މެލޭޝިއާގެ ޕެނަންގައި ކުރިއަށްދިޔަ އޭޝިއާ ޕެސިފިކް މާސްޓާސް ގޭމްސް ވޮލީބޯޅަ މުބާރާތުގައި ވާދަކުރި ދިވެހި ޓީމުން ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

ރާއްޖޭގެ ވެޓެރަންސް ޓީމުން ވަނީ އެ މުބާރާތުގެ ވެޓެރަންސް ޗެންޕިއަންކަން ހޯދުމުގެ އިތުރުން އިތުރު 10 މެޑެލްތަކެއް ހޯދައިފައެވެ.

އިންޑޯ ވޮލީބޯޅާގެ 45 އަހަރުން މަތީގެ އާއި، 40 އަހަރުން މަތީގެ ޗެންޕިއަންކަން ރާއްޖޭ ޓީމުން ހޯދި އިރު، އޭގެ އިތުރުންވެސް ބީޗް ވޮލީ ބޯޅާގައި 40 އަހަރުން މަތީގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް ރާއްޖެއެވެ. 40 އަހަރުން މަތީގެ ދެ ރިހި މެޑަލްއާއި، 50 އަހަރުން މަތީގެ ތިން ރިހި މެޑެލް ރާއްޖެއިން ވަނީ ހޯދާފައެވެ. އޭގެ އިތުރުން 40 އަހަރުން މަތީގެ ބްރައުންޒް މެޑެލްއަކާއި 50 އަހަރުން މަތީގެ ބްރައުންޒް މެޑަލްއެއްވެސް ރާއްޖޭގެ ޓީމުން ވަނީ ހޯދާފައެވެ.

ވޮލީ ޓީމު ފުރުމުގެ ކުރިން މިނިސްޓަރު ޓީމަށް ހިތްވަރު ދެއްވަނީ ---

މުބާރާތުގައި ވާދަކުރި ދިވެހި ވޮލީޓީމުން ހޯދި ކާމިޔާބީ ފާހަގަކޮށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވަނީ ޓީމަށް މަރުހަބާ ވިދަޅުވެފައެވެ. ސަރަހައްދީ މިފަދަ މުބާރާތެއްގެ ގިނަ މެޑެލްތަކަކާއިއެކު ވޮލީ ވެޓެރެންސް ޓީމު ހޯދިކަމިޔާބީއަކީ ވޮލީބޯޅަ އާއިލާއިން ނުހަނު ފަހުރުވެރިވާ ކާމިޔާބީއެއް ކަމަށް ވީއޭއެމްއިން ވަނީ ބުނެފައެވެ. އަދި މިފަދަ ކާމިޔާބީތައް ހޯދުމުގައި އަދުގެ ސަރުކާރުން އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި، މިނިސްޓަރ އިރުތިޝާމް އާދަމްގެ ފަރާތްޕުޅުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ވޮލީބޯޅަ އާއިލާގެ ނަމުގައި އެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ވޮލީބޯޅަ ވެޓެރެންސް ޓީމުން ހޯދި ކަމިޔާބީއަކީ ޒުވާން ވޮލީކުޅުންތެރިން އެކަމުން ނަމޫނާ ލިބިގަނެ، މުބަރާތްތަކުގައި ކާމިޔާބީތައް ހޯދުމުގައި ދެއްކި ރީތި ނަމޫނާއެއްގެ ގޮތުގައި ވޮލީބޯޅަ އެސޯސިއޭޝަނުންދެކޭ ކަމަށްވެސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.

އޭޝިއާ ޕެސިފިކް މާސްޓާސް ގޭމްސްގައި ވާދަކުރި ރާއްޖޭގެ ވޮލީބޯޅަ ޓީމުގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިންތަކެއް ވާދަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުފީދާ

    މިފެންނަނީ ކުޅިވަރު ކުރިއެރުވުމަށާއި ކުޅިވަރަށް ދައުލަތުން ކަނޑައެޅި އެތައްސަތޭކަ މިލިޔަން ރުފިޔާގެ ނަތީޖާ! 200 މިލިޔަން ޑޮަލރުގެ ބްރިޖްގެ ނަތީޖާ އެބަފެނޭ! އެއްބިލިޔަން ޑޮލަރުގެ ރަންވޭއާ އެޔާގުޅޭ މަސައްކަތްތަކުގެ ފޮނި ނަތީޖާ ލިބެން ގިނަދުވަހެއްނެތް! ދަރުމަވަންތަހޮސްޕިޓަލްުން ދިވެހިންނަށް އުފަވެރިކަން ލިބެންވެސް ގިނަދުވަހެއްނެތް! އަލަށް ހެދި 50 ރިސޯޓުގެތެރެއިން މިހާރު ނުނިމިހުރި ތަންތަނުން ފައިދާ ދިވެހިންނަށް ލިބެންވެސް ގިނަދުވަހެއްނެތް! 700 ފްލެޓްގެ ފޮނިމީރުކަންވެސް ގިނދުވަހެއް ނުވެ ލިބޭނެ! އެނބޫދޫފަޅުގައި އަލަށް އުފެއްދި ބިންތަކުން ދިވެހިންނަސް ނަފާ ފެންނަންވެސް ގިނަދުވަހެއްނެތް! މިއީ ނޫންތޯ ހެޔޮ ވެރިކަމަކީ؟ ދިވެހިން އެކީއެކައްޗަކަށް މި އިންތިޚާބުގައި ރައީސް ޔާމީނަށް އާއެކޭ ބުނަމާ!

  2. ފާތުން

    ޔާމިންއަށްވެސް މިފަދަ ކާމިޔާބީއެއް ދެއްވާންދޭވެ....