ދުބާއީ – ފ.އަތޮޅު ތަރައްޤީ ކުރަނީ ދުބާއީ ފަދަ ސިޓީއެއްގެ ގޮތުގައި
ދުބާއީ – ފ.އަތޮޅު ތަރައްޤީ ކުރަނީ ދުބާއީ ފަދަ ސިޓީއެއްގެ ގޮތުގައި

ޒަމާނާއި ތާރީޚް ހެކިދެނީ ރާއްޖޭގެ ތަރައްޤީގެ ބޯކިބާއިން ރާއްޖެތެރޭ މީހުންނަށް ލިބޭ ފޮތި އަބަދުވެސް ކުޑަކަމެކެވެ. އެންމެ ކުރީ ޒަމާނުއްސުރެ ވަރުވާއަށް ލިބޭ ކާށިން ވެސް ބައިއަޅަން ޖެހެނީ މާލޭ ސަރުކާރަށެވެ. މިއަދު ވަރުވާއެއް ނުނަގައެވެ. މިއަދު ނަގަނީ ޓެކްހެވެ. ރާއްޖެތެރޭ ފަޅުރަށުގައި ރިސޯޓް ހަދައިގެން ލިބޭ ފައިސާ މާލޭ ސަރުކާރަށެވެ. ރާއްޖެތެރޭ މީހާ ކަންމަތީ ފިހާރައިން ގަންނަ މުދަލުން ވެސް ލިބޭ އާންމުދަނީ މާލޭ ސަރުކާރަށެވެ. ދެން އެފައިސާ އަށް ހަދާނެ ގޮތެއް ނިންމާނީ މާލޭ ސަރުކާރުންނެވެ.

ދުވަސްތައް މިގޮތައް ކުރިއަށް ދަމުން ގޮސް "ރާއްޖެތެރޭގެ" ތަރައްޤީގެ އިރުގެ ދޯދިތައް ދިވެހި އުދަރެހުން ދައްކާލައިފި ކަމުގެ އިހްސާސް ފަހަކަށް އައިސް ކުރެވެމުން ދިޔަ ނަމަވެސް ފެންނަމުންދާ ކޮންމެ މަންޒަރަކީ އެދޯދިތަކުން ދިވެހި ޖައްވު އަލިވިޔަ ނުދިނުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މަންޒަރެވެ. އަތޮޅުތެރޭގެ އެއްވެސް ރަށެއްގައި މާލެ އަށް ބަރޯސާވުން ހުއްޓުވިދާނެ ފަދަ މަޝްރޫޢުއެއް ކުރިއަށް ދިޔަކަ ނުދެއެވެ. ސަބަބަކީ ކޮބައިހެއްޔެވެ؟

ސަަބަބަކީ މާލޭ ރައްޔިތުންނަށް ރާއްޖެތެރޭ މީހުން ބަރޯސާވުން ހުއްޓުވިދާނެ އެއްވެސް ކަމެއް ވެގެންދާތަން ބަލަން މާލޭ މީހުންނަށް ކެތް ނުވުމެވެ. މީގެ މިސާލަކީ މިހާރު ފ.އަތޮޅު ތަރައްޤީ ކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތައް ހުރަސްއަޅަން އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން "މާލޭ ބޭފުޅުން" ކުރަމުންގެންދާ މަސައްކަތެވެ.

މާލޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ރާއްޖެތެރޭ މީހުންނެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަޤީޤަތެވެ. މާލެ މާލެއަކަށް ހެދީ ރާއްޖެތެރޭ މީހުންނެވެ. މިއަދު ވެސް މާލެ އިން ރާއްޖެތެރޭ މީހުން ފައިބައިފިނަމަ މާލެ އަށް އާންމުދަނީ ވަންނަ އެތައް ދޮރެއް ބަންދުވީއެވެ. ގެތަކުގެ ކުލިންނާއި ކަންމަތީ ފިހާރައިންނާއި، ބޮޑު ސްޕަމާކެޓްތަކުން ވެސް އެކަން ފެންނަން ފަޅި ސިކުންތެއް ވެސް ނުނަގާނެއެވެ.

ފ.އަތޮޅު ތަރައްޤީ ކުރުމާއި ގުޅޭ ގޮތުން ތިލަވަމުންދާ މައުލޫމާތުން އެނގޭ ގޮތުގައި އެއީ އާދައިގެ މަޝްރޫޢުއެއް ނޫނެވެ. އެއީ ދެވަނަ މާލެ އެއް ރާއްޖޭގައި އުފެއްދުމުގެ މަޝްރޫޢުއެއް ނޫނެވެ. އެއީ ދުބާއީ ފަދަ ސިޓީއެއް ރާއްޖޭގައި އުފެއްދުމުގެ މަޝްރޫޢުއެކެވެ. އެހެންކަމުން އެއީ ފ.އަތޮޅު ރައްޔިތުންގެ އިތުރުން މުޅި ރާއްޖެ އަށް ވެސް އަދި ސަރަހައްދީ ގައުމުތަކަށް ދާންދެން އެކަމުގެ ފައިދާ ކުރާނެ ބޮޑު މަޝްރޫޢު އެކެވެ.

ރާއްޖޭގެ ކުރީގެ ސަރުކާރުންތަކުން ވެސް ރާއްޖެ ތަރައްޤީ ކުރަން މަސައްކަތްތަކެއް ކޮށްފިއެވެ. އެތަރައްޤީ އަކީ މާލޭގެ މަގުތަކުގައި ގާޖެހި، މާލޭ މީހުން ރީތި ފެނުން ފެންވަރާ، މާލޭ މީހުން ރަނގަޅު ނަރުދަމާ ނިޒާމެއް ގާއިމްކޮށް، މާލޭ މީހުން އަމިއްލަ ގޭގައި ތިބެ ތައުލީމް ހާސިލްކޮށް، މާލޭ މީހުން އަމިއްލަ ގޭގައި ތިބެގެން ސިއްހީ ޚިދުމަތް ހޯދާތާ ބައިގަރުނުވިއިރު އަދި ރާއްޖެތެރޭ މީހުން ފެންވަރަށް އޮތީ ނަޖިސް ފެނެވެ. ނަޖިސް ހިންދަން ޖެހެނީ ގޭގެ ގޯތިތެރެއަށެވެ. އިރުވައި މޫސުމުގައި ބޯނެ ފެން ލިބޭނެ ގޮތެއް ނެތެވެ. ރަނގަޅު ތައުލީމެއް ލިބޭކަށް ނެތެވެ. ރަނގަޅު ސިއްހީ ޚިދުމަތެއް ނެތްތަނުގައި ޕެނަޑޯލް ގުޅައެއް ވެސް އަމިއްލަ ރަށުން ލިބޭކަށް ނެތެވެ.

އެހެންކަމުން އެތަރައްޤީއެއް މިއަދު ބޭނުމެއް ނޫނެވެ. މިއަދު ބޭނުންވަނީ ރާއްޖެތެރޭ މީހުންނަށް ވެސް "ޙައްޤު މިންވަރެވެ." އެމިންވަރަކީ ރާއްޖެތެރެއިން ހޯދާ ނަފާ ރާއްޖެތެރޭ މީހުންނަށް ހަމަހަމަ ކަމާއި އެކު ބެހިގެން ދިއުމެވެ. އެމިންވަރަކީ އިސްކޫލާއި، ހަސްފަތާލާއި، ނަރުދަމާ އާއި، ބޯފެނުގެ ނިޒާމެއް ގާއިމް ވުމެވެ. އެމިންވަރަކީ އަނބިދަރިން ކައިރީ ތިބެ ވަޒީފާ އަދާކޮށްލުމުގެ ފުރުސަތެވެ. ފ.އަތޮޅު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހަޤީޤީ ކުލަ ޖެހެމުން ދާއިރު ފެންނާނީ އެމިންވަރު ލިބެމުންދާތެވެ.

ދެން އޮތީ ފ.އަތޮޅު "ވިއްކާލައިފި" ކަމަށް ބުނެ ދައްކާ ވާހަކައެވެ. މިހާރުވެސް މާލެ އަތޮޅު ވެސް ހިމެނޭގޮތައް ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށްތައް އެވަނީ މަހުޖަނުންނަށް ބަހާލާފައެވެ. އެމީހުން އެތިބީ 99 އަހަރަށް އެރަށްތައް ނަގައިގެންނެވެ. އެއީ "ވިއްކާލުން" ކަމަކަށް ނުވިއެވެ. އެއީ ކުއްޔަށް ދިނުން ކަމަށް ވެއްޖެއެވެ.

މިހާރު ވެސް ޤާނޫނު އަސާސީ އާއި ޤާނޫނުތައް އޮތްގޮތުން ފ.އަތޮޅު ވިއްކާލުމަކީ ކުރެވޭނެ ކަމެއް ނޫންކަން އިދިކޮޅު ފަރާތްތަކަށް އެނގޭނެއެވެ. ސަރުކާރަށް ވެސް ކުރެވޭނެ ކަމަކީ ފ.އަތޮޅު ކުއްޔަށް ދިނުމެވެ. ކުއްޔަށް ދިނުމާއި ވިއްކާލުމުގެ ތަފާތު ހަމަ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ރައްޔިތުން ވާވައްދައިގެން ކުރަން އެއުޅޭ ކަމަކީ އަތޮޅުތެރޭގެ ތަރައްޤީ އަށް އޮތް މަޝްރޫޢުއެއް ހުއްޓުވުމުގެ މަސައްކަތެވެ. އާޙިރު ބޭނުމަކީ ރާއްޖެތެރޭ މީހުން އަރަފެން ޖެހޭނެ ފުރުސަތު ނުދިނުމެވެ. އަބަދުވެސް ނާށިގަނޑު ހިފައިގެން މާލެ އަށް ސަލާންޖަހަން އަންނަ މަޖުބޫރު ކުރުވުމެވެ.

މިމަޝްރޫޢުއާއި ދެކޮޅަށް ވާހަކަދައްކާ އިދިކޮޅު ފަރާތްތައް މައިގަނޑު ގޮތެއްގައި ބެހެނީ ދެބަޔަކަށެވެ. އެއްބަޔަކީ ރައީސް ނަޝީދުގެ ފަޅިއެވެ. އަނެއްބަޔަކީ ރައީސް މައުމޫންގެ ފަޅިއެވެ. އިޤުތީޞާދީ ވާހަކައެއް ދެއްކުމުގެ ބަދަލުގައި އެމްޑީޕީ އިން މިކަމުގައި ދައްކަނީ ސިޔާސީ ވާހަކައެވެ. ކަނޑައެޅިގެން އެމްޑީޕީގެ ސިޔާސަތުތަކާއި ވެސް ދެކޮޅަށް އަދި އެމްޑީޕީގެ ވެރިކަމުގައި ކަން ކޮށްފައި އޮތް ގޮތާއި ވެސް ހިލާފަށް އެމްޑީޕީ އިން މިމައްސަލައިގައި ދައްކާ ހެއްކެތް ނެތް، ލޮނުމަޑު، ބުރަދަނެއް ނެތް، ވާހަކަތަކުގެ ބޭނުމާއި މަޤުޞަދު ވެސް ކުރިން ބުނެދެވިއްޖެއެވެ. އެމްޑީޕީ އިން އެއިއްވަނީ މުޅި އެމްޑީޕީގެ އަޑެއް ނޫނެވެ. އެމްޑީޕީ އިން އެއިއްވަނީ ޕާޓީގެ އިސް ސަފުގައި ތިއްބެވި މާލޭ ބޭފުޅުންގެ އަޑެވެ.

ރައީސް މައުމޫންގެ ފަޅިއަށް ބަލާއިރު އެމަނިކުފާނުގެ ތަރައްޤީގެ ދުރުމިއަށް އެރި މަންޒަރުތައް އެއޮތީ ފެންނާށެވެ. ކަށިތުނޑެއް ޖައްސާލާނެ ޖާގަނެތް ވަރަށް މާލެ ފުރާލީ ރައީސް މައުމޫނެވެ. ވިލިނގިއްޔާއި ހުޅުމާލެ މާލޭ މީހުންނަށް ވެދުން ކުރީ ރައީސް މައުމޫނެވެ. ނަމަވެސް ރާއްޖެތެރެއަށް ހަމަހަމަ ތަރައްޤީގެ ފުރުސަތެއް ހޯއްދެވުމުގައި ރައީސް މައުމޫން ވަނީ ފެއިލް ވެފައެވެ. މިހާރު އެހެން ބޭފުޅަކު ރައީސް މައުމޫން ދޯހަޅި ސިޔާސަތު ގަބޫލުނުކޮށް ރާއްޖޭގެ ތަރައްޤީ ހަވަނަ ގިއަރުގައި ކުރިއަށް ހިފާލުމުން ރައީސް މައުމޫނަށް އެކަން ކަމުނުދިޔައީއެވެ.

އިދިކޮޅު ފަރާތްތަކުގެ އަޑު ގަދައެވެ. އެހެންނަމަވެސް އެއީ ފ.އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުގައި ބުރަކި ޖައްސާލެވޭނެ ފަދަ ގަދައަޑެއް ނޫނެވެ. އެއަށްވުރެ ސަރުކާރުގެ ބާރު މާގަދަވެފައި ސަރުކާރުގެ ވިސްނުން މާމޮޅެވެ. އެކަން އެނގެނީ ރާއްޖޭގެ ނޫކަނޑާއި ހުދު ދޮންވެލި ގަނޑު ދިއްލަމުން މިގެންދާ ތަރައްޤީގެ ދޯދިތަކުންނެވެ.

ADS BY SHEESHA

އުންމީދަކީ ރާއްޖެތެރޭގެ ތަރައްޤީއަށް މިހައިތަނަށް އިރުއޮއްސިފައި އޮތް ނަމަވެސް އަމާން، އޮމާން ފަތިހަކަށް ރާއްޖެތެރޭގެ ތަރައްޤީ އަލިވިލުމެވެ. އެދުވަސް ދެން މާދުރަކު ނެތެވެ. އެދުވަސް ވަރަށް ކައިރިވެއްޖެއެވެ.

ADS BY ASTERS

76 ކޮމެންޓް

  1. މާލެ މީހުން ޖޭވަނީ އެއް ނޫން..... ދިވެހި ފަސްގަނޑުން ޒައްރެއްގެ މިންވަރުވެސް ބޭރުބަޔަކަށް އެކީ ވިއްކާލުމަކީ ހަމަޖެހޭ.. އަދި ހަޖަމް ކުރެވޭނެ ކަމެއް ނޫން.... ތަރައްގީގެ ނަމުގަ އެފަދަ ކަންކަން ކުރުމުން މިތަނުގައި ހަމަނުޖެހުން ބޮޑުވުމާއި އެހެން ބާރުގަދަ ގައުމުތަކުގެ އުނދަގޫ ޖެހި، ހަނގުރާމަފެށި މި ކުޑަ ކުޑަ ރާއްޖެ ވިއްސިވިހާލިވެގެން ދިއުން އެއީ މައްސަލަ އަކީ. ތަރައްޤީ ވާން ޖެހެނީ މާލެ އެކަންޏެއް ނޫން... ކޮންމެ ތަނެއް ތަރައްގީ ވިޔަސް ދިވެހިރާއްޖެ ވިއްޔާ ހުރިހާ ދިވެހިންވެސް އުފާ ވާނެ.

  2. ވޯޓުނަގާ މީހާ

    ފ.އަތޮޅު ގެ ތަރައްގީ އައް ވޯޓެއް ނަގަން ފެނޭ

  3. މާލޭމީހުންނެއްނޫނެ ކަންބޮޑުވަނީ އެމްޑީޕީ މީހުންކަންބޮޑުވަނީ

  4. ހައްދުފަހަނަ އަޅާ ގޮސްފަވާ މާލެ

    ތަންތަނާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނެއް ހެދިޔަވެސް މިވެރިން ނުދިނީ! ޓެކްސް އާއި ޖީއެއްޓީ ނަގަނީ ރާއްޖެތެރޭ މީހުން މާލޭގައި ކުރާ ކުދި ވިޔަފާރިތަކުން މި މާލޭވެރިން 12 ބުރިޔައް އިމާރާތް ހަދާ އެޕާޓްމަންޓްތަށް ކުއްޔަށްދެނީ މީކީ ވިޔަފާރިއެއް ނޫންބާ! ކޮބާ އިންކަމް ޓެސް ކޮބާ ސަރުކާރަށްވާ ފައިދާއަކީ! ގާނޫނެއް ގަވާއިދެއް ހެދިފައެއް ނެތް މިކަމަކަ ހަމަ ފެލަނީ ހިތު ހުރި އަގެއްގަ ކުއްޔަށްދެނީ ނަގާނެވަރަކަށް އެޑްވާންސް ނަގަނީ އަތޮޅު މީހާ ދަރާ ހުވެފަ ކުލިހޯދަން މާލެމީހާ ދުވަނީ ފޯނު ގުޅާ ގުޅާ ރިންގްވަނީ ބެޓެރި ފްލެޓްވަންދެން ގުޅަނީ ކުލި ހޯދަން! މަގުމަތިންވެސް ދިމާކުރަނީ ރައްޓެހިން ކުރިމަތީވެސް ގޮވަނީ މަހުގެ 10ގެ ކުރިން ކުލިދޭންޖެހޭ ކިހާދެރަކަމެއް!

  5. މާލެ މިހާރު މިގޮތަށް އޮތިޔާ އަތޮޅުތަކުން އަންނަޖީލުތަކަށް ކުރާނީ ކޮން އަސަރެއްތަ؟ އެ ޖީލުތަށް އަންނައިރު މަގޭ ސޮރުޖެޖޭނީ މާލޭން އެޕާޓްމަންޓެއް 500000 ފަންސާސް ހާހަށް ކުއްޔަށް ހިފަން! މާލޭ ޖީލުތުތަށް އުފަލުގަ ބެންކޮށް ދުބާއި ޔޫކްރިންގަ ޓޮކްޓަރުކަން އިންޖިނޭރުކަން ކިޔަވަނީ ރާއްޖެތެރެ މީހުން ދާއޮހޮރުވައިގެން ކުރާ މަސައްކަތް މިވެރިން މާލޭވެރިން ހަމަ ފެލަނީ ކަނީ ތަނެއްދޮރެއްބަލާނުލާ ހިތުގަ ރަހުމެއްނެތް ލައްކައިން މިލިޔަނުން އެޑްވާން ނަގަނީ މާލޭ ގޯޗެއްގެ އަގު 20މިލިޔަން ރުފިޔާ ވުރެ މަތީ އަޅެ މަގޭ ރަށުގަ އޮތް ގޯތީގެ އަގު މިވަރަށްނާރާ މިވެރިންގެ ގޯތި ވިއްކާލުމަކީ ހުދަންބަރެއް ހޮވުންކަހަލަކަމެއް ކަޅުމާވަހަރުވެސް އަގު ނުކުރެވޭނެ ހަމަ ހުދަންބަރެއް! ލައްކަ ހުދަންބަރު ކާންވާނެ މިހަފަރު ސީދާ ބަނޑަށްޖައްސަންވީ

  6. މި ލިއުމުގަ ވާގޮތުންނަމަ ތަރައްގީއަކީ ގައުމެއްގެ އިޤްތިޞާދަށް އަންނަ ކުރި އެރުންތައް އެކަނި ކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ގައުމީ ތަރައްގީއަކީ އަކީ ތިން ރޮނގަކުން އެގައުމު ކުރި އެރުމުންނެވެ. އެއީ 1.އެގައުމުގެ ރައްޔިތުންގެ މިނިވަންކަމާއި، ލިބޭ އުފަލާއި ހިތްހަމަ ޖެހުމަށް އަންނަ ކުރިއެރުމެވެ. 2.އެގައުމެއްގެ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރަމުންެދިއުމެވެ.. 3.އިޤުތިޞާދީމކުރިއެރުމެވެ. ފ. އަތޮޅުގެ ހަޤީގީ ވާހަކަ ދިވެހިންނަށް ސާފުވާނެ ގޮތަކަށް އެންގުމަކީ ވެސް ކުރަން ޖެހޭކަމެކެވެ. ތި މަޝްރޫއުގެ ސަބަބުން ދެން އަންނަން އޮތް ޖީލް ތަކަށް ފައިދާއެއް ނުކުރާނެ ކަމުގެ ބިރު އޮތުމަކީ ވެދާނެ ކަމެކެވެ. އެއީ މީގެްކުރިންވެސްް ދިވެހިންގެ ބިން ބޭރު މީހުންގެ އަތަށް ދޫކޮށްލުމަށްވަނީ ނުރުހިފައަވެ. މި ޒަމާނުގަ ގިނަ ގައުމުތަށް ހިޞާރު ކުރަނީ ހަތިޔާރަކުން ނޫނެވެ، ފައިސާއިންނެވެ. ނަމަވެސް ފ. އަތޮޅު ގެ މަޝްރޫއަކީ އެއީ ކަމުގައި ނުވެދާނެއެވެ. އެއިން ކުރިން ހިމަނާފައިވާ ކަންކަމަށް ހުރަސްނޭޅޭނަމަ އެއީ ތަރައްގީއެވެ. ނުވާނަމަ އެއީ ތަރައްޤީ ކަމުގައި ބެލުމަކީ ކުންހީއެށް ކަމުގައި ވެދާނެއެވެ. މި ސަރުކާރަށްވެސް ރާއްޖެ ތެރެ ތަރައްޤީ ކުރެވޭނެއެވެ. ކުރާތަން ފެނެއެވެ. އެކަމަކުެއެއީވދެމެހެއްޓެނިވި ކަމަކަށްނުވާނަމަ އެވާނީ ފޫނެއް ފަޔަކަށް ފެުންފުރުން ފަދަ ކަމަކަށެވެ.

  7. މާލެ މީހުންގެ ތެރެއިން ކުރީ ސައިސްކަން ކުރި ދެ މީހަކަށޭ މިކަން ހަޖަމް ނުވެގެން މި އުޅެނީ

    މަމެންގެ ޕ ޕ ރައިސް ތާމީން މިކަން ކުރަން އުޅޭތީ ހުރަސްއަޅަނީ ނަޝުދު އޭ
    އެ ނުނާ އެމްއޯޔޫ އިން ބުނެއްޕޭ އެމީހުންގެ ސަރުކާރެއް އަންނައިރަށް އެގއރިމަންޓް ކުރިއަސް އުވާލާނަމޯ

  8. މާލޭގަ މިއުޅޭ ރަށް ރަށުގެ މީހުން އަވަހަށް ފ.އަތޮޅަށް ދިއުން ވަރަށް ބޮޑަށް އެދެން. އަބަދު ވެސް ނަން ވަނީ މާލެ މީހުން އެކަމު ތަނަކުން ފްލެޓެއް ދިނަސް ލިބެނީ މި ކޮންމެސް ރަށެއްގެ މީހަކަށް. މާލޭގެ ނިކަމެތި ރަށްވެހިން ހަމަ ޖެހެނީ ހަމަ ގަނަ ތެޅެން....

  9. ވަރަށް ބޮޑު ތެދެއްމީ. އިރާދަކުރެވިއްޔާ ހުރިހާކަމެއްވެސް ވާނީ ރަނގަޅައް.

  10. އިއްސެއަށް ބުނެލަންއޮތީ އަހަރެމެން ރާއްޖެތެރޭ މީހުން އުޅޭތީ ކަލޭމެނަށް އުދަގޫވާތީ އެވާހަކަ މިޔޮތީދޯ ކޮމެންޓް ކޮށްފަ! ހަގީގަތުވެސް ތިހެން ބުނީމާ އަންނަނީ ހިނި! ބަލަ އިސްމާލްޫ އަޑުއަހާބަލަ! ރާއްޖެތެރޭ މީހުން ރަށަށް ދިޔައީމާ އިސްމާލްކަހަލަ މާލޭ މީހުން ޖެހޭނީ ބަނަޑަށް! ކޮޓަރި ހިފާނެ މީހަކު ނެތް! އަމިއްލަޔަށް ތިބެ މާލޭ މީހުން ދަންޖެހޭތަން ފެންނަނީ! މާލޭ މީހުން ތިބީ ރާއްޖެތެރޭ މީހުންނަށް ބަރޯސާވެގެން! ބެޑެތި ލޯނުތަށް ބޮލު އަޅައި ލޯނު ހަލާސް ކުރުވަނީ ރާއްޖެތެރޭ މީހުން ކުރާ ބުރަ މަސައްކަތުން ކުލި ނަގައިގެން! މި ކުލި ނުދައްކާނަމަ ނުވަތަ މިތާ ރާއްޖެތެރޭ މީހުން ނެތް ނަމަ އަގަޔާ އަތާ ދިމާ ނުވޭ! އަދި ބޭބެ އާއި ކޮއްކޮ ކިޔަވާނީވެސް މާލޭ ސްކޫލް އިން! ސިންގަޕޫރު ސްކޫލް އިން ނުކިޔޮވޭނެ ޟި ހަގީގަތަކީ! ރާއްޖެތެރޭ މީހުންގެ ކުއްޔަށް ބަރޯސާވެފައި މާލޭ މީހުން ތިބެންޖެހޭނީ!

  11. ވަރަށްވެސް ތެދު ހަޤީގަތެއް މިލިޔުމުގައި މިވަނީ

  12. ވަރަށް ބަރާބަރު ލިއުމެއް. މާލޭ ބޭފުޅުން ތިރިގޮޑިއާ މަތި ގޮޑި ހަދައިގެން ރާއްޖެތެރޭ މީހުން ކަންޑުކޮސް ހައްދައިގެން ބޮޑު ކުލި ނަގައިގެން ގެ ހަދާފަ ކުއްޔަށް ދީފަ ސިންގަޕޫރާ ލަންކާ އާ މެލޭޝިއާގަ އުދުހިފަ އަދިވެސް އެގޮތަށް އުދުހިފަ އުޅެވޭނީ ރާއްޖެތެރޭ މިހުން ކުލި ދައްކައިގެން މާލޭގަ އުޅުނިއްޔާތާ؟؟؟؟؟؟!!!!!!!!

  13. މާލޭ މީހުން ރާއްޖެތެރޭ މީހުން ގާތުގައި މާލެ އަންނަން ބުނީތޯ؟ ދެން ކީއްވެބާ ރާއްޖެތެރޭގެ ބައެއް މީހުން މާލެ ނައިސް އެތިބީ؟ މާލެ ނައިސް ތިބި މީހުން ތިބެނީ ނުކައިނުބޮއިތޯ؟ މާލެ ތަރައްޤީކުރީ ރާއްޖެތެރޭ މީހުންނޭ ބުނާއިރު، އެމީހެއްގެ ރަށް ތަރައްޤީކުރަން އެމީހަކު ނުހުރެ މާލެ ތައްޤީކުރަން އައީ ކީއްވެބާ؟

  14. އަބްދުއްލާއަލީ

    އެމްޑީޕީ އަށް ހަޖަމް ނުވަނީ ، މި ގައުމަށް ފައިދާ ހުރިކަމެއް ވެދާނެތީ ވަރަށް ކަންބޮޑުވާނެ. އެކަމަކު އެއޮތީ ސޯސަންމަގުގާ ނާސަރީ ހުރިބިން އެމްޑީޕީ ގެވެރިކަމުގާ އިންޑިޔާ އަށް މިލްކުކޮށްދީފާ ، މިހާރު މިގަރާރު ހަދާ މިކިޔަނީ ކޯންޗެއް. ؟

  15. ތަރައްގީއަށް ހުރަސް އަޅާނީ މޮޔައިން.... ރާއްޖޭގެ ޓުޢަރިޒަމް ތަރައްގީވި ސަބަބަކީ ކޮބާ؟

  16. ދެން އެއަރޕޯޓް 25 އަހަރަށް ވިއްކުން އެއީ ކިހިނެތް ވާ ކަމެއް؟ 99 އަހަރަށް ވީމަ ކުއްޔަށް؟؟؟

  17. ބަލަ ބޭފުޅާ މާލެ ހުޅުމާލެ އަދި ވިލިމާލޭގައިވެސް ތިބީ ރާއްޖެތެރޭ މީހުންނޭ. މާލޭ މީހުންނަށް އެކަނި ނޫނޭ ތިބުނާ މޮޅުތަކެއް ލިބެނީ

  18. ޖީއެމްއާރަށް އެއާރޕޯޓް ދިނުން ވީ ވިއްކާލިކަމަށް. މިހާރު 100 އަހަރަށް ރާއްޖޭގެ ތަންތަން ދިނުމަކީ ތަރައްޤީ ކުރުމޯ. ސާބަސް ދިވެހިންނަށް

  19. ނަވާޒްގެ ހިޔާލް ކަމަކު ނުދޭ، ސިޔާސަތު ރާވަނީ ރާއްޖެތެރޭ މީހުން، މިލިޔުނީ ރާއްޖެތެރޭ މީހެއް، އަހަރެންނަކީ ރާއްޖެތެރޭ މީހެއް، އަހަރެންގެ އަންހެނުން މާލެ، އެބިމުން މަގޭ ދަރިންނަށް ލިބޭނެ. މަގޭ ރަށު ބިންވެސް މަގޭ ދަރިންނަށް ލިބޭނެ، ފ އަތޮޅު ހެދުމުން މީހުން އާބާދު ކުރާނީ މިލިއަނުން ނަމަ ފަހަރުގަ މަގޭ ދަރިއަކު ވެސް އާބާދު ވެދާނެ، އަހަރެން އަންހެނުން ނިސްބަތްވަނީ އއ އަށް އޭނަގެ ކާފަގެ ބިމެއް މާލެގަ އޮތީ، އަންހެނުންގެ އެއްބަފާ 6 މީހުންނަށް ބަހާނެ، ތިބުނާ މާލޭއެކޭ ލިޔޭކަށް ނެތް ދޯ، އަދި ބުނެލަން އަހަރެންގެ ރަށު ދޯނިން މަސްބާނައިގެން ހުޅެމާލެއިން ބިމެއްވެސް ގަނެފަ އޮންނާނީ، މަގޭ ވިސްނުމަކީ މީހުންނަށް ކުއްޔަށް ދީގެން ލާރި ހަމަކުރުން. ބޯދާ ބޯދާ ބޯދާ....

  20. މުޅި ފ. އަތޮޅު ވިއްކާ ލީތަޢް. އެއްވިއްޔާ ދެން އެ އަތޮޅު މީހުން އެއް އަތޮޅު ބާލާ ވާހަކަ ސަރުކާރުން ނުދައްކަނީ ކީއްވެ. އެމީހުންނަށްވެސް ދިރި އުޅޭނެ ތަނެއް ސަރުކާރުން ދޭންވާނު. އެ ކަމަކު ސަރުކާރުން ނުދައްކާ އެއްވާހަކައެއް. ފ. އަތޮޅޫ މާލެއްއަށް ވުރެން ތަރައްގީ ވެދާނަތީ ތެރަވަނީ. މިސާލަކަ ފ. އަތޮޅު ވިއްކާ ލައިފިއްޔާމު އެގޭ ތެރަ ލިބޭނީ ފ. އަތޮޅު ރައްޔަތުންނަށް ދޯ. ދެން އެއްމީހުން ކޮން ފޯރިން މިއަރަނީ. ރިސޯޓް ތައް ދިގު މުއްދަދަށް ދިނަސް އޯކޭ ދޯ...

  21. އެބައިވަންތަކަން

    ޒަމާނާ ނުގުޅޭ ބޯދާ ވާހަކައެއް، 10 ބުރި ނަގާނިމޭއިރު 30 އަހަރަށް ގެ ހަދާ ދޭ އަތޮޅު މީހާއަށް 8 ބުރި، ގޭގެ ވެރިފަރާތަށް 2 ބުރި، އެއަށް ބުރި ކުއްޔަށް ދެނީ އަޮތޮޅު މީހާގެ ލޯނު ދައްކަން. ހުޅުމާލޭގައި ބިން ގިނައީ އަތޮޅުތެރޭ މީހުންގެ، މާލޭގެ މީހުންގެ ގިނަ ބިންތަށް ވިއްކާފަ އެމީހުން އުޅެނީ ޔޫރަޕްގަ، މާލެއަށް އަތްގަދަ ކޮށްގެން އުޅެ 8 ވަރަކަށް މީހުން އުޅެނީ. އަތޮޅުތެރޭ މުއްސަދިން ވަނީ މި ބިންތަށް ގަނެފަ ކުއްޔަށް އޮތޮޅުތެރޭ މީހުންނަށް ދީފަ.

    އެކަމަކު މާލޭގެ މުއްސަދިކަމަކީ އޮތޮޅެތެރޭ މީހުންގެ ދާ އޮހަރުވުން ކަން ޤަބޫލު ކުރަން. އަދި ހުރިހާ ވަސީލަތެއް އެއްތާކު މޮޑެނީ ހަމައެކަނި މާލެ މީހުން ވެރިންނަށް ތިބެގެންނެއް ނޫން، އޭގެ ތެރޭގައި ތިބާ ވޯޓުލީ ރަށު ހުސޭނާ، ރަށު މިނިސްޓަރުން ނާއި ޑިރެކްޓަރުންނާ މީހުން ތިބޭ، އެހެނަސް ޒަމާން ބަދަލުވެ އެންމެން މިކްސްވެއްޖެ އެހެންވީމަ. މާލެކިޔައިގެން މިއާޓިކަލްގައި ލޭބަލް ކުރެވިފައި މިވަނީ ދޮން ރީދޫ ކުދިން އެކަނި. އެހެނީ އެމްޑީޕީއަށް

  22. الحمد لله. މިފަދަ ރިޕޯޓެއް އަޅުގަނޑުމެންނަށް ގެނެސްދެއްވީތީ ވަގުތު ނޫހަށް ޝުކުރުކުރަން. މިވަރުންވެސް ބަޔަކަށް އެއްޗެއް ވިސްނެންވެއްޖެކަންނޭގެ.

  23. ރިޕޯޓްގެ ފުރިހަމަކަން އިތުރުކޮށްލުމަށް މައުމޫނުގެ ސަރުކާރުގައި ފ. ހިމިތި އިލްޔާސް އިބްރާހިމަށް ދިގުމުއްދަތަކަށް ކުއްޔަށް ދީފައި އޮތް މައްސަލައާއި، ނަޝީދުގެ ސަރުކާރުގައި ފ. ހިމިތި އަށެއްކަ މީހުންނަށް ރިޒޯޓް ތަރައްޤީކުރަން ދީފައިވާ މައްސަލަވެސް ހިމަނާލީނަމަ ވަރަށް ފުރިހަމަވީސް.

  24. މީ 100% ހަގީގަތް...99 އަހަރަށް ކުއްޔަށްދީފަ ހުރި ހުރިހާތަނެއްވެސް އެހުރީ ވިއްކާލާފަތާ...ހަޖަމްނުވިޔަސް ބޮޑުވަރު...އަހަރެން މީ ފ.އަތޮޅު މީހެއް..އަހަރެމެން ބޭނުމީ ތަރައްގީ..ސައުދީއަށް ދީގެންވިޔަސް

  25. ވަރަށް ފުރިހަމަ ރިޕޯޓެއް. އަބަދުވެސް ފެށުނީއްސުރެވެސް ފ. އަތޮޅަށް ކަމެއް އަންނާނީ އެންމެ ފަހުން. އާބާދީ މަދު، ބިން ކުޑަ، ފަޅުރަށެއްނެތް. ނަސީބު ދިމާކުރި ގޮތުން ފ. އަތޮޅަށްވެސް ތަރައްޤީގެ ކޮޅުމަތި ފެނުނު ހިސާބުން ބަޔަކަށް އެކަން ހަޖަމެއް ނުވި. ވިއްކާލީ... އަޅުގަނޑުގެ ސުވާލަކީ ވިއްކާލިއްޔޯ؟؟؟؟ ނުވިއްކާ މިހާތަނަށް އެއޮތް މަދު ފަޅުރަށަކާއި ފަޅެއް އޮތީ. ކޮބައިތޯ ވީ ފައިދާއެއް. ފީއަލީ މީހުންނާއި މާމިގިލީ މީހުން ފަންކަނޑައި ރަށް ސުންނާފަތި ވެގެން ދިޔައީ. ފެނނު މީހަކު އެބަހުރިތޯ؟ ފޮރުވައި ރައްކާ ކޮށްފައި އޮންނަ ރަންގަނޑެކޭ ހިލަގަނޑެކޭ ވާނީ ހަމަ އެއްވަރު. ފަންކަނޑައި ސުންނާފަތި ކުރުމަށްވުރެ ދެމެހެއްޓެނިވި ތަރައްޤީއެއް ބޭނުމީ. މާލެ ނުގޮސް ކައިރިން ލުއިފަސޭހަކަން ބޭނުންމީ. ފ. އަތޮޅުގެ ދަރިން މިކަމަށް ވިސްނާލުން މުހިންމު. ބައެއްގެ މަޅީގައި ނުޖެހި އަހަރުމެންގެ އަތޮޅުގެ ތަރައްޤީއަށް ވިސްނަވާ. 99 އަހަރަށް ކުއްޔަށް ދިނީ ހަމައެކަނި ފ. އަތޮޅެއް ނޫން. ރައްޖޭގެ ވަރަށް ގިނަ ރަށްރަށް އެބަހުރި އެގޮތަށް ދޫކޮށްފައި. މިވަރުތަކެއް ނާރުވާ. ކީއްވެ ފ. އަތޮޅު ވީމަ އަތޮޅާއި ގުޅުމެއްވެސް ނެތް ބަޔަކަށް ޚާއްޞަވަނީ.

  26. މިކަހަލަ ލިޔުމަކަށް ހެއްލިގެން އަމިއްލަ ލޮލުގައި އަނދުން އަޅާނެ ބަޔަކު އަދިވެސް އުޅޭތަ؟

  27. މާލޭގެ ބޭފުޅުވަންތަ މީހުންނަކީ ބޮޑު މުސީބާތެއް! އަހަރެމެން ކަލޭމެންނަށް އަބަދުވެސް ބަދު ދުއާކުރާނަން!

  28. ވަރަށް ފުރިހަމަ ރިޕޯޓެއްގެ ގޮތުގައި ޤަބޫލު ކުރެވޭ.

  29. ކޮން އިޤތިސާދެއް އިނގެރޭސިންވެސް އިންޑިޔާ އަޅުވެތި ކުރީ ތިޔަހެން އިޤްތިސާދީ ކުރިއެރުމޭ ކިޔާ އީސްޓް އިންޑިޔާ ކުންފުންޏަކާ ވެސްޓްކުންފުންޏެއް ހަދައި ވިޔަފާރި ފުޅާކުރުމުގެ ނަމުގަ ހީލަތްތެރި ރޭވުމެއްގެ ދަށުން

  30. ހެޔޮއެދޭ ބޭބެ

    ރާއްޖޭގެ ހުރިހާ ތަނެއްވެސް ތަރައްޤީ ކުރެވެން އޮތް ގޮތަކަށް ވީހާ އަވަހަކަށް ތަރައްޤީ ކުރުމަކީ ވަރަށް ރަނގަޅުކަމެއް ! އެކަމަކު ދިވެހި އެއްވެސް ފަރުދެއްގެ ޙައްޤާއި މިނިވަންކަން އެއްވެސް ފަރާތަކުން އަޅުވެތި ކުރުވިޔަ ދީގެން ނުވާނެ !

  31. މާލޭގަ ދިރިއުޅޭ މީހުން ކިޔާހާ އެއްޗަކީ މާލޭ މީހުންގެ ބަހެއްނޫން.

  32. މިއީ ހަގީގަތް ހާމަ ކޮށްދިން 100 ގެ ރިޕޯޓެއް.

    • ﷲމަތި ހަނދުމަ ކޮއްފާ މައުމޫނުގެ އަބުރު ކަތިލާ މިގައުމު ދަޑިފަނުން އޮއްވާތޯ މައުމޫނު މިހާރުއޮއް ވެރިކަންގެނައީ ކަލޭގޮތެއް ނެއްކަން ތިރިޕޯޓުން ދޭހަވޭ

  33. ތިޔަ ރިޕޯރޓަށް ސާބަސް

  34. އަޅުގަނޑު އާރިފް

    މި ރިޕޯޓުގެ މައިގަނޑު މަގްސަދަކީ ހަސަދަވެރިކަން ކަމަށް ފެނޭ! އެހެން ނޫނީ ހިނގާ ބަލާލަމާ. މާލޭގެ އާބާދީ އަކީ ގާތްގަނޑަކަށް 63،000 ވަރު. ރާއްޖޭގަ ހަތަރު ލައްކައާ ކާރި ޢަދަދަކަށް ދިވެހިން އުޅޭއިރު، އޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެނީ މާލޭގަ. (އުޅެންޖެހޭ ސަބަބަގެ ވާހަކަ އިހަށް ނުދައްކަމާ!). މާެލޭގެ އާބާދީގެ ތެރެިން ބޮޑުބަޔަކީ ރާއްޖެތެރޭން މާލެއަށް ހިޖުރަކުރި މީހުން. ކައިވަނިންނާއި ގެދޮރު ގަނެގެންނާއި ވިޔަފާރިވެރިންނާ މިހެންގޮސް ކިޔާނެ ކަމެއްނެތް. އަހަންނަކީ ދެކުނަށް ނިސްބަތްވާ މީހެއް. އެކަމަކު ނަވާޒަށް ތިފެނުނު ގޮތަކަށް، އަހަރެންނަށް މާލެ ނުފެނުނީތީ ދެރަވެއްޖައިން. އަސްލު މި އަދުގެ މާލެއަކީ މަގޭ ވެސް މާލެ. ރާއްޖެތެރޭ މީހުންގެ ވެސް މާލެ. ކެލައައްޑޫ އެންމެންގެ މާލެ. ނަވާޒަށް ނޭގުނަސް ބަންގާޅު މީހުންނޭ ބުނި ނަމަ މާރަނގަޅުވީސް. މާލޭގައި މާލޭމީހުންގެ އާބާދީއަށް ވުރެ ބަންގާޅުމީހުންގެ އާބާދީ ވެސް މާ ގިނަ!. ދެން އޮތީ. ތިޔަވިދާޅުވެވުނު ކަންކަމުގަ ސިޔާސަތުތައް ރާވަންވެސް މިއަދު ތިބީ ރާއްޖެތެރޭ މީހުން. ނޫސަވެރިންނަކީ ވެސް އެމީހުން. ހަޖަމު ނުވާން ވެސް އަދި ހަޖަމުވާން ވެސް ތިބީ ހަމަ އެމީހުން. ތިޔަ ބުނާ މޮޅު ފ ހެދިއްޖެއްޔާ އެތާ ވަޒަންވެރިވާނީ ވެސް ރާއްޖެތެރޭ މީހުން. މަވެސް ނަވާޒުވެސް ހަމަ ރާއްޖެތެރެ.

  35. ތަރައްގީއޭ ކިޔާފަ ގުނބޯހައްދާފަ އަތޮޅު ވިއްކާލަން އެއުޅެނީ، ސައުދީ އިން އެމީހުންނަށް އެއްޗއެއް ނުލިބޭ ގޮތައް ހިލޭ ބޮޑު އަތޮޅެއް ދުބާއީއަކަށް ހަދާދޭތަ، ވަރައް ހާލު ޖެހޭނެ މިފަހަރު އެއަތޮޅު މީހުންނަށް، އަހަރުމެން ތިބޭނަން ބަލަން. ތިޔައަތޮޅު އޮޔާތިދިޔައީ....

    • އަތޮޅު އޮޔާދާތަން ބަލަންހުރެބަލަ! އޮޔާދާތަންފެނިއްޖެއްޔާ ހޮވައިގެން ގެންގޮސް އެމެރިކާ މޯލްޑިވްސްއާ ޙަވާލުކުރޭ އިނގޭ!

  36. ކަލޯ ކާކުތަ ބުނީ ފާފު އަތޮޅު ތަރައްޤީކުރާ ވާހަކަ، އަހަރުމެން މުޅިންވެސް މި އަޑުއަހަނީ އެއާޕޯރޓް ވިއްކާތީ އެކަމާ ދެކޮޅަށް ގެނައި ސަރުކާރުން ދިވެހި ރާއްޖޭގެ ފަޅުތަކާއި، ގިރިތަކާއި، ފަޅުރަށްތަކާއި، ފިނޮޅުތަކާއި، ތަންތަން ވިއްކަން އުޅޭ ވާހަކަ. އޭގެންވެސް ތަރައްޤީވާނީ ބޮޑުންގެ ޖީބު ދެން ޖީބަށްލާފަ ބާކީވާ ބައިން މާލޭގަ ކޮންމެވެސް ޕާކެއް ހަދާނީ..

  37. ވވވވވވވވވވވވވވވވވވވވވވވ. ފުރިހަމަ ހަޤީޤީ ލިޔުމެއް . ސާބަސް އިންޝާ ﷲ މި ތަރައްޤީއެއް ތިޔައިން އެކަކަށްވެސް ނުހުއްޓުވޭނެ.

  38. ޙަޖަމު ވާނެ! ޢަހަރުން ބުނެގެންތަ މާލެއަށް އައީ! ނޭވާނުލެވިގެން މިއުޅެނީ!! ޢެމީހެއް އައި ތަނަކަށް ދިއުން އެދެން!!

    • ބަލަ އަހަރުން ހޭބަލިވެގެން ނެެއް ނޫނޭ މާލޭގަ އުޅެނީ. އެހެން އިތުރު ގޮތެެއް ނެތީމަ. މިމީހުން ހީކުރަނީ ރާޢްޖެތެރެ މީހުން އުޅެނީ ތިޔަ ކިޔާ ސޯކޯލްޑް މާލޭގަ ނާޗަރަންގީ ކުޅޭހެން. މިހާރުވެސް ރާއްޖެތެރެ މީހުން ފައިބައިފިނަމަ ތި މާލޭ ވަގުން ބަޑައްޖެހޭނެ.😂😂😂

  39. މިވާހަކަތައް ވަރަށް ވަރަށް ރަނގަޅެވެ. މާލެ އާއި ރާއްޖެތެރޭގެ ތަފާތު ހުރި މިންވަރު ބަޔާން ކޮށް ދެވޭތޯ މީގެ 15 ވަރަކަށް އަހަރު ކުރިން އަހަރެން ލިޔުނު ލިޔުމެއް އެދުވަސްތަކުގެ ނޫސްތަކުގައި ޖަހައި ނުދިން ކަމީ ތިލިޔުމުގައިވާ އެކަންތައްތައް އެއީ ޙަޤީޤަތެއް ކަމުގައިވާކަމެކެވެ. އެންމެ އަތޮޅެއްވެސް ތިބުނާ ފެންވަރަށް ތަރައްޤީވެއްޖިއްޔާ އެހެން އަތޮޅުތައް އެއްއަތޮޅަށްވުރެ އަނެއް އަތޮޅެއް ތަރައްޤީވެ ފުރިހަމަ ކުރުމުގައި ކުރިއަރައި ދާނެކަމީ ޝައްކެއްހުރިކަމެއްނޫނެވެ. މިރާއްޖެ މިރާއްޖޭގެ ތަރައްޤީއަށް ހުރަސް އަޅާމީހުން ކިބައިން ސަލާމަތްކޮށްދެއްވާނދޭވެ! އާމީން!!!

  40. ޒިންމާ ދާރު ނޫސްވެރިން ލިޔާނެ ކަހަލަ ރިޕޯޓެއް ނޫން މީ..ރައްޔިތުން ގެ ތެރޭގައި ބައި ބައި ވުން އުފެދޭ ކަހަލަ ވިޔާނުދާ ލިޔުމެއް..ކޮން މާލެ އެއް ރާއްޖެ ތެރެއެއް ކިޔާކަށް؟؟

  41. ބޭފުޅާ އަރޓިކަލް ިޔުނީމާ ކިހާވަރެއްތޯ ލިބުނީ؟

  42. ދިވެހި ދަރިއެއް

    މި ލިޔުމަކީ، ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދުކޮށް ލިޔެފައިވާ ލިޔުމެއް. އިންސާފުވެރި ލިޔުމެއް ނޫން. ކުއްޔަށް ތަންތަން ހިފަނީ ވިޔަފާރިވެރިންކަމާއި، ވިޔަފާރިން ނަފާނުލިބޭނެ ގޮތަކަށް ކުއްޔަށް ނުހިފާނެކަމާއި، ފ. އަތޮޅު ކުއްޔަށް ބަޔަކު ހިފައި އެތަން ތަރައްޤީކޮށްފިއްޔާ އެތަނުގައި އުޅޭ ބައެއްގެ އަތުން އެގްރީމަންޓް މުއްދަތު ހަމަވަންދެން އިންވެސްޓްކުރި ބަޔަކު ފައިސާ ނަގާނެކަންވެސް ލިޔެލަންވާނެ. ފ. އަތޮޅު ރައްޔިތުން ފ. އަތޮޅުގައި ބަޔަކަށް ކުލި ދައްކައިގެން އުޅެން ޖެހުމަކީ ތަރައްްޤީއަށް ވާނެބާ؟ މާލެއަށް ކުލިދައްކަން ޖެހުމުގެ މައްސަލަ އިންތިހާއަށް ކަންބޮޑުވާ ދަރަޖައިގައި އޮއްވައި މިފަދަ މަޝްރޫޢަކުން އަތޮޅުތަކުގައި މާލެ ނުގޮސްތިބި މީހުންވެސް އެހާލުގައި ޖެހިދާނެކަން ލިޔުންތެރިޔާގެ ސިކުނޑިއަށް ނުވަނީ ވަކި ކޮޅަކަށް ބުރަވެހުރެވުނީމަކަމަށް ޤަބޫލުކުރެވޭ.

  43. ވަރަށްފުރިހަމަ ރިޕޯޓެެއް.

  44. މާލޭ މީހުންނޭ ކީމާ އެއްޗެކޭ ބުނެލާނަން. މާލޭ މީހުން ވިސްނަނީ ނޭފަތު ކުރިއަކާ ހަމައަކަށް ނޫނެވެ ވަގުތީ ތަނަވަސް ކަމަކަށް މުސްތަޤްބަލް ގުރުބާން ކުރުމަކީ މާލޭ މީހުންގެ ގޮތެއް ނޫނެވެ. ތިވިއްކަން ނުވަތަ ކުއްޔަށްދޭން އުޅޭ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ހިފާ ބަޔަކު އެތަނަކަށް ގެންނަ ބިދޭސީން އިސާހިތަކު އެތަނެއްގައި ވަޒަންވެރިވެ އެމީހުންގެ ބައި ބޯވުމުން ރާއްޖޭ އެހެން ދިމަ ދިމާލުން ތަންތަން އެމީހުންގެ އަތް ދޮށަށް ގެންނަން އުޅެ ގަންނާނެއެވެ. އޭރުން އަހަރުމެންގެ ދަރިންގެ ދަރިންނަށް ޖެހޭނީ ބޮޑު ހަނގުރާމައަކާ ކުރިމަތި ލާށެވެ.

  45. މިލިޔުން ކިޔާލުމުން ހީވަނީ މި ރާއްޖޭގައި އެހެން ސަރުކާރެއްވެސް އޮންނަހެން. އެކަމަކު މާލޭ ސަރުކާރު ކިޔާ ސަރުކާރެއް ނެތް. މިލިޔުމަކީ ހަމަ ރަނގަޅުލިޔުމެއް.

  46. ސަޅި ލިޔުމެއް، އެކަމަކު އަހަރެމެން މާލޭމީހުން ކަލޭމެނަށް ހަދާނެ އެއްޗެއް ހަދާނީ

    • އެހެން ނުހެދޭނެ ބޭނުންހާ އެއްޗެއް މިހާރަކު! އެދުވަސް ފާއިތުވެ ހިނގައްޖެ މިހާރު!

  47. މާޝާﷲ ، ރިވެތި ދިވެހި ބަހުން ގެނެސް ދިން ރީތި ޢިބާރާތް ކޮޅެއް ، ވަރަށް ފުރިހަމަ ތެދު ޙަޤީޤަތެއް !

  48. މާލޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ ރާއްޖެތެރޭ މީހުންނެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަޤީޤަތެވެ. މާލެ މާލެއަކަށް ހެދީ ރާއްޖެތެރޭ މީހުންނެވެ. މިއަދު ވެސް މާލެ އިން ރާއްޖެތެރޭ މީހުން ފައިބައިފިނަމަ މާލެ އަށް އާންމުދަނީ ވަންނަ އެތައް ދޮރެއް ބަންދުވީއެވެ. ގެތަކުގެ ކުލިންނާއި ކަންމަތީ ފިހާރައިންނާއި، ބޮޑު ސްޕަމާކެޓްތަކުން ވެސް އެކަން ފެންނަން ފަޅި ސިކުންތެއް ވެސް ނުނަގާނެއެވެ.

  49. ސާބަސް ސާބަސް ސާބަސް

  50. ފަހުރުވެރި "ށ" އަތޮޅު

    ސީދާ ކަނދޮޅޭ ވަގައް ނަގައިގެން އުޅޭ ރަށެއް " ތުއްތުބެ" އަތުން ވަގައްނެގީ ނިޔާނުވަނިސް ވަރުވާ ލިޔަފަ އޮތީ ތުއްތުބެއަށް" ކަޅުވެލި ބަސްތާއެއް 50 ރުފިޔާގެ ގެމަގުން ވިއްކަނީ 20ފޫޓުގެ ރުކެއް 1000 ރުފިޔާއަށް ގަތް މީހުން އެބަތިބި މުޅިރައް ހަލާކުރަނީ އަންހެނުން ސަލްމާ ރޯފަން މިލަންދޫ މީހުންނަށްވިއްކަނީ ގޭގަ ކާށި ލިބެން އެބަހުރި މިހާރުވެސް! މީ އެބުނާ ލަނޑާ ދިރުވުމަކީ! ތަރައްގީކޮބާ؟ އެގްރިކަލްޗަރ މިނިސްޓްރީ ކޮބާ؟ އެއްފަހަރުވެސް ދިޔައިންތަ! ލަނޑާ ދިރުވަނީއޯ! ސަރުކާރަށް ލިބުނު މަންފާއަކީ ކޮބާ! ގޭމީހުން ހަނީމޫނުހަދަނީ ! އެކަން ނުވެފަ އޮތީ އެގްރިކަލްޗރ އިން ޓްވަރިޒަމް މިނިސްޓްރީއަށް ނުދީގެނޯ! އަޅެ ޔާމިނަށް މިކަން ނުވެ ހިގާދާނެބާ! އަވަހަށް ބިޑަށްލާ! "ފ" އަތޮޅު ނިމޭއިރު "ށ" އަތޮޅު މީހުންނަށް މިކަން ކޮށްދީ ރައީސް ޔާމިން!

  51. ހަމަތެދެއް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ރިސޯޓްތަށް ތަރައްގީވަމުންދާއިރު "ށ" ގައި ރިސޯޓެއް ނެތުމީ ހިތާމަ ކުރާކަމެއް ގިނަ އަތޮޅުތަކަށް ވައިގެ މަގުން ދަތުރު ކުރެވޭ އިރު "ށ" ވައިގެމަގުން ދަތުރުނުކުރެވޭ! އެބުނާ ކަނދޮޅޭ އަކީ ކޮންމެ ސަރުކާރެއްގައިވެސް އެހާ ގަދަކޮށްގެން އުޅޭ ސޮރެއް! މައުމޫނު ދައުރު ތީމުގޭނުނިކުމެ ލަނޑާދިރުވަނީއޯ! ރައީސް ނަސީދު އިރު ކެރަފާގެއިން މުލިޔާގެއިން ނުނިކުމެ! އެލްސިޔޯން ބޭކަރީ ދަވާލައިފި ލަނޑާދިރުވަދީފަ! ބޭރުގެ އެތަށްފަރާތެއް ގެނެސް މަކަރާހީލަތުން ލަނޑާދިރުވަދީފި މުޅިން އެހެން! ރަށުން ރުއްގަސްވިއްކީ ނުވިތާކަށް ކަޅުފަސް ވިއްކީ ފުލުހުން އަރާ އެތައްފަހަރަކު ހުއްޓުވައިފި! އޭރުގެ ސަރުކާރަށްވީކަމެއް ހަރާން! ގުދުރަތީގޮތުންވެސް ރާއްޖޭގަ ދެވަނަ ރަށެއް ނޯނާނެ އެފަދަ! ގޫގަލް އިން ސާރޗްކޮށްލާ! ދުބާއީސަރުކާރަށް ދޭންފެނޭ! ރައީސް ޔާމިން ހައްދަވާނެގޮތެއްނޭގޭ!"ށ" އަތޮޅުގެ ހުރިހާ ވޯޓެއް ހުރިހާ ވޯޓެއް "ނަލަންދޫ ރިސޯޓަކަށް ހަދާ......

  52. އާދަމް ނަވާޒު ނޫސްވެރިކަން ދަސްކުރީ ކޮންތާކުން. ނޫސްވެރިން ޕްރެޒެންޓަރުން ކޮންމެ ފިކުރެއް ވިޔަސް އެމީހުން ލިޔާލިޔުމުން ނުވަތަ ދައްކާވާހަކައަކުން އެހެން ބަޔަކަށް ތިމާގެ ފިކުރު ހުރި ގޮތް އެގެންޏާ ގިނަ ފަހަރު ހަމައާއި އިންސާފާއި ތެދު ހަގީގަތް ނުގެނެސްދެވޭނެ. ނަވާޒު ބުނިހެން ކުއްޔަށް ދިނުމާއި ވިއްކާލުން މުޅިން ތަފާތު. ޢަންނި ސަރުކާރުގަ ޖީއެމްއާރު ވެސް 25 އަހަރަށް ކުއްޔަށް ދޯ ދިނީ. ޢެކަމަކު އޭރުަ އެސަރުކާރާ އިދިކޮޅު އެންމެން ކިޔަނީ "ވިއްކާލީ" އޭ. ނަވާޒު އަކީ ހަމައާއި އިންސާފަށް ލޯބިކުޜާ ނޫސްވެރިއެއް ނަމަ މިއަދަކު ނޫން އެދެބަހުގެ މާނަ އޮޅުންފިލުވަދޭނީ

  53. އިޤާބުލް ކަރީމް

    އާދަމް ނަވާޒް ބޭނުންވަނީ މަޝްހޫރުވާންތަ. ނޫނީ ބަޔަކު ޖައްސަންތަ. ބަލަ މުޅި މާލޭގައި އުޅެނީ މާލޭ މީޙުންތަ. ތިޔަ ވާހަކައެއް ދައްކައިގެން ތިމާއީ ތިމާއަށް ނޫނީ ނުވާނެތަ. ތިމާ ތިމާގެ މީހުނަށް ކަންކުރަނީ ކިހިނެއްތަ. އަޖައިބުއަންތަރީސް

  54. ރާއްޖެތެރޭމީހުން މާލެއައިސް މާލޭގައިހުރި ހުރިހާ ފުރުސަތެއް އެއްވެސް ހުރަހެއް ނެތި ލިބޭ.މާލެއަކީ ރާއްޖޭގެ އެހެން ރައްތަކާ ތަފާތު ރަށެށް.
    މާލޭގެ ތަރަށްގީ އަކީ މުޅި ގައުމުގެ ކުރިއެރުން.އެހެން ނޫނަސް ރާއްޖޭގެ ރަށްތަށް އުފެދިފަ އޮތްގޮތުން މީހުން ދިރިއުޅޭހުރިހާ ރަށެށް އެއްވަރަކަށް ތަރަށްގީ ކުރަން ވަރަށް އުނދަގޫވާނެ.

  55. މި ލިޔުން ލިޔުއްވި ބޭފުޅާއަށް ކިހާވަރެއް ދެއްވިތޯ؟ ވަކި ފަޅިއެއް ނަގައިގެން ލިޔުންތައް ލިޔުމަކީވެސް މިނިވަން ނޫސްވެރިކަންދޯ؟ ބޯހަލާކު. އަމިއްލައަށް ބޭޒާރުވާއިރުވެސް މި މީހުންނަށް ނޭނގެ. ބަލަގަ! ތިކަހަލަ ޒާތީ އަދި ސިޔާސީގޮތުން ވަކި ފަޅިއެއް ނަގައިގެން ލިޔާ ނޫސްތަކާއި ނޫސްވެރިންނަކީ ތަންދޮރުފިލާ ރައްޔިތުންގެ ކުރިމަތީގައި އެއްވެސް އަގެއްހުރި ބައެއްނޫން.

  56. ރާއްޖެ ތެރޭ މީހާ

    ރަނގަޅު ވާހަކައެއް.މާލެމީހުން މަސައްކަތް ކުރަނީ ރާއްޖެ ތެރޭމީހުން އަޅުވެތި ކުރަން.އެދުވަސް ފާއިތު ވަނީ.މާލެކުދިންނަ ވ.ސަލާމް.

  57. މާލޭ މީހުންނަށް ހަޖަމް ނުވަނީ ހަމަ! އެހެންނު ވާނީ ރާއްޖެތެރޭ މީހުން ލާރި ދިނީމަ ކައިގެން ބޮއެ އުޅެނީވެސް.

  58. ވަރަށް ފުރިހަމަ އަދި އެހާމެ ފުރިހަމަ ރުޕޯޓެއް. ތިޔައީ ހަމަ ހަގީގަތް

  59. އެވެރިންނެކަށް ހަޖަމެއް ނުވާޅެ

  60. ށ.އަތޮޅު ނަލަންދޫ

    ށ.އަތޮޅުގައި ރޮސޯޓެއް ހަދަން އޮތް އެންމެ ރީތިރަށް ( ނަލަންދޫ ) ލަނޑާ ދިރުވާ އާލާކުރާށޭކިޔައިގެން ބިޑަކަށްވެސް ނުލާ އެތަނުގައި ށ.އަތޮޅު ރައްޔިތަކަށް އެއްވެސް މަންފާއެއްނުވާގޮތަށް، ކަނދޮޅުދޫ ދޮންބެ ކިޔާމީހަކު ހިންގަމުން އެގެންދަނީ ކޮބާ އިންސާފަކީ، ކޮބާ ތަރައްޤީ، އޭއަތޮޅުގައި އޮތް ރިސޯޓަކަށް އެންމެ ރީތިރަށް، މިރަށް ނރިސޯޓަކަށް ހަދައިފިނަމަ މުޅިއަތޮޅުވެސް ތަރައްޤީވީ، ގޫގަލް މެޕް އިން ބަލާބެ ށ.ނަލަންދޫ........ ބޯހަލާކު ދޮންބެ ސަރުކާުގައި ބާރުގަދަވީމަ އެރައްއެއޮތީ ރިސޯޓަކަށް ނުނެގިފައި، ސަރުކާރުން ބޭނުންވަނީ އެކަކުތަ ނޫނީ ރައްޔިތުންތަކެއްތަ؟ ސަރުކާރުން ށ.ނަލަންދޫން ލިބޭއެއްޗަކާ އަތޮޅަށް ކުރާ ފައިދާއެއްވޭ ބައްލަވާލެއްވުމަށް ގޮވާލަން......

    • ދެފުއްކެހެރިން

      އަހަރުމެން ރައް މާފުށި ވަށައިގެން ހުސްރިސޯރޓް. ރައްވެސް ރިސޯރޓަކަށްވެފައި . އެކަމު އެއޮތީ ރަށް އޮތް ހާލު. އެހެންވީމަ އަަދި އަތޮޅުގައި އޮންނަ ރަށެއް ރިސޯރޓަކައް ހަދައިގެން ތައް ތަރައްގީ އެއް ނުވާނެ. ތަރައްގީވާނީ އެފަހަރަކު އޮންނަ ސަރުކާރެއް ބޭނުންވާރަށެއް. މިރަށުގައި ގޯތިބޭނުންވެފައި ރަށުމީހުންނާއި ރަށުންބޭރުމީހުން ބައިވަރު އެބަތިބި. އެކަމު އެހަކައްދުވަހު ހިންމަފުއްޓާއި ތުލުސްދޫވެސް ހިއްކާނިންމާލީ މާށާﷲ. މިރަށުގައި އެމީހުން ލާރި ހޯދާ ދޮންކުދިން ވާރޭ ވެހިއްޖެއްޔާ ހިނގަނީ ޗަކަގަނޑު ތެރޭގައި އެކަމު އެތެއްރަށެއްގެ މަގުތައް ހަދާނީ ސައިކަލެއް ދުއްވާލިއަސް ގޮށް ރާޅު ގަނޑެއްގައި ދިއުންފަދަ. އެހެންވީމަ އަދި ރިސޯރޓެއް ކައިރީގައި އޮތަސް ރައް ރިސޯރޓަކަށް ވިޔަސް ސަރުކާރުން ބޭނުން ނޫނިއްޔާ ތަރައްގީ އެއްނުވާނެ

  61. ތަރައްގީގެ މަޝްރޫޢު ތަކަށް ހުރަސް އަޅަނީކީ މާލޭމީހުނެއްނޫނެވެ. އެއީ ކެރަފާ ނަޝީދު އާއި އޭނާގެ ވަށައިގެން އެނބުރޭ މީހުނެވެ. ބޭނުމަކީ ތިމާމެންނަށް ނުވި ކަމެއް އެހެން ބަޔަކު ކޮށްގެން ގައުމަށް ލާބަ އާއި މަންފާ ލިބުނަނުދިނުމެވެ.

  62. ސިޔާސީ ގޮތުން ވަކިފަރާތަކަށްޖެހިފަ އޮވެގެން ލިޔެފަ އޮތްލިޔުމެއް... ނޫސް ތަކުން މިކަހަލަ ކަންކަން ފެނުމަކީ ބަލައި ގަނެވޭ ކަމެއް ނޫން... އަޅުގަނޑަކީ ވަގުތު ނޫން އެހެން ނޫހެއް ކިޔާމީހެއް ނޫން... އެކަމަކު ދެން މި ނިމުނީ... މިކަހަލަ ކަންކަން ބަލައިގަނެ އަޅާ ނުލާ ހުންނަ މީހަކަށް ވާކަށް އަޅުގަނޑު ނެތިން.... 😠

    • ޖޭވިޔަސް ތީދެން ބޮޑުވަރު ސޮރާ.. ތަ ތީ މާލެ މީހެއް ދޮގެއް..

    • ކެކެކެކެ. ކަލޭ ކިޔަންވީ ރާއްޖެ.އެމްވީ ތިކޮމެންޓް ގަނޑުވެސް އެމީހުން ޖަހައިނުދޭނެ. ޑިމޮކްރެޓިކް ޕާޓީގެ މީޑިއާ. ކެކެކެކެ.

  63. ވ ސަޅި ރިޕޯޓެއް.

    • އެއަރޕޯޓް ޖީއެމްއާރު އަށް 25 އަހަރަށް ކުއްޔަށްދިނީމަ ހަމަ ތި ޕޕމ މީހުން ޤައުމްވިއްކާލީއޭ ކިޔާނުކުމެ ވެރިކަންވެސް ވައްޓާލީ.. މައްސަލައަކީ ފ.އަތޮޅު ކުއްޔަށްދިނުމެއްނޫން ތިކަމުގެ އެއްވެސް ކަމެއް ސަރުކާރުން ހާމަނުކޮށް ވަގުވަގަށް ކަންތައް ކުރާތީ

  64. އަންނަ ކައުންސިލް އިންތިޚާބުގަ ވޯޓްލާތި ހުރިހާ ކުދިންވެސް ވިސްނާފަ

  65. ނަވާޒުގެ މިހާ ފީކަޅާ ލިޔުމެއް އަދި ނުކިޔަން !

  66. ރީދޫ ޕާޓީ މީހުން ޖެހޭނީ ތެޅިތެޅި ތިބެން ތަރައްގީކޮށްފަ ހުއްޓާލާނީ