ލެއިޓީ ޖޯސެފް އަނޯއޭ އަކީ ކާކުކަން ފަހަރުގައި ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް ރެސްލަރު ނުވަތަ ޑަބްލިޔުޑަބްލުއީގެ އެންމެ ފަހުގެ ޗެމްޕިއަން ރޯމަން ރެއިން އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މަދުވާނެއެވެ.

އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ އެންމެ ޝަރަފުވެރި ރެސްލިންގް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ ރޯމަން ރެއިން ވަނީ އިއްޔެ އޮތް ޑަބްލިޔުޑަބްޔުއީ ރޯގައި އޭނާގެ ސްޕޯޓަރުން އަދި ރެސްލިން އަށް ލޯބިކުރާ އެންމެންގެ ހިތްތަކަށް މާޔޫސްކަން ގެނުވާފަދަ ޙަބަރެއް ދީފައެވެ.

އެއީ ރެސްލިންގެ ސްޓޭޖު ދޫކޮށް އޭނާ ދާން އުޅޭކަމުގެ ހިތާމަވެރި ހަބަރެވެ. އެގޮތުން ރޯމަން ބުނީ ބަލިހާލަތުގެ ސަބަބުން ރެސްލިންގްގެ ހަޔާތް ދޫކޮށްލަން މަޖުބޫރުވެފައިވާ ކަމަށެވެ. އެގޮތުން ރޯމަން ބުނީ އޭނާއަށް ލެއަށްޖެހޭ ކެންސަރުގެ ބާވަތެއް ކަމުގައުވާ ލުކެމިއާ އޭނާއަށް ޖެހިފައިވާ ކަމަަށެވެ.

"އަހަރެންގެ އުމުރުން 22 އަހަރުގައި އަހަންނަށް ލުކެމިއާ ޖެހުނީ. ދޮގު ނުހަދާ ބުނާނަމަ އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ ދުވަސްތައް. އަހަރެންގެ އަތުގައި ފައިސާއެއްނެތް. އަދި އެއިރު ވަޒީފާއެއްނެތް. އަދި އަހަރެންގެ ގެއެއްވެސް ނެތް" ކަރުނައާއި އެކު ރޯމަން ބުނެފައިވެއެވެ.

ރޯމަން ވަނީ ޑަބްލިއުޑަބްލިއުއީ އަށް އޭނާއަށް ރެސްލިންގް ކުޅުމަށް ފުރުސަތުދިން ކަމަށްޓަކައި އެ އިންޑަސްޓްރީއަށް ޝުކުރު އަދާކޮށްފައެވެ. ރޯމަން ކުރިން ފައިސާ ހޯދުމުގެ ގޮތުންކުޅުނީ ފުޓްބޯޅައެވެ. ނަމަވެސް ފުޓްބޯޅައިގެ ހަޔާތް ދޫކޮށްލުމަށްފަހު އޭނާ ރެސްލިންގްގެ ދުނިޔެއަށްވަނީ ބަލިހާލަތަށް ފަރުވާކޮށް ތަނަވަސްވުމުގެ ބޭނުމުގައި ކަމަށް ރޯމަން ބުނެފައިވެއެވެ.

ރޯމަން ރެއިންސް ރެސްލިންގްގެ ހަޔާތް ދޫކޮށްލާނެކަން އިއުލާން ކުރުމުން ކުރީގެ ރެސްލިންގް ޗެމްޕިއަން އަދި މިހާރުވެސް ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ރޯމަންގެ ކުރީގެ ޓީމްމޭޓުން ކަމަށްވާ ޑިން އެމްބްރޮސް އާއޮ ސެތް ރޯލެންސް ވަނީ ރެއިންގެ ހިތާމައިގައި ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަސަންދީ

    ރޯމަން ތީ މިހާރު ހަމަ ނަންބާރ ވަން.... ރޯމަން ހުނާތީ ކިކީ ވެސް ރެސްލިންގް....

  2. Anonymous

    ރޯމަން ހުރީމަ ރެސްލިން އަށް ރެސްލިން ކީ ވެސް