ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލަށް ދިއުމަށް ރާއްޖޭގެ ހުރިހާ ކުޅުންތެރިންނާއި ރައްޔިތުންނަށްވެސް ހައްގު ކަމަށް ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ރާއްޖޭގެ މައްޗަށް އިންޑިއާއިން ކުރި ހޯދީ 2-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ ގުޅިގެން ގްރޫޕުގައި ދެން ހިމެނޭ ސްރީލަންކާއާއި ރާއްޖެ ހުރިހާ ގޮތަކުން ވަނީ އެއްވަރުވެފައެވެ. ސާފްގެ އުސޫލުތައް ބުނާ ގޮތުން ގްރޫޕް ސްޓޭޖުގައި ހުރިހާ ގޮތަކުން އެއްވަރުވުމުން ސެމީއަށް ދާ ޓީމު ޔަގީން ކުރާނީ ގުރުއަތު ނަގައިގެންނެވެ.

ގުރު ނަގައިގެން ރާއްޖެ ސެމީއަށް ގޮސްފައިވާ އިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ދިގު ތާރީހުގައި ގުރު ނަގައިގެން ސެމީއަށް ދަތުރުކުރާ ޓީމެއް ކަށަވަރުކުރަން ޖެހުނު ފުރަތަމަ ފަހަރެވެ.

ގުރު ނަގައިގެން ސެމީއަށް ދިއުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު ސެގަޓް ބުނީ ނަސީބު އެހީވީ ޓީމުން ކުރަމުން އައި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި، މިއަދު ލިބުނު ނަސީބަކީ ދިވެހިންނަށް ހައްގު ނަސީބެއް ކަމަށެވެ.

" ދިވެހި ރާއްޖޭގެ ހުރިހާ ކުޅުންތެރިންނާ ހުރިހާ ރައްޔިތުންނަށްވެސް ސެމީ ފައިނަލަށް ދިޔުން ހައްގު. ޓީމުން މިދިޔަ ދުވަސްތަކުގައި ކުރަމުން އައި މަސައްކަތަކީ އެހެން ގައުމުތަކުން އެތައް އަހަރުތަކެއްގައި ކުރާ ކަންތައްތައް. ކުޅުންތެރިން އަވަހަށް ކުރިއެރުމަށް، ބުރަ މަސައްކަތްތަކެއް ކުރަމުން ދަނީ. ޓީމުން މިއަދުވެސް އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހިތްވަރުލަމުން ދިޔައީ. ހިތްވަރު ކުރާ ބަޔަކަށް ނަސީބުވެސް އެހީވާނީ،" ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ ރާއްޖޭގެ ޓީމަކީ ޒުވާން ޓީމެއް ކަމަށާއި، ޓީމުން މިދިޔަ ދުވަސްތަކުގައި ކުރަމުން ދިޔަ މަސައްކަތަށް އޭނާ ފަހުރުވެރިވާ ކަމަށެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގައި ފުރަތަމަ 11އަށް ނެރުނު ތިން ފޯވަޑުން ކަމަށްވާ ނާއިޒް ހަސަން (ދާދު)، އަލީ ފާސިރު (ސެންޓޭ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށްވެސް ކޯޗު ސެގަޓް މިއަދު ނެރުނު ފުރަތަމަ 11އިން ޖާގަ ދީފައެއް ނުވެއެވެ. އެ ތިން ކުޅުންތެރިންވެސް މިއަދު ނެރުނީ ފަހު ހާފްގައެވެ.

" ޓީމަށް ގެނައި ބަދަލަކީ ޓެކްނިކަލް ބަދަލެއް. ތިން ފޯވަޑުންވެސް ފަހުން އެރުވީ ފަހު ވަގުތު ގޯލަކަށް މަސައްކަތް ކުރަން ޖެހޭނެކަން އެނގޭތީ. ފުރަތަމަ ހާފްގައި ކުޅުނީ މެޗުން ބޭރު ނުވެ ތިބުމަށް. ދެވަނަ ހާފްގައި އެޓޭކްވެސް ކުރެވުނު. ޖަހަން ޖެހޭ ގޯލް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތްވެސް ކުރެވުނު. ފަހަތަށް ބަދަލެއް ނުގެންނަން. އެކަމަކު ޑިފެންސުން މައްސަލަތައް ފާހަގަކުރެވުނު،" މިއަދުގެ މެޗުގެ ފުރަތަމަ 11އަށް ދާދުއާއި ސެންޓޭގެ އިތުރުން ހަމްޕުގެ ބަދަލުގައި އަސަދުﷲ އަބްދުﷲ، އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި އަހުމަދު އިމާޒް (އާއްކޮ) ނެރުނު ސަބަބާ ގުޅިގެން ކޯޗު ބުންޏެވެ.

ސާފް ސުޒުކީ ކަޕްގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. ރާއްޖޭގަޑިން އެ ދުވަހުގެ ހަވީރު 3:00ގައި ކުޅޭ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ނޭޕާލްއާ ދެކޮޅަށް ގްރޫޕް ބީގެ ދެވަނަ ހޯދި ރާއްޖެ ނުކުންނަން ޖެހޭ އިރު، އެ ދުވަހުގެ ހަވީރު 6:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ އެއްވަނަ ހޯދި އިންޑިއާ އާއި ގްރޫޕް އޭގެ ދެވަނަ ހޯދި ޕާކިސްތާނެވެ،

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކުޑަބެ

    ތިހިރީވާ މޮޅު ކޯޗެއް މިހާތަނައް ރާއްޖޭގެ ގައުމީޓީމް ދުވަހަކުވެސް ނޭނގެ މިހާފެންވަރު ދައް ކުޅުމެއް ކުޅުނުކަމެއް މީގެ އެންމެބޯޑު ސަބަބަކީ ކޯޗުގެ ބޯހަރުކަން ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދިމިހާރުވެސް ރަނގަޅު ކުޅުމެއް ކުޅެމުން އަންނަ އަލީ އަސްފާގް ވެސް ޓީމައް ނުނެގުމުގެ ނަތީޖާ މިފެނުނީ މީކީ ބަހައްޓަން ހެޔޮވެސް ވާވަރުގެ ކޯޗެއް ނޫން މީނާ އަވަސް ގޮތަކައް ބޭރުކުރޭ.

  2. މަވޯޓާ

    މިއީ ވަރަށްހެއްވާކޮށް ޤައުމީ ޓީމަށް މީހުންނަގާ ޤައުމެއް، ރާއްޖޭގެ އެއްމެ މޮޅު ފުޓުބޯޅަކުޅުންތެރިއަކީ އަޝްފާޤް އޭނާ ޓީމަކަށް ނާރާނެ، ބެޑްމިންޓަން އެއްމެން މޮޅުކުުންތެރިއަކީ ޒަޔާން ޒަކީ އޭނާ ޓީމަކަށްނާރުވާނެ.

  3. ސައިނީ

    ބަލިވެގެން ހައްގުވާނީ ކޮންކަމެއް ބާ ދެންވެސް ވާނީ ބަލި ޓީމްގެ ކުޅުންތެރިންނަށްވެސް އިގޭ ދެންވެސް ހުރީ ފޯމަގައި ތިބި ކްލަބުތައްކަން ޗާސްކުޑަކަން

  4. ސައިބޯނި

    ބަލިވެގެން ހައްގުވާނީ ކޮންކަމެއް ބާ ދެންވެސް ވާނީ ބަލި ޓީމްގެ ކުޅުންތެރިންނަށްވެސް އިގޭ ދެންވެސް ހުރީ ފޯމަގައި ތިބި ކްލަބުތައްކަން ޗާސްކުޑަކަން

  5. ޏެސް

    ކަލޭ އިސްތިއުފާދީ. ލަދުން ބޯހަލާކު. މިއިން ޒަމާނަކު ނުކުރާ ވަރަށް ޚަރަދުކޮށް ވަގުތުދީ އަދި އެތައް ފުރުސަތެއް ފަހިކޮށްދިނީމަވެސް ގުރުއަތުނަގައުގެން ސެމީއަށް.

  6. ކުޅުން

    ގޯލެއްނުޖެހި ގުރުއަތުން ސެމީފައިނަލް ދިޔައީމަ ކޯޗު ލަދުގަންގަންޖެހޭ ދޯ! ރާއްޖެ ފޯވާޑްލައިންގަ އެފެންވަރުގެ ކުޅުންތެރިން ނެތްކަން އެހާމަވަނީ. މިފަހަރު ޗެންޕިއަންކަންވެސް ގުރުއަތުން ލިބިއްޖެއްޔާ ރަނގަޅު.

  7. އިބުރޭ

    ކޮން ޙައްޤެއް.. އެއްެވެސް ޙައްޤެއް ނޫން. ކަލެއަށްވުރެ މޮޅެތި ދިވެހި ކޯޗުންވެސް އެބަތިބި މިތަނުގައި. ކަލެއަށް ހަލާކުހުރި. ހަމަމިހާރު އިސްތިއުފާދީފަ ދޭ. ދެން ނޭޕާލްއަތުން ބަލިވީމަ ބުނޭ މޮޅަށް ކުޅުނީ އަހަރުމެންނޭ ނަސީބު އެހީނުވީއޭ.. ތިއީ ދަންނަ ވައްތަރެކޭ... އެދުވަހަކުންނެއް ގުރެއް ނަގާކަށް ނުޖެހޭނެ.. ކަން ނިންމަން ތައްޔާރުވޭ... ދޭތިން އެކައްޗަށް... މީ ވަކިބަޔަކުގެ ޤައުމީޓީމެއް ނޫން ހިތުހުރިގޮތެއް ހަދަނީ.. އެފް.އޭ.އެމް ފެއިލްވެފައި އޮތްވަރު ދޭހަވަނީ މީގެން.. ބައްސާމުމެން އިސްތިއުފާދީފަ ގޭގަ ތިބެބަލަ.. ބަލާއެ....އ......

  8. ނިހާން

    އަދިވެސް އަންގައިން ދެރަނުވާތި....ދެން ބަށްސާމާ ޝަވީދު އާ ޓީމަށް ލާ އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ...

  9. އަޙްމަދު

    މޮޔަޔާ! ކޮން ޙައްގެއް. ތިކުޅޭކުޅުން ފެނުނީމާ ލެވެނީ ހޮޑް.

  10. ހާކާލި ބުރުވާލި

    ދެން އެންމެން އަތްޖަހާފަ ނަށަންވީނު.

  11. ކާކު ނޭގެ

    ފައިވާން ދަށުގެ ހިޔާލުގެ ކޯޗެއް....ކަޑަ.......ބަލަން ލަދުގަނޭ........ބަންގާޅިންވެސް މަލާމާތް ކުރާނެ...ލަދުން ހަލާކު..

  12. އަޙްމަދު

    މީ ފުޓްބޯޅަ ކޯޗެއްތަ ނޫނީ ވޮލީ ކޯޗެއްބާއޭ ނޫނީ ކޯއްޗެއް ބާއޭވެސް ހިތަށް އަރާ އެފް.އޭ.އެމް. އިން ރާއްޖޭގެ ފުޓްބޯޅައަށް ލޯބި އޮތް ނަމަ މި ކަލޭގެ އަވަހަށް ފޮނުވާލާ ސެމީ ފައިނަލް ނޫން ޙައްޤީކީ ތަށިވެސް ޙައްޤު ވާހާ މޮޅު ކުޅުމެއް މީނަގެ ކޯޗު ކަމުގައި ދައްކައިފި. ވަރަށް ދެރަވޭ ރާއްޖޭގެ ގަޢުމީ ފުޓްބޯޅަ ޓީމު ދުވަހަކުންވެސް ނުކުޅޭ ދަށް ފެންވަރަކަށް މި މުބާރާތުގައި ކުޅެނީ. ކޯޗަށް ވަރަށް ސަލާމް.