ތުލުސްދޫ ދާއިރާ އަށް މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ އިން އިންތިޒާމު ކޮށްގެން ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް އަންނަ ޑިސެމްބަރު މަހު ބާއްވަން ހަމަ ޖައްސައިފިއެވެ.

ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ އަދި މުބާރާތް ހިންގާ ފަރާތްތަކުން ބުނާ ގޮތުގައި މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދެއް ކަމުގައި މިއެޓް ޖަމިއްޔާ އިން ދެކެނީ، ތުލުސްދޫ ދާއިރާގެ ރަށް ތަކުގައި ދިރިއުޅޭ ޒުވާނުންނަށް ފުޓްސަލްގެ ހުނަރު ކުރި އަރުވައި، މިދާއިރާއިން ހުނަރުވެރި ކުޅުންތެރިން އުފެއްދުމެވެ.

މީގެ އިތުރުން މިމުބާރާތް ހުވާލެވިފައި ވަނީ ތުލުސްދޫ ދާއިރާގެ ރަށް ތަކަށާއި އެ ދާއިރާގެ ރިސޯޓު ތަކަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑަ އަޅާފައި ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި މުބާރާތުގައި 20 ޓީމަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މުާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއް ބައިވެރި ބުމުގެ ގޮތުން 1000 ރުފިޔާ ދޭންޖެހެއެވެ.

މިއެޓް ފުޓްސަލް ފިއެސްޓާ 2018 ގެ ނަމުގައި ކުރިޔަށް ގެންދަން ނިންމާފައިވާ މި މުބާރާތުގެ ސްޕޮންސާ އަކަށް ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މީޑިއާ ޕާޓްނާ އަކަށް ހަމަޖެހިފައިވަނީ "ވަގުތު" އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙުޒައިދު

    ޥަރަށް ސަޅި.

  2. ޗާބީ

    ސާބަހޭ މިޔަޓް ޖަމިއްޔާގެ ކުދިންނަށް...

  3. ާއަފޫ

    ތިކަހަލަ ގިނަ މުބާރާތްތައް ބޭއްވުން ވަރައް ބޮޑައް އެދެން.... ސާބަހޭ މިޔަޓް ޖަމިއްޔާ....