ޕްރިމިއާ ލީގު މިހާތަނަށް ދުށް އެންމެ މޮޅު ކަޅޫ ނަސްލުގެ ކުޅުންތެރިއަކީ ލިވަޕޫލް އަށް ކުޅެމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް ކަމުގައި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓެވަން ޖެރާޑް ބުނެފިއެވެ.

އިގިރޭސިވިލާތުގެ ބީީޓީ ސްޕޯޓްސްގެ ނޫސްވެރިއަކު ޕްރިމއާ ލީގުގައި ކުޅޭ އެންމެ މޮޅު ކަލު ނަސްލުގެ ކުލުންތެރިއަކީ ކޮބާ ކަމާއި މެދު ޖެރާޑް އާއި ސުވާލުކުރުމުން ޖެރާޑް ބުނެފައިވަނީ އެ ސުވާލަށް ޖަވާބު ދިނުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެނަސް މިވަގުތު ޕްރިމިއާލީގުގައި ކުޅޭ ކަޅު ނަސްލުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސަލާހް ކަމުގައި އެއްބަސްވާން ޖެހޭ ކަމުގައެވެ.

" ސަލާހް އަކީ މޮޅު ކުޅުންތެރިއެއް. އޭނާގެ ނިންމުން ވަރަށް ރަގަނޅު. އެހެންކަމުން ސަލާލް އަކީ ޕްރިމިއާ ލީގުގައި ކުޅޭ އެންމެ މޮޅު ކަޅު ނަސްލުގެ ކުޅުންތެރިޔާ ކަމާއި މެދު އެއްބަސްވާން ޖެހޭ" ޖެރާޑް ބުނެފައި ވެއެވެ.

ޖެރާޑް އެހެން ބުނެފައިވާއިރު ގިނަ ބައެއް ދަނީ އޭނާގެ އެބުނުމަށް ފާޑު ކިޔަމުންނެވެ. އަދި ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ ޕްރިމިއާ ލީގު ދުށް އެންމެ މޮޅު ކަޅު ނަސްލުގެ ފުޓްބޯޅަ ކުޅުންތެރިއަކީ ޕްރިމިއާ ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޑިޑިއޭ ޑްރޮގްބާ ކަމުގައެވެ.

ސަލާހް ވަނީ ވޭތުވެ ދިޔަ އަހަރު ކަލު ނަސްލުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފައެވެ. އަދި އޭނާ އަކީ އެއް ސީޒަނެއްގައި ލިވަޕޫލްއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާވެސް މެއެވެ. އެގޮތުން އޭނާ ވަނީ އެއްް ސީޒަންގައި ލިވަޕޫލް އަށް 32 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ބަލަ، ޖެރާޑް ބުނީ މިވަގުތު ކުޅޭ އެންމެ މޮޅު ކުޅުންތެރިޔަކީ ސަލާހްއޭ. ޑުރޮގްބާ އަކީ މިހާރު އިނގިރޭސި ލީގުގައި ކުޅޭ މީހެއްތަ؟