ބަންގުލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އޭއެފްސީ ކަޕްގެ ފެށުން ނިއު ރޭޑިއަންޓުން ރަނގަޅު ކޮށްފި އެވެ.

ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ހާފު ފެނުނީ ނިއު އަށް ވަރަށް އުނދަގޫ ކޮށެވެ. އަބަހާނީގެ ނައިޖީރިއާ ކުޅުންތެރިންގެ ފަރާތުން ފިޒިކަލީ އުނދަގޫތައް ނިއުގެ ކުޅުންތެރިންނަށް ކުރިމަތިވި ކުރިމަތިވިކަން އެގެއެވެ.

ނިއުގެ ލަނޑު 58 ވަނަ މިނެޓްގައި މުހައްމަދު އުމޭރު ދިން ފުރުސަތަކުން، ޕެނަލްޓީ އޭރިއާގެ ކަނާ ދިމާލުން އަރައި ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލީ އަލީ ފާސިރު (ސެންޓޭ) އެވެ.  ދެ ވަނަ ހާފު ވަކި ހިސާބަކުން އަބަހާނީގެ ވީ އެ ޓީމުގެ ނައިޖީރީއާގެ ކުޅުންތެރިޔާ، ސަންޑޭ ޗިޒޯބާ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

މެޗުގެ އެންމެ ފަހު ކޮޅުގައި، ޑާކާއިން ވަނީ ނިއުގެ ގޯލްޖަހާނެ ފުރުސަތު ތަކެއް ހޯދާފައެވެ. ލިބުނު ކޯނަރު ތަކުން ގިނަ ހަމަލާވަނީ އަމާޒުކޮށްފައެވެ. މެޗު ނިމެން ގާތްވެފައި އޮއްވާ ނަގައިދިން ކޯނަރަކުން އަބަހާނީން ގޯލެއް ޖެހިނަމަވެސް، ބޯޅަ ގޯލް ތެރެއަށް ވަނުމުގެ ކުރިން އަބަހާނީހގެ ކުޅުންތެރިންވަނީ ފައުލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު