ނ.އަތޮޅު ހޮޅުދޫގައި ބާއްވާ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް "ބާފާ ސޮކަކަޕް" އީދު ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.

ބެންޔަންސް އެސޯސިއޭޝަން ފޯ އޯލް (ބާފާ) އިން ކޮންމެ އަހަރަކު ނ.ހޮޅުދޫގައި ކުރިއަށް ގެންދާ ބާފާ ސޮކަކަޕް މިއަހަރުގެ ފިތުރު އީދު ދުވަހު ފަށާގޮތަށް އެ އެސޯސިއޭޝަން އިން ނިންމައިފިއެވެ.

 

ފޮޓޯ: ބާފާ ސޮކަކަޕް

މިއަހަރު ބޭއްވުމަށް ތައްޔާރުވަމުން ދަނީ ބާފާ ސޮކަކަޕް ގެ 15 ވަނަ މުބާރާތެވެ. މިއީ ނ.ހޮޅުދޫގެ އިތުރުން މުޅި ނޫނު އަތޮޅުގައިވެސް ދާއިމީ ގޮތެއްގައި ކުރިއަށްގެންދާ އެންމެ ދުވަސްވީ މުބާރާތެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި ބާފާ އިން ވަނީ ބާފާ ސޮކަކަޕް ގެ ކާމިޔާބު އަދި ފޯރިގަދަ މުބާރާތްތަކެއް ބާއްވާފައެވެ.

ވޭތުވެދިޔަ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތް ހުޅުވާލީ ހަމައެކަނި ހޮޅުދޫގެ ޓީމު ތަކަށެވެ. ނަމަވެސް މީގެ ކުރިން މި މުބާރާތުގައި ނ.އަތޮޅުގެ އެހެން ރަށްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމެވެ.

ނައިންއަ ސައިޑަށް ކުޅެވޭ މި މުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ ކެއްތިރި، ބީއެފްސީ، ޓީސީއޯސީ އަދި މީގެ އިތުރުން މިދިޔަ އަހަރުގެ ޗެމްޕިއަން އެފްސީ ބޭސް ސިޓީ އެވެ.

 

ފޮޓޯ: ބާފާ ސޮކަކަޕް

ނ.ހޮޅުދޫގައި ކުރިއަށްދާ ފޯރިގަދަ މި މުބާރާތް އީދު ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އަދި މި މުބާރާތުގެ ގުރުއަތުލުން އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށްވެސް ބާފާއިން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ.

ކިޔުންތެރިންގެ ހިޔާލު