ލ.އަތޮޅު ދަނބިދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

(ލ.ދަނބިދޫ) މިރަށާއި ބެހޭ ގޮތުން ދެކެވޭ ވާހަކައިގެ ތެރޭގައި ވަރަށް ގިނަ މީހުން ބުނާ ބުނުމެއް އޮވެއެވެ. އެއީ ދަނބިދޫ މީހުންނަކީ ދެފަހަރަށް އިސްލާމް ކުރުވި ރަށެކެވެ. ދިވެހި ރަސްކަމުން އިސްލާމްދީން ގަބޫލުކޮށް ހުރިހާ ރައްޔިތުން އިސްލާމް ވުމަށް އެންގެވުމުން ދަނބިދޫ މީހުން ވެސް އިސްލާމް ވިއެވެ. ނަމަވެސް ފަހުން އަނެއްކާވެސް މުރުތައްދުވެ ބުދު ދީނަށް އެނބުރުނީ ކަމަށް ވެއެވެ. އޭގެ ފަހުން އަނެއްކާވެސް ސަރުކާރުން އަންގައިގެން ދަނބިދޫ މީހުން އިސްލާމްވީ ކަމަށް ބުނެވެއެވެ.

ފުރަތަމަ ދަނބިދޫ މީހުން އިސްލާމް ވުމަށް ފަހު އެރަށުގައި ހުރި ބުދުފައްޅި ތަޅާލާ ހުރިހާ ބުދުތަކެއް ނައްތާލިއެވެ. ނަމަވެސް ފަހުން ބުދުދީނަށް ވަދެ އަނެއްކާވެސް ބުދުފައްޅިއެއް އެޅިއެވެ. ދެވަނަ ފަހަރަށް އިސްލާމް ވުމަށް ފަހު ދަނބިދޫ މީހުން ބުނި ކަމަށް ވަނީ ފަހުން ވާނެ ގޮތެއް ނޭނގެއެވެ. އެހެންވީމާ މިފަހަރު ބުދުފައްޅި ހަލާކުކޮށެއް ނުލާނަމެވެ. މިފަހަރު ބުދުފައްޅި މައްޗަށް ވެލި އަޅާ ފޮރުވާލާނީއެވެ. ފަހުން އަނެއްކާ ދީން ބަދަލު ކުރަން ޖެހުނަސް އަލުން ބުދުތައް ހަދާކަށް ނުޖެހޭނެއެވެ. ފަސްތައް ނެގުމުން ބުދުތައް ފެންނަން ހުންނާނެއެވެ. ފަސްއަޅާ ފޮރުވާފައިވާ ބުދުފައްޅިއެއް ކަމަށް ބެލެވޭ ތަނެއް ދަނބިދޫގައި މިހާރު ވެސް އެބަހުއްޓެވެ.

އިސްވެ މިދެންނެވި ވާހަކައަކީ ތާރީޚީ ގޮތުން މާބޮޑު ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. ދަނބިދޫ މީހުންނަކީ ދެފަހަރަށް އިސްލާމްދީން ގަބޫލު ކުރި މީހުން ކަމަށް ބުނެވޭ ބުނުމަށް ބާރު ލިބޭ ތާރީޚީ މައުލޫމާތެއް ވެސް ނެތެވެ.

ނަމަވެސް ދަނބިދޫ މީހުން އިސްލާމްވީ ރާއްޖެ އިސްލާމްވި އިރު ވެރިކަމުގައި ހުންނެވި އައްސުލްޠާން މުޙައްމަދު އިބްނު ޢަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން އިސްލާމްވެ ވަޑައިގެންނެވިތާ 43 އަހަރު ފަހުންނެވެ. ދަނބިދޫ ކައިރީގައި އޮތް އިސްދޫ މީހުން އިސްލާމްވީ އޭގެ އެއް އަހަރު ކުރިންނެވެ. އެހެންކަމުން ތާރީޚީ މައުލޫމާތައް ބަލާއިރު ދަނބިދޫ މީހުންނަކީ ރާއްޖެ އިން ވެސް އެންމެ ފަހުން އިސްލާމްދީން ގަބޫލު ކުރި މީހުންނެވެ.

ދަނބިދޫ ބުދުފައްޅި ހުރިކަމަށް ބުނާ ސަރަހައްދު – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ދިވެހި ސަރުކާރުން އިސްލާމްދީން ގަބޫލުކުރިޔާ ވަރަށް ގިނަ އަހަރުތަކެއް ފަހުން އިސްދޫ އާއި ދަނބިދޫގެ މީހުން އިސްލާމްވީ އެމީހުން ބުދުދީނުގައި ސާބިތުވެ ތިބިލަތް ބޮޑުކަމުން ކަމަކަށް ތާރީޚީ އިލްމުވެރިން ވިދާޅެއް ނުވެއެވެ.

ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އެރަށްރަށުގެ މީހުންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބުން ލަސްވީ އިސްލާމްދީނުގެ މައުލޫމާތު ފޯރުކޮށްދިނުން ލަސްވުމުންނެވެ. އެމައުލޫމާތު ފޯރުކޮށްދިނުން ލަސްވީ އެދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަަމަށް ވެސް ތާރީޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

ނަމަވެސް ބައެއް މީހުން ބުނާ ގޮތުގައި ދަނބިދޫ މީހުން އިސްލާމްދީން ގަބޫލު ކުރުމަށް އަންގާ ރަސްކަމުގެ ފަރާތުން ފަތެއް ފޮނުވުމުން ދަނބިދޫ މީހުން ފުރަތަމަ ބުނިކަމަށް ވަނީ "އަހަރެމެންނަކީ ފަތަކަށް އީމާން ވާނެ ބައެއް ނޫނެވެ. އަހަރެމެންނާއި ވާހަކަދައްކަން ބޭނުމިއްޔާ އަހަރެމެންގެ ކައިރިއަށް އަންނާށެވެ." މިއީ ވެސް ތާރީޚީ ގޮތުން މާބޮޑު ބުރަދަނެއް ހުރި ވާހަކައެއް ނޫނެވެ. ނަމަވެސް މީހުން ދައްކާ އުޅޭ ވާހަކައެކެވެ.

މިފަދަ ތާރީޚީ ކަންކަމަކީ ދިރާސާކޮށް މައުލޫމާތު އެއްކުރެވިފައި ހުރުން ވަރަށް ބޭނުންތެރި ކަންކަން ކަމުގައި ވީނަމަވެސް އަދި މިހާތަނަށް ކުރެވިފައި އޮތް ކަމެއް ނޫނެވެ. ކުރިއަށް އޮތްތަނުގައި ދަނބިދޫގެ ތާރީޚް ދިރާސާކޮށް ފެންނަން ހުރި ހެކިތަކަށް ބިނާކޮށް ދަނބިދޫ މީހުން ދެފަހަރަށް އިސްލާމްވިތޯ ކުރެވޭ ސުވާލަށް އެކަށީގެންވާ ޖަވާބެއް ދެވިދާނެއެވެ.


"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

ADS BY ASTERS

12 ކޮމެންޓް

 1. ލިޔެބަލަ އެންމެ ފުރަތަމަ މާލޭގައި މީހުން ވަޒަންވެރިވި ގޮތުގެ ވާހަކަ. ނޫނީ ބައެއްގެ ބުރަ މަސައްކަތް ކައިގެން އެމީހުން ހެވިފައި ތިބޭ ވާހަކަ.

 2. ރުހުމުގަ ވަންނާނެ މީހަކު ނެތީމަ ބޮލުގަ ބަޑިޖައްސާފަ ތިކަމެއް ކުރީ

 3. ހޭރިޔާ ދަތުރުގަ ރަށްރަށުގަ ކިޔާ އުޅޭ ފްލޯކު ވާހަކަތައް ލިޔުމަށްވުރެ ހަޤީޤީ ހާދިސާތައް ގެނެސްދިނުން އެދެން. ޥަރަށްގިނަ ހަޤީޤީ ހާދިސާތައް ހުންނާނެ. ފްލޯކުވާހަކަ ކިޔަން ފޫހި.

 4. ޑދެފަހަރަށް އިސްލާމްވީ ވަގުތުގެ ދޮގުލިޔުން ނެރޭ މީހުން

 5. އިނބަގެ އުނބޔު

  ދަނބިދޫމީހުން 3 ބުރަށް އިސްލާމްވިކަމަށް އިބްނުބަތޫތާގެ ތާރީޚީ ފޮތުގައި ލިޔެފައޮވޭ. ދެންއެޒަމާނަކީ ވީޑިއޯ ކުރެވޭ ޒަމާނެއް ނޫންވީމަ ތިބުނާ ހެއްކެއް ނޯންނާނެ. ނަމަވެސް އިބްނު ބަތޫތާގެ ފޮތުން މިކަން އެގެން އޮތުމުން ދަނބިދޫމީހުން ބުރުބުރަށް އިސްލާމްވިކަން ދޭހަވޭ.

 6. ދަބިނދޫ މީހުން އަނިންކާ މުސްލިމު ވިތަ؟

 7. އަނގަބޮޑު މީހާ

  ށ. ފޯކައިދޫ މީހުން 3 ފަހަރަށް އިސްލާމް ކުރުވި. އެންމެ ފަހުން ބޮޑުތަކުރުފާނުގެ ވެރިކަމުގައި ދެފަހަރު އިސްލާމް ކުރުވި

 8. ރުޒާނާ ޗޮއްޕަޓު

  މާލޭގަ ވެސް މީގެ ފަސް ވަރަކަށް އަހަރު ކުރިން، ގާކޮށި ތެރޭގައި ހުރި ރީނދޫ ގެގަނޑެއްގައި ކުލި ގަދަ މީހަކު ޝަހާދަތް ލައިދީ، މިހާރު އިސްލާމް ވެއްޖައިމޭ ދެނެއް ތިހެނެއް ނުކިޔޭނޭ ގޮވާ ހެދި. އެވެސް ދެވަނަ ފަހަރަކަށް ނޫންބާ!

 9. ކަނޑި ބަޑިން އިސްލާމްކުރަން ޖެހުނީ މުޅި ރާއްޖެވެސް

 10. ތީ މިހާރުވެސް ލަސްވެއްޖެ ކަމެއް.

 11. ތީ ހުސް ދޮގު ދަބި ދޫ މީ ހުންނެއް ނޫން އިސްލާމް ވީ. މ. މުލަކު މީހުން.

  • ދަނބިދޫ މީހުންގެ ވާހަކަ ލިލިއުމަށް ވުރެން މާރަނގަޅު ވާނެ މާލޭ މީހުން ރާއްޖެ ތެރޭގެ މީހުންފެލައިގެން ކައިގެން އުޅޭ ވާހަކަ ލިއުނިއްޢާ-