21 ވަނަ ގަރުނުގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ 3 ވަނައިގައި ދިވެހިރާއްޖޭގައި އުފެދުން އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިއްޖެއެވެ.

21 ވަނަ ގަރުނުގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ހިމެނެނީ ޕޯޗުގަލްގެ ތަރި ކޮރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލިސްޓްގެ ދެވަނައިގައި ހިމެނެނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. އަދި މި ލިސްޓުގެ ތިންވަނަގައި ހިމެނެނީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުން އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

 

ރާއްޖޭގެ ގައުމީ ޓީމަށްވެސް ރެކޯޑް އަދަދަކަށް ގޯލު ޖަހައިދީފައިވާ އަޝްފާގު އަކީ މުޅި ދެކުނު އޭޝިއާގައި ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ފުޓްބޯޅައިގެ ކެރިއަރުގައި 35 ހެޓްރިކް ހަދާފައިވާ އަޝްފާގު ގައުމީ ޓީމަށް 98 މެޗު ކުޅެދީފާވާއިރު 5 ހެޓްރިކާއި އެކު ޖުމްލަ 58 ގޯލު ކާމިޔާބުކޮށްދީފައިވެއެވެ.

ގައުމީ ކަޕް ތަކުގައި 6 ހެޓްރިކް އެއް ހަދާފައިވާ އަޝްފާގު ގައުމީ ލީގުގައި 21 ހެޓްރިކެއް ވަނީ ކާމިޔާކޮށްފައެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ ކުލަބް މުބާރާތް ތަކުގައި އަޝްފާގު ވަނީ ތިން ހެޓްރިކް އެއް ކާމިޔާބުކޮށްފައެވެ.

މި ގަރުނުގެ އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި އޮތް ކުރިސްޓިއާނޯ ރޮނާލްޑޯ މިހާރު ކުޅެމުންދާ ސައުދީ އަރަބިޔާގެ އަލްނަސްރު ޓީމަށް ރޭގައި ކާމިޔާބުކޮށްދިން ހެޓްރިކް އާއި އެކު 62 ހެޓްރިކް ރޮނާލްޑޯގެ ކެރިއަރުގައި ވަނީ ކާމިޔާބުކޮށްފައެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް 10 ހެޓްރިކް ކާމިޔާބުކޮށްފައިވާއިރު ލީގުތަކުގައި 41 ހެޓްރިކް ކާމިޔާބުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގުވާމީ ކުލަބް މުބާރާތްތަކުގައި 9 ހެޓްރިކް ރޮނާލްޑޯ ކާމިޔާބުކޮށްފައިވެއެވެ.

އަލީ އަޝްފާގުގެ މަތިން މި ލިސްޓުގެ ދެވަނައިގައި އޮތް ލިއޮނަލް މެސީ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 56 ހެޓްރިކް ކާމިޔާބުކޮށްފައެވެ. އާރޖެންޓީނާގެ ގައުމީ ޓީމަށް 8 ހެޓްރިކް ކާމިޔާބުކުރި މެސީ ލީގު ގައި 36 ހެޓްރިކް ހަދާފައިވެއެވެ. އަދި މީގެ އިތުރުން ބައިނަލްއަގްވާމީ ކުލަބް މުބާރާތް ތަކުގައި މެސީ ވަނީ 8 ހެޓްރިކް ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީ އަޝްފާގު މީސް މީޑިއާގައި ހިއްސާކުރަމުން ބުނެފައިވަނީ އައިއެފްއެފްއެޗްއެސްގެ ލިސްޓުގައި ހިމެނިފައި އޮތުމަކީ ރާއްޖެއާއި އޭނާއަށް ފަހުރުވެރި ކާމިޔާބެއް ކަމަށެވެ. ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ފަހަތުން ތިންވަނައިގައި ދިވެހިރާއްޖޭގެ ކުޅުންތެރިއަކު ހިމެނިގެން ދިއުމަކީ މުޅި ގައުމަށްވެސް ލިބިގެން ދިޔަ ބޮޑު ޝަރަފެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އާދަނާ

  މަރުހަބާ ބްރަދާ، އުފާވެރި އަދި ރާއްޖެއަށް ޝަރަފްވެރި ލަގަބެއް!

  20
 2. ކޮއްޔާ

  ވަރަށް ވަރަށް އުފާ // ދަގަނޑޭ އަކީ ރާއްޖެދުއް އެންމެ މޮޅު ތަފާތު ބޮޑު ފުޓްބޯލަ ލެޖެނޑް // މަރުހަބާ // ،،،،،،،

  20
 3. ޖުލައި

  ބަންސާނުވގ ގެ އަނިޔާގަ ނުޖެހުނު ނަމަ ދުނިޔޭގެ 1 ވަން ވެސް ދްގޭ ހޯދީސް. ފުޓްބޯޅައިން ރޤއްޖެއަށް ލިބރންއޮތް ރީތި ނަމުގަ އަތްއެޅީ ބަންސާނު

 4. مرحبا

  ދިވެހިންގެ ފަޚުރު، ދިވެހިރާއްޖޭގެ ފަޚުރު ޢަލީ އަޝްފާޤަށް މަރްޙަބާ! ލޮބުވެތި އަޚަށް ﷲ އިތުރު ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށި! އާމީން

  17
 5. ސުކުން

  އަޝްފާޤަކީ ދެކުނު އޭޝިޔާގައި އުފެދުނު އެންމެމޮޅު ކުޅުންތެރިޔާއޭ ބުނުން ވާނީ ދޮގަކަށް. އަޝްފާޤަށްވުރެ މާމޮޅު އިންޑިޔާގެ ބައިޗަން ބުޓިޔާ އާއި ސުނިލް ޗެތުރީ.

  5
  25
  • ބަނީ

   ތީ ބައްޔެއް. މީހަކު އެއްޗެއް ބުނެލާއިރަށް ޑިފެންސައް ފައިބާ މީހާ ތި ހަނާ ވަނީ. އެންމެ މޮޅު އެއް ކުޅުންތެރިޔާ އޭ އޮތީ. ދެން ބުޓިޔާ ތީ މީހުން މޮޅު ކުރާވަރުގެ މޮޅު ކުޅުންތެރިއެއް ނޫން.

   7
   1
  • އާކިފް

   ކަލޭ ކައިރި ނާހަމެނުން

   8
   0
  • ކާފަ

   އެންމެ މޮޅުވާނީ ކަލޭ، އެވެސް އަނގަތަޅަން

 6. Anonymous

  މަރްޙަބާ އަލީ އަޝްފާޤް