ޝާލްކޭގެ މައްޗަށް 1-2 އިން ކުރި ހޯދައި ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާން މިއުނިކުން 18 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 56 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 38 ޕޮއިންޓާ އެކު ރެޑްބުލް ލީޕްޒިގް އޮތްއިރު ތިންވަނައިގައި 37 ޕޮއިންޓާ އެކު އޮތީ ބްރޫޝިއާ ޑޯޓްމަންޑެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓްގައި މި ގޯލު ބަޔާން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީއެވެ. މިއީ ޕޮޮލެންޑަށް އުފަން ލެވެންޑޯސްކީ ލީގުގައި ކާމިޔާބުކުރި 19 ވަނަ ގޯލެވެ.

މެޗުގެ 29 ވަނަ މިނެޓްގައި ޝާލްކޭ އިން ނަތީޖާ އެއްވަރުކުރި ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ތޯމަސް މުލާ ވަނީ ބަޔާން އަށް އަނެއްކާވެސް ލީޑު ނަގާދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ވެސް ބަޔާން އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

ލީގުގެ އެއްވަނައިގައި 18 ޕޮއިންޓުގެ ލީޑެއް ބަޔާން އިން ނެގިއިރު މިއީ ޖެހިޖެހިގެން އެޓީމު މޮޅުވި 12 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ބަޔާން ރޭ މޮޅުވިއިރު ލީގުގެ ތިންވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމަންޑުން ވަނީ ހެމްބާގްގެ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ. މި މެޗުގައި ޑޯޓްމަންޑްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މިޗީ ބަޓްޝުއާއީ އާއި ގޮޓްޒޭއެވެ.

 

ކިޔުންތެރިންގެ ހިޔާލު