ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ  ވޭލްސްގެ ތަރި ގަރެތް ބޭލް ހުރީ ރެއާލް މެޑްރިޑް ދޫކޮށް އެހެން ކުލަބަކަށް ދާން ތައްޔާރަށް ކަމުގެ އަޑުތަށް ފެތުރެން ފަށައިފިއެވެ.

ސްޕެއިންގެ ނޫހެއްކަމުގައި ވާ އެލް ކޮންފިޑެންޝިއަލްގެ ރިޕޯޓެއްގައި ވާ ގޮތުން އުމުރުން 28 އަހަރުގެ ބޭލް ރެއާލް މެޑްރިޑް ދޫކޮށްލަން ތައްޔާރަށް ހުރީ އޭނާއަށް ގިނަ މެޗުތަކެއްގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބުމާއި ގިނަ މެޗުތަކެއްގައި ބެންޗުގައި އިންނަން ޖެހުމުގެ ސަބަބުންނެވެ،

ޗެމްޕިއަންލީގުގެ ގަދަ 16 ގައި ރެއާލް އަދި ޕީއެސްޖީ ބައްދަލުކޮށް ރެއާލް މޮޅުވި މެޗުގެ ފުރަތަމަ އެގާރައިން ވެސް  ބޭލްއަށް ފުރުސަތު ދީފައި ނުވާކަށާއި އެކަމުގެ ސަބަބުން ބޭލް ހުރީ ވަރަށް ބޮޑަށް ކުލަބާއި މެދު ހިތްހަމަ ނުޖެހިފައި ކަމުގައިވެސް އެ ރިޕޯޓްގައި ވެއެވެ.

ރެއާލް މެޑްރިޑް ދޫކޮށް އެހެން ކުލަބަކަށް އޭނާ ދާން އުޅޭކަން ބޭލް އަދި ކަށަވަރު ކޮށްދީފައިނުވާއިރު އިނގިރޭސި ވިލާތުގެ ބޮޑެތި ކުލަބުތަކުން އަންނަނީ ބޭލްއަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ، އެގޮތުން މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް ފަދަ ކުލަބުތަށް ހިމެނެއެވެ. ނަމަވެސް ބޭލް އެހެން ކުލަބަކަށް ކުޑަ އަގެއްގައި ނުނުދޫކުރާނެ ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެެވެ. އެލް ކޮންފިޑެންޝިއަލްގައި ވާގޮތުން މެޑްރިޑްގެ ރައީސް ޕެރޭޒްގެ ވިސްނުން ހުރީ ބޭލް ގެނެއުމަށް އެކުލަބުން ހަރަދު ކުރި 100 މިލިއަން ޕައިންޑަށް ވުރެއް ބޮޑު އަގަކަށް ބޭލް އެހެން ކުލަބަކަށް ދޫކޮށްލުމަށެވެ.

އެހެންކަމުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ބޭލް އެހެން ކުލަބަކުން ފެނުމުގެ ފުރުސަތު ބޮޑެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 100 މިލިއަނައް ނުގަންނާނެއެއްނު މިހާރު މެޑްރިޑުން ހަލާކުކޮށްލާފަހުރި މީހަކު..