ލ.އަތޮޅު އިސްދޫ – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

(ލ.އިސްދޫ) ލ.އަތޮޅު އިސްދޫ އާއި ކަލައިދޫގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް އެންމެ ފުރަމަ މީހުންގެ ސަމާލުކަމަށް އަންނާނީ ދެއަވަށުގެ ވާދަވެރިކަމެވެ. 2008 ވަނަ އަހަރު އޭޕްރިލް މަހު އިސްދޫ އާއި ކަލައިދޫ ރައްޔިތުންގެ މެދުގައި އުފެދުނު ދެބަސްވުމެއްގައި ދެއަވަށް "ބުރިކޮށްލިއެވެ." އެއީ ރަށުގެ ސިއްހީ މަރުކަޒަށް ކަރަންޓް ދިނުމުގައި އުފެދުނު ދެބަސްވުމެއްގެ ސަބަބުންނެވެ.

މިހާރު އިސްދޫ އާއި ކަލައިދޫ އަކީ އިދާރީ ގޮތުން ދެރަށެކެވެ. ދެރަށުގައި ދެކައުންސިލް ވެސް އެބައޮތެވެ. މިހާރު އިސްދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގެ ގަބުރުސްތާން ފުރި މީހުން ވަޅުލާނެ ތަނެއް ނެތުމުގެ މައްސަލައެވެ. އިސްދޫގައި މިހާރު މީހުން ވަޅުލަނީ ކުރިން މީހުން ވަޅުލާފައި އޮތް ގަބުރުސްތާނު ކޮނެ ކުރިން މީހަކު ވަޅުލާފައި ނެތް ދިމާލެއް ހޯދައިގެންނެވެ. އެކަން ކުރުމަށް ހައެއްކަ ގަޑިއިރު ވެސް ހޭދަކުރަން ޖެހިފައި އެބަހުއްޓެވެ.

ލ.އަތޮޅު އިސްދޫ ގަބުރުސްތާން – ވަގުތު އިމޭޖްސް : އަމީން ފަހްމީ

މިމައްސަލަ ހައްލު ކުރުމަށްޓަކައި އާގަބުރުސްތާނެއް އިސްދޫ އަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. ގަބުރުސްތާނެއް އެޅުމަށް ބޭނުންވާ ބިމެއް ސަރުކާރުން ވަނީ އިސްދޫ ކައުންސިލަށް ވެސް ދެއްވާފައެވެ. އިސްދޫ ސިއްހީ މަރުކަޒު ކައިރިން ދީފައިވާ އެބިން ސާފުކުރަން އިސްދޫ ކައުންސިލުން މަސައްކަތް ކުރުމުން ކަލައިދޫ ކައުންސިލުން ނިކުމެ ވަނީ އެމަސައްކަތް ހުއްޓުވާފައެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ ބިން ސާފުކުރަން އިސްދޫ ކައުންސިލުން މަސައްކަތް ކުރުމުން އެކަން ކަލައިދޫ ކައުންސިލުން ހުއްޓުވާފައިވާ ކަމަށެވެ.

"ބިން ސާފުކުރުމުގެ މަސައްކަތް ފެށުމުން ކަލައިދޫ ކައުންސިލުން ނިކުމެ މަސައްކަތައް ހުރަސް އެޅުމުން ފުލުހުންގެ އެދުމުގެ މަތިން އަޅުގަނޑުމެން މަސައްކަތް ހުއްޓާލީ." ކައުންސިލް ރައީސް ވިދާޅުވިއެވެ.

ލ.އަތޮޅު އިސްދޫ ކައުންސިލްގެ ރައީސް ހަލީލް – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ކަލައިދޫ ކައުންސިލުން ބުނާ ގޮތުގައި އިސްދޫ ކައުންސިލުން ގަބުރުސްތާން އަޅަން އުޅެނީ ކަލައިދޫގެ ސަރަހައްދުގައެވެ. ނަމަވެސް އިސްދޫ ކައުންސިލުން ބުނާ ގޮތުގައި އިސްދޫ ސިއްހީ މަރުކަޒަކީ ވެސް އިސްދޫ އަވަށުގައި ހުރި ތަނަކަށް ވާއިރު އެއިމާރާތާއި އިން ވެގެން އޮތް ބިމަކީ ވެސް އިސްދޫ އަވަށުގެ ބިމެކެވެ.

ދެކައުންސިލްގެ ދެމެދުގައި އުފެދުނު ދެބަސްވުންތައް ހައްލު ކުރަން އަތޮޅު ކައުންސިލް މެދުވެރިޔަކަށް ވެގެން ދެކައުންސިލާއި އެއްކޮށް މީގެ ކުރިން ބައްދަލުކުރިއެވެ. އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ އެމަޝްވަރާތައް ނިމިގެން ދިޔައީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. އެމަޝްވަރާތަކުގައި އިސްދޫ ކައުންސިލުން ވަނީ ދެރަށުގެ މީހުން އެއްގަބުރުސްތާނެއްގައި ވަޅުލުމަށް ވެސް ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް ކަލައިދޫ ކައުންސިލުން އެހުށަހެޅުން ވެސް ގަބޫލެއް ނުކުރިއެވެ.

އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ ގަބުރުސްތާންގެ މައްސަލަ އަށް ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް އަދި ނުރައްކަލެއް ކަމަށެވެ. މިކަން ހައްލު ނުވާނަމަ އަނެއްކާވެސް ދެރަށުގެ ދެކޮޅުވެރިކަން އިންތިހާއަށް ގޮސް "ހަނގުރާމައެއް" ފެށިދާނެ ކަމުގެ އިންޒާރު ކައުންސިލްގެ ރައީސް ދެއްވައެވެ.

"މީގެ ކުރިން ވެސް ސަރުކާރުން ގޯސްކޮށް ކުރި ކަންތައްތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެއަވަށުގެ ދެމެދުގައި މައްސަލަތަކެއް ޖެހުނީ. މިހާރު ވެސް ދިމާވަމުންދާ ކަންތައްތައް ހައްލުކުރަން ސަރުކާރުން ދުރާލާ ފިޔަވަޅުތަކެއް ނާޅައިފިނަމަ މައްސަލަތަކެއް އުފެދިގެން ދާނެ." އިބްރާހިމް ހަލީލް ވިދާޅުވިއެވެ.

ލ.އަތޮޅު އިސްދޫ ގަބުރުސްތާން – ވަގުތު އިމޭޖްސް : އިބްރާހިމް ޝާބިލް

ދެރަށް ބައި ކޮށްފައިވާ ރަސްމީ ސަރަހައްދީ "ރޮނގެއް" މިރަށުގައި ނޯވެއެވެ. ނަމަވެސް އިސްދޫ މީހުން ބުނާ ގޮތުގައި އިސްދޫ އާއި ކަލައިދޫ ވަކި ކުރުމުގައި ޒަމާނުއްސުރެއް ބަލާ ރޮނގެއް އެރަށުގައި އޮވެއެވެ. އެއީ މިހާރު ސިއްހީ މަރުކަޒު ހުރި ސަރަހައްދަށް ވުރެ މާބޮޑަށް ވެސް ދެކުނު ކޮޅުގައި އޮންނަ މަގެކެވެ.

ނަމަވެސް ކަލައިދޫ މީހުންގެ ވާހަކަތަފާތެވެ. ކަލައިދޫ މީހުން ބުނާ ގޮތުގައި އިސްދޫ އާއި ކަލައިދޫ ވަކިވާ ސަރަހައްދީ ރޮނގަކީ ސިއްހީ މަރުކަޒުގެ އުތުރުން އޮންނަ މަގެކެވެ. އެހެންކަމުން ސިއްހީ މަރުކަޒު ހުރީ ކަލައިދޫގެ އިމުގެ ތެރޭގައި ކަމަށް ކަލައިދޫ މީހުން ގަބޫލު ކުރެއެވެ.

ދެރަށުގެ މީހުންގެ ވާހަކަތައް އަޑުއެހުމުން އެނގުނީ ދެރަށް ވަކިވާ ހިސާބު ކަނޑައެޅުމުގައި ދެރަށުގެ ރައްޔިތުންނަށް އެއްގަލަކަށް ނޭރޭނެ ކަމެވެ. އެހެންކަމުން މިކަމުގައި ގޮތެއް ކަނޑައަޅަން ޖެހިފައި އޮތީ ސަރުކާރުގެ ރަސްމީ އިދާރާތަކަށެވެ.

މީހަކު މަރުވުމުން ވީއެންމެ އަވަހަކަށް އެމީހެއްގެ ހަށިގަނޑު ވަޅުލުމަށް ދީނުގައި ވެސް ވަނީ ބާރުއަޅުއްވާފައެވެ. އަދި ބިން އޮތް ރަށެއްގައި ކުރިން މީހުން ވަޅުލާފައި އޮތްތަނެއްގައި މީހުން ވަޅުލުން އެއީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިފަދަ ހައްސާސް މައްސަލައެއް ހައްލު ނުވެ ގިނަ ދުވަސްވެގެން ދިއުމަކީ އިތުރު އެތައް މައްސަލައެއްގެ ފެށުމަށް ވެދާނެއެވެ. އެހެންކަމުން ސަރުކާރުން ޒިންމާ އަދާކޮށް ވީއެންމެ އަވަހަކަށް މައްސަލަ ހައްލު ކުރަން އެބަޖެހެއެވެ.

ADS BY SHEESHA

"ވަގުތު" އިން ލ.އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.

36 ކޮމެންޓް

 1. ޢިސްދޫ އަދި ކަލައިދޫ ދެ ރަށު މީހުންނަކީވެސް ވަރަށް ގުޅިގެން އުޅަޭ ބައެއް ތި އުޅެނީ ތަން ފަސާދަ ކުރަން ވެގެން

 2. އުތުރު.އިސްދޫ ދެކުނު.ކަލައިދޫ

  ބޯޑަރު އަޅާ

 3. ސާބަހޭ ތިޔަބައި މީހުންނަށް އަޅެފަހެ މިއުޅެނީ އިންޑިއާ އަައި ޕާކިސްތާނުތަ
  ާތިހެންވީ އާ ތި އެއްވެސް ރަށެއްގެމީހަކު މާލޭގަވެސް ވަޅުލާނެ ކަމެއް ނެތް އެމީހެއްގެރަށެއްގަ ވަޅުލާންޖެހޭނީ ފުރައިން ގޮސްވެސް ބޮޑުވަރު މިދެން

 4. ކަތީބު ހަމީދު

  ޙުރިހާ ކަމެއްގެ ހަލާކަކީ ހަމީދު. ޝިއްހީމަރުކަޒު އުތުރު ކޮޅުގައި ވަޅުލާފައި އޮންނާނެ ކޭބަލްއެއް ވަޅުލާފަ އެއީ ރަށުގެ މެދު. ޥަގުތު މީހުން ގޮސް ބަލާބަލަ ކޭބަލް ކޮބައިތޯ. ޙައުސިން އިން އިސްދޫ ގަބުރުސްތާން އަޅަން ބިން ރަޖިސްޓްރީ ކޮއްދީފައި އޮންނާނީ ކުރީ ފުޓްބޯޅަ ދަނޑު ކުރިމަތީ އޮތް ބިން. ޥަގތު މީހުން ކަލއިދޫ ކައުންސިލްގެބަސް ހިމަނާފައި ނެތުމަކީ ނާގާބިލް ކަން.

  • ކޮމެންޓް ކުރުމުގައި މީހުންގެ ނަންމަތީ ކޮމެންޓް ކުރުމުން ލިބޭ ވަގުތީ އުފަލައްވުރެ ގިޔާމަތުގެ އަޒާބު ބޮޑު ޔަގީން ތި ކޮމެނޓަކީ ތިކޮމެނޓްގަ ތި އިން ނަމުގެ މީހަކު ކުރި ކޮމެންޓް އަކަށްވެސް ނުވާނެ.

 5. އިސްދޫ އަދި ކަލައިދޫ ކައުންސިލްގަ ތިތިބީ އެއްވެސް ވަރެއްގެ ތައުލީމެއް ނެއްބަޔެއް...

 6. ދެން މިޖެހުނީ ބޭރު ގައުމުގައި ގޮތަށް ސަރަހައްްދީ ރޮނގު ރަށުގެ މެދުގައި ހަދަން

 7. ދެން ތިޖެހުނީ ބޭރު ގަައުމުގައި ގޮތަށް ސަރަހަދީ ރޮނގެއް ރަށުގެ މެދުގައި ހަދަން

 8. Isdhoo dhaairaage ge tharahgee ah sarukaarun kohdheefa huri kan kan balaafa ragalhu dhiraasaa report eh hadhaali nama ragalhu. Thuburi project, causeway, fonadhoo resort project, isdhoo,kalaidhoo magu thah, bank, sihee hidhumath, school thakuge haalath, mikith thakuge vaahaka, Vaguthu News
  Eheves thaakun thaaku jehe echeh liyaa baeh baa?

 9. ސަރުކާރުން ކަމެއް ގޯސްކޮށް ކޮށްގެނެއްނޫން ތިމާމެންގެ ޖާހިލުކަމާއި ނޭއްގާނީކަމޭ ބުނެބަލަ. މުސްލިމް މުޖުތަމައުއެއްގައި ދިވަރުގެ ނޭއްގާނީ ކަމެއް އޮތުމުން ހަމަ ހައިރާންވޭ. ލަދުން ބޯހަލާކު.

  • ޢިސްދޫ ބިން ހުސްވީތ؟ އިސްދޫ އަދި ކަލައިދޫއަކީ ރާއްޖޭގެ ބިމުގެ ނިސްބަތުން 3 ވަނައަށް އެއްމެ ބޮޑު ރަށް، ވަގުތު ނޫސްވރިން އިސްދޫ ، ކަލައިދޫއަށް ނުދާތީ ނޭނގޭ ކަމަށް މިބަލަނީ، ދިޔަނަމަ ގައިމު މަރުވާ މީހުން ވަޅުލާން އިސްދޫ މީހުން ބިން ނެތިގެން އާޓިކަލްއެއް ލިޔާ އިރު އިނގޭނެ.

  • އިސްދޫގަ ގަބުރުސްތާނެއް އަޅަން ބިންނެތީތޯ؟

 10. މީހުން ވަޅުލާނެކަމެއްނެތް. ކީއްވެތަ ތިއުޅުއްވަނީ އެރަށު މީހުންކޮޅުވަޅުލަން.

 11. އަދިވެސް ފުއްޕާފަ ވަކިވެގަނެގެން އުޅޭ. އެކުވެރިކަންމަތީ އުޅުންނަމަ ތިދުވަހެއް ނާންނާނެ. ކިރިޔާ ކަމެއްވާއިރަށް ފޫޓު ވަކިކޮށް ބައިބައިވެގެން އެއްބަޔަކު އަނެއްބަޔަކާ ޖެހި އުޅެންވީމަ ވާނީ ތިހެން،

 12. އަންދަންވީ

 13. ގަނޑުއަވަށުގައި އެބައޮތް އަހަރުމެން ވަޅުލާނެ ތަން. ކައުންސިލްގެ ރައީސް އުޅެނީ މަސްލަހަތު ނަގާލަން

 14. އިސްދޫ ޒިމްްމާދާރުވެރިޔާ އެޗު ޑީ.

  އިސްދޫ ގެ އަނެއްއަވަށުގަ ކަލައިދޫމީހުންނޭކިޔާފަ އެއުޅޭ ބައިގަނޑަކީ ހުޅިޔަން ދޫއިންގެނެސް ވަޒަންވެރިކުރުވިބައެް ވަރައްނާތަހުޒީބުބައެއް...

 15. ތިގޮތަށް ކަންކަން ހުރުމުން ކިތަންމެ ރުޅިއަޔަސް މާލޭގެ ވާހަކަ ނުދައްކާ ފަރުޖެހޭކަށް ނެތެވެ. ޔަގީނުން ވެސް ލ. އިސްދޫ އަދި ކަލައިދޫ އިން ވެސް ކޮންމެވެސް ބަޔަކު މާލެ އައިސްގޮސް އުޅޭނެ އެވެ. އެއްފަސް ގަނޑެއްގައި އޮންނަ ހަތަރު އަވަށް ކަމަށްވާ ހެންވޭރު، ގަލޮޅު، މައްޗަންގޯޅި، މާފަންނުން ހަމަ ކޮންމެވަގުތަކުވެސް މީހުން އައިސް ގޮސް އުޅުމާއި އެއްއަވަށުން އަނެއް އަވަށަށް ސްކޫލަށް ދިއުމާއި އޮފީހަށް ދިޔުމާއި އެކިއެކި ބޭނުންތަކުގައި ގޮސް އުޅުމުގެ މިނިވަންކަން އަބަދުވެސް އޮވެއެވެ. އަދި ކަނޑު ހުރަސްކޮށް ދެވޭ އަނެއް ދެއަވަށް ކަމަށްވާ ވިލިމާލެ އާއި ހުޅުމާލެ ވެސް ހަމަ އެފަދައެވެ. އަވަށު ވާދަވެރިކަމެއް ނޯވެއެވެ. އެއްއަވަށުން އަނެއްވަށުން މީހުނާ އިނުމަކީ ވެސް ހުރަހަކަށް ނުވެއެވެ. އެހެނީ އެންމެންނަށް ވެސް ޤަބޫލު ކުރެވޭ ގޮތުގައި މިއީ ދިވެހިންގެ ދިވެހި ރާއްޖެ އެވެ. އަނެކާއަށް އުނދަގޫނުވާ ގޮތަށް ޤާނޫނީ އިމުގެ ތެރޭގައި އުޅޭނަމަ ހަމަ ކޮންމެ ދިވެއްސަކަށް ވެސް މިބިމުގެ ކޮންމެ ސަރަޙައްދެއްގައި ވެސް އުޅުމުގެ ޙައްޤު އޮންނަންޖެހޭނެ އެވެ. ދެކޮޅުވެރި ވުމަކީ ހުރިހާގޮތަކުން ވެސް ގެއްލުންހުރި ކަމެކެވެ. އަޅުގަނޑުގެ ނަޞޭޙަތަކީ ކޮންމެ ރަށެއްގައި ނަމަވެސް އަވަށު ވާދަވެރިކަން އޮވެއްޖެނަމަ، މާލެ ނަމޫނާއަކަށް ބަލައި، އެކުވެރިވާށެވެ.

 16. އިސްދޫގަ ގަބުރުސްތާނެއް އަޅަން ބިންނެތީތޯ؟ ލަދުން ބޯހަލާކު

 17. ވަޅުލާނެ ބިމެއް އެނޫން ތަނެއްގަ ނެތީތަ؟ މަސްލަހަތަށް ބަލާފަ އެނޫން ބިމެއްގަ ގަބްރުސްތާނު އަޅަން ފެނޭ!!!

 18. ޙުރިހާ ކަމަކުން ގަޑުއަވަށު މީހުން ކުރި ހޯދަން

  ޢުޅޭނެ ކަމެންނެތް ފުރަތަމަ ރަށަކީ އިސްދޫ އުތުރުކޮޅުގަ ގަނޑުއަވަށް ދެކުނު ކޮޅުގަ ކަލާދޫ އޮތީ އެކަމު ގަޑުއަވަށު މީހުން އަމިއްލަ އައް ނަން ބަދަލުކޮއްގެން މިހާރު އިސްދުވަކީ ގަޑުއަވައް ކަމައް ހަދާފި ކަލާދޫގަ ހުރި ރަސްމީ އޮފީސް އިލިޔާސް އިބުރާހިމައް އަންހެނަކު ދީގެން ބަދަލްކޮއްފި ސިއްހީ މަރުކަޒުގެ އުތުރުން ކަނޑާފަ އޮތް މގުގެ އުތުރުކައިރިފަށުން ފެށިގެން އެއީ ދެއަވަށުގެ އިންސަރަހައްދު ކަމުގަ އަންޒަމާނުންސުރެ އޮންނަނީ ކަނޑަަައަޅާފަ

 19. މުހައްމަދު އަހްމަދު

  މިހާރުން މިހާރަށް ތިޔަ 2 ރަށޭ ކިޔާ 2 އަވަށް 1 ރަށަކަށް ހެއްދެވުން ވަރަށް ބުއްދިވެރި..

  އެހެންނޫނީ 2 އަވަށުގެ ބޯޑަރު ވަކި ކޮށް އުސް ފާރެއް ރޭނުން ވަރަށް މުހިންމު..

 20. މުހައްމަދު އަހްމަދު

  އިސްދޫ އާއި ކަލައިދޫ އަކީ ވަކި 2 ރަށެކޭ ކިޔަސް އެއްފަސްގަނޑެއް.. އެއްރަށެއް... 2 އަވަށު މީހުން ރަށުގެ 2 ކޮޅުގައި އުޅޭތީ، 2 ނަން ކިޔަނީ... އަދި 2 އަވަށު މީހުންގެ މައްސަލަ ބޮޑުކަމުން 2 ރަށެއްގެ ގޮތުގައި ބަދަލުކޮށް 2 ކައުންސިލެއް އުފެއްދީ...

  އެކަމަކު އެއީ ރަނގަޅު ނިންމުމެއްނުން.. ސުނާމީ އަށްފަހު ކަލައިދޫ މީހުންނަށް މުޅިން އާތަނެއްގައި ގެދޮރު އިމަރާތް ކުރި އިރު ތިޔަ ސިއްހީ މަރުކަޒު ކައިރީ އެ ގެތައް އިމާރާތް ކުރިނަމަ، 2 އަވަށް ކައިރިވެ ގުޅުމުގެފުރުސަތު ބޮޑުވީސް..

 21. މުހައްމަދު އަހްމަދު

  ލ. އިސްދޫ އަކީ ރާއްޖޭގައި 6 ވަނަ އަށް އެންމެ ބިން ބޮޑު ރަށް... ވަރަށް ބިޔަ ބޮޑު މާ ރަށެއް.. 2 މާލެ ވަރުވާނެ.. އާބާދީ 1500 ހަމަ އެއް ނުވޭ... އެކަމަކު ބިމެއް ނެތް.. ވަރަށްބޮޑު އަރަތެއް...
  އެކަމަކު ތިޔަ މައްސަލާގައި ގޯހީ ކަލައިދޫ މީހުން ކަމަށް ފެނޭ.. އެއީ 2 ރަށަށް އެއް ގަބުރުސްތާނަކަށް އެއްބަސް ނުވުން...
  ތިހެންވަންޏާ މާފަންނު އާސަހަރާގައި ހެންވޭރާއި، ގަލޮޅާއި، މައްޗަށްގޮޅީ މީހުން ވަޅުލުމަށް މާފަންނު މީހުން ދެކޮޅު ހަދާނެ...

  • އިސްދޫއަކީ ރާއްޖޭގެ 5 ވަނައަށް ބޮޑު ރަށް ޕްލީޒް ޗެކް މުހައްމަދު ލުތުފީ ލިޔުނު ޖޯގްރަފީގެ ވަނަވަރު މި ނަން ކިޔާ ފޮތް

 22. ތީ އިންޑިޔާ އަދި ޕާކިސްތާނުތަ....ހެހެހެހެ...މަރުވީމަ ސަންދޯކަށް ތި ރައް ލައިގެން ދޯ ދާން ތިއުޅެނީ....ތިދެރަށުގެ މީހުން ހާދަ ޖާހިލޭ

 23. ސާބަސް ތިޔަދެރަށު މީހުންނަން.....
  ބަލަ އެމީހުން ވެސް(އިސްދޫމީހުން)އެ އުޅެނީ ކަޅައިދޫ ފަޅުކުރާކަށް ނޫން ވިއްޔާ...މި އުޅެނީ މީހުން މަރުވީމަ ވަޅުލަން ވިއްޔާ....މަށަށް ކޮހީ މި ވަގުތު މީހުން.ބާތިއްބަލަ އެމީހުން ހަނގުރާމަކޮށްފަ ކޮންމެވެސް އެއްބަޔަކު ތިބޭނެއެއްނު.....މީ ސަރުކާރުގެ މީހުން ކުރިކަމެއްނު.ބިކޮޒް އެމީހުން މިކަން ހައްލު ކުރަންޖެހޭނެ...މީ މަދެކޭގޮތް.....

  • މީ މަފޮނުވި މެސެޖެއް..ވަގުތު މީހުން ތަންކޮޅެއް ސަމާލުވުން އެދެން...
   -ސަލާމް-

 24. އިސްދޫ މީިިހާ

  ކަލޭމެން އަހުންނަށް ކިޔައިދޭނެ ކަމެއްނެތް.

 25. ތިވާނީ ވަރަށް ތައުލީމީ މީހުން މަދުރަށަކަށް . އެއިގެ ސަބަބުން ހޭލުންތެރިކަން ކުޑަވެގެން ޖެހޭ ކޫސަނި މައްސަލައެއް ތިއީ.

 26. ކަލައިދޫ މީހާ

  އިސްދޫ ގަނޑު އަވަށު ފަސްގަނޑުގަ އިސްދޫ ގަނޑު އަވަށުން މަރުވާ މީހުން ވަޅުލުން އެއީ އެންމެ މަސްލަހަތު އޮތްގޮތް ކަމުގައި ދެކެން

 27. އިސްލާމީ އަޚްވަނތަކަމެއްވެސް އިންސާނީ ކަރާމާތްތެރިކަމެއްވެސް ނެތް ބައެއްދޯ ތި ރަށުގައި، ޔަޢުނީ އިސްދޫކަލައިދޫ ގައި އުޅެނީ.

 28. ފުވައްމުލަކު މީހާ

  ދެ ކައުންސިލް އުވާލައި އެއް ރަށެއްގެ ގޮތުގައި ކަނޑައަޅައި ރަށު ކައުންސިލެއް އުފައްދަން ފެނޭ. މިކަން ތަންފީޒު ކުރަން ހަރުކަށިވާން ޖެހޭ ދަނޑިވަޅުގައި ހަރުކަށިވާންވީ......

 29. އަޙްމަދު ޙުސައިން

  ތި ދެރަށުގެ ކައުންސިލަކަށް ވެސް އަދި ރައްޔިތުންނަކަށް މަރުވާއިރު ސަންދޯކުގެ ތެރެއަށް ލައިގެން ބިން ނުގެންދެވޭނެ. ނަސޭހަތަކީ ދެރަށުގެ ރައްޔިތުންގެ ވިސްނުން ތިއަށްވުރެ ތަހްޒީބުކޮށް ވިސްނައިގެން މައްސަލައަށް ހައްލެއް ހޯދުމެވެ.

 30. ވަޅުލާނެ ތަން ނެތީމަ 2 ރަށުމީހުން ހަނގުރާމަތަ ކުރަން ވީ؟ ހަނގުރާމަ ކުރީމަ ވަޅުލާނެ ތަން ލިބޭތަ؟

  • އިސްރާއީލް މީހުންނަވުރެން ވެސް ތި 2 ރަށުގެ މީހުން ހާލްބޮޑު ބައެތްތާ ތި މާދަމާ ވެސްމަރުވެދާނެ ބިރުވެތިވޭ