ބަންގުލަދޭޝްގެ ޑާކާއިން:

ސާފް ސުޒުކީ ކަޕްގެ 2018ގެ ރަން ކާމިޔާބީއަށްފަހު ދެން ވިސްނަންވީ ދެކުނު އޭޝިއާ ތޮށިގަނޑުން ބޭރަށް ނުކުންނަން ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލް މެޗުގައި 2-1ގެ ނަތީޖާއަކުން އިންޑިއާ ބަލިކޮށް، ރާއްޖެއިން ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. މިއީ ރާއްޖެއިން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕް 2008ގެ ޗެމްޕިއަންކަން ރާއްޖެ ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

އެ ކާމިޔާބީއާ ގުޅޭގޮތުން ނިޒާމްބެ ބުނީ މިއީ މި ދަނޑިވަޅުގައި ރާއްޖެއަށް އެންމެ މުހިންމު ކަންތައް ކަމަށާއި އަމާޒަކަށް ވާންވީ ދެކުނު އޭޝިއާ ތޮށިގަނޑުން ބޭރަށް ނުކުންނަން ކަމަށެވެ.

"މިއީ ދިވެހި ފުޓްބޯޅައަށް މި ދަނޑިވަޅުގައި އެންމެ މުހިންމު ކަންތައް. މި ހިސާބުން ވިސްނަންވީ ދެކުނު އޭޝިއާ ތޮށިގަނޑުން ބޭރަށް ނުކުންނަން. އެއީ ހިފަންވީ އަމާޒަކީ،" ނިޒާމްބެ ބުންޏެވެ.

ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ފައިނަލުގައި މިއަދު ނުކުތް އިރު، ގްރޫޕް ސްޓޭޖުގައި ވެސް އިންޑިއާއާ ދެކޮޅަށް ކުޅެފައިވެއެވެ. އެ މެޗުން އިންޑިއާ ވަނީ 2-0ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. އިންޑިއާއިން ފައިނަލާ ކުރިމަތީލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވޮއީސް އޮފް ހުވަދޫ

    ކަލޯ ނާޒިމް އަދި މާ އަވަސް ، ތެޅިގަންނަން މާ އަވަސް ، ކީކޭ އަޅެފަހެ ބުނާނީ ،

  2. Anonymous

    ތީ އަމިއްލަ އަށް މަމޮޅު ކިޔާ ކޯޗެއް. މިހާރު ނިޒާބެ ކުރި މަސައްކަތް.

  3. އިބޫ

    ރާއްޖެ ގެ ފުޓްބޯޅަ ދަނީ ދަށައް.. ފުޓްސެލް ދަނޑުތަށް އެޅުމުގެ ސަބަބުން ފުޓްބޯޅަ ކުޅެން ނިކުންނާނެ ކުދިންނެ ނުވޭ މިހާރު.. ރައްރަށުގަ ވެސް ބާއްވަނީ ފުޓްސެލް މުބާރާތް ތައް.