ބަންގުލަދޭޝްގެ ޑާކާއިން:

ސާފް ސުޒުކީ ކަޕް 2018ގެ ފައިނަލް މެޗަށް ރާއްޖެ ނުކުތީ އިންޑިއާ ދަސްކޮށްގެން ކަމަށް އިންޑިއާގެ ކޯޗު ސްޓެފަން ކޮންސްޓަންޓިން ބުނެފިއެވެ.

ބަންގުލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިއަދު ކުޅުނު ފައިނަލް މެޗުގައި އިންޑިއާ ބަލިކޮށް، ރާއްޖެއިން ވަނީ ޗެމްޕިއަންކަން ހޯދައިފައެވެ. މިއީ ރާއްޖެއިން މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕް 2008ގެ ޗެމްޕިއަންކަން ރާއްޖެ ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ.

ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ކޮންސްޓަންޓިން ބުނީ މެޗުގައި ފެނުނީ އިންޑިއާގެ އަސްލު ފެންވަރު ނޫން ކަމަށާއި އެގޮތަށް ކަންތައް ދިމާވީ ތަޖުރިބާ މަދުވީމަ ކަމަށެވެ.

"މިއީ ފުޓްބޯޅައިގެ ކުރިމަގު. މުބާރާތުގައި ކުޅުންތެރިން ކުރި މަސައްކަތާމެދު ފަހުރުވެރިވަން. މިއީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް. މިއީ ޕޮސިޓިވް ކަމެއް. ރާއްޖެ ނުކުތީ އިންޑިއާ ދަސްކޮށްގެން،" އޭނާ ބުންޏެވެ.

އިންޑިއާގެ ކޯޗު ބުނީ ފައިނަލުގައި ރާއްޖެ އަތުން ބަލިވީ ޓީމަށް ހެދުނު ގޯސްތަކުން ކަމަށާއި ކުރިއަށް އޮތް އަށެއް ނުވަތަ ނުވަ އަހަރު ވެސް އިންޑިއާގެ ގައުމީ ޓީމު ރަމްޒުކުރާނީ މި ޓީމުގައި ތިބި ކުޅުންތެރިން ކަމަށެވެ.

ރާއްޖެއިން އިންޑިއާއާ ދެކޮޅަށް ފައިނަލުގައި މިއަދު ނުކުތް އިރު، ގްރޫޕް ސްޓޭޖުގައި ވެސް އިންޑިއާއާ ދެކޮޅަށް ކުޅެފައިވެއެވެ. އެ މެޗުން އިންޑިއާ ވަނީ 2-0ގެ ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައެވެ. އިންޑިއާއިން ފައިނަލާ ކުރިމަތީލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަމަންދަރު

    ހުރިހާ މައިދާނެއްގައި ވެސް އަހަރެމެން މި ތިބީ އިންްޑިޔާ ދަސްކޮށްގެން! އިންޑިޔާގެ އަޅުވެތި ކަމުން މިދަނީ ސަލާމަތްވުމަށް މަސައްކަތް ކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަމުން!

  2. ހަމަތެދެއް

    ވާސަރީ.... މާ ކުރިންވެސް އެނގޭ... ގެރިމޯދީ، ރޭޕިސްތާނު އަދި އެއްޖިންސުން ގުޅުންހިންގުމުގެ ހުއްދަ.. ތިމީހުން ހީކުރި ނޭގޭކަމައްތަ.

  3. ތުއްތުބެ

    ގައުމީޓީމަށް ވަރައްބޮޑުކޮށް مرحبا ދަންނަވަން
    ޝުކުރައްޔާ

  4. ލަބަރިނަޝީދު

    އިންޑިޔާ ބަލިކުރުމާ ގުޅިގެން މިފަހަރުވެސް ދިވެހިރާއްޖެ ހިފުމަށް "ކެނެރިސްޓް" ގޮވާލާނެހެން ވަރަށް ހީވޭ!!! މިހާރު ސޮނިފުހޭގެ ދެފަޔަށް ހުންނާނީ ހިނިއަރާފަ.

    • ދެރަކަމެއް

      ކިހާ ދެރަކަމެއް. ކަލޭ ޖެހޭތަ ހުރިހާ ނޫހަކަށް ތި ކޮމެންޓެއް ކުރަން. ބޯ ހަލާކު

  5. ހާމިދު ހުސައިން

    ރާއްޖޭގެ ހިއްވަރު ގަދަ ފިރެހެން ފުޓްބޯޅަ ޓީމަށް އައްސަރިބަހާއި ސާބަސް 2018

  6. ސިނެކް

    ބަލަ މީކޮންކަހަ ކޯޗެއް މީނަޔަށް ނޭގެނީތަ ރާއްޖޭގެ ޓީމް ގަވެސް ހުސް ޒުވާން ކުޅުންތެރިންކަމެއް