އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ރ. އަތޮޅުގެ ބުރުގެ ހޯސްޓް ކުރާނެ ރަށަކާމެދު ބަހުސްތަށްވަނީ ބޮޑުވެފައެވެ.
މީދޫގެ ރައްޔަތުން މި ޗެންޕިއަންޗިޕް ހޯސްޓް ކުރުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މިނިވަން ޗެންޕިއަންޝިޕް ހޯސްޓް ކުރާނީ އަލިފުށިން ކަމުގައި އަންގާފައެވެ.
މީދޫގެ މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނެފައިވަނީ މީޑިޔާތަކުން މިނިވަން ޗެންޕިއަންޝިޕްގެ ޚަބަރުތައް ގެނެސްދެނީ އެއްބައި ދޫކޮށްލާފއިކަމަށާއި މީދޫއިން މި މުބާރާޓް ހޯސްޓް ކުރުމަށް ތައްޔާރުވީ އެފްއޭއެމްއިން ރިކުއެސްޓް ކުރުމުންކަމަށެވެ.

"މީޑިޔާތަކުގެ އެއްބައި ދޫކޮށްލާފަ މިވާހަކަ މިގެނެސްދެނީ، އެފްއޭއެމް ގެ ރިކުއެސްޓަކާއެކު މީދޫގެ ދަޑު މިނިވަން ޗެންޕިއަންޝިޕަށް ތައްޔާރުކުރަންފެށީވެސް. އެކަމަކު އެއީ ރަސްމީކޮށް ދެކެވުނު ވާހަކައެއްނޫން." މީދޫއިން މައުލޫމާތު ދެމުން އެރަށުގައި މުބާރާތް ބޭއްވުމުގެ ކަންކަން ކުރާ އޮގަނައިޒިންގ ކޮމިޓީގެ ޗެއަރމަން މުހައްމަދު ޝަރީޕް ބުންޏެވެ.
ޝަރީފް އިތުރަށް ބުނެފައިވަނީ އެފްއޭއެމްއިން މީދޫގައި ބުރު ބާއްވަން ވާހަކަ ދެކެވުނު ކަމުގައި ވީނަމަވެސް މި މުބާރާތް ރަސްމީކޮށް ބާއްވަން ފުރަތަމަ ނިންމީ އަލިފުށީގައެވެ. ނަމަވެސް، ފަހުން އެ ނިންމުން ވަނީ ބަދަލުކޮށްފައިކަމަށެވެ. ފަހުން އެ ބުރު ބާއްވަން އަލުން މީދުއަށް ބަދަލުކޮށްފައިވާ ކަމަށާއި އެއީ އެ އަތޮޅު ބުރުގައި ބައިވެރިވެފައިވާ އެހެން ޓީމުތަކުން ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށްފަހު ކަމަށެވެ.

ނަމަވެސް އިތުރު މައްސަލަތަކެއްޖެހި އެ ބުރު ބާއްވާނެ ރަށެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް އެފްއޭއެމްއިން މިހާރު އަނެއްކާވެސް ވަނީ ނިންމައިފައިވާކަމަށްވެސް ޝަރީފްވަނީ ބުންޏެވެ. ޝަރީފް އިތުރަށް ބުނެފައިވަނީ މިނިވަން ޗެންޕިއަންޝްޕަށް ތައްޔާރީތަކުގެ 80% މިހާރު ނިމިފައިވާކަށެވެ.
މީދޫއިން ވާާހަކަ ދެއްކި އިތުރު މީހަކު ބުނީ އަލިފުއްށީ ދަނޑުގެ ހާލަތު ސިފަކޮށް ބުނީ އެރަށުގެ ދަޑުގައި ޗޭންޖިން ރޫމްއެއް ނުހުންނަ ކަމަށާއި މީދޫގައި މިމުބާރާތް ބާއްވާފިނަމަ ކުޅުންތެރިންނަށްވެސް އެތަށް ގޮތަކުން ފައިދާ ވެގެންދާނެ ކަމަށެވެ.
ރ. އަތޮޅު ބުރު ބާއްވާނެ ރަށެއް ކަނޑައެޅުމަށް މަޝްވަރާ ބައްދަލުވުމެއް މިއަދު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަނެއް މަޝްވަރާ ބައްދަލުވުމުގައި ކޮންމެ ކައުންސިލަކުން ބައިވެރިވާނެ ދެ ކައުންސިލް މެންބަރުންގެ ބައިވެރިވުމަށް އެފްއޭއެމްއިން ވަނީ އެދިފައެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ރ. އަތޮޅު ބުރު މާރިޗް މަހުގެ ފެށުމަށް ކުރިން ތާވަލުކޮށްފައިވީ ނަމަވެސް މިހާރު ވަނީ މަޝްވަރާކުރުމުގެ ގޮތުން މުއްދަތެއް ނެތްގޮތަށް ރ. އަތޮޅު ބުރު ފަސްކޮށްފައެވެ.
މީދޫ ތީއެއްގޮތަކަށް ވެސް ތިމުބާރާތް ބާވަން ކަމުދާރަށެއްނޫ ސަބަކީ ސެކިޔުރެޓީންނަށްވެސް ތިބެނީ މީދޫ މީހުންކަމަށްވާތީ 2016 ވަނަހަހަރުވެސް މީދޫގެ ޕޮލިހުން ސެކިޔުރެޓީގަ ތިބެގެން އަހަރުމެންނަށް ވަރަށް އަނިޔާކުރި ކުއްޖެއްގެ އަތުގަ ބިޑިއަޅުވާފަ ގަމީސްވީދާކުދިކޮށް އޮރިޔާން ވާ ހާލަތަށް ދުއްވާލި
ވ ބަރާބަރު ވާހަކައެއް.... ދަޑުވެސްބަލާބަލަ ކުޑަކަން... ނުފޫޒް ބޭނުން ކޮއްގެން ކޮންމެކަމެއްވެސް މިކުރަނީ...
މީދޫގައި ބާއްވަންޏާ ދަނޑު ބޭރުގަ ހުރި ފާރުގައި ގޮދަޑި ޖަހައްޗޭ..ނޫނީ އިވިދާނެ ކޮންމެވެސް ރަށެއްގެ ސޮރެއްގެ ބޯ ފާރުގައި ޖެހިގެން އިއާދަނުކުރެވޭ ފަދަ ގެއްލުމެއް އެސޮރަށް ލިބުނު ވާހަކަ..އެރަށު ސޮރަކަށްވެސް މީގެ އަހަރެއް ކުރިން އެކަހަލަ އަނިޔާއެއް ލިބުނު..އެކަމަކު ނަސީބަކުން ހަޔެއްކަ ގަޑިއިރު ފަހުން އެސޮރުގެ ހަނދާންތައް އަލުން އައިކަމަށްވަނީ.
އުނގޫފާރު ނޫން ކޮންމެ ރަށެއްވެސް އޯކޭ
މުބާރާތް ނިމޭއިރު އެނގިދާނެ ތިކަމެއް.. ކޮންމެ މެޗަކަށްފަހު އަރައިގަންނަ ބައެއް މީދުއަކީ.. އެޑިޔުކޭޓެޑްނާތަހުޒީބް ބައެއް.... ޕަކާސަ....
ޖޭވިޔަސް ފުކެއްބޮޑު..... ވީއާ ނޮޓް އިވެން އުންޓުރެސްޓެޓް...
ކޮންމެހެން ބާއްވަން ޖެހޭތަ