އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ނެގި އެލީޓް ރެފްރީޒް ޕެނަލުން ރާއްޖޭގެ ރެފްރީ މުހައްމަދު ޖާވިޒް ހިމެނިއްޖެއެވެ.

2011 ވަނަ އަހަރު ރެފްރީކަން ކުރަން ފެށި ޖާވިޒަށް އެ ފުރުސަތު ލިބުނީ ސެޕްޓެމްބަރު މަހު ހަޔަކުން ނިވަޔަކަށް މެލޭޝިއާގައި ކުރިއަށްދިޔަ އޭއެފްސީގެ އެލީޓް ރެފްރީޒް ޕެނަލްގެ ސެލެކްޝަން ކޯހުން ފާސްވުމުންނެވެ.

އޭއެފްސީ އެލީޓް ރެފްރީޒް ޕެނެލްގައި ހިމެނޭ ރެފްރީންނަކީ މި ސަރަހައްދުގެ އެންމެ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކުރާނެ ރެފްރީންނެވެ. އެ މުބާރާތްތަކުގެ ތެރޭގައި އޭއެފްސީ ޗެމްޕިއަންސް ލީގާއި އޭއެފްސީ ކަޕާއި އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ކޮލިފައިން މެޗުތައް ހިމެނެއެވެ.

ރާއްޖޭގެ ރެފްރީންނަށް މިހާރަކަށް އައިސް މަދު ފުރުސަތުތަކެއް ލިބޭ އިރު، މީގެ ކުރިން އަލީ ސަލީމްވެސް ވަނީ އޭއެފްސީ އެލީޓް ރެފްރީޒް ޓީމުގައި ހިމެނިފައެވެ. ފަހަކަށް އައިސް ރާއްޖޭގެ ރެފްރީންނަށް ބައިނަލްއަގުވާމީ ފުރުސަތުތައް ލިބިފައިވަނީ މަދުން ކަަމަށްވާ އިރު، ޖާވިޒަށް ލިބުނު ފުރުސަތަކީ ރާއްޖޭގެ ރެފްރީންނަށް ލިބިގެން ދިޔަ މުހިއްމު ފުރުސަތެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި މީގެ ކުރިން ދިވެހި ރެފްރީން ވަނީ ވިދާލާފައެވެ. އެގޮތުން 2002 ވަނަ އަހަރު ކޮރެއާއާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕްގެ މުހިއްމު މެޗުތަކުގައި ރާއްޖޭގެ މުހައްމަދު ސައީދު ވަނީ ލައިސްމަންކަން ކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ އޭއެފްސީ އެންމެ މޮޅު އެސިސްޓެންޓް ރެފްރީގެ މަގާމު ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝިފާޒް

    މަރުޙަބާ ޖޭޑް

  2. އައިލްސް

    މީކާކު. ތަނުންތަނަށް. އެފްއޭއމް އަކީ ރާޢްޖެތެރޭ ބުރަ މަސައްކަތް ކުރާ ރެފްރީންގެ އަގު ވަޒަން ކުރާ މީހުން އުޅޭ ތަނެއްނޫން. ހާއްސަކޮށް މިހާރު ރެފްރީން ނާ ހަވާލުވެހުރި ހާޝިމް