ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، އޭއެފްސީ ކަޕުގައި އަންގާރަ ދުވަހު ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން އިންޑިއާގެ ބެންގަލޫރު އެފްސީ މިއަދު ރާއްޖެ އަންނަން އޮތް އޮތުން ފަސްކުރުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ކްލަބަށް އަންގައިފި އެވެ
އިންޑިއާގެ ނޫހެއް ކަމުގައިވާ "އިންޑިއަން އެކްސްޕްރެސް" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިނިސްޓްރީން ވަނީ، ކުއްލި ހާލަތާ ގުޅިގެން އިންޑިއާ އިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ އަށް އަމަލުކުރަން ސިޓީއެއްގެ ޒަރީއާއިން ކުލަބަށް އަންގާފައެވެ. އިންޑިއާއިން ނެރުން ޓްރެވެލް އެޑްވައިޒަރީގައި ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ރާއްޖެއަށް ނުކުރުމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިގޮތަށް އެންގި ނަމަވެސް އޭއެފްސީން ވަނީ މެޗު ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އިއްޔެ ނިންމައިފަ އެވެ. އެއީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އޭއެފްސީއަށް މެޗު ކުރިއަށްގެންދެވޭ ވަރުގެ މާހައުލެއް އެބައޮތް ކަމުގެ ޔަގީންކަންދިނުމުގެ އިތުރުން ބެންގަލޫރު ޓީމުގެ ސަލާމަތީ ކަންތައްތައް އެންމެ ފުރިހަމަ އަށް ބަލާނެ ކަމުގައި ބުނެފައި ވުމުންނެވެ.
މެޗު ކުޅެން ހަމަޖައްސާފައި އޮއްވާ ބެންގަލޫރު ޓީމުން މެޗަށް ހާޒިރުނުވެއްޖެ ނަމަ ޓީސީއަށް މެޗު ލިބޭނެއެވެ.
ސަރުކާރުން މިދިޔަ ހޯމަ ދުވަހުގެރޭ ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން، އަންގާރަ ދުވަހުގެރޭ ސީޒަން ހުޅުވުމަށް ކުޅެން އޮތް މެޗުވެސް ވަނީ ފަސްކޮށްފައެވެ. އަދި މިމަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް އޭޝިއަން ބީޗް ވޮލީ މުބާރާތްވެސް ވަނީ ތައިލެންޑްގައި ބާއްވާގޮތަށް ބަދަލުކޮށްފައެވެ.
ރަގަނޅު ނިންމުމެއް
އަހަރުމެންނައް ރަގަޅީވެސްނައިއްޔާ އޭރުންމެޗުނުކުޅެ ދެގޯލާ ތިންޕޮއިންޓު ލިބުނީތާ
ދިވެހިރާއްޖެ ދެކެ ހާދަބިރެކޭ ދޯ ގެރިލޭންޑް ތިގަންނަނީ...ތިމޭހުންނަށްވުރެ ގައިމު އަހަރުމެން ގެރިއަށް ކަމޭހިތަން......
ޝޫކުރިއްޔާ މަކުލޫފު. ސިޔާސީ މަގްސަދުތައް ހާސިލްނުވުމުން އެގޮތް މިގޮތް ހަދައިގެންވެސް ވާނެ ދިވެހިންނަށް ދުއްޕާނާ ތަކްލީފް ޖައްސަން. ޒުވާނުން ވިސްނަންވީ މަކުލޫފުމެންގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ނެތްކަން. އޭނާ ބުނިފަދައިން މުބާރާތަށް ހުރަސް އަޅައިފި. ޒުވާނުން ނުކުމެ މީނާ ހަވަރަށް ލާން ގޮވާލަން.
ނުކުޅެ 3 ޕޮއިންޓް ލިބޭގޮތްވީ ދޯ؟ ސަޅި. ޝުކުރިއްޔާ މަހްލޫފް.
ޔަހޫދީ ދިވެހިންގެ ރޭވުންތީ