ލ. ދަނބިދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

(ލ.ދަނބިދޫ) ހައްދުންމަތީ އިސްދޫ އާއި ކަލައިދޫ އަކީ އެއް ރަށެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތް ދެއަވަށް ނަމަވެސް މިހާރު އެއީ އިދާރީ ގޮތުން ހިންގަމުން އަންނަ ދެރަށެވެ. މިދެރަށާއި އެންމެ ކައިރީގައި އޮތީ ދަނބިދޫ އެވެ. އާބާދީ އާއި ބިން ބޮޑު ނަމަވެސް އިސްދޫ އާއި ކަލައިދޫ އަދި ކަލައިދޫ އިން ފުރައިގެން ދެތިން މިނެޓުން ޑިންގީއެއްގައި ވެސް ދެވޭ ހިސާބުގައި އޮތް ދަނބިދޫ ރައްޔިތުންގެ ވެސް އެންމެ ބޮޑު ޝަކުވާ އަކީ ސިއްހީ ޚިދުމަތާއި ތައުލީމީ ޚިދުމަތް ވެސް އެންމެ އެކަށީގެންވާ ގޮތެއް ލިބެމުން ނުދިއުމެވެ. ބޭންކްގެ ޚިދުމަތާއި ވިޔަފާރީގެ ފުރުސަތުތައް ވެސް ރަށުގެ އާބާދީ ކުޑަވުމުން ނުލިބުމުގެ މައްސަލަ އަކީ ޝަކުވާ އެކެވެ.

އެހެންކަމުން ކަލައިދޫ އާއި ދަނބިދޫ ގުޅުވާލާ އެއްފަސްގަނޑަށް ބޮޑު އާބާދީއެއް ގެނައުމަކީ މިތިންރަށުގެ ރައްޔިތުން ވެސް ކުރަން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލުމަކީ ސަރުކާރުން ވެސް ކުރަން ބޭނުންވާ ކަމެކެވެ. މިމަސައްކަތް ކުރުމަށް މިއަހަރު ވެސް ދެފަހަރެއްގެ މަތިން ބިޑަށް ހުޅުވާލިއެވެ. ފުރަތަމަ ބިޑަށް ހުޅުވާލީ ޖަނަވަރީ މަހުއެވެ. އޭގެ ފަހުން އޮގަސްޓް މަހު ވެސް ބިޑަށް ހުޅުވާލިއެވެ. ނަމަވެސް މަސައްކަތް ކުރަން އެއްވެސް ކުންފުންޏަކުން ޝައުގުވެރިކަން ފާޅެއް ނުކުރެއެވެ.

ކަލައިދޫ ކައުންސިލްގެ ރައީސް ހުސެއިން ހަލީލް ވިދާޅުވީ ކަލައިދޫ އާއި ދަނބިދޫ ގުޅުވާލުމަކީ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުންމީދެއް ކަމަށާއި ނަމަވެސް ސަރުކާރުން އެމަޝްރޫޢު އަށް މާބޮޑު އިސްކަމެއް ދެއްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ސަރުކާރުން ދެފަހަރެއްގެ މަތިން ވަނީ އެމަޝްރޫޢު އިއުލާން ކޮށްފައި. ނަމަވެސް ސަރުކާރުން އެމަޝްރޫޢު އަށް އިސްކަމެއް ދެއްވާނަމަ އެމްޓީސީސީ ފަދަ ކުންފުންޏެއް މެދުވެރިކޮށް ވަރަށް ފަސޭހައިން ކުރެވެން އޮތް މަސައްކަތެއް މިއީ. މަޝްރޫޢު ދިގުލައިގެން ދަނީ ސަރުކާރުން މާބޮޑު އިސްކަމެއް މަޝްރޫޢު ކުރިއަށް ގެންދަން ނުދެއްވާތީ." ހުސެއިން ހަލީލް ވިދާޅުވިއެވެ.

ލ.އަތޮޅު ދަނބިދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވެސް ވިދާޅުވީ ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭއަކުން ގުޅުވާލުމަކީ ވަރަށް ގިނަ ޚިދުމަތްތަކެއް އިތުރަށް ތަރައްޤީ ވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

"ސިއްހީ މަރުކަޒަކީ ވެސް އާބާދީގެ ނިސްބަތުން ޚިދުމަތްތައް ފޯރުކޮށްދޭ ތަނެއް. އެހެންވީމާ އާބާދީ ބޮޑުވުމުން ސަރުކާރުން ވެސް ސިއްހީ މަރުކަޒުގެ ތަރައްޤީ އަށް ވެސް އިތުރު ކަންތައްތަކެއް ކުރާނެ. މިފަދަ ވަރަށް ގިނަ އިތުރު ފުރުސަތުތަކެއް ތަނަވަސް ވެގެން ދާނެ ދަނބިދޫ އާއި ކަލައިދޫ ގުޅުވާލައިފިނަމަ." އިބްރާހިމް ހަލީލް ވިދާޅުވިއެވެ.

"ވަގުތަށް" މައުލޫމާތު ދިން އިސްދޫގެ ވިޔަފާރިވެރިޔަކު ވެސް ބުނީ ދަނބިދޫ އާއި ކަލައިދޫ ގުޅުވާލުމަކީ ވިޔަފާރީގެ ފުރުސަތުތައް ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް އޭރުން އިތުރު އިންވެސްޓްމަންޓްތައް ކުރެވޭނެ. މިއަތޮޅުގެ އެންމެ ބޮޑަށް ތަރައްޤީ ވެފައި އޮތީ ގަން. ގަމަށް ވެސް އެތަރައްޤީ އަންނަނީ އާބާދީ ބޮޑުވުމުން. އެފަދަ ތަރައްޤީ އެއް މިރަށަށް ވެސް ލިބޭނީ އާބާދީ ބޮޑުވުމުން. އެހެންވީމާ އާބާދީ ބޮޑު ކުރެވޭނެ ގޮތައް ކަންތައްތައް ކުރިއަށް ގެންދަން ޖެހޭ." އޭނާ ބުންޏެވެ.

ދަނބިދޫ ކައުންސިލްގެ ރައީސް ހުސެއިން އަޝްރަފް ވިދާޅުވީ ދަނބިދޫ އާއި ކަލައިދޫ ގުޅުވާލުމަކީ ރައްޔިތުން ވަރަށް ކުރިން ފެށިގެން ކުރަމުން އައި އުންމީދެއް ކަމަށާއި އަވަސް މުސްތަގުބަލެއްގައި އެއުންމީދުގައި ހަޤީޤީ ކުލަ ޖެހިގެން އަންނަތަން ދެކެން ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ލ. ދަނބިދޫ ކައުންސިލްގެ ރައީސް – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ދަނބިދޫ އިން "ވަގުތަށް" މައުލޫމާތު ދިން އާންމު ރައްޔިތަކު ވެސް ބުނީ ދަނބިދޫ އާއި ކަލައިދޫ ގުޅުވާލުން އެއީ ރައްޔިތުން ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއް ކަމަށެވެ.

"ކިތަންމެ ކުޑަ ބައްޔެއް ވިޔަސް މިޖެހެނީ ގަމަށް ދާން. މިރަށުގެ އާބާދީ ކުޑަވުމުން މިރަށުގެ ސިއްހީ މަރުކަޒުގައި ވެސް ހުރިހާ ޚިދުމަތެއް ތަރައްޤީ ކުރުން އެއީ ސަރުކާރަށް އަވަސް މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ނޫން. ނަމަވެސް އިސްދޫ އާއި ގުޅާލުމުން އިސްދޫ ސިއްހީ މަރުކަޒު ވެސް އިތުރަށް ތަރައްޤީ ކުރަން ސަރުކާރުން ވެސް އިސްކަން ދެއްވާނެ ކަމަށް ގަބޫލު ކުރެވެނީ. އޭރުން ކޮންމެ ކަމެއްގައި ގަމަށް ދާން ނުޖެހި ބައެއް ކަންކަން ރަށުން ވެސް ކުރެވޭނެ ކަމަށް އުންމީދު ކުރެވެނީ" އޭނާ ބުންޏެވެ.

އޭނާ ބުނީ ގަމަށް ދަތުރު ކުރުމަށް ބޮޑު ޚަރަދެއް ރައްޔިތުން ކުރަން ޖެހޭއިރު ކަލައިދޫ އާއި ދަނބިދޫ ގުޅާލުމަކީ ރައްޔިތުން ކުރަން ޖެހޭ ޚަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަ ކުރެވިގެން ދާނެ ކަމެއް ކަމަށެވެ.

ދަނބިދޫ އާއި ކަލައިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢު މިހާރު މަޑުޖެހިފައި އޮތް ނަމަވެސް އިސްދޫ އާއި ކަލައިދޫ އަދި ދަނބިދޫ ކައުންސިލުންނާއި ރައްޔިތުންގެ ވެސް އުންމީދަކީ ވަރަށް އަވަހަށް މިމަޝްރޫޢު ފެށި އަވަހަށް މަސައްކަތް ނިމުމެވެ.


"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

24 ކޮމެންޓް

 1. ކޮބާހޭ ވީ ވައުދު. ކޮބާހޭ ކޯޒް ވޭ.

 2. ދަނބިދުއާ ކަޅައިދުއާ ދޭތެރޭ ޔާމީން ވެރިކަމުގަ ކޮންމެކަމެއްވެސްކުރާތީ ތިވާހަކަދައްކަން ފެސީ. މިސަރުކާރުން ކޯޒްވޭ ވެސް އަޅާނެ. ބަލަން ހުނާތި.

 3. ކޯޒްވޭ އެއްވެސް ނޫން މިސަރުކާރަށް އެޅޭނީކީ. ދެން އައިޖަހާހާހާހާހާހާހާ...........

 4. ދާއިރާގެ މެމްބަރަށް މިކަން ނުކުރެވުނު. ދެން ސަރުކާރުން ކޯޒްވޭ އަޅާދޭން ވީނޫންތޯ؟

 5. މެންބަރު ނިސްބަތްވަނީ ޕީ ޕީ އެމް އަށް. ކީއްވެ ނުވާންވީ؟

 6. ދަނބިދޫ އާއި ކަލައިދޫ ގުޅުވާލުން އަދި މަގުތަށްވެސްހަދަންވީ، އޭޓީއެމްއެއް ވެސް ބަހަށްޓަންވީ، އެއަރ ޕޯޓެއްވެސް އަޅަންވީ ސިއްހީ މަރުކަޒުގެ ޚިދުމަތްވެސް ރަގަޅުކުރަންވީ ހައްތާވެސް ކުރަންހުރިކަންތައްތައް. ކޯޒުވޭގެ ސަބަބުން އިތުރު ތަރައްގީތައް ދާއިރާއަށް އަންނާނެ

 7. ވަރަަށް ތާއިދުކުރަން ތިކަމަށް..ތިކަން ކޮށްދޭން ހުރިއްޔާވާނެ...ގައިމު ބުރިޖުތައްވެސް އަޅާއެނިމުނީ. މިސަރުކާރުން މިވައުދު ފުއްދާނެ

 8. އިސްދޫ ދާއިރާގެ އެމްޕީ އެއީ ނަމަކަށްހުންނަ މީހެއް. 10 އަހަރު ދާއިރާގަ ހުރިއިރު ކުރެވުނު އެއްކަމެއްވެސްނެތް. ކޮންމެ ފަހަރަކު ވޯޓަށް އައިސް އެހެން މީހުންގެ ލޮލުގަ އަނދުން އަޅުވާފަ ދަނބިދޫ ކަލއިދޫ ގުޅާލާވާހަކަ ދައްކާނެ. ޢެންމެ ފަހުންވެސް ވަރުގަދަ ޗާޓެއް އޮތް ކުރަހާލާފަ. ޢެއްކަމެއްވެސް ނުވާނެ.

 9. ބަލަ ތި ދެރަށް ގުޅުވަންޏާ ގުޅުވަން ޖެހޭނި ކުދިބިސްކޯދު އަޅައިގެން.. ތި ދެރަށު މީހުން ހޭ އަރާކަށް ނުވޭތަ އަދިވެސް... ހިޔާލީ ފޮލާ ނުކައްކާ ތިބެބަލަ ހަނު..

 10. ތިޔަކަން ވާނެވަރު މީހެއް ކަލޭމެން ގާތަށް ދިޔައީމާ އޭނާ ފެލާލާފައި ހޮވީ ކުރިންވެސް ކޮޅުކެހިދިންމީހާ... މުތެއް އޮތަސް ހާވަހާވާފައި ކޮއްޖަހަނީ ނަޖިހަށް

 11. ދަނބިދުއާ ކަޅައިދުއާ ދޭތެރޭ އެއަރޕޯރޓެއް އެޅިއްޔާ ތި ތިންރަށު މީހުން ނަށް މާ ރަނގަޅަުވާނެ

 12. އަހަރުން ޖޫސްބޯން ދާން އިނގޭ

 13. އެމްޑީޕީ ވެރިކަމުގަ ތިރަށްތަށްނުގުޅީކީވެތަ؟ ޔާމީން ވެރިކަމުގަ ކޮންމެކަމެއްވެސްކުރާތީ ތިވާހަކަދައްކަން ފެންނަނީދޯ އެމްޑީޕީއަށް ވެރިކަންލިބުނީމަ ގައުމުވިއްކާލައިގެންވެސް ވީކަމެއް ހަރާމެ

 14. އެމީީހުން ބިރުން

 15. އިސްދޫ ދާއިރާގެ އެމްޕީ އެއީ ނަމަކަށްހުންނަ މީހެއް. 10 އަހަރު ދާއިރާގަ ހުރިއިރު ކުރެވުނު އެއްކަމެއްވެސްނެތް. ކޮންމެ ފަހަރަކު ވޯޓަށް އައިސް އެހެން މީހުންގެ ލޮލުގަ އަނދުން އަޅުވާފަ ދަނބިދޫ ކަލއިދޫ ގުޅާލާވާހަކަ ދައްކާނެ. ޢެންމެ ފަހުންވެސް ވަރުގަދަ ޗާޓެއް އޮތް ކުރަހާލާފަ. ޢެއްކަމެއްވެސް ނުވާނެ.

  • ވަރަަށް ތާއިދުކުރަން ތިކަމަށް..ތިކަން ކޮށްދޭން ހުރިއްޔާވާނެ...ގައިމު ބުރިޖުތައްވެސް އަޅާއެނިމުނީ....

 16. ދަނބިދޫ އާއި ކަލައިދޫ ގުޅުވާލުން އަދި މަގުތަށްވެސްހަދަންވީ، އޭޓީއެމްއެއް ވެސް ބަހަށްޓަންވީ، އެއަރ ޕޯޓެއްވެސް އަޅަންވީ ސިއްހީ މަރުކަޒުގެ ޚިދުމަތްވެސް ރަގަޅުކުރަންވީ ހައްތާވެސް ކުރަންހުރިކަންތައްތައް.

 17. މާމިގިލިއާއި އަހަރުމެނާ ގުޅާލަބަލަ

 18. ބަލަ އާބާދީ ބޮޑުވެގެން ލ.ގަމު ހޮސްޕިޓަލުން ކަމެއް ވަންޏާ ވާނެ.. ކޮންމެ މީހަކު ފޫގަޅާފަ މާލެދާންޖެހެނި ސްކޭނެއް ކޮށްލަން ވިއަސް.. ވަރަށް ތަރައްގީ ވާނެ.. އަހަރެން ހަމަ ހިލާ ގަބޫލެއް ނޫން ތި ދެރަށް އެއްކުރާކަށް.. ތި އިސްދޫ ކަލައިދޫ މީހުނާ ހެދި ހަމަ ނޭވާވެސް ނުލެވޭނެ.

 19. މެންބަރު ނިސްބަތްވަނީ ޕީ ޕީ އެމް އަށް. ކީއްވެ ނުވާންވީ؟

 20. ދެން މަޑުކުރޭ 13 އަހަރު ހުކުމް ނިމެންދެން

 21. ރޫހާނީލީޑަރު އައިސް ރީދޫބަިގަނޑަށް ހުރިހާކަމެއްކޮށްދެން އަންނާނެ 13އަހަރުފަހުން އެހާތަނަށްކެތްކޮށްލާ

 22. ޔާނުގެ ސަރުކާރެއްގަ އަތޮޅު ތެރޭގަ މިކަހަލަ ކަމެއް ވުމައްވުރެ ނުވުން ގާތީ. ނުވެސް ކޮއްދޭނެ.