ސާފް 18 އަހަރުން ދަށުގެ އަންހެން މުބާރާތުގެ ގްރޫޕް ސްޓޭޖު ފުރަތަމަ މެޗުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ބޫޓާންގެ ތިމްޕޫގެ ޗަންގިލިމިތާންގް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 13-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި ބޫޓާނުން ވަނީ އަށް ގޯލް ޖަހައިފައެވެ. އެ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބޫޓާން ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަކީ ސަރަހައްދީ މުބާރާތެއްގައި ރާއްޖޭގެ 18 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖެއާއި ބޫޓާން ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ބޫޓާން އެފްއޭ

މި އަހަރުގެ މުބާރާތަކީ ސާފްއިން އިސްނަގައިގެން ބާއްވާ 18 އަހަރުން ދަށުގެ އަންހެން ފުރަތަމަ މުބާރާތެވެ. ބޫޓާންގައި ކުރިއަށްދާ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑިއާއާއި މުބާރާތް ބާއްވާ ގައުމު ބޫޓާނެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާނާއި، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއެވެ.

ސާފް 18 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕްގެ އިތުރު މެޗެއް މިއަދު އަދި ކުޅެވޭނެއެވެ. އެ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ދެ ޓީމު ކަމަށްވާ ޕާކިސްތާނާއި ބަންގްލަދޭޝެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ އޮކްޓޯބަރު ދެވަނަ ދުވަހުއެވެ.

މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސާފް 18 އަހަރުން ދަށުގެ އަންހެން މުބާރާތުގެ ހުރިހާ މެޗެއްވެސް ބޫޓާން ފުޓްބޯލް ޓީވީގެ މައިކޫޖޫ އެކައުންޓުން ލައިވް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހި ހީން

    ކަލޯ ގަދަ

  2. ދިވެހިން

    ބާސްކެޓް އިހުތިޔާރު ނުކޮއް ފުޓް ބޯޅައިގަ ދެމިތިބުމައް ، ގޮވާލަން