ސްޕެނިޝް ލަލީގާގައި ރޭ ގެޓާފޭގެ މައްޗަށް 4-0 އިން ކުރި ހޯދާ ވަގުތީ ގޮތުން ތާވަލުގެ ދެ ވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

މި މެޗު ފެށިގެން 20 ވަނަ މިނެޓުގައި ބާސެލޯނާގެ ރަފީނިއާ ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ކުންޑޭގެ އެހީތެރިކަމާއި އެކުއެވެ. ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާގައެވެ.

ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ބާސާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ފީލިކްސެވެ. މިއީ ކްރިސްޓެންސެންގެ އެހީތެރިކަމާއެކު ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 61 ވަނަ މިނެޓުގައި ރަފީނިއާގެ އެހީތެރިކަމާއެކު އިތުރު ލަނޑެއް ކާމިޔާބުކުރީ ޑިޔޯންގެވެ.

މެޗުގެ އިތުރު ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ފާމިން ލޮޕޭޒް ކާމިޔާބުކުރި ލަނޑުން 4-0 އިން ބާސާ މެޗު ކާމިޔާބު ކުރި އިރު ބާސާ ދެވަނަ އަށް ޖެހިލާފައި މިވަނީ ކުރިން ދެވަނައިގައި އޮތް ޖިރޯނާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.

 

ބާސެލޯނާއަށް ކުޅުނު 26 މެޗުން 57 ޕޮއިންޓު ލިބޭއިރު ތިންވަނައިގައި އޮތް ޖިރޯނާއަށް 25 މެޗުން ލިބެނީ 56 ޕޮއިންޓެވެ. އެއްވަނައިގަ އޮތް ރެއާލް މެޑްރިޑަށް ކުޅުނު 25 މެޗުން 62 ޕޮއިންޓު ލިބިފައިވާއިރު ބާސާ އަދި ރެއާލް އާއި ދެމެދު އޮރް ފަރަގު މިހާރު ވަނީ 5 ޕޮއިންޓަށް ކުޑަވެފައެވެ.