ވާދަވެރިން ގަބޫލު ކުރަމުން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ ނުލައި، ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ޕީއެންސީ އަށް ނުނެގޭނެ ކަމެވެ. ހާއްސަކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ ގޮތުން ވަރުގަދަ، "ހައިބަތު" ހުންނެވި ލީޑަރެއް ނޫން ކަމަށް ދެއްކިއެވެ. ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ފޮޓޯ އާއި ހުސް ގޮނޑި ދައްކައިގެން ކަމަށް ބުނެ ޔާމީންގެ ސަޕޯޓަރުންނާއި އެމްޑީޕީގެ ސަޕޯޓަރުން އެމަނިކުފާނަށް މަލާމާތް ކުރިއެވެ. ރައީސް ޑރ. މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެންނެވުމުން ރައީސް ޔާމީންގެ ސަޕޯޓަރުން ހުސް ގޮނޑި ހިފައިގެން ބަނދަރު ސަރަހައްދަށް ގޮސް…