. އެފަދަ ކަމަކަށް ކާކުތޯ އަރައިގަންނާނީ؟ އެހެންވެ އަމިއްލަ ސަލާމަތަށްޓަކައި ނުފެންނަކަމަށް ހަދައިގެން ލޯމަރާލައިގެން ދަނީ. އަޅެ ނޫންތަ؟ އެކުދިންގެ ދުވަސް ވިއްޔާ ފަހެ!

  12. ތިހެންވިއްޔާ އަހަރުމެން އެންމެނައް ދައުލަތުން ބޯހިޔާވަހިކަން އަވަހައް ދީ. އެހެންނޫނީ .......

  13. ރަސޫލާގެ ހަދީސްގައިވާފަދައިން މިހާރު ކަންތައް ވަމުން މިދަނީ މަގުމަތީގައި (އާންމު ހިނގާބިނގާވާ މީހުންނަށް ފެންނަފަށުގައި) ޒިނޭކުރާ ޒަމާނެއް އަންނާނެ އެވެ. އެއިރު އުޅޭ އެންމެ ހެޔޮ މީހާވެސް ބުނާނީ އެއްފަރާތް ވެލިނަމަ(މީސްތަކުންނަށް ނުފެންނާނެފަދައިން ތިކަން ކުރާނަމަ) ކިހާ ރަނގަޅުހޭ އެހެން ބުނެލަން ކެރޭނީވެސް އަބޫބަކުރުގެފާން ފަދަ އީމާންކަމެއް ލިބިގެންވާ މީހަކަށެވެ. މިހެންވީއިރު އެމީހުން އެކުރަނީ ޒިނޭކަމާ އެކަން ނުކަން އަމުރުކުރަން ކެރޭނީ ކާކަށްތޯއެވެ. އެންމެ ކެރޭމީހާއަށް ވެސް ބުނެވެނީ މީސްތަކުންގެ ލޮލުން އެކަހެރިވެލާށެވެ. މިހާރު ޒިނޭ ކުރުމަކީ މައްސައެއް ނޫނެވެ. މިހާރު މައްސަލަ އަކީ އާންމުންނަށް ފެންނަ ތަންތާ އެކަން ކުރާތީއެވެ. ގެސްޓުހައުސްތަކަށް ގޮސް ކޮޓަރިތަކުގައި ކިތަންމެވަރެއް ކުރިޔަސް ވަރިހަމައެވެ. މީހެއްގެ އަންބަކަސް ފިރިޔަކަށް ސްކޫލް ކުއްޖަކަސް ރުހިގެން ކޮށްފިއްޔާ ވަރިހަމަ އެވެ.

  14. ގައުމު ފަނާކުރަނީ ހުޅަނގުގެ މަދަރުސާތަކުން

  15. މިއީ ގޭތެރެއިން ފެނިގެން ބޭރަށް ނިކުތް ކަންތައްތަކެއް. މުޅިއާއިލާ 64އަކަފޫޓުގެ ތެރޭގައި 20، 25 އަހަރު އުޅޭއިރު ލައްކަގިނަކަންކަމަށް ދަރިން އެކްސްޕޯސްވެފައި މިހުންނަނީ. ދެންވާންވީ ހައެތި ވަމުން މިދަނީ. ގެދޮރުވެރިކަން ނެތީވިއްޔާ ގަދަރު ނެތި އަބުރުކަތިވެގެން އަދަބުނެތިގެން މިދަނީ.

  16. މުއައްސަސާ އެެއްގެ މައްޗަށް އިނގިލި ދިގުކޮށް ނުލައްވާ މި ތާގާ އެެންމެން ގެންގުޅެ ފަރުދީ ޒިންމާ ދަސްކޮށް ދެއްވާ📣📣

  17. ދިވެހިރާއްޖޭގައި ގިނައީ ހުޅަނގުގެ ސްކޫލުތައް އެތަންތަނުގައި އިސްލާމީ އުސޫތަކަށް އަހައްމިޔަތުކަންދޭ މިންވަރު ވަރަށްވެސް ކުޑަ، އެހެން އެތަންތަނުން ކިޔަވައިގެން ނިކުންނަ ގިނަ ކުދިންގެ އުސޫލުތައް އެހުންނަނީ ސިދާ ހުޅަނގުގެ ކާފަރުންގެ ކާފަރު ސްޓައިލްތައް. އިސްޤީ ލޯބީގެ ޖިންސީ ގަރީޒާއިން ސަލާމަތްވެވެނީ ވަރަށްވެސް މަދު ކުއްޖަކަށް، އަދި އެހެންވެ މުޅި މިޖުތަމައު ކުށުގެ ވެއްޓަކަށް ބަދަލުވެއްޖެ. އަދިވެސް އެއްކަލަ ހުޅަނގުގެ ކާފަރުންނާއި އެމީހުން ކަން ހަވާލު ވެގަނެގެން އުޅޭ އެމީހުންގެ ބައިވެރިން ވާހަކައަކީ ހިއުންރައިޓުސް އެވެ.

  18. އެއްބިލިއަން ރުފިޔާގެ ވައްކަންކުރިއިރު އެކަމާއި އަޅާނުލި ބަޔަކަށް މިއީކީ މާބޮޑުކަމެއްނޫން

  19. ތިފަދަ ޢަމަލުތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ. އަޅުގަނޑުމެންގެ މިކުޑަކުޑަ ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމަކަށް ވީކަމީ އަޅުގަނޑުމެން އެންމެ އުފާކުރަންވީ ކަމެވެ. ދުނިޔޭގެ އެހެން ޤައުމުތަކާއި ނުހަނު އެކަހެރިކޮށް އޮތްއިރުވެސް މިސްލާމްކަމުގެ އެދަފަ ބޮޑު ނިޢުމަތް ދެއްވިކަމަށްޓަކައި ޝުކުރުކުރުމަކީ ދިވެހިންގެ ވާޖިބެކެވެ. ސަރުކާރުންވެސް އިސްލާމްދީން ހިމާޔަށް ކުރުމަށްޓަކައި ކުރެވެންހުރި ކޮންމެ މަސައްކަތެއް ކުރުމަށް ގޮވާލަމެވެ. މިޔުޒިކް ޝޯވްތަކާއި އެފަދަ ދީނާ ދުރުކަންކަމަށް އިސްކަން ދިނުމުގެ ބަދަލުގައި ދީނީގޮތުން ވީހާވެސް ގިނަ މަޢުލޫމާތު ލިބޭނޭގޮތަކަށް ޕްރޮގްރާމްތައް ރަޭވުން ވަރަށް މުހިއްމެވެ. އަޚްލާޤީގަޮތުން ދަށުދަރަޖައިގެން ޢަމަލު ހިންގާ މީހުންނަށް ޤަނޫނީގޮތުން ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ.

  20. ޕާކްތައްވެސް އަލިކުރަންވީ އެފަޑާ އަމަލުތައް ހިންގާ ކަހަލަ ތަންތަން އަލިކޮށް ފުލުހުންގެ ފޯރިމެރުންތައްވެސް ބާއްވަންވީ.. އެކަހަލަ ކަންކަން ހައްލުވާނީ އެންމެންވެސް ޒިންމާ ނަގައިގެން

  21. މިފަދަ ލިޔުންތައް ލިޔާއިރު މިހާރަށްވުރެ ބޮޑަށް ޒިނަމާދާރުވާންޖެހޭ. އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތްކުރެއޭ ލިޔެފައިވަނީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކައެއް.

  22. ޜަގަލު ވަަަހަކަޔެ

  23. މިހާރު އޯކޭ ވާނެކޮއްމެ ކަމެއްވެސް

  24. އާ މަނހަޖު އެއްކޮށް އަމަލުކުރަން ފެށުނީމަ ރަނގަޅުވާނެ.

  25. ތިމަސްއަލަ އެބަ ބަލާބާ؟