ކެންސަރު ޖެހިފައި ތިބި 50،000 އަށް ވުރެއް ގިނަ ކުޑަކުދިންނަށް ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ޒުވާން ފޯވާޑް މުހައްމަދު ސަލާހް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސަލާހް ވަނީ މިސްރުގެ ހޮސްޕިޓަލަކަށް 5 ލައްކަ ޕައުންޑް (މިސްރުގެ 12 މިލިއަން ޕައުންޑް) ހަދިޔާކޮށްފައެވެ. އަދި އެފައިސާ ހާއްސަ ވަނީ އެ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާކުދިންގެ ބޯންމެރޯ ހެދުމަށެވެ. ސަލާހު ހަދިޔާކުރި ފައިސާއިން 57357 ކުދިންގެ ބޯން މެރޯ ހެދޭއިރު އެއީ އިންސާނިއްޔަތަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއްކަމުގައި ގިނަ ބަޔަކު ދެކެއެވެ.
ލިވަޕޫލްގެ ރެކޯޑްތަށް މުގުރަމުން ފުޓްބޯޅައިގެ މައިދާނުގައި ބާރަށް ފިޔަޖަހަމުން އަންނަ ސަލާހު މީގެ ކުރިންވެސް ވަނީ ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ 120 އާއިލާއަކަށް އެހީތެރިވުމުގެ ގޮތުން 30 މިލިއަން ޕައުންޑް ހަދިޔާކޮށްފައެވެ.
އުމުރުން 25 އަހަރުގެ ސަލާހުއަކީ ލިވަޕޫލްއަށް އެއް ސީޒަންއެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. އެގޮތުން ސަލާހުވަނީ 32 ގޯލު އެއް ސީޒަންއެއްގައި ލިވަޕޫލްއަށް ކާމިޔާބުކޮށްދީފައެވެ. އެ ރެކޯޑް 31 ގޯލާއި އެކު ކުރިން އޮތީ މިހާރު ބާސެލޯނާއަށް ކުޅެމުން އަންނަ ލިވަޕޫލްގެ ކުރީގެ ތަރި ލުއިސް ސުއަރޭޒް އަތުގައެވެ. ސަލާހުގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުމުގެ ސަބަބުން ސަލާހަށް ވަނީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކުގެ ނަޒަރު ހުއްޓިފައެެވެ. އެގޮތުން މެންޗެސްޓާ ސިޓީ ،މެންޗެސްޓާ ޔުނައިޓެޑް އަދި ޕީއެސްޖީ ފަދަ ކުލަބުތަށް ހިމެނެއެވެ.
މާޝާﷲ ގުރޭޓް
މާތްﷲ ތިޔަ އަޚާއަށް ހެޔޮ ރަޙްމަތްލައްވާ މުއްސަދިކުރައްވާށި!