ދަނބިދޫ ބުދުފައްޅި ހުރިކަމަށް ބުނާ ސަރަހައްދު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

(ލ. ދަނބިދޫ) މިރަށަކީ ތާރީޚީ ރަށެކެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ފަހުން އިސްލާމްވި ރަށަކީވެސް މިއީކަމަށް ދަނބިދޫ ލޯމާފާނު ހެކިވެއެވެ. މިރަށް އިސްލާމްވިތާ މީލާދީ ގޮތުން ގާތްގަނޑަކަށް 864 އަހަރު ވެދާނެއެވެ.

އެ ލޯމާފާނުން މިރަށަކީ ވަރަށް ނުފޫޒުގަދަ ނުވަތަ ބާރުގަދަ ބައެއް ދިރިއުޅެމުން ދިޔަ ރަށެއްކަންވެސް އެނގެއެވެ.

"އެދުވަސްވަރު މިރަށު ވަރަށް ޕަވާފުލް ރަށަކަށް އެނގޭ ލިޔުންތަކަށް ބަލާއިރު. އެއީ މިރަށުގެ ބާރުގެ ދަށުގައި ހުރި ބިންތައް އެބަ އޮތް ރާއްޖޭގެ އެތަން މިތަނުގައި. ދަނބިދޫ ލޯމާފާނުންވެސް މިކަން އެބަ އެނގޭ". "ވަގުތު" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިރަށުގެ ތާރީޚީ ކަންކަން ދިރާސާ ކުރާ އުޅޭ އަޙުމަދު ޝަރީފް ވިދާޅުވިއެވެ.

ލ. ދަނބިދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ރާއްޖޭގެ އެކި ހިސާބުތަކުގައި މިރަށު ބާރުގެ ދަށުގައި ހުރި ބިންތަކެއް ހުރިކަމަށް ލޯމާފާނުން އެނގެން އޮތްއިރު، މާލޭ ސަރަޙައްދުގެ ރަށެއްވެސް މިރަށުގައި ބާރުގެ ދަށުގައި އޮތްކަމަށް ވެއެވެ.

"ނ. އަތޮޅު މަންޑުގެ ބައެއްވެސް އެބަ އޮތް. ދެން ތ. އަތޮޅުގެ ބައެއްވެސް އެބައޮތް. ރާއްޖޭގެ އެކި ސަރަހައްދުގެ ބިމުގެ ބައެއް އާމްދަނީ ލިބޭގޮތަށް މިރަށަށް އޮންނަކަމަށް އެ ލިޔުންތަކުން އެނގެން އެބައޮތް". ޝަރީފް ބުންޏެވެ.

އެހެންވީމައި، އެލިޔުންތަކަށް ބަލާއިރު، އެ ދުވަސްވަރު މިރަށަކީ ބާރުވެރި ރަށެއްކަން އެނގެއެވެ. ބާރުވެރިއޭ މީގައި މާނަކޮށްފައި ވަނީ ގަދަފަދަ ދީނީ ޢިލްމުވެރިން އުޅުނު ރަށެއްކަމުގައިވީތިއެވެ.

"މީހުންނަށް އެދުވަސްވަރު އެގޮތަށް ސިފަވެފައި އޮންނަނީ އެހާ ޕަވާފުލް ބަޔަކު ތިބީމާ ހަމަވެރިކަން ކުރާ ބައެއްގެ ޤަދަރު އެމީހުންގެ ހިތްތަކުގައި ދެވިފައި އޮންނަނީ. އެއިރު މާލެއޭ ކިޔުނަކަސް ރާއްޖޭގެ އެހެން ރަށްރަށާއި، މާބޮޑު ތަފާތުކަމެއް ނެތް". ޝަރީފް ވިދާޅުވިއެވެ.

އަދި އޭގެ އިތުރަށްވެސް މިރަށަކީ ބޭރު ގައުމުތަކުން ތަންތަނަށް ދިމާ ކުރަން ނައު ފަހަރުތަކަށްވެސް ވަދެލަން ފަސޭހަ ރަށަކަށް ނުވެއެވެ.

ލ.އަތޮޅު ދަނބިދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

"ބޭރު ޤައުމުތަކުން ބައެއް ފަހަރަށް ތަންތަނަށް ދިމާކުރަން ނައު ފަހަރު އެއްޗެހި އަންނާނީ. އެހެންވިޔަސް އެމީހުން އައިސް ފަސޭހައިން އަރޭ ނުގަނެވޭ ކަހަލަ ތަނަކަށް އެ މީހުންގެ ވެރިކަން ކުރާ ރަށް ބަދަލު ކުރުމުގެ ބޭނުމުގައި ހަޤީޤަތުގައި މި ރަށް އެމީހުން ބޭނުންކޮށްފައި ވަނީ". ޝަރީފް ވިދާޅުވިއެވެ.

އެކަން ވަރަށް ފަހަކާ ޖެހެންދެން އެނގެން ހުއްޓެވެ. އެއީ މި ރަށަކީ އަރާ ފޭބުމުގައި ވަރަށް އުނދަގޫ ރަށެއްގެ ގޮތުގައި އޮންނާތީއެވެ. އެގޮތުން އެތައް ފަޅުތަކެއް މިރަށާއި ދިމާލުން އޮންނައިރު، އެއްވެސް ގޮތަކަށް ހިކިދިޔަ އޮންނަ ނަމަ މިރަށަށް އެރުމަކީ ފަސޭހަކަމަށް ނުވާނެއެވެ.

ދަނބިދޫ ލޯމާފާނަކީ ވަރަށް އިތުބާރު ކުރެވޭ ލިޔުމެކެވެ. އެއީ މީގެ 600 އަހަރު ކުރިން ލިޔެފައިވާ ލިޔުމެއްކަމަށް ގިނަ ތާރީޚު ދިރާސާކުރާ ފަރާތްތަކުން އިއްތިފާޤުވެއެވެ.


"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

7 ކޮމެންޓް

  1. ދެން މާދަން ނޫހުގަ ޖަހާލަދީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ލ.ދަނބިދޫ ގެއެއްގައި ހުރި 2ތާނގީ ފެން ފުރުނު ވާހަކަ.

  2. ކަޅުއޮއްފުއްމި ވެސް ދުއްވިއެއްނޮއް. ހުސް ފޭކު ވާހަކަތަކެއްތީ..

  3. ޥަގުތުމީހުން ލާމުައަތޮްްޅު މާރަގަޅުފެނެއްބޫކަންންޭތްގެދޯ

  4. ބަލަ ދަނބިދޫމީހުން ފަހުން އިސްލާމް ވިއަސް ރާއްޖޭގެ އެހެން ރަށްތަކާ ބަލާފަ ދަނބިދޫ މީހުން މާ ރަނގަޅުވެފަ ސޯލިހު ވާނެ..

    • ދަނބިދޫ މީހުންގެ ޞާލިޙުކަމުގެ ވާހަކަ ދެއްކުމަށްވުރެ ނުދެއްކުން ރަނގަޅުވާނީ.

  5. ސާބަހޭ ވަގުތު ނޫސްވެރިން ނަށް.. ބަލަ ލ.އަތޮޅުން ނުނެއްޓިގެން ތިޔަ އުޅެނީ ކީއްވެގެންތަ؟